Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާދީނީލޯބި

އާއެކޭ ލޯބިވޭ… ސާޅީސް ވަނަބައި (އެނގިހާމަވައި ސިއްރުތަކުގެ ހުރަގެ)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
May 7, 2026 5 Mins Read
0 Comments

ނިދާ ކޮޓަރިއަށް ވަދުމުން ޚުބާބު އަށް ގެނުވީ ސިހުމެވެ. މުޅިކޮޓަރި އޮތީ ސާފު ފެނުން ފެންވަރުލާއި އަސުރުމަލުގެ ހުވަނދުލާފައެވެ. ބަލީހު އުރަތަކުން ފެށިގެން ދޮރުފޮތިގަނޑު ވެސް ހުރީ އާކޮށްފައެވެ.

 

“ކޮންމެ ހުވަފެނަކީ ނުރައްކަލެއްގެ ހަޤީޤީ ކޮޅުމައްޗެއް. އީމާންތެރިކަމާއި ހުޝޫއަތްތެރިކަން ވަރުގަދަކޮށް ދޭ އިމްތިޚާނެއް ބާ؟” ޚުބާބު ހަމައެކަނި މަޑުމަޑުން އޭނާއަށް އިވޭ ވަރަށް ބުނެލިއެވެ.

 

ސިހުމާ އާއި ޚަބީބު އެކަކު އަނެކަކަށް ލޮލުގެ ނަޒަރު ތަކެއް ދިނެވެ. ދެމީހުން އެކަހެރި ވި ސިކުންތު ބަލާ ވެދިޔަ ކަންތައް ގަނޑު އަވަސް އަވަހަށް ހިއްސާކުރިއެވެ. ގޮތް ހުސްވެގެން ހުއްބާއަށް ކިޔައިދިންކަން ވެސް އެންގިއެވެ. އެންމެންގެ ހިތުގައިވެސް މީހާރު ވަނީ އެއް ސުވާލެކެވެ. މިލީހަމްއަށް މިހެން ވާންވީ ކީއްވެހެއްޔެވެ؟ މިލީއާއި ޖިންނިއެއް އަވަލީ ހެއްޔެވެ؟ ޖެހިގެން މިއުޅެނީ އެ ޖިންނީގެ އުނދަގޫ ހެއްޔެވެ؟

********************************************************************

ފަތިހުގެ ފިނިކަމަކީ ހިތްތަކަށް ލިބޭ ތާޒާކަމަކަށް ވާއިރު ފަތިސް ނަމާދަކީ މުޅި ދުވަހުގެ ބަރަކާތެވެ.

 

ހެނދުނު ހެނދުނާއި ޚަބީބު މެން އަލިފުޅުބޭ ގެއަށް ދިޔައެވެ. ހޯދަން ޖެހޭ ބައެއް މައުލޫމާތާއި އެއްޗެހި ކިޔައިދޭން ބުނި ދުވަހަކީ މިއެވެ.

 

“އަލިފުޅުބޭ: ކޮބާ ތިއައީދޯ؟” އަލިފުޅުބޭ މަޑުމަޑުން ބޮލުގައި ބޮލުގައި އަތްލަމުން އަހާލިއެވެ. އަޒީލުމެން ބޯޖަހާލިއެވެ. ބޭރުގައި ނުތިބެ ވަންނަށް ބުނުމުން ދެބަފައިން ވަދެ އިށީނެވެ.

 

 

ފޮތެއްގައި އެއްޗެހި ތަކެއްް ލިޔަމުން ލިޔަމުން ބޭބެ ދިޔައެވެ. “އަލިފުޅުބޭ: ވަރަށް ފަހަކުން ތިގޭ މީހަކު ވިޔަސް މިލީހަމާއި ގުޅުމެއް މާ ރައްޓެހި ރަހުމަތްތެރި އެއް ވިޔަސް ޖިންނި ސައިތޯނަކާއި އިނދެފި. …” އެވާހަކަތައް އަހާފައި ހަމަ ކުއްލިއަކަށް އަޒީލު ބުނެފިއެވެ. ލީނިޔާ ހެއްޔެވެ؟ ފޯނު ނަގައި ފޮޓޯ ވެސް ދެއްކި އެވެ. އާއާ ކިޔަމުން އަލިފުޅުބޭ ބޯޖަހާލީއެވެ.

 

” އަލިފުޅުބޭ: ކަންވީ ގޮތް ކިޔައިދޭން މިއުޅެނީ” ގަލަން ބާއްވާލާފައި ފޮތް ލައްޕާލިއެވެ. ދެފައި ވަށް ކޮށްލަމުން މޫނު ސީދާ ކޮށްލިއެވެ.

 

“އަލިފުޅުބޭ: ލީނިޔާ އިނީކީ ޖިންނިއަކާނޫން. އެކަމަކު މިހާރު އޭނާގެ ފިރިއަކީ ޖިންނިއެއް… ލީނިޔާގެ ފިރިމީހާ ވަނީ ހައްޔަރުވެފައި… އޭނާގެ ފިރިޔަކަށް ވެގެން އެއުޅެނީ އެތާ މިހާރު އިންސާނެއް ނޫން” ކަނުލައި އަޑުއަހަމުން ޚަބީބުމެން ދިޔައީއެވެ.

 

“އަލިފުޅުބޭ: ފުރަތަަމަ މިލީހަމް ސަލާމަތްކުރަން ލީނިޔާ ރާއްޖެ ގެނެވޭތޯ އުޅެންވީ” އިވެމުންދާ ވާހަކަތަކުން އެހީހުންވެސް ތިބީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ލީނިޔާގެ ކައިވެނި ހަފްލާގައި އެމީހުންވެސް ބައިވެރިވި އެވެ. ކައިވެނި ކުރީ ޤަދަރުވެރި އާއިލާއެއްގެ އަޚުލާގު ރަނގަޅު ކުއްޖަކާ އެވެ.

 

” އަލިފުޅުބޭ: ތި ކުއްޖެއްގެ މައުލޫމާތު ވަރަށް ފަސޭހެން ލިބުނަސް ރާއްޖެ ގެންނަށް. ފަސޭހަވާނެހެން ހިއެއް ނުވޭ.” އެބުނީ ތެދެކެވެ. އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ޚުބާބަށްވެސް ގުޅޭނެ ނަންބަރެއް އެނގޭނީ ތާއެވެ. ވާހަކަ ދެއްކޭނީ އެކޮޅުން ފޯނު ނެގިގެން ތާއެވެ.

 

 

ހަށިގަނޑު ދަމާލާފައި ފައި ނިއުޅާލިއެވެ. ” އަލިފުޅުބޭ: ހޯދަން ޖެހޭ އެއްޗެހި މިކިޔަނީ ކަނުލާ އަހާތި.” ތަރުތީބަކުން ފަށައިގަތެވެ.

” އަލިފުޅުބޭ: އެކެއް ރީތި ގަހު ފޯދުނު އޮތްޕެއް. ދޭއް ދީވާހެލެއްގެ ބޮޑު ދިހަ ބިސް.” އެހެން ގޮސް ބައިވަރު އެއްޗެހީގެ ލިސްޓެއް ކިޔައި ނިންމާލިއެވެ. ދިގުވެގެން ދިޔަ ލިސްޓާއެކު އަލިފުޅުބޭއަށް މާނޭވާ ލެވެން ފެށުނެވެ. އެހެން އިނދެފައި ދެފައި ކަހަން ފެށިއެވެ. ފަޔަށް ދިރޭ އެއްޗެއް އަރައިގަނެގެން ތެޅިގެން ހެންނެވެ.

 

 

ޚަބީބުވެސް ކުއްލިއަކަށް ތެދުވިއެވެ. އޭނާ ހީކުރީ އެ ޖިންނި ބޭބެގެ ހަށިގަނޑަށް ވަދެގަތީ ކަމަށެވެ. ” ޚަބީބު: އަލިފުޅުބޭ ކިހިނެއް ވީ ؟ ހާދަވަރަކަށް ކަހަނީ..”

 

ޚަބީބުގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. އޭނާ ކުރިއަށް، ފިޔަވަޅު ނާޅައި ގޮސް އިށީނީވެ. އަލިފުޅުބޭ ގެ ހަރަކާތްތަކާ ދިމާނުވާ ފަދަ ގޮތަށް ކުޑަކޮށް ހެލިލިއެވެ.

 

ޚަބީބާއި އަޒީލް ބިރުން ގަނޑުވިއެވެ. އެވަގުތު ކޮޓަރި ތެރޭގައި ހުރި ފޮތްތައް އަމިއްލައަށް ހުޅުވިގެންދަިޔައެވެ. ގަލަންތައް ކޮޅަށް ޖެހި މައްޗަށް އުދުހިގަތެވެ. އަލިފުޅުބޭގެ ނިޔަފަތިތައް ބަތްޕެން ބޯ އުދުޅި ތަކެއްހައި ދިގުވެގެން ގޮސް އަމިއްލައަށް ކެނޑުނެވެ.

 

“އަޒީލު: ޚަބީބު! ހިނގާ ދާން!” އަޒީލް ޚަބީބުގެ އަތުގައި ހިފާ ދަމައިގަތެވެ. ބިރުން އަޒީލު ދިޔައީ ތުރުތުރު އަޅަމުންނެވެ.

 

ދެބަފައިން ދުވައިގަންނަށް އުޅުނެވެ. އެގެއިން ނިކުމެގެން ނޫނީ ބިރެއް ނުފުލާނެ ކަން އެނގޭތީއެވެ. އެގޭގެ ފާރުތައް ވެސް ހީވާނީ ނަށާހެންނެވެ. ކުރިއަށް ޖެހިލާފައި ފަހަތަށް ޖެހިލަފާނެވެ. ވައިރޯޅިއެއް ބައެއް ފަހަރު އެނބުރޭހެންވެސް ހީވެއެވެ.

 

“އަލިފުޅުބޭ: އަޒީލް… އެ ލިސްޓު! އަލިފުޅުބޭ ބުނި އެއްޗެހި ހަނދާން އެބަހުރިތަ؟” މާނޭވާ ލަމުން ބޭބެ އަހާލިއެވެ.

 

އަޒީލް ބޯޖަހާލިއެވެ. “އާނ އަލިފުޅުބޭ. އެކަމަކު އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ލީނިޔާ ހޯދުމެއްނު. އޭނާ ހުރީ ކޮންތާކުކަން އެނގޭނީ ހަމައެކަނި މިލީހަމްއަކަންނު ދޯ.” އަޒީލުވެސް އަލިފުޅުބޭ އާއި ސުވާލު ކޮށްލިއެވެ.

 

ބޮލުގައި އަތް އުގުޅާލަމުން އަލިފުޅުބޭ ވިސްނާލާފައި ބުނެލިއެވެ. ” އަލިފުޅުބޭ: ޚަބީބު! ތިބުނީ ތެދަށް މިލީހަމްއަށް… ނޫނީ އެކަމެއް ނުވާނެ! ބޭބެ ދުލުން ކައްސާލި ތަންކޮޅެއް ތީ ބުނަން. ޚަބީބުންމެން ވަރަށް ބަރާބަރު” ހަނދާނުން ކައްސާލަފައިވި ކަމެއް ހަނދާން ކޮށްދިނީ ތީ ތަޢުރީފު ކޮށްލިއެވެ. ސުވާލު ކުރި މީހެއް ނުކުރާމެއް އަލިފުޅުބޭ އަކަށް ނޭނގެއެވެ. ސުވާލު ކުރީ އަޒީލެވެ. ޖަވާބު ދިނީ ޚަބީބޭ ކިޔާފައެވެ.

 

ޚަބީބާއި އަޒީލް އެކަކު އަނެކަކަށް ބަލާލިއެވެ. ” އަޒީލު: ބެއްޔާއަށް އަދި ވަކިކުރަން ނޭނގެނީ ކަންނޭނގެ” ސިއްރެއް ބުނާހެއް އޭނާ ބުނެލިއެވެ. އެދެއާއިލާގެ ދިރިއުޅުމުގެ ރޫޚުވަނީ ނެތިގެން ގޮސްފައެވެ. ދިރުމެއް ނެތެވެ. ގިނަ ފަހަރު އަރުން ކާއެތިކޮޅު ވެސް ދިރެނީ ގަދަކަމުންނެވެ.

 

“އަލިފުޅުބޭ: އާ… އަވަހަށް ދޭ ގޭދޮށަށް..” ޖުމްލައިގެ އެއްބައި ފަންޑިތަވެރިޔާގެ އަގައިގައި އޮތްވާއި ދެމީހުން ގެއިން ނިކުމެއްޖެއެވެ. ހީވާނީ އަލިފުޅުބޭ ދާން ބުނެފައި ތިބި ހެންނެވެ.

 

އަލިފުޅުބޭގެ ގެއިން ނިކުމެގެން މަގުމައްޗަށް އެޅުނުއިރު ދެމީހުންނަށް މާނޭވާއި ލެވެނީއެވެ. ޚަބީބުގެ ލޮލުން ފާޅުވަމުން ދިޔައީ އެގޭގެ ފާރުތައް ހަރަކާތްތެރި ވަމުން ދިޔަ ގޮތެވެ. ބޭބެގެ ނިޔަފަތިތައް އުދުޅިހައި ބޮޑުވެ ކެނޑިގެން ދިޔަ ތަނެވެ.

 

ދުވާލުގެ ގަދަ އަތްވާއި ހަލަބޮލިކަމުގައި މީހުންގަނޑު ހޭލަ މޭލަވެ އުޅެމުން ދިޔައެވެ. ސުކޫލަށް ދާ ކުދިންނެވެ. އޮފީހަށް ދާ އެކި އުމުރު ފުރައިގެ ޒުވާނުންނެވެ. ހަރު މީހުންނެވެ.

 

” ޚަބީބު: އަޒޭ… ނިކަން އެއްޗެކޭ ކިޔާބަލަ؟” ޚަބީބު އަޒީލުގެ އަތުގައި ކޮށްޓާލިއެވެ. “އަޒީލް: ބޭބެ އެބުނި ލިސްޓު ހޯދަން އަހަރުމެން ދާނީ ވަކި ކޮންތާކަށް؟ އެބުނި ‘ދީވާހެހެލެއްގެ ބޮޑު ބިސް’ ތަކަކީ ކޮން އެއްޗެއް؟” އެހެން ހުރެފައި އަޒީލު އެހިއެވެ.

 

“ޚަބީބު: ސާބަސް މަށަށް ހީވާނީ އަލިފުޅުބޭ އެބުނި ދިވާހެލެއްގެ ބޮޑު ބީހަކީ ‘ދިވެހި ހާ’ ހެން” އޭނާއަށް ވިސުންގޮތް ހާމަކޮށްލިއެވެ.

 

އަޒީލު ހުއްޓިފައި އުޑަށް ބަލާލިއެވެ. އަވިގަދަކަމުން ދެލޯ ހުޅުވައި ލެވެނީއެއް ނޫނެވެ. “އަޒީލު: ޚަބީބު… ތިހެން ބުނީމައި މަށަށްވެސް ހީވަނީ ތިހެން ހެން ވާނީ. އެވާނީ ހަމަ ދިވެހި ބޮޑެތި ހާލަށް.” ހާކަމަށް ނިންމަމުން ކާރެއްގައި ދެމީހުން މާލެ ދިޔައެވެ. އަލިފުޅުބޭ އާއި ބައްދަލުކުރަން އަންނަނީ ހުޅުމާލެއަށެވެ.

 

ޚަބީބަށް ގެއަށް ދެވުނުއިރު ދިހައެއް ޖަހައި ބޮޑު ވެއްޖެއެވެ. ސިހުމާ ހުރީ ސިޓިންރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިތާމައެވެ. ޚަބީބުގެ ޚަބަރެއް ނުވެ ލަސްވެގެން އޭނާގެ ހިތް އޮބި ނޯވެ ތެޅެނީއެވެ.

 

“ސިހުމާ: ޚަބީބު! ކޮބާ ކިހިނެއް ދިޔައީ؟ އަލިފުޅުބޭ ދިނީ ކޮން މައުލޫމާތެއް ؟ ހޯދަން ޖެހޭ އެއްޗެހީގެ ލިސްޓު ބުނިތަ” ސިހުމާ އަވަސް އަވަހަށް އަހަމުންދިޔައެވެ.

 

ޚަބީބު ފުރަތަަމަ އިށީނދެލިއެވެ. ހުރިހާ ވާހަކައެއް ކިޔައިދިނީ ދެނެވެ. ލީނިޔާގެ ކައިވެނީގެ ސިއްރެވެ. މިހާރު މިލީހަމްއާ އަވަލާފައިވާ ޖިންނީގެ ނުރައްކާތެރިކަމެވެ. ހުރިހާ ވާހަކައެއް އަޑުއަހާފައި ސިހުމާގެ ދެލޯ ދިޔައީ ބޮޑުވިއެވެ.

 

“ސިހުމާ: އެހެންވީމާ… ލިނީ… އެވަނީ ޖިންނިއެއްގެ އެއްދަށުގައިދޯ؟”

 

އެވަގުތު ކުއްލިއަކަށް ޚުބާބުގެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. ޚުބާބު ނިކުމެގެން އައީ ވަރަށް ހަމަޖެހިފައި ހުރެއެވެ. އެކަމަކު، އޭނާގެ ދެލޯ ހުރީ ރުއިމުގެ ސަބަބުން މުޅިން ރަތްވެފައެވެ. އޭނާ ގޮސް ޚަބީބުގެ ކައިރީ ހުރީ ސޯފާގައި އިށީނދެލިއެވެ.

 

” ޚުބާބު: ބައްޕަ ކިހިނެއް މިހާރު. މަންމަ ކީ ބައްޕަ ބޮލެއްގައި ރިއްސާތީ އުޅޭ ވާހަކަ. އޮފީހަށްވެސް މިއަދުވެސް ނުދެޔޭ” ލޯތްބާއި އިހްތިރާމާއި އެކު ބައްޕަގެ ހާލު އަހާލިއެވެ.

 

” ޚަބީބު: ބައްޕަ އެއްނު އަހަންވީ. ދަރިފުޅުގެ ތި ބޯ ރަނގަޅު ތޯ ފުރަތަަމަ” ހެވިފައި ޖަވާބެއް ދިނުމުގެ ބަދަލުގައި ސުވާލެއް ބައްޕަވެސް ކުރިއެވެ.

 

 

“ޚުބާބު: އަޅުގަނޑު ރަނގަޅޭ މިހިރީނު. ދެން ބައްޕަ ކިހިނެއް ތައް. ބޭސް ކައިފިންތައް. ޑޮކްޓަރަށް ދައްކަވަން ވާނެ” އޭނާގެ ވާހަކަތައް ނަސޭހަތް ދޭ އުސޫލުންދިޔައެވެ.

 

” ބައްޕަ ރަނގަޅޭ. ދަރިފުޅުމެން ހާސްނުވެބަލަ” ހަމަޖައްސާލަމުން ޚަބީބު ބުނެލިއެވެ.

ޚަބީބު ޚުބާބުގެ ބޮލުގައި ފިރުމާލިއެވެ. “ޚަބީބު: ބައްޕަ ވަރަށް އުފާވޭ. ދަރިފުޅު ތިހާ ކެތްގަދަވީމާ. ވޭން އެޅިޔަސް އެކަން ތި ފަރުދާއި ކޮށްލަނީ. ރީތި ހިނިތުންވުމަކުން ވިއްޔާ” ހަޤީގަތުގައިވެސް ފެށުނީންސުރެންވެސް ޚުބާބާއި މެދު އެދެމަފިރިން ފަޚުރުވެރިވެއެވެ. އެ މިލީހަމުގެ ބަނޑު ބޮޑުވި ކަންތައްތައް ގަޑާއި ހަމަޔައްމެއެވެ. އެކަމުގައި އެމީހުންނަށް ޚުބާބު ކުށްވެރި ކޮށްލެވުނީތީ ދެރަވެ ލަދުވެސް ގަނެއެވެ. ފާފާއެއް ޚުބާބު ނުކުރާކާށް އެނގައި ވާއިރު މާފަށް އެދެންވެސް ނުހަނު ބޭނުންވެއެވެ.

ޚުބާބު ހަމައެހެން އިނދެ ބޯޖަހަމުންދިޔައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހަމަޖެހުމުގެ ކުލަވަރުތަކެވެ. އެމަންމާއި ބައްޕަ ނެތް ނަމަ މިދުނިޔޭގައި އޭނާ ނުވީއެވެ. މިދުނިޔެއަށް އޭނާ އައުމުގެ މޭސްތިރިންނަކީ އެވެ. އޮތް ގާއި އުފުލައިގެން ބަލާއި ބޮޑުކޮށް ކިޔަވައިދީ ހެދިކަމުގެ އަގު ދުވަހަކުވެސް އަދައެއް ނުކުރެވޭނެއެވެ. ދީން އުނގަންނައިދީ އުޅެވިން ރަނގަޅު ގޮތް ބުނެދީ ހެދިއެވެ. ރިވެތި އަހުލާގުއި ހަރުދަނާއި ސުލޫކުގެ މަތީ ބޮޑުކުރިއެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންނަށް އިހްތިރާމުކުރަން ދަސްކޮށްދިނެވެ.

 

“ސިހުމާ: ޚަބީބު… ބަލާބަލަ! އެސޮރު ބައްސަހާވާ ވަރު” ސިހުމާ އިޝާރާތްކުރީ ދުލުން ބަހެއްވެސް އިއްވާނުލާ އިން ޚުބާބާށެވެ. ބައްޕަގެ ވާހަކަތައް ކަނުލާ އަހަން އޭނާ އިނީ ދެކަން ފެން ދީގެންނެވެ. އެއްކަންފަތުން އަހާ އެއްޗެހި އަނެއް ކަންފަތުން ބޭރުވިޔަކަ އޭނާ ނުދޭނެއެވެ.

 

ޚަބީބުވެސް އެކަމާއި އެއްބަސްވިއެވެ. އެދެމަފިރިންނަށް ލިބުނު އެއީ އަގުހުރި ޖަވާހިރެކެވެ. “ޚަބީބު: އާ ދޯ! މިފަދަ ދަރިން ނަކީ ނިޢުމަތެއް. ވަރަށް ނަސީބު ގަދަ ބަޔަކަށް. މިފަދަ ދަރިއެއް ލިބޭނީ”

ފޯނެއް އަތުވެގެން ޚުބާބު ދިޔައީ އިރުގަނޑެއް ފަހުންނެވެ. އޭނާ ގެއަށް ވެން އިރު އަތުގައި ބޮޑު ކޮތަޅެއް އޮތެވެ. ބޭރުން އޯޑަރުކޮށްގެން ޚުބޭ ގެނައި އެއްޗެހީގެ ކޮތަޅެވެ. “ޚުބާބު: މީގައި އެތެލިވެސް ވާނެ މިއޮތީ ލިބިފައި އަވަހަށް ބަލަން އުޅޭ! އެހެން މީހުންނަށް ވެސް ޚުބާބު ބޭރުން ދޭތެރެ ދޭތެރެއިން ގެނެސްދޭނެއެވެ. ވަކި ކަހަލަ ކާޑެއް އެކަމަށް ޚާއްސަކޮން އޭނާ އިންނާނީ ހަދާފަ އެވެ.

 

 

ބޮޑު ދެތެއްޔާއި ބިސްގަނޑު އަޅާއި ކުޑަ ތަވައެއްވެސް އޭގައި އޮތެވެ. މުލްކު މެންނަށް ގެނައި އަންނައުނާއި ޚުބާބު ގެ ބައެއް ސަމާނުވެސް ހުއްޓެވެ. ރައްޓެއްސަކަށް ގެނެސްދީފައި އޮތް ދެތިން އަތުކުރި ގަޑިއާއި ފޯނު ކަވަރުތަކެވެސް އޮތެވެ.

 

“ސިހުމާ: ދަރިފުޅާ… މީހަމަ މަންމަ އެންމެ ބޭނުންވި ސައިޒުގެ ތެއްޔެއް! މިގޭ ތެލިތަކާއި އެހާ ގުޅޭ ރީތި އެހާމެ ވަރުގަ ތެލިތަކެއް. ތަވާވެސް އެހާ ރަނގަޅު” ވަރަށް ބޮޑަށް ހުސީ އަށް ތެލިކޮޅު ކަމުދިޔައެވެ.

 

އުފަލުން ހުރެ ޚުބާބު އެއްޗެހި ހިފައިގެން ކޮޓަރިއަށް ވަނެވެ. މެންދުރު ނަމާދަށް ދާން ފެންވަރާލާއި ހަދާށެވެ. ފަޚާނައިގައި އުޅުން އިރު ހީވީ އެތަންވެސް ބިމާ ކުދިކޮށްލަފާނެ ހެންނެވެ. މާގިނައިރެއް ނުކޮށް މަތިހަދައި ލައިގެން ޚުބާބަށް ޖެހުނީ ނިކުންނާށެވެ. އެގޭގެ ފާޚާނަތައް މާނުރައްކަލީ ބާއެވެ؟ ފެންވަރަށްވެސް ވަންނަން ދަތިވީ ނޫން ހެއްޔެވެ؟ މިހެން ވަންޔާއި ގައިން ތާޙިރުވާނީވެސް ކިހިނެއް ހެއްޔެވެ؟

 

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ތިޔަ ނަން މި ހިތުގާ 12

Next

އެދިގެން ކަލާ ލިބޭތޯ 70 (ފަހުބައި)

Next
May 7, 2026

އެދިގެން ކަލާ ލިބޭތޯ 70 (ފަހުބައި)

Previews
May 6, 2026

ތިޔަ ނަން މި ހިތުގާ 12



All Right Reserved!