Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާދީނީލޯބި

އާއެކޭ ލޯބިވޭ ސާޅީސް ހަތްވަނަބައި (މޫސުމުގެ ބަރުބާދީ ކޮޅިގަނޑު)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
June 4, 2026 5 Mins Read
1 Comment

ފާނޑަކަށް ބޯ ޖަހާލަމުން ހުސީ ފޯނެއްގެ އެއްގަޑުހެން އިންނަށް އެއްޗަށް ވަނެވެ. އެންމެ ފުރަތަމަވެސް އިނީ ‘ޕަރީ’ ޖަހާފައި ރައްކާކޮށްފައި އިން ނަންބަރެވެ. ސިހުމާ ބަލާލިއެވެ. އެވީ މިލީހަމްގެ ނަންބަރަށެވެ. “ސިހުމާ: ނުވައެއް، ހަތަރެއް، ފަހެއް، ހަތެއް، އަށެއް، ދޭއް، އެކެއް.” އަޑުހަރުކޮށް ހުސީ ކިޔާ ނިންމާލިއެވެ. ޚަބީބުގެ ފޯނުގައި ޖެހިއިރު ހީވީ ގޭގައި ހުޅު ހިފި ހެންނެވެ. މިލީހަމްގެ ބިއްފަޅި އާދިމާލު ހީވީ ފުނޑުފުނޑު ކޮށްލަފާނެ ހެންނެވެ.

“ޚަބީބު: ކަންތަކާ ޖެހުނީ މި. ދަރިފުޅޫ ޚުބާބު ނިދާލެވޭތޯ ބަލާލާ ދެން” ޚަބީބުމެން ދެމަފިރިން ޚުބާބު ނިދަން ބާއްވަފައި އަވަހަށް ނިކުތީއެވެ. ލީނިޔާއާއި ގުޅާށެވެ. ފޯނު ހިފައިގެން ދިޔައީ ވެސް ބެލްކަންޏަށެވެ. ޚަބީބުގެ ފޯނަން ލީނިޔާ ޖަވާބު ދީފާނެ ބާއެވެ؟ އެންމެ ކުޑަމިނުން އެ ފޯނު ރިންގުވެދާނެބާއެވެ؟ މި ކުރަން އުޅޭ ކަންތައް ވާނެ ހެއްޔެވެ؟
****************************************************************************
ފޯނު ރިންގު ވެފައި ކެނޑެނީ އެވެ. ތިންފަހަރުވެސް ވީ އެހެންނެވެ. ހަމަ ރާގު އިވިލާފައި ކެނޑިގެން ދަނީއެވެ. ނާއުންމީދުގެ ކުލަތަކުން ދެމަފިރިންގެ މޫނުމަތި ފުފިގެން ދިޔައެވެ. މިކަން ދެން ނުވީއޭވެސް ޚަބީބުގެ ހިތައް އަރަންފެށިއެވެ.

“ޚަބީބު: ދެން ކިހިނެއް ހަދާނީވެސް. އެމަންޖެއްގެ މައުލޫމާތެއް ހޯދަން ގުޅާނީވެސް ކާކާ.” ވާންވީ ގޮތެއް ވާނޭ ގޮތެއްވެސް ޚަބީބަށް އެނގެނީ އެއް ނޫނެވެ. މިކަން ކުރެވެން އޮތީވެސް ލީނިޔާ ހުރި ތަނެއް އެނގިގެންނެވެ. ވިއްސާރަ އެކުވެގެން ތިން ދުވަސް ގެއްލި ހިގައްޖެއެވެ. މާލޭން ދިވެހި ހާލެއް ނުލިބިގެން ދެތިން ރަށަކުން ލިބޭތޯ ވެސް އަޒީލުމެން އުޅެފި އެވެ. އަދި އަލިމަގެއް މިއިން ކަމަކަށް ލިބޭގޮތެއް ނުވެއެވެ.

ގޮތެއް ނެތިފައި ހުރެ ޚަބީބު ފޯނު ޖީބަށް ލިއެވެ. އިތުރު ގޮތެއް އޮތް ތޯ ބަލަން އަލިފުޅުބޭ ކައިރިއަށް ދާން ނިންމަމުންނެވެ. ދާން ނިންމިޔަސް ދާނީ ކިހިނެއް ހެއްޔެވެ؟ މި ވިއްސާރަ ހުއްޓާކަށް ވެސް ނޫޅުނެވެ. ވައި އެހާ ބާރެވެ. ބުރިޖުގައި ދިއުން އެހާ ރަނގަޅެއް ނުވާނެއެވެ. ކަނޑުގައި ދަތުރު ކުރާއިރު ވަޔާއެކު ފެރީ ކޮޅު ކޮޅަށް ހެލޭނެވެ. ނަގާ ބިޔަ ރާޅުތަކުން ސަލާމަތް ވެވޭނެ ކަމެއް ވެސް ނޭނގެއެވެ. އެހާ ނުރައްކާތެރި ވާނެވެ.

ހަމަ ކުއްލިއަކަށް ޚަބީބުގެ ފޯނު ގޮވާލިއެވެ. ނަގައި ބަލާލިއިރު ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ.

“ޚަބީބު: އައްސަލާމް އަލައިކުމް. ކޮން ބޭފުޅެއްތޯ؟” ޚަބީބު ނުގޮތަކަށް އަހާލިއެވެ. އެކޮޅުން ސަލާމަށް ޖަވާބު ދިނީ ފިިރިހެނެވެ.

” އަޒީލު: ޚަބީބު މަބުނީ… ދެހާ ލިބިއްޖެއް…” އެއީ އަޒީލުގެ އަޑެވެ. “އަޒީލު: ތޮއްޑޫ ދޭހާ ލިބުނީ. މިގޭ ގޯތި ސިއުރާ ބުނި އިތުރަކަށް ނުލިބުނޭ. އެންމެ ދޭއްޗޭ އެގެއިންވެސް ވިއްކީ.”

“ސިހުމާ: ކާކު؟ ލީނިޔާތަ” ސިހުމާ ޔަޤީންނުވެފައި އަހާލިއެވެ. އޭނާ ހީކޮށްގެން އެހުންނަނީ ލީނިޔާކަމަށެވެ. އެކަމަކު ވީ ޒާއިނާގެ ފިރިމީހާ މިލީހަމްގެ ބައްޕަ އަޒީލަަށެވެ.

“ޚަބީބު: އެހެންތަ! މަވެސް މިއުޅެނީ އައްޑޫ މީހެއް ކައިރީވެސް ބުނެގެން ނުވޭ ޚަބަރެއް.” ސިހުމާ ކުރި ސުވާލަަށް އަޅައިވެސް ނުލާ ޚަބީބު ތަންކޮޅެއް ދުރަށް ފޯނުގައި ދިޔައެވެ.

“އަޒީލު: ރީތި ގަހު ކުރިއެއް ވެސް ހޯދަން ޖެހޭނު އަދި. އަޑުވެސް ނާހާއި ނަން ކިޔާ އެއްޗެހި ވިއްޔަ ހޯދަން މިޖެހުނީވެސް.” އަޒީލު ކުރިއަށް ގެންދިޔައެވެ. “އަޒީލު: އަދި އެންމެ މުހިންމު ކަންތައް އެ ލީނިޔާގެ ނަންބަރު ހޯދައިފިން ތައް. ”

ދާދި ކުޑަ ވަގުތު ކޮޅެއް ކުރިން ސިހުމާމާމެން ކުރީ އެކަމެވެ. ލީނިޔާގެ ނަންބަރު ހޯދައިގެން ގުޅަން އުޅުމެވެ. އެކަން އަދި ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ. ޖަވާބު ދާރީ ފޯނަށް ނުވެވޭހައި ހިނދަކު މިކަމެއް ކާމިޔާބެއް ނުވާނެއެވެ. ކޮންމެހެންވެސް ލިނީގެ ޚަބަރެއް އެގެން ޖެހޭނެއެވެ. ހުރިތަނެކެވެ. ކުރާ ކަމެކެވެ. އުޅޭ ހާލެވެ.

“ޚަބީބު: އާ އެކަން ވެއްޖެއް ނިކަން ފަސޭހައިން. ގުޅަން އުޅި އުޅި ގުޅޭ ގޮތެއް ނުވި އެކަމު. ރިންގުވެފައި ކެނޑެނީ ހަމަ.” ޚަބީބު ކިޔަިއދިނެވެ.

 

އުނދޯލި ހެއްލާލައި ހެއްލާލައި ހުސީ އިނެވެ. ދުރަށް އެ ދިޔަގޮތަށް ޚަބީބު ހުރީ ހަމަ އެ ފޯނެއްގައި ގުޅައިގެން އުޅެނީ ކާކު ކަމެއްވެސް އެނގެނީ އެއް ނޫނެވެ. އެހެން ހިޔާލުތަކުގެ ތެރޭ އިންދައި މެދު އުޑުން ވިދާގެންފައި ގުގުރާލިއެެވެ. ސިހުމާގެ ދެފައިވެސް ދިޔައި ގަނޑު ވެގެންނެވެ. ދެފައިކޮޅު ވާން ވެގެން ދިޔައެވެ.

 

“ޚަބީބު: ހުސީ އެތެރެއަށް ދަމާ. ގުގުރަަށް އެފެށީ. އެ އަޒީލު ދެހާ ލިބިގެން އެ ގުޅީ.” ކައިރީ އައިސް މަޑުކޮށްލަމުން ޚަބީބު ބުނެލިއެވެ.

މާލެއަށް އާދަޔާއި ޚިލާފަށް ވިދަމުން ދިޔައެވެ. ވިދަލާ ވިދުވާރާއެކު ހީވަނީ ތޫފާނެއް އައިސް ދާނެ ހެންނެވެ. ފެންނަމުން ދިޔައީ އެފަދަ މަންޒަރުތަކެވެެ. އެތެރެއަށް ވަދުމުގެ ކުރިން ހާމަ އުޑަށް ހުސީ ބަލާލިއެވެ. ކަޅު ދެލި ކުލައިގެ އުޑު ދިޔައީ ހުދު އަލިން ބަބުޅަމުންނެވެ.

“ސިހުމާ: ސުބުޙާނަ ﷲ ހާދަ މޫސުން ގޯސް ވީއޭ…” ބޭއިޚްތިޔާރުގައެވެ. އޭނާއަށް އަނގަމަތީގައި އެއްޅަލެވެނުވެ. “ޚަބީބު: އާ ދޯ ކީއްކުރަނީ. މާތް ﷲ ގެ ކުޅަދުންވަންތަކަން.”
ހުސީގެ ބުނުމަށް ޚަބީބު އިތުރުކޮށްލިއެވެ.

” ޚަބީބު: ދެން ނުހުރެ އާދޭ ވަންނަށް.” ފިޔަވަޅު އެތެރެއަށް އަޅަމުން އޭނާ އުޑަށް ބަލަން ހުރި ސިހުމާއަށް އިސާރަތްކުރިއެވެ.

މާ ބިރުން ހުސީ އުޅޭހެން ހީވެގެން ޚަބީބަށް ބުނެވުނެވެ.
“ޚަބީބު: ގުގުރާ އިރު ކިޔާ ދުޢާ ކިޔާލަނި ކޮން ތި ރަނގަޅުވެދާނެ.”

ދެއަތް ސިހުމާ ދުޢާއަށް އުފުލާލިއެވެ.
” ސިހުމާ: سُبْحَانَ الَّذِي يُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيفَتِهِ

މާނާ: އެކަލާނގެއަށް ގުގުރި ޙަމްދާއެކު ތަސްބީޙަ ކިޔާ، އަދި މަލާއިކަތް ބޭކަލުން އެކަލާނގެއަށް ބިރުވެތިވެވުމުން ތަސްބީޙަ ކިޔާ ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ.” އެއް ދުޢާ ނިމޭ އިރު އަނެއް ދުޢާ ފަށައެވެ.

” ސިހުމާ: اللَّهُمَّ صَيِّبًا نَافِعًا

މާނަ: އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއީ މަންފާކުރަނިވި ވާރޭއެއް ކަމުގައި ލައްވާނދޭވެ!”

ގެއްލުމެއް ވެދާނެ ކަމުގެ ބިރުވެރިކަން ވެސް އެ ހިތުގައި ބިންވަޅު ނެގިފައި ވިއެވެ. އެހެންކަމުން އެކަމަށްވެސް ދެއްނެވިއެވެ.

” ސިހުމާ: اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا، اللَّهُمَّ عَلَى الآكَامِ وَالظِّرَابِ، وَبُطُونِ الأَوْدِيَةِ، وَمَنَابِتِ الشَّجَرِ

މާނަ: އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އަޅަމެންގެ ވަށައިގެންވާ ތަންތަނަށް ވާރޭ ލައްވާނދޭވެ! އަޅަމެންގެ މައްޗަކަށް ނޫނެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އުސްތަންތަނަށާއި، ފަރުބަދަތަކަށާއި، ވާދީތަކުގެ ތެރެއަށާއި، ގަސްގަހާގެހި ފަޅާ ތަންތަނަށް (ވާރޭ ލައްވާނދޭވެ!)”

ފާރަވެރިއެއް ހެން ބަލަން ޚަބީބަށް ހުރެވުނެވެ. އޭނާގެ އަންހެނުން މިހެން ބިރުން އުޅޭތައް ފެންނަށް މީ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ދެން އެނގޭ ނޫން ހެއްޔެވެ؟ ތަކުރާރުކޮށް ދައްކަން އެއީ މާ ފަސޭހަ ކަމެއް ނޫނެވެ. އެކަމެއް ތަހައްމަލް ކުރި މީހަކަށް ނޫނީ އެކަމެއްގެ ވޭން ނޭނގޭނެއެވެ. އެކަމުން އަރައިގަތުމަށް އެއަތުގައި ހިފާ ކުރިއަށް ފިޔަވަޅު އަޅައިދިން މީހަކީ ޚަބީބެވެ. އެދުވަހު އެކަން އެހެން ދިމާވެ އެހީވެވުނީތީ މިއަދު އޭނާ އުފާކުރެވެ.

“ޚަބީބު: ޚުބާބަށް ކާއެއްޗެއް ދެވޭތޯ އުޅެން ވީނު.” ޚަބީބު ހުސީ ކުރެން އެދުނެވެ. ބަލި އެނދުގައި އޮތް ދަރިފުޅަށް ކާއެއްޗެއް ދޭށެވެ.

ނިދިފައި އޮތް ޚުބާބުގެ ހުން އޭރު ހުރީ ކުޑަކޮން ހަމައަކަށް އެޅިފައެވެ. “ޚަބީބު: ދަރިފުޅާ. އެެއްޗެއް ކާލަން ތެދުވޭ އިހަށް.” ވަރަށް ލޯތްބާއެކު ބައްޕަ ގޮވާލިއެވެ. ލޯ ހުޅުވާލަމުން ޚުބާބު ތެދުވެލިއެވެ. ފުދޭ ވަރަށް އޭނާ އިނީ ބަނޑުހައި ވެފައެވެ. ކާން ބޭނުންވެސް ވެފައެވެ.

“ޚުބާބު: ބައްޕާ، ވަރަށް ބަނޑުހައި ވެސް ވޭ. ކާލާއިރު ހޮޑު ލެވެންޔާ ކިހިނެއް ވާނީވެސް.” ކައިފިއްޔާ ހޮޑު ލެވޭނެކަން ޚުބާބު ބުނެދިނެވެ. ހޮޑު ލުމަކީވެސް ވޭން ހުރި ކަމެކެވެ. ކަރު ބުނޑުން އޯކަށް ދެމެމުން ހޮޑު ލެވޭއިރު މުޅި މީހާ ހުންނަނީ އޭތި ވެފައެވެ.

އަތުލަފި ކޮށްލައިގެން ކާގެއަށް ޚުބާބު ގެނެސް ގޮޑީގައި ބޭއްދިއެވެ. ހޫނު ހޫނު ބަތްޕެން ތަށިން އެތި ފޮދެއް އަޅައިދިނެވެ. ދިޔާ ޖޫސްތައްޓަކާއި ފެންތައްޓެއް އެޅިއެވެ.
” ދަރިފުޅު މީތި ކޮޅު ހުސްކޮށްލާތި. ޖޫސްވެސް ބޯލަންވާނެ. ގިނައިން ދިޔާ އެއްޗެހި ބޭނުން ކޮށްގެން ތި ރަނގަޅު ވާނީ.” ސަމޫސާ ލައިދެމުން މަންމަ ބުނެލިއެވެ.

ސަލާމަތުގެ އައްސޭރިއެއް ފެންނަށް ނެތް ހެން ހަޔާތުގެ ނަވު ދަތުރު ކުރަމުން ދިޔަ ކަހަލައެވެ.  މިސްރާބެއް ދެވޭ ނުދެވޭ ދިމާލެއް އެނގެނީ އެއް ނޫނެވެ.

މާލިމީއެއް ފަޅުވެރިއެއް ނެތް ދޯންޔެއްގެ ހުންގާނުގައި ހިފައިގެން ކުރާނީ ކީއްހެއްޔެވެ؟ އަމާން ފާލަކަށް ދާނީވެސް ކިހިނެއް ހެއްޔެވެ؟ ނުބައި ކޮޅަކަށް ދިޔަޔަސް ނޭނގޭނެއެވެ. އެންމެ ފަހުން ފަރަކަށް ނޭރިއްޔާ ވާސާބަހެވެ. އެވެސް ހަމަ ވެދާނެ ގޮތެއް ނޫން ހެއްޔެވެ؟

 

ވަޔާއެކު ކުޑަދޮރުތައް ތެޅެން ފެށިއެވެ. ވެރިކުރުވި ފިނިކަމާއެކު ޚުބާބު ހީގަނެގެން ކަރުގައި އަތް އަޅުވާލިއެވެ. “ޚަބީބު: ހީ ގަތީ ދޯ ދަރިފުޅާ. ހުސީ ތި ދޮރުތައް ލައްޕައި ތަޅުލަބަލަ.” ބަދީގޭގައި ތެލި ދޮންނަށް ހުރި އަނބިމީހާއަށް ބުނެލިއެވެ.

ބަލާކަށް ނުހުރެ ސިހުމާ ކުޑަދޮރުތައް ތައްޑުއަޅުވައި ބާރުކުރިއެވެ. ފިނިވެގެން ގޮސް އޭނާއަށްވެސް ކެތްވަނީއެއް ނޫނެވެ. މުޅި ހަށިގަނޑުގައި މަޑު ތުރުތުރެއް އެކުލެވިގެންވިއެވެ.

 

ކާމޭޒުދޮށުގައި އިނދެގެންވެސް ޚަބީބު ލީނިޔާއާއި ގުޅޭ ތޯ މަސައްކަތް ކުރީއެވެ. އަޑު ޖެހިލާފައި ސިކުންތެއްވެސް ނުވެ ކެނޑެނީ އެވެ. ބައްޕަގެ ހަރަކާތްތައްކަައް ބަލަ ބަލަ ޚުބާބު އިނެވެ. ކަންފަތުގައި ފޯނު ޖަހަފައި ނަގާނެއެވެ. ޖައްސާފައި ނަގާލާނެއެވެ.

 

” ޚުބާބު: ބައްޕާ، ހާދަ ވަރަށް ކާކަށް ނުގުޅިގެން ތިއުޅެނީ.” ސަމުސަލުން އެތިކޮޅެއް ނަގަމުން އަހާލިއެވެ.

 

ދަރީގެ ސުވާލު އަހާފައި ޚަބީބުގެ އަތުން ފޯނު ދޫނުވީ ކިރިޔާއެވެ. ހަމަ އެ މިނެޓު ޖަހާލި ގަދަ ވިދުވަރާއެކު މުޅިތައް ގުޑައިގެން ދިޔައެވެ. ފިހި ގަނޑު ހިފައިގެން ހުރި ސިހުމާވެސް ނުވެއްޓުނީ ކިރިޔާއެވެ.

” ޚަބީބު: އަސްތާ ހުސީ ކިރިޔާނު ނުވެއްޓުނީ ދެންވެސް ތި ތަނެއްގައި ފޫކޮޅު ޖައްސާލަބަލަ.” ޚުބާބަށް ޖަވާބެއް ދޭކަށް ނޭޅުނެވެ. މައުލޫ ބަދަލުކޮށްލީއެވެ. އަންހެނުން ވެއްޓެން އުޅުމުން އެކަން ވާންވެސް ވީއެވެ.

އެވަރުންވެސް ކަހާފައި ނޫނީ ނުއިށީނެވެ. ތަނެއްގައި އިނުމަކީ ސިހުމާއަށް ދަތިކަމެކެވެ. އަބަދުވެސް އުޅޭނީ ކޮންމެސް ކަމެއް ކޮށްލަ ކޮށްލައެވެ. ދެފައި އެއްތާކު ހަރު ނުލާނެއެވެ. ފިސާރި މުރާލި ވާނެއެވެ. ކަން ކުރަން ދަންނާނެއެވެ. ކެރޭނެވެ. ހީވާގިވެފައި ނުހަނު މުރާލިވާނެއެވެ.

” ސިހުމާ: ކޮބާ ތި ހުސްކޮށްލާ އަވަހަށް. އޭރުން ހަކަތައެއްވެސް ޖެހޭނީ ގައިގައި.” ޚުބާބުގެ ބޮލުގައި މަންމަ ފިރުމާލިއެވެ. ދެލޯ ފޯނަން އަޅައިގެން ޚަބީބު އިންނާތީ ސިހުމާ ހިތްހަމައެއް ނުޖެހުނެވެ. “ސިހުމާ: އަޅެ ތި ފޯނުން މޫނު ނަގާބަލަ. ހެޔޮނުވާނެ ސަހާދެއް މިބުނީ. މީ ވަރެއްގެ އެއްޗެއް.” މޫނު އަނބުރާލަމުން ހުސީ ކިޔައިގަތެވެ. ޚަބީބު ފޯނު ބޭއްވިއެވެ. ގުޅަން މިއުޅޭ ފަރާތަށް ގުޅިދާނެ ބާއެވެ؟ އިރުއޮއްސުމުގެ ކުރިން ހޯދަން ޖެހޭ މައުލޫމާތު ތައް ލިބިދާނެ ބާއެވެ؟ ގުޅާފައި އޮތީތީ ފެނިގެންވެސް ގުޅާނެ ބާއެވެ؟

ނުނިމޭ

 

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ދެވުނީ ވޭނޭ 72

Next

ނޭދެން ވަކިވާކަށް 16 ވަނަ ބައި

Next
June 4, 2026

ނޭދެން ވަކިވާކަށް 16 ވަނަ ބައި

Previews
June 4, 2026

ދެވުނީ ވޭނޭ 72

One Comment

  1. Exxo says:
    June 4, 2026 at 3:07 pm

    Wow

Comments are closed.



All Right Reserved!