Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

މީރު މީރު އަލަނާސި ފުރައިޑް ރައީސް

Isnaa Level 610 Stories100 Comments100 Login100 Stories500 Login
May 9, 2026 2 Mins Read
0 Comments

އެތައް ބައެއްގެ މެދުގައި އަލަނާސި އަކީ އޭގެ މީރު ރަހައި ބައްޓަމުން ރީތި މަޤުބޫލު މޭވާއެވެ. މީ މޭވާ އާންމުކޮށް ހެދި އުޅެނީ ‘ޓްރްޕިކަލް’ ސަރަހައްދު ތަކުގައިއެވެ. ނަމަވެސް، މީހާރު ރާއްޖޭއިންވެސް މަދުމަދުން ފެނެއެވެ. މިއީ ތޮށިގަނޑު ހަރުކޮށް އަދި އެތެރެ މަޑު ރީނދޫ ކުލައެއްގައި ހުންނަ ފޮނި މޭވާއެކެވެ.

 

އަލަނާސި ކެއުމުން ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ އިރު އޭގެ އިދިކޮޅު ވެސް އޮވެއެވެ. ‘ ބްރޮމެލެއިން’ ކިޔާ އަލަނާސީގައި ހުންނަށް އެންޒައިމެއްގެ ސަބަބުން ކާބޯތަކެތި ފަސޭހައިން ހަޖަމުކޮށްދިނުމަށް އެހީވެދެއެވެ. ބަލިތަކުން ދިފާއު ކޮށްދޭ ބާވަތެއް ކަމުގައިވާ ‘ވިޓަމިން ސީ’ ގިނައަދަދަކަށް އެކުލެވިގެން ހުންނަކަން ފާހަގަވެއެވެ. ‘އެންޓިއޮކްސިޑެންޓް’ ގިނަވުމުގެ ސަަބަބުން ހަންގަނޑު ރީތިކޮށްދީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީވެދެއެވެ. ރިހުންތައް ލުއި ކޮށްދީ ދުޅަތައް މަޑުކުރަންވެސް އަލަނާސިއަކީ މޮޅު އެއްޗެކެވެ. އަނގަ ހިރުވުމާއި ބަނޑަށް އުނދަގޫ ވުމުގެ އިތުރުން ދަތުގެ އެނަމަލް އަށް އަސަރުކުރުމަކީ އެކަށޭނަ ކަމެކެވެ.

 

ބަރުދަން ލުއި ކުރާއިރު މިމޭވާއަކީ ކެލޮަރީ މަދުން ހިމެނުނަސް ބަނޑުފުރައިދޭނެ މޭވާއެކެވެ. ހަމައެޔާއެކު ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންތަކާއި މައުދަންތައް ލިއްބައިދޭ މޭވާއެކެވެ. އަލަނާސީ ކާން ވީ އެހެންވެ. އެކަމަކު އަލަނާސި ކާއިރު އެންމެ ރަނގަޅު ވަނީ ހެނދުނުގެ ނާސްތާގައި ބޭނުންކޮށްލުމެވެ. ނޫނީ މެންދުރު ކެއުމުގެ ކުރިން ހުސް ބަނޑާހުރެ ކެއުމެވެ. އެގައި އެކުލެވޭ ‘ނިއުޓްރިއެންޓްސް’ އެންމެ އެދެވޭ ގޮތުގައި ހަށިގަނޑަށް ފަސޭހަ ކަމާއެކު ދަމައި ގަންނާނީ އޭރުންނެވެ.

 

ޤުދުރަތީ ގޮތުން ހަކުރު އެކުލެވޭ މިމޭވާއަކީ ކެއުމުގައި ބޭނުންކޮށްލަށް ރަނގަޅު އެއްޗެކެވެ. ވަރުބަލިކަން ފިލުވައިދީ ހަކަތަ އިތުރުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މޭވާއެކެވެ. ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ސިއްހަތައް ފައިދާހުރި ކާނާ ބޭނުންކުރައްވަންވާނެއެވެ. ދުވަހީ ކެއުމުގައި ގިނައިން މޭވާއި ތަރުކާރީ ބޭނުންކުރުމަކީ ނުހަނު ނަލަ ސިފައެކެވެ.

 

 

ބޭނުންވާ ތަކެތި

2 ޖޯޑު ބަތް (ކައްކާފައި ހިހޫކޮށްފައި ހުރި ބަތް)

 

1 ޖޯޑު އަލަނާސި (ކުދިކޮށް ކޮށާފައި)

 

200 ގްރާމް ކުކުޅު މަސް (ކުދިކޮށް ކޮށާފައި)

 

4 ލޮނުމެދު (ގާނާފައި)

 

1 މެދު ސައިޒު ފިޔާ (ކޮށާފައި)

 

ކެރަޓް (ކުދިކޮށް ކޮށާފައި)

 

2 ބިސް

 

2 ސަމުސާ ސޯޔާ ސޯސް،

1 ސަމުސާ ފިޝް ސޯސް (ނެތްނަމަ ނުލިޔަސް ރަނގަޅުވާނެ)

 

ލޮނު (ރަހަލާވަރަށް)

 

1 މިރުސް

 

ތެޔޮ

 

ތައްޔާރުކުރާނެ ގޮތް

 

ތެޔޮ ފޮދެއްގެ ތެރޭގައި ކޮށާލި ކުކުޅު ކޮޅު ރަނގަޅަށް ތެލުލާލާށެވެ. އެކަމަކު މާބޮޑަށް ހަރުނުކުރުން އެދެމެވެ. ތުނިކޮން ފިޔާ ކޮށާފައި ގަނާލި ލޮނުމެދު ކޮޅާއެކު ތެއްޔެއްގައި ތެޔޮ އަޅައިގެން މީރުކުރާށެވެ. ވަކިވަރަކަށް ފިޔާގަނޑު ވަޅޯ ވީމާ ކޯށާލި ކެރެޓުކޮޅު އަޅާލާށެވެ. ހުރިހާ އެއްޗެއް ރީތިކޮށް މަޑުވަންދެން ކައްކަން ވާނެއެވެ. އޭގެ ތެރެއަށް ކުޅި ކުރަން ބޭނުންވާ ވަރަކަށް މިރުސް އަޅާލެވޭނެއެވެ. އަރިއަކަށް ތަރުކާރި ކޮޅު ޖައްސާލަފައި ދެބިސް އަޅާލާށެވެ. ބިސްތައް “ސްކްރެމްބަލް” ކޮށްލާފައި ތަރުކާރީއާއި އެއްކޮށްލާނީއެވެ. ކުދިކޮން ކޮށްފައި ހުރި އަލަނާސި ކޮޅު އަޅާނީދެެވެ. އަލަނާސި އެޅުމަށްފަހު އެއް މިނެޓާއި ދެމިނެޓާއި ދޭތެރޭ ކައްކާލަން ވާނެއެވެ. އެޔަށްފަހު ސޯޔާ ސޯސް އަދި ފިސް ސޯސް އަޅާލާށެވެ. ލޮނު އަޅާނީ ރަހަބަލާފައި ކުޑަ މިންވަރެކެވެ. ސޯޔާ ސޯހަކީވެސް ނިކަން ލޮނު ހިމެނޭ ބާވަތެކެވެ. ކައްކާ ހިހޫކޮށްފައި ހުރި ބަތް ކޮޅު އަޅާލާނީ ކުކުޅު މަސް ކޮޅު އަޅާ އެއްކޮށްލީމައެވެ. ބަތް ކޮޅު އަޅާލުމަށްފަހު ހުރިހާ އެއްޗެއް އެވަންދެން ގަދަ ގިނީގައި ކައްކާލަންވާނެއެވެ. އޭރުން ހުންނާނީ އަލަނާސި ފުރައިޑް ރައީސް ތައްޔާރުވެފައެވެ. އަލަނާސިއެއްގެ ތޮށި ގަނޑު ތެރެއަށް ބަތް ގަނޑު އަޅާ ލައިގެން ހޫނު ކޮން ކާންވީއެވެ. ކެއުމުގެ އެކަމަކު ބިސްމިން ކިޔަން އާދަކުރަން ވާނެއެވެ. ކައިނިމިގެން ހަމްދުކޮށް ޝުކުރުވެރިވާންވެސް ވާނެއެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ހިތުގެ ވިންދު 1

Next

ހަގީގަތަކީ ކޮބައިހޭ؟…23

Next
May 9, 2026

ހަގީގަތަކީ ކޮބައިހޭ؟…23

Previews
May 9, 2026

ހިތުގެ ވިންދު 1



All Right Reserved!