Skip to content
އެސްފިޔަ

ހަށިގަނޑުގެ ތަނެއް ފިހިއްޖެނަމަ ކަންތައްކުރަންވީ ގޮތް

– – މިއީ އާންމު ދިރިއުޅުމުގައި ދިމާވާ ކަންކަމަށް މީހުން ހޭލުންތެރިކުރުވައި އަދި އެ ކަންކަމަށް ޢަމަލުކުރަންޖެހޭނެ ގޮތް ބުނެދިނުމުގެ މަޤުޞަދުގައި ލިޔެފައިވާ މުހިންމު މަޢުލޫމާތުކޮޅެކެވެ. ބަދިގޭގައި ނުވަތަ އެނޫންވެސް އެހެން ތަނެއްގައި ކެއްކުމުގެ ތެރޭގައި އުޅޭއިރު އަތް ނުވަތަ އިނގިލި ފިހުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. އެހެންކަމުން މިފަދަ ހާލަތެއްގައި ކަންތައްކުރަންޖެހޭނެ އެންމެ ރަނގަޅު އަދި ރައްކާތެރި ގޮތް ކޮންމެ މީހަކަށްވެސް އެނގިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެމެވެ. އެގޮތުން ތިރީގައި އެވަނީ އެފަދަ ޙާލަތެއްގައި ޢަމަލުކުރަން އެންމެ ރައްކާތެރި ގޮތެވެ. މި މަޢުލޫމާތަކީ ތިޔަ އެންމެހާ ކިޔުންތެރިންނަށް ފައިދާހުރި އަދި މުހިންމު މަޢުލޫމާތަކަށް ވާނެ ކަމަށް އުއްމީދުކުރަމެވެ. – –

ހަށިގަނޑުގެ ތަނެއް ފިހިއްޖެނަމަ އެ ތަނެއްގައި ލޮނުފަދަ އެކިއެކި އެއްޗެހި އުނގުޅުމަކީ ވަރަށް ގިނަ ބޭބޭފުޅުން އާންމުކޮށް ފުރަތަމަ ކަމަކަށް ކުރާ ކަމެކެވެ. ނަމަވެސް މިއީ އެފަދަ ޙާލަތެއްގައި ކަންތައްކުރުން އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ހަށިގަނޑުގެ ތަނެއް ފިހިއްޖެނަމަ ފުރަތަމަ އެ ތަނުގައި އެއްވެސް އެއްޗެއް ނުއުނގުޅާ 10 ވަރަކަށް މިނެޓު ވަންދެން އޮހޮރިގެންދާ ގޮތުގައި އެ ފިހުނު ތަނަށް ފެން އަޅާށެވެ. އޮހޮރިގެންދާ ގޮތަށް ފެންއަޅަން ދަތިވާނަމަ، ފިހުނު ތަން ނުވަތަ ގުނަވަން ފެން އެއްޗަކަށް ލައިގެން ހޭދަކުރާށެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ފުރަތަމަ ބުނެވުނު ގޮތެވެ. އެގޮތަށް ޢަމަލުކުރުމުން އެ ތަނުގައި ފޮޅުނެގުމުން ސަލާމަތްވާނެއެވެ. ފޮޅުނެގުމަށް މެދުވެރިވާ ސަބަބަކީ ތަނެއް ފިހުމުން އެ ތަނަށް ހަށިގަނޑުގައިވާ ފެންތައް ޖަމާވުމެވެ. ފެން އެޅުމަށްފަހު އެ ފިހުނު ތަނުން ތަދު ނުވަތަ ދިލަ ކެނޑުވުމަށް ޞިއްޙީ އެހީތެރިއެއްގެ ލަފާގެ ދަށުން (އުނގުޅާ ނުވަތަ ކާ) ބޭހެއް ބޭނުންކުރެވިދާނެއެވެ. މިއީ ތަނެއް ފިހިއްޖެނަމަ ކަންތައްކުރުން އެންމެ ރަނގަޅު، ފައިދާހުރި އަދި އެންމެ ރައްކާތެރި ގޮތްކަމަށް ޞިއްޙީ ދާއިރާގެ ބޭފުޅުންނާއި ޑަކުޓަރުން ވިދާޅުވެ ލަފާ ދެއްވާފައިވާ ގޮތެވެ.

މަޢުލޫމާތު : 20 ފެބުރުއަރީ 2016ގައި ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން “އަހަރެންނަމަ” ޕުރޮގުރާމު

ލިޔުނީ : މާހިދު މުޙައްމަަދު / ނ. ހެނބަދޫ / ފުރެޝްކޯނަރ

Comments (24)

  1. NAAZ

    V.muhinmu mauloomaatheh thidhine …..thanQ mahidh

    1. Mahid
      NAAZ

      Welcome NAAZ ☺

  2. Isha

    Ramalhaan mahaa dhimaakoh thi genes dhehvi mauloomaath varah bodah shukrihyaa

    1. Mahid
      Isha

      Hehe. Maruhabaa Isha. Ramazan mahuga viyya dhw ginain kekkumuga ulheynee.

  3. Desert Rose

    ThanQ.. v.muhimmu mauloomaathu kolheh..

    1. Mahid
      Desert Rose

      Welcome Desert Rose and Thank you for the comment. ☺

  4. aysh

    vrh muhinmu mauloomaathu kolheh…
    thnk u

    1. Mahid
      aysh

      Welcome aysh and Thank you for the comment. ☺

  5. Axee

    ??☺☺☺☺☺☺☺☺☺☺☺☺

    1. Mahid
      Axee

      Thank You Axee

  6. Sam

    Varah muhimmu mauloomaathu kolheh specially for girls and thanks
    u for the information ummeedhu kuran mikahala muhimmu mauloomaathu thah adhives libeyne kamah may god bless u

    1. Mahid
      Sam

      Thank You Sam. ☺.

  7. Ummu Maleek

    Thanks for the important information….

    1. Mahid
      Ummu Maleek

      Welcome Ummu Maleek.
      Thank You for the comment. ☺

  8. Pinkish

    Thankx maahid… v muhimmu information eh thi dhinyy…

    1. Mahid
      Pinkish

      Welcome Pinkish.
      Thank You thi kolli comment ah. ☺

  9. Dhaan

    Bunelevey nee varah bodah Shukuriyya ey

    1. Mahid
      Dhaan

      Welcome Dhaan. Thank You comment ah. ☺

  10. shaana

    Thnxxx v bodah..aslu ves v muhimmu maulaathu kolheh..gina ginain thikahala liyun thah genes dhinun edhen..?

    1. Mahid
      shaana

      Welcome shaana. Thank You for the comment. ☺

  11. Yumnu

    Thnx 4 sharing it ..Mikan hadhaanu ga bahahtaanan..

    1. Mahid
      Yumnu

      Good ?. Thank You Yumnu.

  12. Rau

    thanks maadhu.

    1. Mahid
      Rau

      Welcome dear Rau. Thank U comment kolleema.

Comments are closed.