މިއަދު މަރީނާ އަކީ މުސްކުޅި ބަލީގައި ދިރި އުޅުމުގެ ފަހު ދުވަސްތަށް ގުނަމުންދާ މީހެކެވެ. މަރީނާ އަށް ލިބިފައި ތިބި 2 ކުދިންގެ ތެރެއިން މަރީނާ އަށް އަބަދުވެސް އަޅާލަނީ މަރީނާގެ ހަގު ދަރި ޝާމިން އެވެ. ޝާމިން އަކީ އަޚްލާޤު ރަނގަޅު ހިތްތިރި ޒުވާނެކެވެ. މަރީނާ މެންގެ ފަޤީރު ދިރިއުޅުން މުއްސަނދި ދިރިއުޅުމަކަށް ހަދައިދީފައި ވަނީވެސް ޝާމިންގެ ބުރަ މަސައްކަތުންނެވެ. އެކަމަކު އަދިވެސް ޝާމިންގެ ޝަކުވާ އަކަށް ވެފައި ވަނީ މަންމަގެ ލޯތްބާއި ފިރިމުންތަކަށް ޝާމިން […]
މިއީ ހަޤީޤީ ހާދިސާތަކެއް މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. އެއީ މީގެ ދިހަވަރަކަށް އަހަރު ކުރިއެވެ. މިއަދަކީ އަހަރެންގެ ހަޔާތުގައި ވަރަށް މުހިއްމު ދުވަހެކެވެ. ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން އައި ދުވަސް އައިސް ޖެހުނީއެވެ. އަހަރެންގެ ހިތުގެތެޅުން ބާރުވަމުން ދިޔައެވެ. މިއަދަކީ އޯލެވެލް އިމްތިޙާންގެ ނަތީޖާ ލިބޭ ދުވަހެވެ. އަހަރެން އަމީނިއްޔާ ސްކޫލްދޮށަށް އައިސްހުރީ އަހަރެންގެ މަންމައާއިއެކުއެވެ. އަހަރެންނަކީ ކިޔެވުމަށް އެހާ މޮޅު ކުއްޖެއް ނޫނެވެ. ނަމަވެސް ރަގަޅު ނަތީޖާއެއް ލިބުމަށް މަސައްކަތްނުކުރާ ކުއްްޖެއް ނޫނެކޭ ނުބުނެވޭނެއެވެ. […]
ޝާމިން އަށް ހާއްސަ ކުރެވިފައިވާ ކޮޓަރީގައި ނުނިދިގެން ދެކޮޅަށް ފުރޮޅި ފުރޮޅި އޮށްވައި ކޮޓަރި ދޮރުހުޅުވާލި އަޑަށް ޝާމިން ބަލާލިއެވެ. ދޮރުހުޅުވާ ލުމަށްފަހު އެތެރެއަށް ވަދެގެން އައި ޒަރީނާ ފެނި ޝާމިންގެ ދެލޯބޮޑުވެގެން ދިޔައެވެ. ޒަރީނާގެ ބޯ ހާވާލާފައި ވާއިރު ގައިގައި ފޭރާމެއް ނެތެވެ. ޝާމިންގެ ހިތްބިރުން ތެޅެން ފެށުމާއެކު ޝާމިންގެ ގައިމަތީ އަޅާފައިވާ ފޮތިގަނޑުން ފޮރުވިގަތެވެ. ޒަރީނާ ހިނގާފައި އައިސް ޝާމިންގެ ގައިގައި އަޅާފައިވާ ފޮތިގަނޑު މަޑު މަޑުން ނަގަން ފެށިއެވެ. އިންތިޒާރު […]
Hey guys this is my first story and i know most of the parts are in english . and sorry about that. i thought that it was texts so better leave it that way. and please leave a comment about it. އެހަނދާންތައް….. ލީވާން: ހައި ބޭބް!! ހަވްސް ޔޫ!! އިނގޭތަ އޭމް ސޯ ހެޕީ ޒޯޔާ: ވެއިޓް، ވިލް […]
ލާރާ އާ ލިވާން ކައިރީ އަންނަން ބުނި ތަނަކީ ގ.އުފާ ގެއަށެވެ.ދެމީހުނަށް އެގެއަށް ވަދެވުމުއެކު އެތަނަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ.ކުއްލިއަކަށް އެންމެންގެ ނަޒަރު ހުއްޓިގެން ދިޔައީ ރަންކިޔަން އައި މީހުން ސަލާމް ގޮވީމައެވެ.އެމީހުނަށް އެތެރައަށް ވަނުމަށް ދައުވަތު ދިނީ ލާރާގެ މަންމައެވެ.އެއީ އޭނައަށް ހަމަހިމޭނުން ނުހުރެވޭނެތީއެވެ.ރަންކިޔަން އައި މީހުނަށް އީށީނަން ތަންދައްކާފައި ލިވާންގެ މަންމަ ދިޔައީ ޖޫސްހަދާށެވެ.އޭރުވެސް ލާރާމެންނަކަށް ވެގެންުޅޭ ގޮތެއްނޭނގެއެވެ.ލާރާގެ މަންމަ ވާހަކަ ފެއްޓިއެވެ.”އުމްމްމް.އަސްލު ލާރާމެން މިގެއަށް މި ގެނައީ އަމްމް މަންމަ އަށް އަޑުއިވިފައި […]
މީ އަޅުގަނޑުގެ 2 ވަނަ ވާހަކަ އިންތިޒާރު ކޮށްލައްވާ………………
އިންތިޒާރު ކޮށްލައްވާ :’) މި ވާހަކަޔަށް ފީޑްބެކް ދިނުމަކީ އަޅުގަނޑު ވަރަށް އެދޭކަމެއް. ކިޔުންތެރިންގެ ހިޔާލަކީ ވަރަށް މުހިންމު އެއްޗެއް ކަމުގައިދެކެން.
މަޑު ހިނގުމެއްގައި ހިނގަމުން ދިޔަ ހައިފާގެ މިސްރާބު ހުރީ އޭނާގެ ގެއާ ދިމާލަށެވެ. އޭނާ ވިސްނަމުން އެދަނީ އޭނާގެ މަންމަ އަށް އެވާހަކަ ކިޔައިދޭނެ ގޮތަކާ މެދުގައެވެ. ޔަޤީނެވެ. މަންމަ އޭނާގެ ބަހަށް އިތުބާރު ކުރާނެއެވެ. އަޔާޒުގެ ފަރާތުން ލިބިފައިވާ އަނިޔާތައް އެންމެ ރަނގަޅަށް އިނގޭނެ މީހަކީ އޭނާގެ މަންމަ އެވެ. މަންމަގެ ފަރާތުން ލިބެންވާ އެއްބާރުލުން ލިބޭނެ ކަމުގެ އުއްމީދުގައި ހިނގުން ބާރުކޮށްލީ އަވަހަށް ގެއަށް ދިއުމަށެވެ. “މަންމާ! މަންމާ!” ގެއަށް އައިސް ވަދެވުމާއެކު ހައިފާ […]
މުދައްރިސުންނާއި ބެލެނިވެރިންގެ ބައްދަލުވުން ނިންމާލާފައި އަމީނިއްޔާ ސްކޫލުން ނިކުތް އިބިރިހިމާއާއި އޭނާގެ ދަރިފުޅު އީނާ ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. އިބިރިހިމާގެ މޫނުން ފެންނަ ހިތްހަމަޖެހުމުގެ ކުލަވަރު އަދި މާ ފުޅަލެވެ. އެހެން ނުވާންވީ ހަމަ އެއްވެސް ސަބަބެއް އޮތީއެއްވެސް ނޫނެވެ. މުދައްރިސުން ވިދާޅުވި ގޮތުގައި އީނާއަކީ ކުލާހުގައި ހުރި އެންމެ އަޚުލާޤު ރަނގަޅު ދަރިވަރުންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ކިޔެވުމަށްވެސް އެހާ މޮޅީއެވެ. ގަދަ ދިހައަކަށް އަރާނެކަމަށް ވަރަށް ގިނަ މުދައްރިސުން ޔަޤީންކަން ދެއްވިއެވެ. އިބިރިހިމާ ވީ […]