ކޮޓަރިއަށްވަތް އަފްހަމް ހުރީ މަޑު ރާގެއް އަޅުވާލައިފައެވެ. އެނދުމަތީގައި އޭނާގެ ހަރަކާތްތައް ބަލަން އަފްރީން އިންކަންވެސް އޭނާއަށް ރޭކާއެއްނުލިއެވެ. ދެފައިވަށްކޮށްލައިގެން އެނދަށްއަރާއިން އަފްރީންއީނީ އަފްހަމް އުޅޭގޮތުން އަނގަހުޅުވިފައެވެ. އޭނައަށް ދެތިން ފަހަރަކު އިނގިލީގައި ދަތްވެސް އެޅިއްޖެވެ. އަފްހަމް ދިޔަގޮތަށް ގޮސް އޭނާގެ ކުލޯސެޓައަށް ވަނީ ލާންކަމުދާ ކަހަލަ ގަމީހެއް ހޯދުމަށެވެ. އެކަމަކު އެހާގިނަ ގަމީހާ ޓީޝާޓު ހުރިއިރުވެސް އޭނާއަށް ކަމުދާއެކައްޗެއް ފެނުނުކަމަކަށް ނުވިއެވެ. “ދޮންބޭ” އަފްހަމް ސިއްސައިގެން ދިޔައީ ކައިރީ ހުރެ އަފްރީން ވަރަށް ބާރަށް އޭނައަށް […]
“އޭނާ އުޅޭ ގެއެއް ބަލާތި..މިރޭ އޭނަ ފުނޑާލަން ޖެހޭނެ” ދިމްރާގެ އަތުގައި ހިފައިގެން ދަމަމުން އައިސް މައިހާން ވާހަކަ ދެއްކީ ދުރުގައި ތިބި އޭނާގެ ގޭންގުގެ މީހުން ކައިރިއަށް އައިސްފައެވެ. “އޭނާ ގައިގަ އަތްނުލާތި” މައިހާން އަދި ދެންތިބި މީހުން ހައިރާންކޮށްލީ ދިމްރާ ކުއްލިގޮތަކަށް އެހާ ރުޅިގަދަވެފައި ހަޅޭއްލަވައިގަތީމައެވެ.ލިބުން ސިހުމުގައި މައިހާންއަށް ދިމްރާގެ އަތުންވެސް ދޫކޮށްލެވުނެވެ.އެހެންޏާ އޭނާއަށް ދިމްރާގެ ފަރާތުން ފެނިފައިނުވާ އަމަލެއް ފެނުމުން އޭނާއަށް ހައިރާންކަން ލިބުނެވެ.މިވީ ދެމަސްދުވަސްތެރޭ މައިހާން އެހާވަރު ކުރާއިރުވެސް ދިމްރާގެ ކިބައިން […]
ފަރީޝާ ދިން ގަމީސްތަކެއް އިސްތިރިކުރުމަށްފަހު ދިމްރާ ޔުމާންގެ ކޮޓަރިއަށް ވަނީ އެ ގަމީސްތައް ކަބަޑަށް ލާށެވެ.އޭރު ޔުމާން ޑިއުޓީ ނިންމާފައި އަންނަ ގަޑި ކައިރިވެފާއި ހުރީތީ އޭނާ ހުރީ ރަނގަޅަށްވެސް ޖެހިލުންވެފައެވެ.އެހެންކަމުން އޭނާ އަވަސް އަރުވާލާފައި މަސައްކަތްކުރީ އެ ގަމީސްތައް ކަބަޑަށް ލާފައި ނުކުންނާށެވެ.އޭނާ އެކަނި ހުންނައިރު ޔުމާންގެ އަމަލުތައް ހުންނަ ގޮތުން އޭނާ މިހާރު އަސްލަށްވެސް ޖެހިލުންވެއެވެ. ޔުމާންގެ އެ ބަސްތަކާއި އަމަލުތައް ބޭނުންކޮށްގެން ހީވަނީ ދިމްރާ އެގެއިން ފޮނުވާލަން މަސައްކަތް ކުރާ ހެންނެވެ.އެކަމަކު ޔުމާން […]
އޮފީހަށް ވަންނަން އާއި ޔުއާންފެނި އަންހެންކުދިންގެ ހަރަކާތްތަކަށް ބަދަލު އާއިވަރު ބަލާ ކޮންމެ މީހަކަށްވެސް ފާހަގަ ވާނެއެވެ.ހެދުން ރީތިކޮށްލާ އިސްތަށިގަނޑުވެސް ރީތިކޮށްލަނީ ހަލުވި ކަމާއިއެކުއެވެ.ކަޅު ފަޓުލޫނަކާއި މަޑުނޫކުލައިގެ ގަމީހެއް ލާފައި ހުރިއިރު ޔުއާން މިއަދު ހުރީ ކަރުގައި ގަދަ ނޫ ކުލައިގެ ޓައިއެއް އަޅާލާފައެވެ.އަތުގައި ކަޅު ކުލައިގެ ކޯޓެއް އޮތެވެ.ރެބަން އަވި އައިނުން ލޯ ފޮރުވާލާފައި ހުރިކަން ނަސީބެކެވެ.އެހެންނޫންނަމަ މިހާރުވެސް އެހާވަރުވެފައި ތިބި އެތައް ކުދިންތަކަކަށް އެ ތޫނު ދެލޯ ފެނި ހުރިތަނަށް ނުވެއްޓޭނެ ކަމެއްވެސް ނޭނގެއެވެ.އިށީންދެ […]
ލައިގެންހުރި ހުދު ކުލައިގެ ފަލަމަސްގަނޑާ ހިސާބަށްދާ އަތްދިގު ގަމީހާއެކު ލާފައި ހުރި އައިސްބުލޫ ޖިންސުގައި އެކުއްޖާ ފެންނަލެއް ވަރަށް ހިތްގައިމެވެ. އެ ދިގު ފަން ކަޅު ކުލައިގެ އިސްތަށިގަނޑު މުށިކުލައިން ހައިލައިޓްވެފައި އޮތްއިރު ހީލާ ކޮންމެ ފަހަރަކު އެއްކޮލަށް އެޅިގެންދާ އަޑިކޮޅުން އެހިނިތުންވުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވެއެވެ. އިރުގެ އަލި އެދޮންމޫނަށް އެޅިފައި އޮތްއިރު އެދިގު އެސްފިޔަތަކުން ދެލޯވަނި ފޮރުވާލެވިފައެވެ. “އަފޫ އަތުޖެހިއްޖިއްޔާމު ދުވަސް ދިޔައީ އިނގޭ” އެއަންހެންކުއްޖާގެ ފަހަތުން ދުވަމުން އައި ޒުވާނާ ފެނުމުން […]
އަޅުގަނޑު ލިޔަމުން މިދާ ވާހަކަ *ލޯބި ވެވުމުން*ގެ ދިހަވަނަ ޕާރޓް ނުގެނެސްދެވިި ލަސްވާތީ ވަރަށް ބޮޑަށް މަޢާފަށް އެދެން.ވާހަކަ ފޮނުވޭތޯ މަސަައްކަތްކުރާތާ ދެ ދުވަސް ވެއްޖެ.ފޯނުން ވާހަކަ ފޮނުވާތީ ކޮންމެވެސް ސަބަބަކާއިހުރެ ފޮނުވާއިރަށް ފެއިލް ވަނީ.މައްސަލަ ހައްލުވީހާ އަވަހަކަށް ވާހަކައިގެ ކުރިއަށްހުރި ބައިތައް ގެނެސްދޭނެ ވާހަކަ ދަންނަވަން…. ..ޝުކުރިއްޔާ!..
ލައިގެންހުރި ހުދު ކުލައިގެ ފަލަމަސްގަނޑާ ހިސާބަށްދާ އަތްދިގު ގަމީހާއެކު ލާފައި ހުރި އައިސްބުލޫ ޖިންސުގައި އެކުއްޖާ ފެންނަލެއް ވަރަށް ހިތްގައިމެވެ. އެ ދިގު ފަން ކަޅު ކުލައިގެ އިސްތަށިގަނޑު މުށިކުލައިން ހައިލައިޓްވެފައި އޮތްއިރު ހީލާ ކޮންމެ ފަހަރަކު އެއްކޮލަށް އެޅިގެންދާ އަޑިކޮޅުން އެހިނިތުންވުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވެއެވެ. އިރުގެ އަލި އެދޮންމޫނަށް އެޅިފައި އޮތްއިރު އެދިގު އެސްފިޔަތަކުން ދެލޯވަނި ފޮރުވާލެވިފައެވެ. “އަފޫ އަތުޖެހިއްޖިއްޔާމު ދުވަސް ދިޔައީ އިނގޭ” އެއަންހެންކުއްޖާގެ ފަހަތުން ދުވަމުން އައި ޒުވާނާ ފެނުމުން […]
ތެމި ފޯވެގެން ހުރެ ޔުއާން އައިސް ގެއަށް ވަނީ ކަންބޮޑުވެފާއި ޒީނަތު ސިޓިންރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓައެވެ. ދަރިފުޅު ހުރި ހާލު ފެނި ޒީނަތުގެ ހިތަށް ނުބާއިގޮތެއް ވެގެން ދިޔައެވެ.ޖެހި ބުދެއްހެންހުރެ އާއި ޔުއާންއަކަށް އޭރު އަދި ޒީނަތުއެއް ނުފެނެއެވެ.ޒީނަތު ގޮވާލުމުން ސިހުން ލިބިގެން ދިޔައީ އެހެންވެއެވެ. “ދަރިފުޅު ކާރުގައޭނުން ދިޔައީ..ދެން ކީއްވެ ތެމިގެން ތިޔައީ..ކޮބާ ކާރު؟” “ކާރު ހަލާކުވެގެން ބާއްވާފަ މިއައީ..ސްކޫޕް ކައިރީގަ” “ހޫމް!މާދެން ރަނގަޅު ކޮށްފަ ގެނެސްދޭށޭ ބައްޕަ ކައިރީ ބުނާނަން..ދެންދޭ އަވަހަށް […]
ފަތިސްނަމާދުގެ ބަންގީގެ އަޑާއެކު އަފްރީން ދެލޯ އުނގުޅަމުން ގޮސް ފާހަނަޔަށް ވަނީ ފެންވަރާލުމަށެވެ. ފެންވަރައިގެން ނިކުމެ ނަމާދުކޮއްލައިގެން އަފްރީން ތިރިއަށް ފޭބީ އާދައިގެ މަތިން ކޮފީތައްޓެއް ބޯލުމަށެވެ. އަފްރީން ކޮފީމަގު ހިފައިގެން ނިކުމެ ގޭގެ ބިއްދޮށް ފަރާތު ބަގީޗާގައި ހުރި ބެންޗެއްގައި އިށީނދެ އިދެ ކޮފީ ބޯންފެށިއެވެ. އޭރު އިރުގެ އަލި ކޮންމެސް ވަރަކަށް ވަނީ ބިމަށް ފޯރާފައެވެ. އެ ބަގީޗާއަކީ އަފްރީންގެ މަންމަ މިޝާ ވަރަށް ރަގަނޅަށް ބަލަހައްޓަމުންދާ ބަގީޗާއެކެވެ. ތަފާތު އެކިވައްތަރުގެ މާގަސް އެތަނުގައި […]