Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ދުނިޔެއީ ދައުރުވާ އެއްޗެއްމެ 21

Queenquill Level 210 Stories100 Login
May 7, 2026 6 Mins Read
3 Comments

ބީވަމުންދިޔައީ ދިރިއުޅުމުގެ އަމާންކަމާއި އުފާވެރިކަމެވެ. ބަދަލުވެ ދުރުވަމުންއެދަނީ ޢުމުރަށް އެކީގާވާންބުނި އިންސާނާއެވެ. އެހެނަސް މީހެއްގެ ހިތަކީ ގަދަކަމުން މިލްކުކުރެވޭނެ އެއްޗެއް ނޫނެވެ. ރާކިންގެ ފުށުން ނީލަމަށް އިޙުސާސްވަމުންދިޔައީ އިންތިހާ ދަރަޖައިގެ ދުރުކަމެވެ. ގާތަށްދާން ނީލަމް ދުވެދުވެ ވަރުބަލިވާ އިރުވެސް ރާކިންއާ ހިސާބަށް ވާޞިލުނުވެވޭނެހާ އެދެމެދުގެ ރާސްތާ ދުރުވެއްޖެއެވެ. ރާކިން ފަސްއެނބުރި ބަލައިވެސްނުލާ ހިނގަމުންދިޔައީ ކުރިއަށެވެ. ނީލަމް ރޮއެ އާދޭސްކުރަމުން، ރާކިން އަތުވޭތޯ ދުވަމުން ދިޔައީ ރާކިންގެ ފަހަތުންނެވެ. މިއީ ކުރުގޮތަކަށް މިހިނދު ނީލަމްއާއި ރާކިންގެ ގުޅުމެވެ.

ބޮޑެތި މައްސަލަތަކެއް ނެތްނަމަވެސް ނުވަތަ ބޭވަފާތެރިވުމެއް ނެތިވެސް ގުޅުމެއް ވަރަށް ހީނަރުވެގެން ދެއެވެ. އެކުގައި ދިރިއުޅުން ހޭދަކުރުމަށް ގެއަށް ގެނެސް ބޭންދި އަނބިމީހާ، މުޅި ހަތަރުދަމު އެ އެކެނިވެރިކަން ތަހަންމަލުކުރަންޖެހުމަކީ ވަރަށް ބޮޑު އަނިޔާއެކެވެ. ފިރިމީހާއަށް އަނބިމީހާ އެހާ ބޭކާރުވާނަމަ އެކައިވެނީގެ ޙަޤީޤީ މަޤުސަދެއް އޮތެކޭވެސް ނުބުނެވޭނެއެވެ. ދުވަހަކަށްވުރެ ދުވަހެއް ނީލަމްގެ އެކަނިވެރިކަން އިތުރުވަމުންދިޔައެވެ. ހިތް ފަޅުވެއްޖެއެވެ. ބާކީވެ އެކަނިވީއޭ ހިތަށްއަރައި އަބަދު ރޮއެ ހިތާމަކުރެވެން ފެށުނެވެ.

” ނިދީތަ؟” ދަންވަރު ކޮޓަރިއަށް އައިސް ވަތް ރާކިން އެނދުގައި އޮށޭވެލަމުން އަހާލިއެވެ. ކޯތާފަތުގައި ހުރި ކަރުނަތައް ފުހެލަމުން ނީލަމް މަޑުމަޑުން މޫނާ ރަޖާ ވަކިކޮށްލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރުވާލިއެވެ.

” މިއުޅެނީ އޮފީސް ދަތުރެއްގަ ފުރަންޖެހިގެން. ވީކެއްވަރު ވާނެހެން ހީވަނީ. މާދަން ނޫން އަނެއް ދުވަހު ފުރަނީ” ރާކިން ވާހަކަދެއްކިއެވެ. ނީލަމް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އިތުރަށް ބުނާނީ ވަކި ކީކޭ ހެއްޔެވެ؟

” ނީލަމް އެއްޗެކޭ ހިތަށް ނާރުވައްޗޭ. އެކަމު ކީއްވެތަ ކޮޓަރިން ބޭރަށް ނިކުމެލާ ގޭމީހުންނާ ވާހަކަދައްކާ ނުހަދަނީ..އެމީހުން ވަރަށް ސުވާލު ކުރޭ” ނީލަމް ޤަބޫލު ނުކުރެވޭ ފަދައަކުން ރާކިންގެ މޫނަށް ބަލައިލިއެވެ.

“ރާކިންތަ ތި ސުވާލު ތިކުރަނީ؟” ނީލަމް އަހާލިއެވެ.

” ހޫމް..ކީއްތަވީ؟” ރާކިންގެ އަޑުގައި އަސަރެއް ނެތެވެ.

“އަހަރެން ކޮމްފޮޓަބަލް ނުވާކަން އެނގިހުރެ މިތަނަށް އަހަރެން ގެނެސް އެއްލާލާފަ. ރާކިން ކޮންމެ ދުވަހަކު އުޅޭނެހާތާކު އުޅިފަ ގެއަށް ތި އަންނަނީ އަންހެނުން އިންތިޒާރުކޮށްކޮށް ނިދޭފަހުން..ރާކިންގެ ހިތަށް ނޭރި ތިމަންނަ އިނދެގެން ގެނެސް މީހަކު އެބައޮތޭވެސް. މަޖާ ނަގަނަގާފަ ކޮންމެ ރެއަކު ތިހާ ލަހުން އަންނަ އިރު. ދުވާލެއްގެ 24 ގަޑި އިރު ނިމިގެންދާއިރު ރާކިންއަށް، ރާކިންގެ އަނބި މީހާ ކޮބައިތޯވެސް ބަލާނުލެވޭ. ގުޅާ ނުލާތަނުގަ މެސެޖެއްވެސް ކޮށްނުލަ. އަހަރެން ރާކިން އުޅޭނޫޅޭ ބަލަން އެއްޗެއް އަހާފިއްޔާ އެދެން ކަންތަކާ ޖެހުނީ..އެތައް ވާހައެއް ބަހަނާއެއް ދައްކާނެ… އަދިވެސް މަ ކައިރީ ތިއަހަނީ ތިހެން އެކަމު” އަޑު ތުރުތުރުލާން ފެށުމުން ނީލަމް ހުއްޓާލިއެވެ. ބޭނުންވަނީ އެވާހަކަ ނުދައްކާށެވެ. ރާކިންއާ ދެން ޝަކުވާ ނުކުރާށެވެ.

” މި އަންނަނީނު ގެޔަށް. ލަހަކުން ނޫނެއްނު. ދެން އަބަދު އައިސް މިތާ ނީލަމް ކައިރީ އޮވެވޭނެތަ؟ ރައްޓެހިންނާ ދިމާވުން އެއީ ގޯސް ކަމެއް ކަމަކަށް އަހަރެން ނުދެކެން” ރާކިންގެ ހިތަށް އެއްޗެކޭވެސް ނާރައެވެ.

” އަބަދުއޭ؟ ކޮން އިރަކުތަ އަހަންނަށް ވަގުތެއް ދިނީ..އިނދެގެން ގެނާ ގޮތަށް ތިއޭ ތިއުޅޭ ގޮތަކީ ރާކިން. ވިސްނާލަބަލަ އަހަރެން ވާނެ ދެރަ. ކިހާ އެކަނިވެރިތަ އަހަރެން. ފިރިޔަކު ނަމެއްގަ ހުރެ އަހަރެން މިއުޅެނީ އެކަނި. އެވެސް އުޅެން ބޭނުންނުވާކަހަލަ ދިރިއުޅުމެއްގަ” ނީލަމްގެ ލޯ އަނެއްކާވެސް ތެމިއްޖެއެވެ.

” އާން ތިއޭ ތިވާގޮތަކީ. ތިބުނެވުނީ އަސްލު މައްސަލަ. މިގޭގަ އުޅޭތީ ތިހުރިހާ ވަރެއް ގައިމު ތިބާލަނީ. މަގޭ މަންމަ ކައިރީ އުޅެން ޖެހޭތީ. މިތަނުން ދިޔާމައޭނު އެހެންވީމަ ރަނގަޅުވާނީ. މިޔަށް ވުރެ ހާލުގަވެސް މީހުން އުޅޭ. ޝުކުރުވެރިވާން ނޭނގޭ މީހަކަށް ނޫޅެވޭނެ” ރާކިންގެ ކޮންމެ ބަހަކުން ނީލަމް އިތުރަށް ރޮއްވާލީއެވެ.

” ޝުކުރުވެރި ނުވެޔޭ؟ ރާކިން މަށަށް ބަލާލަބަލަ؟ މަމިއޮތް ހާލަށް. މަގޭ މުޅި ދިރިއުޅުން ހަލާކުވީ އިރުވެސް މިއޮތީ އަދިވެސް ރާކިން ބަދަލުވާނެ ކަމުގެ އިންތިޒާރުގަ” ނީލަމްގެ އަޑު ކުރެހުނެވެ.

” މަ ކިތެންމެ ރަނގަޅު ވިޔަސް ނީލަމް ބަދަލެއް ނުވާނެ މިތާ އުޅޭހާ ދުވަހަކު” ރާކިން އެހެން ބުނުމަށް ފަހު އަނެއް ފަރާތައް އެނބުރި ނިދީއެވެ. ނީލަމްގެ ގިސްލުންތަކަށް ބީރު ކަންފަތެއް ދެމުންނެވެ.

ރާކިން ފުރިތާ ދެދުވަސް ވީއިރުވެސް ޚަބަރެއް ނުވިއެވެ. ނީލަމްވެސް ނުގުޅައެވެ. އަބަދު މީހަކަށް އާދޭސް ކުރާނީ ކިހިނެއް ހެއްޔެވެ. ގޭތެރެއިން އެގޭ މީހުނަނަށް ރާކިން ގުޅާގެން އުޅޭ އަޑު އިވުމުން ނީލަމް ވަރަށް ދެރަވެސް ވެއެވެ. ނީލަމްދެކެ ރާކިން އެހާ ފޫހިވާން ނީލަމްއަށް ކުރެވުނު ކުށެއް ނޭނގުނެވެ. ހިތުގައި ޖެހޭލެއް ބޮޑުވެ މާދެރަވާން ފެށުމުން ނީލަމް ނިންމީ އެކުވެރިޔަކާ ކޮންމެވެސް ވަރަކަށް އެވާހަކަތައް ހިއްސާ ކުރާށެވެ.

” ތިހެން ކިހިނެއް ދިރިއުޅޭނި. ހިތަކަށްވެސް ނާރާ ރާކިން ތިކަހަލަ މީހަކަށް ވާނެއެކޭވެސް” ނީލަމްގެ ވާހަކަތައް އަޑުއަހާފައި ނާޒްއަށް ޤަބޫލުކުރަން ދަތިވިއެވެ.

” ޔަޤީންތަ އެހެންކަމެއް ނުކުރާކަން އޭނަ؟” ނާޒް ދެންކުރި ސުވާލަކުން ނީލަމް ބޮލުގައި ރިއްސާލިއެވެ.

” ނީލަމް އެއްޗެކޭ ހިތަށް ނާރުވާތި.. އަހަރެން ކުރިންވެސް މިވާހަކަ ނުދެއްކީ ނީލަމް ދެރަވެދާނެތީ. ދެތިން ދުވަހަކު ފެނުނު ރާކިން މީހަކާ އެކީގަ ދަނިކޮށް. ހުޅުމާލެއިން..އަންހެން ކުއްޖަކު އިންނަނީ ފަހަތުގަ. ވެދާނެ ކޮއްކޮއަކަށްވެސް އެކަމު ދިރިއުޅުމުގަ ތިހެން ކަންކަން ވާއިރު ބަލާލުން ރަނގަޅު މިކަހަލަ ކަންކަން. ދެން މި ދައްކާއެތި ނީލަމްއަށް ނުދައްކަން އަހަރެން ބޭނުންވަނީ އެކަމު މިއަދު ނެތް ނުދައްކާ ވާކަށް” ނާޒް ފޯނު ނެގުމަށްފަހު ދައްކާލީ ވީޑިއޯއެކެވެ.  އެއީ ސްނެޕުން ފޮނުވާފައިވާ ވީޑިއޯއެކެވެ. އޭގައި ފެންނަނީ ރާކިން އަންހެން ކުއްޖެއް ގޮވައިގެން ސައިކަލުގައި ދިޔަވަގުތު އެކުއްޖާ ރާކިންއާ ކައިރިވެލާފައި ނަގާފައިވާ ވީޑިއޯއެކެވެ. ނީލަމްގެ ހިތުގައި މީހަކު ވަކި ދަމާލިހެން ހީވީ އެމީހުންގެ ގައިގޯޅިކަމުންނެވެ.

” މިއީ އާދީއްތަ ދުވަހުގެރޭ 9:30 ކަށްހާއިރު. މި އަސްލު މަ އަނެއްހެން ދަންނަ އަންހެނެއް ނޫން. ކުރީގަ އެއްތާކު ވޯކް ކުރީމަ ސްނެޕްގަ އިންނަނީ ރާކިން ފެމެލީ މީހެއްތަ؟” ނާޒް އަހާލިއެވެ.

” ނޫން އެކަމް އޭނަ ރައްޓެއްސެއް” ނީލަމްގެ ކަރުނަތައް ގަދަކަމުން ހިންދާލިއެވެ. އެހެނަސް ނީލަމްއަށް ކުރަމުންދިޔަ އަސަރު ނާޒްއަށް ފެނުނެވެ.

” ކިހިނެއްވީ؟” ނާޒް ނީލަމްގެ ކޮނޑުގައި ހިފާލިއެވެ.

” އެރޭ..އަހަރެން ކޮލެޖު ނިމިގެން ބަލާ އަންނަން ބުނީމަ ފުރަތަމަ ބުނީ މި އަންނަނީއޭ. ދެން ތިރީސް މިނެޓުފަހުން ބުނީ ހުޅުމާލޭގައޭ އެކަމު މި ނައްޓާލީއޭ. އެތާ އަހަރެން ކޮލެޖު ބަންދު ކުރީމަ ބޭރުގަ ހުރިން. ވާރޭ ވެހޭތީ ނުދެވިފަވެސް އެހެން އެރޭ ދެގަޑީ އިރު ހުރިން.. އެންމެފަހުން ތެމިގެން ދިޔައީ ތަންކޮޅެއް ތުނިކޮށްލީމަ. ފަހުން ގުޅާގުޅާވެސް ފޯނެއް ނުނަގާ. ގެޔަށް އައިސް ބުނީ ރައްޓެއްސަކަށް އެއްޗެއް ވައްޓާލަދޭން ޖެހިގެންނޭ..އެއީ ގައިމު އޭނަގެ ކަންތައް ހުންނަ ގޮތް” ކަރުނަތައް އިތުރަށް ނުހިފެހެއްޓުނީ ހިތަށް ކުރަމުންދިޔަ އަސަރު ފުންވީމައެވެ. ނާޒްގެ ލޯވެސް ފެންކަޅިވިއެވެ.

” ޕިސްޕިސް..ކީއްކުރަންތަ މީހުންގެ ދަރިންނާ އިންނަނީކީ މިހެން ހަދަން” ނާޒް ހިތާމާގެ އަޑަކުން ބުނެލިއެވެ. އެދުވަހު ނާޒް ނީލަމްއަށް ވަރަށް ހިތްވަރު ދިނެވެ. ހިތާމަތައް ހިއްސާކުރުމަށް އެދުނެވެ.

އެނދުގައި ފުރޮޅިފުރޮޅި ނީލަމް އޮތީ ނިދި ނައިސްގެންނެވެ. އިރުކޮޅަކުން ތެދުވެ ފޯނު ނެގީ ރާކިންއާ ކުރިމަތިލާން ބޭނުންވެގެންނެވެ. މާގިނަ ވާހަކަ ދައްކަން ނުހަދާ ނީލަމް ފޮނުވާލީ އެވީޑިއޯއާ އެރޭ ރާކިން ނީލަމް ގާތުގައި ހެދި ދޮގުތަކުގެ ސްކްރީން ޝޮޓުތަކެވެ.

” ހެހެ ތިއީ ކާކުކަން އެނގޭނު. އޭނަ ގެޔަށް ވައްޓާލަދިނީ އެރޭ” ރާކިންގެ ޖަވާބަކަށްވީ އެއެވެ. ނީލަމް ބުނީ އެބަ ފެނޭކަމަށެވެ.

” ކޯއްޗެއްތަ ފެންނަނީ. ސަޅި އިނގޭ ވާހަކަ ހުންނަ ގޮތް. އެއީ އެހާވަރު ކަމެއްތަ ދެން ހޭބަލިވާކަށް” ރާކިންއަކީ ތިމާ ކުރާ އެންމެ ބޮޑު ކުށްވެސް ނުފެންނަ ޖާހިލެއްކަން އެވަގުތު ހާމަވިއެވެ.

” އާން އެއީ ބޮޑު ޙަރާންކަމެއް. މޮޅެތި ވާހަކަ ތިދައްކަނީ. ބޮޑު ފާފައެއް. ހަލާލު އަނބިމީހާ 2 ގަޑި އިރު ރާކިންގެ އިންތިޒާރުގަ ހުރި އިރު ރާކިން ހިލޭ އަންހެނަކާ އެކީގަ ބުރުޖެހީ. ލަދެއް ނުގަނޭތަ އަދިވެސް” ނީލަމް ވެސް ރައްދުގައި މެސެޖެއް ލިޔެލިއެވެ.

” އަނެއްކާ އަނެއް ވާހަކަ. އަބަދު ޝަކުވާ އަބަދު ޒުވާބު. މަށަކަށް ދެން ނޭނގެ. ފޫހި ވެއްޖެ މިހެން އުޅިއުޅި” ރާކިންގެ މެސެޖު އައެވެ.

” ރާކިންތަ ފޫހި ވާންވީ މަށަށް މިހުރިހާ ގޮތެއް ހަދާއިރު މަށަށް ވާނެ ވަރެއް ނޭނގުނުދޯ” ނީލަމްއަށް ގިސްލެވެން ފެށުމުން ފޯނު އެނދުމައްޗަށް އެއްލާލިއެވެ. ކޮންފަދަ ހަރު ހިތެއްތެ ވެރި ފިރިހެނެއް ހެއްޔެވެ. އެންމެ ނުބައި މުނާފިޤުންގެ ސިފައިގައި ހުރެ ނީލަމް ރޮލާ އެކާލަނީއެވެ.

ދިރިއުޅުމުގެ ޙަޤީޤަތާ ނީލަމް ކުރިމަތިލާން ޖެހުނީ އެދުވަހަށް ފަހުގައެވެ. ރާކިންއާ ވަކިވެގެން ދިއުމަށް ނިންމާ ރުފިޔާ ސޭވްކުރަން ފެށިއެވެ. އެކަމަށް ދުވަސް ނަގާނެކަން އެނގިހުރެ ކެތްތެރިވަމުންނެވެ. އެހެނަސް ދެން ދުނިޔެ ދެއްކީ އަދިމާބޮޑު ޙަޤީޤަތެކެވެ. ރާކިން މާލެ އައުމުން ނީލަމް ގަސްތުކުރީ އަނެއްކާވެސް ރާކިންގެ ފޯނު ބަލާލުމަށެވެ. އެހެނަސް މިފަހަރު ވަގަކަށް ނޫނެވެ. ފާޅުގައި ކުރިމަތި ލައިގެންނެވެ. ރާކިން ކޮޓަރިޔަށް އާއިރު ނީލަމް އިނީ ފޮއްޓަށް އެއްޗެހި އަޅާށެވެ. އެއްކަލަ “ދެއްކުންތެރި” ރާކިން ތެޅިގަތީ ޢާއްމު އުސޫލުންނެވެ.

” ކޮންތާކަށް ދާން؟ ކީއް ތިކުރަނީ؟ ޕްލީޒް ނީލަމް ދެން އެކަހަލަ ކަމެއް ނުކުރާނަމޭ..އާދޭސް ކޮށްފަ އެއް ޗާންސްދީ” ރާކިން ނީލަމްގެ އަތުގައި ހިފެހެއްޓިއެވެ. ނީލަމް ހުރީ ރާކިންއަށް ބަލައިލަންވެސް ބޭނުން ނުވެފައެވެ.

” ރާކިން އަހަރެން ވަރުބަލިވެއްޖޭ މިހާރު..އެއް އަހަރުވުމާ ގާތްވެފަ އޮތް މި ކައިވެނީގަ އެކަނި ހުރެ މީތި ވޯކް ކުރޭތޯ ތެޅިތެޅި އަވަދި ވެއްޖޭ.. ރާކިންގެ އަސްލު ސޫރަ ހާމަމިވީ މާފަހުން. އެއީ ހިތާމަޔަކީ.. އަހަންނަށް ބޭވަފާތެރިއެއްތީ ޔަޤީން” ނީލަމް ހަޅޭލަވައި ގަތެވެ. ރާކިން ކޮށްޕާލިއެވެ. ރާކިން ބަސްހުއްޓިފައި އިރުކޮޅެއްގައި ހުރުމަށްފަހު އަނެއްކާވެސް އާދޭސްކުރަން ފެށީއެވެ.

” ހުރެވޭނީ ދެން އެންމެ ގޮތެއްގެ މަތިން. އަހަންނަށް ރާކިންގެ ފޯނު ދީ ބަލާލަން..އެހެން ނޫނީ މިދަނީ ދެން” ނީލަމް ދިނީ އިންޒާރެކެވެ. ރާކިންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ މީހަ ހާސްވިތަން ނީލަމްއަށް ފެނުނެވެ.

” އޯކޭ އޯކޭ..ހަމަޖެހިލައިގެން އިށީންދެބަލަ. މިދެނީ ފޯނު އެކަމު އަހަންނަށްދީ 3 މިނެޓު” ރާކިން ފޯނު ނަގަމުން ބުނެލިއެވެ.

” ނޫން 3 މިނެޓުތެރޭ ހުރިހާ އެއްޗެއް ޑިލީޓުކޮށްފައެއް ނޫން ބޭނުމީ..އަވަހަށް ދައްކާ ނޫނީ އަހަރެން މިދަނީ މިހާރު” ނީލަމްގެ ރުޅިވެރިކަން ފެނުމުން ރާކިން ފޯނު ދިއްކޮށްލިއެވެ. ރާކިންއަށް އެކަން ކުރެވުނީ ކީއްވެކަން އޭނާއަކަށްވެސް ނޭނގުނެވެ. އެހެނަސް އެއީ މާތްﷲ ނީލަމްއަށް ޙަޤީޤަތް ދެއްކުމަށް އިރާދަކުރެއްވެވި ގޮތެވެ.

އެކުވެރިންނޭވެ. ދެން ނީލަމްއަށް ފެނިގެންދިޔައީ އެފަކީރުގެ ޙަޔާތުގައި ފެނުނު އެންމެ ހިތްދަތި މަންޒަރުތަކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދެއަތާއި އިނގިލިތައް ތުރުތުރު އަޅަމުން ދިޔައެވެ. މެޔަށް ބާރުވެ ނޭވާ ކުރުވަމުން ދިޔައެވެ. ކަރުނާގެ ސާލެއް އެދެލޯ ޙިޞާރުކޮށް މުޅި ޖިސްމު ފިސްފިސްވެގެން ހިނގަށްޖެއެވެ. ކެކުޅުމާއި ރުއިމުގެ ތެރެއިން ކުރިމަތީގައި ހުރި ރާކިންއަށް ބަލައިލަމުން ނީލަމްގެ އަތުން ފޯނުވެސް ދޫވެއްޖެއެވެ. ވަފާތެރިވެ އެލޯތްބަށް އިންތިޒާރު ކުރި ޠާޙިރު އަނބުމީހާގެ ކަރާމަތް ރާކިން ނަގާލައިފައިވާ މުޑުދާރުކަމުން ނީލަމްގެ ދުލުން ބޭރުވާނެ ލަފުޒެއްވެސް ނެތް ކަހަލައެވެ. މިހާރަކަށް އައިސް އެވަބާގައި ޒުވާން ޖީލާއި މުސްކުޅި ފިރިހެނުންވެސް ޖެހި ހަލާކުވަމުންދާ ނުބައިކަން ބޮޑު ފާފައެކެވެ. ރާއްޖޭގައި ގިނަވަމުންދާ ބޭރު އަންހެނުންގެ ބައިގަނޑާއި ހަށިވިއްކަމުން ދުވާ ރަންޑިންގެ ނުބައި ކަމުގައި އެންމެން ދަނީ ޖެހެމުންނެވެ. ރާކިންގެ ފޯނުން އެފަދަ އެތައް މީހަކަށް، އެތައް ސްޕާއަކަށް ކޮށްފައިވާ މެސެޖުތަކާއި ގުޅާފައިހުރި ގުޅުންތައް ފެނުނެވެ. އަގު އަހާ، އެޕޮއިންޓްމަންޓު ހައްދާފައިވެސް ހުރީ މަދަކުން ނޫނެވެ. ޓިކްޓޮކުގައި އެކަހަލަ މީހުންނާ ވާހަކަދެއްކުމަށް ވަގު އެކައުންޓެއް ހަދާފައިވެއެވެ. އޭގެ އިތުރުން ޓެލެގުރާމާއި އެހެނިހެން ސޯޝަލް މީޑިޔާގެ ޕްލެޓްފޯމުތަކުން ރާކިންގެ އެކުވެރިންގެ ޗެޓުތައްވެސް ބަލާލަން ނުކެރެއެވެ. ބަރަހަނާ މީހުންގެ ފޮޓޯތަކާއި ވީޑިއޯތަކެވެ. ޓެލެގުރާމުގައި ހުސް އެކަހަލަ ގުރޫޕުތަކަށްވަދެ އެފަދަ ޖަރީމާތަކެވެ. ނީލަމްގެ ދުނިޔެ ހަމަ ރަނގަޅަށްވެސް ގުޑައިގެންފިއެވެ. ކުރިމަތީ މިހުރީ ކާކުހޭ ހިތަށް އެރިއެވެ. މިއީ ނީލަމް ލޯބިވީ މީހާ ނޫންނަން ކަށަވަރެވެ. އެހުރި ހާލުގައި ހުރެގެން ނީލަމް ފޮށި ހިއްލަލެވޭތޯ ބެލިއެވެ. ލޯމައްޗަށް އަނދިރިވަމުން ދިޔައީ މެއިން ނަގާ ދިލައެއްގެ ބޮޑުކަމުންނެވެ،

” ޕްލީޒް..ޕްލީޒް އެއްޗެކޭ ބުނެބަލަ.. ތިއީ އެހެންވީ ކަންކަމެއް ނޫނޭ. ތިހީވަނީ ގޯސްކޮށޭ. އެއީ އޮފީސް މީހަކު ބުނެގެން. އެތާ އުޅޭ މުސްކުޅި ފުރައިގެ މީހެއް..އޭނަ ބުނެގެންނޭ..ޕްލީޒް ޤަބޫލުކޮށްބަލަ. ފަހު ފަހަރަށް ކަމަށް ޗާންސެއް ދީބަލަ ނީލަމް ޕްލީޒް. ހުވައޭ ދެން ދުވަހަކުވެސް ނުކުރާނަން..ޕްލީޒް އެކަހަލަ ކަމެއް ނުކުރަމޭ އަހަންނެއް ޤަބޫލުކޮށްބަލަ..ނުދޭ ޗާންސެއް ދީ” ރާކިންގެ ބަހަނާތައް އަޑުއަހަމުން، ނީލަމް ތިރިވެ މުށިގަނޑުމަތީގައި އިށީންދެލިއެވެ. ބޮލަށް އެނބުރުން އަރަމުން ދިޔައެވެ.

” ރާކިން ކިހިނެއް އަހަންނަށް ތިހެދީ ރާކިން. އަހަރެން ނުދެނީ ކޮން ލޯތްބެއް. އުނިވީ ކޮންކަމެއް. ބަލާލަން ނުކެރޭ ރާކިން ކޮށްލާފަ ހުރިހާ ކަންކަން. ހާދަ މުޑުދާރު މީހެކޭތީ..ފަކުރުވެސް ގަނޭ. ހާދަހާދަ މަކަރުވެރި ދޮގުވެރިއެކޭ. އަހަރެން ކިހާ މޮޔަތަ..އަހަރެން ކިހާ މޮޔަ. އިނދެވިފަ މިހުރީ ޝައިޠާނަކާކަންވެސް އަހަންނަށް ނޭނގުނޭ…އަޅެ އަހަރެން ދެން ކިހިނެއް ހަދާނީ” ބޮލުގައި ބާރަށް ހިފަހައްޓަމުން ނީލަމް ރޮއެ ގަތެވެ. އެވަގުތު ނީލަމްއަށް ކުރަމުންދިޔަ އަޞަރުތަކަކީ ޤަލަމުން ލިޔެ ދުލުން ހާމަވާނެ ކަންކަމެއް ނޫނެވެ. އެއަށްވުރެ މާ ވޭންހުރި ތަކުލީފެކެވެ.

ރާކިންގެ އާދޭސް ތަކައިގެން މުޅިރޭ ވޭތުވިއެވެ. ނީލަމް ރާކިންއާ ވަކިވާން ވަރަށް ބޭނުމެވެ. އެހެނަސް އެހާ ބޮޑުކަމެއް ފެނި ހާމަވީމާވެސް ނީލަމްއަށް ހުރެވުނީ ލޯބިވާތީއޭ ހީވިއެވެ.

” ހަތިމުގަ އަތްލާ ހުވާ ކުރޭ. ތިހުރިހާ ކަމަކުން ދުރުވެ ތަޢުބާވޭ، ތިހުރިހާ މުޑުދާރު ރައްޓެހިންނާވެސް ދުރުވޭ.. އެންމެ ފަހު ފުރުސަތު މިއީ ރާކިން. އެންމެ ފަހު ފުރުސަތު. ރާކިން އަހަރެންގެ ހިތް ކޮށިވަޅިޔަކުން ކޮށާލީމަވެސް. އަހަރެން މިދެނީ އެވަޅި އަނެއްކާ ރާކިންގެ އަތަށް. މިއީ ވަރަށް ހިތްވަރު.. މިކަން ކޮށްދީ އިސްލާހު ވެވެންޏާ އަހަރެން ހުންނާނަން. އެކަމު ދެނެއް މިގެޔަކުވެސް ނޫޅޭނަން. ރާކިން ބަދަލުވެ އަހަރެމެން އަލުން އާފެށުމަކުން ފަށަން ހިނގާ އެހެން ތަނަކަށް” ނީލަމްގެ އެންމެ ފަހުގެ ނިންމުން އިއްވާލިއެވެ.

” މައްސަލައެއް ނެތް. ދީ އެއްމަސް ތަނެއް ލިބުނުހާ އަވަހަކަށް ހިނގާ ދާން. ނީލަމް އެދޭ ހުރިހާ އެދުމެއް ފުރިހަމަކޮށްދޭނަން. މާފުކޮށްފަ ފުރުޞަތެއް ދީ..” ރާކިންގެ ލޮލުން ފެނުނު ކަރުނަޔަކީ އޭނާގެ ހިތަށް އަސަރުކޮށްގެން ފެނުނު ކަރުނައެއް ނޫނެވެ. އެއީވެސް މަކަރުގެ އަނދުނެކެވެ. އެރޭ އާފެށުމަކުން ފެށުމަށް ޚަތިމުގަ އަތްލާ ހުވާކުރި ރާކިން ބަދަލުވާނެ ކަމަށް ނީލަމް އެދުވަހުވެސް އުންމީދެއް ނުކުރެއެވެ. އެހެނަސް ނީލަމް ބޭނުންވީ އިންތިހާ ދަރަޖަޔަށް ރާކިންދެކެ ނީލަމްއެވީ ލޯތްބާ ޤުރުބާނީގެ އަގުވަޒަންކުރާގޮތް ބަލައިލާށެވެ.

މުޅިއެކުގައި ރާކިންއަށް ބަދަލެއް  އައިކަމަށް ހީނުވިޔަސް، ރަނގަޅު ސިފަތަކެއް ފެނިގެން ދިޔައެވެ. އަވަހަށް ގެއަށް އައުމާއި، ނީލަމްއާ އެކުގައި ގިނަ ވަގުތުތައް ހޭދަކުރާކަށް ފާހަގަވެއެވެ. އެކުގައި ތަންތަނަށް ދިއުން ގިނަކޮށްފިއެވެ. ކޮންމެވެސް ވަރަކަށް ނީލަމްއަށް ގުޅާ މެސެޖުކޮށްހެދުން، ދުވަހުގެ ތެރޭގައި ހިމެނިގެންދިޔައެވެ. މިއީ ފެނިގެންދިޔަ އުފާކުރެވޭ ބަދަލުތަކެކެވެ. ނީލަމްއަށް އުފާވެރިކަން އިޙުސާސްވި ދުވަސްތަކެކެވެ. އެގޮތުގައި އުޅެ އެއް މަސްވޭތުވެގެން ދިޔަ އިރު، ގެ ބަދަލުވުމަށް ވާންޖެހޭ ތައްޔާރީތައްވެ އެކަންވެސް އޮތީ ނިމިފައެވެ. އައު ފެށުމެއްގެ ފޮނި އިންތިޒާރު ނީލަމްއަށް އަނެއްކާވެސް ކުރެވެމުން ދިޔައެވެ.

Share Article

Follow Me Written By

Queenquill

Level 210 Stories100 Login

Tales of Heart...

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 70 (ފަހުބައި)

Next

ޖަވާހިރުގެ ބާރު 2 – 4

Next
May 7, 2026

ޖަވާހިރުގެ ބާރު 2 – 4

Previews
May 7, 2026

އެދިގެން ކަލާ ލިބޭތޯ 70 (ފަހުބައި)

3 Comments!

  1. Anonymous says:
    May 7, 2026 at 3:08 pm

    Nimunee tha?? Nuninmenyaa nunimey vhk kahala dhinun edhen…. when next?

    1. Queenquill says:
      May 8, 2026 at 3:25 pm

      One more part will be there. Soon In Sha Allah

  2. Eelam.. says:
    June 1, 2026 at 9:55 am

    Kobaa dhen next eppp

Comments are closed.



All Right Reserved!