އަހަރެންގެ ސިކުނޑީގައި އެތަކެއް ސުވާލުތަކެއް ތޮއްޖެހެމުންދިޔައެވެ. ނަމަވެސް އެއިންއެއްވެސް ސުވާލެއް ދުލާއި ހިސާބަކަށް ނައެވެ. އަހަރެންހުރީ އެއްށްވުރެ ދެރަވެ ހިތުގައިޖެހިފައެވެ. މަންމަ އަހަރުމެން ގޮވައިގެންދިޔައީ މަންމަގެ ދައްތަ، އަހަރެންގެ ބޮޑުދައިތަ ސަލީމާއްތަގެ ގެއަށެވެ. މަންމަގެ އަނެއް ދައްތަ ސައީދާ އުޅެނީ އޭނާގެ ފިރިމީހާގެ ގޭގައެވެ. ނަމަވެސް ސަލީމާއްތަ އުޅެމުން އަންނަނީ މަންމަގެ، މަންމަގެ ގޭގައެވެ. އެހެންކަމުން އެގެއިން މަންމައަށްވެސް ހިއްސާއެއްވާނެތާއެވެ. އަހަރުމެން ގޮސް ގޭގެ ދޮރުމައްޗަށް ހުއްޓުމާއި އެކު ސިޓިންރޫމުގައި އިން ސަލީމާއްތަ ދުވެފައި ކަހަލަ ގޮތަކަށް […]
އަހަރެންނަކީ އުމުރުން ނަވާރަ އަހަރުގެ އަންހެން ކުއްޖަކީމެވެ. މިވަގުތު މަސައްކަތް ކުރަމުން މިއަންނަނީ ރިސޯޓެއްގެ އެފްއެންޑްބީ ޑިޕާޓްމެންޓްގައެވެ. އިރާދަ ކުރެއްވީތީ މިއަދު އަހަރެންނަށް ވަޒީފާގައި ހިތްހަމަޖެހޭފަދަ ކުރިއެރުންތަކެއް އަންނަނީ ލިބެމުންނެވެ. ގިނަ ފަތުރުވެރިންގެ ތައުރީފާއި ރިސޯޓުގެ އެކި މީހުން އަހަރެންނަށްދޭ ހިތްވަރަކީ އަހަރެން ކުރިއަރައިގެން ދިއުމުގެ އަސްލެވެ. ގަޑިން ހަވީރު ފަހެއްޖަހައިފިއެވެ. މިއަދުގެ އަހަރެންގެ މަސައްކަތުގެ ވަގުތު ހަމަވެ ޑިއުޓީބަދަލުވުމަށް އެހެން ދެކުއްޖަކުއައީ އެވެ. އަހަރެންނާއި ލަމްހާ އަދި ދެންތިބި ދެފިރިހެން ކުދިން ވަރަށް އަވަސްކޮށް ކުރަންހުރި […]
:ޓްރެއިލަރ: ވެހެމުންދިޔަ ބޯވާރޭ ތެރޭގައި މަންމަ ރޮމުން އަހަރެންގެ އަތުގައި ހިފައިގެން ގެއިން ނުކުތްއިރު ހުއްޓުމެއްނެތި ވިދާ ގުގުރަމުން ދިޔައެވެ. އަހަރެންގެ ހެދުމުގެ ފަސްބައިގައި ހިފަހައްޓައިގެން ހުރި ހަ އަހަރަށްދާ އަހަރެންގެ ކޮއްކޮ މީޒާ، މިވެގެން އުޅެނީ ކީއްކަމެއް ނޭނގުނު ނަމަވެސް މަންމަ ރޯތަން ފެނުމުން ދެރަވެގެން އޭރު ބާރަށް ރޮމުންދިޔައެވެ. އޭރު މަންމަގެ އުރުގައި އިން ދެއަހަރުގެ މާޒިން ހީކަރުވައިގަނެގެން ތުރުތުރު އަޅައެވެ. “ދަރިފުޅާ އަޔާ… މީޒާ އަތުގައި ހިފައިގެން ބާރަށް ހިނގާ..” ތުރުތުރު ލާފައިވާ […]
“މިކަން ހިނގަހިނގާ ހުންނަ ނަމަ އަހުރެން މިއުޅެނީ އަހުރެންގެ ސިކުނޑި ގޮއްވާލަން.” އަހުރެން އެންމެ ފުލަށް ވެއްޓިއްޖެކަން ރޭކާލީ ހަގީގަތުގައި މި ބަސްތައް ބުނެވުމަށް ފަހުގަ އެވެ. އަހުރެން ހަމައެކަނި އެ ބަސްތައް ބޭރުކޮށްލީކީ އެއް ނޫނެވެ. އަހުރެން އޭގައި މާނަ ވެސް ހަރުލެއްވީމެވެ. އަހުރެންގެ ސިކުނޑި މާ ކުރިން ފެށިގެން ދިޔައީ، އެކަން ކުރާނެ ގޮތެއް ރާވަމުންނެވެ. ބައްޕަގެ ކުރީގެ އަތުބަޑި އަދިވެސް އޮތީ އަހުރެންގެ ހެދުން ކަފޭރާ ތެރޭގައެވެ. ބައްޕަ މަރުވުމުގެ ކުރިން، ބައްޕަ […]
” ދަނޑިބުރިއާއި ހިލަ ތިބާގެ ކަށިތައް ބުރިކޮށްފާނެ އެވެ. އެކަމަކު ލަފުޒުތައް ތިބާ އަށް ދުވަހަކު ވެސް ތަދެއް ނުކުރާނެ އެވެ.” މިހެން ބުނި ކޮންމެ މީހަކީ ދޮގުވެރި އެކެވެ. އޭގެ ޒާތުގައި، އަހުރެންގެ އިސްކޫލު ދައުރުގެ ދާއިރާގައި ހިނގާދިޔަ ތަފާތު ހާދިސާތައް، އަހުރެން، މިއަދުގެ އަހުރެންނަށް ބައްޓަން ކޮށްދީފައި ވާއިރު ހީވަނީ މިއީ ވަރަށް ކުޑަ މުހިންމު ނޫން ކަމެއް ހެންނެވެ. ކޮންމެއަކަސް އެ ކަންކަން އެކުކޮށް ލުމުން، އެ ކަންކަން ވެދަނީ އަހުރެންގެ އަދުގެ […]
[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form] އަހަރެން ފޯނު ނަގައި ގަޑި ބަލައިލީމެވެ. ގަޑިން 2 ޖެހީއެވެ. އަދިވެސް ލަޔާންއެއް ގެޔަކަށް ނާދެއެވެ. އޮފީހުގައި ކިތަންމެ ބުރަ ވިޔަސް 12ގެ ކުރިން ލަޔާން ގެޔަށް އަންނާނެއެވެ. ކިރިޔާހެން ލަސްވިޔަސް އޭނާ އަހަންނަށް ގުޅާނެއެވެ. އަހަރެން އެނދުން ތެދުވީމެވެ. ކުޑަދޮރުން ބޭރުވެސް ބަލައިލީމެވެ. ނަމަވެސް ލަޔާން ގެޔަށް އައި ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް […]
ސައިރެންގެ އަޑާއިއެކު ބާރު ދުވެއްޔެއްގައި އައި އެމްބިއުލާންސް މަޑުކޮށްލީ އދ އަތޮޅު ހޮސްޕިޓަލްގެ ދޮރުމައްޗަށެވެ. ލަސްތަކެއްނުވެ އޭގެ ތެރެއިން ނިކުތީ ތިން ފުލުސް އޮފިސަރުންނެވެ. އެމީހުންނާއި އެކު އެނދުގައިއޮތް ބަލިމީހާ އެތެރެއަށް ވެއްދުމަށް ހޮސްޕިޓަލުގެ އިތުރު ދެ މުއައްޒަފަކުވެސް ހަރަކާތްތެރިވަމުން ދިޔައެވެ. އެއްވެފައިވާ މީހުންގެ ތެރެއިން މުސްކުޅި ފިރިހެނަކު ދުވެފައި ކަހަލަ ގޮތަކަށް ހޮސްޕިޓަލުގެ ތެރެއަށް ދެމިގަތެވެ. “އަހަރެންގެ ދަރިފުޅު! ޒޫކް! ކޮބާ އޭނަ؟” ފައިސަލް ފުލުސް އޮފިސަރަކާއި މުޚާތަބްކޮށް ބުންޏެވެ. އޭރު އޭނާއަށް މާނޭވާލެވެއެވެ. “ބޭބޭ! […]
ކިޔުންތެރިންގެ ސަމާލު ކަމަށް..މީ އަޅުގަނޑު މިސައިޓަށް ލިޔާ ދެވަނަ ވާހަކަ..މިވާހަކައަކީ ހަގީގީ އަހަރެންގެ ދިރިއުޅުމުގައި އަހަރެން ތަޖުރިބާ ކޮށްފައިވާ ކަމެއްގެމއްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވ. .މިވާހަކަ އަޕްވާނީ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވހު.. ވަަރަށް އަވަހަށް މިވާހަކަ ފެނިގެން ދާނެ.. އިންތިޒާރު ކޮށްލައްވާ..! ********************************** ކުޑަ އިރުއްސުރެ ކިޔެވުމަށް ކައިރާ ނުހަނު ފޯރި ހުރެއެވެ.އެހެން ހުރިހާ ކަމަކުން މަހުރޫމުވެ ކައިރާ ބެލީ ކިޔެވޭތޯއެވެ.ސުކޫލުގެ އެކިއެކި ހަރަކާތްތަކުން އެކި ވަނަތށް ހޯދަމުންދެއެވެ.އިސްކޮޅުން ކުރު ނަމަވެސް ދޮންރީތި އެހާ ހިކި […]
މިއަދުވީ ވަރަށް ވަރުބަލި ދުވަހަކަށެވެ. އެހެންކަމުން ސާރާ އެއްޗެހި ބަދަލުކޮށްގެން ނުވައެއް ޖަހާކަށްހާއިރު ނިދަން އޮށޯތީ ސްކޫލުގެ ސުވާލުމުބާރާތައް ނަގަންވެފައިހުރި ސުވާލުތައް ފަތިހުނަގަން ހިތައްއަރުވައިގެންނެވެ. ނަމަވެސް ނިދުމުގެ ކުރިން ސައިޓްގެ އަޕްޑޭޓް ތައް ބަލާލަން އޮންލައިން ވީއިރު ބަރަކާއާއި، ދީނާއާއި، އަދި ޔަމީނާވެސް ތިބީ އޮންލައިންގައެވެ. ވީ އުފަލުން އަވަހަށް އަންވާރު ޓީމުގެ ވައިބަރ ގްރޫޕުން ވާހަކަ ދައްކަން ފެށިއެވެ. ފުރަތަމަ ދީނުގެ ރިވެތި ސަލާމުން ސަލާމް ގޮވާލުމަށްފަހު އެކަކު އަނެކަކުގެ ހާލުއަހްވާލު އޮޅުންފިލުވާލާފައި އިތުރު ވާހަކައާއިގެން […]