“މިއީ ފުލޯކު ވާހަކައެއް ނޫނެވެ. ނުވަތަ ހިޔާލުގައި ކުރަހާލެވޭ މަންޒަރުތަކުގެ ތަފްޞީލެއްވެސް ނޫނެވެ. މިއީ އަހަރެންގެ ހިތުގައި ޖަހަމުންދާ ކޮންމެ ވިންދަކާއެކު މިހަށިން ދޫކޮށްލާ ކޮންމެ ނޭވާޔަކާއެކު މި ސިކުނޑިޔަށް ވެރިވާ އިޙްސާސްތަކެވެ. މިހިތުގައި އުފެދޭ ޝުއޫރުތަކެވެ. ލޯބިވާ އިންސާނާއާއި ދުރުގައި އުޅުމަކީ ނުހަނު އުދަނގޫކަމެއްކަން އެންމެނަށްވެސް އެނގެއެވެ. ހުދު އަހަރެންނަށްވެސް ދެނެހުރީމެވެ. ނަމަވެސް ލޯބިވާ އިންސާނާއާއެކު އުޅުމަކީ މިހާ ދަތި އުދަނގޫ އިޙްސާސްތަކެއް ހިތަށް ވެރިކުރުވާ ކަމެއްކަން މިއަދު ތަޖުރިބާ ކުރެވިއްޖެއެވެ. އެކަނި ވަގުތުތައް ހޭދަކުރަމެވެ. […]