އަހަރެންގެ މާހައުލަށް ވަށާ ނަޒަރު ހިންގާލީމެވެ. މީހެއްގެ ހިލަމެއް ނުވެއެވެ. އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. ގައިމު ވަލުތެރޭގަ ވިއްޔާ ފަނިފަކްސާއާއި ގަހުގެ ފަތްތައް ހެލޭ އަޑުވެސް އިވެންޖެހޭނެތާއެވެ. އެކަމު އެއްވެސް އަޑެއް ނީވެއެވެ. މުޅި ތަން ހަމަހިމޭނެވެ. މަބްރޫކް ބުނާހެން ހީވަނީ ތޫފާނެއް އައުމުގެ ކުރިން އަންނަ ހަމަހިމޭންކަމެއްހެނެވެ. ކުޑަކޮށް ބޯކަހާލާފައި އަނެއްކާވެސް ކުރިއަށް ހިނގައިގަތީމެވެ. ކަށިކެޔޮގަސްތަކާއި، ބިޔަ ހިރުނދުގަސްތަކާއި، މަދުގަސްތަކުން މުޅި ވަލު އޮންނަނީ ފުރާލާފައެވެ. ނަސްރިންތަ ދަރުތައް ބަހައްޓާފައި ހުރި ދިމާލަށް ނިކުންނާނެ […]
ޅެން: މިނިވަންވި ފޯކައިދޫން…. ރާގު: ޔެ ބަހާރު ކަހެރަހީހޭ މި ބަހާރުގައި ނަޔާ ފޮޅޭ، ތާޒާ މި މާމަލުން ޢީދެއްގެ ފޮނި އަބީރުން މުޅި ދޭހު އަލިވަމުން މިނިވަން މި ފޯކައިދޫން، އިއްވޭނެ ޢީދުނަން އިރު ތަރި ތެދޭ ފަޒާ ޖައްވާ އެކީ ހެމުން *********************************** ފާލަމުގެ ޢީދު ހޭ ކުޅިވަރުގެ ޒާދު ލެއްވެވި ކަމުން އުފާ، ފޮނުވޭ މިއީ ވިދާތު 2x އަޟްޙާގެ ނަންދެވޭ، ބޮޑު ބޮޑުވި ޢީދު […]
ޚުބާބު މަންމައަށް ބަލާލާފައި ގަދަކަމުން ހީލިއެވެ. އެއްޗެއް ބުނެވޭތޯ އަނގަ ހުޅުވާލާފަވެެސް ލައްޕާ ލެވެނީއެވެ. ބުނަން ޖެހޭ އެއްޗަކުން މަންމައަށް ރޮވޭނެތީއެވެ. އެހެން އިނދެ ޚުބާބު އޭނާގެ އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައެވެ. “ޚުބާބު: މަންމާ! ދޮންތަ ވަރިވާން ފޯމު ނަގައިފި!” ވަރަށް ކެތް ކުރަމުން ޚުބާބަށް ބުނެލެވުނެވެ. ސިހުމާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިއީ ޚުބާބު ކުރާ ސަމާސެއް ބާއެވެ؟ ހުއްބާ ވަރިވެއްޖެއްޔާ އެދެކުދިންނަށް ވަނީ ކިހިނެއް ބާއެވެ؟ ސަމާސާ ކުރަންވެސް ވަގުތެއް ވަގުތެއް […]
މިޝާ އަށް ނިދިން ހޭލެވުނު އިރު ހަަގަޑި ސާޅީސް ވަނީއެވެ.ތެޅެމުން ފޮޅެމުން ސްކޫލަށް ދާން ގެއިން ނުކުމެެވުނު އިރު ރަނގަބީލު ޖަހައިފި އެވެ.އާދައިގެ މަތިން މިއަދުވެސް އެންމެ ފުރަތަަމަ އޭނާ ކުރިމަތިލާން ޖެހުނީ ކުލާސް ކުދިންގެ މަލާމާތާއި ފުރައްސާރައާއެވެ.”އޭތް!! އެންމެނޭ! އެއޮތް އައީ ކުލާސް ކްލައުން.ހަމަ ސީދާ ކަޅު ހަމެއް.” އެއް ކުއްޖަކު މިހެން ބުނުމުން ދެން މަޑުމަޑުން ތިބި ކުދިން ވެސް ކަކަކަ އަޅާފައި ހޭން ފެށިއެވެ.މިޝާ އަށް މިމަންޒަރު ފެނުމުން ނުރޯން ކަށިން ހިތްވަރު […]
މަދަހަ: މާތްވީ އެ މައްކާ ރާގު: ޔޭހަވާ ޔޭފިޒާ ޔޭސަމާ އެއަޑުން އިވޭ ތީ ފޮނި އަސަރު ޤުދުރަތުގެ ނަލަވި މީ އޭ އަސަރު ދޭ ހަނދާން މީ އެ އަލިކޮށްލަދިން އެއަޑުން އިވޭ… ********************************** ވަސްވިލާ އުދުހިލާ އަސަރުގެ ހިތޭ އަލި ތަރިން ޖަރީވި މީ ރިހި އުޑޭ ލޯބިން އެތައް ޝުކުރޭ އޮތީ މިތާ ޚާއްޞަވި އެ މާތް ނަންފުޅުން އެއަޑުން އިވޭ… ********************************** ފުހެވި ނުމެދާނޭ މާތްވީ އެ މައްކާ އުހުގައި ބަބުޅައި […]
ޅެން: ކާއިނާތު ހެކިވާނީ… ފަތިހުގެ ފިނިރޯޅިން ލިބުނު އުފަލުގައި ފަރިވެފާވާ މާމަލުން ގެނުވި ހިޔަލުގައި ދޫނިތައް ހެވިފައި ކިޔަނީ ތަޞްބީޙަ މޭ އިލާހީ މާތް ޙަޟްރަތަށް އެދިގެން ނިޔާމޭ ކައުނުގައިވާ ކޮންމެ ނަލަ ދިރުމެއްގައި ކާއިނާތު ހެކިވާނީ ފުރިހަމަ ބާރުގައި ނޫ ކުލައިން ބާނިލާ ކަނޑާ މޫދުމޭ ވަޔާ އެކުގައި އެ ހޫރޭ ރުއްގަސް ފޫދުމޭ ހިތްތަކަށް ދޭ މި ފޮނި އަސަރުގައި ހިތް ނިޔަނެތި ސާފުވީ ފަރިކަމުގައި އުސް ފަރުބަދަ އެ ބިންގަނޑުގެ ހަމަޖެހުމޭ އޮހޮރޭ […]
ޅެން: ހުލްޤުވެރި ހިތަކުން… އެންމެނީ އެއް ނަސްލަކުން އައި ބައެކޭ ނިތޭ އެންމެހާ އަޞްލާ ސުރޫރެއްގައި ވި މަޤްފިރަތޭ ސިއްރުގައިހޭ ފާޅުގައިހޭ ސިއްކަ ރިހި އަލިދޭ ސިޔަރަތާ ދިނާއި އަދި ސުންނަތް ވި ހެކިދޭ ނޫ ފަޒާއާއި ރީތި މޫދައި ހެއްދެވީ ފަހެ ކާކުހޭ؟ ބިންގަނޑާއި ބިޔަ ގަސްގަހާގެހި ހެއްދެވީ ﷲ ހޭ؟ އިންސިޔާ ޖިންނިއާއި ފަހެ ލެއްވެވީ ޚަލްޤުން ނެނގޭ ޖިންސުތައް ނަސްލާއި ވަނީ ވަކިކޮށްފައޭ ދޭހުން އެނގޭ […]
ވައިގަދަ ވިއްސާރަ ރެޔެކެވެ. ކުއްލިކުއްލިއަށް ވިދާލާ ވިދުވަރުން އަނދިރިކޮއް އޮތް ހޮސްޕިޓަލް ވޯޑް ތެރެ ދިއްލާލައެވެ. އަހަރެން މޯޅިއަކަށް ދެމިލާފައި ފާރުގަ އިން ގަޑިއަށް ބަލާލީމެވެ. މެންދަމުން 1:30 ވީއެވެ. އެނދުގައި އޮތް އަހަރެންގެ މެއިޑް އަށް ބަލާލިއިރު އޭނަ އޮތީ ނިދާފައެވެ. އަހަރެން އިން ގޮނޑިން ތެދުވެ ވޯޑް ތެރޭ ކުޑަކޮށް ހިނގާލީމެވެ. އެހާ ގިނައިރު ވަންދެން ޕްލާސްޓިކް ގޮނޑިގަނޑުގަ އިށީންދެގެން އިންނަން ޖެހުނީމަ މުޅި ގައިގަ ރިއްސައެވެ. ހޮސްޕިޓަލް އަށް އައި އިރު ފިރިމީހާ، […]
މަދަހަ: ވަދާއުގެ ހައްޖު ސަނާއާއި ޙަމްދުން ފުރޭތީއޭ އާލަމް ނަބިއްޔާގެ ނޫރުން ވިދާލީ މި ކައުނާތު ސަނާއާއި ޙަމްދުން ފުރޭތީއޭ އާލަމް ނަބިއްޔާގެ ނޫރުން ވިދާލީ މި ކައުނާތު ***************************** ވަދާއުގެ މި ޙައްޖަށް ނިކުންނެވި އެ ހިނދުގައި އަސްހާބު އާލުންގެ ހިތްތައް އަސަރުގައި ލައްބައިކަ ކިޔަމުން އެ މާތް ވީ މި ބިމުގައި ރަޙުމަތުގެ ބަރަކާތޭ ފެށުނީ އެ ދޭހުގައި ސަނާއާއި ޙަމްދުން ފުރޭތީއޭ އާލަމް ނަބިއްޔާގެ ނޫރުން ވިދާލީ މި ކައުނާތު ***************************** ޢަރަފާތު […]