ހަވީރުވެގެން އައި އިރު ނުރީންމެންގެ ހިތުގައި ވަނީ އުފާވެރިކަމެވެ. ނަމަވެސް ޔައީޝްގެ ހިތަށް ވެރިވެފައި ވަނީ ފޫހިކަމެވެ. އޭނާ އެދާ ގެއަކަށް ދަނިވެސް މަޖުބޫރުވެގެންނެވެ. ނޫންނަމަ އޭނާ މިގަޑީގަ ހުންނާނީ ކޮންމެވެސް އެހެން ކަމެއްގައެވެ. ޔާސީންމެންނަށް ކާރު ދީފައި އެމީހުން ފަހަތުން ޔައީޝް ދިޔައީ ސައިކަލުގައެވެ. ފަނަރަ ވަރަކަށް މިނެޓު ވާންދެން ދުއްވުމަށްފަހު ޔާސީންމެން ކާރު މަޑުކޮށްލީ ދިހަ ބުރީގެ އިމާރާތެއްގެ ކުރިމައްޗަށެވެ. ނޫރިންމެން ކާރުން ފޭބުމުން އެމީހުން ކާރު ޕާކު ކޮށްލަން ދިޔައެވެ. ޔައީޝްވެސް ސައިކަލު […]
“މީހެކޭ.. މީހެކޭ މަސަލާމަތްކުރޭ.. ” “މަކައިފިޔޯ.. މީހެކޭ.. ” ވާނުވާ ރޭކާ ނުލާހާލު ރިޒާ އަޑުގެކޮޅަށް ގޮވަންފެށިއެވެ. އޭރުވެސް އަންހެނެއްގެ ހުނުމުގެއަޑު އެކޯވެގެންއިވިއިވި ހުއްޓެވެ. ތިންދުވަސް ފާއިތުވެދިޔައިރުވެސް ގާސިމްމެންނާއި އިތުރުސުވާލެއްނުކުރާތީ އެމީހުން އެތަނުން ބޭރަށް ނުނެރެއެވެ. ނަމަވެސް ކޮންމެރެއަކުވެސް އާބޮތްކެއް އެތާންގައި ހަރުކުރަން ޖެހުމާއި ދަންވަރު އެގޮޅީން ހަޅޭއްލަވާއަޑު އިވޭވާހަކަ ވަނީ މިހާރު މުޅިރަށުގައި އާންމުވެފައެވެ. ******** ރަޝްފާ ހޮސްޕިޓަލުން ދޫކޮށްލިނަމަވެސް ނައީމާ އަދިވެސް ވަނީ އެމަޖެންސީ ބައިގައިކަމުން ޖައިލަމް ސަލާމްބުނެފައި މަންމަގެ ހިދުމަތިގައި މަޑުކުރިއެވެ. އައިރާވެސް […]
އެ ވަގުތު ވިޝާލްގެ ހިތަށް އެރި އެއްޗަކުން ދެލޯ ބޮޑުވެގެން ދިޔައެވެ.މާޔާ އާއި އާނާގެ އޮތީ ކޮންގުޅުމެއް ބާއެވެ؟މާޔާގެ ބައްޕަ އާއި ހަސްނާތަ އާއި ހުރީ ކޮންގުޅުމެއް ބާވައެވެ؟އެ ވަގުތު ވިޝާލް ކޮށި އެރިއެވެ. “ދަރިފުޅާ އަވަހަށް މިފެން ފޮދު ބޯލަބަލާ…ކިހިނެއް ވީތަ ތިކޮށި އެރީ”ހަފީޒާ އަށް ވިޝާލް ކޮށި އަރައިގެން އުޅޭތަން ފެނުމުން ފެން ތައްޓެއް ދިއްކޮލަމުން ބުންޏެވެ. “އެއީ…އުމް…ކަމެއްނުުވެ…ޒެލް އެއީ މާޔާ…ވަރަށް ކްލޯޒް ފްރެންޑް އެތް….”ވިޝާލް ޒެލް އަށް މާޔާ އާއި ބެހޭ ކުޑަ […]
ދުވަސްތައް އެގޮތުގައި ހަލުވި ކަމާއެކު ފާއިތުވަމުން ދެއެވެ. އެންމެންވެސް އެމީހުންގެ ދިރިއުޅުމައިގެން އަލުން ކުރިއަށް ދެވޭތޯ ބެލިއެވެ. ދިރިއުޅުމުގައި އާ ހަރުފަތްތައް ގިރާކުރަމުން ދިޔައި ފޯރީގައެވެ. ނަމަވެސް އެއްބަޔަކު އަދިވެސް އުޅެމުން ދިޔައީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެކަމުން މިންޖުވޭތޯ އެމީހުން އެތަކެއް މަސައްކަތެއް ކުރަމުން ދިޔަ ނަމަވެސް އަދި ކާމިޔާބުވާގޮތް ހަމަ ނުވަނީއެވެ. ***6 އަހަރު ފަސް*** ހަވީރު ހަތަރެއް ޖަހަން ގާތް ވަނީއެވެ. ޖެއްސި ފްލައިޓުން ފޭބި މީހުންނާއެކީ އަންނަމީހުންގެ ދޮރުން ނިކުމެގެން އެ […]
ކުއްލިއަކަށް އެތާގައި ހުރިމީހާ ރަޔާންގެ އަތުގައި ހިފައިގެން ހިނގައިގަތީ ޖަލާއި ދިމާލަށެވެ. ވަކިހިސާބަކަށް އެރުމުން ރަޔާންގެ ލޮލުގައި އަޅައިގަތީ އެޖަލުތެރެއަށް ލައި ބަންދުކޮއްފައިވާ މީހެކެވެ. ވަކި ހިސާބަކަށް ދެވުމުން އެއީ ކާކުކަން ރަޔާންއަށް އެނގިއްޖެއެވެ. އެއީ ރިވްލާންއެވެ. **************** ޖަލުތެރޭގައި ރަޔާންއަށް ހުރެވުނީ ބުނާނެއެއްޗެއް ނޭންގިފައެވެ. އެވަގުތު ރިވްލާންހުރީ ރަޔާންއާއި ދިމާލަށް ބަލާށެވެ. އިރުކޮޅަކު ރަޔާންއާއި ދިމާލަށް ބަލަން ހުރެފައި ރިވްލާން އަހާލިއެވެ. “ކޮންނަމެއް ކިޔަނީ ؟”. ރިވްލާންގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން ރަޔާން އޭނާގެ ފުރިހަމަނަން […]
“އަންޖު” އައިލީޝް ދެވަނަ ފަހަރަށް ކުޑަ އިރުކޮޅެއް ފަހުން ފަށަން އުޅުމާއެކު ރާސިލް އެދިމާލަށް އައިސް އައިލީޝް ގެ އަތުގައި ހިފާލިއެވެ. އަދި އެ އަތް މަޑުމަޑުން އެނދުމަތީގައި ބާއްވާލިއެވެ. އެއަށްފަހު އޭނާ ޝަހާދަތް އިނގިލި އޭނާގެ މެއާ ދިމާލުގައި ޖައްސާލަމުން ދެވަނަ ހަރަކާތުގައި ދެއަތް މޭމަތީގައި ހުރަސްކޮށްލިއެވެ. އެއަށްފަހު ދެވަނަ ފަހަރަށް އެ ޝަހާދަތް އިނގިލި އައިލީޝް އާ ދިމާލަށް ދިށްކޮށްލިއެވެ. ރާސިލް އެބުނަނީ ކީކޭކަން އެނގުމާއެކު އައިލީޝް އަށް ހައިރާންކަން ލިބިގެން ދިޔައެވެ. އެއާއެކު […]
އަޅުގަނޑު މި ސައިޓްގައި ލިޔަމުން އައި ވާހަކަ”މަންޒިލް” ކުރިޔަށް ނުގެންދެވި ގިނަދުވަސް ވީ ކަމަށްޓަައި ހުރިހާ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށްއެދެމެވެ. އަދި މާދަމާއިން ފެށިގެން މިވާހަކަ ގަވާއިދުން ކުރިޔަށް ގެންދާނެވާހަކަ ދަންނަވަމެވެ.
ރަސްފަންނުގެ ހުދު ދޮންވެލިގަނޑު މަތީ ކަށިފައިވާނެއްގައި ހިނގާފައި ދިޔަ ޝިޔާގެ މިސްރާބަކަށްވީ ގަހެއްގެ ހިޔަލުގައި ބަހައްޓާފައި ހުރި ޖޯލިފައްޗެވެ. އެހެންނަމަވެސް އޭނާގެ ފިޔަވަޅުތައް މަޑު ޖައްސާލަން ޖެހުނީ ވެލިގަނޑުގައި ވެލީގެ ސަބަބުން ކުޑަކޮށް ފަސްއެޅިފައިވާ ފަށެއް އޭނާގެ ކަށި ފައިވާނުގައި އަޅައިގަތުމުންނެވެ. ވެލިތަށް ފޮޅާލުމަށްފަހު ޝިޔާ އެ ރިހި ފަށުގެ ފުލުގައި ޖަހާފައިވާ ނަން ކިޔާލިއެވެ. ” ނާއިން ” މަޑުމަޑުން އެ ނަން ކިޔާލަމުން ، ޝިޔާ އެ ފަށުފުލުގައި އަތް ކާއްތާލިއެވެ. ޝިޔާ އެ ފަށުފޫ ދަބަސްތެރެއަށްލީ ކޮންމެވެސް […]
ދެންވެސް އެންމެންގެ ސަމާލުކަން ދަމައިގަތީ އޮޕެރޭޝަން ތިއޭޓަރ އިން ޑޮކްޓަރުން ނިކުތުމުންނެވެ. ޒައިފް އަށާއި ނައިޝަމް އަށްވެސް އެދިމާލަށް ދުއްވައި ގަނެވުނީއެވެ. ޑޮކްޓަރ ދޭނެ ޖަވާބަކަށް ކެތް މަދުވެފައި ވާ ވަރުންނެވެ. ދަރިފުޅު ދެކިލަން ބޭނުންވެފައި ވާލެއް ބޮޑު ކަމުންނެވެ. އަދި ކޮއްކޮއަށް ދެރަގޮތެއް މެދުވެރިވާންވެސް ނޭދޭ ވަރުންނެވެ. މިފަހަރު އެކަކުވެސް ޑޮކްޓަރ ގާތު ސުވާލު ކުރާކަށް ނޫޅުނެވެ. ނަމަވެސް އެންމެންވެސް ތިބީ ޑޮކްޓަރގެ ޖަވާބަކަށް އިންތިޒާރުގައި ކަން ކޮންމެ މީހެއްގެ މޫނަސް ބަލައިލައިފި ނަމަވެސް ދޭހަވެއެވެ. […]