ހައިކަލް އަހަރެންނާ ދޭތެރޭ ހާދަ ވަރަކަށް ވިސްނައޭ ހިތަށް އެރިއެވެ. އަހަރެން ނުވެސް ބުނަންދެން އޭނަ ބައްޕަ ހޯދުމުގެ މަސައްކަތްވެސް ފެޓީތާއެވެ. އިން ޝާ ﷲ އަދި އެއްދުވަހުން އަހަރެންނާ ބައްޕައާ ދިމާވާނެއެވެ. އަހަރެން ބައްޕަ މަރުވި ކަމަށް ގަބޫލު ކުރާނީ ބައްޕަގެ ފުރާނަނެތް މަސްގަނޑު ފެނުނު ދުވަހަކުންނެވެ. ދުނިޔޭގަ ހުރިހާ ހިނދެއްގަ ބައްޕަ ހޯދަން ކުރެވުނުހާ މަސެއްކަތެއް ކުރާނަމެވެ. ” ޔަލް.. ދެން މާ ބޮޑަށް ނުވިސްނައްޗޭ.. ޔަލް އެއްކޮށް ރަނގަޅު ވީމަ ދެމީހުން އުޅޭނީ […]
” އައި އޭމް ސޮރީ ހައިކް” ހައިކަލް އަހަރެންނާ ދޭތެރޭ ވިސްނާވަރު ހިތަށް އަރާފަ ކުރެވުނު ކަންތަކުން ސޮރީ ބުނީމެވެ. ހައިކަލް އެހާ ދެރަ ނުވަންދެން ކަންވީގޮތް ކިޔާދެވުނު ނަމައެވެ. ” ސޮރީ އަކުން ނުފުދޭނެ” ކުޑަ ކުއްޖެއްހެން ހައިކަލް ބުނެލިއެވެ. ” ދެން ކިހިނެތް ފުދޭނީ” އަހަރެން ބުނީމެވެ. “ކޮލަށް އުމްމައެއް ދިނީމަ” ހައިކަލް އެހެން ބުނުމުން ލަދުގަންނަ ގޮތް ވިއެވެ. ” ހާދަ ވަރަކަށް ތި ބުލަޝް ވަނީ.. މިފަހަރު ސަލާމަތެއް ނުވެވޭނެ އިނގޭ.. […]
ފުލައިޓްގަ އިން އިރުވެސް އަހަރެންނަށް ވިސްނެމުން ދިޔައީ ޔާނުއާ ދޭތެރޭގައެވެ. ހައިކަލްއާ ޔާނުވެސް އެހާވަރަށް ވާހަކަ ނުދައްކާކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. ޔާނު އަނެއްކާ އަހަރެން ފެނުނީމަ މޫޑްއޮފް ވީ ބާއޭ ހިތަށްއެރިއެވެ. އަހަރެން ފެނުމުން އޭނަ ހިތަށް އެއްވެސް އަސަރެއް ނުކުރާނޭ ހިތް ބުނަމުން ދިޔައެެވެ. އެހާވަރަށް މަސައްކަތް ކޮށްގެން އަހަރެންނަށް ޔާނުގެ ހަނދާންތަކާ ދުރަށް ދެވުނު އިރަށް މިޖެހުނީ އަނެއްކާ އޭނަ އާ ކުރިމަތި ލާންށެވެ. އެ ހިތްދަތި ދުވަސްތަށް ހަނދާންވިޔަށް އަހަރެން ފެންކަޅިވެއެވެ. […]
ސުނޭގެ ޙަޔާތުން. އަހަރެންގެ ނަޒަރުގައި ލޯތްބަކީ ޒާތެއްގެ އެއްޗެކެވެ. އެއް ފަހަރު ނޫނަސް ލޯބި ވެވިދާނެއެވެ. ލޯބިވީ މީހާދެކެ ފަހުން ފޫހިވެސް ވެދާނެއެވެ. އަދި ލޯބި ވިޔަސް ވަކިވާންވެސް ޖެހިދާނެއެވެ. އަހަރެންގެ ނަމަކީ އަހުމަދު ސުނާނެވެ. އަހަރެންގެ އުމުރުން މިހާރު 20 އަހަރު ވެއްޖެއެވެ. ހިއްސާ ކުރަން ގަސްތު މިކުރަނީ މީގެ ގާތް ގަނޑަކަށް 2 އަހަރުން ކުރިން އަހަންނާ ދިމާވި، އަހަރެއްވީ ލޯބީގެ ކުޅިސަމާގަނޑެއްގެ ވާހަކައެވެ. އޭރު އަހަރެންގެ އުމުރުން ކިރިޔާ 18 އަހަރު ވާނީއެވެ. […]
އެ އެތި އެކުގައި ކަލީ އެއޮތް. ކުއްޖަކު ބުނެލިއެވެ. އިބްރާހިމްބޭގެ މޫނަށް ފާޑެއްގެ ހިނިތުން ވުމެއް ވެރިވިއެވެ. އެއީ ފިލްމު އެއިގެން ކާޓުން ފެންނާލީ ބަލަން ތިބެބަލަ އިރުކޮޅަކުން ފެންނާނެ! އިބްރާހިމް ބެ ބުނެލިއެވެ. ޓީވީއާއި ދިމަ ބަލަބަލާ ތިއްބާ ކުރިން ފެނުނު މީހުންތައް ގެއްލި މުޅި ބިއްލޫރިގަނޑު އެކުގައި ކަޅުވެގެން ދިޔައެވެ. އިރުކޮޅެއް ހިގައްޖެއެވެ. މުޅިތަން އަލިވެގެންދިޔައީ ޓީވީ އެކުގައި ހުދުކުލައި ދިއްލިގެން ދިއުމުންނެވެ. ބޭއިޚްތިޔާރުގައި މޫނުގައި އަތް އެޅުނެވެ. އަލިގަދަ ކަމުންނެވެ. ދެލޯ ހުޅުވާލެވޭވަރަށް […]
އައްދޯތް! ވަރަށް ބާރަށް އަހަރެން ނަށް ބުނެވުނެވެ. ކުލާހަށް ވަދެ އިށީދެވުމާއި އެކު ގޮވާލެވުނީ މިހެންނެވެ. ވާނީވެސް އެހެންތާއެވެ. ފޫކޮޅަށް ހެރުނީ ކޮންޕާސް ކައްޓެވެ. އިނާސް ގެ އަނެތް ހަމަލާއެވެ. ވީތަދުން ހުރެވުނު ތަންވެސް ނޭގުނެވެ. ބާރައް ރޮއިގަނެވިއްޖެއެވެ. މުދައްރިސް އައިސް ވީނުވީއެއް ބެލުމަށް ފުހު އިނާސް އޮފީހަށް ގެންދިޔައެވެ. އެއާއި އެކު ގްރޫޕްގައި ތިބި ކުދިންތައްވެސް އޮފީހަށް ހާޒިރުކުރިއެވެ. ދުވަސް ފާްއިތުވެގެން ދިޔައީ މިކަހަލަ ގޮތަކަށެވެ. އަދި ފަހުން އިގުނުގޮތުގައި އޭނާވަނީ ސްކޫލުން ސަސްޕެންޑްކޮށްފައެވެ. އަލްހަމްދުލިﷲއެވެ. […]
“މަށަށް ޖެއްސުމެއް ކޮށްފަދޯ މީ. ކުޅިކަމުން އަނގައަށްލާން ނުކެރޭމި. ރަހައަކުން ރަހައެއް ނުލާ” ޒުބޭދާ ބާރަށް ބުނެލިއެވެ. ރާޔާގެ މޫނުން ދިލަނަގަންފެށިއެވެ. ރާޔާ ބޭނުންވީ އަވަހަށް މޫނު ސާފުކޮށްލަން ދާށެވެ. ރާޔާ ލޮލުން ކަރުނަ ފޮހެލިއެވެ. މީރުކޮށް ކައްކަން ނޭނގުނަސް އޭނާ އެ ކެއްކީ ކެއްކޭނެ އެންމެ މީރުކޮށެވެ. ނަމަވެސް ޒުބޭދާ ރުޅި އައިސް ބަލަން ހުރުމުން އޭނާއަށް އެތަނުން ދާކަށް ނުކެރުނެވެ. “ބުނާކަމެއް ރަގަޅަށް ކުރަން ނޭނގެންޏާ ގޮސް ރަށުގައި ހުރޭ. ކޮންމެހެން މަށަށް ޖެއްސުން […]
ގޮޑުދޮށުގައި އެއްވެފައިވާ މީހުންތައް އަވަސް ވީގޮތަކުން ކައިރީގައި ހުރި ގެއަކުން ބަރޮލެއްނެރެ ހަމްޒާން ބަރޮލަށް ލައިގެން ސިއްޙީމަރުކަޒަށް ގެންގޮސްފިއެވެ. އަދި ބަލިމީހުން ބަލާ ކޮޓަރިއަށް ހަމްޒާން ވެއްދިއެވެ. ސިއްޙީމަރުކަޒުގައި ހިދުމަތް ދެއްވާ ހެލްތުވޯކަރ ހަމްޒާން ބެލުމަށް ކަށިގަޑު ހިފައިގެން ވަރަށް ހަލުވިކަމާއެކު އެކޮޓަރިއަށް ވަދެގެން ދާތަން ފެނުނެވެ. ސިއްޙީމަރުކަޒުގެ ބޭރުގެ ހާލަތަށް ބަލާއިރު ރަށުގެ ރައްޔިތުން ހެން އެތަނަށް ވަނީ އެއްވެފައެވެ. ކުދިބޮޑު އެންމެންނެވެ، އެމީހަކު ކުރަން ހުރި މަސައްކަތެއް ދޫކޮށްލާފައި އެތަނަށް އައިސްފައި ވާކަން މީސްތަކުންނަށް ބަލާލުމުން ވަރަށް ރަނގަޅަށް ދޭހަވެއެވެ. ތެމިގެން ތިބިމީހުންނާއި މަސައްކަތުގައި އުލުނުމީހުން އެތިބި […]
ހެދުނު 6:45 ގައި ސްކުލަށް ދިއުމަށްޓަކައި މަންމަ އާއި އެކު ގެއިން ނުކުތީމެވެ. ގަނެފައި ހުރި ލަދެއްގެ ބޮޑުކަމުން އެތެރެ އެތެރެއިން އަހަރެން ވެފައި ހުރި އުފާ ބޭރުވެސް ނުވެއެވެ. މިނެއްޓެއް ހާ އިރު ތެރޭ ސްކޫލު ދޮށަށް ދެވިއްޖެއެވެ. އަހަރެން ވަރުގެ ހައެއްކަ ކުދިން ސްކޫލް ދޮށުގައި ތިއްބެވެ. މިއީ އަހަރެއް ނާއެކު އެއަހަރު ގްރޭޑް 1 އަށް ވަތް ކުދިންނެވެ. ގިނަ ކުދިންނަކީ ގޯތިތެރޭގައި ބަތްކައްކާ ކުޅެން އެކުގައި އުޅޭ ކުދިން ނެވެ. ހިތަށް […]