Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިޅެންއުފެއްދުންތެރި ލިޔުންދީނީލޯބި

އާއެކޭ ލޯބިވޭ… ސާޅީސް އެއްވަނަބައި (ހިތި ހަޤީގަތުގެ ކަރުނަވީ ޒަހަރުން)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
May 12, 2026 5 Mins Read
7 Comments

ބޮޑު ދެތެއްޔާއި ބިސްގަނޑު އަޅާއި ކުޑަ ތަވައެއްވެސް އޭގައި އޮތެވެ. މުލްކު މެންނަށް ގެނައި އަންނައުނާއި ޚުބާބު ގެ ބައެއް ސަމާނުވެސް ހުއްޓެވެ. ރައްޓެއްސަކަށް ގެނެސްދީފައި އޮތް ދެތިން އަތުކުރި ގަޑިއާއި ފޯނު ކަވަރުތަކެވެސް އޮތެވެ.

 

“ސިހުމާ: ދަރިފުޅާ… މީހަމަ މަންމަ އެންމެ ބޭނުންވި ސައިޒުގެ ތެއްޔެއް! މިގޭ ތެލިތަކާއި އެހާ ގުޅޭ ރީތި އެހާމެ ވަރުގަދަ ތެލިތަކެއް. ތަވާވެސް އެހާ ރަނގަޅު” ވަރަށް ބޮޑަށް ހުސީ އަށް ތެލިކޮޅު ކަމުދިޔައެވެ.

 

 

އުފަލުން ހުރެ ޚުބާބު އެއްޗެހި ހިފައިގެން ކޮޓަރިއަށް ވަނެވެ. މެންދުރު ނަމާދަށް ދާން ފެންވަރާލާއި ހަދާށެވެ. ފަޚާނައިގައި އުޅުން އިރު ހީވީ އެތަންވެސް ބިމާ ކުދިކޮށްލަފާނެ ހެންނެވެ. މާގިނައިރެއް ނުކޮށް މަތިހަދައި ލައިގެން ޚުބާބަށް ޖެހުނީ ނިކުންނާށެވެ. އެގޭގެ ފާޚާނަތައް މާނުރައްކަލީ ބާއެވެ؟ ފެންވަރަށްވެސް ވަންނަން ދަތިވީ ނޫން ހެއްޔެވެ؟ މިހެން ވަންޔާއި ގައިން ތާޙިރުވާނީވެސް ކިހިނެއް ހެއްޔެވެ؟

**************************************************************

ވުޝޫކުރަން ވަދުނަސް ހީވަނީ އެހެންފަދަ ކަމެއްހެން ނެވެ. ދިރިހުއްޓާއި މީހަކު ރޯލާ ކާލާ ފަދައެވެ. ނާމާންކަމުން ފުރިގެން އައި ގޭގެ އަމާން ގެއްލިއްޖެ އެވެ. އުޅޭ ހިތް ކެނޑި އެންމެން މާޔޫސްކޮށްލައިފިއެވެ. ހުއްބާވެސް ދެކުދިންނާއެކު މުލްހަމުގެ އެޕާޓުމެންޓަށް ބަދަލު ވެއްޖެއެވެ. އައްޑޫގައި ޑިއުޓީ ކުރަމުން ދިޔަ ފިރިމީހާ ވަގުތުން ވަގުތަށް ގެނައެވެ. އޭނާއަށް އެނގުނީތި ސިއްރުކުރަން ބޭނުން ނުވީއެވެ. މާލެ ދެވުނުއިރު ކަންތައް އޮތީ މުޅިންހެން ބޮއްސުން ލާފައެވެ. ބިރުން ގޮސް ދެދަރިން ތިބީ ނަފްސާނީ ބަލި މަޑުކަމެއްގެ ތެރޭއެވެ. އަނބިމީހާގެ ސިކުނޑި އިނީ ސުމެއްގެ އެވެ. ހަދާނެ ގޮތެއް ކުރާނެ ކަމެއް އޭނާއަށް ނޭނގެއެވެ. މީހާ ވާނީ ގަބުވެފައެވެ. މުލްހަމަށް ޖެހުނީ ހުރިހާ ކަމެއް އަލިފުން ފަށާށެވެ. އާއިލާ ހަމަޔަކަށް އަޅުވާށެވެ.

 

މުލްހަމް ފުން ނޭވާއެއްލަމުން އެނދުގެ ކަނެއްގައި އިށީނދެލިއެވެ. އޭނާގެ ކުރިމަތީގައި ތިބި ދެ ދަރިންގެ މޫނުމަތިން ފެންނަނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ބިރުވެރިކަމެކެވެ. ކުޑަކުޑަ ނިވީ އިނީ ރޯލަ ރޯލައެވެ. މިއިން ދުވަހަކު ކާއެއްޗެއް ވެސް އެއަރަށް ވަނީ ނުލެވިފައެވެ. މުލްކު އޮތީ އޭނާގެ ބޯކޮޅު ބާލީހެއްގައި ފޮރުވައިގެންނެވެ. ހީވަނީ އެ އަޑުގެ ވެރިޔާ ނިކުމެދާނެތީ މޫނު ފޮރުވީ ހެންނެވެ. ކޮންމެ ސިކުންތެއް ހުއްބާއަށް ވަނީ މަސްދުވަހަށް ވެފައެވެ. ކާއެތިކޮޅެއް އޭނާވެސް ކާހިތެއް ނުވެއެވެ.

“މުލްހަމް: ލޯބީ… ދެން ކިހިނެއް ހަދާނީވެސް؟” މުލްހަމް މަޑުމަޑުން އަހާލިއެވެ.

ހުއްބާ ޖަވާބެއް ނުދެއެވެ. އޭނާ އިނީއެވެ. ފާރުގައި ހުރި ގަޑިއަށް ނަޒަރު ދީގެންނެވެ. އެކަމަކު އޭނާގެ ދެލޮލުން ފެންނަނީ ފުސްކަމެވެ. ފުރިކަރުނަޔާއެކު އެދެލޯ ވަނީ ބެނދިފައެވެ. މުލްހަމް ގޮސް އަނބިމީހާގެ ގެ އަތުގައި ހިފާލިއެވެ. ހުއްބާގެ އަތް އޮތީ ގަނޑުފެންކޮޅެއް ފަދައިން ފިނިވެފައެވެ. އެހިކި ހަށިގަނޑު ވަނީ ކުރިއަށް ވެރެ ބޮޑަށް ވަރުދެރަވެފައެވެ،

“ހުއްބާ: މުލްހަމް… އާދޭސްކުރަން… މިހެން އުޅޭނީ ކިހިނެއް؟ ބަލާ މިދޮލުގެ ނޫރަށް ވެފައިވާ ގޮތް؟” ހުއްބާގެ އަޑު ނިކުތީ ވަރަށް އުނދަގުލުންނެވެ. އެހާމެ ލަސްލަހުންނެވެ. “ހުއްބާ: މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިއްޖެ؟ އުންމީދު ގެއްލި މީހާ ނާއުންމީދު ވެއްޖެ؟”

މުލްހަމުގެ ހިތް ބާރަށް ތެޅި ގަތެވެ. ރުޅިއަކީ އޭނާއަށް ބާރު ފޮރުވޭ އެއްޗެއް ނޫނެވެ. ރުޅި އަތުވެއްޖެ ނަމަ މިތަންވެސް ފުނޑުފުނޑު ކޮށްލެވިދާނެއެވެ. އެހާވެސް ރުޅި ގަދަވާނެއެވެ.

  ތުރުތުރު ލަމުން ދިޔަ އަތުން ހަރަކާތް ކުރަމުން ހުއްބާ ގެންދިޔައެވެ. “ހުއްބާ: މިހުރިހާ ކަމެއް މިވީ އެ މިލީއާ ހެދި. މަގޭ ދެދަރިން ދިރިހުރިކަން؟ މީ އެ މިލީހަމް ޖިންނިއަކާއެކު ހިނގި ނަހަމަ ގުޅުމެއްގެ އަނިޔާ. ” ވޭނާއިއެކު ނޭފަތް ދަމަމުން ޚުއްބާ މޫނު ފޮރުވާލިއެވެ.

އެ ވާހަކަތައް އަހާފައި މުލްހަމްގެ ދެލޯ ބޮޑުވިއެވެ. ” މުލްހަމް: ކޮއްކޮ ޖިންނިއަކާއެކު ނަހަމަ ގުޅުމެއް ހިންގީ އޭ. ކީކޭ ތިކިޔަނީ. ނިކަން ސާފުކޮށް ކިޔާބަލަ.” އެއީ އޭނާއަށް ނޭނގޭ ކަމެކެވެ. ރުޅި ގަަދަވެގެން މުލްހަމު ފަޅަފަޅައިގެން ދާންފެށިއެވެ. ބާރުބާރަށް ހަޅާތް ލަވާހެން ބުނެލިއެވެ.

” ހުއްބާ: އާ.. އޭނަ… އޭނީ… ޖިންނިއެއްގެ ދަރިއަކަށް ބަލިވެ… ބަނޑުބޮޑު ވެފައި….” ހުއްބާގެ އަޑު މުލްހަމުގެ ކަންފަތަށް ފޯރީ ހޮނު ގުގުރިއެއް ފަދައިން ހޫނު އަލިފާނުންނެވެ. މީހަކު އޭނާގެ މޫނުގައި ތަފާޔެއް ޖެހި ކަހަލައެވެ. ބާރުވެގެން ދިޔަ އެއަޑު މަޑުވެގެން ދިޔައެވެ. އިސްޖަހާލެވުމާއެކު ލޮލަށް ކަރުނަތައް ބޮޑިވެގަތެވެ. މިފަދަ ދުވަހެއް ދެކޭނީ ކިހިނެއް ހެއްޔެވެ؟

“ހުއްބާ: އެ އަންހެނާއައި ހެދި އަހަރެންގެ އާއިލާގައި. އުފެދުނު ހައިޖާނު ގަނޑުގައި. މި ކައިވެނި އަހަރުމެންގެ ހުރި ހަމައެކަނި ބޭބެ އާއި ކައިވެނި ކުރުވީ. އެދުލުން މީ ޚުބާބުގެ ދަރިއެކޭ ބުނުމުން.” ހުއްބާ ހުއްޓާކަށް ނޫޅުނެވެ. އެތާއި އޭނާގެ ތުއްތު ދެކުދިން ތިބިކަންވެސް ހަނދާން ނެތް ފަދައެވެ.

ކުއްލިއަކަށް ކޮޓަރީގެ ހުރިހާ ބޮކިތަކެއް އެއްފަހަރާހެން ނިވިއްޖެއެވެ. ބޭރަށް ނިކުއިން އިރު އެއްވެސް އަލިކަމެއް ނެތެވެ. މުޅި އެޕާޓުމެންޓަށް ވެރިވެފައި އޮތީ ކަނު އަނދިރިކަމެވެ. މުޅިގެއިން ކަރަންޓުގެ އަލި ދިޔައީއެވެ. އެ އަނދިރިގަނޑުގެ ތެރެއިން، ނިވީގެ ރުއިން ބާރުވިއެވެ. އަސުރުމަލުވަސް ގޭގައި ހިފާލިއެވެ. ޚުއްބާގެ ނޭވާ އެވަހާއެކު ތާށިވި ކަހަލައެވެ.

“އިޝްބާ: ދޮން ދޮންތާ” ވާހަަކަ ލިޔަން މޭޒު ދަށުގައި އިން އަޝްބާ ދިޔައީ ސިއްސައިގެންނެވެ. ގޮވަމުން ގޮވަމުން އައިސް ކައިރީގައި އެމަޑުކޮށްލީ ކޮއްކޮއެވެ.

“އަޝްބާ: އިޝޫ” އެނަން ކިޔާލެވުނެވެ. ރިންގުވި ފޯނާއެކު ކޮއްކޮ ގެއްލިއްޖެއެވެ. ވަށައިގެން އޭނާ ބަލާލިއެވެ. މީހެއްގެ ހިލަންވެސް ނެތެވެ. ދޮރު ހުރީ ލައްޕާފައެވެ. ތަންޑުވެސް އަޅުފާއެވެ. ފޯނު ކެނޑި ކެނޑިފައި ރިންގުވާންފެށިއެވެ. ގުޅަމުން ދިޔައީ ނުފޮރުވާ ނަންބަރަކުންއެވެ. ގަތް ގަދަބިރާއެކު ފޯނުނަގައި ‘ހަލޯ’ އޭ ބުނެލެވުނެވެ. އެއަޑުގައި ހުރި ފަސްޖެހުމާއި ހާސްކަން ނަޒާން އެންމެ ބަހަކުން ދެނެގަތެވެ.

“ނަޒާން: އަޝް ކިހިނެއް ވީ؟ ހާދަ ގޮތަކަށް.” އަޑުއައި ގޮތުން އެ ގުޅީ ނަޒާންކަން އެނގުނެވެ. އަހަރެންގެ ކަމެއްގައި އެހާ ހާސްވެގެން ތެޅިފޮޅޭނީ އޭނާއެވެ. ހިނގައި ދިޔައެ ކުޑަ ހަދިސާއިން މީހާ ބިރުން ރޫރޫ އަޅަން ފެށިއެވެ. ގޭގައި އިތުރު މީހަކުވެސް ނެތެވެ. ދެންމެ އެއައީ ކޮއްކޮގެ ސިފައިގައި ހުރި ޖިންނިއެކެވެ. އެސްފިޔަ ޖަހާލަމުން ގެއްލުނީ ތާއެވެ.

ކުޑަކޮން އަޝްބާއަށް ގިސްލެވެން ފެށުނެވެ. ނަޒާން ވަކިން ބޮޑަށް ކަންބޮޑުވިއެވެ. ކޮންމެވެސް ބޮޑު ކަމެއް ހިނގީއޭ އޭނާގެ ހިތް ބުނެލައިފިއެވެ.

“ނަޒާން: އަޝްބާ އަޝް. ކޮންތާކު ތިހުރީ ބުނޭ ގޭގަތަ.” ނަޒާންއަށް ވަގުތުން އަހާލެވުނެވެ.

” ނަޒާން: ގޭގަތަ. އަޅެ ބުނެބަލަ. ވާހަކަ ދައްކަބަލަ.” މޮޔައެއްހެން ނަޒާން ދޮރު ޖަހާފައި ބޭރަށް ނިކުމެ ސައިކަލަށް އެރިއެވެ. އޭރުވެސް ހެޑްސެޓް އިނީ ފޯނާއި ގުޅާލާފައެވެ.

” އަޝްބާ: ކޮޓަރީގައި ގޭގެ.” ހާލު ހާލުންވެސް އަޝްބާއަށް ބުނެވުނީ އެހެންނެވެ. ރުއިން ވީ ހިނދަކަށް ވުރެ ހިނދެއް ބާރެވެ.

ހިތްވަރު ލިބިގެން ބިރުވެރި ވާހަކަ ލިޔަން ފެށިޔަސް މިއަދު މިވީ ފިޑިއަކަށެވެ. ދާދި ކުޑަ ކުޑަ ހާދިސާއަކުން މުޅި މީހާ ހާންތިވީއެވެ. ދެފައި އެއްތާކު ހަރެއް ނުލައެވެ. ތިހިރަ ދެން ދުވެ ނަގަނީ އެވެ. އެހާ ވަރަށް ލޮލުން ފެން އެބަ ބާލައެވެ.

ގޭގެ ދޮރު ހުޅުވޭ ވަރުވީ ދެތިން ބުރު ޓަކި ދީގެންނެވެ. ބިރުން އަޝްބާ ހުރީ ދޮރު ހުޅުވަންވެސް ފަސްޖެހިފައެވެ. ހުޅުވާލި ދޮރުގެ ކުރިމަތީ ހުރި ނަޒާން ފެނުމާއެކު ބަޑިފަޅައިގެން ދިއައެވެ. އެމޭގައި ލައްވެ ގަނެވުނު ގޮތެއްވެސް ނޭނގުނެވެ.

“ޖެހިލުންވެ މޭތެރޭ ގޮއްވޭ

ގައިބާރު ދޫވެދާ ގޮތްވޭ

މާ ކައިރި ވާގޮތްވޭ

ސީދާ ލޮލާ ލޯ ވެލީމާ”

************************************

އެވަރު ކުޑަ އަމަލަކުންވެސް ނަޒާންގެ ހިތައް ހާސް އުފާ ލިބުނެވެ. އެފަދަ ބީހުމަކަށްވެސް އޭނާ އެދޭތާ އަޅެ ދުވަހެއް ވެއްޖެ ހެއްޔެވެ؟

“ހާދަހާ ލޯބިވޭ

ހާދަހާ ލޯބިވޭ

ހާދަހާ ލޯބިވޭ”

************************************

” ނަޒާން: ތި ހުއްޓާލަބަލަ. ހިނގާ އެތެރެއަށް.” އިތުރަށް ހާސްވުން ނޫން ކަމެއް އެ ބައްދާލުވުމުގައި ނެތެވެ.

“ހިތް މޭތެރޭ ފިތެން އުޅޭ

ލޭ ދައުރުވުން ތެދޭ ނުވޭ

މާ ކައިރި ވާގޮތްވޭ

ސީދާ ލޮލާ ލޯ ވެލީމާ”

************************************

“ހާދަހާ ލޯބިވޭ

ހާދަހާ ލޯބިވޭ

ހާދަހާ ލޯބިވޭ”

************************************

 ހިތް ފުރެދޭން ރޯލަން ނަޒާން އަޝްބާ އަށް ދިނެވެ. ގިސްޖަހަމުން އެމޭގައި ބޯއަޅައިން އޮބވެ އެތައް އިރަކު ރޮވުނެވެ. ހޫނު ކަރުނަތަކުން ނަޒާނުގެ ކޮޑުމަތީ ފޯކުރަމުން ދިޔައެވެ.

“ތުނި ތުނި ފަތިހަށި

ހެދި ހުރި އިސްކޮޅު

ލިބިހުރި ހޫރު ޕަރީއޭ

ފިނިފެން ޖަންބެކޭ ނިޔަނެތި މޫނެކޭ

ރީތި ޗާލު މަލާއޭ”

************************************

 ބޭނުންވާ ވަރަށް ރޮވުމުން މޫނު ފުހެލާފައި މާފަށް އެދުނެވެ. ” މާފަށް އެދެން! ދެންމެ ވީ ކަންތައްކަށް.” އެ ގަސްތުގައި ވީ ކަމެކެވެ. އޮޅުމަކުން ކުރެވުނު ކަމެކެވެ. އެނގިގެން ކުރެވުނު ކަމެއް ނޫނެވެ.

“ފެނިފާ އާގަންމަ ވެވެނީއޭ ހަމަ

ކުޅަދުންވަންތަ ކަމާއޭ

ފެނެޔޭ ކުޅުތިކި ދާއިރު ވަކި ވަކި

އަލިގަދަ ހުޅެވި ހަނދާއޭ”

************************************

އެދެން އެވަރު ކަމެއް ހެއްޔެވެ؟ އިޚްތިޔާރުން ބޭރުވެ އެކަހަލަ ކަމެއްވެސް ކުރެވުމަކީ އެކަށޭނަ ކަމެކެވެ. އިބިލީސް ހުންނާނީ އެފަދަ ކޮންމެ ދަނޑިވަޅަކަށް ތައްޔާރުވެއެވެ.

“ތިޔައޭ އެދޭ އަރާމަކީ

ހޯދަން އުޅޭ ނަސީބަކީ

ޔާރާގެ މަސްތީ ނަޒަރު

ފެންނަ އިހުސާސް ވީމާ”

************************************

“ހާދަހާ ލޯބިވޭ

ވާހިތުން ލޯބިވޭ

ވާހިތުން ލޯބިވޭ”

************************************

ހުޅުވިފައި ހުރި ޓީވީއަށް ދެމީހުންނަށް ބަލާލެވުނީ އެކިއެކީއެވެ. އިވެން ފެށި އިބާރާތަކުން އަޝްބާގެ ހިތް ފިނިވާ ގޮތްވިއެވެ.

“ހިއްސުތަކާ ކުޅޭ ނޭނގި ހިތާ ތޮޅޭ

އެދި ހުރި ގޮތް ގޮތް ވޭބާ

އަބަދު ހުޝާމަދު ނޭނގި ކުރާއިރު

މިހިތުގެ ހާލު އެނގޭބާ”

************************************

ބަހެއް ނުބުނެވި އިސްޖެހިފައި ދެމީހުން ތިބީއެވެ. އެކަށްވެސް ބަހެއް ކިޔާކަށް ނުކެރުނެވެ. ލަވަ ދިޔައީ ފޯރިގަދަވަމުން ލޯބި އުތުރެމުންނެވެ.

“ދިިރި ހުރިހާ ހިނދު ހިތުގެ މަގާސިދު

އޮތް ގޮތްވެސް އެނގޭނީބާ

ދޭނަމޭ ލައްޒަތު އެދިހުރި ރާހަތު

ތެދުވެރި ލޯބި ވަނީބާ”

************************************

ނޭވާ ތާށިވެ އަޝްބާ ކޮށިއަރާ ގޮތްވިއެވެ.  އޭނާ އިނީ  ވަރަށް ވަރުބަލިވެފައެވެ.  އެހާ ވަރަށް އެ ދެލޮލުން ސަބުނަމުގެ މުއިތްތައް ފޭދިއްޖެއެވެ.

“ޖާނާ ފުރާނަ ދޭނަމޭ

ޔާރާގެ ލޯބި ބޭނުމޭ

ދޭށޭ ހިފާ މީރު

ލޯބީގެ މޭވާ ދިނީމާ”

************************************

“ހާދަހާ ލޯބިވޭ

ވާހިތުން ލޯބިވޭ

ވާހިތުން ލޯބިވޭ”

************************************

 ވާހިތުން ލޯބިވާކަމާއި އިންތިހާ ލޯބިވާ ވާހަކަ ތަކުރާރުވަމުން ދިޔައެވެ. ނަޒާން ދުލުން އަޝްބާގެ އަރިހުގައި ހުރެ ކިޔަމުން ދިޔަ ކަހަލައެވެ.

“ޖެހިލުންވެ މޭތެޅޭ ގޮއްވޭ

ގައިބާރު ދޫވެދާ ގޮތްވޭ

މާ ކައިރި ވާގޮތްވޭ

ސީދާ ލޮލާ ލޯ ވެލީމާ”

************************************

“ހާދަހާ ލޯބިވޭ

ވާހިތުން ލޯބިވޭ

ހާދަހާ ލޯބިވޭ”

************************************

އިސްވެ ވާހަކަ ފެށީ ނަޒާނެވެ. އިސްއުފުލާލަމުން  “ނަޒާން:  ކިހިނެއް ތައްވީ” މަޑުމައިތިރިކަމާއެކު އޭނާ އަހާލިއެވެ.

ދުލުން ބަހެއްވެސް  އަޝްބާގެ ނިކުތީ ސިކުންތެއްގެ ފަހުންނެވެ.

“އަޝްބާ: ޖިން….ނިއެއް ފެނުނީ…. ވާހަކަ ލިޔަން އިންދާ.” އެބަސް އިވިފައި ނަޒާން އިންދިރުވާލީއެވެ. މިގޭގައި ޖިންނިން އުޅޭބާއެވެ؟ މިއޮތް ހާ ދުވަހު އަޝްބާ އެއުޅުނީ ބިރެއް ނެތި ތާއެވެ. އެއްވެސް ރައްކާތެރި ކަމެއް މިތާ ނެތީބާއެވެ؟ ނޫނިއްޔާ ލިޔަން އުޅުނު ވާހަކަ ބިރުވެރިވެގެން ރޫޚެއް ފެނުނީ ކައްނޭގެއެވެ؟

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ނޭދެން ވަކިވާކަށް 12 ވަނަ ބައި

Next

މި ލޯތްބާއި ތި ވަޢުދު (2)

Next
May 12, 2026

މި ލޯތްބާއި ތި ވަޢުދު (2)

Previews
May 11, 2026

ނޭދެން ވަކިވާކަށް 12 ވަނަ ބައި

7 Comments!

  1. Ibrahim Razeen says:
    May 12, 2026 at 9:29 am

    I loved this episode… 🙂 especially the Tv scene ❤️❤️ gud job isnan

    1. Isnaa says:
      May 12, 2026 at 1:00 pm

      Thank you Ibrahim razeen 😊🫶
      For the lovely comment 🩵

  2. Exxo says:
    May 12, 2026 at 2:29 pm

    Heyyy. Vrh salhi. Isnaan. Where are u from ???

    1. Isnaa says:
      May 12, 2026 at 4:54 pm

      Thank you Exxon ❤️
      For the lovely comment 🥰
      I’m from sh atoll🥀
      22 year’s 😊

  3. Exxo says:
    May 12, 2026 at 5:54 pm

    thx.

    1. Isnaa says:
      May 12, 2026 at 7:29 pm

      Your welcome and thank you again for the lovely comment my dear ❤️🥀🥰🫶😊

  4. shynyx inax shynyx inax says:
    May 29, 2026 at 11:56 pm

    vrh reethi

Comments are closed.

Next Episodeއާއެކޭ ލޯބިވޭ…. ސާޅީސްދެވަނަބައި (ގެއްލުން ހިތާއި ނަވު)←


All Right Reserved!