‘ކޮބާ ފައުޒީ؟…’ ބައްޕަގެ އަޑު ޖެހުމުން އަހަރެން ލޯހުޅުވާލީމެވެ. ‘ކޮޓަރީގަ އެއްނު ވާނީ.’ މަންމަގެ އަޑުގައި ވަނީ ހިތްހަމަ ނުޖެހުމެވެ. ‘އަދިވެސް އެސޮރުދެކެ ރުޅި އައިއްސަތަ؟’ މަންމަ އަނގައަކުން ނުބުންޏެވެ. ‘އެސޮރު ކައިފިތަ؟’ ބައްޕަ އެހިއެވެ. ‘ކުރެވުނު ކަންތައް މޮޅުވެ ނުކައި ނިދައިފި.’ އެ ފޫހިކަން އެކުލެވިގެންވާ ރާގުގައި މަންމަ ބުންޏެވެ. ‘އެހައި މޮޅުކަމެއް ކުރެވުނީމަ ބަނޑުވެސް ފުރުނީ ތޯއްޗެއް!’ ‘ސައުދާ ކީއްވެތަ އެސޮރު ދެކެ ތިހާ ރުޅިއެއް ތިއަންނަނީ؟’ ހިތްހަމަނުޖެހިފައިވާ ރާގެއްގައި ބައްޕަ ބުންޏެވެ. ‘ކުދިކުދި […]