“ޢީދުހަދިޔާ” އާއެކޭ ލޯބީވޭ ސާޅީސް ހަތަރުވަނަބައި (އަރިއަޅާލި ހަޔާތާއި މައުސޫމު ދެދަރިން)
ޚުބާބު މަންމައަށް ބަލާލާފައި ގަދަކަމުން ހީލިއެވެ. އެއްޗެއް ބުނެވޭތޯ އަނގަ ހުޅުވާލާފަވެެސް ލައްޕާ ލެވެނީއެވެ. ބުނަން ޖެހޭ އެއްޗަކުން މަންމައަށް ރޮވޭނެތީއެވެ. އެހެން އިނދެ ޚުބާބު އޭނާގެ އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައެވެ.
“ޚުބާބު: މަންމާ! ދޮންތަ ވަރިވާން ފޯމު ނަގައިފި!” ވަރަށް ކެތް ކުރަމުން ޚުބާބަށް ބުނެލެވުނެވެ. ސިހުމާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިއީ ޚުބާބު ކުރާ ސަމާސެއް ބާއެވެ؟ ހުއްބާ ވަރިވެއްޖެއްޔާ އެދެކުދިންނަށް ވަނީ ކިހިނެއް ބާއެވެ؟ ސަމާސާ ކުރަންވެސް ވަގުތެއް ވަގުތެއް ނެތީ ހެއްޔެވެ؟
**********************************************************
“ޚަބީބު: ޚުބާބު ސަމާސާ ކުރަން މީ ކޮން ގަޑިއެއް. ފެނުންތައް މަންމަ އަށް ވީގޮތް.” އާނއެކެވެ. މަންމަ އިސްޖަހައިގެން އިނދެ ރޮނީއެވެ. ބައްޕައަށް އެބަސްތައް ސަމާސާއަކަށް ހީވީހެވެ. އެކަމަކު މީ ހަޤީޤަތެވެ. މިކަން ބައްދަލުކުރެވޭނީ މަންމައާއި ބައްޕައަށެވެ. ޖެހޭ މަައްސަލައަކީ އަދި ވަރިވުމެއް ނޫނެވެ.
“ޚުބާބު: ބައްޕާ މީ ތެދެކޭ! ދޮންތަ ފޯމު ނެގީ އާއިލީ ކޯޓުން. ސާއިލު ޑިއުޓީގައި އިނީމަ އޭނައާއި ދިމާވީ.” ދައްކަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުއްޓެވެ. ކިޔައިދޭން ޖެހޭ އެތައް ކަމެއް އެބަވެއެވެ.
“ސިހުމާ: ނޫން ނޫން ތިކަން ވިޔަ ދީގެން ނުވާނެ. ހިނގާ އެކުދިން ގެއަށް.” ދެލޯ ފުހެމުން ފުހެމުން ތެދުވެ ހެދުމުގެ ރޫ ފިލުވާލިއެވެ.
“ސިހުމާ: ހިނގާ ހިނގާ” ޚަބީބަށް އިސާރާތްކުރަމުން ދިޔައެވެ. އަވަހަށް އެގެއަށް ދާން ކިޔަމުންނެވެ. އެންމެ ސިކުންތެއް ލަސްވާންވެސް އޭނާ ނޭދެއެވެ.
” ޚަބީބު: ހުސީ، މިހާރަކު ނޫން. މިހާރު އެއޮތް ބާރަ ޖަހަނީ. މާދަން ހެނދުނު ދާނީ. އިހަށް ތި ހަމަޖެހިލާ.” ވިސްނޭދޭ ފަދައަކުން ޚަބީބު ބުނެލިއެވެ. މިދަނޑިވަޅުގައި ހުސީއަށް ވިސްނޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ އެހެރަގެން ހާންތިވަނީއެވެ. ޚަބީބަށް އެނގޭބާއެވެ. އިހްސާސް ކުރެވޭ ބާއެވެ.
“ޚުބާބު: ތެދެއް މަންމާ! މިރެއަކު ނޫން. މާދަން ހެނދުނު ދާނީ.” މަންމަ ހަމައަކަށް އަޅުވާލެވޭތޯ ޚުބާބު ވެސް ބައްޕައާއި އަތްބައި ވެލިއެވެ. ސިހުމާ ހަމައަކަށް އެޅުނީ ކިތަންމެ ވާހަކައެއް ދައްކައިގެންނެވެ. އިރުއަރާއިރު އެގޭދަށުގައި ހުންނަށް ގޮތަށެވެ.
ޚަބީބު: ދަރިފުޅުވެސް ދޭ ނިދަން ދެން ބައްޕަވެސް މަންމަ ގޮވައިގެން ނިދަން މިދަނީ.” ނިދަން ދިޔައޭ ކިޔާފައި ނިދޭނެ ހެއްޔެވެ؟ އެ ލިބުނީ ހާދަ ޒަޚަމްކުރުވީ ޚަބަރެކެވެ. ދޮރީ ދަރީގެ މުޅި ދުރިއުޅުން ހަލާކު ވާން އުޅޭއިރު އެއްވެސް މަޔަކަށް ބަފަޔަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
ކޮންމެ ދަރިއަކީ މައިންބަފައިންނަށް ލިބޭ ނިޢުމަތެކެވެ. ދަރިންގެ މެދުގައި ތަފާތު ކުރުމެއް ނެތެވެ. ހަމަހަމަކަން އިސްކުރަން ޖެހޭނެއެވެ. މާތް ﷲ ދެއްވާ އެ އަމާނާތަށް ފުރިހަމަ ރައްކާތެރިކަން ދޭން ޖެހޭނެއެވެ. އެހެން ނޫނީ ފާފާވެރި ވާނެއެވެ.
ހާ ގޮވާލީ ސިހުމާ އެގޭގެ ދޮރުމަތީ ހުއްޓަވެ. ފަތިސް ނަމާދުކޮށް ހަދައިގެން އޭނާ އަވަސް އަވަހަށް އެއައީ ހުއްބާ ކައިރިއަށެވެ. ފިރިމީހާއި ހުރި ހަމައެކަނި ފިރިހެން ދަރި އޭރު ނަމާދު ފައިބައިގެން ނުވެސް އާދެ އެވެ.
ބެލްޖަހަމުން ދަނިކޮށް ބޭރުން އައިސް ވަތް މުލްހަމުއާއި ދިމާވީއެވެ. ދޮރު ހޮޅުވީ މުލްހަމް ތަޅުދަނޑިންނެވެ. ހިނިތުންވެލުން ފިޔަވައި ދުލުން އެންމެ ބަހެއް ވެސް އިއްވާނުލައެވެ. ފޯމުގައި ހުއްބާ އެއޮތީ ސޮއިކޮށްފައެވެ. އެ އާދޭސްތަކަށް އަހަރެން ބީރުކަންފަތެއް ނުދީ ސޮއި ކުރާއިރު މި ކައިވެނި ރޫޅުނީ އެވެ. ޖެހި މުށްބާރުގޮށް ބުރިވެގެން ދިޔައީއެވެ.
” ހުއްބާ: މަންމާ! ” ކޮޓަރިން ނިކުއިން ހުއްބާގެ ލޮލުގައި މަންމަ އަޅައިގަތުމުން ބުނެލިއެވެ. އެހާ ހެނދުނާ މަންމަ ފެނުމުން ވީގޮތް ބުނެދޭންވެސް އޭނާއަށް ދަތިވެއްޖެއެވެ.
ދުވެފައި ގޮސް މަންމަގެ ގައިގައި ބާރަށް ބައްދާލެވުން ގޮތެއް ވެސް ނޭނގެއެވެ. އޭނާއަށް ރޮވުނީ އިޚްތިޔާރުން ބޭރުންނެވެ. ހިފަހައްޓައިގެން މިއޮތް ހުރިހާ އިރު ހުރި ކަރުނަތައް އޮހިގަތީ ކަހަލައެވެ. ފެން ތާ ކޯރަކުން ފެން އޮހޭ ފަދައިން ހުއްބާގެ ލޮލުން ހޯސްލާފައި ފެންތައް ފައިބަމުން ދިޔައެވެ. އަމާޒެއް ނެތި މީހާ ތުރުތުރު ލާން ފެށިއެވެ. ގިސްލެވެން ނެގީ މަދު ވަގުތު ކޮޅެކެވެ. ހިތް ފުރެން ދެން ސިހުމާ ހުއްބާއަށް ރޯން ފުރުސަތު ދީގެން ހުރި ކަހަލައެވެ. ހުއްބާ ދެރަވާނެ ވަރު އޭނާއަށް އަންދާޒާ ކޮށްލަންވެސް ދައްޗެވެ. ބަލަން ޖެހޭ ކުޑަ ދެކުދިން އެބަތިއްބެވެ.
” ސިހުމާ: މުލްހަމް ދަރިފުޅާ ދަނީތަ! އިހަށް މިތާ މަޑުކޮށްލަ ބަލަ. މަންމަ ވާހަކައެއް ދައްކާލަން ބޭނުން” ކޮޓަރިއަށް ވަންނަށް ދިޔަ މުލްހަމަށް ސިހުމާ ގޮވާލިއެވެ. އެތާ މަޑުކޮށް ލުމެއް ނެތި ދާން އުޅުމުންނެވެ.
ހުއްބާގެ އަތުގައި ހިފާލައިގެން ސޯފާއާއި ދިމާލަށް ސިހުމާ ދިޔައެވެ. ދެދަރިން ސޯފާގައި ބައިންދަމުން އޭނަ ފެށިއެވެ.
” ސިހުމާ: މަންމަ ވާހަކައެއް އަހަފިން! އެއީ ތެދެއް ތައް!” ފުރަތަމަވެސް ސިހުމާ ބެލީ ދުރުދުރުން ދެވޭ ތޯއެވެ. އިވުނު ޚަބަރު އަދި ތެދަކަށް ނުވުމަކީވެސް އެކަށޭނަ ކަމެކެވެ. މިފަދަ ޒަމާނަކުން މީހުންގެ ބަހަށް ތަބާވެގެން ލިބޭނީ ލަނޑެވެ. މަޖަލަކަށް ވެސް އެފަދަ އެއްޗެއް މީހަކު ބުނެފާނެއެވެ. ދުނިޔެ މިވަނީ ހައްދުން ނައްޓާފައެވެ. ކިތަންމެ ނާޒުކު ކަމަކުވެސް ޖޯކު ޖަހަން އުޅެދާނެވެ. ހަޤީޤީ ހަޔާތެއްގެ މުހިންމު ކަން މީހާރުގެ ކުދިންނަަން ވިސްނޭނީ އަތުން ބީވީމައެވެ. އޭގެ ކުރިން ފިޔަވަޅެއް އެޅުން ނަމައޭ ހިތަށް އަރާނީ ކަންވެ ނިމޭ ފަހުންނެވެ.
ސިހުމާގެ ސުވާލާއެކު މުޅި ސިޓިންގްރޫމު ކޮޅަށް ޖެހުނެވެ. މުލްހަމް މަންމަ އަށް ބަލާލިއެވެ. ހުއްބާގެ ގިސްލުމުގެ އަޑު މެދުކެނޑުނެވެ. އޭނާގެ ކަރުނަވީ ދެލޯ ބޮޑުވިއެވެ. އެންމެފަހުން މަންމައާއި ހަމައަށް މިކަން އެނގުނީ ހެއްޔެވެ؟
“ހުއްބާ: މަންމާ… ކިހިނެއް…” ހުއްބާއަށް ވާހަކަ ދައްކަން ދަތިވިއެވެ. އޭނާގެ އަޑު ވަނީ ރުއިމުގެ ސަބަބުން ކުރަކިވެފައެވެ.
“ސިހުމާ: ހުއްބާ އެއްނޫން! ދަރިފުޅާ މުލްހަމް! ކިހިނެތްތަ މިވަނީ؟” ސިހުމާގެ ނަޒަރު ދެދަރިންނަށް ހުއްޓާލިއެވެ. “ސިހުމާ: ދަރިފުޅުމެން އިނީ ނުލާހިކު ލޯބިން؟ ދެން ކީއްވެ؟ ވިސްނާލިންތަ އެ ދެ ދަރިންނާއި މެދު.”
މުލްހަމްއަށް އިސް ޖަހާލެވުނީއެވެ. މޫނުމަތީގެ ކުލަވަރުތައް މަންމައަށް ފެންނާކަށް މުލްހަމް ނޭދެއެވެ. އޭނާ މިކަމާ އުޅި އުޅި ވަރުބަލިވެއްޖެއެވެ. ހުއްބާ ގޮތެއް ދޫނުކުރިއެވެ. ނިކަން އަޒުމުގައި އޭނާ ހުރީ އޭނާގެ ގޮތުގައެވެ. ” މުލްހަމް: މަންމާ، އިތުބާރަކީ ދިރިއުޅުން. އިތުބާރު ގެއްލުނީމަ ކިހިނެއް؟ އުޅެނީ. ހުއްބާ ދެކެ ޖާނާއި ފުރާނައިން ލޯބިވިޔަސް. އުޅެން ނެތް މީހަކާއި އެކު އުޅޭނީ ކިހިނެއް؟” އިތުބާރަކީ ދިރިއުޅުމާއި ދިރިހުރުމުގެ އެންމެ މުހިންމު އަސާސެވެ. އިތުބާރު ގެއްލިއްޖެ ނަމަ ހޯދުމަށް ދަތިވާނެއެވެ.
“ސިހުމާ: ހުއްބާ، އެނގޭތަ ކުރެވެން ތިއުޅޭ ކަމެއް؟ ” ސިހުމާ ދެރަވެފައި ހުއްބާއަށް ބަލާލިއެވެ.
“ސިހުމާ: ފިރިމީހާގެ އުނި ސިފައެއް ނެތި ވަރިއަށް އެދޭ އަންހެނަކަށް ޝުވަރުގޭގޭ ވަސްވެސް ނުޖައްސާވާނެ.” ކުޑަކޮން ސިހުމާގެ އަޑު ބާރުވެގެން ދިޔައެވެ.
“ހުއްބާ: މަންމާ، ކިހިނެއްތައް ހަމަޖެހުމެއް ނެތި އުޅޭނީ. ދެދަރިން އެވަނީ ނަފްސާނީ ބަލީގެ އަނދަވަޅެއްގެ ތެރޭއޭ،” ހުއްބާގެ އަޑުގައި ހުރީ ވޭނެކެވެ.
ސިހުމާ ކުއްލިއަކަށް ހުއްބާގެ އަތުގައި ހިފާލިއެވެ. “ސިހުމާ: ދަރިފުޅާ ވިސްނަބަލަ! ތި ކުރެވެން އުޅެނީ ނުބައި ކަމެކޭ.”
މުލްހަމް އިނީ މަންމައާއި ހުއްބާގެ ވާހަކަތައް އަޑުއަހާށެވެ. އޭނާގެ ކަންފަތް ހުރީ އެ ވާހަކަތަކާއި ދިމާލުގައެވެ. ކާނުލާ ކޮންމެ ޖުމްލައެއް އަހަމުން ދިޔައެވެ.
“ސިހުމާ: މަންމަގެ ދެދަރިން!” ސިހުމާ ލޯބިން ބުނެލިއެވެ. ” ސިހުމާ: މިކަމުގައި މަންމަ ވަރަށް މުހިންމު ވާހަކަތަކެއްް ކިޔައިދޭން ބޭނުން.”
ހަލާލު ފިރިމީހާގެ ކިބައިން ވަރިއަށް އެދެފި އަންހެނަކީ ނުބައި ވެގެންވީ އަންހެނެކެވެ. އެފަދަ އަންހެނަކަށް ޝުވަރުގޭގެ ވަސްވެސް ނުލިބޭނެ ކަމަށް އަންގަވާފައިވެއެވެ. ރަސޫލާގެ ސުންނަތާއި ކީރިތި ޤުރުއާނުން އެނގިހާމަވަނެއެވެ.
“ސިހުމާ: ރަސޫލާ ސ.ވ.މ ހަދީޘްކުރައްވަނީ” ސިހުމާ ކިޔައިދޭން އަވަސް ވެލިއެވެ. ލަސްކުރާކަށް އޭނާ ނޭދެއެވެ.
” ހުއްބާ: އާދޭ ކީކޭތޯ؟” ޝައުގުވެރިކަން ހުއްބާ ފާޅުކުރިއެވެ.
” ސިހުމާ: بَأْسٍ فَحَرَامٌ عَلَيْهَا رَائِحَةُ الْجَنَّةِ” (رواه أبو داود والترمذي)
މާނައީ: “އެއްވެސް ސަބަބަކާ ނުލައި (ޝަރުޢީ މަޤްބޫލު އުޒުރެއް ނެތި) އެކަނބަލެއްގެ ފިރިމީހާގެ ކިބައިން ވަރިއަށް އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސްވެސް ހަރާމްވެގެންވެއެވެ.” ސިހުމާ ދަލީލާއެކު ބުނެދިނެވެ.
ހުއްބާ މަންމަގެ އެ ބުނުމާއެކު ފަސްޖެހޭ ގޮތްވިއެވެ. މުޅި ހަށިގަނޑު ތުރުތުރު ލާން ފެށި ކަހަލައެވެ.
“ހުއްބާ: މަންމާ،” މާބޮޑަށް އެހިތުގައި ޖެހިއްޖެއެވެ. ކުރެވެން އުޅެނީ އެހާ ނުބައި ކަމެއް ކަން އެނގުމުންނެވެ.
ހަމަ އެވަގުތު ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ޚަބީބާއި ޚުބާބެވެ. އެމީހުން ތިބީ ހާސްވެފައެވެ. ހީވަގޮތުން ހުސީ ގެއްލިގެން ހޯދަން އުޅުނީ އެވެ. ދެމީހުންގެ މޫނުމަތިން ދާ ތިކިތައް ފޭދެމުން ދިޔައެވެ.
” ޚުބާބު: މަންމާ! ދޮންތާ! ދޮންތަބޭ!” ޚުބާބު އެތެރެއަށް ވަދެގަތެވެ. ” ޚުބާބު: ނުވެސް ބުނެލައި މަންމަ އެއައީ. އަހަރުމެން މުޅި މާލެ ބަލާފައި މިއައީ.”
ހުއްބާގެ ނަޒަރު ޚުބާބަށް ހުއްޓުނެވެ. ޚަބީބުމެން ގޮސް ސޯފާގެ އެއް އަރީގައި އިށީނދެލިއެވެ. ” ޚަބީބު: ދަރިފުޅު! ތިވަރު ބޮޑު ނިންމުމެއް ނިންމީތީވެސް ބައްޕަ ހައިރާންވޭ. އެދެކުދިންނަށް ވާނެ ގޮތެއް ހަމަ ނޭނގޭތަ. މިހާރުވެސް އެތިބީ ވެފައި ހުރި ވަރު.”
ދެމަފިރިން އެކަކު އަނެކަކަށް ބަލާލިއެވެ. ސިކުނޑި ތެރޭގެ ބޮޑު ހައިޖާނު އޭރު ފެށެނީ އެވެ. ކައިވެންޏަކީ ކުޅި ވަރަކީ ހެއްޔެވެ؟ ލޯބީގައި ހެވަށް ވި ދެ މޭވާގެ ބޭނުން ނެތީ ހެއްޔެވެ؟
“ޚަބީބު: އާޚިރަތުގެ ބާއްޖަވެރިކަން، ގެއްލޭނެ ކަމެއްތީ” ޚަބީބުގެ ބަރު އަޑުން ބުނެލިއެވެ. “ޚަބީބު: ވަރިވުމުގެ ކުރިން ދަރިފުޅުމެން އަދިވެސް ވިސްނާލާ ފިކުރުކޮށްލާ”
ބޭރުން އިވިލި ބާރު ގުގުރީގެ އަޑާއެކު ވާރޭ އޮއްސާލި އެވެ. ޖެހިލި ބާރު ވައިރޯޅިއާއެކު ގޭގެ ދޮރު ފޮތިތައް ވަޔަށް އެނބުރެން ފެށިއެވެ. ރޮމުން ރޮމުން މަންމައަށް ގޮވަމުން މުލްކު ކޮޓަރިން ނިކުމެއްގެން އަތުވެއްޖެއެވެ.
“މުލްކު: މަންމާ” ނިވީ ރޮއެގެން އަޑު އިވުނީ ތަނުގައި ހުޅެއް ޖެހިހެންނެވެ.
” މުލްހަމް: ކިހިނެއް ތަ މިވީ ދޯ؟” އުނގަން އެރި މުލްކު ފެނި މުލްހަމް ހިނިތުންވެލީއެވެ.
“ސިހުމާ: މަންމަ އެމަންޖެ ރީތިކޮށްލާ ހަދާނަން” ސިހުމާ ނިވީ ކައިރީއަށް ދިޔައެވެ. “ސިހުމާ: އަވަހަށް ހުއްޓާލާ މާމާ މިއައީއޭ.” މާމަ ދަރި މަސަލަސް ކުރަމުން ހުސީ ދިޔައެވެ. ބާރު ވަޔާއެެކު ވާރޭ ގަދަވަމުން ދިޔައެވެ.
މުލްހަމް ލޯބިން މުލްކުގެ ކޮލަށް ބޮސްދިނެވެ.”މުލްކު: ބައްޕަ ނުދާތި! މުލްކު މެން ނުލާ ދެން” އެފަދަ އެއްޗެއްް މުލްކު ބުނާނެ ކަމަކަށް އެކަކުވެސް އުންމީދެއް ނުކުރެއެވެ.
މުލްހަމަށް ދޭނެ ޖަވާބެއް ނޭނގުނެވެ. މިދަނޑިވަޅުގައި ވަކި ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ ހިނިތުންވުމަކުން ހަމަ އެއް ނުޖެހުނެވެ. މުލްކުގެ މޫނުމަތި ބަނަވިއެވެ. ދެރަވެގެން އިސްޖާހާލީއެވެ. ކުޑަކުޑަ އެދެލޮލުން ކަރުނައިގެ ތިކެއް ފައިބައިގެން ދިޔައެވެ.
“ޚަބީބު: ކާފަ ދޫނި ނުރޮއޭ. ބައްޕަ އެއް ނޫޅޭ ދާކަށް. އާދެ ކާފަ އާއެކު ބޭރަށް ގޮސްލަން. ތިއްތި ވެގެން.” ހިތުގައި ޖެހުނު ލެއް ބޮޑު ކަމުން ޚަބީބަށް ބުނެވުނެވެ. އުފަލުން ފޮޅެމުން ފޮޅެމުން މުލްކު އައިސްދާނެބާއެެވެ؟ އިހުނަށް ވުރެ ބާރަށް ރޯން ފަށާނީ ބާއެވެ؟ ހިމޭންކަމާއެކު ދެރަވެފައި ގޮޑި ނުލާ އެގޮތަށް ހަމަ އިންނާނީ ހެއްޔެވެ؟
ނުނިމޭ
(ކިޔުންތެރިންގެ ސަމާލުކަމަށް)
މިވާހަކަ ގެނެސް ދޭނީ ހަފްތާއަކު ތިންދުވަހުއެވެ. އެހެންބައިތައް ހެން މިބަިއވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ.
تقبل الله منا ومنكم
عــــــــــــــــــيد مبــــــــــــــــــــــــارك
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






Eid Mubarak ✨
تقبل الله منا ومنكم
عــــــــــــــــــيد مبــــــــــــــــــــــــارك
Wow.
Eid mubaarak
Thank you so much for the lovely comment Exxo 🥰❤️🫶🥀😊
تقبل الله منا ومنكم
عــــــــــــــــــيد مبــــــــــــــــــــــــارك