Skip to content
އެސްފިޔަ

ވޭނީ ލޯބި (4)

‎ޔައީޝް އައް ކުރެވެން އުޅުން ކަމާއިމެދު  ވިސްނެން ފެށުނީ ވަގުތު ފާއިތުވީފިހުންނެވެ. އެރި ރުޅީގައި ބާރު އެތިފަހަރެއް ވީއްލާލީ ފާރަށެވެ. ޖެހުނުލެއް ބާރު ކަމުން އަތުން އަޑެއް ވެސް ކިޔެވެ. ޔައީޝް އައް މަޑު އާހެއް ބޭރު ކޮށްލެވުނެވެ. އެވަރުންވެސް ޔައީޝްގެ ހިތެއް ނުފުރުނެވެ. މޭޒު މަތީގައި ތިބި ހުރިހާ އެއްޗެއް އެކިތަންނަށް އުކާލީ މޮޔައަކު ފަދައިންނެވެ. ތަރުތީބު ކޮށްފައިވާ ކޮޓަރީގެ ތަރުތީބު ގެއްލުނެވެ. ޔައީޝް ފޯނު ނަގައި އެލްވީންގެ ނަންބަރައް ގުޅަން ފެށިއެވެ. ނަމަވެސް އެވްލީން ފޯނެއް ނުނަގައެވެ. އެވްލީން ރިންގުވަމުން ދިޔަ ފޯނު ހޫރާލީ ފާރާއި ދިމާލަށެވެ. “އޯލް މައި ފޯލްޓް. ކީއްވެތަ؟” އެވަލީން އައް ނިދުނީވެސް ކިހާއިރަކު ކަމެއް ނޭނގެއެވެ.

ހާލާއި ކޮވެލީގެ އަޑު ވަނީ މުޅި ފަޒާގެ ތެރޭގައި ފެތުރިފައެވެ. އެވްލީން ދިޔައީ ސްކޫލަށް ދިޔުމަށް ރީތި ވަމުންނެވެ. އެވްލީންގެ މިޒާޖަށްވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. މީހުންނާއި ވާހަކަ ދެއްކުން މަދުވިއެވެ. ސްކޫލަށް ވަދެ އެވްލީން ފޫހި ކަމާއިއެކު ގޮސް ސަމާއާއި ޖެހިގެން ހުރި ގޮޑީގައި އިށީނެވެ. ކްލާސް ފެށިގެން ދިޔައިރުވެސް އެވްލީން އިނީ ގެއްލިފައެވެ. ޓީޗަރު ކިޔައިދޭ އެއްޗަށް ވުރެ އެވްލީންގެ ހިތުގެ ތެރޭގައި ހިނގަމުންދާ ހައިޖާން ގަނޑު މާބޮޑެވެ. “އެވްލީން! ދެންމެ ސާރ ކުރި ސުވާލުގެ ޖަވާބު ދޭންވީ.” އިސްލާމް ޓީޗަރު އެވްލީން އައް އިޝާރާތް ކުރަމުން ބުނެލިއެވެ. “ސާރ އަދި އެއްފަހަރު” އެވްލީން މަޑު މަޑުން ބުނެލިއެވެ. “ހުއްލު ވަރިއަކީ ކޮބާ؟” ޓީޗަރު ތަކުރާރު ކޮށްލިއެވެ. “ހުއްލު ވަރިއަކީ އަނބިމީހާ ފިރިމީހާގެ ބޮލަށް ޗިޕުޖަހައުގެން ކުރާ ވަރި.” ވަރަށް ވިސްނަން އިނދެފައި އެވްލީން ބުނެލިއެވެ. ނުހޭން ތިބި ކުދިން ވެސް ޕަކަޕަކަ ލާފައި ހޭން ފެއްޓިއެވެ. ޓީޗަރުވެސް ނުހޭން ހުރެފައިވެސް ހެވުނީއެވެ. އެވްލީން އިނީ އަޅާ ވެސް ނުލާ ދުރު ބަލަހައްޓައިގެންނެވެ. ސަމާ އައް އެހިސާބުން ނަގައިގަނެވުނީ ކަމެއް ގޯސްވީ ކަމަށވެ. އެހެންނޫނީ އެވްލީން އަކީ މިހާ މަޑުން އިންނަ ކުއްޖެއް ނޫނެވެ. ސަމާ އިންތިޒާރު ކުރަމުން ދިޔައީ ގަޑި ނިމޭނެ އިރަކަށެވެ. ހަމަ އެފަދައިން އެވްލީން ވެސް ދިޔައީ ސަމާ އައް އެވާހަކް ކިޔައިދިނުމުން ވާނެ ގޮތެއް ބަލަން ބޭނުންވެފައެވެ. ބެލް ޖެހުމާއިއެކު އެވްލީން ސަމާގެ އަތުގައި ހިފީ ސަމާ ދާން އުޅެދާނެތީއެވެ. ސަމާ ސުވާލުން ފުރިގެންވާ ނަޒަރަކުން އެވްލީން އައް ބަލާލިއެވެ. ކުދިންތައް ދިޔުމުން އެވްލީން ފުން ނޭވާ އެއް ދޫކޮށްލުމަށްފަހު ވީގޮތް އޮޅުންފިލުވައުދިނެވެ. ސަމާ އިނީ ކިޔާނެ އެއްޗެއް ނޭނގިފައެވެ. “ވަޓް! ހުވާތަ؟! އެވީ އައިއެމް ސޯ ސޮރީ. އަހަރެން ހީކުރީ އޭނަ ވަރަށް ރަނގަޅު ވާނެކަމަށް އަހަންނަށް މާފްކުރޭ. މިހާރު ވިސްނޭ އޭނައަކީ ކިތަންމެ ރީތަ ސިފައެއް ލިބިފަހުއްޓަސް ބޮޑު އިފްރީތެއްކަން. ދުވަހަކުވެސް ދެން އަހަރެން އެވީ އައް ކަންކަން ކުރަން މަޖުބޫރެއް ނުކުރުވާނަން.ސޮރީ.” ދެރަވެލާފައި ސަމާ ބުނެލިއެވެ. ކުށްވެރިއެއް ފަދައިން ސަމާ އިސްޖަހާލިއެވެ. ސަމާ ދެރަވެފައި ހުއްޓާ ފެނުމުން އެވްލީންގެ ހިތައް ތަދުވިއެވެ. “މީ އުފާ ކުރަންވީ ވަގުތު. އެވީ ވެސް ސަމާ އައް މާފް ކޮށްލާ. އިންސާނުންނަށް ކުށް ވެސް ކުރެވޭނެ. އެކަމް ޔައީޝް ކުރަން އުޅުނީ ކޮށްގެން ނުވާނެފަދަ ކަމެއް. އެވީ ކީއްވެ އޭނަ ކައިރީ ދިމާ ކުރަން އެއްބަސްވީ؟ އޯކޭ ދެން އަހަރެން އުއްމީދު ކުރަން މީގެފަހުން އެވީ އެކަހަލަ ދަށު ފެންވަރަކަށް ނުވެއްޓޭނެ ކަމަށް.” ރައުޝަމް ވާހަކަ ދައްކަން ފެށުމުން އެވްލީންގެ އިތުރުން ސަމާ ވެސް ދިޔައީ ސިއްސައިގެންނެވެ. ރައުޝަމް ދެމީހުންނަށްވެސް ލުއު ހިނިތުންވުމެއް ދިނުމަށްފަހު އެތަނުން ދިޔައީ އެދެމީހުންނަށް ވަގުތު ދިނުމަށެވެ. އެވްލީން ވެސް އޭނާގެ ކުއް ގަބޫލުކޮށް އަލުން އެކަހަލަ ކުށެއް ނުކުރުމަަށް ހިތުގައި އަޒުމެއް ކަނޑައެޅިއެވެ. އެވްލީން ސަމާއައް މާފް ކުރީ ހިތުގައި އެއްވެސް ބުރަ ކަމެއް ނުބާއްވައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ އެކި މީހުންގެ ހަޔާތައް އުފާވެރިކަން ގެންނަމުންނެވެ. އަނެއް މީހުންގެ ހަޔާތައް ހިތާމަވެރިކަން ގެންނަމުންނެވެ. އެވްލީން ބުއްތަށި ބޯލުމަށްފަހު ގެއިން ނިކުތީ އިތުރު ގަޑިއައް ދިޔުމަށެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް މިއަދު އެވްލީންގެ ތުންފަތް މަތީގައި ވަނީ ރީތި ހިނިތުންވުމެކެވެ. މިކަމުގެ ސިއްރަކީ ކޮބައިކަން ޙުދު އެވްލީން އަކަށް ވެސް ނޭނގެއެވެ. ކްލާސް ތެރެއަށް ވަނުމާއި އެކު ޔައީޝް އެވްލީން އާއި ދިމާކޮށްލިއެވެ. “ހްމްމްމްމް ރީތީގެ ރާނީ ވަޑައިގަންނަވައިފި. ކަލޭމެން އަޅެ އޭނައައް އިހްތިރާމް ކޮށްބަށް ދޯ” މަލާމާތުގެ ރާގަކަށް ޔައީޝް ބުނުމުން އޭނަގެ ރަހްމަތްތެރި ކުދިންތައް ހޭންފެށިއެވެ. ހިތުގައި ޖެހުނެއް ކަމަކު އެވްލީން އަޑުއިވޭ ކަމައް ވެސް ނުހަދައިގިސް އިށީނެވެ. އެވަލީން އަކީ ބަލާލަން ހުތުރު ކުއްޖެއް ނޫނެވެ. ދޮން އޮމާން ހަށިގަނޑެކެވެ. އެހާ ކުރު ނޫން އިސްކޮޅެކެވެ. މީހުންގެ ހިތައް ކަތިލާފަދަ ބާރެއް އެ ދެލޮލުގައި ވެއެވެ. ހިމަ އޭބުންޏަސް އިލޮއއޓެއް ހާ ހިމައެވެ. ނަމަވެސް ހަށިގަނޑުގެ ބައްޓަން ގެއްލޭ ހައި ހިމައެއްނޫނެވެ. ޔައީޝްގެ ބަސް ތަކުން އެވްލީންގެ ހިތް ކަތިލަމުން ދިޔައެވެ. ނަމަވެސް އެވްލީން އައް ރުޅިއެރުނީ އެންމެ ފަހުން ޔައީޝް ބުނެލިއެއްޗަކުންނެވެ. “ރީތި ސަފައެއް ލިބުނީމަ އެކަމާ ވަރަށް ބޮޑާ ވާނެ. އެކަމް މިހާރު އަހަރެން ރައްޓެހިވެގެން އުޅޭ ކުއްޖާ އެވްލީން ހައި ރަހުމްކުޑަ އެއްނުވާނެ. އޭނަ އައް އިނގޭ އެހެން މީހުންނަށް ރަހުމް ކުރަން.” ޔައީޝްގެ މި ވިހަ ގަދަ ބަސްތައް އެވްލީންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ޓީޗަރު މިއަދު ނާންނަ ކަމީ ހަމަ ނަސީބޭ އެވްލީންގެ ހިތައް އެރިއެވެ. “އަހަރެން ކިތަންމެ ކުޑަކޮށް ހުއްޓަސް އަހަރެންނަށް ކުރެވޭނެ ކަންތައް ކުޑައީއެއް ނޫން. އަހަރެން ކަލެއައް ރަހުމް ކުޑަވާން ޖެހުނީ ކަލޭ އަމިއްލަ އައް ކުރަން އުޅުނު ކަމެއްގެ ސަބަބުން. ކަލޭ ލަދެއް ނުގަނޭތަ ސްކޫލް ކެޕްޓަން އައްވެ ހުރެ އެފެންވަރުގެ އަމަލެއް ހިންގަން. މަ ލަދުގަނޭތީ ކެޕްޓަން އޭބުނަންވެސް. މަ ރަނގަޅު ކަމުން ކަލެއައް ކަމެއް ނުކޮށް މިހުންނަނީ” އެވްލީން އައް އެހިތްވަރު ލިބުނީ ކޮންތާކުން ކަމެއްވެސް ޙުދު އެވްލީން އަކަށް ނޭނގެއެވެ. ސަމާ ވެސް އިނީ އަނގަހުޅުވި ގޮތައް ލައްޕަން ނޭނގިފައެވެ. ޔައީޝް އިނީ އެންމެން ކުރިމަތީގައި އޭނާ ލަދުގަންނުވާލުމުން ނުހަނު ރުޅި އަރާފައެވެ. ހިތާ ހިތުން އެތިވަރު އެވްލީން އާއި ދިމާލަށް ގޮވަމުންނެވެ. ގަޑި ނިމިގެން ދިޔައީ ވެސް މަރުފަދަ ހިމޭން ކަމުންނެވެ. އެވްލީން ގެޔަށް ދިޔައިރު ފާތުމަ އިނީ ލަވަ ބަލާށެވެ. އެވްލީންގެ ރުޅިގަދަވީ އިވެންފެށި ލަވައަކުންނެވެ.

“ވީ ޑޯންޓް ޓޯކް އެނިމޯރ ވީ ޑޯންޓް ޓޯކް އެނިމޯރ ވީ ޑޯންޓް ޓޯކް އެނިމޯރ ލައިކްވީ ޔޫސްޑް ޓޫ. ” އެރި ރުޅިން ގޮސް ޓީވީ ނިއްވާލިއެވެ. ފާތުމަ އިނީ ވާނުވާ ނޭނގިފައެވެ. ވީގޮތެއް އޮޅުން ފިލުވުމަށްޓަކައި ފާތުމަ އެވްލީން ކައިރީ އަހަމުން ދިޔައެވެ. އެވްލީން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ މަންމަ ކުރިމަތީގައި ނުރޮއެވޭތޯ ބެލުމަށެވެ. ނަމަވެސް އެވްލީން ބަޑި ފަޅައިގެން ދިޔައެވެ. ފާތުމަ ހާސް ވާންފެށީ އެވްލީން ރޯން ފެށުމުންނެވެ.”ދަރިފުޅު ބޭނުން ވަރަކަށް ރޯލާފަ މަންމަ ގާތު ބުނޭ ވީގޮތް. ” ކަރުނަތައް ހިންދާލުމަށްފަހު އެވަލީންގެ މަންމަ ރުޅިއެރިކަމުގައި ވިޔަސް އެވްލީން އަލިފުން ޔާ އައް ހުރިހާ ވާހަކަ އެއް ކިޔައިދިނެވެ. ފަތުމަގެ އަތުގެ ހޫނު އެތިފަހަރެއް އެރީ އެވްލީންގެ ކަންކަށި މައްޗަށެވެ. ވީ ތަދުން އެވްލީން އައް ކޮލުގައި އަތްއަޅާލެވުނެވެ.”މަ.ންމަ. މަންމަ ވެސްތަ؟ ކީއްވެ އެންމެން އަހަރެން ދެކެ ރުޅި އަންނަންވީ؟” މިހެން ބުނުމަށްފަހު އެވްލީން ދުއްވައުގަތީ އޭނާގެ ކޮޓަރިއާއި ދިމާލަށެވެ. ފާތުމަ އައް އަތް އަސްކުރެވުނީތީ ހުރެވުނީ ދެރަވެފައެވެ. އެވްލީން ހަމައަކަށް އެޅުމުން ދާން ނިންމިއެވެ. އަސްރު ނަމާދު ކޮށްލައިގެން ފާތުމަ އެވްލީންގެ ކޮޓަރިއަށް ދިޔައެވެ. އެވްލީން އޮތީ އެނދުގެ އެއްފަރާތުގައި އޮށޯވެލައިގެންނެވެ. އަދިވެސް ރޮނީ ކަން ޔަގީނެވެ. “އެވީ ދަރިފުޅާ. މަންމަ އައް މާފްކުރޭ މަންމަ އައް އަތް އަިސްކުރެވުނީ ވީ ދެރައިން . މަންމަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުތީ. މަންމަ ވެސް ބައްޕަ ވެސް ލަދު ގަންނާނެ ދަރިފުޅޭ ކިޔާފައި ރަށު ތެރޭ އަޑު ފެތުރުމުން. އެއްވެސް މަޔަކު އެމީހެއްގެ ދަރިޔަކަށް ދެރައެއް ލިބެން ނޭނދޭ ފަދައިން މި މައިމީހާ ވެސް ނޭނދޭނެ. މަންމަ ގާތު ބުނާތި ދެން އޭނަ އެއްޗެއް ކިޔައިފިއްޔާ.” ފާތުމަ ވަރަށް ލޯބިން ބުނެލިއެވެ. އެވްލީން ތެދުވެ ފާތުމަ ގައިގައި ބައްދާލިއެވެ.

“މަންމާ! މިހާރު އޭނަގެ އެކުވެރިންނާއި ހެދި މަގަކު ހިނގެނީއެއް ނޫނޭ. ދެރަވެއްޖެ ކަމެއް  މިޔޮތީ ލައިގަނެފަ. ދުނިޔޭގަ ހުރީތީ އުނދަގޫވެގެން އުޅޭ ބައެއް” ނުރުހިފައި އެވްލީން ކުދި ކިޔަމުން ދިޔައީ ފާތުމަ ކައިރީގައެވެ.

Comments (14)

  1. zoaee

    maa kuru :/

  2. Naxy

    Hmmmmmmm

  3. ?

    This is the shortest story I have ever read

  4. F

    Haadha kure thankilhe dhiguko genes dhy bal vvv nice story

  5. vaahaka kiyaa kuhjjaa

    mi kochehh ? eyna yaeesh dheke loabi vanee tha ? eh jumlain heevaane loabi veye , aneh jumlain heevaane rulhi aadheye .
    heevanee vrh avas aruvaalaafa ulheyhen , skiping from one plot to another . vaahaka eh liyaa iru vrh bodah eba visnan jehey jumla ethurumaa bas ethurumah .. eyrah kiyaa hiy vaa meehun kiyaa iru hiy hama jehumeh libeyneee .. mi vaahakaiga neynge vaa eh nuvaaeh ,
    1. clz friends eh amudhun school dhauruga ekahala sharuthu kohffa biteh nagan nubunaane
    2. loabi nuvaa meehakah dhanvaru 2 jahaa iru room ah annan nubunaane.
    3. neyngey sababakaa hure hinithun vevifa school ah dhiyaee , e sababeh genesnudhevigen ulhenikoh yaeesh ehcheh bunaa irah rulhi aissi ,
    4. yaeesh akee laanai kuhjjeh kameh kurin genesdheefa nuvaa iru , kulliakah laanai bas bune school thereyga malaamai kurun vs buddhi gabooleh nukurevey
    5. kuriyakun nei nei mageh mathin vs school therein vs kuhjjaku furassaara kuri kamakah , so ” magumathin dhimaa kurun” aissa ineema vs buddhi hama eh nujehey.
    6.e point ga geyah gossa faadehge lava eh adu ivuneema mamma ah disrespact kurun vs rangalheh noon. and mamma ei friend ehgge gothuga furathama kolhu sifa kohddheefa , dharifulhah eh vs ithubaareh nethi kankasheega jeheema vs ehaa gaboolu eh nukurevey .. so mi kanthakah visnaalaafa vrh hama jehilaigen vaahaka kuriyah gendhiyaeema innaanee rngalahh … hope mi coment post kohddheyne kamah,..

    thank you

    1. The
      vaahaka kiyaa kuhjjaa

      Agree wih u!
      I’m also surprised because she invited yaeesh to come to her house….haasa koh midnight ga. She doesn’t love him then y did she do that

  6. someone

    pumpkin ur u writing someone’s dairy i knw this story very wrll

    1. Cherish
      someone

      Even I knew
      Ekam genessa in goiii salhi

  7. ?

    “we don’t talk anymore”
    I love that song?

  8. Kujjeh

    Btw liyaa meehaa ah dhw egeyny gennan jehey goi..someone thyna koacheh egigen thi ulheny..dairy choo choo eh nukiyabah heyo nuvaane..vaahaka hadi viyya nukiyabah..dhey farah ??

    1. rishana
      Kujjeh

      I agree with u

  9. rishana

    Pumpkin,it’s really short
    And keehwe Tha evleen e song dheke rulhi ae. I don’t get that part.
    But warah reethi
    So awahah next part genes dhy ba <3

  10. afaa

    Pumpkin awahah next part genes dhy ba
    Maa kuru

  11. @l

    Akamakuvaa dhw …thee alhe fahe writer eh tha…..kihaa dhuvaheh vehjetha up nukuraathaa……I understand that there must be a big reason behind that you could not upload the stry……but atleast kiyuntheringe feelings ah visnanvaanedhw…..enme kuda minun comment koliyaa keethavaaneee……eyrunenun egeynyves reason….??????????????tired of waiting??????????

Comments are closed.