އާޒިމް އަށް ހޭލެވުނީ ފުދޭވަރަކަށް ލަސްވީ ފަހުންނެވެ. ހަމަ ހޭލެވުމާއެކު ރޭގެ ހާދިސާ މަތިން ހަނދާން ވިއެވެ. އެއާއެކު ތެދުވެ އެނދުމަތި ބަލާލިއެވެ. ނަމަވެސް އީނާ އެއް ނެތެވެ. ކުޑަކޮށް ހާސްވި ނަމަވެސް ފަހުން ގުޅާލަން ނިންމާފައި ގޮސް ފެންވަރަން ވަނެވެ. ފެންވަރައިން ނިކުމެ ރީތިވެލައިން ބޭރަށް ނިކުމެނިކުމެ ހުރެ ފޯނުމަތިން ހަނދާން ވެގެން “ސައިޑްކަބަޑް”އާ ދިމައަށް ބަލާލިއެވެ. އެއާއެކު ފޯނަށް ހުއްޓެންވީ ނަޒަރު ގޮސް ހުއްޓުނީ ފޯނު ކައިރީ އޮތް ކުޑަ ގަނޑުކޮޅަކަށެވެ. ހިތަށް ވެރިވި […]