ލިޔުންތެރިންނާއި ކިޔުންތެރިންގެ ޚިޔާލުތައް ކޮމެންޓްގެ ޒަރީޔާއިން ހުށައަޅުއްވަމުން ގެންދެވުން އެދެމެވެ.
ހަވީރުގެ ފިނި ވަގުތުގައި ކަނީރާގޭ ޓެރަސްމަތީ ހުރި މޭޒެއް ކައިރީ ތިން ކުދިން ލެޕްޓޮޕް ހުޅުވައިގެން އެއަށް ގެއްލިފައި އެތިބީ އައި ވަރަށް މުހިންމު އީ މެއިލް އެއް ކިޔާށެވެ. ތިން ކޮފީތަށި މޭޒުގެ އެއްފަރާތުގައި ހުރިއިރު އެންމެންވެސް ތިބީ އެ މެއިލް އަށް ގެއްލިފައެވެ. ޕްރިންސެސް އާލިޔާ ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރެ މުޅި ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. ވާތްފަރާތުން އެއްފަރާތް ކޮއްލާފައިވާ އިސްތަށިގަނޑު ފަހަތުން އަޑިއަށްވާ ގޮތައް ހުޅި ޖަހާ، ކަނާތްފަރާތުން ކުޑަކޮއް ވެއްޓިފައިވާ […]
އާލިޔާ ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރެ މުޅި ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. މިއީ އާލިޔާ އަށް އެންމެ ކަމުދާ “ހެއަރ ޖެވެލް” ކިޔާ ވަށްތަރުގެ ހެއަރ ސްޓައިލެކެވެ. ރޯސް ޕްރިންޓެޑް މިކާޑޯ ކުރު ހެދުމެއް ލައިގެން ހުރިއިރު މުޅި މީހާ ފެންނަމުން ދިޔައީ ރީތި ފުރިހަމަ ހަނދެއް ފަދައިންނެވެ. މޯޑް އިނީ ދަހި ބުޅަލެއް ބަލާ ފަދައިން އާލިޔާ އާ ދިމާއަށް ބަލަހައްޓައިގެންނެވެ. މޯޑްގެ ތައުރީފުތަކާއެކު ކާރު މިސްރާބުޖެހީ މޯޑުގެ ފަސްތަރީގެ ޖުންޑެލި ގެސްޓް ހައުސްއާ ދިމާއަށެވެ. […]
‘ކޮބާ ފައުޒީ؟…’ ބައްޕަގެ އަޑު ޖެހުމުން އަހަރެން ލޯހުޅުވާލީމެވެ. ‘ކޮޓަރީގަ އެއްނު ވާނީ.’ މަންމަގެ އަޑުގައި ވަނީ ހިތްހަމަ ނުޖެހުމެވެ. ‘އަދިވެސް އެސޮރުދެކެ ރުޅި އައިއްސަތަ؟’ މަންމަ އަނގައަކުން ނުބުންޏެވެ. ‘އެސޮރު ކައިފިތަ؟’ ބައްޕަ އެހިއެވެ. ‘ކުރެވުނު ކަންތައް މޮޅުވެ ނުކައި ނިދައިފި.’ އެ ފޫހިކަން އެކުލެވިގެންވާ ރާގުގައި މަންމަ ބުންޏެވެ. ‘އެހައި މޮޅުކަމެއް ކުރެވުނީމަ ބަނޑުވެސް ފުރުނީ ތޯއްޗެއް!’ ‘ސައުދާ ކީއްވެތަ އެސޮރު ދެކެ ތިހާ ރުޅިއެއް ތިއަންނަނީ؟’ ހިތްހަމަނުޖެހިފައިވާ ރާގެއްގައި ބައްޕަ ބުންޏެވެ. ‘ކުދިކުދި […]
އާޒިމް އަށް ހޭލެވުނީ ފުދޭވަރަކަށް ލަސްވީ ފަހުންނެވެ. ހަމަ ހޭލެވުމާއެކު ރޭގެ ހާދިސާ މަތިން ހަނދާން ވިއެވެ. އެއާއެކު ތެދުވެ އެނދުމަތި ބަލާލިއެވެ. ނަމަވެސް އީނާ އެއް ނެތެވެ. ކުޑަކޮށް ހާސްވި ނަމަވެސް ފަހުން ގުޅާލަން ނިންމާފައި ގޮސް ފެންވަރަން ވަނެވެ. ފެންވަރައިން ނިކުމެ ރީތިވެލައިން ބޭރަށް ނިކުމެނިކުމެ ހުރެ ފޯނުމަތިން ހަނދާން ވެގެން “ސައިޑްކަބަޑް”އާ ދިމައަށް ބަލާލިއެވެ. އެއާއެކު ފޯނަށް ހުއްޓެންވީ ނަޒަރު ގޮސް ހުއްޓުނީ ފޯނު ކައިރީ އޮތް ކުޑަ ގަނޑުކޮޅަކަށެވެ. ހިތަށް ވެރިވި […]
މިއީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި އިނދެ އަހަންނަށް ބެލެމުންދިޔައީ އޮއްސެމުންދިޔަ އިރާއި އެ އިރުގެ ދޯދިދައް ދުނިޔެމައްޗަށް ގެންނަމުން ދިޔަ ކުލަތަކާ ކަނޑުގެ ލޮނުގަނޑަށް އަޅުވަމުން އެދާ ވިދުވަރުގެ ފުރިހަމަކަމަށެވެ. ދަތުރުކުރަމުންމިދާ ލޯންޗު އޭގެ އެންމެ ބާރު ދުވެލީގައި ކަނޑުގެ ވިދުންގަދަ ލޮނުގަނޑު ދެފަރާތައް ކަހަމުންދާއަޑު ނުހަނު ހިތްގައިމެވެ. މި ހިއްގައިމުކަމުގެ އިންތިހާގައިވެސް އަހަރެންގެ ސިކުނޑީގައި މަޑުމަޑުން ކޮށައިލީ އަހަރެންގެ މާޒީއެވެ. ކެތްތެރިކަމާ އިތުބާރުގައި ހިފަހައްޓަމުން އައި އަހަރެންގެ […]
އެރޭ 11 ޖެހިއިރު ޒަޔާހުރީ ގޭ ދޮރާށި ކައިރީގައި ދައީ ގެ އިންތިޒާރުގައި ކެތްމަދުވެފައެވެ. އެހެން ހުންނަތާ 10 ވަރަކަށް މިނެޓް ތެރޭގައި ދައީ ހުރީ ޒަޔާގެ ގޭ ކައިރީގައެވެ. ދައީ ފެނުމުން ޒަޔާގެ މުނުން ފެންނަން ހުރި ނުފިލާ ހިނިތުންވުމުގެ ސަބަބުން ދައީ ބުނަން ބޭނުންވެގެން އުޅޭ ވާހަކަ ބުނުމަށް ފަސްޖެހެވުނެވެ. ދައީއަށް ދިމާވެފައިވާ މަޖުބޫރީ އާއި އެ ދެމެދަށް އަންނަން އުޅޭ ތޫފާނުގެ ވާހަކަ ބުނެލަން ހިތް އެދުނެެވެ. ނަމަވެސް އެ ރީތި ހިނިތުންވުން […]
ރޭގަނޑުގެ ހަމަހިމޭން ވަޤުތުގައި ޒަޔާ ހުރީ ގޭގެ ދޮރާށިކައިރީގައި ކޮފީ އެއް ބޯށެވެ. މި ފަހަކަށް އައިސް ޒަޔާ ރޭގަނޑުގެ ގިނަ ވަޤުތެއް ހޭދަކުރަނީ މި ފަދަ ގޮތަކަށެވެ. ތަފާތު ޚިޔާލުތަކަށް ގެއްލި، ހިތާމައިގެ ސާލެއް ލެވިފައިވާ އެ މޫނުން އެތައް ކަމެއް ބުނެދެއެވެ. އެކަނިހުރެ ރުއިމަށްފަހު ޒަޔާ ކޮންމެރެއަކުވެސް ގެއަށް ވަންނަނީ މެންދަންވާ ފަހުންނެވެ. ކޮންމެ ދުވަހެއްވެސް ނިމިގެންދަނީ ޒަޔާާގެ އުންމީދުގެ ހުޅުކޮޅު ކަނި ވަމުންނެވެ. ރެއަކީ ހިތްގައިމު، ހަމަހިމޭން ރެއެކެވެ. މުޅި ފަޒާ ވަނީ […]
ޔައީޝް އައް ކުރެވެން އުޅުން ކަމާއިމެދު ވިސްނެން ފެށުނީ ވަގުތު ފާއިތުވީފިހުންނެވެ. އެރި ރުޅީގައި ބާރު އެތިފަހަރެއް ވީއްލާލީ ފާރަށެވެ. ޖެހުނުލެއް ބާރު ކަމުން އަތުން އަޑެއް ވެސް ކިޔެވެ. ޔައީޝް އައް މަޑު އާހެއް ބޭރު ކޮށްލެވުނެވެ. އެވަރުންވެސް ޔައީޝްގެ ހިތެއް ނުފުރުނެވެ. މޭޒު މަތީގައި ތިބި ހުރިހާ އެއްޗެއް އެކިތަންނަށް އުކާލީ މޮޔައަކު ފަދައިންނެވެ. ތަރުތީބު ކޮށްފައިވާ ކޮޓަރީގެ ތަރުތީބު ގެއްލުނެވެ. ޔައީޝް ފޯނު ނަގައި އެލްވީންގެ ނަންބަރައް ގުޅަން ފެށިއެވެ. ނަމަވެސް އެވްލީން […]