Skip to content
އެސްފިޔަ

އަހަރެން….

ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ…މިރޭ ބާލީސް ހާދަ ހަރޭ އަހަރެންގެ ހިތަށް އެރިއެވެ….ފޯނުގެ ސްކްރީން އަށް ބަލާލީމެވެ.ގަޑިން ވީވަރު ބަލާލުމަށެވެ..ހިތްނުތަނަވަސް ވިއެވެ…1 ޖަހަން ހުރީ ފަސްމިނެޓެވެ..މިރޭގެ ބާކީއަށް އޮތް ދަންފަޅި ހޭދަކުރާނީ ކިހިނެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ…މިރޭވެސް “އެ”ވަގުތު އަންނާނެއެވެ…ލޯމަރާލީމެވެ….ނިދޭތޯއެވެ…ނިދިއްޖެނަމަ ވާނީ ކިހިނެއްބާއެވެ….މިކަހަލަ އެތަކެއް ޚިޔާލް ތަކެއް ގައި އޮތީމެވެ… ފާއިތުވާ ކޮންމެ ސިކުންތަކާއެކު ހިތުގެ ހިނގުންވެސް އަވަސްވެއެވެ…….ގަޑިއަށް ބަލާލީމެވެ.. 1 ޖަހާ ނުވަމިނެޓް ހިނގައިފިއެވެ….1 ގަޑި 10 ހިނގީ އަހަރެން ގަޑިއަށް ބަލަން އޮއްވައެވެ..ނޭވާ ހިފަހައްޓާލެވުނެވެ..

ޑަން……………..

އިވުނު އަޑާއެކު ސިއްސައިގެންގޮސް އެދުން ވެއްޓިއްޖެއެވެ…ކޮޓަރިން ނިކުމެވުނު ގޮތެެއްވެސް ނޭނގުނެވެ..އެންމެކުޑައިރުންސުރެންވެސް ކަމަކާ ބިރުގަނެ ހާސް ވެއްޖެނަމަ އެހީހޯދަނީ މަންމަ ކައިރިންނެވެ..ސިޓިންރޫމް އަށްނިކުމެވުނު އިރު މަންމަ ނިދާފައި އޮތެވެ…ސޯފާގައެވެ…ދުވާލުގެ ބުރަމަސައްކަތަށްފަހު ހަމަޖެހިލެވުނީ ސޯފާގައި ކަމަށްވުމާއެކު އެތަނުގައި އިންދާ ލޯމެރި ނިދުނީއެވެ..އަހަރެން މަންމައަށް ގޮވާ ހޭލެއްވީމެވެ..ވަރުބަލި އަޑަކުން މަންމަ ކުދިކިޔަންފެށިއެވެ…”މިރޭވެސް….ދެން ދަރިފުޅާ ތީ ކޮންކަމެއް…”

“މަންމާ ހިނގާބަލަ ކޮޓަރިއަށް…ތިތާ ސޯފާގަ ނިދާކަށް ނުވާނެ…ހިނގާބަލަ…”ހަގީގަތުގައި އަހަރެންގެ މަގުސަދަކި މަންމަ އާއެކު ނިދުމެވެ..މަންމަ އަހަރެންގެ ކައިރީގައި ފެންނަން ބޭއްވުމެވެ..އެކަނި އޮތިއްޔާ ނުރައްކަލެއް ވެދާނެތީއެވެ….

މަންމަ ގޮސް އޮށޯތީ އަހަރެންގެ އެނދުގައެވެ….ސިންގަލް އެނދެއް ކަމުން އިތުރުމީހެއްގެ ޖާގަ އެނދުގައި ނެތެވެ…އާދައިގެމަތިން، ބްލޭންކެޓް ނަގާ މުށިތައްމަތީ ފަތުރާލީމެވެ…ބާލީސް ބޭއްވުމަށްފަހު އަހަރެން އޮށޯވެލީމެވެ….ގައިމަތިން އިތުރު ބްލޭންކެޓެއް އަޅާ ހަމަޖެހިލުމަށްފަހު މަންމައަށް ބަލާލީމެވެ…މަންމަ އޮތި ގަދަ ނިދީގައެވެ…..އަހަރެން އޮށޯވެ އޮތީ އަތް ދަމާލުމުން މަންމަގެ މޫނުގައި އަތް ޖެހޭހައި ކައިރީގައެވެ…މަންމަގެ މޫނުގައި އަހަރެން އަތްޖައްސާލީމެވެ..މަންމަ ދެލޯ ހުޅުވާލުމަށްފަހު މޫނު ފުސް ކޮށްލިއެވެ.. ” ރީނާ…..އަދިވެސް ބޮޑެއް ނުވޭ ދޯ…ނިދަންއުޅެބަލަ….ތީދެން ކޮން ކަމެއް”…މަންމަގެ އަޑުގައި ހުރީ ހިތްހަމަނުޖެހުމުގެ އަސަރެވެ…. އެހެންވެސް ވާނެތާއެވެ….ނިދުމަކީ ހަށިގަނޑަށް ލިބޭނެ އެންމެ ބޮޑުއެއް އަރާމެވެ…އަހަރެންގެ އުނދަގުލާހެދި ގިނަރޭރޭ މަންމަގެ ނިދި ގެއްލެއެވެ..މިއީ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ….ނަމަވެސް ކުރާނެކަމެއް ނެތެވެ….އިތުރުމީހެެއް އަހަރެންގެ ކައިރީގައި ނެތެވެ….ބޭބެއާއި ދައްތަ ދިރިއުޅެނީ  ވަކިން އެމީހުންގެ އަމިއްލަ ގޭގައެވެ..މިގޭގައި އުޅެނީ މަންމައާއި ބައްޕަ އެވެ..ދެން އަހަންނެވެ….

ފުން ނޭވާއެއް ލުމަށްފަހު އަހަރެން ފޯނުގެ ގަޑިއަށް ބަލާލީމެވެ…. 1 30 ވަނީ އެވެ…..ނަސީބެކެވެ….ދެން ބާކީ އޮތީ 1 މިނެޓެވެ…މި ބިރުވެރިކަން ނިމި ހިތަށް ހަމަޖެހުން ލިބިދާނެއެވެ…..

ޑަން…ޑަން…

އަހަރެން އަނެއްކާވެސް މަންމަގެ ގައިގައި ކޮއްޓާލީމެވެ…. ކަހާތަން ހިރުވާވެސް ނުލާކަހަލައެވެ..މަންމަގެ ފަރާތުން ޖަވާބެއްނުލިބުމުން ބަނޑުދޮށަށް ބާލީސް ބޮނޑިކޮއްލައިގެން އޮތީއެވެ…..މާތްކަލާންގެ އާއި ވަކީލެވެ..ވާ ގޮތެއްވެދާނެތާއެވެ…އެންމެ ބޮޑުވަރަކަށްވެސް ވާނީ މަރެވެ..

އެ އަޑެއް އަހަރެންނަށް އިވޭތާ މިހާރު އަހަރަކަށްވުރެ ގިނަދުވަސް ވަނީއެވެ…ބައެއްފަހަރު ދޮރުގައި ޓަކިދޭއަޑެވެ… ނޫނީ މިރޭއިވުނުގޮތަށް ފަންގިފިލާމަތިން،އަހަރެން އޮތްދިމާއަށް ހަތަރު މޮއްގަނޑުޖެހި ބުޅަލެއް ފުންމާލުމުން އިވޭކަހަލަ އަޑެކެވެ…. އަހަރެން އެކިރޭރޭ ނިދަނީ އެކިދިމަދިމާލުގައެވެ…. ކޮޓަރީގައި އޮންނައިރު އެކަނި ވާގޮތެއްތޯ ޔަގީންކުރުމުގެ ގޮތުން ސިޓިންގް ރޫމްގައިވެސް ބައެއްފަހަރަށް ނިދަމެވެ..އިތުރަށް ޔަގީން ކުރުމަށެވެ….ބައެއް ފަހަރަށް އެއީ އަހަރެންގެ ވަހުމް އޭވެސް ހިތަށްއަރައެވެ….އެކަމަކު ކޮންމެ ރެެއެއްގެ އެއްވަގުތެއްގައި އެހެން ވާންވީ ކީއްވެ ހެއްޔެވެ. ކޮންމެ ރެއެއްގެ 1 10 އަކާއި 1 30 އާއި ދެމެދު އެ ހޭދަވާ ވަގުތަކީ ބުނެދޭންނޭނގޭ އުނދަގޫތަކެއް އަހަރެންނާ ކުރިމަތިވާ ވަގުތެކެވެ…ގަބޫލުކުރެވެއެވެ…އާންމުކޮށް ބުޅަލާއި މީދާފަދަ ތަކެއްޗަކީ ސީލިންގްމަތިން ދުވާ ޖަނަވާރުތަކެވެ..އެހެން ވެދާނެއެވެ…ދެން އަހަރެން ނިދަން އޮންނަ ދިމާއަށް ބުޅާފުންމަންވީ ސަބަބެއް އަހަރެންނަކަށް ނުވިސްނެއެވެ…އެހެންދިމާއަކުން އެއަޑުނީވެންވީކީއްވެހެއްޔެވެ…ކަންބޮޑުވާންޖެހޭ ސަބަބަކީމިއެވެ..މަންމަ ހޭލާ އޮތްރެއެއްގައި އެގޮތަށް އަޑުއިވުމުން މަންމައަށް އެއަޑު އިވުނުތޯ އަހަރެން ސުވާލުކުރީމެވެ..މަންމައަށް އެއްވެސް އަޑެއް ނީވެއެވެ….އެހެން ވާންވީ ކީއްވެހެއްޔެވެ….މަންމައާއި ބައްޕަ ކައިރީގައި މިވާހަކަތަށް ބުނާކޮންމެފަހަރަކު ބައްޕަ ބުނާނެއެވެ..ތިޔާއީ ދަރިފުޅު ތި ބަލާ ފިލްމު ތަކުގެ ސަބަބުން އަންނަ ޚިޔާލްތަކާއި ވަހުމްތަކެވެ…އެކަމަކުވެސް އަހަރެން ބިރުވެރި ފިލްމެއް ނުބަލަމެވެ… ބަލަން ނުކެރެނީއެވެ…އާނއެކެވެ..އަހަރެންނަކީ ފިނޑި މީހެކެވެ…

ކުރީރެއެއްގައި ވައި އަޑަކުން އަހަރެންގެނަމުން ގޮވާލިއަޑު އަހަރެންނަށް އިވުނެވެ…މައްސަލައަކީ ޔަގީންނުވާތީއެވެ…އިވުނީ އެންމެ ފަހަރަކުއެވެ…އޭރު އަހަރެން އޮތީ ގިނަރޭރޭގެ އާދައިގެމަތިން ފިލްމެއް ބަލާށެވެ..ލެޕްޓޮޕް ބަނޑުމަށްޗަށް ލައިގެން 1 ކަންފަތަށް ހެޑްސެޓް ޖަހައިގެން ނެވެ..އެއީ އަހަރެންގެ އާދައެވެ…މަންމަ ވެސް ކަމަކަށް ބޭނުންވެގެން ގޮވާލަފާނެތީއެވެ…އެއްރެއެއްގައި ދެކަންފަތަށް ހެޑްސެޓްޖަހައިގެން އިނދާ މަންމަ ގޮވިއިރުވެސް މަށަށް ރޭކާވެސް ނުލިއެވެ….ހޭވެރިކަންވީ އަހަރެންގެ ކޮނޑުގައި މަންމަ ބޮނޑިއެއް އެޅުމުންނެވެ…ބާރަކަށް ނޫނެވެ..އެރޭ އަޑުއިވުނީ ހެޑްސެޓްނުޖަހާ ކަންފަތާދިމާ މަގޭ ފުރަގަހުން ހަމަ ކަންފަތް ބުޑުގައި މީހަކު ހުރެ ވައި އަޑުން ގޮވާލުމުން އަޑު އިވޭ ގޮތަށެވެ… އެހާލޯބިން ގެންގުޅޭ ލެޕްޓޮޕް އެނދުމަށްޗަށް އެެއްލާލުމަށްފަހު އަހަރެންނަށް ބޭރަށް ނިކުމެވުނު ގޮތެއްވެސް ނޭނގެއެވެ….ކޮޓަރިން ނިކުމެވޭނީ ސިޓިންގް ރޫމްއަށެވެ…. ދުވަމުންގޮސް މަންމައަށް ގޮވީއެވެ….

ބައެއް ރޭރޭ އަހަރެންނަށް ނިދިން ހޭލެވޭ އިރު ކައިރީގައި ހިޔަންޏެއް ހުންނަހެން ހީވެއެވެ…ނަމަވެސް ރަނގަޅަށް ލޯހުޅުވި މަންޒަރު ސާފުވާއިރު ކައިރީގައި އެއްވެސް މީހެއް ނުހުރެއެވެ..ބައެއްފަހަރަށް އަހަރެންގެ އަތުގައި ހިފައިގެންހުންނަހެންވެސް ހީވެއެވެ..ހުންނަނީވާތްފަރާތުގައެވެ…ހިފަނީ ވައަަތުގައެވެ….އެހެން ހިފައިގެން ހުންނަހާއިރެއްގައި އަހަރެންނަށް އޮވެވެނީ ދެބަދޭތެރޭގައެވެ..މަންމަ އަށް ގޮވަންއުޅެމެވެ..ތެދުވެގެން ދާންއުޅެމެވެ..އެކަމަކުވެސް ހަރަކާތެއް ކުރެވެނީ ދެތިން މިނެޓްފަހުންނެވެ…އޭރު އޮންނަނީ ވާތުފައި އައްސިވެފައެވެ..

އަހަރެންނަށް މިހެންވާންފެށީ އަހަރެން އެންމެދާންބެނުންވާރަށަށް ގޮސް އުޅެފައި އައިސް ނިދާފައި އޮއްވައެވެ… ފެނުނީ ހުވަފެނެކެވެ…ހުވަފެނުގައި ވާގޮތެއް މާކަރަނގަޅަށް ހަނދާނެއް ނުވެއެވެ…ހަނދާން ކުރަން މަސައްކަތް ނުކުރަނީ އަހަރެން އެކަމާދޭތެރޭ ނުވިސްނަސް ވެގެނެވެ..ނަމަވެސް ހޭލެވުނީ ކިހިނެއްވެގެންކަން ވަރަށްރަނގަޅަށް އަހަރެން ހަނދާން އެބަހުއްޓެވެ..ދެންމެ ވީ ކަމެއްހާ ތާޒާކޮށެވެ.. އެރޭ އަހަރެންނަށް ހޭލެވުނީ މީހެއް އަހަރެންްގެކަރުގައި ހިފުމުން ސިއްސައި ގެން ގޮސް އެވެ..ހޭލެވުނު އިރު ކަރުގައި ރިއްސައެވެ…ހީވީ ހަގީގަތުގައިވެސް މީހެއް އަހަރެންގެ ކަރުގައި ހިފާފައި ހުރި ހެނެވެ..ކައިރިން ފެނުނުހެން ހީވީ ހިޔަންނެކެވެ..އަންހެނެއްކަމެއް ފިރިހެނެއް ކަމެއް ނޭނގެއެވެ…މިހާރުވެސް ވާގޮތަށެވެ…އެރޭގެފަހުން އަހަރެން ނިދަނީ ކޮޓަރީގެ ލައިޓް ޖައްސައިގެންނެވެ…އެއްގޮތަކަށްވެސް ނިދާބޮކި ޖައްސައިގެން ނުނިދަމެވެ……އެރޭވެސް މަންމައަށް ގޮވަންދެވުނު ނުދެވުނު ގޮތެއްނޭނގެއެވެ.. އެދުވަހު އަހަރެން ޚިޔާލެއް ފިކުރެއްނެތި ވަލުތެރޭގައި އުޅެވުނު ގޮތާމެދު މޮޔަހީވެެއެވެ…ރުއްތަކުންވެރި ކޯދު އަރާފައިވާ މުޑިކާށިތަކުން އެކޯދުތަކުގެ ބޮންތި އުފުރާލައިގެން އޭގެ މަޑުމަޑު ހުދުބަި ކެއުމަކީ އަހަރެން އެރަށަށް ދެވިއްޖެނަމަ އަބަދުވެސް ކުރާކަމެކެވެ…ބިސްމިކިޔަންވެސް ހަނދާންނެތްކަން އެއީ މިހާރު މިދިމާވާ ކަންތަކުގެ އަސްލުބާއެވެ.

ދެން އަހަރެން ހަދާނީ ކިހިނެއްހެއްޔެވެ…ހަގީގަތުގައި ވާގޮތެެއްކަމަށް ގަބޫލު ކުރާކަށް ބޭނުމެއްނޫނެވެ..ޝައްކުބަލި ކަމަށް ގަބޫލު ކުރާކަށްވެސް ބޭނުމެއްނޫނެވެ…އެންމެން ކައިރީ މިވާހަކަތަށް ކިޔާދީފީމެވެ…މަންމަބުނަނީ މިކަމަކީ އަހަރެން ބިރުން އުޅޭތީ ވާކަމެކެވެ… ބައްޕަ ބުނާގޮތުންނަމަ މިއީ އަހަރެން ފިލްމުބަލާތީ ވާގޮތެކެވެ..ބަލާއެއްޗެހި ހުވަފެނުނެ ފެންނަނީއެވެ…ބޭބެ ބުނީ މިއީ އާއިލީ ކަމެކޭއެވެ…އާއިލާގެ ބައެއް މީހުންނަކީ އެމީހުންގެ އުމުރުގެ ކޮންމެވެސް ހިސާބަކުން ޝައްކުބަލި ނޫނީ ސްޓްރެސްގެ އުނދަގުލާ ކުރިމަތިލާންޖެހިފައިވާ މީހުންކަމަށެވެ…މިކަން ރަނގަޅުކުރެވޭނީ އަހަރެން އަމިއްލައަށްކަމަށެވެ….

އަހަރެން މިކަންތައްގަނޑުން ސަލާމަތްވާން އިތުރު މީހެއްގެ އެހީބޭނުމެވެ…އަހަރެން ދައްކާވާހަކަތަށް ގަބޫލުކުރާމީހެކެވެ..ހިއްވަރުދޭމީހެކެވެ….މިކަމަކީ އަހަރެންގެ ޝައްކާއި ވަހުމްތޯ ނުވަތަ ހަގީގަތުގައިވެސް ކޮންމެވެސް އެހެން މަޚްލޫގެއްގެ އުނދަގޫ އަހަރެންނާ ކުރިމަތިވަނީތޯ ބެލުމުގައި އަހަރެންނަށް ވާގިވެރިވާނެ މީހެކެވެ…..

=ނިމުނީ=

Comments (23)

  1. shahaa

    Lyk it

    1. tinkerbella
      shahaa

      Thanks dear☺?

  2. Lol

    ???????????????? Is this a story…..

    1. tinkerbella
      Lol

      Thanks…dhen faharakUn try kohllaanam

  3. tinkerbella

    Thanks…dhen faharakUn try kohllaanam

  4. Nisha

    Speechless… Wish i could help her..

  5. pwincess

    Neyngun mii v gotheh?
    Miii vs story thr??
    Is this ur first story?
    Need improvement.. Good luck 🙂

    1. tinkerbella
      pwincess

      thanks darling ..yah….its my 1st… 😉

  6. Kohmes meeheh

    Is dis truth..truth vihyaa e kuhjakah help vaan beynun..if nyd any help plx contect 7644414..

  7. sanfa

    :O wasted my time

  8. mary

    Nice

  9. rashfa

    i wasted my whole time reading this

  10. faya

    Nice varah asarugadha not as a story a feels like a moment happened in real life

  11. Nax

    Nice

  12. Anonymous

    Goaheh nun

  13. juma

    varah salhi vaahakaeh wish u best

  14. lau

    v obi story eh

  15. maash

    Waiting for next part

  16. naee

    Very nice dear

  17. xaan

    Vaanuvaa..

  18. anas

    vaanuvaa eh neygun

  19. Meeko

    Dhn hadi eh nun

  20. Don

    need improvenment

Comments are closed.