ދުވެފައި ގޮސް ލަޔާން ހަޔާގެ ކައިރީގައި ކުޑަ ކަކޫ ޖަހާލަމުން ބިންމަތީގައި އިށީނނެވެ. އަދި ލެއިން ތަތްތެޅިފައި އޮތް ހަޔާ އަތްދަނޑި މައްޗައް ނަގާ އޭނާގެ ކާރާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެއްވެތިބި މީހުންތަކުގެ ތެރެއިން ބަޔަކު އައިސް ކާރުގެ ދޮރު ހުޅުވައިދީފައި ހަޔާ ފަހަތު ސީޓުގައި ބޭއްވުމަށް އެހީ ވެދިނެވެ. ހަޔާ ރީއްޗަށް ބާއްވާލައިފައި ލަޔާން ކުރީ ސީޓަށް އަރާ ކާރު ދުއްވާލީ އޭޑީކޭއަށް ދިއުމަށެވެ. ހާސްވެފައި ހުރިވަރުން އޭނާއަށް ކާރު ދުއްވުނީވެސް ވަރަށް ބާރަށެވެ. […]
އިިތުރަށް ހިޔާލުތަކަށް ގެނބެން ނުހަދާ ދިމްރާ އަތުގައި އޮތް އަނގޮއްޓި ނަގާ ޔުއާންއާއި ދިމާލަށް ދިއްކޮއްލިއެވެ.އެ ނަގަންވެގެން ޔުއާންގެ އަތް ދިމްރާގެ އަތުގައި ބީހުނު ވަގުތު ދެމީހުންނަށްވެސް ސިހިފައި އެކަކު އަނެކަކުގެ ލޮލަށް ބަލައިލެވުނީ ދެމީހުންނަށްވެސް ދެމީހުންގެ އެތެރެހަށީގައި ތަފާތު ކަރަންޓު ރާޅުބާންޏެއް ދަތުރު ކޮއްލިކަމުގެ އިހްސާސް ވުމުންނެވެ. “ދިމް އައިމް ސޮރީ..އަސްލު ތެދަށް ބުނަންޏާ ދިމްއަށް ޓްރަސްޓް ނުކުރާތީއެއް ނޫން އަހަރެން މިއަދު އެގޮތަށް ވާހަކަ ދެއްކީކީއެއް..މޫޑް އޮފްވެފަ ހުރި ދުވަހެއްގަ އެފަދަކަމެއްވީމަ ރުޅި ބޭލުނީ..ސޮރީ..އަހަރެން […]
އަމާންގެ އެ ގާތްކަމުން އަފްރީންގެ ހިތުގެ ތެޅުން ދިޔައީ ހިނދެއް ހިނދެކަށް ބާރުވަމުންނެވެ. އަމާން ހުރީ އަފްރީންއަށް ވަމުން ދިޔަ ގޮތުން އެތެރެއިން ހީލަ ހީލައެވެ. އަފްރީން ސައިކަލުގެ ކުރީގައި އިނުމުން އަމާންއަށް ވަމުން ދިޔަ ފިނި ވަނީ ކުޑަވެފައެވެ. ނަަމަވެސް އަފްރީންގެ އަތްފައި ފިނިކަމުން ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. ފަނަރަވަރަކަށް މިނެޓް ދުއްވުމަށްފަހު އަފްރީންއާއި އަމާން ގޮސް މަޑުކޮށްލީ މަގުގެ ކޮޅުގައި މަޑުކޮށްލައިގެން ތިބި އަފްހަމްއާއި ލިއުޝާގެ ކައިރިއަށެވެ. އަފްރީން ސައިކަލުގެ ހަރު ޖައްސާލުމަށްފަހު ސައިކަލުމަތީ […]
“ބައިލައްކަ ރުފިޔާއަށް އަހަރެން އެ ދޭނީ” “މައްސަލައެއް ނެތް..ބައިގަޑިއިރުތެރޭ އަހަރެން މި ދަނީ ތިގެއަށް” ދިމްރާ މިހެންބުނެ އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ.އޭރު މުޅިކުއްޖާ ހުރީ ބިރުން ތުރުތުރު އަޅައަޅައެވެ.ނޭވާ ދޫކޮށްލިގޮތުންވެސް ހީވީ ހަމްދާންއަށް ގުޅީއްސުރެ ނުލާ ހުރި ނޭވާ ދޫކޮށްލި ހެންނެވެ. “ދިމް ބައިގަޑއިރުތެރޭ ކިހިނެއް ތިވަރަށް ރުފިޔާ ހޯދާނީ..އާން އަށް ގުޅާފަ ބުނަންވީ ދޯ” މުނާޒް އެންމެ ކަންބޮޑުވީ އެހާ ކުޑަވަގުތުކޮޅެއްގައި ރުފިޔާ ހަމަޖައްސާނެ ގޮތެއް ނުވިސްނުނީތީއެވެ.ފޯނު ކޯލް ކާމިޔާބު ކަމާއިއެކު ނިންމާލެވުނަސް ދެން […]
މިއަދު އިރުއެރީންސުރެ ޔަމީނާ ހުންނަނީ ހިތްއަވަސްވެފައެވެ. ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެއް ހިތުގައި ހިނގާއިރު، މޫނުމަތިން ރަކި ހިނިތުންވުމެއް ފެނެއެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ހިތުގައި ނަވާލުގެ ޚިޔާލުތައް ރަސްކަންކުރަމުން އެ ދަނީ ވަކި އިރެއް ބަލާފަކާ ނޫނެވެ. ނަމަވެސް އޭނާ މަސައްކަތްކުރަމުން އެދަނީ މޫނުމަތިން އެއިން އެއްވެސް ކަމެއް އެހެން މީހަކަށް ފާހަގަވިޔަނުދީ ވޭތޯއެވެ. ނާދިރާއަށް އޭނާގެ އެންމެ ހަގު ދަރިފުޅުގެ މޫނުމަތީގައި އެވާ އުފާވެރިކަން ފާހަގަކުރެވުނު ނަމަވެސް ޔަމީނާ އިތުރަށް ލަދު ނުގަންނުވަން ނޭނގޭ […]
ކަމަކު ނުދޭތަ؟؟ އަފްރީން އައިސް ކައިރީގައި ހުއްޓިލަމުން ބުންޏެވެ. “މާ ބޮޑަށްވެސް ކަމުދޭ އަވަހަށް އާދެ ސައިބޯން” އަފްހަމް އަފްރީންގެ އަތުގައި ހިފާ ދަމާލަމުން ބުންޏެވެ. ސައިބޮއި ނިމުމުން އަފްރާހް އަފްރީން ގޮވައިގެން އޮފީހަށް ދިޔައީ މިހާރު އޮފީހުގައި ކަންކަން ހިނގާގޮތް ބުނެލަދިނުމަށެވެ. ފުރަތަމަ ދުވަހުވެސް ސްޓާފުންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުން އަފްރީންގެ މަސައްކަތް އިތުރަށް ފަސޭހަވެގެން ދިޔައެވެ. އޭނަގެ އެސިސްޓެންޓް ކަމަށްވާ ރައިހާ އޭނާއަށް މިހާރު ހިންގަމުންދާ ޕޮރެޖެކްޓްތަކާއި ހުރިހާއެއްޗެއް ކިޔާދެމުން ދިޔައިރު އަފްރީން […]
އައި.ޖީ.އެމް.އެޗް ގެ ހަލަބޮލި މާހައުލުގައި ދެކޮޅުދެކޮޅަށް ހިނގާލަހިނގާލަ ހުރިމީހާގެ މޫނުމަތީގައި އިންތިހާދަރަޖައިގެ ނުތަނަވަސްކަމާއި ކަންބޮޑުވުންފާޅުވެވެހުއްޓެވެ. އޭނާގެ އަންްހެނުން ވިއްސާކޮޓަރިއަށް ވެއްދިތާމިހާރު ބައިގަޑިރުވާންވެފައިވާއިރު އަދި އޭނާ ތަނަކު ހަމަޖެހިލައިގެން ނުހުރެވެއެވެ. އެންމެފުރަތަމަ ދަރިފުޅު އުފަންވާއިރު ބައްޕައެއްގެ ހިތުގައި އުފެދޭވަރުގެ ހާސްކަމެއް މިފަހަރުވެސް އޭނާއަށްް ކުރެވޭކަހަލައެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. މިފަހަރު އޭނާގެެއަންހެނުން ބަލިވެއިނީއްސުރެ ހުޅެނީ އަބަދުހެންބަލިވެއެވެ. ” ފާތިމަތު ޒިޔާދާގެ އެހީތެރިއެއް” ހާސްވެކަންބޮޑުވެފައިވާ ހިޝާާމްގެ ހިނގުމަަށް ހުއްޓުމެއްއައީ އޭނާގެ އަންހެނުންގެ އެހީތެރިޔާއަށްގޮވާލުމުންނެވެ. ” ކިހިނެއްތޯވީ.. އަޅުގަނޑުމީ ޒިޔާދާގެ ފިރިމީހާ..” […]
މިހާރު އޭނާއަށް ވާނުވާ ކޮންމެސް ވަރަކަށް ރޭކާ ލައިފިއެވެ.ޔުއާން ހިތާމަ ކުރަނީ އެކުއްޖާ މިއަދު މިދުނިޔޭގައި ނެތީމައެވެ.އެންމެ ގާތުގައިވީ އިންސާނާ ދުނިޔެ ދޫކޮށް ދިޔައީމަ ވާނީވެސް އެހެންތާއެވެ.އެކަމަކު އެކުއްޖާ އެންމެ ފަހަރަކުވެސް މަރުވެފައި ވެދާނެކަމަށް ދިމްރާއަށް ވިސްނާލެވިފައެއް ނެތެވެ.އެކުއްޖާ ދެކިލާ ބައްދަލް ކޮށްލަން ބޭނުންވެފައި އިން ދިމްރާއަށް އެހާ ބޮޑު ޝޮކެއް ލިބުނީ އެހެންވެއެވެ. “މަރުވީއޭ…ކީއްވެ؟” އެހެން ބުނެލި އިރުވެސް ދިމްރާގެ ދެލޯ ހުރީ ފެންކަޅިވެފައެވެ. “މާ ބޮޑަކަށް ނޭނގޭ..ކުޑަދޮރުން ވެއްޓުނީ ކަމެއް ނުވަތަ ފުންމާލީ ކަމެއް..އެކަމު […]
މާޒީގެ ހަނދާންތަށް އާވުމުން އެ ހިތުގައި ރިއްސާލިއެވެ. އަދި ކިހާ ދުވަހަކު މިހެން އެކަހެރިވެ އިނދެ ހިތާމަ ކުރަން ޖެހޭނެ ހެއްޔެވެ؟؟ އަމާންގެ ހިތައްއެރިއެވެ. ހިތް ޝަކުވާއިން ފުރެމުން ދިޔައިރުވެސް އެންމެ ލަފްޒެއްވެސް ދުލާ ހަމަޔަށް ނައެވެ. އަފްހަމް ސައިކަލާ އައިސް އަމާންގެ ކައިރިއަށް މަޑުކޮށްލީ އަމާން އެ ހިތާމައިގައި ވަނިކޮށެވެ. ހިޔާލުތަކުން ބޭރުވުމަށް އަމާން ލޯ މަރާލި ވަގުތު ކުރިމަތިން އަފްރީންގެ ސޫރަ ފެނުމުން ސިހިފައި ދެލޯ ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ބޭއިހްތިޔާރުގައި އަފްރީންގެ ނަންވެސް […]