Skip to content
އެސްފިޔަ

ކާއިނާތު ހެކިވާނީ…

ޅެން: ކާއިނާތު ހެކިވާނީ…

ފަތިހުގެ ފިނިރޯޅިން ލިބުނު އުފަލުގައި
ފަރިވެފާވާ މާމަލުން ގެނުވި ހިޔަލުގައި

ދޫނިތައް ހެވިފައި ކިޔަނީ ތަޞްބީޙަ މޭ
އިލާހީ މާތް ޙަޟްރަތަށް އެދިގެން ނިޔާމޭ

ކައުނުގައިވާ ކޮންމެ ނަލަ ދިރުމެއްގައި
ކާއިނާތު ހެކިވާނީ ފުރިހަމަ ބާރުގައި

ނޫ ކުލައިން ބާނިލާ ކަނޑާ މޫދުމޭ
ވަޔާ އެކުގައި އެ ހޫރޭ ރުއްގަސް ފޫދުމޭ

ހިތްތަކަށް ދޭ މި ފޮނި އަސަރުގައި
ހިތް ނިޔަނެތި ސާފުވީ ފަރިކަމުގައި

އުސް ފަރުބަދަ އެ ބިންގަނޑުގެ ހަމަޖެހުމޭ
އޮހޮރޭ މި ފެންއާރުތަކުން އެދޭ ފޮނިކަމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. Lulu

    Nice

    1. Isnaa
      Lulu

      Thank you so much for the lovely comment Lulu 🥰🥀🫶❤️😊

Comments are closed.