ގޮނޑީގައި އިން އަމާން ސިއްސައިގެން ދިޔައީ އަފްރީން މަންމާއޭ ކިޔާ ހަޅޭއްލަވާގަތުމުންނެވެ. އެމޭނުމަތީގައިވާ ބިރުވެރިކަމުން އަމާން އަފްރީންއަށް ގޮވާ ހޭލެއްވިއެވެ. އަފްރީން ދެލޯ ހުޅުވާލާފައި ވަށައިގެން ހޯދާލިއިރު އޭނާއަށް އަދިވެސް މިއޮވެވުނީ ހޮސްޕިޓަލްގައިކަން އެނގުމުން ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭރުވެސް އަފްރީން ދިޔައީ އަވަސް ނޭވާތަކެއް ލަމުންނެވެ. އަމާން އަފްހަމް ގުޅަން ފޯނު ނެގީ އަފްރީންއަށް ފެންފުޅިއެއް ގެނެސްދިނުމަށް ބުނާށެވެ. އެވަގުތުވީ އަފްހަމް އެކޮޓަރިއަށް ވަތް ވަގުތަށެވެ. ބޭސް ކޮތަޅަކާއެކު ފެންފިޅުއެއްވެސް ހިފައިގެން އައުމުން އަމާން […]
“އޭތް ތުއްތޮންބޭ.. ބަލާބަލަހުންނަ ވަގުކަން.. ބިޓެއްނަގާފައަންގާވެސްނުލާ.. ” މިޝާއަށް ކެތްނުވެގެން ޖަޒްލާންކައިރިއަށް ޖެހިލާ ކޮނޑުގައިޖަހާލަމުން ވާހަކަދެއްކިއެވެ. “މިޝްކޮއާއި މަލްކޮއަށްތަ އަހަރެމެން މިއިންތިޒާރުކުރީ..” ޖަޒްލާންވެސް ކޮއްލީ އޭނާގެ ހިތުގައިވާ ސުވާލެވެ. މިޝާއޭނައާއި ޝަމާލްގެ ވާހަކަބުނެދިނެެވެ. ” މީި.. އަސްލުވީގޮތަކީ މިރިލޭޝަަން މިއަދާހަމަޔަށްވެސް އޮތީސިއްރުކުރެވިފަ.. އަދި މިއަދު ބިންގެ އެއްބަނޑުއެއްބަފާ ދޮންބެއަށްވެސް އިނގުނީ.. . ބައިދަވޭ.. މިޝްކޮޮ.. މަލްކޮ.. މީ ބިންޔާ.. ތުއްތޮންބެގެ. އުހުމް އުހުމް .. ދެން އެނގޭނެދޯ.. ” ބިންޔާއަށް ލޯބިން ގޮވާނަމުން ގޮވަންނުކެރިގެން އެހެން ހަދާލުމުން […]
ދިމްރާގެ އެވާހަކަތަކުން ރުޅިއައިސްފައި ހުރި ނަމަވެސް ދިމްރާގެ އެ ވާހަކަތަކުން ރީމްގެ ހިތަށް ތަދުވެސްވިއެވެ.އުޝާވެސް ހުރީ ހަމަ އެފަދަ ހާލެއްގައެވެ.ދިމްރާގެ ވާހަކަތަކުން އުޝާވެސް ދެރަވެފައި ހުރިވަރު އެދެލޮލުން ހާމަ ކޮށްދެމުން ދިޔައެވެ.ދިމްރާ ވާހަކަ ދައްކާ ނިންމާލިހެން ހީނުވެ ފެނުނީ ރީމް އައިސް ދިމްރާގެ އަތުގައި ހިފާ ރީމްއާއި ވީ ދިމާލަށް އަނބުރާލިތަނެވެ. “ތިހެންޏާ ޔުއާން ލޯބި ނުވަންޏާ ދިމް ބުނެދީބަލަ ޔުއާން އެހެން އުޅުމުގެ ރީޒަންއެއް..ކީއްވެއޯ ދިމް ދިޔަ ދުވަހުން ފެށިގެން އެހެން އަންހެނަކާ ގާތްނުވެ އެހުންނަނީ..އެހެން […]
ބޯކޮށްވެހެމުން ދިޔަ ވާރޭ ތެރޭ ރޯންއިން އަފްރީންގެ ދެލޯވެސް ވަނީ ރަތްވެ ދުޅަވެފައެވެ. ރޮއެގެން އެދޮލުން ކަރުނަ ހުސްވާނެނަމަ މިހާރު އަފްރީންގެ ދެލޮލުން ކަރުނަ ހުސްވީހެވެ. އެހެން އިނދެފައި އަފްރީން ގެއަށް ދާން މިސްރާބު ޖެހީ ދުނިޔެމަތި އަނދިރިވާން ފެށުމުންނެވެ. ހިނގަމުން ދިޔަ އަފްރީންގެ ހެދުން ބިންމަތީ ކޭއްތެމުން ދިޔައިރު މިއަދު އޭނާ ވަނީ ދުނިޔެމަތިން ފޫހިވެފައެވެ. ނޭނގި ހުއްޓާ ބޯމަތިވި ވިލާގަނޑުން ސަލާމަތްވުމަށް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. މިއަދު އޭނާ ދަތުރުކުރަމުން އެދަނީ […]
“އަޅެ ކާރު ގެނަ ނަމަ” ބިރުން އިންވަރުން ދިމްރާއަށް ބުނެލެވުނީ އެހެންނެވެ. ދިމްރާ އެހެން ބުނެލުމުން ޔުއާންއަށް ހަނދާން އާ ވެގެން ދިޔައީ އޭނާ ބާރަށް ކާރު ދުއްވުމުން ދިމްރާ ބިރުން ހަލާކުވެފައި އިން ރޭގެ ވަގުތުގެ މަތިންނެވެ.ކާރަށް އެރިއަސް ދިމްރާއަށް ވާނީ އެވަރޭ ޔުއާންގެ ހިތަށް އެރިއިރު އެ ތުންފަތުގައިވި ލުއި ހިނިތުންވުން ފުންވެގެން ދިޔައީ އެހެންވެއެވެ. ނަސީބު ކަންދިމާކުރިގޮތުން ތަނެއް ދޮރެއް ނޭނގޭ ވަރަށް ވާރޭ ބޯ ކޮއްލީ އެދެމީހުންނަށް ގެއާ ހިސާބަށް ނުވެސް ދެވެނީ […]
އަރޫންފެނުމާއެކު މަލާކް އަވަހަށް ކޮޓަރިއަަށް ވަދެ ދޮރުލައްޕާތަޅުލިއެވެ. އޭރުޝަމާލް އައުމުން މިޝާއެދިމާއަށް ދިއުމުން މަލާކްނެތްކަމެއް އޭނާއަކަށް ނޭންގެއެވެ. ޝަމާލްމެންގެ ފަހަތުން ހިޝާމްއާއި މީރާންއާއި އައިސްވަނީ ހަމައެވަގުުތުގައެެވެ. އަރޫންފެނުމާއެކު ހިޝާމްއަށް ކޮންމެވެސްމީހަކު ހަނދާންވާފެށިއެވެ. ވަރަށް ބެލުމަށްފަހުގައިވެސް ކާކުކަންހަނދާންނުވުމުން އެކަމާއެވަގުތުއަޅާނުލީ ގެއަށްއަންނަންއުޅޭ އާދެމެހެމާނުންވެސްތިބުމާއެކުގައެވެ. “ކޮބާމަލާ..” ކާގެއިން ނިކުމެގެން އައި މައިޝާއެހެންބުނުމުން ހިޝާމްއާއި މިޝާއަށް ވެސް އެވަގުތުއެކަން ފާހަގަވިއެވެ. މަލާކްގޮސް ކޮޓަރިއަށްވަނުމާއެކު ބަޑިފަޅައިގެންދިޔައެވެ އެހެންނުވާންވީ ސަބަބެއްނެތެވެ. ފިރިހެނަކުފެނިގެން އަލަށް އޭނާގެ ހިތުގައި ވިންދެއްޖަހާލިމީާވެސް މިވީ އޭނާގެ ދޮންތަބެއަށެވެ. ކިހާނަސީބުދެރަހެއްޔެވެ. އެންމެބޭނުންވި މަންމަގެ […]
ލެޕްޓޮޕުން މަސައްކަތެއް ކުރަން އިން އަފްރީން އިރު އިރު ކޮޅާ ފޯނަށް ބަލަމުން ދިޔައީ އަމާންގެ ހަބަރެއް ނުވުމުނެވެ. އޭނާގެ ހިތް ނޭނގޭ ބާރުމިނެއް ތެޅެމުން ދިޔައިރު ހިތްވަނީ ވަރަށް ބޮޑަށް ބިރުގެންފައެވެ. އަނެއްކާ މާން ރަގަނޅު ހެއްޔެވެ؟؟ މިހެން ހިތައް އެރުމާއެކު އަފްރީންއަކަށް އިތުރަކަށް ކެތެއް ނުވިއެވެ. ފޯނު ނަގާ އަމާންގެ ނަންބަރައަށް ޑައިލްކޮށްލުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. ދެފަހަރަކު ފޯނު ރިންގުވެފައި އެކޮޅުން އަމާން ހަލޯއޭ ބުނެލި އަޑު އިވުމުން އަފްރީންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. […]
ރެސްޓޯރެންޓުގައި ތިބި އަންހެންވެރިންގެ ނަޒަރު ދޮރާއި ދިމާލަށް ހުއްޓިގެން ދިޔައީ ފިރިހެންވަންތަ ހިނގުމެއްގައި ހަރުކޮށް ހިނގާލާފައި އާއި ފިރިހެން ޒުވާނާ ފެނުމުންނެވެ.ހަށިގަނޑާއި ގުޅޭވަރުގެ އިސްކޮޅެއް ލިބިފައިވާއިރު ހީވަނީ ބޭރު ފިރިހެން މޮޑެލެއް ހެންނެވެ.އެތާ ތިބި ޒުވާން އަންހެންވެރިންގެ ހިތްތަކަށް އެނގުން ވެލައިގެން ދިޔައިރު އެތާ ތިބި ގިނަ ފިރިހެނުންވެސް ބަލަމުން ދިޔައީ ހަސަދައިގެ ނަޒަރަކުނެވެ.އެފަދަ ރީތިކަމެއް ލިބުން ނަމައޭ ހިތަށް އެރި ފިރިހެނުންވެސް މަދެއް ނޫނެވެ.ހުރިހާ ތަކެއްޗަކާއި އިންސާނުން އުފެއްދި ކަލާނގެ ކުޅަދުންވަންތަކަމެވެ. އެތެރެއަށް ވަދެގެން އައި […]
“ދަރިފުޅާ.. އަރޫން.. ” ސަމީހްގެ އަޑުޖެހުމާއެކު އަރޫން އަވަހަށް އޭނަގެ އާއިލާއާއި ދިމާއަށްބަލާލެވުނެވެ. މަލާކް ވެސް ސިހުންވެހުރެފައި ބަލާލީ އަޑުއައިދިމާއަށެވެ. “އޭތް މިޝާ.. ” ބިންޔާއަށް މިޝާފެނުމާއެކުހެން އައިސް ބައްދާލިއެވެ. މިޝާވެސް އެހާދުވަސްކޮށްފައި އެކުވެރިޔާފެނުމުން ހުުރީ ވަރަށް އުފާވެފައެވެ. މަލާކްއަށްވީ އެހެންގޮތެކެވެ. ސަމީހު މަލާކް އަށް ބަލާގޮތުން ހަދާނެގޮތްހުސްވެފައި ހުންނަންޖެހުނީއެވެ. ބަލްޤިިސް އޭނާގެ ދަރިފުޅުގައިބައްދާލުމަށްފަހު އަވަހަށް މާލެދިއުމަށް އެދުމުން ޝަމާލްމެންވެސް ދިޔައީ އަވަހަށް އެދިމާއަށެވެ. މާލެގެ ހަލަބޮލި މާހައުލާގާތްވިވަރަކަށް އަރޫން އިނީ ބޮލަށް އުނދަގުވެފައެވެ. ނަމަވެސް ކުރިމަތިން […]