
ޝާމިންގެ ހިތްވަރުގަދަ ކަމުން ލަމްޔާ ހިތާހިތުން ޝާމިންއަށް ތައުރީފުކުރަމުން ދިޔައިރު ހިފެހެއްޓުމެއްނެތި ލަމްޔާގެ ލޮލުން ކަރުނަތަށް ފައިބަމުން ދިޔައެވެ. “މީ އަހަރެންގެ މަޒީ، އަހަރެންނަށް ކުޑައިރު އެގޮތަށް ދިމާވެފަ ހުރީމަ އެހެންވީ، އަހަންނަށް މާފްކުރޭ ލަމްޔާ، މާފްކުރޭ” ޝާމިންގެ މާޒީ ކިޔައިދިނުމަށްފަހު ލަމްޔާ ކައިރީ މާފަށް އެދެމުން ލަމްޔާގެ ގައިގައި ބައްދައިލިއިރު ހަމަ ރަނގަޅަށްވެސް ޝާމިންއަށް ރޮވިއްޖެއެވެ. އަދި ޝާމިން އިރުކޮޅަކު އެހެން އިނުމަށްފަހު ފާހަނައަށް ވަދެ މޫނުދޮވެލައިގެން އައުމުން ލަމްޔާވެސް ފާހަނައަށް ވަނެވެ. ލަމްޔާ ފާހާނައިން ނިކުމެ އެނދުގައި އޮށޯވެލައިގެން އޮތް ޝާމިންގެ ކައިރީ އޮށޯވެ ޝާމިންގެ މޭގައި ލަމްޔާ ބޯއަޅައިލުމަށްފަހު ޝާމިންގެ މޫނަށް ބަލައިލިއިރު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ކުޑަވަގުތު ކޮޅެއްގެތެރޭގައި ދެމީހުންވެސް ލޯބީގެ މަސްތުގައިޖެހި އެކަކު އަނެކަކުގެ ހަށިގަނޑުން އުފާތަށް ހޯދަމުން ދިޔައިރު އަނތްބެއްގެ ފަރާތުން ފިރިއަކު ބޭނުންވާނެ އެންމެ އަގުބޮޑުހަދިޔާވެސް އެރޭ ލަމްޔާ، ޝާމިންއަށް ދިނެވެ.
*** *** ***
ޝާމިން ފުރަންވާއިރަށް ސައިތައްޔާރު ކުރުމަށްޓަކައި ބަދިގެ ތެރޭގައި އަވަދިނެތި ލަމްޔާ އުޅެމުން ދަނިކޮށް މަރީނާއައިސް ބަދިގެތެރެއަށްވަނެވެ. “ޝާމިން ރިޒޯޓަށް ދަނީ މިއަދުތަ؟” ލަމްޔާ ކައިރީ މަޑުމައިތިރިކަމާއި އެކު މަރީނާ ސުވާލުކުރުމުން ލަމްޔާ ހައިރާންވެ މަރީނާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. “ކޯޗެއްތި ބަލަނީ؟ ބަލަމަ ސުވާލެއްކޮށްފީމޭ؟ ރީތިކޮށްބުނީމަ ކަމުނުދިޔައީ ދޯ؟” ލަމްޔާ ބަލަންހުރިގޮތުން މަރީނާ ރުޅިއައިސް އެހެންބުނެ ލަމްޔާއާއި ދިމާއަށް ހަޅޭލަވައިގަތުމުން ލަމްޔާ ބިރުންގޮސް ޝާމިން ފުރަނީ މިއަދުކަމަށް ބުނެ ކުރަންހުރި މަސައްކަތައިގެން ކުރިއަށްދިޔައެވެ.
“ދެން ތެދުވޭ، މިހާރު އެއޮށް 8ޖަހަނީ، ކިހާއިރަކުތަ ފުރަނީ؟” ސައިތައްޔާރު ކުރުމަށްފަހު ލަމްޔާ ކޮޓަރިއަށްވަދެ ޝާމިންއަށްގޮވައި ހޭލެއްވިއެވެ. “11 ޖަހާއިރު ފުރަނީ، އެކަމަކު އަދިވެސް އެބަ ނިދިއާދޭ، ލަމް ހާދަ މޮޅޭ” ލަމްޔާކުރި ސުވާލަށް ޖަވާބުދެމުން ޝާމިން އެހެންބުނެ ލަމްޔާ ލަދުގަންނަވައިލިއެވެ. ޝާމިން އެހެންބުނުމުން ލަމްޔާއަށް ބުނާނެ އެއްޗެއް ނޭނގިފައި ލަދުން އިސްޖަހައިގެން އިނުމުން ޝާމިން ހެމުން ހެމުން ގޮސް ފާހާނައަށް ވަނެވެ.
އިރުކޮޅަކު ލަމްޔާ އެހެން އިނުމަށްފަހު އެނދުމަތި ރީތިކޮށްލައި ޝާމިން ލާނެ ޓީޝާޓަކާއި ފަޓުލޫނެއް އިސްތިރިކޮސް އެނދުމަތީގައި ބޭއްވުމަށްފަހު ކޮޓަރިން ނިކުމެ ކާގެއާއި ދިމާއަށް ހިނގައިގަތެވެ.
“ވަރަށް ދެރަވޭ ދާން ޖެހޭތި، އެކަމަކު ނުގޮސް ނުވާނެކަންވެސް އެނގޭ، މަންމަ އެއްޗެއް ބުންޏަސް އަޅާނުލާތި އިނގޭ” ސައިބޯން އިނދެ ޝާމިން، ލަމްޔާއާއި ވާހަކަ ދައްކަމުން ގޮސް އެހެން ބުނުމުން އާނ އެކޭ ބުނުމުގެ ގޮތުން ލަމްޔާ ބޯޖަހައިލިއެވެ.
“ހަސަން ކޮބާ ފުރަނީތަ؟ މަ ނައްޓާލަން މިއުޅެނީ އިރުކޮޅަކުން” ދަބަހަށް އެއްޗެހި އަޅަން ހުރެ ހަސަނަށް ގުޅައިލުމަށްފަހު ރަށުން ހަސަނުފުރާގަޑި އޮޅުން ފިލުވަން ބޭނުންވާތީ ޝާމިން ސުވާލުކޮށްލިއެވެ. “މަ ފުރައިގެން މިއުޅެނީ މިކޮޅުން، ހަނިމާދޫއަށް ދެވުނީމަ ގުޅާނަން” ޝާމިން ކައިރީ ހަސަނު އެހެންބުނެ ފޯނުބޭއްވުމުން ދަބަސް ހިފައިގެން ނިކުމެ ލަމްޔާ ކައިރީ ދަނީކަށް ބުނެ ޝާމިން ކާރަކަށް ގުޅައި ގޭދޮރުމަތީ މަޑުކޮށްލުމުން ލަމްޔާ އައިސް ޝާމިން ދަންދެން ޝާމިންކައިރީ މަޑުކޮށްލިއެވެ.
ޝާމިން ގުޅައިގެން ހުރި ކާރު އޭގެ ފަސްމިނެޓް ތެރޭގައި އައިސް ދޮރުމައްޗަށް މަޑުކޮށްލުމުން ލަމްޔާއާއި ސަލާމް ކޮށްލުމަށްފަހު ލަމްޔާކައިރީ ބަސްއަހައިގެން އުޅުމަށްބުނެ ޝާމިން ކާރަށް އެރިއެވެ.
ކާރު ދުއްވައިލުމުން ޝާމިން ލަމްޔާއަށް ހަނާއަޅައިލުމުން ލަމްޔާގެ ލޯ ފެންކަޅިވެގެން ދިޔަތަން ފެނުމުން ޝާމިންގެ ހިތުގައިޖެހުނެވެ. ކާރު ލޮލުކޮޅަށްގޮސް އޮބަންދެން ލަމްޔާ ދޮރުމަތީހުރެ ލޯ ފުހެލުމަށްފަހު އެތެރެއަށް ވަނުމަށްޓަކައި އެނބުރުނުއިރު ކުރިމަތީގައި ހުރި މަރީނާ ފެނި ސިހޭގޮތްވިއެވެ. “މިއޮތީވާ ކަމެެއް، ޝާމިން ދެކެ މާލޯބިވާކަމަށް ހެދިގެން” ލަމްޔާއާއި ދިމާއަށް މަރީނާ އެހެންބުނެ ގޭތެރެއަށް ވަނުމުން ލަމްޔާވެސް މަރީނާގެ ފަހަތުން އައިސް ގޭތެރެއަށް ވަނެވެ.
” ޝާމިންދެކެ މަންމަ ރުޅިއަންނަނީ ކީއްވެތަ؟ ޝާމިންއަކީ ކޮންމެ ގޮތަކަށްލިބިފައި ހުރި މީހަކަށްވިޔަސް އެއީވެސް މަންމަގެ ދަރިއެއްނުން، އެކަމުގަ ޝަމިންގެ އޮތީ ކޮންކުށެއް” ގޭތެރެއަށް ވަނުމަށްފަހު ހިތްހެޔޮކަމާއިއެކު ލަމްޔާ، މަރީނާއަށްް ވިސްނައިދިނުމުގެ ބޭނުމުގައި މަރީނާއާއި ވާހަކަދައްކަމުން ދިޔައެވެ. “މިހާރު މަށޭކިޔައިގެން ކަލޭކައިރީ ނުކިޔާކަށް އެެއްޗެއްނެތްދޯ؟” މަރީނާއޭ ކިޔައިގެން ޝާމިން، ލަމްޔާކައިރީ ވާހަކަ ދައްކައިފިކަން އެނގި މަރީނާ އިތުރަށް ހިތްހަމަނުޖެހުނެވެ. އަދި ލަމްޔާ ކުރިމަތީ ހުންނަން ބޭނުންނުވެގެން ސަނާގެ ކޮޓަރިއަށްވަނުމުން ލަމްޔާ ސޯފާގައި އިށީނދެލިއެވެ.
“ކޮބާ ކިހިނެތް؟” ހަނިމާދޫއަށް ފޭބިއިރު ޝާމިންގެ އިންތިޒާރުގައި ހުރި ހަސަނުގެ ހާލު އަހައިލުމަށްފަހު ހަސަނާއި ސަލާމްކޮށްލިއެވެ. “ބަރާބަރު، ކޮބާ ލަމްޔާ؟ ޝާމިންގެ މަންމަ އަނެއްކާ ލަމްޔާއަށް ގޮތެއް ނުހަދާނެތަ؟” ހަސަނުގެ ހާލު ރަނގަޅުކަށްބުނެ ލަމްޔާގެ ކޮބައިތޯ ސުވާލުކޮށް އިތުރަށް ޝާމިންގެ މަންމަ ލަމްޔާއާއި ދޭތެރޭ ކަންތަށް ކޮށްފާނެ ގޮތަކާއި ބެހޭގޮތުން ޝާމިން ކައިރީ ސުވާލުކޮށްލުމުން ޝާމިންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. “ނޭނގެ ހިޔެއްނުވޭ ލަމްޔާ ގައިގަ އަތްލަން ކެރޭނެހެންނެއް، އަހަރެން އަބަދުވެސް ބޭނުންވީ ލަމްޔާ އަހަރެންގެ ގޭގަ ބަހައްޓަން، އަބަދު ކިހިނެތް ހަސަނުގެ ގޭގަ ގެންގުޅޭނީ، އަހަރެންގެ އަނތްބެއްގެ ގޮތުގަ ހުއްޓަ ގެންގުޅެން ޖެހޭނީ އަހަރެންގެ ގޭގައޭނުން، އަނެއްކާ ސަނާ ދައްތަ ވަރަށްބަލި، ސަނާ ދައްތައަށްވެސް އެހީވާނެ އިތުރު މީހަކު ހުރީމަ މަންމައަށްވެސް ފަސޭހަވާނޭނުން، އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ” ޝާމިން އެހެންބުނެ ހަސަނުގެ ކޮނޑުގައި ޖަހައިލިތަނާ ރިޒޯޓުގެ ލޯންޗް ހަނިމާދޫ ފަޅުތެރެއަށް ވަދެގެން އަންނާތީ ފެނުމުން ދެމީހުންގެ ނަޒަރު އެދިމާއަށް ހުއްޓިގެން ދިޔައެވެ.
ލޯންޗް ޖެޓީއާއި ކައިރިކޮށްލުމަށްފަހު ގެސްޓުންގެ ދަބަސްތަށް ބޭލުމަށްފަހު އެއާރޕޯޓުން ގެސްޓުންނާއި ހަވާލުވާންއައިސް ހުރި މީހާއާއި އެމީހުން ހަވާލުކޮށް ޝާމިންމެން ލޯންޗަށް އެރުމުން އެނބުރި ރިޒޯޓަށް ދިއުމަށް މިސްރާބު ޖެހިއެވެ.
“ލަމް، މިއާދެވުނީ އިނގޭ، ބަސްއަހައިގެން އުޅެއްޗޭ” ރިޒޯޓަށް އައިސް ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެލުމަށްފަހު ލަމްޔާއަށް ގުޅައި އެހެންބުނެ ފޯނު ބޭއްވިއެވެ.
“ސަނާ ދައްތާ، ކިހިނެތް؟” ޝާމިން ފޯނުބޭއްވުމުން ސަނާގެ ހާލުބަލައިލުމަށްޓަކައި ސަނާގެ ކޮޓަރިއަށް ލަމްޔާވަދެ ސަނާގެ ކައިރީ އިށީނެވެ. ސަނާ ވަކިއެއްޗެއް ނުބުނެ ލަމްޔާގެ މޫނަށް ބަލަހައްޓައިގެން އިނދެ އަތުން އިޝާރަތްކޮށް ކޮޓަރިން ނިކުތުމަށް ލަމްޔާ ކައިރީ ބުނުމުން އިސްދަށަށް ޖަހައިގެން ހުރެ ވީ ދެރައެއްގެ ބޮޑުކަމުން ކޮޓަރިން ނިކުތްއިރު ކޮޓަރީގެ ދޮރުމަތީގައި މަރީނާ ހުއްޓެވެ. “ތާހިރު ވެއްޖޭނުން، ސަނާ ނޫޅޭ ކަލެއާ ވާހަކަ ދައްކާހިތަކުން” ފާޑަކަށް ހެވިފައި ހުރެ ލަމްޔާއާއި ދިމާއަށް މަރީނާ އެހެންބުނެ ސަނާގެ ކޮޓަރިއަށް ވަނުމުން ލަމްޔާ ސިޓިންރޫމްގެ ސޯފާގައި ޖައްސައިލިއެވެ.
“މަންމާ، ކީއްވެ އަހަރެން އެކަނި ކޮށްލާފަ ތިދިޔައީ؟ ްޝާމިން ނެތްނަމަ މިގޮތަށްވެސް އަހަންނަކަށް ކެތެއް ނުކުރެވުނީސް، ޝާމިންގެ މަންމަގެ ފަރާތުން އަހަރެން ހީކުރީ ލޯބި ލިބޭނެކަމަށް އެކަމަކު…” މަރީނާގެ ފަރާތުން ލިބެމުންދާ ހިތްދަތިކަމުން ލަމްޔާގެ ހިތަށްއަރަމުންދިޔަ އެއްޗެހިން ހައްވާފުޅުމަތިން ހަނދާންވެ ލަމްޔާއަށް ރޮވޭގޮތްވުމުން އަނގަމަތީ އަތްއެޅީ އިތުރުމީހަކަށް އެއަޑު އިއްވަންބޭނުން ނުވާތީއެވެ.
“އަހަރެންނާއި ދޭތެރޭ މަންމަ އެގޮތަށް ކަންތަށް ކުރިޔަސް ލަމްޔާއާއި ދޭތެރޭ އެގޮތަށް ކަންތަށް ކުރާނެ ކަމަކަށް އަހަރެން ހިޔެއްނުކުރަން” ކުރަންހުރި މަސައްކަތްތަށް ނިންމައިލުމަށްފަހު އޮފީހުގައި އިނދެ ވިސްނަމުން ދިޔަކަންތަކުން ޝާމިންގެ ބޯހާސްވާގޮތްވިއެވެ. “ޝާމިން މީހާކާ އިން ހަބަރު ލިބިގެން މިއައީ، ހިނގާ ދަޅުދޭން” އެވަގުތު އޮފީސް ތެރެއަށް ވަދެގެންއައި އަދްނާން، ޝާމިން ކައިރީ އެހެންބުނުމުން ޝާމިން ހިނިއަންނަގޮތްވިއެވެ.
ކުރިއާއަޅައި ބަލާފައި އަދްނާންއަށް އައިސްފައި ހުރި ބަދަލުތަކުން އަދްނާންއަކީވެސް މިހާރު ޝާމިންއާއި ހަސަނުގެ ރައްޓެއްސަކަށްވަނީ ވެފައެވެ. “ކާކުބުނީ؟ ހަސަނުދޯ؟” ޝާމިންއަށް އެވާހަކަ އަދްނާން ކައިރީބުނީ ހަސަނުކަން ޔަގީންވެ އަދްނާން ކައިރީ ސުވާލުކޮށްލުމުން އަދުނާނު ބޯޖަހައިލިއެވެ. އަދި ދެމީހުންއެކީ އެތަނުގެ ސްޓާފުން އެއްޗެހި ގަތުމަށްޓަކައި ހުންނަ ފިހާރައާއި ދިމާއަށް ހިނގައިގަތެވެ.
“ލަމްޔާ، ކިހިނެތްވެފަ؟ އަނެއްކާވެސް މިއާދެވުނީ” މަރީނާމެންގެ ގޭތެރެއަށް ވަދެގެން އައި ޝިފާނާއަށް ގޯތިތެރޭހުރި ޖޯލީގައި އިށީނދެލައިގެން އިން ލަމްޔާ ފެނި ސުވާލުކޮށް އެހެންބުނެ ލަމްޔާގެ ކައިރީ އިށީނެވެ. “ކަމެއްނުވޭ ހަމަ އިނީ” ޝިފާނާކުރި ސުވާލަށް ޖަވާބުދެމުން ލަމްޔާ، ޝިފާނާއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެވަގުތު ލަމްޔާގެ ފޯން ރިންގްވާއަޑަށް ބަލައިލިއިރު ޝާމިން ގުޅާތީ ޝިފާނާކައިރީ ޝާމިން ގުޅަނީކަމުގައި ބުނެ ފޯނު ނެގުމުން ޝިފާނާ އެތެރެއަށްވަނީ ސަނާގެ ހަބަރެއް ބަލާލުމުގެ ބޭނުމުގައެވެ. “ލަމް މަސްދުވަސްފަހުން ދާނަން އިނގޭ ހަތަރުދުވަހުގެ އޮފް ނަގައިގެން، މަންމަ އެއްޗެހި ކިޔާތަ؟” އަދްނާން ދިއުމުން ކޮޓަރިއަށް ވަދެ ލަމްޔާއަށް ގުޅައި މަސްދުވަސްފަހުން ދާނެ ވާހަކަ ބުނެ ޝާމިން ނެތީސް މަރީނާ، ލަމްޔާއާއި ދޭތެރޭ ކަންތަށް ކުރާގޮތް ބެލެމަށްޓަކައި ލަމްޔާ ކައިރިން ސުވާލުކޮށްލިއެވެ. “މަންމަ ވަރަށް ރަނގަޅު، ލަމް ހިޔެއް ނުކުރަން އެދުވަހު އެގޮތަށް އެއްޗެހި ބުނެފަ މަންމަ ރަނގަޅު ވެދާނެ ކަމަކަށް، ވަރަށް ހިތްހަމަ ޖެހިފަ މިހުންނަނީ މިހާރު” މަރީނާގެ ގޯސްވާހަކަ ދައްކަން ބޭނުންނުވާތީ ޝާމިން ކައިރީ ލަމްޔާ ދޮގުހެދިއެވެ. ” އެހެންތަ އަހަރެން ވަރަށް އުފާވެއްޖެ، ލަމް ފަހުން ގުޅާލާނަން އިނގޭ، މިހާރު މިދަނީ ފެންވަރާލަން” ލަމްޔާ ހިތްހަމަ ޖެހިގެން ޝާމިންމެން ގޭގައި ހުންނަކަން އެނގި ޝާމިން ހިތްހަމަޖެހުމުން ފަހުން ގުޅާނެކަމަށްބުނެ ފޯނު ބޭއްވުމަށްފަހު ޝާމިން ފާހަނާއަށް ވަނެވެ. “ޝާމިން ސޮރީ، ދޮގުހެދުނީތީ ސޮރީ” ޝާމިން ފޯނުބޭއްވުމުން ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުރެ ޝާމިންއަށް ދޮގު ހެދުނީތީ ލަމްޔާ ހިތާހިތުން އެހެންބުނެ ދެލޯމަރައިލިއެވެ.
*** *** ***
މަސްދުވަސްފަހުން ހަތަރުދުވަހުގެ އޮފްނަގައިގެން އަނެއްކައިވެސް ޝާމިން ރަށަށް އައީ ލަމްޔާ ދެކޭހިތްވެފައިވާލެއް ބޮޑުކަމުންނެވެ. “ވަރަށް ވަރަށް ލޯބިވޭ، ނަސީބޭނުން މަންމައަށް ވިސްނުނުކަން، ލަމް އާ ދިމާއަށް އެއްޗެހި ނުކިޔަނިކޮށް އެވީއޭ ޝާމިންއަށް” އެދުމަތީގައި އޮވެ ލަމްޔާގެ އެބުޅި އިސްތަށިގަނޑާއި ކުޅެމުން ޝާމިން، ލަމްޔާއާއި ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް ލަމްޔާ އިތުރު އެއްޗެއް ނުބުނެ އޮތުމުން ޝާމިން ކިހިނެތްވީތޯ ލަމްޔާ ކައިރީ ސުވާލުކުރުމުން ކަމެއްނުވާކަމަށްބުނެ ޝާމިންގެ ގައިގައި ބައްދައިލިއެވެ.
އިރުއޮއްސުމުން ލަމްޔާ ކޮޓަރިން ނިކުމެ ސަނާ ކޮބައިތޯ ބަލައިލުމަށްޓަކައި ސަނާގެ ކޮޓަރީގެ ދޮރުހުޅުވައިލުމަށްފަހު އެތެރެއަށް ވަތްއިރު ލަމްޔާއާއި ދިމާއަށް ބަލަހައްޓައިގެން ހިނިއައިސްފައި އިން ސަނާ ފެނުމުން ލަމްޔާގެ ހިތް އުފަލުން ފުރުނުކަލައެވެ.
މިވޭތުވެގެންދިޔަ މަސްދުވަސްތެރޭގައި ލަމްޔާއަށް މަރީނާގެ ފަރާތުން ލޯބި ނުލިބުނުކަމުގައި ވީނަމަވެސް ސަނާއާއި ވާހަކަ ދައްކައި ސަނާއާއި އެކު ގިނަވަގުތު ހޭދަކުރުމުން ސަނާގެ އަމަލުތަކުން ލަމްޔާއަކީ ސަނާގެ ވަރަށް ގާތްމީހެއްކަން ލަމްޔާއަށް އިހްސާސްވަމުން ދިއުމުން ލަމްޔާ ހުންނަނީ އިންތިހާއަށް އުފާވެފައެވެ.
ް”މެންދުރު ކައިގެން ކޮޓަރިއަށް ވަތްގޮތަށް ނިދަނިދާފަ އަދި ކިރިޔާދޯ ތި ތެދުވެވުނީ، އަންހެނުން ދެކެ މާލޯބިވާ މީހެއްކަމަށް ހެދިގެން އަނެއްއެތިވެސް އައިގޮތަށް ކޮޓަރީގަ” ސަނާއާއި އެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ރޭގަނޑު ކެއްކުމަށްޓަކައި ބަދިގެއަށް ވަތްއިރު ބަދިގެތެރޭގައި ހުރި މަރީނާ، ލަމްޔާއާއި ދިމާއަށް ހަޅޭލަވައިގަތެވެ. “މަންމާ އަޅުގަނޑަށް މިއަދު އެކަންޏޭނުން މިހެންމިވީ، އެއީވެސް ޝާމިން އައިސްގެން އުޅޭތީ، އަބަދު އަޅުގަނޑާ ދިމާއަށް ތިގޮތަށް އެއްޗެހި ނުކިޔަފާނަންތަ؟” ލަމްޔާ ދެރަވެފައި ހުރެ އާދޭހުގެ ރާގަކަށް މަރީނާ ކައިރީ އެހެންބުނެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ނަމަވެސް މަރީނާ، ލަމްޔާ ދެއްކި ވާހަކައަށް އަޅައިލުމެއްނެތި ބަދިގެއިން ނިކުމެ ގޭތެރެއަށް ވަނުމުން ލަމްޔާ ފެންކަޅިވުމުން އަތުގެ ނުފުށުން ލޮލުތެރެއަށް ޖަމާވަމުންއައި ކަރުނަތަށް ފުހެލިވަގުތު ބަދިގެ ތެރެއަށް ވަތް ޝާމިން ފެނި ލަމްޔާ ސިހުނެވެ. “ޝާމިން ކޮންއިރަކު ހޭލީ؟” ކުއްލިއަކަށް ލަމްޔާއަށް ޝާމިން ފެނުމުން ލަމްޔާގެ މޫނުމަތިން ފެންނަމުންދާ ހިތާމަވެރިކަމުގެ އަސަރުތަށް ޝާމިންއަށް ފޮރުވުމަށްޓަކައި އިސްޖަހައިގެންހުރެ ލަމްޔާ، ޝާމިންއާ ސުވާލުކޮށްލިއެވެ. “ލަމް ކީއްވެތިރޮނީ؟” ލަމްޔާކުރި ސުވާލަށް ޖަވާބުދިނުމެއްނެތި ޝާމިން، ލަމްޔާއާއި ސުވާލުކޮށްލުމުން ނުރޯކަމަށްބުނެ ގަދަކަމުން ލަމްޔާ، ޝާމިންއަށް ހިނިތުންވުމެއް ރައްދުކުރިއެވެ. “އަދިވެސް ދޮގު ހަދަނީތަ؟ އަހަރެން އަޑުއެހީމޭ މަންމަ ދެއްކި ހުރިހާ ވާހަކައެއް، ކޮޓަރިން ނިކުތްއިރު ލަމް ބޭރަށް ނިކުތްތަންފެނިފަ ސިއްރުން އައީ ލަމް ސިއްސުވާލަން، އެކަމަކު ލަމް ބަދިގެއަށް ވަތްތަނާ މަންމަ އެއްޗެހި ކިޔާއަޑު އިވުނީމަ ދޮރުކައިރީ ހުރެފަ މަންމަ ނިކުންނާތީ މަންމައަށް ނުފެންނާނެހެން ފިލާހުރެފަމިވަނީ” ލަމްޔާ މިއޮއްހުރިހާދުވަހު ޝާމިންއަށް ހެދީ ދޮގުކަން އެނގި ޝާމިން ދެރަވިއެވެ. “ޝާމިން ސޮރީ، ލަމް ބޭނުމެއްނޫން މަންމަގެ ގޯސްވާހަކަ ދައްކާކަށް އެހެންވެ ދޮގުހެދުނީ” ޝާމިންއަށް ދޮގުހެދުނީތީ ލަމްޔާ ޝާމިންކައިރިން މާފަށް އެދުނުއިރު ލަމްޔާއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ.
ލަމްޔާ ރޯތަންފެނި ޝާމިން ހިތުގައިޖެހުމުން ލަމްޔާ ގެނެސް ޝާމިންގެ މެޔާލައި ބޮނޑިކޮށްލުމަށްފަހު ނުރޯށޭ ބުނެ ލަމްޔާގެ ބޮލުގައި ފިރުމައިލިއެވެ.
*** *** ***
ލަމްޔާއާއި ޝާމިންގެ ކައިވެންޏަށް 4 މަސް ވީތަނާހެން ލަމްޔާ، ޝާމިންގެ ދަރިއަކަށް ބަލިވެއިން ހަބަރު ޝާމިންއަށް ލިބުނު ދުވަހަކީ މިދުނިޔެމަތިން ޝާމިންއަށް ލިބުނު އެންމެ އުފާވެރި ހަބަރު ކަމުގައިވިއެވެ. ނަމަވެސް އެކަމާއި މަރީނާ އިތުރަށް ލަމްޔާދެކެ ރުޅިއަންނަން ފެށިއެވެ. ލަމްޔާކުރާ ކަމެއް މަރީނާއަށް ރަނގަޅުވަމުން ނުދާތާނގައި ލަމްޔާ ބަލިވެ އިނުމުގެ ސަބަބުން ގިނައިން ހޮޑުލެވި މީހާގެ ގައިންވަރުދޫވެފައި ހުންނާތީ ލަމްޔާ ގިނަވަގުތު ހޭދަކުރަމުންދަނީ ކޮޓަރީގައެވެ. އެކަމައިވެސް މަރީނާ، ލަމްޔާއާއި ދިމާއަށް އެއްޗެހިނުކިޔާ ދުވަހެއް މަދުވާނެއެވެ. ނަމަވެސް ލަމްޔާއަށް ވީވަރަކުން ގޭތެރޭގެ ކަންތަށް ބަލަހައްޓަމުންދިޔައީ ނުހަނު ފަރުވާތެރިކަމާއި އެކުގައެވެ.
“ކަލެއަށް ހަމަ ޔަގީންތަ ތީ ޝާމިންގެ ދަރިއެއްކަން، ކަލޭ ބަނޑުބޮޑުވެގެން ދޯ ޝާމިންއާ އިނީ، އެކަން އެނގިގެން އެކަމާ ވިސްނާތީ ދޯ ކަލޭގެ މަންމަވެސް މަރުވީ؟” ސިޓިންރޫމްގައި ޓީވީބަލަންއިން ލަމްޔާއަށް މަރީނާގެ ފަރާތުން އިވެމުންދިޔަ އެއްޗެއްސަކީ ލަމްޔާއަށް އާވާހަކަތަކެއް ނޫނެވެ. ލަމްޔާ ބަލިވެ އިނީއްސުރެ މަރީނާގެ ފަރާތުން އެނޫން އަޑެއް ނީވެޔޭބުންޏަސް ދޮގަކަށް ނުވާނެއެވެ. “މަންމާ އަބަދުތިހެން ނުކިޔަބަލަ އަޅުގަނޑު ގޯސް ކަމެއް ނުކުރަމޭ، އަޅުގަނޑުގެ ބަނޑުގަ މިއޮތް ޝާމިންގެ ދަރިފުޅު ހެކިކޮށް މިބުނަނީ” ލަމްޔާ ރޮމުން ވާހަކަ ދައްކަމުން ދިޔަކަމުގައި ވީނަމަވެސް އެކަމަކުން މަރީނާގެ ހިތަކަށް ކުޑަކޮށްވެސް އަސަރެއް ނުކުރިއެވެ. އަދި ކަލޭ ދައްކާ ވާހަކަ ގަބޫލުނުކުރާނެކަމަށް ބުނެ ސަނާގެ ކޮޓަރިއަށް ވަނެވެ.
“މިހާރު އަބަދު ދަތްޕިލަ ސޭލު އަޅުވައިގެން ތިހުންނަނީ ބައްޕަ އަކަށް ވާންއުޅޭތީތަ؟ ހެހެހެހެހެ” ހިނިއައިސްފައި އިން ޝާމިންއާއި ދިމާއަށް ހަސަނު އެހެންބުނެ ބާރަކަށް ހީގަތެވެ. “ހަސަނަކަށް ނޭނގޭނެ، ހާދަ ހިތްހަމަޖެހެޔޭ، މިހާރު ވިހާނެ ދުވަހަކަށް މި އިންތިޒާރު ކުރެވެނީ، ލަމްޔާ ވިހަންވާއިރަށް މަށާއެކު ވާނެ ރަށަށް ދާން” ހަސަނު ދިމާކޮށް ހޭންފެށުމުން ޝާމިން އެހެންބުނުމުން ހަސަނު އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހައިލުމަށްފަހު ބޭރަށް ނިކުތުމުން ޝާމިންވެސް ހަސަނާއި އެކު ބޭރަށް ނިކުތެވެ.
“ހަސަނު ކުއްޖަކާ ރައްޓެހިވާންވީނުން؟” ޝާމިން އެސުވާލުކޮށްލުމުން ހަސަނުގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަމުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ޝަމިންއަށް ފެނުނެވެ. “ކިހިނެތްވީ؟ މަށަށް ކިޔައިދީބަލަ” ޝާމިންއަށް ހަސަނު ރައްޓެހިވި ކުދިންގެވާހަކަ ދުވަހަކުވެސް ކިޔައިދީފައެއް ނުވެއެވެ. ޝާމިންވެސް އެކަހަލަ ވާހަކައެއް ހަސަނާއި ދެއްކި ފުރަތަމަ ފަހަރުކަމުން އިތުރަށް އެކަންތަށް އޮޅުން ފިލިވުމުގެ ބޭނުމުގައި ހަސަނު ކައިރީ ސުވާލުކޮށްލިއެވެ.
“އަހަރެން ރައްޓެހިިވިން 5 ކުދިންނާ، އެކަމަކު އެއިން ކޮންމެ ކުއްޖަކުވެސް ލަނޑުދެނީ، ލާރިއާ ހެދި އުޅެނީ، އަބަދު ޝަކުވާކުރަނީ، އެކަމަކު ކޮންމެ ފަހަރަކުވެސް ރައްޓެހިވަނީ ވަރަށް ވިސްނާފަ، އެކަމަކު ހަމަ އެއްތާކު ޖެހެނީ، އެކަމަކު އަދި ހޯދާނަން ރަނގަޅު ކުއްޖަކު” ދެރަވެފައި ހުރެ ހަސަނު، ޝާމިންއަށް އެވާހަކަތަށް ކިޔައިދިނުމުން ޝާމިން، ހަސަނުކައިރީ އަދި ރަނގަޅުވާނެ ކަމަށް ބުނެ ހަސަނުގެ ބުރަކަށީގައި ޖަހައިލިއެވެ.
*** *** ***
“ވަރަށް އުފާވެފަ ދައްތަ މިހުންނަނީ، ރަނގަޅަށް ކައިގެން ހުންނައްޗޭ އިނގޭ، އޭރުން ރަނގަޅުވާނީ” ލަމްޔާގެ ކޮޓަރީގެ ދޮރުހުޅުވައިލުމަށްފަހު އެތެރެއަށް ވަދެގެންއައި ޝިފާނާ އެހެންބުނެ ލަމްޔާގެ ކައިރީ އިށީނދެލިއެވެ. މިހާރު ކިތަށްމަސް ވެއްޖެތަ؟” ބޮޑުވަމުންއަންނަ ލަމްޔާގެ ބަނޑުގައި ފިރުމައިލުމަށްފަހު ޝިފާނާ އެހެންބުންޏެވެ. “މިހާރު 6 މަސް ފުރުނީނުން މި، އެބައަންނަން ފާހާނައަށް ވަދެލާފަ” އެނދުންތެދުވެ ހަމަ ޖެހިލަމުން ލަމްޔާ އެހެންބުނެ ފާހާނަައާއި ދިމާއަށް ދިއުމުން ޝިފާނާ ލަމްޔާގެ ކޮޓަރިން ނިކުމެ ސަނާގެ ކޮޓަރިއަށް ވަނެވެ.
” މިމަންޖެ މިހާރު ކުރިއަށްވުރެ ރަނގަޅު ހެންވެސް ހީވޭ” އެނދުކައިރީ އިށީއިނދެލައިގެން އިން ސަނާ ކައިރީގައި އިން މަރީނާއަށް ބަލައިލާ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ” ޑޮކްޓަރު ބުނި ރަނގަޅު ވާނޭ، ﷲގެ އިރާދަފުޅުން މިހާރު ކުރިއަށްވުރެ ބޮޑުތަން ރަނގަޅު” މިހާރަކަށް އައިސް ސަނާއަށް އަންނަމުންދާ ބަދަލުތަކުން މަރީނާއަށް ސަނާ ރަނގަޅުވަމުން އަންނަކަން ފާހަގަވަމުންދާތީ މަރީނާ ހުންނަނީ ކުރިއަށްވުރެ ހިތްހަމަ ޖެހިފައެވެ.
އާދައިގެ މަތިން އޮފް ނެގުމަށްފަހު ޝާމިން ރަށަށް އައިސް ސަނާގެ ކައިރީ ވަގުތު ކޮޅެއް ހޭދަކޮށްލައި ދެކިލުމަށް ކެތްމަދުވެފައި ހުރި ލަމްޔާ ކޮބައިތޯ ބަލައިލިއެވެ.
“މިހާރު މާ ލޯބި، ވަރަށް އުފާވޭ ލަމް ކަހަލަ ކުއްޖަކު ލިބުނީމަ، ދައްތަ މިހާރު ކުރިއަށްވުރެ ރަނގަޅުވަމުން އަންނަކަން ފާހަގަވޭ ދޯ؟” އެނދުމަތީގައި އޮށޯވެލައިގެން އޮތް ލަމްޔާގެ ބަނޑުގައި ފިރުމައިލުމަށްފަހު ޝާމިން ވާހަކަ ދައްކަމުން ގޮސް ސަނާއަށް އަންނަމުންދާ ބަދަލުތަށް ފާހަގަވަމުން ދިއުމުން ލަމްޔާ ކައިރީ އެވާހަކަ ބުންޏެވެ. “އާނ މަންމަވެސް ، ޝިފާނާދައްތަ ވެސް ވަރަށް ދައްކާނެ އެވާހަކަ، ހިނގާ ކާންދާން ދޯ؟” ދެމީހުން ކޮޓަރިން ނިކުމެ ބަދިގެފަރާތަށްދިޔަ މަގުމަތީގައި މަރީނާގެ ފަރާތުން އަނެއްކައިވެސް ރުޅިވެރިކަމުގެ ބަސްތަކެއް އިވެމުންދިޔައެވެ. ނަމަވެސް މަރީނާކިޔާ އެއްޗަކަށް ބެލުމެއްނެތި ޝާމިންއާއި ލަމްޔާ އެދެމީހުންގެ އަމިއްލަ ވާހަކައިގައި ކާގެއާއި ދިމާއަށް ދިއުމުން މަރީނާ އިތުރަށް ރުޅި އަންނަގޮތްވިއެވެ. ” ފިލާވަޅު ނަގައިދިނީ ދޯ، ހަޔާތްވެސް ކުޑައޭ މި ދޭތީގެ، އާނ އެހެންނޭނުންވާނީ އެއްވަރުގެ ނުލަފާދޭތިވިއްޔާ” އައިރުޅީގައި މަރީނާ އެހެންބުނެ ސަނާގެ ކޮޓަރިއަށްވަދެ ދޮރުޖެހިއެވެ.
“އަޅާނުލާ އަހަރެން މިހާރު ހޭނިއްޖެ، އެކަމަކު ދެރަވޭ އަބަދު އެއްޗެހި ކިޔާތީ” ލަމްޔާއަށް ޝާމިން ދެރަވެފައި އިންތަންފެނި ޝާމިންގެ ތައްޓަށް ބަތްއަޅަމުން ލަމްޔާ ވާހަކަދައްކަމުން ދިޔައެވެ. “ލަމް ދެންއާދެވޭނީ ތިންމަސް ފަހުން އިނގޭ، އޭރުން ގިނަދުވަހު މަޑުކުރެވޭނީ، ވިހަންވާއިރަށް ލަމްކައިރީ ހުންނަން ބޭނުން، ހަސަނުވެސް ގޮވައިގެން އަންނާނީ” އަނގަޔަށް ބަތް ސަމުސަލެއްލަމުން ޝާމިން އެހެންބުނެ ލަމްޔާއާއި ދިމާއަށް ބަލައިލިގޮތުން ލަދުގަނެފައިހުރެ ލަމްޔާ އިސްދަށަށް ޖަހައިލިއެވެ. “މިއަދު ޑޮކްޓަރަށް ދައްކަން ދާންޖެހޭ ދުވަސް އިނގޭ، ކައިގެން އަވަހަށް ހިނގާދާން” އިސްޖަހައިގެން އިނދެ ވާހަކަ އޮޅުވައިލުމުގެ ބޭނުމުގައި ލަމްޔާ އެހެންބުނެ ޝާމިންއާއި ދިމާއަށް ބަލައިލިއެވެ.
“އިރާދަކުރެއްވީތީ ދަރިފުޅު ހެދިބޮޑުވަމުން އަންނަނީ ވަރަށް ރަނގަޅަށް، އަދިވެސް ގިނައިން ތަރުކާރީގެ ބާވަތްތަށް ބޭނުންކުރޭ އިނގޭ” ޑޮކްޓަރު އެހެން ބުނުމުން ޝާމިންއާއި، ލަމްޔާގެ މޫނުމަތިން އުފާވެރިކަން ފެނިގެންދިޔައެވެ. އަދި ކުރިންވެސް ޑޮކްޓަރު ބުނެފައިވާ ދުވަހު ލަމްޔާ ވިހާނެކަމަށް ބުނެ ބޭސްދިނުމަށްފަހު ފޮނުވައިލިއެވެ.
*** *** ***
3މަސް ފަސް
ލަމްޔާ ވިހަންވާއިރަށް ޝާމިންއާއި ހަސަނު ރާވާފައިވާގޮތަށް ރަށަށް ދިއުމަށްޓަކައި ތައްޔާރުވަމުން ދިޔައެވެ. ދަބަހަށް އެއްޗެހިތަށް އެޅުމަށްފަހު ކޮޓަރިން ނިކުމެ ޖެޓީއާއި ދިމާއަށް ދަމުން ސެކިއުރިޓީ ގޮޅީގައި އިން މީހާއަށް ޗިޓްކޮޅު ހަވާލުކޮށް ލޯންޗަށް އެރިއިރުވެސް ޝާމިންގެ ހިތް ތެޅެމުން ދިޔައެވެ. ޝާމިންގެ މޫނުމަތިން ފެންނަމުންދާ ހާސްކަމާއި އެއްވަރަށް އުފާވެރިކަންވެސް ފެންނަމުންދެއެވެ. “ދޮންކަލޯ ބުނަން އަލަށް ތިކަހަލަކަމަކާ އުޅޭއިރު ތިހުރިހާ ކަމެއްވެސް ވާނެެ” ޝާމިންގެ މޫނުމަތިން ފެންނަމުންދާ އަސަރުތަކުން ހަސަނަށް މަޑަކުންނީނދެވުނެވެ. “ހަސަނުވެސް ދޯ؟ މިހާރު ކަމަކީ އަބަދުމަށާ ދިމާކުރުން” ހަސަނު އެހެންބުނުމުން ރައްދުގައި ޝާމިން އެހެންބުނެ ހިނިގަނޑެއްޖަހައިލިއެވެ.
ކެތްމަދުވެފައި އިން ޝާމިންއަށް އެހެންފަހަރުތަކާއި ހިލާފަށް މިފަހަރު ދަތުރު ދިގުކަން އިހްސާސްކުރެވެމުންދިޔައެވެ. ގަޑިއިރެއްގެ ދަތުރަކަށްފަހު ހަނިމާދޫ ފަޅުތެރެއަށް ވަދެ ލޯންޗް ޖެޓީއާއި ގާތްކޮށްލުމުން ލޯންޗުންފައިބައި ރަށަށް ދިއުމަށްޓަކައި ލޯންޗެއް ހަމަޖެއްސުމަށްފަހު ދަތުރަށް ފެށިއެވެ.
ޝާމިން އަންނަން ވަގުތު ކުޑަތަންވެފައި އޮތުމުން ކޮޓަރީގައި އޮތުމަށްފަހު ކާންހެދުމަށްޓަކައި ލަމްޔާ ބަދިގެފަރާތަށް ދިޔައެވެ. ކާންހަދައި ނިންމައިލުމަށްފަހު ސަނާއަށް ބޭސްދިނުމަށްޓަކައި ފެންތައްޓަކާއި އެކު ހިފައިގެންއައި އިރު ސިޓިންރޫމްގައި ހުރި ގޮނޑިއެއްގައި މަރީނާ އިށީއިނދެލައިގެން ލަމްޔާއާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ.
“ކަލޭ ކޮންމެހެން ސަނާއަށް ބޭސް ދޭން ދާނެކަމެއްނެތް، މަށަށްވެސް ތިކަންތަށް ކުރެވިދާނެ، މިއަކާ ހެދި މިހާރު މަށާވެސް އޭނަ ދުރުހެން ހީވޭ، ކަލޭ ސިހުރު ހަދަނީ ދޯ؟” ފެންތަށި ހިފައިގެން ގޭތެރެއަށް ވަދެގެންދިޔަ ލަމްޔާއަށް މަރީނާ އެހެން ބުނުމުން ރުޅިއަންނަގޮތްވިއެވެ. އެވަގުތު ގޭތެރެއަށް ވަދެގެންއައި ޝާމިންއާއި ހަސަނުއަށް މަރީނާގެ އަޑުއިވުމުން ބޭރުގައި މަޑުކޮށްލިއެވެ.
“މަންމާ ހެޔޮނުވާނެ ތިހާ ގޯސްކޮށް އަހަރެންނާ ދޭތެރޭ ނުވިސްނަބަލަ، އަހަރެންމީ ތިހީކުރާކަހަލަ ނުބައިމީހެއްނޫނޭ” މަރީނާއާއި އަރާ ހަމަކޮށް ރުޅިއައިސް ލަމްޔާ އެހެންބުނުމުން މަރީނާ އައިސްފައިހުރި ރުޅި ދެގުނައަށް އިތުރުވެގެން ދިޔައެެވެ. އަދި މަގޭކުރިމަތީ ޒުވާބު ކުރާނެކަމެއްނެތޭބުނެ ސަނާގެ ކޮޓަރިއަށް ވަންނަން ދާންއުޅުނު ލަމްޔާގެ ފައިގައި މަރީނާގެފައި އެޅުވިވަގުތު ބަނޑުވަތަށް ލަމްޔާ ވެއްޓިގެންދިޔައެވެ. ލަމްޔާގެ އެބޮޑު ބަޑާއިއެކު ވެއްޓިޖެހުނުވަގުތު އަޑުގެ ނެތްތަނަށް މަންމާއޭ ކިޔައި ލަމްޔާ ހަޅޭލަވައިގަތެވެ.
އެވަގުތު ދޮރުމަތީހުރި ޝާމިންއާއި ހަސަނު ފެނި މަރީނާ ސިހުނެވެ. އަދި ވަގުތުން ނޫންކަމަށްހެދި ލަމްޔާ ދަރިފުޅާ ކިހިނެތްވީހޭ ކިޔައި ލަމްޔާ ނަގަން އުޅުނެވެ.
އަތުގައި އޮތްދަބަސް އެއްލައިލުމަށްފަހު ލަމްޔާއަށް ގޮވަމުން ދުވެފައި އައިސް ވެއްޓިފައިއޮތް ލަމްޔާގެ ކައިރީ ޝާމިން އިށީންއިރު ހަސަނުވެސް ޝާމިންގެ ފަހަތުންއައިސް އިށީއިނެވެ. އަދި ޝާމިންގެ ފޯނުނަގައި އެމްބިއުލާސްއަށް ގުޅައިލިއެވެ. “ލަމް އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ، ދެން ލަމް މިގޭގަ ނުބަހައްޓާނަން” ޝާމިންގެ އަޑު ކިރިޔާ ބޭރުވާކަމެވެ. ލޯބިވާ އަނބިމީހާގެ ބަނޑުގައި އަތްއަޅައިގެން އޮވެ ރޮމުން ދިޔަ މަންޒަރު ދެކުމަށް ހިތަށް ކުޅަދާނަނުވެގެން ޝާމިންގެ ދެލޯމަރައިލުމަށްފަހު ރުޅިއައިސްހުރެ ލޯހުޅުވައިލައި ކައިރީގައި އިށީއިނދެލައިގެން އިން މަރީނާގެ މޫނަށް ބަލައިލިތަނާ މަރީނާއަށް ބޭއިހްތިޔާރުގައި ފަހަތަށްޖެހިލެވުނެވެ.
އެމްބިއުލާންސް އައިސް ގޭ ދޮރުމަށްޗަށް ހުއްޓައިލިއަޑަށް ހަސަނު ނިކުތްއިރު ހޮސްޕިޓަލުގައި މަސައްކަތްކުރާ ދެމުއައްޒަފަކު އެމަބިއުލާސްގެ ފަހަތުދޮރުފަތް ހުޅުވައިލުމަށްފަހު އެނދު ނެރެގެން އަންނަތަން ފެނުނެވެ. ގޭތެރެއަށް އެނދުވެއްދުމަށްފަހު ލަމްޔާ ކައިރީ އެނދުބަހައްޓައި ވަރަށްފަރުވާތެރިކަމާއި އެކު ލަމްޔާ އެނދަށްލައިގެން ނިކުމެ އެމްބިއުލާސްއަށް އެރުވުމުން ޝާމިންއާއި ހަސަނު އެމްބިއުލާސްގެ ފަހަތުސީޓަށް އަރައި ލަމްޔާގެ ބާއްވާފައި އޮތްއެނދު ކައިރީ ހުރި ގޮނޑީގައި އިށީދެނލިއެވެ. މާނޭވާލަމުން ގެންދިޔަ ލަމްޔާގެ އަތުގައި ބާރަށް ޝާމިން ހިފަހައްޓައިލައިގެން އިންއިރު ދުވަހަކުވެސް އެއަތުން ޝާމިން ދޫކޮށްލަން ބޭނުންނުވާފަދައެވެ.
ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެމްބިއުލާންސް އައިސް ހޮސްޕިޓަލުގެ ދޮރުން ވެއްދުމަށްފަހު މައިދޮރު ކުރިމަށްޗަށް މަޑުކޮށްލުމުން ހޮސްޕިޓަލުގެ އެތެރެއިން އިތުރު ދެމީހަކު އެނދެއް ހިފައިގެން އައިސް އެމްބިއުލާސްގެ ފަހަތުގައި މަޑުކޮށްލައި ދޮރުހުޅުވައިލުމަށްފަހު ލަމްޔާ އޮތް އެނދުގައި އަޅާފައިވާ ބެޑްޝީޓްގަނޑުގައި ހިފައި ވަރަށް ފަރުވާތެރިކަމާއިއެކު އެމީހުންގެނައި އެނދަށް ލުމަށްފަހު ހޮސްޕިޓަލުގެ އެތެރެއަށް ވެއްދިއެވެ. އެވަގުތު ލަމްޔާ ބަނޑުބޮޑުވިފަހުން އަބަދުވެސް ދައްކަމުންއައި ޑޮކްޓަރު އައިސް ޝާމިންކައިރީ ވީކިނެތްތޯ ސުވާލުކުރިއެވެ. “ގޭތެރެއަށް ފެންއެޅިފަ ހުއްޓަ ކައްސާލީ” ޝާމިން އެހެންބުނުމުން ޑޮކްޓަރުގެ އިރުޝާދުގެ މަތިން ލަމްޔާ އޮޕަރޭޝަން ތިއޭޓަރަށް ވެއްދިއިރު ދެންމެ ޝާމިން ދޮގުހެދުމުން ބުނާނެއެއްޗެއް ނޭނގިފައިި ހަސަނުހުއްޓެވެ.
“މިތާ ބޭރުގަ މަޑުކޮށްލާ” ޝާމިންއާއި ހަސަނުގެ ކައިރީގައި ޑޮކްޓަރު އެހެންބުނެ އޮޕަރޭޝަން ތިއޭޓަރަށް ވަނެވެ.
އޮޕަރޭޝަން ތިއޭޓަރުގެ ތެރެއަށް ލަމްޔާ ވެއްދީންސުރެ ޝާމިން ދެފައި އެއްތަނަކު ނުޖެހެއެވެ. “ޝާމިން އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ” ޝާމިންގެ ހާލާއިދޭތެރޭ ހަމްދަރުދީވެހުރެ ހަސަނު، ޝާމިންއަަށް ހިތްވަރުދެމުން ދިޔައެވެ. “ލަމްޔާއަށް ކަމެއްވެއްޖިއްޔާ އަހަރެންގެ އަމިއްލަ ނަފްސަށްވެސް އަހަންނަކަށް މާފެއްނުކުރެވޭނެ، މަންމަ، ލަމްޔާއާއި ދޭތެރޭ ކަންތަށްކުރާގޮތް އެނގި ހުރެވެސް ގޭގައި ލަމްޔާ ބެހެއްޓުނީތީ މިއަދު އަހަރެން ވަރަށް ދެރަވެއްޖެ، އަހަންނާހެދި މިހުރިހާކަމެއްވެސް މިވީ، އެކަމަކު އަހަރެން ހިޔެއްނުކުރަން މަންމަ އެގޮތަށް ކަންތަށް ކުރާނެ….” އެހިސާބަށް ބުނެވުނުތަނާ ޝާމިންއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. “އެކަމަކު މަންމަ އާ ދޭތެރޭ ހިތްނުބައި ކުރާކަށް ނުކެރޭނެ، މީހުންބުނޭ މައިންގެ ފައިތިލަ ދަށުގައޭ ސުވަރުގެވަނީ، އަހަރެންނާ ދޭތެރޭ ކިތަންމެ ގޯސްކޮށް މަންމަ ކަންތަށްކުރިކަމުގައި ވީނަމަވެސް މަންމަ އާ ދޭތެރޭ ހިތްބުރަކުރާކަށް ނުކެރޭނެ” ވަރަށް ހިތްވަރުކޮށްފައި ޝާމިން ވާހަކަ ދައްކަމުންދިޔައިރު ޝާމިންގެ އަޑު ތުރުތުރުލަމުން ދިޔައެވެ. އަދި ހިތަށް ކުރަމުންދާ އަސަރުންނާއި ހިފެހެއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތަށް ފޮހެލުމަށްފަހު ފުންނޭވާއެއްދޫކޮށްލިއެވެ.
އެވަގުތު އޮޕަރޭޝަން ތިއޭޓަރުގެ ދޮރުހުޅުވައިލުމަށްފަހު ޑޮކްޓަރު ނިކުތުމުން ދުވެފައި ކަހަލަ ގޮތަކަށް ޝާމިން ޑޮކްޓަރ ކައިރިއަށް ދިޔައެވެ. “ޑޮކްޓަރ ކިހިނެތްވީ؟ ލަމްޔާގެ ހާލު ރަނގަޅުތަ؟ ބޭބީ ކިހިނެތް؟” ޝާމިން ހާސްވެފައިހުރެ ސުވާލުތަށް ފައްޗަކަށް އަމުނައިލެވުނެވެ. “ސޮރީ ޝާމިން އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން، އެކަމަކު ލަމްޔާވެސް ބޭބީވެސް….” ޝާމިންގެ ކޮނޑުގައި އަތްބާއްވައިލުމަށްފަހު ޑޮކްޓަރު އެހެންބުނެ ދެކޮޅަށްބޯހޫރާލުމުން ޝާމިންއަށް ޑޮކްޓަރު އެބުނީ ކީކޭކަން އެނގި ދެލޯމަރާލައިލުމަށްފަހު އިސްދަށަށް ޖަހައިލެވުނެވެ.
ޝާމިންގެ ބުރަކަށީގައި ފިރުމައިލުމަށްފަހު ހިތްވަރުކުރުމަށްބުނެ ޑޮކްޓަރު ހިނގައިގަތުމުން ހަސަނު މަޑުހިނގުމުގައި އައިސް ޝާމިން ކައިރީގައި ހުއްޓި ޝާމިންގެ ކޮނޑުގައި އަތްބާއްވައިލިއެވެ. “ހަސަން، އަހަރެން ކިހިނެތް ހަދާނީ، ލަމްޔާ ވެސް އަހަރެންގެ ދަރިފުޅުވެސް އެދިޔައީ” ހަސަނުގެ ގައިގައި ބައްދައިގެން ހުރެ ރޮމުން ޝާމިން ވާހަކަދައްކަމުން ދިޔައެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި އޮޕަރޭޝަން ތިއޭޓަރުގެ ދޮރު ހުޅުވައިލުމުން ޝާމިންއާއި ހަސަނު އެދިމާއަށް ބަލައިލިއިރު މޫނާއިއެކު ހުދު ފޮތިގަނޑެއް އަޅާފައި އޮތް ލަމްޔާއާއި ކުޑަ ދަރިފުޅުގެ ހަށިގަނޑު ފެނުމުން ޝާމިންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަދި ލަމްޔާއާއި ކުޑަ ދަރިފުޅުގެ މޫނު ދެކިލުމުގެ ބޭނުމުގައި ފޮތިގަނޑު ހިއްލައިލައި އެދެމައިންގެ މޫނަށް ބަލައިލިއެވެ. ދަރިފުޅުގެ އެމައުސޫމު މޫނު ފެނުމުން ޝާމިންއަށް އިތުރަށް ހިތްވަރު ކުރަން އުނދަގޫވެގެން ދިއުމުން ފޮތިގަނޑު އެޅުމަށްފަހު ފަހަތަށް އެނބުރި ލަމްޔާއާއި ކުޑަދަރިފުޅު އޮތް އެނދާއި ދުރަށް ޖެހިލިއެވެ.
ގޭތެރޭގައި މަރީނާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ޝާމިންމެން އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. “މަރީނާ، ލަމްޔާއަށް ކިހިނެތްވީ؟ ޝާމިން ގުޅާފަބުނީ ދަރިފުޅާ އެކު ނިޔާވީއޯ؟ އެ ކީއްވެ؟” ބާރު ހިނގުމުގައި އައި ޝިފާނާ، މަރީނާ ކައިރީ އެހެންބުނެ ރޮއެގަތްއިރު ބުނާނެ އެއްޗެއް ނޭނގިފައި މަރީނާ، ޝިފާނާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.
“ޝިފާނާ ދައްތާ؟ ލަމްޔާއާއި ދަރިފުޅު ވަޅުލުމުގެ ކަންތައް ހަމަ ޖައްސަން މިއުޅެނީ” ޝާމިންގެ ފޯނުން ހަސަނު، ޝިފާނާއަށް ގުޅުމަށްފަހު އެހެންބުނުމުން މަރީނާމެންގެ ގެއިން ނިކުތުމަށް ޝިފާނާ ހިނގައިގަތްއިރު ޝިފާނާގެ ފަހަތުން މަރީނާވެސް ސަނާގޮވައިގެން ދިޔައެވެ.
ލަމްޔާއާއި ކުޑަދަރިފުޅު ހިނެވުމުގެ ކަންތަށް ކުރުމަށްފަހު ސަހަރާގެ އެތެރޭގައި ހަދާފައިވާ ކުޑަ ގެގަނޑެއްގައި މޫނުދެއްކުމަށްޓަކައި ބާއްވާފައި އޮތެވެ. އަދި މެންދުރު ނަމާދަށްފަހު އެދެމައިން ވަޅުލުމުގެ ކަންތަށް ނިންމާފައިވެއެވެ.
“ދަރިފުޅާ ޝާމިން ކިހިނެތްވީ؟ މީ ކިހިނެތްދިމާވި ކަމެއް؟” ޝާމިންގެ ކައިރިއަށް އައުމަށްފަހު ޝިފާނާ ސުވާލުކުރިއިރު ކައިރީގައިހުރި މަރީނާ ކުއްވެރިއެއްފަދައިން އިސްޖަހައިލައިގެން ހުރިއިރު ޝާމިން ދޭނެ ޖަވާބެއް ނޭނގޭތީ ހުރީ ބިރުންތުރުތުރު އަޅައަޅައެވެ. ޝާމިންގެ ކިބައިން މާފަށްއެދެން ބޭނުންވިކަމުގައިވީނަމަވެސް އެހިތްވަރު މަރީނާއަށް ނުލިބުނީ މަރީނާއަށް ކުރެވުނު ކުށުގެ ބޮޑުކަމުންނެވެ.
“ގޭތެރެއަށް ފެންއެޅިފައި ހުރީމަ ލަމްޔާ ކައްސާލައިގެން ވެއްޓުނީ، މަންމަވެސް ކޮޓަރީގަ ހުރެފަ ލަމްޔާ ވެއްޓުނުއަޑަށް ނިކުމެ ލަމްޔާގެ ކައިރީގަ އިންދާ ގޭތެރެއަށް ވަދެވުނީ، ޑޮކްޓަރަށްވެސް ކަންތައްވީގޮތް ކިޔައިދިނިން” ޝާމިން، މަރީނާއާއި ދިމާއަށް ބަލައިލުމަށްފަހު އެހެންބުނުމުން އިސްނަގައި ޝާމިންގެ މޫނަށް ބަލައިލިއިރު ހައިރާވެފައި މަރީނާހުރިއިރު މަރީނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާންހުރިތަން ޝާމިންއަށް ފެނުނެވެ. ވަގުތުން ޝާމިން މޫނު އަނބުރައިލުމަށްފަހު ކުރިމަތިން ފެންނަން އޮތް ލަމްޔާއާއި ކުޑަދަރިފުޅުގެ ފުރާނަނެތް މަސްގަނޑަށް ބަލައިލިއެވެ. ވެގެންއުޅޭގޮތް ސަނާއަށް ރޭކައިލިކަހަލައެވެ. ސަނާ ދުވެފައިގޮސް ލަމްޔާގެ ގައިގައި ބައްދައިގަނެ ރޯންފެށިއެވެ. ޝާމިންމެންވެސް އެކަހަލަ ކަމަކަށް ނުވިސްނާހުރުމުން ސަނާ ހިފަހައްޓަން ނޭނގުނީއެވެ. ސަނާ އުޅުނުގޮތުން ޝާމިންއަށް ސަނާ، ލަމްޔާދެކެވާ ލޯބި އިހްސާސްވެގެން ދިޔައެވެ.
ޝާމިން ދުވެފައިގޮސް ސަނާ، ލަމްޔާއާއި ދުރުކޮށްލުމަށްފަހު ގެންދަންއުޅުނު ވަގުތު ސަނާގެ ހެޔަށްގޮތްވެ ވެއްޓެން އުޅުމުން ޝާމިންގެ އަތްދަނޑި މައްޗަށްލައިގެން ގެންގޮސް ކައިރީގައިހުރި އައްޓެއް މަތީ ބޭއްވުމަށްފަހު އެމްބިއުލާންސަށް ގުޅައިލިއެވެ.
އެމްބިއުލާންސް އައުމުން ސަނާ އެއަށްލައި މަރީނާއާއި ޝިފާނާގާތު ދިއުމަށްއެދި ލަމްޔާމެން ވަޅުލުމުގެ ކަންތަށްް ނިންމުމަށްފަހު ދާނަމޭ ބުނެ ޝާމިންއާއި ހަސަނު ސަހަރާގެ ތެރެއަށް ވަނެވެ.
ލަމްޔާމެން ވަޅުމުގެ ކަންތަށްކޮށް ނިންމައިލުމަށްފަހު ހޮސްޕިޓަލަށް ދިޔައިރު ސަނާ ގެއަށް ފޮނުވައިލިވާހަކަ ބުނުމުން ގެއާއި ދިމާއަށް ދެމީހުންއެކީ މިސްރާބު ޖެހިއެވެ. އެންމެގާތް އެކުވެރިޔާއަށް މިއަދު ޖެހިފައިމިވާ ހާލާއިދޭތެރޭ ހަމްދަރުދީވެ ހިތްވަރުދެމުން ދިޔަކަމުގައިވީނަމަވެސް ޝާމިންގެ ހިތުގައި އަޅުމުންދާނެވޭން ހަމަ ރަނގަޅަށްވެސް ހަސަނަށް އިހްސާސް ކުރެވެއެވެ. އެކަމަކު މިއަދު ހަސަނަށްވެސް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. އެކަމަކު އެންމެގާތް އެކުވެރިޔާއަށް މިދަނޑިވަޅުގައި އެހީތެރިވެވުނީތީ ހަސަނު އުފާވެސް ވިއެވެ.
“ކީކޭ ޑޮކްޓަރުބުނީ؟” ގޭތެރެއަށް ވަދެވުމާއި އެކު ސަނާގެ ކޮޓަރިއަށްވަދެ ޝާމިން، ޝިފާނާއާއި ސުވާލުކޮށްލިއެވެ. “ބުނީ ލަމްޔާ ހިތުގަ ޖެހޭނެވަރުގެ ކަމެއްނުކުރާށޯ، ދެރަކުރީމަ ހައްތަހާ ގޯހޯވާނީ” ރޮމުން ޝިފާނާ ވާހަކަދައްކަމުން ދިޔައިރު މަރީނާގެ ހާލަކީވެސް އެއީއެވެ.
ސަނާއަށް ނިދިފައި އޮތުމުން ޝާމިން ނިކުމެ ޝާމިންގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަނެ އަތުގެ އިޝާރާތުން ހަސަނުކައިރީ މަޑުކުރުމަށްބުނުމުން ސިޓިންރޫމްގައި މަޑުކޮށްލިއެވެ. ޝާމިން އެކަނި ނުކޮށްލުމަށް ހަސަނު ބޭނުންވިކަމުގައި ވީނަމަވެސް ޝާމިންގެ އެދުމުގެ މަތިން ހަސަނަށް މަޑުކުރަން ޖެހުނީއެވެ.
ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށްވަދެ ބޮކި ދިއްލައިލިއެވެ. މުޅިކޮޓަރި ތެރެއިންވެސް ލަމްޔާނެތްކަމުގެ ފަޅުކަން އިހްސާސް ކުރެވެމުން ދިޔައެވެ. ކޮޓަރިތެރެއަށް ބަލައިލިކޮންމެ ދިމާއަކުންވެސް ލަމްޔާއާއި އެކު ހޭދަކުރި އުފާވެރިވަގުތުތަށް ހިތުތެރޭގައި އާލާވާންފެށުމުން އިތުރަށް ކެތްނުކުރެވި ޝާމިން އަޑުން އަޑުނަގާ ރޯންފެށިއެވެ. ޝާމިން ރޯއަޑަށް ސިޓިންރޫމްގައި އިން ހަސަނު ދުވެފައި އައިސް ހަސަނުގެ ކޮޓަރި ދޮރު ހުޅުވައިލިއިރު ޝާމިން އިންގޮތުން ހަސަނުވެސް ދެރަވިއެވެ. ކަރުއެލުވާލައިގެން އެއްތުން ބޮލުގެ އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓައިގެން އަނެއްއަތުން މޭގައި އަތްއަޅައި ޝާމިން ރޯން އިންތަން ފެނުމުން ހަސަނަށްވެސް ރޮވުނެވެ. ނަމަވެސް ހަސަނު ހިތްވަރުކޮށްލައި އެތެރެއަށްވަދެ ޝާމިން ނަގައި އެނދުގައި ބައިންދާލިވަގުތު ޝިފާނާމެން އައުމުން ހަސަނު އަތުގެ އިޝާރާތުން ޝިފާނާމެންކައިރީ މަޑުކުރުމަށްބުނުމުން އެނބުރި ދިޔައެެވެ.
“އަހަރެންކިހާ ނަސީބުދެރަ، އަހަރެންދެކެ ލޯބިވާ ލަމްޔާވެސް އެދިޔައީ، އަހަރެން ދެކެމުންއައި ހުވަފެންތަށްވެސް އޮޔާދިޔައީ، އަހަރެން ކިހިނެތް ހަދާނީ” ހަސަނުގެ ގައިގައި ބައްދައިގެންހުރެ ރޮމުން ޝާމިން ވާހަކަދައްކަމުންދިޔައިރު ޝާމިންގެ ބުރަކަށީގައި ހަސަނު ފިރުމަމުންދިޔައެވެ. ޝާމިންއަށް ހިތްވަރުދިނުން ފިޔަވައި އިތުރުކަމެއް ހަސަނަކަށް ނުކުރެވުނެވެ. ޝާމިން ރޮއެރޮއެ ގިސްލެވޭވަރު ވުމުން އަމިއްލައަށް އެނދުގައި އޮށޯވެލުމަށްފަހު ލޯމަރައިލުމުން ހަސަނު ކޮޓަރިން ނިކުމެ ސިޓިންރޫމްއަށް ދިޔައެވެ.
“އެސޮރު ވަރަށް ދެރަވާނެ، ލަމްޔާ ދެކެ އެސޮރުހާދަ ލޯބިވެޔޭ” ހަސަނުއައިސް ޝިފާނާމެން ކައިރީ މަޑުކޮށްލުމުން ޝިފާނާ ވާހަކަދައްކަން ފެށިއެވެ. “އާނ ޝާމިން ވަރަށް ދެރަވާނެ، އަހަރެންވެސް ވަރަށް ދެރަވޭ ކޮއްކޮއެއްހެން ބެލި ކުއްޖަކު ނިޔާވީމަ އަދި މަންމައަށްވެސް ނާންގަ މިއުޅެނީ” ހަސަނު އެހެންބުނެ ބޭރަށްނިކުމެ ހަރީރާއަށް ގުޅައިލުމަށްޓަކައި ފޯނު ނަގައިފައިވެސް ފޯނު ޖީބަށްލީ ހަރީރާގެ ކައިރީގައި ހަސަނު ނެތި އެކަހަލަ ވާހަކައެއް ބުނުން އެއީ ރަނގަޅުކަމަކަށް ނުވާނެކަން ހަސަނަށް ވިސްނުމުންނެވެ.
“މަންމައަށް ގުޅީތަ؟” ޝިފާނާ ނިކުމެ ހަސަނުގެ ކައިރީ ސުވާލުކޮށްލުމުން ރަށަށްގޮސް އެވާހަކަ ބުނާނީކަމަށް ބުނުމުން ޝިފާނާ ގެއަށް ދިއުމަށްޓަކައި ހިނގައިގަތުމުން ގޭތެރެއަށްވަދެ ޝާމިންގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
” ޝާމިން އަހަންނަށް ހާދަ ރަނގަޅޭ، އަހަރެންދެކެ އެހާ ލޯބިވާ ދަރިއަކާ ދޭތެރޭ އަހަރެންނަށް ކަންތަށްމިކުރެވުނީ ކިހިނެތް؟” ޝިފާނާ ދިއުމުން ސަނާގެ ކޮޓަރިއަށްވަދެ ސަނާގެ ކައިރީ އޮށޯވެލައިގެން އޮވެ މަރީނާ ފުރަތަމަ ފަހަރަށް ޝާމިންއާއި ދޭތެރޭ ވިސްނުމުން ރޮވޭގޮތްވިއެވެ. އަދި ކުރެވުނު ކުއްތަކަށް ތަޢުބާވެ ދެންދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރުމަށް އަޒުމް ކަނޑައަޅައި މަރީނާ ދެލޯމަރައިލިއެވެ.
*** *** ***
ހަފްތާއެއްގެ ފަހުން ޝާމިންވެސް ކުޑަކޮށް ހަމައަކަށް އެޅުނެވެ. ނަމަވެސް ސަނާގެ ހާލުވީ ގޯހެވެ. މިވޭތުވެދިޔަ ދުވަސްކޮޅުގައި ލަމްޔާ ނެތުމުން ސަނާ ރުއިރުއިމާ ނުކައިހުރުމުގެ ސަބަބުން ރަނގަޅުވަމުންއައި ސަނާވެސް ކުރިން ހުރިވަރަށްވުރެންވެސް ގޯސްވެގެން ދިއުމުން މަރީނާއަށް ސަނާދެކެވެވުނީ ލޯބިނޫންކަން އިހްސާސް ކުރެވިގެން ދިޔައެވެ. އަދި ޝާމިންއާއި ލަމްޔާއާއި ދޭތެރޭ ކަންތަށް ކުރެވުނުގޮތުން ދެރަވެ ރޮވެއެވެ. ޝާމިންގެ ކައިރީ މައާފަށްއެދެން ބޭނުންވިކަމުގައިވީނަމަވެސް އެހިތްވަރު އަދިވެސްވަނީ މަރީނާއަށް ނުލިބިފައެވެ.
“ހަސަން ހިނގާދާން ދޯ؟ ކޮންމެ ހާލެއްގަވިޔަސް އަހަރެން ހިތްވަރު ކުރާނަން، މަސައްކަތް ކޮށްގެން މަންމައާ ސަނާދައްތަ ބެލޭނީ” ރިޒޯޓަށް ދާންއޮތްދުވަސް ކައިރިވުމުން ހަސަނު ޝާމިންކައިރީ ރިޒޯޓަށްދާވަހަކަ ދެއްކުމުން އެދުވަހު ޝާމިން ދެކޮޅުހެދިކަމުގައި ވީނަމަވެސް މިއަދު އަމިއްލައަށް ޝާމިންއަށް ވިސްނި ހަސަނުގެ ކައިރިއަށް އައިސް އެހެންބުމުން ހަސަނު އުފާވިއެވެ.
އަދި ސަނާއަށް ފެނިލުމަށްފަހު ހިނިތުންވުމެއް ރައްދުކޮށް އަތުން ހަނާ އަޅައިލުމަށްފަހު ގެއިން ނިކުތުމަށް ހިނގައިގަތްއިރު ޝާމިންމެންނާއި ދިމާއަށް ބަލަހައްޓައިގެން ދޮރުމަތީ މަރީނާ ހުއްޓެވެ. މިވޭތުވެގެންދިޔަ ދުވަސްކޮޅުގައި މަރީނާ، ޝާމިންގެ ފަރާތުން މާފަށްއެދެން ބޭނުންވެގެން އުޅޭކަން ޝާމިންއަށް މަރީނާގެ އަމަލުތަށް ހުންނަގޮތުން ޔަގީންވެއެވެ. ނަމަވެސް މަރީނާއަށް އަދި އެފުރުސަތު ދޭންބޭނުންނުވާތީ މަރީނާއާއި ވީހާވެސް ދުރުދުރުން އުޅެވޭތޯ ޝާމިން މަސައްކަތްކުރެއެވެ.
**** **** ****
ހަނިމާދޫއަށް އާދެވުމުން އުތީމަށް ދިއުމަށް ދަތުރުފެށީ ހަރީރާއަށް ހުރިހާވާހަކަތަކެއް ކިޔައިދިނުމުގެ ބޭނުމުގައެވެ. މިވޭތުވެދިޔަ ދުވަސްތަކުގައި ހަރީރާ ލަމްޔާގެ ވާހަކަ އެހުމުން ހަސަނަށް ހަރީރާއަށް ހެދުނު ދޮގުތަކުން ދެރަވެއެވެ. އެކަމަކު ކުރެވޭނެ މާބޮޑުކަމެއް ނެތުމުން ހަސަނަށް ރަށަށް ދެވެންދެން މަޑުކުރަން ޖެހުނީއެވެ.
ރަށަށް އައިސް ހަމައަކަށް އެޅުމުން ލަމްޔާގެ ވާހަކަ ހަރީރާއަށް ކިޔައިދިނުމުން ހަރީރާ ގިސްލައި ރޯތަންފެނުމުން ހަސަނު ހިތުގައި ޖެހުނެވެ. އަދި އެދުވަހު އެވާހަކަތަށް ކިޔައިނުދެވުނުކަން އެއީ ހަސަނުގެ ނަސީބޭހިތަށް އެރިއެވެ.
ރޭގަނޑު 9 ޖަހާއިރު ރިޒޯޓަށް ދިއުމަށް އޮތް ބޯޓުން ރިޒޯޓަށް ދިއުމަށްޓަކައި އުތީމުން ފުރައިގެން ހަނިމާދޫއަށް ދެވުނުއިރު ވަގުތުވަނީ ވަރަށް ބޮޑަށް ކުޑަތަންވެފައެވެ. ޝާމިންމެންނަށްވީ އެންމެ އަވަހެއް ކޮށްލައިގެން ލޯންޗުން ފައިބައި ރިޒޯޓަށް ދިއުމަށްޓަކައިއޮތް ލޯންޗާއި ހަމައަށްގޮސް ލޯންޗަށް އެރުނުތަނާހެން ލޯންޗް ނައްޓައިލިއެވެ.
“ތޭންކްސް” ރިޒޯޓަށް އައިސް ކޮޓަރިއަށް ވަދެވުމާއި އެކު ޝާމިން، ހަސަނަށް ޝުކުރުއަދާކުރުމުން އެއީ ކޮންކަމަކަށްހޭ ޝާމިންކައިރީ ހަސަނު ސުވާލުކޮށްލިއެވެ. “އަބަދުވެސް އަހަރެންނަށް ހުރިހާކަމެއްގަ އެހީވެދޭތީ، އަބަދުވެސް ތިގޮތުގަ ހުރެދެއްޗޭ” ޝާމިން އެހެންބުމުން ތީއެއްވެސް ކަމެއްނޫނޭ ބުނެ ހަސަނު ހިނިގަނޑެއް ޖަހައިލިއެވެ.
އާދުވަހަކަށް އިރުއެރުމާއި އެކު އާހިތްވަރެއްލައި މަސައްކަތައިގެން ކުރިއަަށް ދިއުމަށްޓަކައި އެނދުން ތެދުވެ ފާހާނައާއި ދިމާއަށް ޝާމިން ހިނގައިގަތެވެ. ޝާމިން ނިކުތުމުން ހަސަނުވެސް ފެންވަރަށްދަނުމުން ޝާމިން ޑިއުޓީއަށް ދިއުމަށްޓަކައި ތައްޔާރުވުމަށްފަހު ހަސަނު ނިކުންނަދެން މަޑުކޮށްލިއެވެ.
“މަނުދެކެން ތިހާ ހިތްވަރުގަދަ މީހެއް، އައެމް ސޯ ޕްރައުޑް އޮފް ޔޫ” ޑިއުޓީއަށް ދިއުމަށް ތައްޔާރުވަމުން ހަސަނު، ޝާމިންއަށް ތައުރީފް ކުރުމުން ޝާމިން ހިނިއަންނަގޮތްވިއެވެ. ހަސަނު އެހެންބުނުމުން ޝާމިންއަށް އިތުރު ހިތްވަރެއްލިބި އިތުރު ހިތްހަމަ ޖެހުމެއް ލިބިގެންދިޔައެވެ. އަދި ހަސަނު ތައްޔާރުވުމުން ދެމީހުން އެކުގައި ކޮޓަރިން ނިކުމެ އޮފީހާއި ދިމާއަށް ހިނގައިގަތެވެ.
*** *** ***
މިގޮތުގައި ދުވަސްތަށް ހޭދަވަމުންގޮސް ދުވަސްތަށް ހަފްތާތަކަށްވެ ހަފްތާތަށް މަސްތަކަކަށްވެ މަސްތަށް އަހަރުތަކަކަށްވަމުންގޮސް މަރީނާ މުސްކުޅިބަލީގައި އެނދުމަތިކުރެވިގެންދިޔައެވެެ. ފާއިތުވެގެންދިޔަ އަހަރުތަކުގައި މަރީނާގެ ފަރާތުން ކުރިން ނުފެންނަ އެތަށްކަމެއް ޝާމިންއަށް ފެންނަމުން ދިޔައެވެ. ޝާމިން، މަރީނާގެ ފަރާތުން އުންމީދުކުރި ލޯބި ނުލިބުނު ކަމިގައިވީނަމަވެސް ޝާމިން ފެނުމުން މަރީނާގެ މޫނުމަތިން ފެންނަމުންދާ އުފާވެރިކަމުން މަރީނާވެސް ޝާމިންދެކެ ލޯބިވާކަން ޝާމިންއަށް ޔަގީންވެއެވެ. އެކަމަކު ޝާމިންގެ ފަރާތުން މަރީނާ މާފަށްއެދި ދަރިފުޅާއޭކިޔައި ގޮވައިލާނެ ދުވަހަކަށް ޝާމިން އިންތިޒާރު ކުރަމުން ދެއެވެ. އެކަން އެގޮތަށްވެފައި އަދިނުވަނީ މަރީނާއަށް ޝާމިންއާއި ދޭތެރޭ ކަންތަށް ކުރެވުނު ގޮތުން ކަމަށްވެސް ވެދާނެއެވެ.
މިވޭތުވެގެންދިޔަ އަހަރުތަކުގައި ސަނާއަށް މާބޮޑު ބަދަލުތަކެއް އައިސްފައި ނުވެއެވެ. ރާއްޖެއިން ބޭރުންވެސް އެކި ޑޮކްޓަރުންނަށް ދައްކައި ބޭސްކުރިކަމުގައި ވީނަމަވެސް އެމީންނަށް ސަނާގެ ބައްޔަށް ފަރުވާހޯދުމަށްޓަކައި ކުރި މަސައްކަތް ކާމިޔާބުނުވިކަމުގައިވީ ނަމަވެސް ޝާމިންގެ އުންމީދު ކަނޑައެއް ނުލައެވެ. ޝާމިން އެހެންމީހަކާއި އިނދެ އެމީހެއްގެ ފަރާތުން ސަނާއަށް ލޯބި ލިބުމުން ރަނގަޅުވެދާނެ ކަމަށްބުނެ ހަސަނު، ޝާމިންކައިރީ އާދޭސް ކުރުމުންވެސް އެހެންމީހަކާއި އެކު އާދިރިއުޅުމެއްފަށާނެ ހިތްވަރު ޝާމިންއަކަށް ނުލިބުނެވެ. އެހެންނަމަވެސް ޝާމިންގެ އެދުމުގެ މަތިން ހަސަނު މީހަކާއި އިނދެ އުފާވެރި ދިރިއުޅުމެއްގައި އުޅެމުންދާތާ އަހަރުތަކެއް ވެއްޖެއެވެ.
**** **** ****
“ހަސަން، ޝިފާނާދައްތާ” ހަސަނު، ޝިފާނާއަށް ކިޔައިދެމުންއައި ޝާމިންގެ މާޒީ އެހިސާބުން މެދުކަނޑާލަން ޖެހުނީ ހަސަނުއަށާއި ޝިފާނާއަށް ޝާމިން ގޮވައިލިއަޑު އިވުމުންނެވެ. ހަސަނު ތެދުވެ ގޭތެރެއަށް ވަނުމަށްޓަކައި ހިނގައިގަތުމުން ދެލޯފުހެލުމަށްފަހު މަޑުހިނގުމުގައި ޝިފާނާވެސް ގޭތެރެއަށް ވަމުނަށްޓަކައި ހިނގައިގަތެވެ.
“ކިހިނެތްވީ؟ މަންމައަށް ކިހިނެތްވީ؟” ގޭތެރެއަށް ވަދެވުމާއި އެކު ޝާމިންގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަމުންނާއި ޝާމިންގެ ކައިރީހުރި އެނދުގައި އޮތް މަރީނާ އެނދުމަތީ އޮވެ ތެޅެމުންދާތީ ހަސަނު، ޝާމިންއާއި ސުވާލުކޮށްލިއެވެ.
ނޭވާނުލެވިގެން އުޅޭ މީހެއްހެން މަރީނާ ތެޅެމުންދާތީ އަވަހަށް އެމްބިއުލާސްއަށް ގުޅުމަށްފަހު ޝާމިންގެ ފޯނު ޖީބަށްލީތަނާހެން މަރީނާ، ޝާމިންގެ އަތުގައި ހިފައިލިއެވެ. “ދަ.. ދަރިފުޅާ، މަ.. މަންމައަށް މާފްކުރޭ” މަރީނާގެ ކުރަކިވެފައިވާ އަތުން ޝާމިންގެ މޫނުގައި ފިރުމައިލުމަށްފަހު އެހެންބުނުމުން ޝާމިންގެ ހުރިހާވޭންތަކެއް ފިލައިގެން ދިޔަކަހަލައެވެ. މަރީނާގެ ދުލުން ޝާމިންއަށް ދަރިފުޅާއޭކިޔައި ގޮވައިލާނެ ދުވަހަކަށް އިންތިޒާރު ކޮށްކޮށްހުއްޓައި އެދުވަސް އައުމުން ޝާމިން އުފަލުންގޮސް މަރީނާގެ ގައިގައި ބައްދައިލައި ޝާމިންގެ ގަޔާލައި މަރީނާ ދުރުކޮށްލުމަށްފަހު މަރީނާގެ މޫނަށް ބަލައިލިވަގުތު މަރީނާ، ޝާމިންއަށް ހިނިތުންވުމެއް ރައްދުކުރިއެވެ. އަދި އެންމެ ފަހުނޭވާ ދޫކޮށްލުމަށްފަހު މަރީނާގެ ފުރާނަ ހަށިގަނޑާއި ވަކިވެގެން ދިޔައެވެ.
“މަންމާ، މަންމާ، މަންމާ” މަރީނާގެ ކޮނޑުގައި ހިފައިތަޅުވައިލަމުން ޝާމިން، މަރީނާއަށް ގޮވައިލިއެވެ. އެވަގުތު ޝާމިންގެ ކޮނޑުގައި ހަސަނު އަތްބާއްވައިލުމަށްފަހު ދެކޮޅަށް ބޯހޫރައިލުމުން ހަސަނުއެބުނީ ކީކޭކަން ޝާމިންއަށް ނަގައިގަނެވުނެވެ. ނަމަވެސް ޝާމިން އެކަން ގަބޫލުކުރަން ބޭނުންނުވާތީ މަރީނާއަށް ގޮވައިލުމަށްފަހު އަނެއްކައިވެސް މަރީނާގެ ގައިގައި ބައްދައިލިވަގުތު ސަނާވެސް ކޮޓަރިން ނިކުމެ މަރީނާއަށާއި ޝާމިންއަށް ބަލަމުން ދިޔައެވެ. އެކަމަކު ސަނާއަށް މިވެގެންއުޅެނީ ކީއްކަން ބުނެދޭނެހާ ހިތްވަރެއް ޝިފާނާއަށް ނުލިބުނެވެ.
މަރީނާ ނިޔާވިކަންއެނގި އަނެއްކައިވެސް ސަނާ ބަލިބެދާނެކަމުގެ ބިރު ހީވުވުމުން ޝާމިންއަށް އެންމެ ރަނގަޅުގޮތަކީ ސަނާއަށް މިކަންތަށް ނޭންގުންކަމުގައި ބަލައި ސަނާ ކޮޓަރިއަށް ވެއްދުމަށްފަހު ޝާމިންގެ މޫނުމަތިން އުފާވެރިކަން ދައްކަމުން ސަނާ ހިތްހަމަ ޖައްސައިދީ ކޮޓަރިން ނިކުތެވެ. ކޮޓަރިން ނިކުތްއިރު އެމްބިއުލާސްވެސް އައިސްފައި އޮތުން މަރީނާ އެމްބިއުލާންސްއަށްލުމަށްފަހު ޝިފާނާ ކައިރީ ގޭގައި މަޑުކުރުމަށްބުނެ ހަސަނުއާއި ޝާމިން، މަރީނާ ހޮސްޕިޓަލަށް ގެންގޮސް މަރުވިކަން ކަށަވަރުކޮށް އިޝާނަމާދަށްފަހު މަރީނާ ވަޅުލައި ސަހަރާއިން ނިކުތެވެ.
“ޝާމިން” ހަސަނު، ޝާމިންއަށް ގޮވައިލުމުން އަތުގެ އިޝާރާތުން ޝާމިން، ހަސަނު ކައިރީ މަޑުކުރުމަށްބުނެ ސަހަރާގެ ތެރެއަށް ބަލައިލުމަށްފަހު އެކަނިވެލަން ބޭނުންވަނީކަމުގައި ބުނެ ޝާމިން އަތިރިއާއި ދިމާއަށް ހިނގައިގަތެވެ. ހަސަނަށް ޝާމިންގެ ހާލަތު އެނގި އިތުރުއެއްޗެއް ނުބުނެ ޝާމިންގެ ގެއާއި ދިމާއަށް ހިނގައިގަތްއިރު ހަސަނުވެސް ހުރީ ފެންކަޅިވެފައެވެ.
ވަކިހިސާބަކަށް ދެވުނުތަނާ ޝާމިންއަށް ވަރުބަލިކަން އިހްސާސް ކުރެވުމުން ދިއުމުން ކައިރީގައި ހުރި ގަހުގައި ޝާމިން އަތްވިއްދައިލިއެވެ. އަދި އިސްޖަހައިގެންހުރެ ހިތްހަމަ ޖެހެންދެން ރޯލުމަށްފަހު ދެލޯފުހެލައި ދެޖީބަށް އަތްޖަހައިލުމަށްފަހު ފުރިހަމަވެފައިވާ ހަނދަށް ބަލައިލިއެވެ. މަރީނާގެ ފަރާތުން ޝާމިންއަށް ކުޑައިރުންސުރެއްވެސް ލިބެމުންދިޔަ އަނިޔާތަކަށް ކެތްކުރަމުންގޮސް މަރީނާގެ ފަހުނޭވާލުމުގެ ކުރިން ޝާމިންއަށް ދަރިފުޅާއޭކިޔައި ގޮވައިލައި ޝާމިންކައިރީ މާފަށް އެދުނުކަމުގެ ހިތްހަމަޖެހުންލިބި ފުންނޭވާއެއް ދޫކޮށްލުމަށްފަހު މަންމައަށް މާފްކޮށްފީމޭބުނެ ﷲގެ އިރާދަފުޅުން ސަނާވެސް އެކަމުން ރަނގަޅުކޮށްދޭނެކަމަށް ހިތާހިތުން މަރީނާއަށް ވައުދުވިއެވެ. އަދި ދިރިއުޅުމުގެ އާބާބެއް ފެށުމަށްޓަކައި ހިތްވަރުކޮށް ކުރިއަށް ހިނގައިގަތްއިރު ޝާމިންގެ ހިތަށް އަރަމުންދިޔައެވެ. “މިއީ ހަމަ ތަޤްދީރުހޭ؟”
(ނިމުނީ)
ނޯޓް: މިއީ ހަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްލިޔެފައިވާ ވާހަކައެކެވެ.
42 Comments!
Comments are closed.
Hey all readers. Here is the last part of this story. Hope everyone will like it. And thanks all readers for your support ?
Alhey. Rovijje vaahaka kiyai nimunu iru. ? Nice ending. I hope mikahala rythi vaahaka thakeh liyaane kamah.
Thank a lot Kai. ? Iraadha kurehviyya v avahah alhugan’duge ithuru story eh up kohdheynan.
Wooow…v nyc mi stry..
Dhn kn irakun thr ammu ge stry eh kiyaalan libeyny…avahah ehn vaahaka eh fashahchey ingey…best of luck..:)
Thank You Sheynn ?. Iraadha kurehviyya v avahah new story eh up kohdheynan
Varah salhi..
Thank You Misty ?
Rovehje varahves reethi story
Thank You Zaanaa ?
Alhey v v v rythi mivahaka ???
Thank You Rayaan ??
Hama ragalhah ves rovihje varah reethi
Thank You Lidhoo ?
soooo touching ammu… mihaa goas meehun ves ulhey dho…. shaamin ah Allah( SWA) keiytheri kan dhehvaashi. Ammu ge next story ah awaiting ingey. will miss shaamin
Thank You Roxy ?. Yeah v goas meehun ulhey. iraadha kurehviyyaa v avahah new story eh genesdheynan
Lamya ge faiga alhuvaalaa vahtaalaa, lamya and baby maruvi hisaabuves ey hama aslutha? And mareena hashivuhki vaahaka ves? Story v reethi
Ban’du bodu iru vattali vaahaka e ee hama aslu meehakah dhimaavi kameh. Alhugan’duge v gaaiy meehakah. Ekamaku Allah ge iraadja fulhun mareh nuvey. Ekamaku ebai change kollaafa liyany.
Thank you ammuty ?
Ammu haadha molheyy. Hama last part ah mi wait kuryy. Ammu kairin dhaskuran vy dhw. Y dnt u help. Anywayxx. Hama perfect ??
Thank You Kamana ?. Neynge ehaa molhu kameh. Ekamaku help van story kiyaa kudhinnah ?
Kiyaa kudhinnah??? Okeyy.?Hehehe anywayx gud luck for ur nxt one. ?
Hahaha sorry kamana. Liyaa kudhinnah. Olhigen “kiyaa” ey liyevuny
alhey nimuneetha story. v v v reethi. hama aslukoh rovijje. Ammu ge ehen story akah wait kuran.
Thank You Ashley ?. Iraadha kurehviyyaa v avahah new story eh up kohdheynan ingey ?
Masha Allah vvvv reethi.mihaathanah kiunu enme teethi vaahaka…
Thank You Naaz ?
Wowwwwww…;-)vrh vrh vrh nice mi stry…….hama rovijje….poor shamin…..btw hope ammu ehn stry eh fennaane kmah..
Thank You Ina ?. Iraadha kurehviyya v avahah new story eh up kohdheynan
need a new story!!!!!!! ur stry is fab!!!!!
Thank You meesha ?
Hoe hoe haadha molhey dhw story liyaz… Ehkoh nimendhn mihunnany comment nukoh v v v reeethi ????
Hehehe thank You Santhi ??
V best story.v v dera vege.
Thank you saadhu ?
Mihaathanah kiyunu enmme reethi vaahaka!?
Thank You ?
v v v v reethi vaahakaeh mikahala vaahakaeh adhivaane liyan ingey… i am ready to read it … ???????
Thank You Anu. Iraadha kurehviyya liyaanan ?
Wowww…this story is awesome…me ah mihaathanah kiyunu enme nice story…v v v salhi ibaaraaii kurunn…I really loved it..looking forward to a new story from u soon…all the best
Wow its a nice story…. I really like it…Waiting for new story… Hoping ur next story will be as nice as this story… Good luck for ur next story ammu… ??❤
Awesome
Rovihje mi vaahaka kiyaafa . Varah reethi .Hama habeys . Varah asaru kohfi mi vaahaka kiyaa nimunuiru . Ending ves varah reethi