Skip to content
އެސްފިޔަ

ކަޅު ޞަފްޙާ

އާޒިމް އަށް ހޭލެވުނީ ފުދޭވަރަކަށް ލަސްވީ ފަހުންނެވެ. ހަމަ ހޭލެވުމާއެކު ރޭގެ ހާދިސާ މަތިން ހަނދާން ވިއެވެ.  އެއާއެކު ތެދުވެ އެނދުމަތި ބަލާލިއެވެ. ނަމަވެސް އީނާ އެއް ނެތެވެ. ކުޑަކޮށް ހާސްވި ނަމަވެސް ފަހުން ގުޅާލަން ނިންމާފައި ގޮސް ފެންވަރަން ވަނެވެ. ފެންވަރައިން ނިކުމެ ރީތިވެލައިން ބޭރަށް ނިކުމެނިކުމެ ހުރެ ފޯނުމަތިން ހަނދާން ވެގެން “ސައިޑްކަބަޑް”އާ ދިމައަށް ބަލާލިއެވެ. އެއާއެކު ފޯނަށް ހުއްޓެންވީ ނަޒަރު ގޮސް ހުއްޓުނީ ފޯނު ކައިރީ އޮތް ކުޑަ ގަނޑުކޮޅަކަށެވެ. ހިތަށް ވެރިވި ނޭނގޭ ބިރުވެރި ކަމެއްގެ ސަބަބުން ބާރު ހިނގުމެއްގައި ގޮސް އެ ގަނޑުކޮޅު ނަގާ ކިޔާލިއެވެ.

އާޒިމްގެ ފައިދަށުން ބިންގަނޑު ދެމިގަތް ފަދައެވެ. ދެލޯ ތަރަތަރަޖަހާ ހިތް ހުއްޓުނުހެން ހީވިއެވެ. އިރުކޮޅެއް ވަންދެން ގަނޑު އަރާފައި ހުރި އާޒިމް ގެ ދިރިުޅުން އެވަނީ ބަރުބާދުވެފައެވެ.މިހާދުވަހު އެކުގައި އުޅުނުއިރުވެސް އީނާގެ ފަރާތުން ދަސްނުވިތަންކޮޅަކީ މިއީއެވެ.އާޒިމްގެ ދިރިއުޅުމަށް މިފަދަ ވިހަގަދަ ހަރުފައެއް އައިސްދާނެކަމަކަށް އޭނަ ހީވެސް ނުކުރެއެވެ. އާޒިމްގެ ހިތް މިހާރު ވަނީ ފުނޑުފުނޑު ވެފައެވެ.

އީނާއަށް ގުޅަންފެށި އާޒިމްގެ ހިތަށް މާޔޫސްކަން ވެރިވީ އީނާގެ ފޯނު ނިއްވާލާފައި އޮތުމުންނެވެ. އާޒިމްގެ ހިތް ނިކަމެތިވީ މީހަކު ހީވެސް ނުކުރާނެހާ ބޮޑަށެވެ. އެތަށް އިރެއް ވަންދެން އީނާއަށް ގުޅަން އިނުމަށްފަހު އާޒިމް ބޭރަށް ނިކުމެ މިސްރާބުޖެހީ ރަސްފަންނާ ދިމާލަށެވެ. ރަސްފަންނަކީ އާޒިމް ހާސްވާ ގިނަ ފަހަރު ދާތަނެވެ. އާޒިމްގެ މިސްރާބަށް ބަދަލު ގެންނަން ޖެހުނީ އޭނަ މަންމަ ގުޅުމުންނެވެ. ވަގުތުން ކައިރީ ހުރި ހޮޓަލަކަށް ވަދެ ރިންގު ވަމުން ދިޔަ ފޯނަށް ޖަވާބު ދިނެވެ.

މަންމައާ ވާހަކަ ދައްކަމުން ދިޔަ އިރުވެސް އާޒިމްގެ ހިޔާލުގައި އެނބުރެނީ ހަމައެކެނިން އީނާއެވެ. އީނާގެ ފަރާތުން ލިބުނު ލޮތްބެވެ. އެވަރުގެ ބޮޑު ބޭވަފާތެރިކަމެއް އީނާގެ ފަރާތުން ލިބިދާނެކަމަކަށް އޭނަ ހުވަފެނުގައިވެސް ނުދެކެއެވެ. އާޒިމްގެ މަންމަ ވެސް އާޒިމްގެ އަޑުހުރިގޮތުން އެތަކެއް ސުވާލުތަކެއް ކުރިއެވެ. ނަމަވެސް މަންމައަށްވެސް އާޒިމް އޮޅުވާލީ، އާޒިމްގެ ބަނަވެފައިވާ ހަޔާތަށް މަންމައަށްވެސް އަލިމަގެއް ކޮށައިނުދެވޭނެކަން އެނގޭތީއެވެ. ފުދޭވަރަކަށް ގިނައިރުވަންދެން ވާހަކަ ދެއްކުމަށްފަހު މަންމައާ ވަކިވި ވަކިވުން އާޒިމް ގެންދިޔައީ ހިޔާލީ ދުނިޔެއަކަށެވެ.

އާޒިމްއަށް ވިސްނެނީ ކުރިން އީނާއާއެކު އުޅުނުއުފާވެރި ދުވަސްތަކާމެދުގައެވެ. 4 އަހަރަށް އީނާ ކިޔަވަން ރާއްޖެއިން ބޭރަށް ގޮސް އައީ އިއްޔެއެވެ. އީނާގެ އުޅުމަށް އެއްވެސް ބަދަލެއް އައިކަމަށް އާޒިމްއަކަށް ފާހަގައެއް ނުކުރެވެއެވެ. މާލެ އައިގޮތަށް ވާހަކައެއް ބުނަންވެފައި އޮތް ވާހަކަ ބުންޏެވެ. އެ ގަނޑުކޮޅުގައި އެވަނީ އެވާހަކަ ކަންނޭނގެއެވެ. އީނާ ރާއްޖެއިން ބޭރަށް ދިޔައީ ޑޮކްޓަރުކަން ކިޔަވާށެވެ. ހާއްސަވީ ކޮން ދާއިރާއަކުން ކަމެއް އަދި ނޭނގެއެވެ. އީނާ ފަދަ މީހަކަށް އެފަދަ ޒިންމާދާރު ވަޒީފާ އެއް އަދާކުރެވޭނެ ކަމާމެދު  އާޒިމް އަށް ޝައްކެވެ. އީނާ އެވަނީ އާޒިމް  ފުންވަޅުގަނޑަކަށް ވައްޓާލާފައެވެ. ތަޤުދީރުގައި ލިޔެވިފައިވާ ގޮތެއް އެކަކަށްވެސް ބަދަލެއް ނުކުރެވޭނެއެވެ. އީނާގެ ގަނޑުކޮޅުގައިވަނީ “އާޒިމް! އަހަރެންނަށް މަޢާފް ކުރޭ! އަހަރެންނަކީ އެއިޑްސްބަލި…” މިހިސާބަށެވެ.

އާޒިމް އަށް ހަމަ ބިމަށް އާދެވުނީ އަނިއްކާވެސް ފޯނުރިންގުވާ އަޑަށެވެ. ފޯނަށް ބަލާލުމާއެކު އެންމެ ސިކުންތެއްވެސް ބޭކާރުކޮށް ނުލާ ޖަވާބުދިނެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ. “އީން! ކީއްވެ؟ ކީއްވެ އަހަރެންނަށް އޮޅުވާލީ؟ އަހަރެންގެ ކުށް ބުނެދީފަ ދިޔަނަމަވެސް އޯކޭ..” ފުން ނޭވާއެއް ދޫކޮއްލުމަށްފަހު އީނާ ވާހަކަ ދަށްކަން ފެށިއެވެ. ” ޒިމް! އަސްލު ވަރަށް ބޮޑަށް މަޢާފަށް އެދެން ޒިމް ތަޅުވާލެވުނީމަ. އަހަރެންގެ އެފަދަ ބައްޔެއް ނުހުރޭ. ޑޮކްޓަރސް ގެ ތެރެއިން އަހަރެން ހާއްސަވީ އެދާއިރާއިން. ދެން ހިތަށްއެރީ ކުޑަ ސަމާސާ އެއް ކޮށްލަން. ސޮރީ ބޭބީ..!” އީނާގެ ވާހަކައިން އާޒިމްގެ ހާސްވެފައިވާ މޫނަށް ހިނިތުންވުން ވެރިވިއެވެ. ފަޒާއަށް ދޫކޮށްލި ފުންނެވާގެ ސަބަބުން ހީވީ  ދުވަސް ތަކަކަށްފަހު ފެންގަނޑެއްގެ ތެރޭގައި އޮތް މީހަކުތެދުވެ ނޭވާއެއް ދޫކޮއްލިހެންނެވެ. އާޒިމްގެ ދިރިއުޅުން އިހުގެ އުފާވެރި ދިރިުޅުމަށް ވާސިލްވީ އެދުވަހުގެ ކަޅުޞަފްޙާ އާއެކުއެވެ.

ނިމުނީ

( މިވާހަކަ އަކީ އަޅުގަނޑުގެ ރަޙުމަތްތެރިއަކަށް ދިމާވި ކަމެކެވެ. މިވާހަކައިގައި ބޭނުންކޮށްފައި އެވަނީ އަސްލު ތަންތަނާ މީހުންނަށް ކިޔާ ނަންނަމެއް ނޫނެވެ.)

Comments (24)

  1. Namii

    Thankolheii dhogu kh miithi genesdhin nama v salhi vaane…
    Mihaaru nuvey vahaka akah…

    1. Yalvii
      Namii

      Aslu evvx uni ithureh gennan beynun nuviima kuru koh liyunii.. Thankx for yur view.. Insha Allah next story dhigukoh genesdheynan.

  2. Lol

    Haha.mira n yaamin gea story tha mee.???

    1. Yalvii
      Lol

      Ahahaha.. Nooney.. Ehen Baehge..

  3. Jjeyツ

    Haha. Cute and nice❤?

    1. Yalvii
      Jjeyツ

      Thankx Dear..

  4. shirey

    Hama ehaaa majaa viiyya..

    1. Yalvii
      shirey

      Ehn th.. Thankxx shirey..

  5. Maree

    aharenge rahumaiytheriakaves hama mihendhimaavi ekamaku eyna hama AI DS jehunee aslukoh mihaaru firihensoru maruvejje

    1. Yalvii
      Maree

      Aww.. So Sad..

  6. Huxama

    Vrh salhi.. 🙂

    1. Yalvii
      Huxama

      Thankxx Huxama.. 🙂

  7. Comentey

    Ibaarai kurun adhi Eba jehey kudakoh ragalhu kohlan
    Any ways your story is good
    Vaahaka kiyamun dhiya iru ma huree rovifa mihaaru ekam anekaa ufaa vejje

    1. Yalvii
      Comentey

      Owk I will try to make it right and thankyew for the idea.. I’m happy that yuh liked the story Comentey.. 🙂

  8. vaahaka kiyaa kiyaa aga vaalhu vehjje

    mi dn vaahaka eh tr. sodhiq beymen kaarin furathama vaahaka aky kobaa kan dhaskoh bala

    1. Yalvii
      vaahaka kiyaa kiyaa aga vaalhu vehjje

      thanks for your comment. Insha Allah Next Story Will BE Long As Yuh Want It To Be.

  9. addu koyya

    Like it?

    1. Yalvii
      addu koyya

      Thankx Addu Koyya.. 🙂

  10. Afy

    Magey hithah araaa mi koaccheh baaey. Dhn ehen myhunves liyaathy eccheh liyely dhw. L0L

    1. Yalvii
      Afy

      Hehe.. Maybe Yuh didnt like it. I’ll try my best to write a better story than this. Thankxx For yur view.. 🙂

  11. Tina

    Vaahaka eh noon mee
    Vaahakaige haadhisaa eh mee
    Hushahalhai dheefa oiy goiy kamaku nudhey

    1. Yalvii
      Tina

      Thankxx For Yur View. Insha Allah Next Story Will Be Better Than This.. 🙂

  12. Addu manje

    Mi vaahaka thankolheh dhigu nama reethi vaane..Yalvi faahaga koffai vaa fadhain vaahaka ah uni ithuru gennan beynun nuvaa kan ingey.. ekamaku mi vaahaka bodah alhugadah sifa vee vaahaka eh ge hulaasa eh gothuga.. vaahaka thankolheh gina haalai thaka kaa eku genaima raglhuvaane.. misaalakah e dhemeehun dhima v kihineh kan.. ebai raglhu kuraane kamah ummeedhu kuran.. mi vaahkaige haadhisaa ragalhu kamah faahaga kurevey.. kuri ah oii thanugaii yalvi ge ithuru vaahaka thakeh kiyan libeyne kamah ummeedhu kuran..
    🙂 🙂 🙂 🙂 🙂

    1. Yalvii
      Addu manje

      Yah.. Good Point Addu Manje..
      Insha Allah Thi Dhevvin Ideas Use Kwhgn Miah Vure Furihama Waahakaeh Genesdheweythw Balaanan.. 🙂
      Thankew For Your Veiw.. Thankew So Much.. :-*

Comments are closed.