Skip to content
އެސްފިޔަ

ވަސްމީރު ހާރަކުން…

Listen to this story Audio · 1:05 Powered by Esfiya Voice
0:00 1:05

ޅެން: ވަސްމީރު ހާރަކުން…

މާތަށް ފޮޅުނު އިރު ލޮބުވެތި އަރިހުގައި ވުމުން
މާމަލުގެ ވަސް ހިފާލި ހަނދުވަރުގެ ދާނަކުން
އުނިކަން ނުވާނެ ގޮތުގައި ލިބުމޭ އަމާޒަކީ
ނާލުން ކިރާ އެނުލެވޭ ލޯބީގެ ބާވަތުން
**********************************
އޯގާގެ ފޮނި ކަމާއެކު ލިބިދިން ސިކާޔަތުން
ދާއެއް ދަމާލެވޭހައި ވަރުނެތް އެ ހަށިގަނޑުން
ހިނިތުން ވުމާއެކީ ތެދެކޭ ގެނުވީ ބަހާރުމީ
ހިނިތުމުގެ މާނަ ގުޅިލާ ނަލަކަމުގެ ރާހަތުން
***********************************
ރޯޅީންވި ފިނި ނަޔާ ގެނުވާއި ގުޅުން
މުޅި ޒިންދަގީ އެކި ދެޔޭ ފުރިގެން
ރާނާ ގަލުން ހިތައި މޭގެ ބަރުވަނީ
ރާނެއްވި ކުލަތަކާއެކު އަލިވީ މި އަލިކަމުން
***********************************
ކާށީގެ ހަރުކަމަށް އާނ އޭ ބަދަލު ނުވޭ
ކާނަމި ޝައްކުކުރެވޭ ލަޙްޒަތުގެ އާލަމުން
ލޮނު ފެނުގެ ޒައްރަކުން ދިން ހަޔާތަކުން
ވާކަމުގެ ހިތި ފިލާނޭހެ މަޑުކަމުން
**********************************
ހާސަރުގެ އަދަބު ނެތްނަަމަ އަޒާބެކޭ !
ހާލަތު ބަދަލު ކުރާހެން ނިމިދާނެ ހިތްތަކުން
މާކޯޅި ފަރިކުރާށި އަބަދަށް ދޭދޭހުގައި
ޒާރެއް އެއިން އުތުރިދާ ވަސްމީރު ހާރަކުން

 

 

Comments (2)

  1. Saamy24

    good job

    1. Isnaa
      Saamy24

      Thank you for the lovely comment saamy24 😊

Comments are closed.