ކުރިމަތީ ހުރި ޒުވާނާ ކުއްލިއަކަށް ސިހިފައި ހަޔާ އާއި ދިމާލަށް ބަލާލީ އުންމީދުވެސް ނުކޮށްހުއްޓާ ހަޔާ އޭނާގެ ކަންކަށިމަތީގައި ޖެހުމުންނެވެ. “ޑިޑް ޔޫ ޖަސްޓް ސުލެޕް މީ؟؟” އެޒުވާނާ ހަޔާގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އެކަން ޤަބޫލުނުކުރެވިފައި ހުރިކަން އެމޫނިމަތިން އަރާ ފައިބަމުން ދިޔަ ކުލަތަކުން ސާފުވާންހުއްޓެވެ. “ހަޔާ” ދެމީހުންގެ ނަޒަރު ހުއްޓުނީ ފެހިކުލައިގެ އަތްދިގު ޓީޝާޓަކާ ކަޅުކުލައިގެ ސޯޓެއް ލާފައި ހުރި ޒުވާނާއަށެވެ. އަންހެންކުދިންގެ ހިތްތައްކަތިލާފަދަ ހިގުމެއްގައި ހަޔާމެންނާ ދިމާލަށް އައިއިރު ޓީޝާޓު ގަޔަށް […]
“އެސްފިޔަ ދީނީ ކުރުވާހަކަ މުބާރާތް 1438” ސްޕްންސަރ ކުރުމުގެ ފުރުސަތު ވަނީ އާންމު ކޮށް ހުޅުވާލެވެިފައެވެ.
“އޯކޭ އޯކޭ!!މިރޭ ކެއްކުން އޮތީ ބޯއީސްއަށް..މިރޭ އަޅުގަނޑުމެން ތިން ކުދިންނަކީ ގެސްޓުން” އުޝާ ވާހަކަ ދައްކަމުން އައިސް ސޯފާގައި އިށީންދެލިއިރު ހީވީ ކުރިން ދެކެވުނު ވާހަކައިގެ މައުޟޫ އޮޅުވާލުމުގެ ނިޔަތުގައި ވާހަކަ ދެއްކި ހެންނެވެ. އޭރު އުޝާގެ އަތުގެ އިޝާރާތަށް ދިމްރާއާއި ރީމްވެސް އުޝާގެ ކައިރީ ސޯފާގައި އިށީންދެއްޖެއެވެ. “އޯކޭ ޑަން! ހީކުރަނީތަ ފިރިހެނުންނަށް ވީމަ ކައްކަން ނޭނގޭނެކަމަށް..ވެއިޓް އެން ވޮޗް.ތިން ޝެފުންގެ ހުނަރުވެރިކަން މިރޭ ފެނިގެންދާނެ.. ތި މީހުން ކުޅުދިޔަވާނެހާ މީރު ކެއުމެއް ކާން ރެޑީވޭ” […]
ލިޔުންތެރިންނާއި ކިޔުންތެރިންގެ ޚިޔާލުތައް ކޮމެންޓްގެ ޒަރީޔާއިން ހުށައަޅުއްވަމުން ގެންދެވުން އެދެމެވެ.
ދެމީހުންނަށް ހޭވެރިކަންވީ އެންމެން އެއްފަހަރާ ހަޅޭއްލަވައިގަތުމުންނެވެ. އެންމެން ފޯރިނަގާފައި ސަކަރާތް ޖަހަމުން ދިޔަ އިރު އަމާންވެސް އުޅުނީ ހަޔާ ކޮނޑަށް ލައިގެންނެވެ. ހަޔާ އެނާގެ އަތުތެރޭގައި ގެންގުޅެލާގޮތުން ހުދު ހަޔާވެސް ހުރީ އަޖައިބުވެފައެވެ. 6 ޖެހުމުން ހުރިހާ ފިރިހެންކުދިން ގެޔަށްދިޔައީ ހުރިހާ އަންހެންވެރިން ގެއަށްލާފައެވެ. އަމާންވެސް ހަޔާ ގެއަށްލާފައި ގޮސް އޭނާވެސް ގެއަށްވަދެ ފެންވަރާލައިގެން އެނދުގައި ޖައްސާލިއިރު އެތުންފަތްމަތީ ވަނީ ހިނިތުންވުމެކެވެ. ދެލޯމަރާލައިގެން އޮތްއިރު މިއަދުވީ ހުރިހާކަމެއް ހަނދާންކުރަމުން ދިޔައެވެ. “ދަރިފުޅާ” ދޮރުގައި ޓަކިޖަހާލަމުން ޒުބޭދާ އަމާންއަށް […]
ދިމްރާއަށް އެ އެއްޗެހި ދަސްކުރަން ހުއްޓާ އިތުރު މެސެޖެއް އާއި އަޑު އިވިގެން ދިޔައެވެ.އެހެންކަމުން އަވަސް އަވަހަށް ގޮސް ބަލައިލިއިރު F-83 ނަންބަރު ފައިލް ދިނުމަށް ޔުއާން މެސެޖު ކޮށްލާފައި އޮތެވެ.އެއާއެކު ވަގުތުން ދިމްރާ އެ ފައިލް ހޯދާފައި ފައިލް ލާން ހާއްސަ ކޮށްފައިވާ ޖާގަޔަށް ފައިލް ލިއެވެ.ދެމިނެޓުވެސް ނުވާނެއެވެ. ވީއިރު ޔުއާން އިންނާނީ މިހާރު ރަނގަޅަށްވެސް ހައިރާންވެފައެވެ.ލިބުނު ކާމިޔާބުގައި ދިމްރާ ކުޑަކޮން ނަށާލާފައި ގޮސް ގޮނޑީގައި އިށީނެވެ. “މީޓިންއެއް އެބައިން ދިހަ މިނެޓް ތެރޭ..މުނާޒު ކައިރިއަށް […]
އާލިޔާ ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރެ މުޅި ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. މިއީ އާލިޔާ އަށް އެންމެ ކަމުދާ “ހެއަރ ޖެވެލް” ކިޔާ ވަށްތަރުގެ ހެއަރ ސްޓައިލެކެވެ. ރޯސް ޕްރިންޓެޑް މިކާޑޯ ކުރު ހެދުމެއް ލައިގެން ހުރިއިރު މުޅި މީހާ ފެންނަމުން ދިޔައީ ރީތި ފުރިހަމަ ހަނދެއް ފަދައިންނެވެ. މޯޑް އިނީ ދަހި ބުޅަލެއް ބަލާ ފަދައިން އާލިޔާ އާ ދިމާއަށް ބަލަހައްޓައިގެންނެވެ. މޯޑްގެ ތައުރީފުތަކާއެކު ކާރު މިސްރާބުޖެހީ މޯޑުގެ ފަސްތަރީގެ ޖުންޑެލި ގެސްޓް ހައުސްއާ ދިމާއަށެވެ. […]
“ވަޓް ދަ ހެލް” ގަމީހު ގޮއްތަށް އަޅުވަން ހުރި ޔުއާންގެ އަނގައިން އެބަސްތައް ބޭރުވީ ނުވިސްނާ ހުއްޓާ ކެބިން ދޮރު ހުޅުވާލުމުން ލިބުން ސިހުމުގައެވެ.ސިހިފައި އެނބުރި ބަލައިލެވުމާއިއެކު ދޮރުން ވަތް ދިމްރާފެނި ޔުއާންގެ ބުމަ ގޮއްޖެހިގެން ދިޔައެވެ.އޭރު ދިމްރާވެސް ފެނުނު މަންޒަރުން ހުރީ ހުއްޓުން އަރާފައެވެ. ޔުއާން އަވަސް އަވަހަށް ގަމީސް ގޮއްތަށް އަޅުވާލުމަށްފަހު ގޮނޑީގައި އިށީނެވެ.ދިމްރާވެސް އެއާއެކު ހޭވެރިކަންވުމުން އަވަހަށް ގޮސް ޔުއާންގެ މޭޒުގެ އަނެއްފަރާތުގައި ހުރި ދެގޮނޑިންކުރެ ގޮނޑިއެއްގައި އިށީނެވެ.ރުޅިއައިސް ބުމަ ގޮއްޖަހާލާފައި އިން […]
ލާންޗު އައިސް ފަޅުން ވަތް މަންޒަރު ބަލަން އިން ދިމްރާއަށް ކުރެވިގެން ދިޔައީ ބަޔާން ކުރަންދަތި ޝޫއުރުތަކެކެވެ.ކުރެވިގެން ދިޔައީ އަމިއްލަ ވަޒަނަށް އާދެވުނު ކަމުގެ އިހްސާސެކެވެ.އިރެއްގައި އެ މާލެއަކީ އޭނާއަށް އާ ތަނަކަށްވިއަސް މިއަދު އެއީ އޭނާއަށް އާ މަންޒިލެއް ނޫނެވެ.މޫނުމަތިން އެކަން ނުދައްކާ އިނަސް މިއަދު އެ މާލެއަށް އާދެވުމުން އޭނާ އިނީ އިންތިހާއަށް އުފާވެފައެވެ. ވާނީވެސް އެހެންތާއެވެ.އޭނާގެ ދިރިއުޅުމުގެ އެންމެ އުފާވެރި ހަނދާންތައް ވަނީ އެ މާލޭގައެވެ.އޭނާ އެންމެ ލޯބިވާ މީހުންތައް އުޅޭ މަންޒިލަކީ […]