އާއެކޭ ލޯބީވޭ… ސާޅީސް ހަވަނަބައި ( ލަގަން ދޫވި ހަޔާތުގެ ދަތުރު)
ކައި ނިމުމުން ތަށިތައް ނަގާފައި ސިހުމާ މެންދުރަށް ބަތް އުދިއެވެ. މިލީހަމްއަށް ކާނެ އެއްޗެހި ތައްޓަކަށް އަޅައި ތަށިބަރި ހެދިއެވެ. ވަރޭ ހުއްޓާނެ ހެން ހީނުވާތީ ކާރަކަށް ގުޅައިގެން ގެނައެވެ. ސައިކަލު ބާއްވާފައި ޚުބާބު މެންވެސް ދިޔައީ ކާރުގައެވެ. ދިއުމުގެ ކުރިން ކުރިން ސިހުމާ ވަރީގެ ފޯމުތައް އަންދާލި އެވެ. ވަރި ނުވުމަށް އެދި އެތައް ނަސޭހަތެއް ދީ ދެމަފެރިންގެ ގުޅުން ރަނގަޅުކޮށް ދިނެވެ. މައްސަލައެއް ފެންމަތިވާހާއިރު ހައްލަކީ ވަރި ނޫންކަން ބުނެދިނެވެ.
ނުވަ ގަޑިބައިހާއިރު ނިވީ ނިދާފިއެވެ. މުލްކުވެސް ކުޅެން އުޅެ އުޅެފައި އައިސް އެނދުގައި އޮށޯވެއްޖެއެވެ. ދަރިންނާއެކު ހުއްބާއަށްވެސް ނިދީގެ ތެރެއަށް ވަދެވުނެވެ. ކޮޓަރިއަށް ވަދެގެން އައި މުލްހަމް އަށް ހިނިތުންވެލެވުނެވެ. ކޮން ފަދަ އުފާވެރި ހެއްޔެވެ؟ މަންމަގެ މެދުގައި ދެދަރިން އެތިބީ ނިދާލާފައެވެ. ބަލާކަށް ނުހުރެ މުލްހަމް އެނދުގެ އަނެއް ފަޅީގައި އޮށޯތެވެ.
“ޚުބާބު: އެއީ ކާކު؟ އުޅޭ އަޑެއް” ތަޅުގައި ހިފާލަމުން ޚުބާބަށް ބުނެވުނެވެ. މީހަކު އުޅޭ އަޑު އެތެރެއިން އިވިގެން ނެވެ. ކުޑަކޮން މަޑު ޖެހިލފައި އޭނާ ތަޅު އަނބުރާލިއެވެ. ހިތުގެ ތެޅުން ބާރުވާން ފެށިއެވެ. ކުޑައިރުއްސުރެ ޚުބާބަކީ ނިކަން ބިރު ގަންނަ މީހެކެވެ. ކުރެއްޕެއް ފެނުނަސް ކޮޅަށް ދިޔައީއެވެ. އެގޭގެ ތެރޭގައި މީހަކު އުޅެނީ ބާއެވެ؟ ޚުބާބަށް ޝައްކެއް ވީ ހެއްޔެވެ؟ ވާރެއާއި އެކުވެގެން އެއީ ހީވި ހީވުމެއް ނޫން ބާއެެވެ؟
***************************************************************************
ފަހަތުންހެން މަންމައާއި ބައްޕަވެސް އެތެރައަށް ވަނެވެ. އެމީހުންނަށް އަޑެއް އިވުނު ހެތްނެތް ހިޔެއް ނުވެއެވެ. ތަށިތައް ގޮސް މޭޒުމަތީ ބަހައްޓާފައި މިލީހަމްގެ ކާއެތިކޮޅު އެޅުމުން ބައްޕަ ދިޔައެވެ. އިވުނު އަޑާއެކު ކަސްދޮޅު އެޅުނީ އަހަރެންގެ ފައިގައެވެ. އެތެރެއަށް ވަންނަށް އެޅި ފިޔަވާޅާއެއް މީހާ ހުއްޓުން އެރި ގޮތަށް ބުދެން ހެން ހުރެވުނީއެވެ.
ދޮރު ލައްޕަން އައި މަންމަ އަހަރެން ހުރިގޮތް ފެނި ހަޅޭތް ލަވައިގަތެވެ. ހީވީ ބިރެއް ފެނިގެން ހަޅޭތް ލަވައިގަތީ ހެންނެވެ. ކާ އެއްޗެހި މިލީއަށް ދޭން ދިޔަ ބައްޕަވެސް އެއަޑަށް އަތުވެއްޖެވެ.
“ޚަބީބު: ހުސީ” ޚަބީބު ގޮވާލިއެވެ. “ޚަބީބު: އަނެއްކާ ކިހިނެއްވީ؟ ދެބަފައިން.” އެއްފަހަރު ޚުބާބަށް އަނެއް ފަހަރު ސިހުމާއަށް ޚަބީބު ބަލަމުން ދިޔައެވެ.
އެކަކުވެސް ޖަވާބެއް ނުދެއެވެ. ހުރިގޮތަށް ގުޑިވެސް ނުލާ ތިބީއެވެ. ހާދަހާވައި ބިރެތް އޭނާ ގަނެއް ޖެއެވެ. ޚުބާބު އެތާ ހުރެދާނޭ ހީކުރާނީވެސް ކިހިނެއް ހެއްޔެވެ؟ ގެއަށް އާދެވުމާއެކު ކޮޓަރިއަށް ޚުބާބު ވަންނާނެއެވެ. އެހާއިރު ކޮޅަށް ހުރެދާނޭ ބާއެވެ؟
މަޑުމަޑުން ޚުބާބުގެ އަޑު ނިކުތެވެ. “ޚުބާބު: އެ މަންމައަށް ދޮރު ލައްޕަން ދުރުވި އިރު އަޅުގަނޑު ފެނުނީމާ ބިރުން ސިހިގެން ހަޅޭތް ލަވައި ގަނެވުނީ.” ޚުބާބުގެ ޖަވާބު އަހާފައި ޚަބީބަށްވެސް ހެވުނެވެ.
“ސިހުމާ: އަދި މި ޚަބީބުވެސް ހޭކަންނު އެ ފެށީ. ބިރުން ކިރިޔައޭ ހަލާކު ނުވީ. ސަހާދެއް މިބުނީ. ނޫޅެވެސް ވާކަށް ނެތް އުޅެވޭކަށްވެސް ނެތް.” ރުޅި އާއި ދެރައެއްވީމާ އަބަދުހެން ކިޔާ އެޑައިލޮގު ސިހުމާ ކިޔާލިއެވެ.
މަންމަގެ އަތުގައި ހިފާލައިގެން ޚުބާބު ގެން ގޮސް ގޮޑިއެއްގައި ބޭންދިއެވެ. ފިނިފެން ކޮޅެއް ގެނެސްދިނެވެ. ” ޚުބާބު: އައޫޒު ބިސްމިން ކިޔާފައި ތި ބޯލާ ރުޅި ފިނިވެ، ބިރު ފިލާފާނެ.” ވަރަށް ލޯތްބާއެކު ޚުބާބު ފެން ތަށި ދިއްކޮށްލިއެވެ.
އޯގާތެރިކަމުން ފުރިގެންވި އެދޮލަށް ސިހުމާ ބަލާލިއެވެ. މިދުނިޔެއިން އެއީ އޭނާއަށް ލެއްވި އެންމެ ބޮޑު އެއް ނިޢުމަތެވެ. ހެޔޮ ލާފައި ސޯލިހު ފިރިހެން ދަރިއެކެވެ. މާ ގިނަ ދަރިންއެއް ލިބޭ ގޮތެއް އޭނާއަށް ނުވިއެވެ. ލިބުނީ ތިން ކުދިންނެވެ. އަންހެން ދެކުދިންނާއި ފިރިހެން ހަމަ އެންމެ ކުއްޖެކެވެ. ޚުބާބު ބިން ޚަބީބެވެ. ދެން ތިބޭނީ ހުއްބާ ބިންތު ޚަބީބާއި ނޫރީނާ ބިންތު ޚަބީބެވެ.
ފެންތަށި ބޯލުމަށްފަހު ސިހުމާ މޫނުގައި އަތް ހިނގާލިއެވެ. ފުން ނޭވާއެއް ދޫކޮށްލިއެވެ. ” ސިހުމާ: ދަރިފުޅާ ޚުބާބު، މަންމަ ހާދަ ބިރެކޭ ގަތީ. އާ ދަރިފުޅު ގެއަށް ވަދެވޭ އިރު ކޮޓަރިއަށް ވަންނަ މީހެއް ވިއްޔަ. ހުއްޓުން އަރާފައި އެހެން ހުންނާނޭ ޤަބޫލުކުރާނީވެސް ކިހިނެއް؟”
ޚަބީބު އައިސް އެތާ ކައިރީ އިން ގޮޑި ދަމާލަފައި އިށީދެލިއެވެ. ސިހުމާގެ އަތުގައި ހިފާލިއެވެ. “ޚަބީބު: ހުސީ، މީހާރު ރަނގަޅު ވެއްޖެއް ދޯ. މާބިރުން ހުސީ އުޅޭތީ ހީވާ ހީވުންތައް ތީ. މުޅިންވެސް ތި ފިކުރުތަކާ ދުރުވެވޭތޯ އުޅެންވީ.”
ޚުބާބު މަންމަގެ ކޮޑުމަތީ އަތްބާވާލިއެއެވެ. ” ޚުބާބު: ތެދެކޭ މަންމާ، ބައްޕަވެސް އެބުނީ މާބޮޑަށޭ މަންމަ ތި ވިސްނަނީ ކަންކަމާއި. ދޮންތަމެންގެ ކަންތައްވެސް ހަމަޔަކަށް އެޅުނީ ދެން އެ.”
ރަނގަޅު ވަގުތަކަށް ލީނިޔާ ދިޔައީ އިންތިޒާރު ކުރަމުންނެވެ. މާއިޒާއި ދައްކާލަން ޖެހޭ ހާދަ ވާހަކައެއް އެބަހުއްޓެވެ. މަންމައާއި އެދިމާވި ދުވަހުގެ ފަހުން ކުރިއަށް ވުރެވެސް ގިނަ އިރު ބޭރުގައި އުޅެއެވެ. ގިނަފަހަރަށް ގެއަށް ވަދެލަނީ ރޭގަނޑެވެ. އެވެސް ނީދާ ގަޑިއަށް ނިދާށެވެ. ހާ ފުރެމުން ހޭލައިގެން ދާއިރުވެސް ނޭނގޭނެއެވެ. ލިނީ ހޭލާއިރަކު ވަރަށް މަދު ދުވަހަކު ނޫނީ ނޯންނާނެއެވެ. ޗުއްޓީ ދުވަހެއްވެސް ލިބޭ ކަމަކަށް ނުވެއެވެ.
މުލްކުއާއި ނިވީ ގެ މައުސޫމު މޫނުކޮޅުތަކުން ބަނަވެފައިވާ ހިތްތަކަށް ފިނިކަމާއި ތަސައްލީ ގެނުވިއެވެ. ރޫޅި ނިމި ބަރުބާދުވާން ތައްޔާރުވެފައިވާ ދޮށީ ދަރީގެ ދިރިއުޅުން ހަމައަކަށް އަޅުވާ ދެވުނެވެ. ނަސޭހަތް ދީ ހެޔޮގޮތް ބުނެދެވުނެވެ.
ދެމަފިރިންވެސް ނިދަން އެދަން އެރީ ކުޑަކުޑަ ހަމަޖެހުމަކާއެކުއެވެ. މިލީހަމްގެ ކަންތައްގަނޑު ކުރިއަށް އޮތީއެވެ. މުޅި އާއިލާއަށް ރައްކާތެރިކަމުގެ ނޭވާއެއްވެސް ލެވޭނީ އެކަމަށް ގޮތެއް ވެގެންނެވެ. ޖިންނީގެ ކިބަިއިން މިލީހަމް ސަލާމަތް ކުރެވިގެންނެވެ.
ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ލީނިޔާ ވަރުބަލިވެއްޖެއެވެ. ބިޔަ ބޮޑު ބަނޑާއެކު އޭނާއަށް ހެލިފެލިވެ އުޅެން ނުހަނު ދައްޗެވެ. ދެމަފިރިންގެ ދުރުމިން މިވަނީ އެއްނުފޯރާ ފަށައް ގޮއްސައެވެ. ޗައިނާގެ ބޮޑު ފާރުހައި މިގުޅުމުގެ މެދުގައި އެޅުނު ފާރު ބޮޑުވެއްޖެއެވެ. ހިތުގައި އެޅިގެން މިދާ ކޫރުންތަކާއި ޒަޚަމްތަކަށް ފަރުވާ އެއް ނެތީ ހެއްޔެވެ؟ ކުރިން ދުން އޯގާތެރި މާއިޒު ކޮބާ ހެއްޔެވެ؟ ކައިވެނީގެ ކުރީކޮޅު ދިން ވަގުތު ދިޔައީ ކޮންތާކަށް ހެއްޔެވެ؟ ވީ ވައުދު ތަކާއި އަޚުދުތައް އެއްޗަކަށް ނުވީ ދޯއެވެ.
“ލިނިޔާ މަންމަ: ލިނީ ދަރިފުޅާ، އެއްޗެއް ކާން އުޅިބަލަ. ތިހެން ނުކައި ނޮބޮއެ އުޅުމުގެ ބޭނުމެއް ކޮބާ؟ ތި ބަނޑުގައި ހެދިބޮޑު ވަމުންދާ ފުރާނައަށް ގެއްލުން ވަނީ.” ދޮރުން އެތެރެއަށް ވަންނަމުން މަންމަ ލީނިޔާއަށް ބުނެލިއެވެ. ” ލީނިޔާ މަންމަ: ކޮއްކޮމެން އެބަ އުޅޭ މަޖާ ގަނޑެއް މޮޑެގެންވެސް. ހިނގާބަ އޭނގެ އެތިކޮޅެއްވިޔަސް، ކާލެވޭތޯ.”
އެދުވަސް ފަހަނައަޅައި އަނެއް ދުވަހަކަށް މަރުހަބާ ކިޔެއެވެ. މާއިޒެއް ނާދެއެވެ. ލީނިޔާގެ ހުރިހާ އުންމީދުތަކެއް ދިޔައީ ވެއްޔާއި މޮޑެވެމުންނެވެ. އޭނާ ފެށި މި އުފާވެރި ދަތުރުގައި މިވަނީ ނާއުންމީދުގެ ސިއްކަ ޖެހިފައެވެ. ދާނެ ކޮޅެއް ނޭނގި ކަނޑު މަތި އަޅައިފިއެވެ. ސާފުކޮން ތަނެއް ދޮރެއް ފެންނަނީއެއް ނޫނެވެ.
ލޮލުން ފޭދެމުން ދިޔަ ކަރުނަތައް ފުހެމުން ލީނިޔާ އޭނާގެ ހިތަށް އަޑުލަމުން ދިޔައެވެ. “ލީނިޔާ: ބައްޕަ، އަޅުގަނޑަށް ތި ހޯދައިދެއްވީ ކޮން ކަހަލަ ފިރިއެއް. ” ގިސްލަމުން ނޭފަތް ދަމަމުން ލިނީ ދިޔައެވެ. ” ލީނިޔާ: ގެއަށް ނުދުރުވާތައް ތިން ދުވަސް މިވަނީ. ބައްޕަ! ބައްޕަގެ ލޯބިން މަޚްރޫމް ވެއްޖެއް.” މިއަދު އެހިތަށް ކޮށްފައިވާ އަސަރުތައް ކިޔައިދޭނީވެސް ކިހިނެއް ހެއްޔެވެ؟ ” ލީނިޔާ: ވިހަން ގާތް ވިއިރު ފިރިއެއްގެ އޯގާތެރިކަމާއި ފިރުމުށް ބޭނުންވި ދުވަހު މިލިބެނީ ނިމުމެއް ނުވާ އަނިޔާ.” އޭނާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
އަރިއަޅާލި ހަޔާތުގެ ލަގަން ތެދު ކުރާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ރޮއެގެން ތެދުވަންޔާއި ވާންވީއެވެ. އިތުރު ކަމެއް ކުރާނެހައި ހިތްވަރެއް އެހަށިގަނޑަކު މިހާރަކު ނެތެވެ. ހިތާމާކޮށް ކޮށް އޭނާ މުޅިން ހާންތިވެއްޖެއެވެ. އުންމީދުކޮށްކޮށް މާޔޫސްވެއްޖެވެ. ދިރިއުޅުމަށްޓަކައި ދެން ކުރިއަށް އަޅާލާނެ އެންމެ ފިޔަވަޅެއްވެސް ނެތެވެ. ވީއެންމެ އަވަހަށް ލީނިޔާ ބޭނުންވަނީ މާލެ ދާށެވެ. ކުރީގެ މާޒީވި ފޮނި ލޯބީގެ ދުވަސްތައް ހަނދާންކުރާކަށް މިތާ ހުންނާކަށް ބޭނުމެއް ކޮބައި ހެއްޔެވެ؟ ހަނދާނަކީވެސް އިންސާނުންނަށް އަނިޔާ ދޭ އެއްޗެކެވެ. ހަނދާންތަކުން އެލިބޭ ވޭނަކީ އެތައް އަހަރުތަކަށް ދިގު ދެމިގެންދާ ވޭނެކެވެ.
ދެ ދުވަހަށް ދިގު ދެމިގެން ދިޔަ ވާރެއާއެކު މާލޭގެ މަގުތައް ވަނީ ޗަކަވެފައެވެ. ފެން ހެދި ބާރު ބޮޑު ވި މަގުތައް ސާފުކުރުމުގައި ސިފައިން އަވަދިނެތި އުޅެމުންދިޔައެވެ. ބޮޑެތި ޕަންޕުތަކާއި މެސިނުތައް ގުޅައިގެންނެވެ.
މާލެއަށް ކުރިމަތިވި ވެގެން އުޅޭ މުސީބާތަށް އަލި މަގެއް ފެންނަގޮތެއް އަނދިރިވެގެން ދިޔައިރުވެސް ނުވެ. ހިމަފޮދު ވާރޭ ވިޔަސް އޮންނަނީ ވެހިލަ ވެހިލައެވެ. ހުއްޓާލާނެ އެންމެ އިރެއްވެސް ނާދެއެވެ. އިންތިހާއަށް ވައި ބާރެވެ. މީހުން ބިރުން ފިތް ކަނޑައިގެންދާހައި ބާރަށް ގުގުރައެވެ. ޓީވީއެއް އެއްޗެއް ހުޅުވާލަން ކެރޭވަރެއްވެސް ނޫނެވެ. ގުގުރުމުގެ ނުރައްކާތެރި ކަމެވެ. އެއިން އެއްޗެއް ހުޅުވަފައި ހުއްޓައި ގޮވައިގެންވެސް ހިނގައިދާނެއެވެ.
ބޮލެއްގައި ރިއްސާފައި ޚުބާބު ހޮޑުލަމުންދިޔައެވެ. މިލީހަމްގެ ކަންތައްގަނޑުވެސް އެހާ ބޮޑެވެ. އެ އަނގައެކޭ ބޮލި ރަވައެކޭ ތަފާތެއް ނެތެވެ. ހުއްޓައި ނުލާ ހަޅޭތް ފަޅޭތް ލަވަމުން ދިޔައެވެ. ކަންފަތްތައް ފޫއަޅުވާލަފައި އަޑު ދާއިރު ނުސިހޭ އެކަކުވެސް ގޭގައި ނުހުރެއެވެ. ޚަބީބުވެސް “ހެޑްސެޓް” ކަންފަތާއި ވަކިކޮށް ނުލައެވެ.
ބޭސް ހިފައިގެން ސިހުމާ ދިޔައިރުވެސް ޚުބާބު އޯކަށް ދެމެނީއެވެ. “ސިހުމާ: ދަރިފުޅާ ތި ހުޅުވަބަލަ. މަންމައޭ މީ.” ތަޅުހުޅުވުމުން ސިހުމާ އަވަހަށް އެތެރެއަށް ދެމިގަތެވެ. “ސިހުމާ: އަދިވެސް ލަވާތަ. ތި އަނގަ ދޮއެލޭން ބޭސް ކާން ހިނގާ.” ވަށައިގެން ފެން ޖަހާފައި ސިހުމާ ޚުބާބު ގޮވައިގެން ދިޔައެވެ. އެނދުގައި ބައިންދަމުން ދެ ގުޅަ ބޭސް ދިނެވެ. ” ސިހުމާ: އަވަހަށް މިކާލާ. ރަނގަޅު ވޭތޯ އަވަހަށް.”
ތެޅެމުން ފޮޅެމުން ހެން ޚަބީބު ވަނެވެ. މީހާ ދާ ހިތްލަމުން ދިޔައިރު ހީވަނީ އެހެން ކަމެއް ހެންނެވެ. ” ޚަބީބު: ޚުބާބު ބައްޕައަށް. ދަރިފުޅުމެން ރައްޓެހި ލީނިޔާ. އާ އެލިނީގެ ނަންބަރު ދީބަލަ.” ފުރަތަމަވެސް ޚުބާބު ހިތައް އެރީ ބައްޕަ ކީއްކުރަން ހެއްޔެވެ؟ ހަމަ ދޭންވީ ބައެވެ. ބައްޕަ އެ ނަންބަރުން ކުރާނީ ކީއްހެއްޔެވެ؟
“ޚުބާބު: މަންމާ، މޭޒުމަތީ އޮތް ފޯނުގައި އިންނާނެ. ބައްޕައަށް ދީބަލަ.” ހިނގާލާފައި ގޮސް މޭޒުމަތީގައި އޮތް ފޯނު ސިހުމާ ނަގައި ހުޅުވާލިއެވެ. އޭނާއަށް ވެސް ލިބުނީ ޚައިރާންކަމެވެ. ފޯނުގެ “ސުކުރީން” ގައި އޭނީ މިލީހަމް އެވެ. ވިލުނޫ ކުލައިގެ ހެދުމެއްގައި މިލީ ހުރިއިރު އެ ތުންފަތް މަތީ ނުފިލާ ހިނިތުންވުމެއް ވިއެވެ.
ފާނޑަކަށް ބޯ ޖަހާލަމުން ހުސީ ފޯނެއްގެ އެއްގަޑުހެން އިންނަށް އެއްޗަށް ވަނެވެ. އެންމެ ފުރަތަމަވެސް އިނީ ‘ޕަރީ’ ޖަހާފައި ރައްކާކޮށްފައި އިން ނަންބަރެވެ. ސިހުމާ ބަލާލިއެވެ. އެވީ މިލީހަމްގެ ނަންބަރަށެވެ. “ސިހުމާ: ނުވައެއް، ހަތަރެއް، ފަހެއް، ހަތެއް، އަށެއް، ދޭއް، އެކެއް.” އަޑުހަރުކޮށް ހުސީ ކިޔާ ނިންމާލިއެވެ. ޚަބީބުގެ ފޯނުގައި ޖެހިއިރު ހީވީ ގޭގައި ހުޅު ހިފި ހެންނެވެ. މިލީހަމްގެ ބިއްފަޅި އާދިމާލު ހީވީ ފުނޑުފުނޑު ކޮށްލަފާނެ ހެންނެވެ.
“ޚަބީބު: ކަންތަކާ ޖެހުނީ މި. ދަރިފުޅޫ ޚުބާބު ނިދާލެވޭތޯ ބަލާލާ ދެން” ޚަބީބުމެން ދެމަފިރިން ޚުބާބު ނިދަން ބާއްވަފައި އަވަހަށް ނިކުތީއެވެ. ލީނިޔާއާއި ގުޅާށެވެ. ފޯނު ހިފައިގެން ދިޔައީ ވެސް ބެލްކަންޏަށެވެ. ޚަބީބުގެ ފޯނަން ލީނިޔާ ޖަވާބު ދީފާނެ ބާއެވެ؟ އެންމެ ކުޑަމިނުން އެ ފޯނު ރިންގުވެދާނެބާއެވެ؟ މި ކުރަން އުޅޭ ކަންތައް ވާނެ ހެއްޔެވެ؟ ހޯދަން ބޭނުންވާ މައުލޫމާތު ހޯދޭނީ ގުޅިގެން ނޫން ހެއްޔެވެ؟
ނުނިމޭ
މި ވާހަކަ ގެނެސްދޭނީ ހަފްތާއަކު ތިންދުވަހުއެވެ. އާދިއްތަ އަންގާރަ އަދި ބުރާސްފަތީގައެވެ. ނިމިދިޔަ ބައި ގައި ބަސްތަކުގެ މައްސަލަތައް ހުރިކަން ފާހަގަވެ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެކަމަށް އުންމީދުކުރަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Wow
Thank you for the lovely comment Exxo 🌸🥰😘