Skip to content
އެސްފިޔަ

ވަދާއުގެ ހައްޖު…

މަދަހަ: ވަދާއުގެ ހައްޖު

ސަނާއާއި ޙަމްދުން ފުރޭތީއޭ އާލަމް
ނަބިއްޔާގެ ނޫރުން ވިދާލީ މި ކައުނާތު
ސަނާއާއި ޙަމްދުން ފުރޭތީއޭ އާލަމް
ނަބިއްޔާގެ ނޫރުން ވިދާލީ މި ކައުނާތު
*****************************
ވަދާއުގެ މި ޙައްޖަށް ނިކުންނެވި އެ ހިނދުގައި
އަސްހާބު އާލުންގެ ހިތްތައް އަސަރުގައި
ލައްބައިކަ ކިޔަމުން އެ މާތް ވީ މި ބިމުގައި
ރަޙުމަތުގެ ބަރަކާތޭ ފެށުނީ އެ ދޭހުގައި

ސަނާއާއި ޙަމްދުން ފުރޭތީއޭ އާލަމް
ނަބިއްޔާގެ ނޫރުން ވިދާލީ މި ކައުނާތު

*****************************
ޢަރަފާތު ބިމުގައި ދެއްވެވި އެ މާތް ޚުޠުބާ
އަޑުއެހި އެތައް ހިތްތައް ރޮއްވާލި ދޭހުގައި
ދީނުގެ ވި ހުރިހާ އަދުލެއް ކިޔައިދެއްވެވި
އުންމަތުގެ އެންމެންނަށް ދެއްވެވި ނަޞޭޙާތު

ސަނާއާއި ޙަމްދުން ފުރޭތީއޭ އާލަމް
ނަބިއްޔާގެ ނޫރުން ވިދާލީ މި ކައުނާތު

*******************************
ދީން ފުރިހަމަވީ އާޔަތް އެ ބާވައިލެއްވި ތަނުގައި
ހިތްތައް އުފަލުން ފޮޅިލީ މާމަލުގެ ހާރުގައި
ވަދާއުގެ އެ ސަލާމް ކުރައްމުން އެކަލޭގެފާނޭ
އުންމަތުގެ އެންމެންނަށް ދެއްވެވި ނަޞޭޙާތު

******************************
ޞަލަވާތް ސަލާމް ހުރިހާ މާތްވީ އެ އަރިހުގައި
އަޅަމެންގެ ހިތްތަކުން ލޯބިން އެ ޝަފާޢަތުގައި
މަޙުޝަރުގެ ބިމުގައި ލިބޭތޯ އެ ފޮނިކަން
މާތްވީ ރަސޫލާގެ ސަނާވީ ވަދާއުގެ މި ހައްޖުގައި
އުންމަތުގެ އެންމެންނަށް ދެއްވެވި ނަޞޭޙާތް

*****************************
ސަނާއާއި ޙަމްދުން ފުރޭތީއޭ އާލަމް
ނަބިއްޔާގެ ނޫރުން ވިދާލީ މި ކައުނާތު
ވަދާއުގެ މި ޙައްޖަށް ނިކުންނެވި އެ ހިނދުގައި
އަސްހާބު އާލުންގެ ހިތްތައް ފުރުނީ އަސަރުގައި
ލައްބައިކަ ކިޔަމުން އެ މާތް ވީ މި ބިމުގައި
ރަޙުމަތުގެ ބަރަކާތޭ ފެށުނީ އަލިކުރުވި ދޭހުގައި

ސަނާއާއި ޙަމްދުން ފުރޭތީއޭ އާލަމް
ނަބިއްޔާގެ ނޫރުން ވިދާލީ މި ކައުނާތު

2 ޛުލްޙިއްޖާ 1447
19 މެއި 2026

 

މިއީ މަދަހައެއް ގޮތަށް ލިޔެފައިވާ ޅެމެކެވެ.

ޅެމުގެ މާނަ:

މުޅި އާލަމް ވަނީ މާތް ނަބިއްޔާ ﷺ އަށް ކުރެވޭ ތައުރީފާއި ސަނާއިން ފުރިފައެވެ. އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތުގެ މާތް ނޫރުން މުޅި ކައުނު ވަނީ  އުޖާލާވެ ވިދާލާފައެވެ.

ރަސޫލާ ﷺ އެކަލޭގެފާނުގެ އެންމެ ފަހު ޙައްޖަށް  އާދެ! (ވަދާއުގެ ޙައްޖަށް) ނިކުންނެވި ހިނދެވެ. އެކަލޭގެފާނުގެ އަޞްޙާބުންނާއި އާލުންގެ ހިތްތައްކަށް ބަޔާންކުރަންދަތި އަސަރައެއްކުރިއެވެ. ކަރުނުން ފުރިގެންދިޔައެވެ. އެ މާތް ބިމުގައި އެންމެން “ލައްބައިކަ” ކިޔަމުން ދިޔައިރު، މުޅި އެ ދޭހުގައި ރަޙުމަތާއި ބަރަކާތުގެ އާ ފެށުމެއް އުފެދިފައި ވިއެވެ.

 

ޢަރަފާތުގެ ބަރަކާތްތެރި ބިމެވެ. އެބިމުގައި ކޮޅަށް ހުންނަވައި ރަސޫލާ ﷺ ދެއްވީ ވަދާއުގެ ޚުޠުބާއެވެ. އެ ޚުތުބާ އަކީ އެ އަޑުއެހި އެތައް ހާސް ބައެއްގެ ހިތްތައް ރޮއްވާލި އަސަރުގަދަ ބަޔާނެކެވެ. އިސްލާމްދީނުގެ ހުރިހާ ޢަދުލުވެރި ހަމަތަކާއި ޙައްޤުތައް ކިޔައިދެއްވިއެވެ. މުޅި އުންމަތަށް އަގުނުކުރެވޭފަދަ މަތިވެރި ނަޞޭޙަތްތަކެއް ދެއްވިއެވެ.

އިސްލާމްދީން ފުރިހަމަވެއްޖެކަމުގެ މާތް އާޔަތް ބާވައިލެއްވުނު ހިނދެވެ. މުސްލިމުންގެ ހިތްތައް އުފާވެރިކަމުން ފޮޅިލީއެވެ. ރީތި މާމަލުގެ ހާރެއް ފަދައިން އުޖާލާވީއެވެ. އެއަށްފަހު، އެކަލޭގެފާނު އުންމަތަށް ވަދާއުގެ ސަލާމް ކުރެއްވި ފަދައެވެ. އެންމެ ފަހުގެ ވަޞިއްޔަތްތަކާއި ނަޞޭޙަތްތައް ތަކުރާރުކޮށް ދެއްވިއެވެ.

މާތް ނަބިއްޔާ ﷺ ގެ މައްޗަށް ޞަލަވާތާއި ސަލާމް ހުއްޓެވެ. އަޅަމެންގެ ހިތްތަކުގައިވަނީ ނުހަނު މާތްވީ ލޯތްބެކެވެ. އެދި ދެއްނެއްވެނީ، ގިޔާމަތް ދުވަހުގެ ބިރުވެރި މަޙްޝަރުގެ ބިމުގައި އެކަލޭގެފާނުގެ މާތް ޝަފާޢަތު ލިބުމެވެ. ފޮނިކަމާއި ހިޔާވަހިކަން އަޅަމެންނަށް ލިބިލެއްވުމެވެ. މިއީ އެކަލޭގެފާނު ދެއްވި ނަޞޭޙަތްތައް ހަނދާންކޮށްދިނުމެކެވެ. ވަދާއުގެ ޙައްޖުގެ ހަނދާނުގައި ކިޔޭ މާތް ސަނާއެކެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. xxx

    Okayyy

    1. Isnaa
      xxx

      ❤️

Comments are closed.