Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިޅެންއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާދީނީލޯބި

އާއެކޭ ލޯބިވޭ…. ސާޅީސްދެވަނަބައި (ގެއްލުން ހިތާއި ނަވު)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
May 13, 2026 5 Mins Read
4 Comments

ވާހިތުން ލޯބިވާކަމާއި އިންތިހާ ލޯބިވާ ވާހަކަ ތަކުރާރުވަމުން ދިޔައެވެ. ނަޒާން ދުލުން އަޝްބާގެ އަރިހުގައި ހުރެ ކިޔަމުން ދިޔަ ކަހަލައެވެ.

 

“ޖެހިލުންވެ މޭތެޅޭ ގޮއްވޭ

ގައިބާރު ދޫވެދާ ގޮތްވޭ

މާ ކައިރި ވާގޮތްވޭ

ސީދާ ލޮލާ ލޯ ވެލީމާ”

 

************************************

 

“ހާދަހާ ލޯބިވޭ

ވާހިތުން ލޯބިވޭ

ހާދަހާ ލޯބިވޭ”

 

************************************

އިސްވެ ވާހަކަ ފެށީ ނަޒާނެވެ. އިސްއުފުލާލަމުން އަޝްބާއާއި ސީދާ ވެލިއެވެ. “ނަޒާން:  ކިހިނެއް ތައްވީ” މަޑުމައިތިރިކަމާއެކު އޭނާ އަހާލިއެވެ.

ދުލުން ބަހެއްވެސް އަޝްބާގެ ނިކުތީ ސިކުންތެއްގެ ފަހުންނެވެ.

“އަޝްބާ: ޖިން….ނިއެއް ފެނުނީ…. ވާހަކަ ލިޔަން އިންދާ.” އެބަސް އިވިފައި ނަޒާން ހިންދިރުވާލީއެވެ. މިގެއަކީ ޖިންނިން އުޅޭ ގެއެއްބާއެވެ؟ އެއްވެސް ރައްކާތެރި ކަމެއް މިގޭގައި ނެތީ ބާއެވެ؟ މިއޮތް ހާ ދުވަހު އަޝްބާ އެއުޅުނީ ކިހިނެއް ހެއްޔެވެ؟ ނޫނިއްޔާ އެބުނި ލިޔަން އުޅުނު ވާހަކަ ބިރުވެރިވެގެން ރޫޚެއް ފެނުނީ ހެއްޔެވެ؟

 

*************************************

 

” ނަޒާން: ހެއް،ހެއް، ހެއް.” އަހަންނަށް ހެވިއްޖެއެވެ. އަހަރެން ހޭން ފެށުމުން އަޝްބާއަށް އަނެއްކާވެސް ރޮވިއްޖެއެވެ. ސަލާމަތެއް މިކަމުގައި ނެތެވެ. ހުނުން މަސަލަސް ކުރަމުން އެމޫނުގައި އަހަރެން ބީހިލީމެވެ. ފިނި ފިނި މިދެއަތުން އެކަރުނަތަކުގައި ބޮސްދިނީމެވެ. ނަޒާންގެ ކުޑަކުޑަ ހަރާކާތަކުންވެސް އަޝްބާގެ ހުރިހާ ހިއްސުތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. ދެލޯ ސީދާވުމާއެކު ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އެ އަސަރުގަދަ ނަޒާންގެ ދެލޯ އެލޮތްބަށް އެދި އާދޭސްކުރަމުން ދިޔައެވެ.

 

“އޭ ލޯބިވާއޭ، ރޫހާ ހިތާއޭ

ލޯތްބޭ ބުނީ ލޯބި ބޭނުން ވެގެންނޭ

ހަށީގައި ޔަގީނޭ މަގޭ ރޫހު ވަންޔާ އެކީ ވާނަމޭ”

ފޮނިފޮނި ކަމާއެކު ލޯބި ގުލުސަނުން އުތުރި އަރައިގެން ދިޔައެވެ. ޒިންދަގީ އެކީ ގުޅިލާމެހުނެވެ. އަޝްބާ ދުރަށް ޖެހިލުމުން ކަކުނި ހިރެން ފެށިއެވެ. ކުޑަ އުންމީދުވެސް ވެއްޔަށްވެ ދިޔައެވެ.

އޯގާތެރި ހިތަކުން މާފަށް އެދިފައި ދާން ހިނގައި ގަތީމެވެ. ނިކުންނަށް ދިޔަ ނަޒާންގެ އަތުގައި ހިފާލީ އަޝްބާއެވެ.

 

“އަޝްބާ: ދަނީތަ! އެހާ އަވަހަށް.” އެހާ ކުރިން ނަޒާން ދާކަށް އޭނާ ނޭދެއެވެ. އެ ޖިންނި މިތާ ފާރައަށް ނެތް ކަމެއް ވެސް ނޭނގެއެވެ.

 

” ނަޒާން: އާ ދެން ދާންވީނު. މިތަން އަހަންނަށް މަރުހަބާ އެއް ނުކިޔާ.” ބައިވެރި ނުކުރާ ކަންކަމުގައި ބުއްދިވެރި ގޮތަކީ ބައިވެރި ނުވުމެވެ. ތިބާއަށް މަރުހަބާ ނުކިޔާނެ ތަންތަނަށް ނުދިއުމެވެ.

 

” އަޝްބާ: ނަޒާން ނޫން ކާކަށް ދެން އަހަރެން މަރުހަބާ ކިޔާނީ” އެހިތަށް ނަޒާންގެ ބަސްތަކުން ފުން އަސަރުތަކެއް ކުރުވައިފި ކަން ޔަގީނެވެ. އެއްގޮތަކަށް ވެސް އެތާ އެންމެ ސިކުންތެއް ހުންނަށް ވެސް އޭނާ ބޭނުމެއް ނޫނެވެ. އާދެވުނު މޮޔަކަމާއެވެ. އުޅެވުނު ގޮތުން އަދި ލަދުން ބޯލާ ފޯށައި އަޅަން ކެރޭވަރެން ނޫނެވެ.

 

ނަޒާން ނުކުމެގެން ދިޔަ ދިމާލަށް ބަލަން ހުރެވުނެވެ. ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ.  ހޭދަވެެގެން ދިޔަ ވަގުތުތަކުގެ މަންޒަރުތައް އާވާންފެށިއެވެ.  އެއްބައްދާލުމެވެ. އެ ފިރުމާލުމެވެ. ސޯފާގައި އެހެން އެޚިޔާލު ތަކުގައި އިންދާ ނިދީގެ އޮވަރެއްގައި އަޝްބާ ޖެހުނެވެ. މީހާއަށް ނިދިގެން ދިޔައީ އެނގުމަކާ ނުލައެވެ. ނިދީގައި ފެނިގެން ދިޔައީ ނަޒާނެވެ.

ނަޒާންގެ އެ ބީހިލުން އަޝްބާގެ ހިތުގެ ތެރެއަށް ފޮނުވާލި ޖާދުލެެއް ފަދައެވެ. އެ ބީހުން ފިނިފިނި ރާޅުބާންޏެއް ކަހަލައެވެ. މުޅި ހަށިގަނޑަށް ފެތުރިގެން ދިޔައީ އެހާ އަވަހަށެވެ. މީގެ އިރުކޮޅެއް ކުރިން އެ ފެނުނު ހަންޑީގެ  ހަނދާންތައް، ނަޒާންގެ  އެ އޯގާތެރި  ބަސްތަކުގެ ތެރެއިން  ފުހެވިގެންދިޔައެވެ.

 

“ނަޒާން: އަޝް… ކިތަންމެ ބިރުގަތަސް އަހަރެން ހުރިކަން ދައްނާތި،” ނަޒާން ވަރަށް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. “ނަޒާން: އަހަންނާއި އަހަރެންގެ އާއިލާ އިން އަޝްބާ ދެކެ ވަރަށް ލޯބިވޭ.” އެކޮޑުގައި ބޯ އަޅާލައިގެން އޮތީއެވެ.

 

” ނަޒާން: އަދިވެސް ރޮނީތަ!” ނަޒާން ސަމާސާ ރާގަކަށް އަހާލިއެވެ.

 

އަޝްބާގެ މޫނު ރަތްވެގެން ދިޔައެވެ. މޫނު  އިތުރަށް އޭނާ އެ ކޮޑުމަތީ ފަރުދާކޮށްލިއެވެ. “ނަޒާން: ތިހާ ބިރު ގަންނައިރު ކިހިނެއް އުޅޭނީ އެކަނި.”  މަޑުމަޑުން  އަޝްބާ އޮތެވެ.

 

“ނަޒާން: އަހަންނަށް މިއަދު ގުޅުން ކަން ނަސީބެއްނު.” ނަޒާން އަޝްބާގެ ދަތްދޮޅީގައި ހިފާލިއެވެ. ޖަންބު ކުލަ އަރާފައި އޮތް އެ މޫނު އުފުލާލިއެވެ. “ނަޒާން:  އަހަރެން ހީކުރީ މީހަކު އަޝް…އަށް ކަމެއް ކުރީއޭ…”

 

އެ ޖުމްލައާއެކު އަޝްބާގެ ހިތް އާދަޔާ ޚިލާފަށް ތެޅިގަތެވެ. ޓީވީން އޭރުވެސް ލަވަޔަކަށް ފަހު ލަވައެއްގެ ރާގު މަޑުމަޑުން އިވެމުން ދިޔައެވެ. އެ މާހައުލުގައި ވަނީ ލޯބީގެ މެހެފޫސެކެވެ. ސިއްރުވި ދެހިތެއްގެ މަސްހުނިވުމެކެވެ.

 

“އަޝްބާ: ނަޒާން… ވަރަށް…” އަޝްބާ ވާހަކަ ދައްކަން އުޅުނެވެ. އެކަމަކު ހަމަ ކުއްލިއަކަށް އޭނާއަށް ހޭލެވިއްޖެއެވެ. ހަވީރު ފަހަނަ އަޅައިގޮސް އޭރު ހުރީ ރޭވެފަ އެވެ. ޓީވީން އަށެއްގެ ޚަބަރު ގެނެސްދެމުން ދިޔައެވެ.

 

ނަމާދު ނުކުރެވޭ ދުވަސްކޮޅަށް ވުމާއެކު ތެދުވެ ހާފުރިލަމުން ކޮޓަރިއާ ދިމާލަށް ދިޔައެވެ. ރީތިކޮން ތާޒާ ވެލައިގެން ނިކުމެ ނޫޑްލްސް ކޮޅެއް ކައްކާލެވޭތޯ ފެށިއެވެ. މިހާވެސް ހުރީ އޭރު އެއްކޮހެން ހަމަޔަކަށް އެޅިފައެވެ. ދެތިން ދުވަސް ފަހުން ކޮއްކޮ ކައިވެންޏަށް “ސިޔާމު ދުނިޔެއަށް” ފުރަން ޖެހެއެވެ. ކުރިން ބުނިހެން ކޮއްކޮގެ ކައިވެނި އޮތީ އެ މަނާޒިރުގެ ތެރޭއެވެ. ފޮނިކަމާއި ލޯބީގެ ރާހަތުތަކުން އިޝްބާގެ ހިތް ފުރޭނެ ކަމާމެދު ސައްކެއްނުކުރަމެވެ. އެ ކަހަލަގެ ނޭތް ގާނީ ވަހުމުތައް ކުރުމުގެ ބޭނުމެއް ކޮބާ ހެއްްޔެވެ؟

 

ކުޅި ގަދަ ކޮން ދެޕެކެޓު ކައްކާލައިގެން ކޮޓަރީ މޭޒު މަތީ ބަހައްޓާލިއެވެ. ސޮސެޖެއް ތެލުލާއި ދެބިސް ފެނު ކައްކާލިއެވެ. ފިނި ކޮފީއެއް ގިރާލީއެވެ. ހެނދުނު ބޯލި ކޮފީ ތައްޓާއެކު އެއުޅެނީ އަދި ގޮހޮރަށް ކާއެއްޗެއް ނުލައެވެ. އަޅެ ބަނޑު ހައެއްވެސް ވާނެ ހެއްޔެވެ؟ ހަށިގަނޑު ރޫޅާފަތި ވީމާ  ފަތި ވާހަކަ ދައްކާށެވެ. އެހެން އެތިބެނީ ނުކައި ނޮބޮއެ އުޅޭތީއެވެ. ކާނަމަ ހިކިކޮށް ތިބުމަކީ  ނާދިރު ކަމެކެވެ. މިހެން ބުންޏަސް ކެޔަސް ފަލަ ނުވާ މީހުން އުޅޭނެއެވެ. ނުކެޔަސް ފަލަވާ ޒާތު މީހުން ވެސް އުޅޭނެމެއެވެ.

 

މީހުންގެ ގޮތް ކިޔަންވީ ކީއްކުރަން ހެއްޔެވެ؟ އެކި ހާލުގައި  އުޅޭ ފަރާތްތަކުން އުޅޭނެއެވެ. މީހަކު ހުންނަ ގޮތަކުން ގޮތް ނިންމާނުލާށެވެ. ކޮންމެ ފަދަ ހާލެތް ގަވެސް މީހަކު އުޅެދާނެ އެވެ. ފެނަން ކޮންމެ ތާކުން ފަލަ އޭ ހިތްކޭ ކިޔުމަކީ ދެރަކަމެކެވެ.  އިންސާނަކަށް ވީތީ ކުރަން ހެޔޮވާވަރު ކަމެއް ހެއްޔެވެ؟

 

ބުނެވޭ ބަހެއްގެ ޒާތުން ހިތް މޮޔަވެ މަރުވެސް ވެދާނެއެވެ. ގެއްލިޖެއް ފުރާނައެއް އަނބުރައި ނުހޯދޭނެއެ އެވެ. ހޯދައެއް ނުވެސް ދެވޭނެއެވެ.

 

ތޫނު ލޮލަކުން ހޫނު ކަރުނައިގެ ލޭ އައިސްފާނެއެވެ. ރީތި ހަށިގަނޑަކުން ހިތްދަތިކަމާއި ވޭން ތަހަމައްލުކޮށްފާނެއެވެ.  ފުރިހަމަ ހިނިތުންވުމެއް އެތައް ތަކުލީފެއް ފޮރުވާލައެވެ. އެތައް ހާސް އަނިޔާއެއް ފަރުދާގެ ތެރޭ ކަސްފުކޮށްލާނެއެވެ. ބަލާލާ ކޮންމެ ހިނދަކުމެ ފެންނާނީ އުފާވެރިކަމެވެ. އެކަމަކު އެހިތްތައް ދާނީ އަޑިއަޑިން ވީދި ހަފުސްވަމުނެވެ. ކެތްކޮށްކޮށް ވަރުބަލިވަމުނެވެ. ސަކުވާތައް ދާނީ ފުނި ޖެހެމުންނެވެ. ކުރާނެ ހާ ހިތްވަރެއް ނުލިބޭނެއެވެ.

 

އުންމީދުގެ ހުޅުކޮޅު ނިވި ބައެއް ކުދިން އަމިއްލައަށް މަރުވެސް އެބަވެއެވެ. ދަންޖެހި ފުރާނަ ހަށިގަނޑާއި ވަކިކޮށްލައެވެ. މަރުވުމުން ދެން ނިމުނީއޭ އެކުދިނަށް ހީވޭ ދާނެއެވެ. ހަޤީޤަތަކީ އަދި އެޔެއް ނޫނެވެ. އަދި އެ ފެށުނީއެވެ. އަބަދުގެ އަބަދަށް ތިބޭނީ އެކަރުމަޅި އައްސައިގެންނެވެ. ކަރަށް ހުންނާނީ ވާންވެ ވާންވެއެވެ. ދުވަހަކުވެސް ސަލާމަތެއް ނުވެވޭނެ އެވެ.

 

ހޫނުކަމާއެކު ކާން އިށީންނަމުން އަޝްބާ އައުޒު ބިސްމިން ކިޔަމުން ލިޔަން ފެށިއެވެ. މިބުރު އެލިޔަމުންދާ ވާހަަކައެއް ނޫނެވެ. ޅެމެކެވެ. އެތިކޮޅެއް ކާލާފައި ތަންކޮޅެއް ލިޔެލާފައި މިހެން ލިޔަމުން ލިޔަމުން ގޮސް މުޅި ޅެން ލިޔެ ނިންމާލިއެވެ.

 

އެހިތް ގެއްލިއްޖެ ގެއްލި ފޮތި ފޮތި ވެއްޖެއެވެ. ދާނެ މިސްރާބެ ނެތި ހަފުސް ވެއްޖެއެވެ. ޅެމުން ބުނެދިނީ އެކަހަލަ އަސަރުތަކެވެ.

 

އަޑު އަހާ ލަބަލާށެވެ. ކިޔާލަދެން ހެއްޔެވެ؟ މަޑުމޮޅި ކަމާއެކު އަޝްބާ ފުރަތަަމަ ކަޑި ކިޔާލިއެވެ.

 

“އާއޭ މި ގެއްލުން ހިތޭ

އާއޭ މީ ގެއްލުން ހިތޭ

ހިތްމި ޖާނާ ދީފާވިޔަސް،

ލޯބިވީމާ މިލްކު ނުވުމުން

އާއޭ މި ގެއްލުން ހިތޭ

އާއޭ މީ ގެއްލުން ހިތޭ

ހިތްމި ޖާނާ ދީފާވިޔަސް،

ލޯބިވީމާ މިލްކު ނުވުމުން

އާއެމި ގެއްލުން ހިތޭ

 

ޖާނާ ފުރާނާ މީހަކަށް ހިބަކޮށް ދިން ނަމަވެސް ހިތުގެ މުޅި މިލްކުވެރިކަން ގެއްލިއްޖެއެވެ. ތަޤުދީރުގެ ނިޔާ އޮތްގޮތުން އެ ލޯބި އަމިއްލަ އެއްޗަކަށް ނުވިއެވެ. މިއީ ހިތުން ކުރެވޭ ފުން ޝަކުވާއެވެ. ހިތުގެ ހުރިހާ އުންމީދެއް ގެއްލި ހިތް ހަލާކުވީއެވެ.

 

**************************************

 

ލޮލަށް ބޮޑިވި ހިތި ފެނުގެ ފޮދުވަރުތަކަށް ނުބަލައި ދެވަނަ ބަޔާއެކުވެސް ކުރިއަށް ދިޔައެވެ. އޭގެ ޖާއިޒު އަސަރުތަކާއެކު މޫނުމަތިން ކުލަވަރުތައް އުތުރެމުން ދިޔައެވެ.

އުންމީދީ ބަހާރު ގެނުވެވި،

ހަރީފުގެ ހިކި ފަތަކަށް ވެއްޖެއޭ

ލޯބި ޖަންނަތުގެ ޗާލޫ ނަޔާ

ލޯތްބަކުން ދިން ސިހުން

ލޯބި ޖަންނަތުގެ ޗާލޫ ނަޔާ

ލޯތްބަކުން ދިން ސިހުން

ހިތިއެ މާޒީގައި ފިރުމާ ހަދައި،

ވަގުތު ލޯބީގައި އައިއްސާ ވަނީ

ނޭނގުމެއްގައި ވި މަޖުބޫރު ހާލާތުގާ

އާއޭ މި ގެއްލުން ހިތޭ

އާއޭ މީ ގެއްލުން ހިތޭ

ހިތްމި ޖާނާ ދީފާވިޔަސް،

ލޯބިވީމާ މިލްކު ނުވުމުން

އާއޭ މި ގެއްލުން ހިތޭ

އާއޭ މީ ގެއްލުން ހިތޭ

ހިތްމި ޖާނާ ދީފާވިޔަސް،

ލޯބިވީމާ މިލްކު ނުވުމުން

އާއެމި ގެއްލުން ހިތޭ

 

ލޯބީގެ ބަހާރު މޫސުން ފެނުމުގެ ނަސީބެއް ނުލިބުނެވެ. އޭގެ ބަދަލުގައި ދިރިއުޅުމަށް އައީ ހިތާމައިގެ ހަރީފެކެވެ. ގަސްގަހާގެހިން ފަތްތައް މިލައިގެން ފައިބަން ފެށީއެވެ. ހިތުގެ އުންމީދުތަކާއެކުވެސްމެއެވެ. ލޯބީގެ ދުން ޖަންނަތު ފެންނާނެ ކަމަށް ހީކުރެވުނެވެ. އެހެނަސް، ކުރިމަތިވީ ހީނުކުރާ ފަދަ ސިހުމެކެވެ. އަމިއްލަ ބާރު ނުފޯރުވޭ ފަދަ މަޖުބޫރު ހާލަތްތަކެއް ދިމާވީއެވެ.

 

*************************************

ނިމޭ އަތަށް އެޅިގެން ދިޔައީ ފެންވަޅެއް ފަދައިންނެވެ. ލޯބިވެ ދޫނުދީ އުޅުނު ހިތް ބިކަހާލުގައި ޖެހި ހަފުސްވީއެވެ. މާޒީގެ ހަނދާންތައް މާޔޫސް ކަމުގެ ދާނަކަށް އަޝްބާ ހޫރާލިއެވެ.

 

އޮޔާދައި ކަނޑުގެ ބާނީގައި

ބިކަވެ ނިކަމެތިވި ހިތި ނަވެކޭ

އަސްލު ނޭނގޭ ގޮތަށް ވިޔެ މިހިތުގައި ތިނަން

މާޒީގެ އެ ހާނދާންތަކުން ހިތްވި މާޔޫސްވެފައި

އާއޭ މި ގެއްލުން ހިތޭ

އާއޭ މީ ގެއްލުން ހިތޭ

ހިތްމި ޖާނާ ދީފާވިޔަސް

ލޯބިވީމާ މިލްކު ނުވުމުން

އާއޭ މި ގެއްލުން ހިތޭ

އާއޭ މީ ގެއްލުން ހިތޭ

ހިތްމި ޖާނާ ދީފާވުޔަސް،

ލޯބިވީމާ މިލްކު ނުވުމުން

އާއެމި ގެއްލުން ހިތޭ

 

ފަހު ނާރު ކުރަހައިދިނީ ވަރަށް އަސަރުގަދަ ތަޞްވީރެކެވެ. ބިޔަ ކަނޑެއްގެ ރާޅުތަކުގެ ތެރޭ އެއްވެސް މިސްރާބެއް ނެތި، ހަލާކުވަނީއެވެ. “ނަވެއް” ފަދައިން ހިތް ބާކީވެފައިވާ ވަނީއެވެ. މީހަކަށް ނޭނގޭނެހެން ހިތުގެ އަޑީގައި އެމީހެއްގެ ނަން ފަވާލެވިފައިވީ ނަމަވެސްއެވެ. މާޒީގެ ހަނދާންތައް އާވުމުން ލިބެނީ ހަމައެކަނި މާޔޫސްކަމެވެ.

 

*************************************

 

މާޒީގެ ހަނދާންތައް މާޔޫސް ކަމުގެ ދާނަކަށް އަޝްބާ ހޫރާލިއެވެ. މުޅި ލަވައިން ބުނެދިނީ އޭނާގެ ހާލެވެ. މިއަދު ކުރިމަތިވެގެން މިއުޅޭ ހާލާތެވެ.

 

ކާތަށި ދޮވެ މޫނުވެސް އަޝްބާ ދޮވެލިއެވެ. ވާހަކަ ލިޔަން ފެށުމުގެ ގޮތުން ހަމަޖެހުމެއް ލިބޭތޯއެވެ. ނަޒާން އާއި އެކު އެވެވުނު ވަގުތައް އަވާމެންދުރަކަށް ގޮސް އޮބާލީތީއެވެ. ދިޔަފަހުން އޭނާގެ ޚަބަރެއް ދަބަރެއް ވެސް ވީކީ ނޫނެވެ.

 

މިރޭވެސް މީ އެފަދަ ބަނަ ރެއެކެވެ.  އެއްވެސް ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. މުލްހަމުއާއި ހުއްބާގެ ދެބަސްވުންތަކާއި އަރާރުންތައް ވީ އިތުރެވެ. ވަރިފަށަށް ނާރައޭވެސް ބުނާކަށް ނުވާނެއެވެ. އެހާވެސް ހާލަތު މިވަނީ ގޯސް ފައްތަރެއްގައިވެ.

 

މި ނާޒުކު ހާލަތުގައި އެ އުފާވެރިކަން ވަޔާއެކު އެކު ވެއްޔަށް ވެދާނެއެވެ. އެހެން ވެއްޖެނަމައީ ބިކަވާނީ އެ ދެ ކުޑަ ކުޑަ ފުރާނައެވެ. ކޮންމެވެސް އެއްލޯބިން މަހުރޫމު ވާނެއެވެ. މަންމަ ނޫނީ ބައްޕަގެވެ. ބޮޑަށް ލަފާކުރެވެނީ ވާނީ ބައްޕައަށެވެ. ބޮޑު ޒިންމާއަކާއި  މަސްއޫލިއްޔަތެއް ބޮލު އަޅައިގެން އުޅޭ ޒިންމާދާރު ސިފައިންގެ އޮފިސަރަކަށް ވާތީއެވެ. ދަރިންނާއި އެކު އުޅެން ވަގުތު ހުސްކުރަން ދަތިވާނެ ތީވެސް އެކުއެވެ. ދަރިން ބަލަން ވަޒީފާއިން ކެނޑިދާނެހެން ހިއެއް ނުވެއެވެ. އޭނާ އެއީ މާ ގަދަރުދޭ ވަޒީފާއެކެވެ. ލޯބިކުރާ މަސައްކަތެކެވެ.

 

ހީރާޔައި ހިލައިގަވެސް ހާދަ ތަފާތުތަކެއް ހުންނާނެއެވެ.  އެފަދައިން މިއަދު ހުއްބާ އާއި މުލްހަމުގެ ލޯތްބަށްވެސް ބަދަލު އަތުވެއްޖެއެވެ. ކޫރުން އެޅި ޖެހި ބާރުގޮށުގައި ރެނދުލައިފިއެވެ.

 

” މުލްހަމް: ފުރާނައިން ލޯބިވޭ! އިރާއިރުގެ ހަނދު ވަރަށްވެސް މި ލޯބި ދުރުނުކުރެވޭނެ.” ލޯބީގެ ދާސްތާތައް އިއްވަމުން ވީ ވަޢުދުތައް ކޮބައި ހެއްޔެވެ؟ އިރު އަރާއި އޮއްސޭހެން އެގުޅުންވެސް ނިމެނީ ހެއްޔެވެ؟ ހިމަފޮދު ވާރެއާއި އެއްވެ ވެލިތައް ޗަކަވާހެން އެ ލޯބި ކިލަނބުވެގެން ދާނީ ހެއްޔެވެ؟

 

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

މި ލޯތްބާއި ތި ވަޢުދު (3)

Next

ހަގީގަތަކީ ކޮބައިހޭ؟…27

Next
May 13, 2026

ހަގީގަތަކީ ކޮބައިހޭ؟…27

Previews
May 13, 2026

މި ލޯތްބާއި ތި ވަޢުދު (3)

4 Comments!

  1. River Writes River Writes says:
    May 13, 2026 at 10:44 am

    whoot? nimunee ey? how come this is the end of the story?

    1. Isnaa says:
      May 13, 2026 at 12:03 pm

      Hii River writer
      Thank you for the comment
      Adhi vaahaka kuri ah hama othy nunimey ingey 🩵🫶😊

  2. Exxo says:
    May 13, 2026 at 12:23 pm

    Wowwwww

    1. Isnaa says:
      May 13, 2026 at 7:29 pm

      Thank you Exxo ❤️🫶
      For the lovely comment 🥀🥰
      😊

Comments are closed.

Next Episodeއާއެކޭ ލޯބިވޭ… ސާޅީސް ތިންވަނަބައި ( ހިތްދަތިކަމާއި ނިމުންނެއް އިމްތިޚާނުތައް)←


All Right Reserved!