Skip to content
އެސްފިޔަ

“ޢީދުހަދިޔާ” މިނިވަންވި….

ޅެން: މިނިވަންވި ފޯކައިދޫން….

ރާގު: ޔެ ބަހާރު ކަހެރަހީހޭ

 

 

މި ބަހާރުގައި ނަޔާ ފޮޅޭ، ތާޒާ މި މާމަލުން

ޢީދެއްގެ ފޮނި އަބީރުން މުޅި ދޭހު އަލިވަމުން

މިނިވަން މި ފޯކައިދޫން، އިއްވޭނެ ޢީދުނަން

އިރު ތަރި ތެދޭ ފަޒާ ޖައްވާ އެކީ ހެމުން

 

***********************************

 

ފާލަމުގެ ޢީދު ހޭ ކުޅިވަރުގެ ޒާދު

 

ލެއްވެވި ކަމުން އުފާ، ފޮނުވޭ މިއީ ވިދާތު 2x

އަޟްޙާގެ ނަންދެވޭ، ބޮޑު ބޮޑުވި ޢީދު 2x

އާލާ ވެދާ އެކުވެރިކަމުގެ ގުޅުން

މިނިވަން މި ފޯކައިދޫން، އިއްވޭނެ ޢީދުނަން

 

***********************************

 

ކުރިއަށް ނިކަން ދެވޭ މިޞްރާބެކޭ ކުދިން

 

ކޮށްޓައި ނެރޭ ދަރިން ކުޅިވަރު ސަޤާފަތުން 2x

ޤައުމީ އެލަވަތަކާ، ޤައުމީ ނެށުންތަކާ 2x

އުފަލުން ތެދޭ މި ފަރިވި ގުޅުން

މިނިވަން މި ފޯކައިދޫން، އިއްވޭނެ ޢީދުނަން

 

(ކިޔުންތެރިންގެ ސަމާލުކަމަށް)

މިއީ އަޅުގަނޑުގެ ފަރާތުން ގެނެސްދޭ ޅެން ސިލްސިލާގެ ޅެމެކެވެ. މި ޅެން އަޅުގަނޑު ޚާއްސަ ކޮށްލީ އަޟްޙާ ޢީދާއެވެ. އާދެ ބޮޑު ޢީދާއެވެ. ރަށެއްގެ ނަންވެސް ވާނީ ހިމަނާލާފައެވެ.  އުންމީދަކީ ކިޔުންތެރިންނަށް އަޅުގަނޑުގެ މި ހަދިޔާވެސް ކަމުދިއުމެވެ. ބަރަކާތުން ފުރިގެންވި އަޟްޙާ ޢީދަކަށް އެދެމެވެ. “ޢީދު މުބާރަކް”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. Exxo

    Good.

    1. Isnaa
      Exxo

      Thank you so much for the lovely comment Exxo
      Eid Mubarak ❤️🥰

Comments are closed.