“ނޫން…. އަޅުގަނޑު ދޫކޮށްލާ.. ހެޔޮނުވާނެ.. އާދޭސްކޮށްފަ ބުނަން.” ހައިފާ އާދޭސް ކޮށް ރޮމުން ދިޔައެވެ. ހައިފާގެ ރުއިމުގެ އަޑާ އާދޭހުގެ އަޑު އަޔާޒަށް އިވޭހެނެއް ހިޔެއް ނުވެއެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ހައިފާގެ ކިބައިން އުފާ ހާސިލް ވެވޭތޯއެވެ. “އައްދިޔޯއި………” ކުއްލިއަކަށް އަޔާޒު ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. ހައިފާ އަވަހަށް ތެދުވެ ދުއްވައިގަތެވެ. ހައިފާއަށް ގެއާ ހަމައަށް އާދެވުނު އިރު މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު ހީވަނީ އެހެންފަދަ […]
ކުދި ފަނިފަކުސާގެ އަޑުން މުޅި މާޙައުލު ވަނީ ގުގުމާލާފައެވެ. ހައިފާ އާއި މަރިޔަނބު ރަށުގެ ބޮޑުމަގުން ހިނގަމުން އެދަނީ ދަންވުމުގެ ކުރިން ގެއާ ހަމައަށް ފޯރާތޯއެވެ. މިއީ މިހާރު އާދަވެގެން ކޮންމެ ރެއެއްގައިވެސް މިދެމައިން އުޅެން ޖެހޭ ޙާލެވެ. ހައިފާ ކްލާސްތައް ނެގުމަށްޓަކައި އަޔާޒު ގާތަށް ދާން ފެށިތާ މިހާރު މަސް ދުވަސް ވަނީ އެވެ. ކޮންމެ ރެއެއްގެވެސް ރޭގަނޑު ކެއުމަށްފަހު 9 ޖަހާއިރަށް ކްލާހަށް ދާން އޭނާ ތައްޔާރުވެއެވެ. އަޔާޒު ދިރިއުޅެމުން ދަނީ އިސްކޫލުގައި ހެޑްމާސްޓަރުން […]
މި ވާހަކަޔަކީ ހަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކަ އެކެވެ. “މަންމާ!” ހައިފާ ޚިޔާލީ ދުނިޔެއިން ހޭލައްވާލީ ހައިފާގެ ލޯބިވާ ދަރިފުޅު އެވްލީންގެ އަޑުންނެވެ. ހައިފާ އަކީ ދިރިއުޅުމުގައި އެތައް ވޭނާ ހިތާމަ ތަކެއް އުފުލާފައިވާ އަންހެނެކެވެ. “މަންމާ! އަނެއްކާ މަންްމަ ވިސްނަނީ ދޯ؟” އެވްލީން ނިކަން ލޯބިން އައިސް އޭނާގެ މަންމަގެ ކަރުނަތައް ފޮހެލަދިނެވެ. “މަންމާ! ދެން އެކަންތަކާ ނުވިސްނަބަލަ. ޕްލީޒް. އެވް މިހިރީނު މަންމައާއެކު. އެވް ކަހަލަ ކްލައުން އެއް ހުއްޓަ މަންމަ […]
1- 2006 ގައި އޮސްޓްރޭލިއާގެ ފިރިހެނަކު އީ-ބޭގައި ނިއުޒީލޭންޑު ވިއްކާލަން އުޅުނެވެ. އީބޭއިން އޭތި ޑިލީޓު ކުރިއިރު އޭގެ އަގު ތިންހާހަށް އަރާފައި ހުއްޓެވެ. 2- އިނގިރޭސިވިލާތުގެ މީހަކު ޓެލެމާރކެޓަރުންނަށް އޮޅުންބޮޅުން އެރުވުމަށް އޭނާގެ ނަން ” ޓިމް ޕްޕްޕްޕްޕްޕްޕްޕްޕްޕްރައިޒް ” އަށް ބަދަލުކުރިއެވެ. 3- ޖޭޕީ. މޯރގަން، އޭނާގެ މޫނު އެހާ ރަތްކޮށް ހުންނަނީ ކީއްވެތޯ ހޯދާ މީހަކަށް އެއްލައްކަ ޑޮލަރު ހުށަހެޅިއެވެ. އެކަމަކު އެކަކަށްވެސް ނުހޯދުނެވެ. 4- ޕްރިއަރީ ކިޔާ ކުއްތާތައް އޭގެ ސަލާމް […]
ނަމްބަރު އެކެއް: މިނަންބަރަކީ 1991 ގައި މީޑިޔާގައި ހުރި ވެބްސައިޓުތަކުގެ ޢަދަދެވެ. ( މިއަދު ގާތްގަނޑަކަށް 850 މިލިއަނެއްހާ ސައިޓުތައް އެބަހުއްޓެވެ. ) ނެބްރާސްކާގެ މެނޮވީގައި ދިރިއުޅޭ ރައްޔިތުންގެ ޢަދަދަކީވެސް އެކެކެވެ. ނަމްބަރު ސުމެއް: ގްރީކު މީހުންނާއި ރޯމް މީހުންނެއް މިނަންބަރެއް ބޭނުމެއް ނުކުރެއެވެ. ކުރީގެ ބެބިލޯނިއަނުން އީޖާދުކުރި މިނަންބަރަކީ އެންމެ ބޮޑު ނަންބަރެވެ. ނަންބަރު ތިނެއް: ވިއެޓްނާމުގެ މީހުން ޤަބޫލުކުރާ ގޮތުގައި ތިން މީހުން އެއްކޮށް ފޮޓޯ ނަގާކަށް ނުވާނެއެވެ. ސަބަބަކީ މެދުގައި ހުރި މީހާ […]
މީޝެލް ދިޔައީ ސުޕަރ މާރކެޓުން އެއްޗެހި ގަންނަމުންނެވެ. 260 ނެޕީއާއި 2 ކޭސް ކިރު ދަޅު އެއެޅީ ޓްރޯލީއަށެވެ. ދެއަހަރުގެ އެއްމާބަނޑު ދެކުދިން ކަމަށްވާ ލޫކާއި ލިލިއަން ތިބި ގޮނޑި ކުރިއަށް ޖައްސަމުން، އޭނާ ޕާސްޓާ ޕެކެޓުތަކާއި ޗޮކްލެޓުތައް ޓްރޯލީއަށް އަޅާލިއެވެ. އޭނާގެ ފަހަތުން، ފިރިމީހާ ކަމަށްވާ ކްރިސް. 34 ދިޔައީ ހަތަރު މަހުގެ ދެކުދިން ކަމަށްވާ އޮލީއާއި އޮލީވިއާ ތިބި ގޮނޑި ކުރިއަށް ޖައްސަމުންނެވެ. އެދެމަފިރިން ދިޔައީ ދެ ސަފްހާގެ ބާޒާރު ލިސްޓުގައިވާ ތަކެތި ހަމަކުރަމުންނެވެ. […]
މީގެ 4 އަހަރު ކުރިއެވެ. އޭރު އަހަރެންގެ އުމުރަކީ 17 އަހަރެވެ. ރަށުން އޯލެވެލް ނިންމުމަށްފަހު އިތުރަށް ކިޔެވުމަށްޓަކައި އަހަރެން މާލެ އައީމެވެ. ފުރަތަމަ އަހަރެން ދިއައީ ނައިޓް ކުލާހަށެވެ. އެއީ ފާސްނުވާ ބައެއް މާއްދާތައް އިތުރަށް ކިޔެވުމަށް ޓަކައެވެ. ކުލާސް ތެރެއިން އަހަރުންނަށް އެއް ކަމެއް ފާހަގަ ކުރެވެން ފެށިއެވެ. ބައެއް ފިރިހެން ކުދިން އަހަރެންނާ ދިމާއަށް މާގިނައިން ބަލާކަމެވެ. ދުވަސްތަކެއް އެތަނުގައި ފާއިތުވެ ހިނގައްޖެއެވެ. އަހަރެންނަށް އެމީހުންގެ އުނދަގޫ ފޯރަންފަށައިފި އެވެ.އެކަމާ ހެދި އަހަރެއްނަށް […]
އިރުއޮއްސޭ މަންޒަރަކީ ކިހާ ރީތި މަންޒަރެއް ހެއްޔެވެ. ހިތްގައިމެވެ. ރިއްޗެވެ. ބަލާ ބަލާ ފޫހި ނުވާފަދަ މަންޒަރެކެވެ. އެމަންޒަރު ފެނުމުން އަހަރެންގެ ދެ ލޮލުން ކަރުނަ އޮހެނީ ކީއްވެ ހެއްޔެވެ؟ އެފަދަ މަންޒަރު ދުށުމަށް އަހަރެންގެ ހިތަށް ކުޅަދާނަ ނުވަނީ ހެއްޔެވެ؟ އަހަރެންގެ ހަޔާތާ ގުޅިފައި ވަތީ ހެއްޔެވެ؟ އާއެކެވެ. އަހަރެންގެ ހަޔާތްވެސް ވަނީ އޮއްސިފައެވެ. އަލިވުމެއް ނެތެވެ. ދިރިއުޅޭނެ ހިތްވަރެއް ނެތެވެ. އުންމީދެއް ނެތެވެ. މިއީ ކޮންފަދަ ހިތްދަތި ދިރިއުޅުމެއް ހެއްޔެވެ؟ އަހަންނަށް މިލިބުނީ ފަހެ […]
އަހަރެންނަކީ އަންހެން ކުއްޖެކެވެ. “ދިވެހި މުސްލިމެކެވެ”. އަހަރެންނަށް އިނގޭ ގޮތުގައި ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމުންނެވެ. މުސްލިމަކަށް ވީތީ ކޮންމެހެން ކުރަންޖެހެނީ 2 ކަމެކެވެ. އެއީ ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމެވެ. އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަ ބައެކެވެ. އެއީ ހެދުން އެޅުމާއި އުޅުމުގައިވެސް މެއެވެ. ނަމަވެސް އަތުގެ އިނގިލިތަކުން ގުނާ ލެވޭ ވަރަށް ބުރުގާ އަޅާފައި ތިބޭ މީހުންވެސް އަހަރެން ދެކެމެވެ. ޤަބޫލު ކުރާގޮތުން ބުރުގާއެއީ މުސްކުޅިން އަޅާ އެއްޗެކެވެ. ނޫނީ އައިބެއް ފޮރުވަން އަޅާ އެއްޗެކެވެ. […]