“ޔާނީ ދައްކާ ވާހަކަ.. އާދެވުނު ފުރަތަމަ ދުވަހުވެސް ތިއުޅެނީ މިގެއިން ނުކައި ދާން.. އެހެނެއް ލާހިކެއް ނޫން ދާކަށް.. ބަނޑު ފުރޭވަރަށް ކާންދީފަ ފޮނުވާލާނީ.. ހެހެހެ..” ޒިވާ އަނެއްކާވެސް ހިނިތުންވަމުން ބުނެލިއެވެ. މިފަހަރު ޒިވާ އައިސް އަލަމާރިން އެއްޗެއް ނެގުމަށްޓަކައި ފަހަތަށް އެނބުރިލިއެވެ. އެވަގުތު އަޔާނީއަށް ޒިވާގެ މޫނުފެނި ދެލޯ ބޮޑުކޮށްލެވުނެވެ. އަނގަ ތަންމިމނަށް ހުޅުވުނު އިރު އޭނާއަށް އަނގަމަތީ އަތްވެސް އަޅާލެވުނެވެ. ގުޑިލަންވެސް ނޭނގިފައި އަޔާނީއަށް ހުރިތާ ހުރެވުނީއެވެ. ނޫނެކެވެ. މިހެން ވާންވީ ކީއްވެހެއްޔެވެ؟ ޒިވާ […]
“އެއްވެސް ކުއްޖަކު އަދި މާޔޫސްވާނެ ކަމެއްނެތް. ބާކީ ތިން މެޗު އެބައިން. މިއަދު ހެދުނު ގޯސްތަަކަކީ ކޮބައިކަން ބެލުމަށްފަހު ދެން އޮތް މެޗަށް މަސައްކަތް ކުރަންވީ. މިއަދުގެ މެޗު މަތިން ހަނދާންނައްތާލަންވީ. ކުރިއަށް އޮތް މެޗަށް ވިސްނަންވީ. ދެން އެންމެ ރަނގަޅު ހުރިހާ ކުދިން އެ ކުއްޖެއްގެ ރޫމްއަަށް ދިޔަސް. އެކަމު އާރާޝް އެހަށް މަޑުކޮށްލާ” މިއަދު ކުޅެވިގެންދިޔަ މެޗާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ފަހު އެ ކުޅުންތެރިން ތިބެން ހަމަޖެހިފައިވި ރޫމްއަށް ދިއުމުގެ ހުއްދަ […]
“މަންމާ ދެން ބުނެބަލަ ވީ ގޮތެއް” ދާނިޝް ދެންވެސް ކަންބޮޑުވުމަކާ އެކު އަހާލިއެވެ. “ދަރިފުޅަށްވެސް އެނގެއެއްނު ހުރިހާކަމެއް” ހިޝްމާ ބުނެލިއެވެ. “މަންމާ މީހަކު އެއްޗެކޭ ކީތަ؟” ދާނިޝް ހިސާބެއްގެ ކަންބޮޑުވުމަކާ އެކީ އަހާލިއެވެ. “ނޫން” ހިޝްމާ ނޫނެކޭ ބުނަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. އެއާއެކު ދާނިޝް ހިޝްމާގެ އަތް އޭނާގެ އަތުގެ ތެރެއަށް ލަމުން އެއަތަށް ބާރަށް ފިތާލިއެވެ. ބުނާކަހަލައެވެ. މަންމާއެވެ. އެކަމާ ނުވިސްނާށެވެ. “ދަރިފުޅަށްވެސް އެނގެއެއްނު މަންމަ އަކީ ތި ދެކުދިންގެ ވެސް އަސްލު މަންމަ […]
އުމުރުން ފަންސަވިސް އަހަރުގެ އައިރީންއަކީ އޭނާގެ ބައްޕަ އަމީންގެ ވިޔަފާރި ކުންފުނީގެ ދަށުން ހިނގާ ކްލިނިކްގައި މަސަތްކަތް ކުރަމުން އަންނަ ހީވާގި ކުޑަކުދިން ޙާއްސަ ޑޮކްޓަރެކެވެ. ކުޑަކުދިންނާ ގުޅޭ މަޖާ އަދި އެހާމެ ހިތްހެޔޮ ޑޮކްޓަރެކެވެ. އޭނާއަކީ އަމީންއާއި އޭނާގެ އަންހެނުން ނާއިފާއަށް ލިބިފައިވާ ހަމައެކަނި އަންހެން އަދި އެންމެ ހަގު ދަރިފުޅެވެ. އެހެންކަމުން މުޅިއާއިލާ އެންމެންގެ ހިތްތަކުންވެސް އޭނާއަށް ލިބިފައިވަނީ ޙާއްސަ މަގާމެކެވެ. އައިރީންގެ ދޮށްޓައް ލިބިފައިވަނީ ދެ ފިރިހެން ކުދިންނެވެ. ދޮށީ ފިރިހެން ދަރިފުޅުގެ ފަރާތުން އަމީންއަށާއި ނާއިފާއަށް މާމައާއި […]
ފަނަރަ ވަރަކަށް މިނެޓަށްފަހު ޔައީޝް އާއި ޒިވާ ފިޔަވާ އެންމެން ފުރާ މީހުންގެ ދޮރޯށިން ވަދެގެން ދިޔައެވެ. ޔައީޝް އާއި ޒިވާވެސް އެމީހުންނަށް ހަނާ އަޅާލުމަށްފަހު މާލެ ދާންވެގެން ނިކުންނަން ދިޔައެވެ. ނަމަވެސް އެނބުރިލީ ވަގުތު ޔައީޝްގެ ގައިގައި މީހަކު އަޅައިގަތެވެ. ޔައީޝް ސިހިފައި ފަހަތް ބަލައިލީ އަތަށްވެސް ކުޑަކޮށް ތަދުވުމުންނެވެ. “ސޮރީ..” އެއިރު އެމީހަކު އޭނާއަށް ބަލައިލައިފައި މާފަށް އެދުނެވެ. ނަމަވެސް ދެމީހުންނަށްވެސް ދެމިހުންނަށް ބަލަހައްޓައިގެން ތިބެވުނީއެވެ. ޒިވާ އޭނާއާއެކު ޔައީޝް ނާންނަހެން ހީވެގެން ފަހަތް […]
ސައިމަންއާއި ކުޑަކޮށް ވާހަކަ ދައްކާލަން ހުރެފައި އަލުން ނައިރާއާ ދިމާލަށް އޭނާ ބަލާލިއެވެ. ” ޕޮއް ” ހަމަ އެވަގުތު ނައިރާގެ ކޮނޑުގައި ފަހަތުން އައިސް ޖަަހާލާ ސިއްސުވާލި އަންހެންކުއްޖާ ފެނި ނާއިންގެ ލޮލުން އަލިފާން ކަނި ބުރައިގަތެވެ. ނާއިންގެ ހަނދާނަށް އަންނަން ފެށިއެވެ. ކުރީގައި ނައިރާ އެނާއަށް ފެނިފަ އޮތީ ޝިޔާއަށް ފާރަލާން އުޅުމެގެ ތެރޭގައިކަމެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ތަފާތު ނަޒަރަކުން ބަލާލެވުނު އަންހެން ކުއްޖަކީ ޝިޔާއާ ގުޅުން ހުރި ކުއްޖެއްކަން އެނގުމުން އޭނާގެ […]
އުޑު މަތި ސާފު ރީތި ދުވަހެކެވެ. ހަލަބޮލި މާލޭގެ މަގުމަތިން “ޕީއް…ޕީއްް..” އަޑު ކެނޑިގެން ނުދެއެވެ. އާދައިގެ މަތިން މިއަދުވެސްް އަހަރެން ތައްޔާރު ވެލީ ހަވީރު ފިންޏަށް ބުރެއް ޖަހާލުމަށް ދާށެވެ. ފެންވަރައި ރީތިވެލީމެވެ. އަހަރެން ހުރީ، ނޫކުލައިގެ އަތްދިހު ގަމީހަކާއި ފިއްތި ޖިންސް (ސްކިނީ) އެއް ލައިގެންނެވެ. އަތުގައި އަޅާފައި އޮތް ސްމާޓް ވޮޓްޗް ފޯނާ ކަނެެކްޓްކޮށްލީމެވެ. ބެލްޓް ރަނގަޅަށް ބާރު ކުރުމަށްފަހު ހިނގައި ގަތީމެވެ. އަދި ހަރުގަނޑުގައި އިން ފެހި ކުލައިގެ ބޫޓަށް އަރާލީ […]
މުސްކާން ގެ ކަރަށް ވާން ވުމާއެކު އަނގަ ތެރޭގައި ލޭ ރަހަ ލީ ކަރުން ލޭ އައުމުންނެވެ. ޕލޮހުންގެ އިތުރު މީހުން އައިސް މާނިއު މަތަ ކުރެވުނެވެ. ނޭވާ ނުލެވި ތެޅެމުން ދިޔަ މުސްކާން އަށް ހަމަނޭވާއެއް ލެވޭ ވަރުވީ އިޒިކް އޭނާގެ ބުރަކަށީގައި ދެފަހަރަކު ޖަހާލުމުންނެވެ. އެންމެން ތެރޭގައި މާނިއު އެފަދަ އަމަލްއެއްކުރުމުން އަނެއްކާވެސް އޭނާ އަށް ކުރެވުނު ތުހުމަތުތަކަށް އިތުރު ބޮޅެއް އިތުރު ވެގެން ދިޔައެވެ. އެންމެންގެ ތެރޭގައި އެފަދަ އަމަލެއް ކުރުމުން އަނެއްކާވެސް […]
“އައިޝާއަށް ނުވަންޏާ އޯކޭ.. ޔައި ނަގާދީފާނަން..” ފުރަތަމަ ޔައީޝް ބުނި ބުނުމުން އައިޝާ ހިތްހަމަ ޖެހުނު ނަމަވެސް ދެވަނަ ސިކުންތުގައި އަނެއްކާވެސް ނުތަނަވަސްވާން ފެށިއެވެ. ޔައީޝް ހިނިތުން ވެލަމުން އޭނާގެ އަތް އައިޝާގެ މޫނުފޮތިކޮޅާ ދިމާލަށް ގެންދަންފެށިއެވެ. އަދި މަޑުމަޑުން އެ ފޮތިކޮޅު ހިއްލަން ފެށީ ދެން ވާނެ ގޮތަކާމެދު އެއްވެސް ވަރަކަށް ނުވިސްނާ ޙާލުއެވެ. އޭނާއަށް ކޮންމެވެސް ވަރަކަށް އެފޮތިކޮޅު ހިއްލުނު އިރު އައިޝާގެ ދަތްދޮޅި ފެނިގެން ދިޔައެވެ. ދޮން ދޮން މޫނެކެވެ. ހަމަޖެހިލައިގެން ހުރި […]