މީގެ 4 އަހަރު ކުރިއެވެ. އޭރު އަހަރެންގެ އުމުރަކީ 17 އަހަރެވެ. ރަށުން އޯލެވެލް ނިންމުމަށްފަހު އިތުރަށް ކިޔެވުމަށްޓަކައި އަހަރެން މާލެ އައީމެވެ. ފުރަތަމަ އަހަރެން ދިއައީ ނައިޓް ކުލާހަށެވެ. އެއީ ފާސްނުވާ ބައެއް މާއްދާތައް އިތުރަށް ކިޔެވުމަށް ޓަކައެވެ. ކުލާސް ތެރެއިން އަހަރުންނަށް އެއް ކަމެއް ފާހަގަ ކުރެވެން ފެށިއެވެ. ބައެއް ފިރިހެން ކުދިން އަހަރެންނާ ދިމާއަށް މާގިނައިން ބަލާކަމެވެ. ދުވަސްތަކެއް އެތަނުގައި ފާއިތުވެ ހިނގައްޖެއެވެ. އަހަރެންނަށް އެމީހުންގެ އުނދަގޫ ފޯރަންފަށައިފި އެވެ.އެކަމާ ހެދި އަހަރެއްނަށް […]
އަހަރެންނަކީ އަންހެން ކުއްޖެކެވެ. “ދިވެހި މުސްލިމެކެވެ”. އަހަރެންނަށް އިނގޭ ގޮތުގައި ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމުންނެވެ. މުސްލިމަކަށް ވީތީ ކޮންމެހެން ކުރަންޖެހެނީ 2 ކަމެކެވެ. އެއީ ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމެވެ. އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަ ބައެކެވެ. އެއީ ހެދުން އެޅުމާއި އުޅުމުގައިވެސް މެއެވެ. ނަމަވެސް އަތުގެ އިނގިލިތަކުން ގުނާ ލެވޭ ވަރަށް ބުރުގާ އަޅާފައި ތިބޭ މީހުންވެސް އަހަރެން ދެކެމެވެ. ޤަބޫލު ކުރާގޮތުން ބުރުގާއެއީ މުސްކުޅިން އަޅާ އެއްޗެކެވެ. ނޫނީ އައިބެއް ފޮރުވަން އަޅާ އެއްޗެކެވެ. […]
މިވާހަކައަކީ އޮމާންގައި ދިރިއުޅުނު އޮމާންގެ ކުޑަ އަންހެން ކުއްޖެއްގެ ހަޤީޤީ ވާހަކައެކެވެ. މިއަންހެން ކުއްޖާގެ ވާހަކަ ކިޔާދީފައިވަނީ އޭނާގެ އެކުވެރިންނާއި ޢާއިލާގެ މީހުންނެވެ. މިވާހަކަ ފެށެނީ އޮމާންގެ ޒުވާން ފިރިހެނަކު ހުޅަނގުގެ އަންހެނަކާ ކައިވެނި ކުރާ ހިސާބުންނެވެ. އަންހެން މީހާ ހުރީ އޭނާގެ ދީން ކަމުގައިވާ ކްރިސްޓިއަން ދީނުގެ މަތީގައެވެ. ނަމަވެސް އޭނާ ދިރިއުޅުމަށްޓަކައި، އޭނާގެ ފިރިމީހާޔާ އެކު ޔަމަނަށް އައެވެ. ފިރިހެން މީހާއަކީ ރަނގަޅު ވަޒީފާއެއްގައި އުޅޭ މުދާވެރި މީހެކެވެ. މިދެމީހުންނަށް ލިބުނު ކުދިންގެ ތެރެއިން […]