– – މިއީ އާންމު ދިރިއުޅުމުގައި ދިމާވާ ކަންކަމަށް މީހުން ހޭލުންތެރިކުރުވައި އަދި އެ ކަންކަމަށް ޢަމަލުކުރަންޖެހޭނެ ގޮތް ބުނެދިނުމުގެ މަޤުޞަދުގައި ލިޔެފައިވާ މުހިންމު މަޢުލޫމާތުކޮޅެކެވެ. ބަދިގޭގައި ނުވަތަ އެނޫންވެސް އެހެން ތަނެއްގައި ކެއްކުމުގެ ތެރޭގައި އުޅޭއިރު އަތް ނުވަތަ އިނގިލި ފިހުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. އެހެންކަމުން މިފަދަ ހާލަތެއްގައި ކަންތައްކުރަންޖެހޭނެ އެންމެ ރަނގަޅު އަދި ރައްކާތެރި ގޮތް ކޮންމެ މީހަކަށްވެސް އެނގިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެމެވެ. އެގޮތުން ތިރީގައި އެވަނީ […]
ސީޑީ ޑްރައިވް ހުޅުވާލުމާއިއެކު ޔުއާންއަށް ގަބޫލު ނުކުރެވިފައި ބަލަން އިނދެވުނީ އޭނާ މިއަދު ހޯދި ސީޑީ އޭގައި އޮތްތަން ފެނުމުންނެވެ.އެ ފެނުމާއިއެކު ޔުއާންއަށް ވާނުވާވެސް ރޭކާލައިފިއެވެ. އޭނާ އިއްޔެ ގެންދިޔަ ލެޕްޓޮޕް ބައިންދާފައި ގޭގައި އިން ލެޕްޓޮޕް މިއަދު ގެންދިޔައީ އޭގައި މީޓިންއަށް ބޭނުންވާނެ ބައެއް އެއްޗެހި ހުރީމައެވެ.އިއްޔެ ގެންގުޅުނު ލެޕްޓޮޕަށް އެ ޗެކްކުރަން ލެއްވިގޮތަށް އޭނާއަށް އެ އޮތީ ސީޑީ ހަދާންނެތިގެން ނުނެގިފައެވެ.އެކަމަކު އޭނާއަށް އެކަން މިގަޑީ ނުވިސްނި ކުރިން ވިސްނުނު ނަމަ ކޮންފަދަ ހެއްޔެވެ؟އޭނާ […]
އަވަސްވަމުން ދިޔަ ހިތް ހަމަޔަކަށް އަޅުވާލަމުން އަމާން އަފްރީންއާއި ދުރަށް ޖެހިލިއެވެ. އަފްރީންްވެސް ހަމަބިމަށް އާދެވުމުން މޫނަށް ވައްތަރެއް ޖައްސާލީ އޭނާ އެއްކޮށް ތެމިފައި ހުރުމުންނެވެ. އޭރު ދެންތިބި މީހުން ތިބީ އަފްރީން މޫނަށް ޖައްސައިގެން ހުރި ވައްތަރުން މަޖާވެފައެވެ. “އަދި ވެސް އުޅޭތި ފެން ޖަހަން” އަފްހަމް އަފްރީންގެ ނޭފަތުގައި ހިފާލަމުން ބުންޏެވެ. “މޮޅުވިކަމަށް ހީނުކުރާތި އަފޫ ތެންމަން ހަދައިގެން ތިއެންމެން ތި ތިބީ ތެމިފަ” އަފްހަމްއާއި ދިމާލަށް ދޫނެރެލާފައި އަފްރީން ގޮސް ކޮޓަރިއަށް ވަނެވެ. […]
އިޝާނަމާދު ކޮށްލައިގެން ޔަމީނާ ނުކުތީ ލޫތު ކިޔާވަރުން އޭނަޔާއެކު ބޭރަށް ދިއުމަށެވެ. ކޮޓަރިން ނިކުތްއިރު ނާދިރާ އާއި ރަޝީދު ތިބީ ކާމޭޒު ކައިރީ ރޭގަނޑު ކެއުމަށް އިންސާފުކުރާށެވެ. ޔަމީނާ ފެނުމުން އެދެމީހުން ދައްކަމުން އައި ވާހަކަ ހުއްޓާލާފައި ޔަމީނާ އަށް ސަމާލުކަން ދިނެވެ. ޔަމީނާ ލޫތުއާއެކު ބޭރަށްގޮސްލާފައި އެބައަންނަމޭ ބުނުމުން ރަޝީދު ބޯޖަހާލީ އެކަމަށް ހުއްދަ ދިނުމަށެވެ. ގެއިންނިކުތްއިރު ލޫތު އިނީ ސައިކަލުމަތީ ޔަމީނާގެ އިންތިޒާރުގައެވެ. ޔަމީނާ ފެނުމުން ހާދަލަހޭ ކިޔާފައި ޝަކުވާކޮށްލިއެވެ. ސައިކަލު ގޮސްހުއްޓީ ބީޗް […]
ބަރަކާ ދިޔުމުން ޔަމީނާ ފުންނޭވާއެއް ދޫކޮށްލީ އެ ޝަކުވާތައް މީހަކަށް ކިޔާދެވުމުން ސިކުނޑިއަށް ލިބުނު ލުޔަކުންނެވެ. އެއަށްފަހު ކޮޓަރިއަށް ވަނީ މަޣްރިބް ވަގުތުޖެހޭތީ ނަމާދަށް އަރަން ތައްޔާރުވެލާށެވެ. ނަމަވެސް އަދި ފަނަރަ ވަރަކަށް މިނެޓް އޮތުމުން އަންވާރު ސައިޓަށްވަދެ އޭނާ ކުރިން ލިޔެލާފައިއިން ލިޔުމަކުން ސައިޓް އަޕްޑޭޓް ކޮށްލިއެވެ. ފެޝަން އިންޑަސްޓްރީ ފެޝަނަކީ ކޮބާތޯއެވެ؟ ފެޝަނަކީ އެންމެ ފަހުގެ ސްޓައިލްތަކާއި އުޅުންތަކެވެ. މިޒަމާނުގައި އިންސާނުން ގެންގުޅޭ ހުރިހާ އެއްޗަކާއި، ކުރާ ހުރިހާކަމެއްގައިވެސް ފެޝަންވަނީ ހިމެނިފައެވެ. ފެޝަނާނުލާ ދިރިއުޅުމެއްނުވެއޭ […]
ދިމްރާ ހިތުގެ އަޑިން ނުފެނުމަށް ދުއާ ކޮށްލަ ކޮށްލަ އިނީ ބިރުން ހަލާކުވާވަރުވެފައި އިނދެއެވެ.ކުޑަކޮށް ލޯ ހަނި ކޮށްލައި ބަލައިލިއިރުވެސް ޔުއާން ކައިރިއަށް އަންނަތަން ފެނުމުން އޭނާ ހައްތަހާ ބިރުގަތެވެ. ކަންދިމާކުރިގޮތުން ޔުއާން އައިސް ހުއްޓުނީ ހަމަ އޭނާ އިން ކަބަޑާ ކައިރިއަށެވެ.އެހެނަސް ފެނުނީ ކަމަށް ނިންމައިގެން އިންދާ ނަސީބަކުން ޔުއާން އައިސް ހުޅުވާލީ ކަބަޑުގައި އޭނާ އިން ފަރާތް ނޫން އަނެއްފަރާތުގެ ދޮރުފަތެވެ.ދިމްރާއަށް ޔުއާން އައިސް ކައިރިއަށް ހުއްޓުނީއްސުރެ ހިފަހައްޓައިގެން އިން ނޭވާ ދޫކޮށްލެވުނީ ޔުއާން […]
އިސާހިތަކު އެދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. އެދިގު އެސްފިޔަތައް ތެމިގެން ދިޔައީ ބަސްބުނާހާ ކުޑަ ހިދުކޮޅެއް ތެރޭގައެވެ. އެހެން އެތައް އިރަކު އިނުމަށްފަހު އަމާން ތެދުވީ ގެޔަށް ދިއުމަށެވެ. އޭރުގަޑިން މެންދުރު ދޭއްޖަހައިފިއެވެ. ކޮޓަރިތެރޭގައި ކޮޅުކޮޅަށް ހިނގާލަ ހިނގާލަ ހުރި ހަޔާގެ މޫނުމަތީން ކަންބޮޑުވުން ފާޅުވާން ހުރިއިރު އިރުއިރުކޮޅާ ފޯނުން ލަޔާންއަށް ގުޅަމުން ދިޔައެވެ. މިހާރު އޭނާއަށް ލަޔާންގެ ފޯނަށް ގުޅުނު އަދަދެއްވެސް ނޭގެއެވެ. ފޯނުވެސް ނުނެގިއެވެ. ހާސްވެފައި ހުރިވަރުން ކުރަންވީ ކަމެއްވެސް ހަޔާގެ ސިނކުޑިއަށް ނައެވެ. […]
ސާރާ އަށް ސްކޫލަށް ގޮސް ވަދެވުނު އިރު ޕްރިންސިޕަލް އޭނާގެ ކެބިން އަށް ވަންނަނީއެވެ. ސާރާ ފެނުމުން އަތުގެ އިޝާރާތުން ކެބިން އަށް އައުމަށް ބުންޏެވެ. ސާރާގެ ހިތް ކުޑަކޮށް ތެޅިލިއެވެ. އަނެއްކާ ކަމެއް ގޯސްކޮށް ކުރެވުނީ ބާއެވެ؟ ނަމަވެސް ސާރާވެސް ޕްރިންސިޕަލް އާއި ދައްކަންޖެހޭ ވާހަކައެއް އޮތްކަން ހަނދާންވުމުން ކުއްހީތައް ފިލުވާލާފައި މަޑުހިނގުމެއްގައި ގޮސް ކެބިން އަށް ވަނެއެވެ. ސާރާ ކެބިންއަށް ވަނުމާއެކު ޕްރިންސިޕަލް މޭޒް ކުރިމަތީ އިން ގޮނޑީގައި އިށީނުމަށް އިޝާރާތް ކޮށްލިއެވެ. ސާރާ […]
ޔުއާން ވެއްޓިފައި އޮތް މަންޒަރު ފެނުމުން ދިމްރާއަށް ވީގޮތްވެސް ނޭނގުނެވެ.އޭނާގެ ދެލޯ ބޮޑުވެގެން ދިޔައިރު ދޮރު ހުޅުވޭ އެންމެ ބޮޑަކަށް ހުޅުވާފައި އޭނާ އެތެރެއަށް ދެމިގަތެވެ.އަދި އަވަސް ހަރަކާތަކާއިއެކު ޔުއާންގެ ކައިރީ އިށީންދެ ޔުއާންގެ ބޯ ގެނެސް އޭނާގެ އުނގަށް ލިއެވެ. “ޔުއާން..ޔުއާން..ލޯ ހުޅުވަބަލަ..އަޅެ ޕްލީޒް ލޯ ހުޅުވަބަލަ” އެ އަޑުގައި އެވަގުތުވީ އިންތިހާއަށް ހާސްކަމެވެ. ޔުއާންގެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައިރު ހެއަށް ގޮތްވެފައި އޮތީ ހުން އިންތިހާއަށް ގަދަވެފައި ހުރުމުގެ ސަބަބުންނެވެ.ދިމްރާ އެންމެ ބިރުގަތީވެސް […]