Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީދީނީ

މަލަކް

Arcane_Belle Level 1
October 2, 2015 6 Mins Read
37 Comments

މިވާހަކައަކީ އޮމާންގައި ދިރިއުޅުނު އޮމާންގެ ކުޑަ އަންހެން ކުއްޖެއްގެ ހަޤީޤީ ވާހަކައެކެވެ. މިއަންހެން ކުއްޖާގެ ވާހަކަ ކިޔާދީފައިވަނީ އޭނާގެ އެކުވެރިންނާއި ޢާއިލާގެ މީހުންނެވެ. މިވާހަކަ ފެށެނީ އޮމާންގެ ޒުވާން ފިރިހެނަކު ހުޅަނގުގެ އަންހެނަކާ ކައިވެނި ކުރާ ހިސާބުންނެވެ. އަންހެން މީހާ ހުރީ އޭނާގެ ދީން ކަމުގައިވާ ކްރިސްޓިއަން ދީނުގެ މަތީގައެވެ. ނަމަވެސް އޭނާ ދިރިއުޅުމަށްޓަކައި، އޭނާގެ ފިރިމީހާޔާ އެކު ޔަމަނަށް އައެވެ. ފިރިހެން މީހާއަކީ ރަނގަޅު ވަޒީފާއެއްގައި އުޅޭ މުދާވެރި މީހެކެވެ. މިދެމީހުންނަށް ލިބުނު ކުދިންގެ ތެރެއިން އެއްކުއްޖަކީ މަލަކު ނަމަކަށް ކިޔާ މި ކުޑަ އަންހެން ކުއްޖާއެވެ.

މަލަކު ދިރިއުޅެމުން ދިޔައީ ފޯރާ މުދާވެރި ދިރިއުޅުމެއްކަމުން ދުނިޔެމަތީގައި މީހަކު ލިބުމަށް އެދޭނެ ފަދަ ކޮންމެ އެއްޗެއް އޭނާއަށް ލިބިގެންވިއެވެ. އެހެންނަމަވެސް މިއަންހެން ކުއްޖާއަށް ހަމައެކަނި އުނިވެގެންވީ އެއްޗަކީ ޢާއިލާއެކެވެ.

މައިންބަފައިން ތިބިކަމުގައި ވީނަމަވެސް މައިންބަފައިންގެ ލޯތްބާއި އަޅާލުމުން މަޙްރޫމްވެގެންވާ މި ކުއްޖާ އޭނާއާއި އެކު ވަގުތު ހޭދަ ކުރާނެ ކޮންމެވެސް މީހާކު ވުމަށް ބޭނުން ވިއެވެ. އަދި އޭނާގެ ސިއްރުތައް ކިޔާދީ ހަދާނެ ގާތް އެކުވެރިއަކު ބޭނުންވިއެވެ. ނަމަވެސް މަލަކަށް ހަމައެކަނި ފެންނަށް ތިބިހާވެސް ބަޔަކީ އޭނާފަދައިން މިނިވަންކަމާއެކު ދިރިއުޅުމުގެ ވަގުތުތައް ހޭދަކުރަމުންދާ މުއްސަނދި އަންހެން ކުދިންނެވެ. އެކުދިން ގިނަ ވަގުތުތައް ހޭދަ ކުރަނީ އެކުވެރިންނާ އެކު މަޖަލާއި ސަކަރާތުގައެވެ. އެކުދިން ކުރާ ކަންތައްތަކަށް ހުރަސް އަޅާނެބަޔަކު ނޫޅެއެވެ. އެކުދިން ހިތްއެދޭހާ ގޮތަކަށް ކަންތައް ކުރަމުން ގެންދެއެވެ.

މިހެންއުޅެމުން އެއްފަހަރެއްގައި، ޗުއްޓީ ހޭދަކޮށްލުމަށްޓަކައި މަލަކާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި ހަފިރިހެން ކުދިން ”ސަލަސަލާ“ ކިޔާ އަވަށަކަށް، ދުވަސްކޮޅަކަށް ދިޔައެވެ. އެކުދިން ދެކޮޓަރި ހިފިއެވެ. އެއީ އެއްކޮޓަރީގައި ފިރިހެން ކުދިން ނިދުމަށްޓަކައެވެ. އަދި އަނެއް ކޮޓަރީގައި މަލަކު އާއި އޭނާގެ އެކުވެރިޔާ ނިދުމަށެވެ. އެކުދިން އެކުގައި އެއްކޮޓަރިއެއްގައި ނުވަތަ ކްލަބުގައި، މަޖަލާ ސަކަރާތުގައި ދުވާލުގެ ވަގުތުތައް ހޭދަކުރެއެވެ. އަދި މެންދަމުވެ 2 ޖެހުމުން ނިދަން މަސަތްކަތް ކުރެއެވެ. އެކުދިން ދެކެމުން އައިގޮތުގައި އުފަލާ އަރާމާ މިނިވަން ކަމަކީ އެއީއެވެ.

މަލަކު އަދި އޭނާގެ އެކުވެރިޔާގެ ވެސް ރައްޓެހިވެގެންއުޅޭ (ބޯއި ފްރެންޑު) ފިރިހެން ކުއްޖަކު ހުރެއެވެ. މަލަކުގެ މި އެއްވެސް މަންޒިލެއްނެތި ދަތުރުކުރަމުންއައި ޙަޔާތުގެ ދަތުރުގައި އެއްދުވަހަކު އެހެން މީހުންގެ ފަރާތުން އެއްވެސް އުނދަގުލެއް ނުވާނޭ ފަދަ އެކަހެރި ތަނަކަށް ދިއުމަށް މަލަކު އާއި އޭނާގެ ރަހްމަތްތެރިޔާ ދެމީހުން ބޭނުންވިއެވެ. އެހެންކަމުން މަލަކުގެ އެކުވެރިޔާގެ ގެއަށް ދިއުމަށް އެމީހުން ނިންމިއެވެ. ސަބަބަކީ އެގެއަކީ އެއްވެސް ބަޔަކު ނޫޅޭ ހަމަހިމޭން ތަނެކެވެ.

މަލަކު އާއި އޭނާގެ އެކުވެރިޔާ އަދި އެދެމީހުންނާއި އެކު އުޅޭ ދެފިރިހެން ކުދިން އެގޭގެ ފެންޑާގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު މަލަކުގެ އެކުވެރިޔާ އޭނާ ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާޔާއެކު ވަކިން ކޮޓަރިއަކަށް ދިޔައެވެ. އަދި މަލަކު ބޭނުން ނަމަ އޭނާވެސް ބޭނުން ކޮޓަރިއަކަށް ދާންވީ ކަމުގައި އެކުވެރިޔާ ބުންޏެވެ.

އެހެނަސް މަލަކު ބޭނުންވީ ފެންޑާގައި ތިބެ އޭނާ ރައްޓެހިވެގެންއުޅޭ ފިރިހެން ކުއްޖާޔާ ވާހަކަ ދެއްކުމަށެވެ. ކުޑަވަގުތުކޮޅެއް ފަހުން މަލަކުގެ އެކުވެރިޔާ އޭނާއަށް ގޮވިއެވެ. އެހެންކަމުން މަލަކާއާއި އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާ އެކޮޓަރިއަށް ދިޔައެވެ. މަލަކުއާއި އޭނާގެ ބޯއި ފްރެންޑު އެކޮޓަރިއަށް ވަން އިރު އެކުވެރިޔާ އާއި އެކުވެރިޔާ އާއި އެކު ހުރި ފިރިހެން ކުއްޖާ ތިބި ހުތުރުކަން ބޮޑުގޮތް ފެނިފައި އެދެމީހުންނަށް ކުއްލި ސިހުމެއް ލިބުނެވެ. އާދެ ޒިނޭގެ ތަންމަތީގައި ތިބި މިދެމީހުންގެ ބޭނުމަކީ މަލަކު ވެސް އެމީހުންނާއި އެކަމު އެމަޖަލުގައި ބައިވެރިކުރުވުމެވެ. ނަމަވެސް ފުރަތަމަ ފަހަރަށް މި ޅަ އަންހެންކުއްޖާއަށް ލަދުވެތިކަމުގެ އިޙްސާސްތައް ކުރެވުނެވެ. މި ފާޙިޝް ޢަމަލް ހަމަލޮލުން އޭނާގެ ކުރިމަތިން ފެނުނު ހިނދު އޭނާ އޭނާގެ ރަހްމަތް ތެރިޔާއާއި ދިމާލަށް ޤަބޫލުކުރަންދަތި މޭރުމަކުން ބަލާލިއެވެ. އެއަށްފަހު ނުހަނު ރުޅިވެރިކަމާއެކު އަތްދަމާލަފައި އޭނާގެ އެކުވެރިޔާގެ ކަންކަށިމަތީ އެތިފަހަރެއް ޖެހިއެވެ. އަދި ބުންޏެވެ. ”ކަލެއަށް ތިގޮތަށް ކަންތައް ކުރަން ކެރުނީ ކިހިނަކުން ހެއްޔެވެ؟“ އަދި ވިދުވަރެއް ފަދައިން އެގޭތެރެއިން ނިކުމެގެން ދިޔައެވެ. ފުރަތަމަ ފަހަރަށް މަލަކުގެ ހަޔާތުގައި ތިމާއަކީ އެއްވެސް ގޮތެއްފޮތެއް ނެތް މީހެއްކަމުގައި ޤަބޫލު ކުރެވި އޭނާގެ މި އެއްވެސް އަގެއް ނެތްޙަޔާތާއި މެދު ވިސްނާ ފިކުރުކުރެވެން ފެށުނެވެ. މިލިބުނު ކެހިވެރިކަމުގެ ސަބަބުން މަލަކަށް ބުނެދޭން ނޭނގޭ ފަދަ ނުތަނަވަސް ކަމެއް އިހްސާސް ކުރެވެމުން ދިޔައެވެ. އަދި ހިތްހަމަ ޖައްސާލުމަށްޓަކައި ތަނަކަށް ދުވެ ފިލުމަށް ބޭނުން ވިއެވެ.

މަލަކު އޭނާގެ ގެއަށް އެނބުރި ދިޔައެވެ. އެތަނުން އިވޭނެހާ ވެސް އަޑަކީ މަލަކުގެ ޢާއިލާގެ ކުދިންނާއި އެމީހުންގެ އެކުވެރިން ލަވަޖަހާ މަޖާނަގާ އަޑެވެ. މަލަކުގެ އެކުވެރިޔާގެ ގޭގައި ކަންތައް އެދިމަވިގޮތާއި މެދު މަލަކު ނުރުހުންތެރި ވީ މިންވަރުގެ ބޮޑުކަމާއެވެ. ހިންހަމަޖެހުމެއް ހޯދުމަށްޓަކައި މަލަކު އޭނާގެ ކޮޓަރިއަށް ދުއްވައިގަތެވެ. އެތަނުން މަލަކަށް ފެންނަން ހުރިހާ ވެސް އެއްޗަކީ ފާރުތަކުގައި ހަރުކޮށްފައިވާ ފަސާދަވެރިކަން ބޮޑު ތަސްވީރުތަކެވެ. އެހެންކަމުން އެހުރިހާ ތަސްވީރުތަކެއް ނަގާ ވީދާ ހަލާކުކޮށް ކުދިކުދި ކޮށްލިއެވެ. މިހުރިހާ ކަމަކަށް ފަހު މަލަކުގެ ހަށިގަނޑަށް ވަރުބަލިކަމާ ލޮޑުކަން ވެރިވިއެވެ. ނަމަވެސް އޭނާއަށް ލިބިފައި ހުރި ނުތަނަވަސްކަމަށް ކުޑަ ލުއިކަމެއް ލިބުނުހެން ހީވިއެވެ.

މިހިސާބުން އޭނާ ނަމާދު ކުރުމަށް ބޭނުން ވިއެވެ. މަލަކު އޭނާގެ ގޭގެ ފެންޑާއަށް ދިޔައެވެ. އެއީ އެތަން ހަމަހިމޭން ވާނެ ތީއެވެ. އަދި ނަމާދު ކުރުމަށް ފަސޭހަ ވާނެތީއެވެ. އޭނާއަށް ކޮންމެހެން ވެސް ނަމާދުކުރުމަށް ބޭނުން ޖެހިއްޖެހެން ހީވިއެވެ. ނަމަވެސް ހިތާމައިގެ ކޮޅެއްނެތެވެ. މުސްލިމު ބައްޕައެއްގެ ހުރި މިއަންހެންކުއްޖާ އަކަށް ނަމާދު ކުރާނެ ގޮތެއް ނޭނގުނެވެ. އެވަގުތު މަލަކު ފާހަނައަށް ގޮސް އޭނާގެ މުޅި ހަށިގަނޑު ޠާހިރު ފެނުން ތެންމާލިއެވެ. އެހެނީ އޭނާއަށް ވުޟޫ ކުރާ ގޮތާއި ބެހޭގޮތުން އެއްވެސް ކަމެއް ނޭނގެއެވެ. ދެން މަލަކަށް އޭނާގެ މާމަގެ ނަމާދުކުރާ މުސައްލަ ފެނުނެވެ. މުސައްލަ އެޅުމަށްފަހު އޭގެ މަތީގައި ކޮޅަށް ހުއްޓުނެވެ. ހަދަންވީ ކިހިނެތްކަމެއް އޭނާއަކަށް ނޭނގުނެވެ.

އެހެންކަމުން މަލަކުގެ ހިތް އޭނާއަށް މަގުދެއްކި ގޮތަށް އެނާ ކަންތައްކުރިއެވެ. އޭނާގެ ހިތް ބުނާކަހަލައެވެ. ސަޖިދަކުރާށެވެ. އެވަގުތު މަލަކު ސަޖިދައަށް ތިރިވެ ނިކަމެތިކަމާއި އެކު ކުށްވެރިއެއް ފަދައިން އޭނާގެ ނިތްކުރި ބިންމަތީގައި ޖެއްސިއެވެ. އަދި އޭނާގެ ވެރިރައްބުގެ ޙަޟްރަތުގައި ދުޢާކުރުމުގައި އެއްގަޑިއިރު ވަންދެން ސަޖިދައިގައި އޮތެވެ. މަލަކުގެ ހިތުގައިވާ ހުރިހާ އިހުސާސްތަކެއް އޭނާގެ ވެރި ރައްބުގެ ޙަޟްރަތަށް ބަންޑުން ކޮށްލިއެވެ. މިކަންތައްތަކުގެ ސަބަބުން މަލަކަށް އިތުރު ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް މިހިސާބުން ވެސް އިތުރު ކަންތައްތައް ކުރުމަށް އޭނާގެ ހިތް އެދެން ފެށިއެވެ. އެކަމަށް ބޭނުންވިއެވެ.

ކުއްލިއަކަށް ގިނަ ދުވަސްތަކެއް ވަންދެން ނުފެނި ހުރި އޭނާގެ ބޮޑުބޭބެގެ މަތިން މަލަކު ހަދާންވިއެވެ. މަލަކުގެ ބައްޕައާއި ބޮޑުބޭބެއާއި ގުޅުން މާރަނގަޅު ނުވުމުގެ ސަބަބުން އެދެބައިމީހުން ވަނީ ވަރަށް ދުރުވެފައެވެ. މަލަކަށް ވިސްނުނު ގޮތުގައި އޭނާއަށް އެހީތެރި ވެދެވޭނެ ހަމައެކަނި މީހަކީ އެއީއެވެ. ހަމަ ވަގުތުން އެގެއަށް ދިއުމަށް އޭނާ ނިންމިއެވެ. ނަމަވެސް އޭނާ ހެދުން އަޅައިގެން ހުރިގޮތަށް އެއްފަހަރު ނަޒަރު ހިންގާލުމަށްފަހު އެފަދައިން ހެދުން އަޅައިގެން ދިއުމަށް ލަދުވެތި ވިއެވެ. އެހެން ކަމުން ނިވާކަންބޮޑު ހެދުމެއް ފެނޭތޯ އޭނާގެ ހެދުންތައް ހާވަންފެށިއެވެ. ނަމަވެސް އެވަރުގެ ހެދުމެއް ނުފެނުނެވެ. ކޮންމެ ހެދުމަކުން ވެސް މަލަކުގެ ހަށިގަނޑުގެ ބައެއް ފާޅުވާން ހުރެއެވެ. ކުއްލިއަށް މަލަކުގެ ހަނދާނަށް އައީ އެއްފަހަރެއްގައި މަލަކުގެ ބޮޑުބޭބެގެ އަންހެނުން އޭނާއަށް ދިން އަބާޔާ އަކާއި މޫނުބުރުގާއަކާއި ހަތިމެއްގެ މަތިންނެވެ. މަލަކު އެހެދުން ނަގާ އަބަޔާ ލާ މޫނުބުރުގާ އަޅާ ނިވާވިއެވެ. އަދި މަލަކުގެ މާމަގެ ޑްރައިވަރު ގާތުގައި ބޮޑުބޭބެގެ ގެއަށް ގެންގޮސް ދިނުމަށް އެދުނެވެ.

މަލަކު ބޮޑުބޭބެގެ ގެއަށް ދިޔުމުން އެ ގޭގެ ދޮރު ހުޅުވާލީ ބޮޑުބޭބެގެ އަންހެނުންނެވެ. މަލަކު ފަހަރީގެ އަތުތެރެއަށް ވެއްޓިގަނެފައި ތުއްތު ކުއްޖެއްފަދައިން ގިސްލާ ރޯން ފެށިއެވެ.

މަލަކުގެ ފަހަރިއަށް ވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް ވިސްނުނެވެ. އެހެން ކަމުން މަލަކުގެ ބޮޑުބޭބެއަށް ގޮވިއެވެ. މަލަކުގެ ބޮޑުބޭބެ ފެނުމުން ވެސް އޭނާއަށް ކަންތައް ކުރެވުނީ ހަމައެފަދައިންނެވެ. ބޮޑުބޭބެގައިގައި ބައްދައިގަނެފާ ރޯންފެށިއެވެ. ނިވާވެގެންހުރި މަލަކު ފެނުމުން ބޮޑުބޭބެއަށް، އެއީ މަލަކުކަން ވެސް ނޭނގުނެވެ. ބޮޑުބޭބެއަށް އެއީ މަލަކުކަން އެނގުމުން އޭނާ ހަމަޖައްސާފައި ގޮނޑިއެއްގައި ބޭންދިއެވެ. އަދި މަލަކާއި އެކު އިށީނދެ ވާހަކަ ދައްކަން ފެއްޓިއެވެ.

މަލަކު ބުނި ގޮތުގައި މަލަކަށް އެންމެ ފުރަތަމަ ފަހަރަށް ލޯތްބާއި އަޅާލުމަކީ ކޮބައިކަން އިޙުސާސް ކުރެވުނީ އެހިސާބުންނެވެ. ދެން އޭނާ އޭނާގެ ބޮޑުބޭބެގެ ދަރިފުޅާ ބައްދަލު ކުރުމަށް އެދުނެވެ. އަދި ބޮޑު ބޭބެގެ ދަރިފުޅު އައުމުން، މަލަކަށް ނަމާދުކުރަން ދަސްކޮށްދިނުމަށް އޭނާގެ ކިބައިން މަލަކު އެދުނެވެ. މަލަކަށް ނަމާދުކުރަން ދަސްވުމުން، އޭނާ ހުރި ކޮޓަރިއަށް އެއްވެސް މީހަކު ނައުމަށް އެދުނެވެ. އަދި ތިން ދުވަސް ވަންދެން އެކަނިމައިއެކަނި ހުރުމަށް ބޭނުން ވާކަމަށް ބުންޏެވެ.

އެއަށްފަހު މަލަކު އޭނާގެ ބޮޑުބޭބެ ގާތުން އެހިއެވެ. ”އަހަރެން ޤުރުއާން ހިތު ދަސްކުރުމަށް ކިހާ ދުވަހެއް ބޭނުން ވާނެ ހެއްޔެވެ؟“ މަލަކަށް، މަދުވެގެން ފަސް އަހަރު އެކަމަށް ބޭނުން ވާނެ ކަމުގައި ބޮޑުބޭބެ ބުންޏެވެ. ނަމަވެސް އޭނާ މިވަރުން ހިތްހަމައެއް ނުޖެހުނެވެ. އަދި ބުންޏެވެ. ”އެހާދުވަސް ވާއިރު އަހަރެން މަރުނުވެ ދުނިޔޭގައި ހުރެދާނެ ބާއެވެ؟“

އެހެންކަމުން މަލަކު އޭނާގެ މަސައްކަތް ފެށިއެވެ. ޤުރުއާން ހިތުދަސް ކުރުމުގެ ބުރަބޮޑު މަސަތްކަތް ފެށިއެވެ. މަލަކަށް މިލިބުނު އާ ޙަޔާތުގައި އޭނާ ވަރަށް އުފާވެރިކަމާއި ހިންހަމަ ޖެހުމުގައި ވިއެވެ. އޭގެފަހުން ދެމަސް ފާއިތުވިތަނާ މަލަކުގެ ބައްޕައަށް މަލަކު ގޭގައި ނޫޅޭކަން އެނގުނެވެ. އެހެންކަމުން މަލަކު ވީތަނެއް ހޯދަން ފެށިއެވެ.

މަލަކު ވީ އޭނާގެ ބޮޑުބޭބެގެ ގޭގައިކަން އެނގުމުން ވަރަށް ރުޅިއައެވެ. މަލަކު ބައްޕަ މަލަކު އަނބުރާ ގެންދިއުމަށް އެގެއަށް ދިޔައެވެ. ނަމަވެސް އެގެއަށް އެނބުރި ދިއުމަށް އޭނާ އިންތިހާއަށް ދެކޮޅު ހެދިއެވެ. އެންމެ ފަހުން މަލަކު ނިންމީ އޭނާގެ ކާފަގެ ގޭގައި ގޮސް އުޅުމަށެވެ. އެއީ އެމައްސަލަ ގަނޑު ނިންމާލުމަށެވެ.

މަލަކަށް މުހިއްމު ކަމަކަށްވީ އޭނާގެ މަޤްސަދު ޙާޞިލް ކުރުމެވެ. އެއީ ޤުރުއާނު ހިތުދަސް ކުރުމެވެ. މަލަކު އެންމެ ތިންމަސް ދުވަސް ތެރޭ ޤުރުއާން ހިތުދަސްކޮށް ނިންމިއެވެ. މިކަމުގެ އުފަލުގައި އޭނާގެ ބޮޑުބޭބެއަށާއި އޭނާގެ ޢައިލާ މީހުނަށް ގުޅާ އޭނާގެ ގާތަށް އައުމަށް އެދުނެވެ. އެއީ އޭނާއަށް ޤުރުއާން އެކަށް ހިތުދަސް ވީކަމުގެ އުފާފާޅު ކުރުމަށެވެ. އަދި މި އުފާވެރި މުނާސަބާ ވަރަށް އަވަސް ކުރުމަށް މަލަކު އެދުނެވެ. އެމީހުން މިކަމާއި ވަރަށް ގަޔާވެ އުފާވިއެވެ. އެހެންކަމުން އަވަހަށް މަލަކު ގާތަށް އެންމެން ދިޔައެވެ.

މަލަކު ހުރި ގެއަށް އެމީހުން ދިއުމުން، މަލަކު ނަމާދު ކުރަން ހުރި ކަމަށް އެމީހުންނަށް ބުނެވުނެވެ. އަދި މަލަކުގެ އުފާވެރި މޫނު ދުށުމަށް އެދި ކެތްމަދުވެފައި އިންތިޒާރުގައި ތިއްބެވެ. ވަގުތުތައް ހިނގަމުންދެއެވެ. އެތައް އިރެއް ފާއިތުވެގެން ދިޔައިރު ވެސް މަލަކުގެ ޚަބަރެއް ނުވިއެވެ. އެހެން ކަމުން މަލަކުގެ ތިމާގެ އަންހެން ކުއްޖާ މަލަކުގެ ކޮޓަރިއަށް ދިއުމަށް ނިންމިއެވެ. އާދެ ކެތްމަދުވެފައިވާ ހިތްތަކަށް ހިތާމަވެރިކަން ވެރިވެއްޖެ އެވެ. މަލަކުގެ ކޮޓަރިއަށް ވަން ހިނދު ޤުރުއާނު މޭމަތީގައި ބާއްވައިގެން މުސައްލަމަތީ އަބަދުގެ އަބަދަށް ދެމިގެންވާ ނިންޖަކުން ނިދާފައިވާ މަލަކު ފެނުނެވެ. އާނއެކެވެ. ތިބާ އެޖުމްލަ ތިކީ ހަމަ ރަނގަޅަށެވެ. މަލަކު އޮތީ ޤުރުއާނު އޭނާގެ މޭމަތީ، އޭނާ އެޤުރުއާނު ރައްކާ ކުރި ހިތުގެ ކައިރީގައި ބާއްވައިގެން އޭނާގެ ނަމާދުކުރާ މުސައްލަމަތީ މަރުވެފައެވެ.

މަލަކުގެ މުޅި ޢާއިލާއަށް ބޮޑު ހިތާމައެއް ލިބުނެވެ. ނަމަވެސް އެމީހުންނަށް ދެން ޖެހޭނީ މަލަކު ވަޅުލާށެވެ. އެހެންކަމުން އެމީހުން މަލަކުގެ ބައްޕައަށް ގުޅިއެވެ. ނަމަވެސް މަލަކު އޭނާގެ ކާފަގެ ގާތުގައި، އޭނާގެ މަންމަ އިސްލާމްވުމުގެ ކުރިން އޭނާގަތާށް އައުމަށް ނޭދޭ ކަމުގައި ބުނެފައިވެއެވެ. މަލަކުގެ ބޭބެއިންނާއި ދައްތަމެން ވެސް އައެވެ. އަދި އެމީހުން މަލަކު ހިނަވަން ފެށިއެވެ. މަލަކު ހިނެވީ މަލަކުގެ ބޮޑުބޭބެގެ އަންހެން ދަރިފުޅެވެ. އެފަހަރުވީ މަލަކުގެ ބޮޑުބޭބެގެ އަންހެން ދަރިފުޅު މައްޔިތަކު ހިނެވި ފުރަތަމަ ފަހަރު ކަމުގައެވެ. އެހެނަސް އެމީހުން އެކަން ކުރީ އެމީހުންނަކީ މަލަކާއި އެންމެ ގާތް މީހުން ކަމުގައިވާތީ އެވެ. އެމީހުން ބުނި ގޮތުގައި އެމީހުނަށް މަލަކު ހިނެވުމުގައި އެހެން ބަޔަކުވެސް އެހީވަމުން ދިޔަކަމަށް އިޙުސާސް ކުރެވެމުން ދިޔައެވެ. ނަމަވެސް އެތަނުން އެއްވެސް އިތުރު ބަޔަކު ނުއެއް ފެނެއެވެ. މަލަކު ކަފުން ކުރުމަށް އެމީހުން ކަފުން ފޮތި ހޯދާ ތައްޔާރު ކުރިއެވެ. ނަމަވެސް ފަހުން އެހޯދާ ބެލި އިރު އެފެންނާކަށް ނެތެވެ.

އެމީހުން އެހޯދާ ހޯދާވެސް ނުފެނުނެވެ. އެމީހުންގެ ހައިރާންކަން އިތުރުވެގެން ދިޔައީ ކޮޓަރީގެ ކަނެއްގައި ބާއްވާފައި އޮތް އެހެން ކަފުނެއް ފެނުމުންނެވެ. އޭގެން ވަރަށް ވެސް މީރުވަހެއް ދުވައެވެ. އެހެން ކަމުން އެމީހުނަށް ޖެހުނީ އެކަފުން ފޮތިގަނޑު ބޭނުންކޮށްގެން މަލަކު ކަފުން ކުރާށެވެ. ހުރިހާ ފިރިހެނުން މަލަކުގެ މައްޗަށް ކަށުނަމާދު ކުރުމަށް ދިޔައިރު، ފެހި ކުލައިގެ ފޭރާމެއްގައި ތިބި، ނުދަންނަ ބީރައްޓެހި ހަފިރިހެނުން (އެތާގައި) ތިއްބެވެ.

އެ ހަ ފިރިހެނުން ވެސް މަލަކުގެ ކަށުނަމާދުގައި ބައިވެރިވިއެވެ. ދެން އެމީހުން (މަލަކުގެ ޢާއިލާ މީހުން) މަލަކު ވަޅުލުމަށްޓަކައި ޤަބުރުސްތާނަށް ގެންދިޔައެވެ. ފެހި ފޭރާމެއްގައި ތިބި އެ ހަފިރިހެނުންނަކީ މަލަކުގެ ޢައިލާގެ ބައެއް ނޫނެވެ. އެއީ ބީރައްޓެހިން ތަކެކެވެ. މަލަކު ވަޅުލާ ނިމުނުތަނާ މިހަމީހުންނަށް ވީގޮތެއް ނޭނގުނެވެ. އެމީހުންނަކީ ކޮން ބައެއް ކަމެއް އަދި އެމީހުން އައީ ކޮންތާކުން ކަމެއް އަދި ދިޔައީ ކޮންތާކަށް ކަމެއްވެސް އެކަކަށް ވެސް ނޭގެއެވެ. (ނިމުނީ)

ނޯޓް: މިއީ ދިއިސްލާމް.ކޮމް ގައި ޝާއިޢު ކުރެވިފައިވާ ވާހަކައެކެވެ.

Share Article

Follow Me Written By

Arcane_Belle

Level 1

Other Articles

Previous

ޝެރިން (2 ވަނަ ބައި)

Next

ހިތަކުން ނުފިލާނެ 36

Next
October 2, 2015

ހިތަކުން ނުފިލާނެ 36

Previews
October 2, 2015

ޝެރިން (2 ވަނަ ބައި)

37 Comments!

  1. Paachaa says:
    October 2, 2015 at 6:50 pm

    Very touching ❤

    1. Arcane_Belle says:
      October 2, 2015 at 7:04 pm

      Alhamdhulillah <3

  2. Axoo says:
    October 2, 2015 at 7:00 pm

    Iburathun furifaivaa vaahakaeh.

  3. naffa says:
    October 2, 2015 at 7:04 pm

    Varah asarugadha rovihjje, malak ah libunu fadha niumatheh enmehaa meesthakun nah lahvaashi AAMEEN

    1. Arcane_Belle says:
      October 2, 2015 at 10:13 pm

      Aameen

  4. naffa says:
    October 2, 2015 at 7:05 pm

    Alhamdhu lillah

  5. dark princess says:
    October 2, 2015 at 7:07 pm

    Interesting… v rangalhu iburatheh haasil vejje..

  6. zai says:
    October 2, 2015 at 8:06 pm

    Bunaane ehchehvex neynifa mihurii..malak ah suvarugeyge dhaaimii niumai lahvaashi.aameen..zai v moonu burugaa alhaa hihvey..but family miihun gabool nuvedhaanethy mihunnanii..in shaa allah iraadha kure ehvihyaa v avahah moonu burugaa alhaanan

    1. Arcane_Belle says:
      October 2, 2015 at 10:13 pm

      In Sha Allah soon. 🙂 If you’re worried about the society and your family, just remember that in the grave, you’ll be questioned alone, none of them will accompany you. So do as many good deeds you can do now. Mayy Allah give you strength. Aameen

  7. Rose says:
    October 2, 2015 at 9:06 pm

    Vvvv reethi

    1. Arcane_Belle says:
      October 2, 2015 at 10:15 pm

      Alhamdhulillah

  8. zai says:
    October 2, 2015 at 10:20 pm

    Tq Arcane-Belle☺

    1. Arcane_Belle says:
      October 2, 2015 at 10:30 pm

      Your most welcome 🙂

  9. Azu says:
    October 2, 2015 at 10:50 pm

    Masha allah v reethi vaahaka ey. Hama rangalha ves rovijje. Jazaakillah khairan mikahala iburaeytheri vaahaka ey up kohdhineethee. Zai aa friend vaan beynun. I will help you insha allah

    1. Arcane_Belle says:
      October 2, 2015 at 11:01 pm

      Wa Iyyaaki. Alhamdhulillah

  10. zai says:
    October 2, 2015 at 11:01 pm

    Hi azu esfiyaige chat room ah dhevidhaanetha we can tok there☺

  11. Ab says:
    October 3, 2015 at 12:08 am

    Shukuriyaaa

  12. Naax says:
    October 3, 2015 at 12:44 pm

    Maasha allah.ginaginain mikahala vaahaka genasdhybala.mikahala vaahakathah v kiyaahiyvey

    1. Arcane_Belle says:
      October 3, 2015 at 4:00 pm

      Alhamdhulullah. In Sha Allah balaanan veehaa ves gina in genesdheveytho 🙂

  13. Crazi says:
    October 3, 2015 at 10:31 pm

    Zai n azu i als want to b frnds with u both

  14. thoo says:
    October 4, 2015 at 9:12 am

    i alsao want to be friends with you. please

  15. zai says:
    October 4, 2015 at 6:21 pm

    Yes we are friends now☺..n tok kuran beynun kudhin esfiyaige chat room ah dhiyun edhen..

  16. Aishath raziyya says:
    October 5, 2015 at 9:42 am

    Varah Ibrah therivaahakeh Varah Furihana Mikalavaaka ginaginain Liuvavamuna gendhavaa Varah kiyaahivey

  17. xaahiya says:
    October 7, 2015 at 3:15 pm

    Lolunn karuna hilihhjje…
    meevarahh ibraii teriii vaahaka ehhh hayaatunn filaagennn nudaane

    1. Arcane_Belle says:
      October 12, 2015 at 9:51 pm

      Alhamdhulillah 🙂

  18. faroo says:
    October 8, 2015 at 2:45 pm

    asluves thee mihaaru ulhey anhen kudhin nah varah iburaitheri vaahakayakah vaane…..
    thivaahaka liyunu kuhjaa ah hama asaribahaa saabas hahgu….

  19. aith says:
    October 12, 2015 at 1:19 pm

    varah ibraitheri vaahakeh.rovijje

  20. Aaaeeee says:
    October 14, 2015 at 1:13 pm

    Kihina tha esfiyaa g cht rm a dhaaney

  21. maree says:
    October 14, 2015 at 2:27 pm

    Varah reethi

  22. maree says:
    October 14, 2015 at 2:30 pm

    Aharen ves beynun Esfiya ge cht rm ahdhaan. Plz tell me

  23. nihaa says:
    November 10, 2015 at 10:47 pm

    Nihaa vex thi gothah rangalhah ulheveytho masahkaii kuraanan inshaa allah. Vvvvvvvvvvv iburaiitheri reethi vaahakaeh.vvvv salhi. Adhi meege vaahakaeh.plx

  24. think says:
    November 14, 2015 at 1:53 am

    V salhi…..dhn nehtha meege stry eh

  25. Sandy says:
    December 21, 2015 at 4:33 pm

    Vvv reethi ibraiytheri vaahaka eh…masha Allah….jazakillah Khair…

  26. Ushaa says:
    June 26, 2016 at 10:49 pm

    VVVVVVVVvvvvvvvvvvvvvvvvv reethii salhi vaahaka eh… Masha allah…. Malak ah dhimaavi libunu fada niumatheh ehn muslimunnahvx dhevvashi.. Jazakallah Khairan..

  27. alma.. says:
    November 20, 2016 at 9:06 am

    varah ibraitheri vaahaka eh…
    maasha ALLAH varah reethi mi vaahaka.. 🙂

  28. maull says:
    September 3, 2018 at 5:23 pm

    ooh my god… this is so heart touching….

  29. Amysha says:
    October 2, 2018 at 8:33 pm

    Alhamdhu lihlaahi varah ves ibrathun furigen vaa vahakaeh????

Comments are closed.



All Right Reserved!