Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 23

hygge Level 510 Stories100 Comments100 Login500 Comments
June 11, 2018 11 Mins Read
109 Comments

“ޔާނީ ދައްކާ ވާހަކަ.. އާދެވުނު ފުރަތަމަ ދުވަހުވެސް ތިއުޅެނީ މިގެއިން ނުކައި ދާން.. އެހެނެއް ލާހިކެއް ނޫން ދާކަށް.. ބަނޑު ފުރޭވަރަށް ކާންދީފަ ފޮނުވާލާނީ.. ހެހެހެ..” ޒިވާ އަނެއްކާވެސް ހިނިތުންވަމުން ބުނެލިއެވެ. މިފަހަރު ޒިވާ އައިސް އަލަމާރިން އެއްޗެއް ނެގުމަށްޓަކައި ފަހަތަށް އެނބުރިލިއެވެ. އެވަގުތު އަޔާނީއަށް ޒިވާގެ މޫނުފެނި ދެލޯ ބޮޑުކޮށްލެވުނެވެ. އަނގަ ތަންމިމނަށް ހުޅުވުނު އިރު އޭނާއަށް އަނގަމަތީ އަތްވެސް އަޅާލެވުނެވެ. ގުޑިލަންވެސް ނޭނގިފައި އަޔާނީއަށް ހުރިތާ ހުރެވުނީއެވެ.

ނޫނެކެވެ. މިހެން ވާންވީ ކީއްވެހެއްޔެވެ؟ ޒިވާ އެމީހުން ދޫކޮށްފަ ދިޔަތާ މިހާރު ބަރާބަރު ހަ އަހަރުވީއެވެ. މިއީ އޭނާ ޒިވާގެ މަތިން މާބޮޑަށް ހަނދާންވުމުން ހީވާ ކަމެއް ކަންނޭނގެއެވެ. އަޔާނީއަށް ޤަބޫލުނުކުރެވިގެން ހުރެފައި އޭނާގެ ވާއަތުގައި ކަނާއަތުން ވިކާލިއެވެ. މިއީ ހަމަ ޙަޤީގަތެވެ. އަޔާނީގެ ލޮލުން ހޯސްލައިފައި ކަރުނަތަށް އޭގެ މަގާމު ދޫކޮށް ކޯތާފަތުގައި ބޮސްދެމުން ފައިބައިގަތެވެ. ނަމަވެސް ޒިވާ އެވަގުތު މަސައްކަތުގައި އުޅޭތީ އޭނާއަކަށް އެމަންޒަރެއް ނުފެނުނެވެ. ޒިވާ ސޭންޑްވިޗް ހަދަން ޕާނުގައި މަސްގަނޑު ހާކަން އުޅެނިކޮށް އަޔާނީ އައިސް އޭނާގެ އަތުގައި ހިފާ އޭނާއާއިވީ ފަރާތަށް އަނބުރާލިއެވެ. އެވަގުތު ޒިވާގެ އަތުން އޭނާ ގެންގުޅުނު ސަމްސާވެސް ދޫވެގެން ގޮސް މާދުރުގައި ޖެހުނެވެ.

ޒިވާ ހުރީ މިވާނުވާ ނޭނގިފައެވެ. އަޔާނީ އޭނާ ގައިގައި ބައްދައިގަތް ގޮތަށް އަޑުން އަޑުނަގާ ރޯން ފެށިއެވެ. ޒިވާ ދެބުމަ ގާތް ކޮށްލައިގެން ހުއްޓުން އަރާފައި އަދިވެސް ހުރީއެވެ. “ޔާނީ.. ކިހިނެއް ވީތަ؟” ޒިވާ މަޑުމައިތިކަމާއި އޯގާތެރިކަމާއެކު ބުނެލިއެވެ. ނަމަވެސް އަޔާނީ ޖަވާބެއް ދޭކަހަލަ ޚިޔާލެއް ނުކުރިއެވެ. އަޔާނިގެ އަޑުގައިވި ރިހުމުން ޒިޥާގެ ހިތަށްވެސް އަސަރުކުރިއެވެ. އެހެން ކަމުން އޭނާވެސް އަޔާނީ ދުރުކުރުވާކަށް ނޫޅުނެވެ. ފަސްވަރަކަށް މިނެޓު އެގޮތުގައި ހޭދަވިއެވެ. އެއަށްފަހު އަޔާނި ޒިވާ ގައިން މަޑުމަޑުން ދޫކޮށްލިއެވެ.

“ޒި… ޒިވް..” އަޔާނީ ގިސްލެވޭޙާލު އެވަރަށް ބުނެލިއެވެ. ޒިވާއަށް ލިބުނީ ހައިރާން ކަމެކެވެ. ޔައީޝްވެސް އޭނާގެ މޫނުފެނުނު ދުވަހު ކަންތައް ކުރީ މިގޮތަށެވެ. އަނެއްކާ އޭނާއާއި މުޚާތަބު ކުރީވެސް ހަމަ ޒިވާގެ ނަމުންނެވެ. އަޔާނީވެސް އޭނާއާއި މުޚާތަބު އެކުރީ ހަމަ ޒިވާގެ ނަމުންނެވެ. މިވަނީ ކީއްކަން ނޭނގޭ ޙާލު ޒިވާ ހުރީ އޮޅުން ބޮޅުމެއްގެ ތެރޭގައެވެ.

“ޒި.. ޒިވް.. ކީއް.. ކީއްވެ އަހަރެމެން ދު.. ދޫކޮށްލާފަ.. ދިޔައީ؟” އަޔާނި ޝަކުވާގެ ނަޒަރަކުން އަދިވެސް ގިސްލެވޭ ޙާލު ބުނެލިއެވެ. ޒިވާ ހުރީ ދޭނެ ޖަވާބެއް ނޭނގިފައެވެ. އަޔާނީ އެގޮތަށް އެތަކެއް ވާހަކަ ތަކެއް ދައްކަން ފެށިއެވެ. އެވަގުތު ޒިވާގެ ހަނދާނަށް ފުސްކޮށް ތިން އަންހެން ކުދިން އެކުގައި އުޅުނު އެކި ހަނދާންތަކެއް ވާން ފެށިއެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ނޭނގެއެވެ. އެކި ހަނދާންތައް އެކި ދިމަ ދިމާއިން އަންނަން ފެށި ވަގުތު އޭނާގެ ސިކުނޑިއަށް ބާރުކުރަން ފެށިއެވެ. އެއް ފިޔަވަޅު ޒިވާއަށް ފަހަތަށް އަޅާލެވުނެވެ. އަދި ބޮލުގައި ހިފަހައްޓާލިއެވެ. އެވަގުތު އަޔާނީ އޭނާގެ ކޮނޑުގައި ހިފަހައްޓައިގެން ހުރިކަން ނަސީބެކެވެ. ނޫންނަމަ ޒިވާ ވެއްޓި އަނިޔާއެއް ވީހެވެ. ޒިވާގެ ހޭހުސްވެގެން ގޮސް ދެމުނެވެ. އަޔާނީ ޒިވާއަށް ގޮވަމުން މަޑުމަޑުން އޭނާގެ އުނގުގައި ޒިވާ ބާއްވާލިއެވެ.

“ޒި.. ޒިވް.. ކިހިނެއް ވީ؟ ޒިވް..” އަޔާނި ޒިވާއަށް ގޮވަމުން ޒިވާގެ މޫނުގައި އަތް ކާއްތަމުން ދިޔައެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ޒިވާއާއި އެތަށް ދުވަހަކަށް ފަހު ދިމާވިތާ މަދު ސިކުންތުކޮޅެއްގެ ތެރޭ އަނެއްކާ އޭނާ އަށް އެވީ ކިހިނެއް ހެއްޔެވެ؟ އަޔާނީ ގޮތްހުސްވެފައިވާ މީހަކު ފަދައިން ޒިވާގެ ގާތުގައި އޭނާއަށް ގޮވަމުން ގެންދިޔައެވެ. އެވަގުތު އެ ދޮރުގެ ތަޅުވަޅަށް ތަޅުދަނޑިއެއް ކޮށްޕާލުމަށްފަހު ކޮންމެވެސް މީހަކު ދޮރުހުޅުވާލިއެވެ. ނަމަވެސް އަޔާނީއަށް އެކަން ނޭނގޭ ފަދައެވެ.

ޔައީޝް ހައިރާންވެ ހުރެ އެތެރެއަށް ވަދެގެން ދިޔައީ އަންހެން ކުއްޖެއްގެ ގިސްލުމުގެ އަޑު އިވޭތީއެވެ. އެވަގުތު އެކުއްޖާގެ ދުލުން ޒިވާގެ ނަން ބޭރުވިތަނާ ޔައީޝްގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. އެއިރު ޔައީޝްގެ ފަހަތުން އަދްޔަން ވެސް ގެއަށް ވަދެގެން އާދެއެވެ. ޔައީޝް ދިގު ފިޔަވަޅުތަކެއްގައި ކައްކާބަޔަށް ދިޔައިރު ކަމަކު ދާކަށް ނެތެވެ.

“ޒިވް..” ޔައިޝް އަށް ބާރަށް ބުނެވުނެވެ. ޒިވާއަށް ވީ ކިހިނެއްކަން އެނގި ޒިވާ އޭނާގެ އަތްދަނޑި މައްޗަށް ލައިގެން ޔައީޝް ތެދުވިއެވެ. އެއަށްފަހު ކޮޓަރިއަށް މިސްރާބު ޖެހިއެވެ. އަޔާނީވެސް ރޮމުން ފަހަތުން ދިޔައެވެ. “ޔާނީ.. ކިހިނެއްތަ ވީ؟” އަދްޔަން އަޔާނީއާއި އެއްވަރު ކުރުމަށްފަހު އަޔާނީގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އެވަގުތު އަޔާނީ ހުރީ އިތުރު އެއްޗެއް ބުނެވޭ ޙާލެއްގައެވެ ނޫނެވެ. އޭނާ އަދްޔަންގެ ގައިގައި އޮޅުލައި ގަތެވެ. އަދި އަޑުން އަޑުނަގާ ރޯންފެށިއެވެ.

“ޔާނީ.. ޕްލީޒް ސޭ ސަމްތިން.. އަހަރެން ބިރުގަނޭ އެބަ.. ބުނީމަ ދޯ އިނގޭނީ ވީ ގޮތެއް.. ވާންވީ ގޮތެއްވެސް.. ޔާނީ ޕްލީޒް..” އަޔާނީގެ ވޭނީ ރުއިމުގެ އަޑު އިވި އަދްޔަންގެ ހިތަށް ނުހަނު އަސަރުކުރިއެވެ. ނަމަވެސް އަޔާނީ ކަހާތާ ހިރުވާވެސް ނުލިއެވެ. އަދްޔަންއަށް އެންމެ ފަހުން ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

ކޮޓަރިއަށް ވަދެގެން ދިޔަ ޔައީޝް ޒިވާ އެނދުމަތީގައި ބާއްވާލިއެވެ. އެއަށްފަހު ކުޑަކޮށް ދުވަމުން އަނެއްފަރާތުގައި ހުރި ސައިޑް ޓޭބަލް ކައިރިއަށް ދިޔައެވެ. އަދި ކަބަޑުން ބޭސް ކާޑު ނެގުމަށްފަހު އޭތި ފުރަތަމަ އެނދުގައި ބާއްވާލިއެވެ. ބިއްލޫރި ޖަގުން ފެން އަޅަން އުޅުނު އިރުވެސް އޭނާގެ އަތް ތުރުތުރުއަޅަމުން ދިޔުމުގެ ސަބަބުން ކަބަޑުމައްޗަށް ފެންވެސް އެޅުނެވެ. ނަމަވެސް އެކަމަކަށް އޭނާގެ ފަރުވާލެއް ނެތެވެ. އަވަސް އަވަހަށް ފެންތަށި ހިފައިގެން ގޮސް ސައިޑް ޓޭބަލް ކައިރީ ބެހެއްޓިއެވެ. އެއަށްފަހު ޒިވާ ހޭއަރާތޯ މަސައްކަތް ކުރަން ފެށިއެވެ.

“ޒިވް.. ޒިވް ތެދުވެބަލަ.. ޕްލީޒް.. ޒިވް..” ޔައީޝް ހާސްވެފަ ހުރެ ޒިވާގެ ކޮލުގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ އާމިރު ބުނެލި ވާހަކައެވެ. “އޭނާ އިރުކޮޅަކުން ހޭއަރާނެ.. ހޭ އެރީމަ މިބޭސް ކާންދީ..” ޔައީޝް ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ގާތުގައި ހުރި ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ޔައީޝްއަށް ދޮރާ ދިމާލަށް ބަލައިލެވުނެވެ. އަދި އަވަސް އަވަހަށް ގޮސް ޒިވާގެ މޫނު ތިރިކޮށްލިއެވެ.

އަޔާނީ އެވަގުތު ޝަކުވާގެ ނަޒަރަކުން ޔައީޝްއާއި ދިމާލަށް ބަލައިލިއެވެ. “ކީއްވެ ޔައީޝް އަހަރެމެން ގާތު ނުބުނީ؟ ކީއްވެ؟” ޒިވާގެ ގާތުގައި އެނދުކައިރީ ހުއްޓިލަމުން އަޔާނީ ޔައީޝްއަށް ބަލައިލިއެވެ. އެއިރު އަދްޔަން ދުރުގައި މަޑުކޮށްލައިގެން ހުއްޓެވެ. “ކޮ.. ކޮން ވާހަކައެއް ނުބުނީ؟” ޔައީޝް އަދިވެސް އެވާހަކަ ސިއްރުކުރެވޭތޯ ބެލިއެވެ. “ޒިވް.. މިއީ ޒިވްއޭ..” އަޔާނީ ރޮވިފައި ބުނެލިއެވެ. ޔައީޝްއަށް ސިހުން ލިބުނެވެ. އޭނާ އެހާ ފޮރުވައިގެން އުޅެނިކޮށް މިހާ އަވަހަށް އެމީހުންނަށް ސިއްރު ފަޅާއެރީހެއްޔެވެ؟ އެހެން ވެގެން ނުވާނެއެވެ.

“ނޫން.. އެއީ އައިޝާ އޭ..” ޔައީޝް ބުނެލިއެވެ. “ދޮގުނަހަދަބަ ޔައީޝް.. ހެޔޮނުވާނެ.. ދެން ތިބުނަނީ އަހަރެންގެ މި ދެލޯވެސް އަހަންނަށް ދޮގުހަދަނީއޭތަ؟ މި ދެ ކަންފަތް ވެސް.. ޒިވްގެ މޫނު މިއަދު ފެނުނޭ.. ދެން ޔައީޝްގެ އަމިއްލަ ދުލުން ޒިވް އޭ ކިޔައިފަ ގޮވި އަޑުވެސް އިވުނޭ..” އަޔާނީ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. ޔައީޝްއަށް ގޮތް ހުސްވިއެވެ. ހަތަރު އުދަރެސް ފެނު ޖެހުނެވެ. އެވަގުތު އަދްޔަން އައިސް އެމީހުން ގާތު ހުއްޓުނެވެ. “ލުކް.. ޒިވްގެ ސިއްޙަތު އަދި އެކަމަކަށް ތަނެއް ނުދޭ ޔާނީ.. ޕްލީޒް.. މިވާހަކަ އިތުރު މީހެއް ގާތު ނުބުނައްޗޭ.. އަހަންނަށްވެސް މިއީ ޒިވްކަން އެނގުނި ރޭގަ.. އެވަގުތު ޒިވް ގާތު ހުރިހާ ވާހަކައެއް ދައްކަން ފެށިތަނާ ހޭނެތުނީ.. އެއްފަހަރާ ކުރީގެ ހުރިހާ ހަނދާނެއް އާކުރުވަން އުޅެންޏާ ޒިވްއަށް އެހެން ވާނެ.. އެހެންވެ އަހަރެންވެސް އަދި މި މަޑުކުރަނީ.. ލަސް ލަހުން އޭނާއަށް ހަނދާން ކޮށްދޭންވެގެން.. އުންމީދުކުރަން ޒިވްގެ އެއްވެސް ވާހަކައެއް ދެން އިތުރު މީހެއް ގާތު ޔާނީވެސް އަދްޔަންވެސް ނުބުނާނެ ކަމަށް..” ޔައީޝް ބުނެލިއެވެ. އަޔާނީ އެވަގުތު އަނެއްކާ ވާހަކަ ދައްކަންވެގެން އަނގަ ހުޅުވާލިއެވެ.

“އަހަރެންގެ ކޮން ވާހަކައެއް؟” ޒިވާ އޭނާގެ ބޮލުގައި ހިފަހައްޓަމުން މަޑުމަޑުން އެނދުން ތެދުވާން މަސައްކަތް ކުރިއެވެ. ޔައީޝް އެވަގުތު ޒިވާ އެނދުގައި ލައްވެލައިގެން އިންނަށް އެހީވެދިނެވެ. “އަން.. ބޭސްގުޅަ ކާލާ އަވަހަށް..” ޔައީޝް ޒިވާއަށް އެ ބޭސްގުޅަ ކާންދިނުމަށްފަހު ފެން ދިނެވެ. އަޔާނީ އެއިރު ކަރުނަވީ ދެލޮލުން އެމަންޒަރު ބަލަން ހުއްޓެވެ. “ޔާނީ ކީއްވެ ދެންމެ އަހަންނަށް ޒިވާ އޭ ކީ؟ އެއީ ޔައީޝްވެސް އަހަރެންނާ ދިމާލަށް ކިޔާ ނަން ހަމަ.. ކިހިނެއް ޔާނީ އަށް އެނގުނީ އެކަން؟” ޒިވާ މަޑުމަޑުން ސުވާލު ކުރިއެވެ. އެވަގުތު އަޔާނިއަށް އޭނާގެ އަނގަމަތީ އަތް އަލާލެވުނެވެ. ލޮލުން ކަރުނަތައް އޮއްސައިގަތެވެ. އަދި އޭނާ ޔައީޝްއަށް ބަލައިލީ މީ ކޮންކަމެއްހޭ އަހާލާފަދަ ގޮތަކަށެވެ.

ޔައީޝް އެވަގުތު ދެލޯ މަރާލަމުން ބޯ ޖަހާލީ އަދި ހުރިހާކަމެއްވެސް ރަނގަޅުވާނޭ ބުނާ ފަދައަކުންނެވެ. “އެއީ.. ޔައީޝް ބުނި ޒިވް ކިޔާ ވާހަކަ އަ.. އައިޝާ އަށް.. އެހެންވެ.. ދަނީ..” އަޔާނިގެ ދުލުން އައިޝާގެ ނަން ނިކުތީވެސް އުނދަގުލުންނެވެ. އޭނާ އަވަހަށް އެކޮޓަރިން ނިކުތީ އޭނާ އަނެއްކާ ރޯތަން ޒިވާއަށް ފެނިއްޖެނަމަ އިތުރު ސުވާލުތަކާ ކުރިމަތިވާނެތީއެވެ. އަދްޔަންވެސް ދެޖީބަށް އަތް ޖަހާލައިގެން މަޑުފިޔަވަޅުތަކެއްގައި އެތަނުން ނިކުމެގެން ދިޔައެވެ.

“އަދްޔަން.. ކިހިނެއްތަ މި ވަނީ؟ ޒިވް އަށް ކިހިނެއްތަ ވެފަ އެހުރީ؟” އަޔާނީ ގާތު ޖެހިގެން އަދްޔަން ސޯފާގައި އިށީންދެލިތަނާ އޭނާ އަދްޔަން އާއި ސުވާލު ކުރިއެވެ. އަދްޔަން އޭނާގެ ކޮނޑުގައި ހިފަހައްޓާލީ އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނާ ފަދައަކުންނެވެ. އަޔާނި ދެލޯ ފުހެލާ ހަމައަކަށް އެޅެން އުޅުނެވެ. އަދި އޭނާގެ ދަބަސް ނަގައިގެން އެގެއިން ދާން އަދްޔަންގާތު އެދުނެވެ.

“ޔައީޝް..” ޔައިޝް ޒިވާގެ މޫނު ފޮތިކޮޅު ނަގައިދިން ތަނުން މަޑުމައިތިރި ކަމާއެކު ޒިވާ ގޮވާލިއެވެ. ޔައިޝްވެސް ވަގުތުން ޒިވާއަށް ބަލައިލިއެވެ. “ހޫމް.. ކިހިނެއް ވީ؟” މަޑުމައިތިރި ކަމާއެކު ޔައީޝް ބުނެލިއެވެ. “ޔައީޝް އެބަ ފޮރުވަން ދޯ ކޮންމެވެސް ކަމެއް؟” ޒިވާ ސީދާ ޔައީޝްގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. އެހެން ކަމުން ޔައީޝްއަށް ދޮގު ހަދަންވެސް އުނދަގޫ ވިއެވެ. “ނު.. ނޫން.. ނުފޮރުވަން..” އުނދަގުލުން ޔައީޝް ބުނެލި އިރު ޒިވާ ރިތިކޮށް އޭނާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. “ޔައީޝް.. އަހަރެން ކުރިމަތީ ދޮގު ނަހަދާ..” އާދޭހާއެކު ޒިވާ ބުނެލިއެވެ. ނަމަވެސް ޔައީޝް އިތުރު ޖަވާބެއް ދޭކަށް ނޫޅުނެވެ.

“ޒިވް އަށް ކިހިނެއްތަ ވަނީ އެގޮތަށް ހޭނެތެން އުޅޭއިރަށް؟” ޔައީޝް ފަރުވާތެރިވެ އިނދެ ޒިވާއާއި ސުވާލު ކޮށްލިއެވެ. އެވަގުތު ނިކަން ފުން ނޭވާއެއް ޒިވާ ދޫކޮށްލިއެވެ. “މިއަދު ކުރިން އެހެން ވިއެއްނު ދޯ؟ އެއިރު ފެނުނީ ދެކުއްޖެއް.. އެއް ކުއްޖަކީ ފިރިހެން ކުއްޖެއް.. އަނެއް ކުއްޖަކީ އަންހެން ކުއްޖެއް.. ފިރިހެން ކުއްޖާ އޮންނަނީ އަންހެން ކުއްޖާ ވެއްޓެން ދަނިކޮށް ހިފަހައްޓައިފަ.. ދެފަހަރަށް ފެނުނު އެތަން.. ކޮން ބައެއް ކަމެއް ނޭނގެ..” ޒިވާ ކިޔައިދިން އިރު ޔައީޝް ފުރިހަމަ ސަމާލުކަން ދީގެން އިނެވެ. އޭނާގެ ތުންފަތަށް ފަނޑު ހިނިތުން ވުމެއް ވެރިވިއެވެ.

“ދެން ދެންމެގަ ޔާނީ ގޮވިއިރު އިވުނު ބައިވަރު އަޑުތަކެއް.. އަންހެން ކުދިންތަކެއްގެ ވާހަކަތަކަކާ.. ހެވޭ އަޑުވެސް އިވުނު.. އަދި ޒިވް އޭ ކިޔައިފަ ގޮވާ އަޑުވެސް އިވުނު.. މައި އޭ ކިޔާ އަޑާއި ޔާނީ އޭ ކިޔާ އަޑުވެސް އިވުނު.. އެ ކީއްވެ؟” ޔައީޝް އިނީ ޒިވާ ދައްކަމުން ދިޔަ ވާހަކތަކުން ހިތްހަަ ޖެހިފައެވެ. ޒިވާގެ ހަނދާން އާވަނީއޭ ހިތަށް އަރައިފައވެ. “ދެން އަރާމް ކޮށްލާ.. މާބޮޑަށް ނުވިސްނާތި އިނގޭ ދެންމެ ވީ ކަންތަކާ..” ޔައީޝް އެހެން ބުނެލުމަށްފަހު އޭނާގެ އެއްޗެހި ބަދަލުކުރަން ދިޔައެވެ.

ޒިވާގެ ނަޒަރު ގޮސް ހުއްޓުނީ ސީލިންގަށެވެ. ޔައީޝް އޭނާގާތު ނުވިސްނާށޭ ބުނި ނަމަވެސް އޭނާއަށް އެކަންކަމާ ވިސްނޭނެއެވެ. އޭނާއަށް ވާގޮތްތަކުން އެކަން ނުކޮށް ހުންނަށް އޭނާއަށް އުނދަގޫ ވެއެވެ. އޭނާއަށް ނޭނގޭނަމަވެސް ކޮންމެވެސް ޙަޤީތެއް އެބަ ވެއެވެ. އެކި ޚިޔާލު ތަކުގައި އޮށްވާ ޒިވާގެ ލޮލަށް ނިދި ސަވާރުވިއެވެ.

ފާޚާނާއިން ނިކުތް ޔައީޝް ހުރީ ހުދު ކުލައިގެ ޓީޝާޓަކާއި ގަދަ ނޫކުލައިގެ ސޯޓެއްގައެވެ. ޒިވާގެ މައުސޫމް މޫނު ފެނިފައި އޭނާއަށް ހިނިތުންވެލެވުނެވެ. އަދި އޭނާގެ އަތުގައި އޮތް ޔުނީފޯމް ދާވަށިގަނޑަށް ލުމަށްފަހު ގޮސް ޒިވާ ގާތު ހުއްޓެލިއެވެ. އަދި ޒިވާއާއި ދިމާލަށް ކުޑަކޮށް ގުދުވެލުމަށްފަހު އެ ދޮން ނިތްމަތީގައި ބޮސް ދިނެވެ.

ޔައީޝް ކޮޓަރިން ނިކުމެގެން ގޮސް ބެލަކަންޏަށް ނިކުތެވެ. ދެޖީބަށް އަތް ޖަހައިގެން ހުރުމަށްފަހު މުޅި މާހައުލަށް ނަޒަރު ހިންގާލިއެވެ. އަދި ރެއިލިންގައި އަތް އަލުވާލިއެވެ. އެއިރު ކުޑަކުދިން ގޮވައިގެން އެކި މީހުން ހިނގާލަން އުޅެއެވެ. ކުދި އާއިލާ ތަކެވެ. ބައްޕަމެންނާއި މަންމަމެންނެވެ. ކާފައިންނާއި މާމައިންނެވެ. އެންމެންގެ މޫނުމަތީގައިވެސް ވަނީ ހިނިތުން ވުމެކެވެ. އެއިރު އުޑުމަތީގައި ވަނީ ރަތްވިލާ ލައިފައެވެ. މަންޒަރު ކިތަންމެހާވެސް ފުރިހަމައެވެ. އެ ރީތި ގުދުރަތީ މަންޒަރު އޭނާގެ ފޯނުގައި ރައްކާކުރުމަށްޓަކައި ޔައީޝް ފޯނުނަގަން ޖީބަށް އަތް ކޮށްޕާލިއެވެ. ނަމަވެސް ފޯނެއް ނެތެ. އެ ވާނީ ކޮޓަރީގަކަން ހަނދާންވުމުން ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަތް ޔައީޝް އަށް ލިބުނީ ހައިރާން ކަމެކެވެ. ކުއްލިޔަކަށް ތެދުވެ ޒިވާ ދެފައި މެޔާއި ކައިރިކޮށްލައިގެން އިނެވެ. އެއިރު އެމޫނުމަތީގައި ދާތިކިތަށް ވިދައެވެ. ލޮލުން ކަރުނަ އައިސް ހުއްޓެވެ.

“ޒިވް..” ޔައީޝް ޒިވާއަށް ހައިރާންވެ ހުރެ ގޮވާލިއެވެ. އެވަގުތު ޒިވާ އޭނާއާއި ދިމާލަށް ބަލައިލިއެވެ. އެދެލޯ ވަނީ ކަރުނުން ފުރިފައެވެ. މިވީގޮތެއް ޔައީޝްއަކަށް ނަގައެއް ނުގަނެވުނެވެ. އެހެން ކަމުން ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އަވަސް ފިޔަވަޅު ތަކެއްގައި އެދިމާލަށް މިސްރާބު ޖެހިއެވެ. އެނދުކައިރީ ޔައީޝް ބިންމަތީގައި ދެކަކޫ ޖަހާލިއެވެ. ޒިވާގެ ދެލޯ ފެނި ޔައީޝްގެ ހިތަށް ހިވީ ތޫނު އެއްޗެއް ހަރާލިހެންނެވެ. އޭނާގެ މޫނުގައި ދެއަތުން ހިފަހައްޓާލީ ކިހިނެއް ވީހެއްޔޭ އަހަމުންނެވެ. ނަމަވެސް ޒިވާގެ އަނގައިން ބަހެއް ބޭރެއް ނުވިއެވެ. ބަދަލުގައި ޔައީޝް ގައިގައި ބައްދައިގަތީއެވެ. އޭގެ ދެވަނަ ސިކުންތުގައި ޔައީޝްގެ މެޔަށް ހޫނުވާން ފެށުމުން ޒިވާ ރޮނީކަން އޭޏާއަށް އެނގުނެވެ. ޔައީޝް ޒިވާގެ ކޮނޑުގައި ހިފާ އޭނާއާއި ދުރުކޮށްލިއެވެ. އެއިރު ޒިވާއަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ޒިވާ ކުޑަކޮށް އެނދުގެ އެތެރެއަށް ޖައްސާލަމުން ޔައީޝް ޒިޥާ ގާތުގައި އެނދުގައި އިށީންދެލިއެވެ.

“ޒިވް ބުނެބަލަ.. ކިހިނެއްތަ ވީ؟ ބިރުވެރި ހުވަފެނެއް ފެނުނީތަ؟” އެއިރު ޔައީޝްގެ ހިތްވެސް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. ޒިވާ އެވަގުތު މަޑުމަޑުން ބޯ ޖަހާލިއެވެ. ޔައީޝް ސުވާލު ކުރަން ފެށުމުން އެންމެފަހުން އޭނާ ޖަވާބުދޭން ފެށިއެވެ. “ޒިވް ހުރީ ޓެރަހެއްގެ ރެއިލިންއާއި ފުރަގަސް ދީގެން.. އަދި ދެއަތުން ފަހަތަށް ވާގޮތަށް ރެއިލިންގައި ހިފަހައްޓައިގެން.. ކުރިމަތީގަ ތަންކޮޅެއް ދުރުގަ ތިބި ތިން ކުދިން.. ދެ އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއް.. އެކަމް ނޭނގޭ ކޮންބައެއް ކަމެއް.. އެމީހުން ދިޔައީ ޒިވް އާއި ކައިރިވަމުން.. އެންމެ ފަހުން އިރުކޮޅަކުން އެތަނުން ޒިވް ކޮށްޕާލަނީ.. ޔައީޝް.. ޒިވް އަށް ކަމެއް ވާން އުޅެނީތަ؟ ބިރުގަނޭ އެބަ..” ޒިވާ އަނެއްކާވެސް ރޯން ފެށިއެވެ. ޔައީޝް އިނި ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަނެއްކާ މިއީ މީގެ ހައަހަރު ކުރިން ދިމާވި ހާދިސާ ހިނގި ގޮތެއް ނޫނބާވައެވެ؟ އެހެން ހިތަށް އެރިތަނާ ޔައީޝްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

ދެނެއް އޭނާ ދުލެއް ނުކުރާނެއެވެ. އެކަންތައް ހޯދަން ކޮންމެ ގޮތެއް ހަދާފަވެސް މަސައްކަތެ ކުރާނެއެވެ. “ޒިވް.. ހުއްޓާލާ ދެން.. އިން ޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. އެވަރަށް ނުވިސްނާ އިނގޭ..” ވިސްނޭ މީހެއް ފަދައިން ޔައީޝް ބުނެލިއެވެ. ނަމަވެސް އިވިގެން ދިޔަ ވާހަކަ ތަކާއެކު ޔައީޝްގެ ހިތުގެ ހަމަޖެހުން ގެއްލިފައި ވެއެވެ.

****

“ނާއިޝް.. ޖޯޖް ގުޅި.. ބުނީ މާލޭގަ ޑިމާންޑް ވަރަށް ހައި އޯ.. އެހެން ވީމަ އަދި ބޭނުންވެޔޯ އެބަ ޓޫ ކިލޯސް ވަރު..” ދެފައި ދަމާލައިގެން ސޯފާގައި އިން ރައިފާ އެދިމާލަށް އަންނަމުން ދިޔަ ނާއިޝް އަށް ބުނެލިއެވެ. ނާއިޝްގެ ތުންތަފަތަށް އެވަގުތު ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އައި ގޮތަށް އައިސް ރައިފާ އާއި ޖެހި ފިތިގެން ސޯފާގައި އިށީނެވެ. އެއަށްފަހު ރައިފާގެ ކޮނޑުގައި އަތް އަޅުވާލިއެވެ. ރައިފާ އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. އޭނާ އިނި ފޯނަށް ގޮސް ހުސްވެފައެވެ.

“އެހެންތަ؟ އެބަ ބަލާލަން..” ނާއިޝްވެސް ޖީބުން ފޯނު ނަގާ ނަންބަރުތަކަށް ފިއްތާލުމަށްފަހު ގުޅާލިއެވެ. “ހޫމް.. މާދަން ބަލާނަން ފޮނުވޭތޯ.. އެކަމް ވަން މިލިއަން އަށް..” ނާއިޝް ކޮންމެވެސް މީހަކާ ވާހަކަ ދައްކަމުން ދިޔައެވެ. ” ފޮނުވާ މިގެއަށް މީހަކު.. ބަހައްޓާނަން ހޯދާފަ.. އޯކޭ މިގަޑީގަ ވިޔަސް..” ނާއިޝް ކޯލް ނިންމާލުމަށްފަހު ފޯނު ކަންފަތާއި ދުރުކޮށްލިއެވެ. އެއަށްފަހު އިން ތަނުން ތެދުވެގެން ގޮސް ސިޑިން އަރަމުން ދިޔައެވެ. ފުރަތަމަ ދެކޮޓަރި ދޫކޮށްފަ ދެން ހުރި ކޮޓަރިއަށް އޭނާ ވަނެވެ.

އެއަށްފަހު ސިޑިން ފައިބައިގެން އައި އިރު ފާޑެއްގެ ހުދުކުލައިގެ އެއްޗެހި ތަކެއް ހުރި ޕެކެޓުތަކެއް ގެނައެވެ. “ކީކޯ ބުނީ؟ އެމީހުން އަންނަނީތަ؟” ނާއިޝްއަށް ބަލައިލުމަށްފަހު ރައިފާ އަހާލިއެވެ. ނާއިޝް ބޯ ޖަހާލުމުން އޭނާވެސް ލުއި ހިނިތުންވުމެއް ދިނެވެ. އެމީހުން ތިބީ އެމީހުންގެ ވިޔަފާރީގައި ވާ ފައިދާގެ ސަބަބުން އުފަލުންނެވެ. ނަމަވެސް އެމީހުންގެ އެ ހުރިހާ ޙަރަކާތެއް ބައްލަވާ ވޮޑިގެންވާ ފަރާތެއް ވާކަން އެމީހުން ހަނދާން ނައްތާލައިފައިވިއެވެ. ލިބެމުންދިޔަ ގިނަ ފައިސާ ތަކުގެ ސަބަބުން އެމީހުން ވަނީ ދީނާ ވަރަށް ދުރަށް ޖެހިފައެވެ. އެމީހުންގެ އުޅުން ބައްޓަން ކުރަމުން ދިޔައީ މާތް ﷲ މަނާ ކުރެއްވި ކަންތައްތައް ކުރަމުންނެވެ. ނަމަވެސް އެމީހުންގެ ދޮވެވިފައިވާ ސިކުނޑި ތަކަކަށް އެކަމެއް ނުވިސްނުނެވެ.

***

ދުވަސްތައް ހަފްތާތަކަށް ހަފްތާތަށް މަސްތަކަކަށް ބަދަލުވަމުން ދެއެވެ. އެކި މީހުންގެ ދިރިއުޅުމުގައި އެކި ކުލަތައް ޖައްސަމުންނެވެ. ޒިވާ ފެންވަރައިގެން އައިސް ލޯގަނޑު ކައިރީ ރީތިވާން ހުއްޓެވެ. “ހެލޯ.. ހޫމް ރެޑީ ވަނިއްޔޭ.. ދެމީހުން އާދޭ މިގެއަށް.. އައިސް އެންމެން އެއްކޮށް ދާނީ..” އަޔާނީ ގުޅުމުން ޒިވާ ބުންޏެވެ. ރީތިވެލުމަށްފަހު ފޯނުނަގާ އޭނާ ޔައީޝް އަށް ގުޅާލިއެވެ. އަދި އަޔާނީ މެންނާ އެކީ ބޭރަށް ދާ ވާހަކަ ބުނެލިއެވެ.

ޒިވާ ސިޓިން ރޫމުގައި އިރުކޮޅެއް ވާންދެން އިންދާ ގޭގެ ދޮރުގައި މީހަކު ޓަކި ދިން އަޑު އިވުނެވެ. އެހެން ކަމުން އެއީ އަޔާނި މެންކަމަށް ބަލާ އަވަހަށް ގޭގެ ތަޅުދަނޑިއާއި އޭނާގެ ދަބަސް ކަނާއަތު ކޮނޑުގައި އަޅުވަމުން ނިކުތެވެ.

“އާދެވިއްޖެ ދޯ..” ގޭގެ ދޮރު ހުޅުވާލުމަށްފަހު ބޭރަށް ނިކުމެ ބޫޓަށް އަރަމުން ޒިވާ ބުނެލިއެވެ. އެހިނދު މައިހާ އާއި އަޔާނީވެސް ހިނިގަނޑެއް ޖަހާލިއެވެ. ލިފްޓުން ފައިބައިގެން ދިޔަ ތިން އަންހެން ކުދިންގެ މަންޒިލަކަށް ވީ ރަސްރަނި ބަގީޗާއެވެ.

ކުޑަކުދިން ދުވެ މަޖާނަގަމުން ދިޔަ އިރު ޒިވާ އެކުދިންނާއި ދިމާލަށް ބަލަހައްޓައިގެން ހެވިލައިފައި އިނެވެ. އޭނާގެ ހިމަ ވެފައިވާ ދެލޮލުން އޭނާ އިނީ ހިނިއައިސް ކަން އިނގެއެވެ. “އައިޝާ އަށް އިނގޭތަ؟ ޔާނީ ނިކަން ބޮޑު ވާހަކައެއް ބުނަން ވެފަ އެބައޮތޯ އަހަރެމެން ގާތު..” މައިހާ އަކަށް އަދިވެސް އެއީ ޒިވާ ކަމެއް ނޭނގެއެވެ. އަޔާނީ ޔައީޝް އަށް ވައުދުވެފައި ވުމުން މައިހާ ގާތުވެސް އެވާހަކަ ނުބުނެ ހުރީއެވެ. ޒިވާއާއި އަޔާނީވެސް މައިހާ ބުނި ވާހަކަ އަޑުއެހުމަށްފަހު ޒިވާ އާއި މައިހާ އަޔާނީ އާއި ދިމާލަށް ބަލައިލީ ބުނާށޭ ބުނާ ފަދައަކުންނެވެ. “އެހެމް އެހެމް..” އަޔާނީ ނިކަން ތައްޔާރުވާކަމަށް ހެދުނެވެ.

އެވަގުތު މައިހާ އެއްބުމަ އަރުވާލިއެވެ. ޒިވާ ގާތަށް އައީ ހިންޏެވެ. “ހާދަ ބޮޑު ވާހަކައެކޭ ދޯ އެހެން ވިއްޔާ ބުނަން ވެފަ ތިއޮތީ.. މިތަނުން ދާން ވާއިރަށްވެސް ކިޔޭނެ ބާ..” މައިހާ އަޔާނީ އާއި ދިމާކޮށްލިއެވެ. އެވަގުތު އަޔާނި ހިނިތުން ވެލިއެވެ. އެއަށްފަހު އިސްޖަހާލާ އޭނާގެ ބަނޑުގައި އަތުން ފިރުމާލިއެވެ. އަޔާނި އެބުނީ ކީކޭކަން ދެން ތިބި ދެމީހުންނަށް ވަގުތުން އެނގުނެވެ. މައިހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޒިވާވެސް އުފަލުން އަޔާނީ ގައިގައި ބައްދާލިއެވެ. މައިހާ އަޔާނީ ގައިގައި އޮޅުލައިގަތީއެވެ. ޒިވާ އަށާއި މައިހާ އާއި ދެމީހުންނަށްވެސް އަޔާނިގެ ބަނޑު މިއަދު އެހެން ދުވަސްތަކާއި ޚިލާފަށް ކުޑަކޮށް ބޭރަށް ހުރިކަން ފާހަގަ ވީ އަދި ކިރިޔާއެވެ. “ދެން ދޫކޮށްލަންވީނު ދޯ.. ވާވަރު ވެއްޖޭ..” އަޔާނީ މައިހާ ގާތު ބުނެލިއެވެ. އެވަގުތު އެންމެން ހިނިގަނޑެއް ޖަހާލިއެވެ.

“ދެމީހުން ބޮޑުދައިތައަށް ވަނީ.. ހެހެހެ..” އަޔާނި ބުނެލިއެވެ. “އަދިވެސް މައި ނޫޅެން ދޯ މެރީ ކުރާކަށް؟” ޒިވާ މައިހާ އާއި ދިމާލަށް ބަލައިލަމުން އަހާލިއެވެ. އެވަގުތު ޒިވާއާއި އަޔާނީގެ ނަޒަރުވެސް މައިހާއަށް ހުއްޓުނެވެ. އޭނާގާތަށް އައީ ހިންޏެވެ. އެއަށްފަހު ކަމެއް ހަނދާންވީ ފަދައަކުން އޭނާގެ އެކުވެރިންނާއި ދިމާލަށް ބަލައިލިއެވެ. “އާން އަދި ހަނދާން ނެތިފައޭ.. މިހާރު މަހެއް ވާން ގާތް ވަނީ އެކަމެއް ވާތާ.. ކޮންމެ ދުވަހަކު މައި އޮފީހުން އަންނަ އިރަށް މާބޮނޑިއެއް ލިބޭ.. ނޭނގެ ކާކު ފޮނުވާ އެއްޗެއް ކަމެއްވެސް.. ކޮންމެ ބޮކޭއަކާއެކީ ކާޑެއްވެސް ލިބޭ.. އެކަމް ނަމެއް ޖަހާފައެއް ނީންދޭ..” މައިހާ އެވާހަކަ ދެއްކި އިރު ދެބުމަ ގޮށްޖަހާލައިފައި ވެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އޭނާއަށް ނޭނގި ނަމަވެސް އޭނާގެ ހިތުގައި އެހެން ޒުވާނެއްގެ ނަން ވަނީ ލިޔެވިފައެވެ. އަޔާނީ އާއި ޒިވާ އެކަކު އަނެކަކަށް ބަލައިލިއެވެ.

“ކީކޯ ކާޑް ތަކުގަ ލިޔެފަ ހުންނަނީ؟” އަޔާނި ސުވާލު ކޮށްލިއެވެ. އެހިނދު މައިހާ ނުރުހިފައި މޫނު އަނބުރާލިއެވެ. ޒިވާގާތަށް ހިނިއައި ނަމަވެސް ހިނިގަނޑު އެތެރެއަށް ހިންދާލީ މައިހާއަށް އެނގިދާނެތީއެވެ. “އެނގިއްޖެ ކީކޭ ކަން އޭގަ ހުރީ.. މައި ދެކެ ވަރަށް ލޯބިވާ މީހެއް ކަންނޭނގެ އެއީ.. މީނަޔާ އެމީހަކާ ދެވަން ވީ.. ކާކުކަން ހޯދަން އުޅެމާ ޒި.. އައިޝާ..” އަޔާނީ އެރި ފޯރީގައި ވާހަކަ ދައްކަމުން ދިޔަ ގޮތަށް ޒިވާގެ ނަން ބުނެވެން އުޅުނެވެ. ނަމަވެސް މައިހާއަށް އެނގިދާނެތީ އަވަހަށް ރަނގަޅު ކޮށްލިއެވެ. އޭނާގެ ނަސީބު ރަނގަޅުކަމުން މައިހާއަކަށް އެކަމެއް ފާހަގައެއް ނުވިއެވެ.

އަޔާނީ ބުނެލި ވާހަކައަށް ޒިވާ ހިނިގަނޑެއް ޖަހާލި އިރު މައިހާ އަޔާނީގެ އަތުގައި ޖަހާލިއެވެ. އެމީހުން އެކި އެކި ވާހަކަ ދައްކަން ތިބެފައި އެތަނުން ދާން ތެދުވިއެވެ. “ގެއަށްތަ ދާނީ؟ އަދި އަވަހެއް ނޫންތަ؟” މައިހާ ގެޔަށް ދާން ބޭނުން ނުވާ ފަދައިން ބުނެލިއެވެ. އެހެން ކަމުން އަޔާނީ ޒިވާމެން ގެއަށް ހިނގާށޭ ބުންޏެވެ. “ތެދެއް.. އަދި ތިގެއަށް މައި ނުވެސް ގެންދޭ.. ޔާނީ މިހާރު އެކަމް އެއްބުރު ހަމަކޮށްފި ދޯ؟ ހެހެ..” މައިހާ ޒިވާ ގާތު ބުނެލިއެވެ. އެއަށްފަހަ އެކި ވާހަކަތަށް ދައްކަމުން އެމީހުން ޒިވާމެން ގެއަށް މިސްރާބު ޖެހިއެވެ.

އިރުކޮޅެއްގައި ހިނގާލުމަށްފަހު އެމީހުންގެ ގެއަށް ވަދެގެން ދިޔައެވެ. ލިފްޓަށް އެރުމަށްފަހު ދާންވީ ފްލޯއަށް ޒިވާ ފިއްތާލިއެވެ. ލިފްޓުން ފައިބައިގެން އިހަށް މަޑުކޮށްލީ ޒިވާގެ ލޮލުގައި ފިރިހެން ފައިވާންތަކެއް އަޅައިގަތެވެ. އޭނާގެ ދެބުމަ ގާތް ކޮށްލިއެވެ. “މީ ކޮންކަމެއް؟” ޒިވާ މަޑުމަޑުން އަޔާނިމެން ގާތު ބުނެލިއެވެ. އެވަގުތު އަޔާނި ގާތަށް ހިނިއައެވެ. ނަމަވެސް އެއްޗެއް ނުބުންޏެވެ. ޒިވާ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަތް އިރުވެސް ހުރީ ދެބުމަ ގާތް ކޮށްލައިގެންނެވެ. އުނަގަނޑުގައި އެއް އަތް އަޅުވާލައިގެން އޭނާ އެތެރެއަށް ވަދެގެން ދިޔަ އިރު ޔައިޝް އާއި އަދްޔަން އަދި ޒަޔާންވެސް ސޯފާގައި ތިއްބެވެ.

“ޒަޔާން.. ޒިވްގެ ކޭސް ތަންކޮޅެއް ސީރިއަސްކޮށް ބަލާދީބަލަ.. ކޮންމެވެސް ގޮތަކުން އެކަންތައް އަލުން ހޯދަން އެހީވެދީބަލަ.. ޒިވް ދެއްކި ވާހަކަތަކުން ވަރަށް ހީނުވޭ އެކަން އެއީ އަމިއްލައަށް ވީ ކަމެއް ހެނެއް.. މިބުނީ ގަސްދުގަ ބަޔަކު ކުރި ކަމެއްހެން ހީވަނީ.. އެހެންވީމަ ކޮންމެވެސް ގޮތަކުން އެކަން އަލުން ބަލައިދީބަލަ..” ޔައީޝް ޒަޔާން ގާތު ބުނެލިއެވެ. އެއިރު އަދްޔަންވެސް އެވާހަކަތަށް އަޑުއަހަން ސީރިއަސް ވެފައި އިނެވެ. “އޯކޭ.. މަސައްކަތް ކުރާނަން.. އެއިރު އެކަމާ އިސްވެ ހުރި މީހަކަށް އެންމެ ރަނގަޅަށް އިނގޭނީ ކަންތައް ގޮސް އޮތް ހިސާބު.. އެކަމްވެސް މަގޭ އަމިއްލަ ކަމެއް ގޮތުގަ ދެކިގެން ނަމަވެސް ބަލާނަން އަލުން.. އިން ޝާ ﷲ..” ޒަޔާން ހިނިތުންވެލައިފައި ބުނެލިއެވެ. ޔައީޝްއަށްވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

ސީރިއަސް ވެފައި އެކި ވާހަކަ ދައްކަމުން ދިޔަ ޔައީޝްގެ ލޮލުގައި އަޅައިގަތީ އެއް އަތް އުނަގަނޑުގައި އަޅުވާލައިގެން އެތެރެއަށް ވަދެގެން އައި ޒިވާއެވެ. އޭނާގާތަށް ހިނިއައީ ޒިވާ ހުރި ގޮތުންނެވެ. “ޔައީޝް.. ޕިސް ޕިސް.. ކުރިން ބުނެލި ނަމަދޯ އެމީހުން އަންނަ ވާހަކަ.. އެއްޗެއް ތައްޔާރުކޮށްދޭންވެސް އިނގޭނީ އެއިރުންނެއްނު.. އަދި ޔާނީމެންނާއެކީ ދާ ވަހަކަ ބުނީމަވެސް ނުބުނި ވިއްޔަ.. އެހެން ނަމަ ޔާނީމެންވެސް ގެނެވުނީސް ދޯ މިގެއަށް..” ޒިވާ ކުދި ކިޔާލިއެވެ. އެއިރު އަޔާނީމެން އައިސް ޒވާ ގާތު ހުއްޓެނީއެވެ. “އަދްޔަންވެސް ނުބުނެޔޭ.. އެހެން ނަމަ ފަހަތުން އަލުވާލީމުސް..” އަޔާނީ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ސޯފާގައި އިން ޒަޔާންގެ ސިއްރު ނަޒަރު ގޮސް ހުއްޓުނީ ހިނިތުން ވެފައި ހުރި މައިހާއަށެވެ.

އެ އަންހެން ކުއްޖާއަށް އޭނާގެ ހިތްކިޔާތާ މިހާރު ކޮންދުވަހެއް ހެއްޔެވެ؟ ނަމަވެސް އޭނާގެ ކުރިމައްޗަށް އަރާހާ ހިތްވަރެއް އޭނާގެ ނުހުރެއެވެ. ބައެއްފަހަރު ތިމާގެ ފިނޑިކަމާހުރެ އޭނާއަށް އަމިއްލަ ނަފްސަށް ކުދިވެސް ކިޔެއެވެ. ޒަޔާންގެ ހިތަށް އަރަމުން ދިޔަ އެއްޗެހިން އޭނާ ގާތަށް ހިނިއައެވެ. އޭނާ ސިހިގެން ދިޔައީ ޔައީޝް އައިސް އޭނާގެ ކޮނޑުގައި ބޮނޑިއެއް އަޅާލުމުންނެވެ. އޭނާއަށް ހޭވެރިކަން ވީއިރު އެންމެންގެ ނަޒަރުތައް ވަނީ އޭނާއަށް ހުއްޓިފައެވެ. އޭނާ ބުމަ އަރުވާލީ ކިހިނެއް ވީހެއްޔޭ އަހާލާފަދަ ގޮތަކަށެވެ.

“ބަލާނެއް ނޫންތަ.. މިހާރު ޒަޔާންއަށް އަހަރެމެން ގޮވާތާ ކޮން އިރެއް.. ހަމަ އެކަނިމާއެކަނި ހިނިއައިސް އައިސް ތި އިންނަނީ.. އަނެއްކާ ކިހިނެއް ވީތަ..” ޒަޔާން ހިނި އަންނަތަން އެމީހުންނަށް ފެނުމުން އެއްފަހަރު ގޮވާލުމުން ޒަޔާންއަކަށް ނޭނގުނެވެ. އެހެންވެ ޔައީޝް ދޮގެއް ހަދާލިއެވެ. ޒަޔާން ނޫންކަމަށް ހަދައިފައި ކަމެއް ނުވެޔޭ ބުނެލިއެވެ. އެހިނދު ޒިވާ ކައްކާބަޔަށް ދިޔައީ އެމީހުންނަށް ކޮފީ ހަދައިދޭށެވެ. މައިހާ އޭނަގެ ފަހަތުން ދިޔުމުން އަޔާނީވެސް ދިޔައެވެ.

“އަނެއްކާ މީނަ މައިހާ އާ ރައްޓެހިވެގެން އުޅެނީތަ؟ އާ އޭނާ އައި ތަނާވިއްޔަ މިކަމެއް މިވި.. އަނެއްކޮޅުން އޭނާވެސް ހުންނަނީ ހުހައް.. މީނަވެސް ހުންނަނީ ހުހައް..” އަދްޔަން ޒަޔާން އާއި ދިމާކޮށްލިއެވެ. ނަމަވެސް ޒަޔާން އެޔަކަށް މާބޮޑަށް އަޅައެއް ނުލިއެވެ.

އެކުވެރިން ގެއިން ދިޔުމުން ޒިވާ އާއި ޔައީޝް އަނެއްކާވެސް އެކަނިވެރިވިއެވެ. ދެމީހުން ސޯފާގައި މަޑުކޮށްލައިގެން ތިބީ ވާހަކަ ދައްކާލާށެވެ. އެދެމީހުންގެ ދެމެދުގައިވީ ދުރުކަންވެސް މިހާރު އެއްކޮށްހެން ނެތިއްޖެއެވެ. ބޭނުން ވާހަކައެއް އެއްވެސްވަރަކަށް ޖެހިލުންވުމެއް ނެތި އެކަކު އަނެކަކާ ހިއްސާކުރެއެވެ. ޔައީޝް އިނި ޒިވާގެ ކޮނޑުގައި ހިފާލައިގެންނެވެ. ނަމަވެސް ޒިވާގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ބެލްކަނިން ބޭރަށެވެ. ކުއްލިޔަކަށް އޭނާ ޔައީޝްގެ މޫނަށް ބަލައިލީ ކަމެއް ހަނދާންވެގެންނެވެ. އެއިރު އޭނާގެ މޫނު ފޮތިކޮޅު ނަގައިފައިވުމުން ޒިވާގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ޔައީޝްއަށް ފާހަގަވިއެވެ. އޭނާ ބުމަ އަރުވާލިއެވެ.

“ވާހަކައެއް ބުނަންތަ؟” ޒިވާ ހިނިތުން ވެފައި އިނދެ ޔައީޝް ގާތު އަހާލިއެވެ. އެވަގުތު ޔައީޝް ބޯ ޖަހާލިއެވެ. “އިނގޭތަ؟ ޔާނީ މަންމައަކަށް ވަނީ.. އަދްޔަން ބައްޕައަކަށް..” ޒިވާ ހިނިތުން ވެފައި ބުނެލިއެވެ. އެވަގުތު ޔައީޝްއަށްވެސް ލިބުނީ ހައިރާން ކަމެކެވެ. ހިތާހިތުން ﷲއަށް ޙަމްދުކޮށްލީ އެކުވެރިޔާއަށްޓަކައި އުފާކުރާ ޙާލުއެވެ. “ސުބުޙާނައްﷲ.. އެކަމަކުވާ.. މިޔޮށް ހުރިހާއިރު އުޅެފަ އެދިޔައީ ނުވެސް ބުނެ.. ވަރުގަދަ ފިރިހެނެއް.. އަދި ޖެއްސުން ކޮށްލާނަން.. އެކަމަކު ދެން ދިމަލެއްވެސް ނުވެވޭނެ ކަންނޭނގެ.. މިރޭ ރިސޯޓަށް ފުރާ ވާހަކަ ކީ އަނެއްކާ..” ޔައީޝް ދެއްކި ވާހަކައިން ޒިވާ ގާތަށް ހިނިއައެވެ. އަދި އޭނާގެ މޫނުގައި ކުޑަކޮށް ޖަހާލަމުން ޔައީޝްގެ ކޮނޑުގައި ބޯ އަޅާލިއެވެ.

ދެމީހުން އެހެން ތިއްބާ ޔައީޝްއަށް ފޯނުކޯލެއް އައެވެ. ޒިވާވެސް ޔައީޝްއާއި ކުޑަކޮށް ދުރަށް ޖެހިލިއެވެ. ޔައިޗް އޭނާގެ ޖީބުން ފޯނު ނެގުމަށްފަހު ސްކްރީނަށް ބަލައިލިއެވެ. އަދި ދެބުމަ ގާތްކޮށްލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ރާސްތާ 1

Next

ލޯބި ވީމޭ ސިއްރު ސިއްރުން (5

Next
June 11, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (5

Previews
June 11, 2018

ރާސްތާ 1

109 Comments!

  1. Aki says:
    June 11, 2018 at 11:03 am

    haadha dhigu inthizaare kohfin mi vaahaka ah

    1. noor says:
      June 13, 2018 at 1:44 pm

      vrh bodah sorry ingey ehaa las v ma.. 🙁

  2. thoo says:
    June 11, 2018 at 11:12 am

    varah nice mi part vx nxt part avahah up koh deh chey

    1. noor says:
      June 13, 2018 at 1:44 pm

      jazakillah khairan dear.. 🙂 up vefa iny.. 🙂

  3. ?penguin says:
    June 11, 2018 at 11:13 am

    Yay…me first dhww…stry is owsm…ma sha allah..noor ur the best ?

    1. Fathimath says:
      June 11, 2018 at 11:49 am

      mi faharu libifa thyny 3rd place .next time try kohllaa first libeytho.. Aki is first

    2. noor says:
      June 13, 2018 at 1:46 pm

      Fathimath dear bunelihen mifaharu dear ah third.. bt anyways, congrats dear.. top 5 ga ebainehnu dhw.. 🙂 hehe.. jazakillah khairan dear.. aww.. dear mn ves thy hama best ey.. 🙂

  4. Kokee says:
    June 11, 2018 at 11:19 am

    Maasha allah……..Story hama vrh reethi…….Maasha allah……noor dear…..When next part upload kohdhey ny…….

    1. noor says:
      June 13, 2018 at 1:47 pm

      jazakillah khairan dear.. 🙂 up vefa iny mihaaru, Kokee.. 🙂

  5. Shaira says:
    June 11, 2018 at 11:35 am

    Varah reethi mivaahaka vess noor…mi vaahaka mee dhigu inthizaaruge nimun..hehe story varah habeys..???

    1. noor says:
      June 13, 2018 at 1:48 pm

      jazakillaah khairan dear.. 🙂 hehe.. vrh bodah sorry ingey ehaa las v ma.. 🙁 asluvestha? vvvvv ufaavehje.. 🙂

  6. eekko says:
    June 11, 2018 at 11:35 am

    masha allah v rythi…kyp it up

    1. noor says:
      June 13, 2018 at 1:55 pm

      jazakillah khairan dear.. 🙂

  7. Shiuu says:
    June 11, 2018 at 11:42 am

    V v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v reethi. …????next part avahah up kohdhechey ??????maasha allah. Luv the story????????????keep it up????⚘???????ur the best best best?????

    1. noor says:
      June 13, 2018 at 2:03 pm

      alhey.. jazakillah khairan dear.. 🙂 up vefa innaane mihaaru 24th episode.. 🙂 vrh dhera vehje dear mn heekuri gothaa khilaafah ebai laskoh genesdhevunyma.. 🙁 aww, jazakillah khairan dear. 🙂 alhey, dear mn ves thee hama best.. 🙂

  8. hooo says:
    June 11, 2018 at 11:52 am

    wow nice

    1. noor says:
      June 13, 2018 at 2:08 pm

      jazakillah khairan dear.. 🙂

  9. GREEN ?? says:
    June 11, 2018 at 12:12 pm

    Salaam noor.? ? ? ? ? ? ? ? ? ? ? ? ? ? yaanii mom akah vany ??haadha cute ey ziv n yai .??????varah salhi mi storg mihaaruvx abadhuvx noor masha allah ????♥??????❤?????????????????u are a telanted writer. next part avahah up kohladheeba ???☺☺??????????????

    1. noor says:
      June 13, 2018 at 2:09 pm

      wslm dear.. 🙂 hehe.. jazakillah khairan dear.. 🙂 aww.. up vefa iny mihaaru.. 🙂 btw haadha colorful comment ekey dear.. 🙂

  10. chippey says:
    June 11, 2018 at 12:28 pm

    Kobaa ane part.. avas ko up kodhiibala

    1. noor says:
      June 13, 2018 at 2:11 pm

      up vefa iny.. vrh bodah sorry ingey ebai las v ma.. jazakallah khair chippey dear.. 🙂

  11. Panda?❤ says:
    June 11, 2018 at 12:46 pm

    Masha Allah. V reethi ingey mi part wes.. dhen oiy part thankolheh awahah up waane kamah umeedhu kuran.. haadha inthizaareh wehjje yey???

    1. noor says:
      June 13, 2018 at 2:12 pm

      jazakillah khairan dear.. 🙂 vrh bodah sorry ingey 24th episode las v ma.. ekam mihaaru innaanee ebai up vefa.. 🙂 alhey vrh bodah sorry ingey.. 🙁

  12. Shann says:
    June 11, 2018 at 12:59 pm

    Madu madun ziv ge hadhaanah hurihai kameh eba aadhey dhw… Adhi mai ah eguneema kihinehbaa dhw hadhaani… Hahthahaaves suvaal ufedhey kankan… V ves furihama rythi story ekey buneveynii mii… Sifakurunves hama ehvana… Ibaaraah kohdhinunves hama super…

    1. noor says:
      June 13, 2018 at 2:13 pm

      🙂 hingaaba dhw balailan dhn vaagotheh.. 🙂 hehe.. jazakillah khairan dear.. 🙂 asluvestha? vvvvvvvvv ufaavehje.. 🙂

  13. unique says:
    June 11, 2018 at 12:59 pm

    i got too late dhw sad

    1. noor says:
      June 13, 2018 at 2:14 pm

      it’s ok dear.. 🙂

  14. kula says:
    June 11, 2018 at 1:32 pm

    lamaan tha call kuranee e…stry vvvvvvvarah reethi…next part avah up kohla dheeba…plxxxxx..ingeyy….waitin

    1. noor says:
      June 13, 2018 at 2:15 pm

      hingaaba dhw balailan.. 🙂 jazakillah khairan dear.. 🙂 up vefa iny mihaaru.. 🙂 vrh vrh vrh bodah sorry ingey e part las v kamahttakaa.. 🙂

  15. Mal says:
    June 11, 2018 at 1:37 pm

    Haadha wait kohfeemey up nukohgen…… Ekam adhi mikiyaalevunii…. Mi part ves varah reethi Masha Allah????❤… Komme bayaku ves interested hisaabakun dhw mi nimeniii….?? curiously waiting for next part??????…

    1. noor says:
      June 13, 2018 at 2:16 pm

      alhey dear vrh bodah sorry ingey.. 🙁 oh, it’s ok dear.. jazakillah khairan dear.. 🙂 hehe..

  16. unique says:
    June 11, 2018 at 1:56 pm

    vvvvvv reethi as expected…….. hama habeys thanks noor for the long part.. aslu long ehnoon longest………… hahahhah

    1. noor says:
      June 13, 2018 at 2:17 pm

      aslutha? jazakillah khairan dear.. 🙂 marhabaa dear.. 🙂 hehe.. 🙂

  17. maya says:
    June 11, 2018 at 1:57 pm

    wowo vv habeys ..mi part ves varah reethi.masha allah..vv interest vaa hisaabakun konme faharaku ves nimeny…>3>3>3..e gulhy lamaan kannenge????raifa mn naky drug deal kuraa baeh dhw..ehenve ehaaa rich iyyy.noor next part avahah up kohdhehcheyyyyyy……..

    1. noor says:
      June 13, 2018 at 2:18 pm

      hehe.. jazakillah khairan dear.. 🙂 hehe.. hingaabala dhw balailan aee kaakutho.. 🙂 up vefa iny mihaaru.. and, sorry ingey vrh bodah ehaa las v ma 24th episode.. 🙂

  18. Kiyara says:
    June 11, 2018 at 2:07 pm

    Ma sha Allah mi part vx vv reethi. Mai ah flower fonuvany zayaan dho.

    1. noor says:
      June 13, 2018 at 2:19 pm

      jazakillah khairan dear.. 🙂 balamaa.. hehe.. 🙂

  19. ira says:
    June 11, 2018 at 2:38 pm

    wowwww……vvvvvvv nice……wait for next……

    1. noor says:
      June 13, 2018 at 2:20 pm

      jazakillah khairn dear.. 🙂

  20. Fathimath says:
    June 11, 2018 at 2:38 pm

    Maasha Allah mi part ves varah reethi.

    1. noor says:
      June 13, 2018 at 2:21 pm

      jazakillah khairan dear.. 🙂

  21. Nunnu says:
    June 11, 2018 at 3:30 pm

    Adhi kiriyaa mi kiyunee
    Maaburakoh ulheythee
    Vvv vvv reethi mi part ves
    Raifaa men drugs ge viyafaari dho ekuranee
    Heevanee ziv ah ziv ge handhaanthah vv Avahah libeynehen
    I can’t belive yaanee mamma aka vanee dho
    Raifaamennah adhabu libeynehen heevanee vv Avahah
    Adhi lamaan aa dhimaavegen bunyennu vaahaka eh eba other
    E ulheny e vaahaka kiyaidheyn kanneynge
    When next part

    1. noor says:
      June 13, 2018 at 2:24 pm

      it’s ok dear.. noor ah ves reply nukureveyehnu.. dear mn ves bxy vaaneyehnu dhw.. so, it’s ok dear.. 🙂 noor naannaane evves rulhi eh, in sha allah.. 🙂 hehe.. jazakillah khairan dear.. 🙂 yess dear.. hehe.. balamaa dhw.. 🙂 hehe.. yess dear.. hingaaba dhw dhn vaagotheh balailan.. 🙂 up vefa iny mihaaru.. 🙂

  22. Mee says:
    June 11, 2018 at 3:52 pm

    Nooor sis….. Vvvv salhi vaahaka…. Avhah up kohdhehche… Luv yuh???

    1. noor says:
      June 13, 2018 at 2:26 pm

      yess dear.. jazakillah khairan dear.. 🙂 vrh bodah sorry ingey las v ma.. 🙁 ekam mihaaru innaanee up vefa.. 🙂 aww, <3<3<3<3<3

  23. Friends says:
    June 11, 2018 at 5:11 pm

    Vvvvvvvvvvv reethi
    Kon irakun next part

    1. noor says:
      June 13, 2018 at 2:26 pm

      jazakillah khairan dear.. 🙂 up vefa innaanee mihaaru 24 vana bai.. 🙂

  24. Blue ? says:
    June 11, 2018 at 5:33 pm

    Wow!??? vvv reethi! Please upload the part soon inge noor dear… this is one of the best story I’ve ever read in this site??

    1. noor says:
      June 13, 2018 at 2:28 pm

      jazakillah khairan dear.. 🙂 vrh bodah sorry ingey las v ma.. 🙁 ekam mihaaru innaane e part up vefa.. 🙂 awww.. varah ufaa vehje.. 🙂

  25. Maya? says:
    June 11, 2018 at 7:06 pm

    Wowwwww nice !?❤❤???????????????????. Waiting for the next part?good luck??????

  26. Kokee says:
    June 11, 2018 at 7:35 pm

    When is next part??? waiting…..

    1. noor says:
      June 13, 2018 at 2:29 pm

      dear mihaaru ebai up vefa iny.. 🙂

  27. nunnu says:
    June 12, 2018 at 12:00 am

    I don’t thinck this is noor
    mibunee noor kiyaa kujjakah vedhaane
    ekam mee mi vaahaka liyaa noor henneh hiyeh nuvey
    dhen balamaa dho
    mirey baara jehii e mihaaru

    1. Kokee says:
      June 12, 2018 at 12:11 am

      Yup…..nunnu thedheh….adhives inthizaaruga……So sad…..

    2. noor says:
      June 13, 2018 at 2:30 pm

      yes dear.. aee noor eh noon.. 🙂 noor mi yageen koh dhiny ekan.. 🙂 yep, vedhaane noor kiyaa kuhjakah ves..

  28. Kokee says:
    June 12, 2018 at 12:14 am

    Now gonna sleep….. haaru kaan thedhu vefa balaani up vi tho…..or morning ga.

  29. Nunnu says:
    June 12, 2018 at 12:54 am

    I knew it
    This noor is not the writer
    Adhi Mirey baa rajah aa iru u nuvaanekan ves ingey
    Ummeedh kuran thi hen writer ge namugai dhogu comment nukuraanekamah

    1. Maya says:
      June 12, 2018 at 1:12 am

      Ya of course nunnu. Egothah dhogu hedhumakee ehaarangalhu kameh noon.adhi vakin writer ge namugai …..?????????

    2. me says:
      June 12, 2018 at 9:08 am

      writer namuga noonas nujehey nun dhogeh hadhaakah

  30. Girl says:
    June 12, 2018 at 9:15 am

    Story is fantastic. Luv it??????????????

    1. noor says:
      June 13, 2018 at 2:31 pm

      jazakillah khairan dear.. 🙂

  31. Kokee says:
    June 12, 2018 at 9:51 am

    ummm….. when will you up load the next part?noor he namuga comment kury writer noor eh noon dhw……Dear hama waiting ga mi huree readers…. waiting…. waiting….

    1. noor says:
      June 13, 2018 at 2:32 pm

      up vefa iny mihaaru.. 🙂 yess dear.. aee noor eh noon.. 🙂 alhey, vrh bodah sorry ingey ehaa dhigu inthizaare dear mn lavvaa kurevunyma.. 🙁

  32. ? says:
    June 12, 2018 at 3:48 pm

    Noor where is the next part ?? too busy right?

    1. noor says:
      June 13, 2018 at 2:33 pm

      up vefa iny mihaaru.. 🙂 vrh vrh vrh vrh vrh vrh bodah sorry ingey ehaa las v ma.. 🙁 balamaa ehn kamah dhn.. hehe.. ekam ves vrh bodah sorry ingey..

  33. Yoosh says:
    June 12, 2018 at 6:09 pm

    Kobaatha 24 part kiyahithun meenee mihaaru

    1. noor says:
      June 13, 2018 at 2:34 pm

      alhey vrh bodah sorry ingey dear.. ekam mihaaru up vefa innaanee 24th part.. 🙂

  34. GREEN ?? says:
    June 12, 2018 at 8:15 pm

    Next part kobaatha noor.? avahah up kohladheeba ? ? ? ? ? ???♥???☺?❤❤?????

    1. noor says:
      June 13, 2018 at 2:35 pm

      up vefa iny mihaaru.. 🙂 hehe..

  35. noor says:
    June 12, 2018 at 8:20 pm

    Nubunan dho kon dhuvahaku 12 ga kameh SO LOLS??

    1. Thuhtha says:
      June 12, 2018 at 8:21 pm

      Yes dho??

    2. rulhi naaruvaa says:
      June 12, 2018 at 8:24 pm

      eyy mihaaru maa mahchah thi dhany.. rulhi naaruva madun hurey

    3. A fan of noor says:
      June 12, 2018 at 9:30 pm

      Well, I’ve observed the way our author noor comments. and how decently she communicates, with so much patience. So I’m pretty sure you not our author noor. 🙂 Please don’t do this. It’s not good to use someone else’s name.

    4. Hoodh says:
      June 12, 2018 at 10:45 pm

      theena buny (11 june 2018) ge reegandu 12ga ehnu buny up kuraane vaahaka!so anahkaavs dhogeh nu thihedhy!????…….! And noor ge namuga theena dhogu hedhun huttaalan v ehnu!!!!!!

    5. Kokee says:
      June 12, 2018 at 10:51 pm

      STOP IT…. fudhihge…. huhtaala noor ge namuga comment kurun… PLEASE

    6. GREEN ?? says:
      June 12, 2018 at 11:33 pm

      Kihaa dhera kameh dhw miii

    7. noor says:
      June 13, 2018 at 2:39 pm

      alhey dear.. thieeky rangalhu kameh noon ingey.. dhogu vaahaka dhakkaakah nuvaanehnu dhw? majalakah viyas migothah hedhey kudhi kudhi mistakes thakun anekaa ah vrh bodu gellumeh vedhaane.. noor mibuny seedhaa noor ah mihaalathuga geelun v ekey noon, ekam ves mikahala kudhi kudhi kanthakun adhi mifaharu noonas hama anekaa ah gellumeh vedhaane.. 🙁 vrh ufaavehje mi haalathuga ves noor ah trust kuraa kudhin eba thibikan ingunyma.. 🙂 ummeedhu kuran dear ge faraathun dhn mikahala kameh nufennaane kamah.. hamaeakni dea eh noon, evves kuhjehge faraathun.. 🙂 migothah hedhey kudhi kudhi kanthah fahun vedhaane bodu massala akah ves. w’allah a’ulam.. dear dhn mikahala kameh nukurahchey.. 🙂

    8. noor says:
      June 13, 2018 at 2:40 pm

      maaiyy allah thibaage faafa fussavaa thibaa ah heyo rahmaiyy lavvaashi.. aameen.. 🙂

  36. Shiuu says:
    June 12, 2018 at 9:56 pm

    Noor dear ge namugaa dhogu comment kuraa ne kameh neii…eii kon me meehakuviyas hey.o..thihurihaakameh ballavaa vodigenvaafaraatheh vaane edhuvahun haggu jazaa Libeynekan hadhaan kurey… adhi bunan thigothah dhoguheydhyma eves eves majaleh noon..??writer dheravaanekamah ves visnaanulaa??? dhogu veriyaa. ..theena ge vaahakaige 24 vana bai up kohbala …don’t waste ur time like this making fun of others…????

    1. Blue ? says:
      June 12, 2018 at 10:53 pm

      #SAD

    2. noor says:
      June 13, 2018 at 2:47 pm

      vrh ufaavehje dear thihaa iburaiyytheri comment eh kollyma.. 🙂 yess, konme kameh ves ballavaa vodigen vaa faraatheh vey.. 🙂 and vrh ufaavehje dear noor ah trust kuraa kan ingunyma.. ekam noor bunelantha dear rangalhu kollan v kameh? evves varakah dhera nuvahchey.. ingey.. plus noor aa dheytherey hiyy hama ves nujeheyne kamah ummeedhu kuran ingey.. dear ah rangalhakah noor mihen mi bunelany.. 🙂 abadhuves ehn meehunnah visnadhey iru madumaithirikan iskuran vaane ingey.. aslu ingey mikahala situation thakuge abadhuves aharemennah iskureveny rulhi.. ehennu? aharemen jeheyne e rulhige mahchah gadhakuran.. e kyvve? aee mikahala haalaiyythakuge faidhaa nagaane shaithaanaa.. ehn v ma aharemen strong bayakah vaan rulhi ge mahchah gadha vaan vaane ingey.. emme baarugadha meehaky aee ehnu dhw? 🙂 ehn v ma rulhi control kon abadhuves madumaithikan ihthiyaaru kuran vaane.. ehn noony misaalakah meehakah visnadheyn adulai hedhiyyo.. eynaa a nuvisneynennu dhw? eyna ves faharuga rulhi gadha kollafaane.. eyge anehkolhu balaaba.. madumaithiri kamaaeku visnadheyn ulhefi meehehge vaahaka adu ahan ves huredhaane ehnu hama anekaa.. dhw? ehn v ma hama hurihaa kudhinnah ves rangalhakah noor mihen mi bunely.. hurihaa kudhin ves mi comment kiyaalaane kamah ummeedhu kuran.. aee aharemennah baeh faharah vrh kuran undhagoo kamehnu aee dhw rulhi control kurumaky? hehe.. ekam noor ah ingey dear mn rulhi control kuran masahkaiyy kuraanekan.. dhw? noor ge readers vrh bas ahaane.. 🙂

  37. Raayaa says:
    June 12, 2018 at 11:19 pm

    ??????????

  38. GREEN ?? says:
    June 12, 2018 at 11:23 pm

    DHARUMA VAANE MIOH FADHA ROADHA MAHU DHOGO NUHADHA FAANANTHA EHN MEEHUNGE IHSAASTHAKAA WRITER GE IHSAASTHAKAA NUKULHEY PLEASE PLEASE FOR GOD’S SAKE

  39. GREEN ?? says:
    June 12, 2018 at 11:27 pm

    Yeah I ageee with you shiuu,kokee,hoodhand rulhi naaruvaa

  40. GREEN ?? says:
    June 12, 2018 at 11:30 pm

    NOOR EHBAI MEEHUN ULHENE HAJAM NUVEGN ALHAA NULAA.☺☺☺☺??❤❤❤❤❤❤??????♥♥♥???????????????????????WE ARE WITH YOU ……..

    1. noor says:
      June 13, 2018 at 2:50 pm

      it’s ok dear.. e kudhinnah adhi visneyney.. in sha allah.. 🙂 aww, vrh vrh vrh vrh vrh vrh vrh ufaavehje dear thihen bunelyma.. 🙂 and, haadha colorful ey dear ge comments.. maa sha allah.. 🙂

  41. unique says:
    June 12, 2018 at 11:48 pm

    noor ge reply eh oih thw balaallan konme faharaku check kuraairu onnany fake meehehge reply eh.. then miee kameh nu dhw mioh fadha ramazan roadha mahuga e vaguthu kolhuga heyokameh kuriyyaa unique ah heevany maaragalhu vaanehen…. feeling really bad………… ehn ehadhaa meeheh ehn ehadhany kyvve hama ekani e meehehge aai ehn meehunge vaguthehnu e beykaaru kurevuny………… n bunan Noor ah vvv bodu kameh dhimaa nuvaniyya abadh ves noor daily upkurey then mihaar upnukure veny konmeves sababeh dhimaa vegen kan visnan vaane ehnu……….. vvv dhera kanthah mivaa gothun….. noor vvv misses………. we will wait dear…… n plx mihen meehaku kanthah kuriyas hih varukuraathi ur vvv strong right……….. maaih allah alhamen enmen ge faafa thah fussavai dhevaifaandheyve……. aameen

    1. Kokee says:
      June 12, 2018 at 11:57 pm

      Seen….True…..Asking vrh vrh sad vey…..noor at least story daily koh up nukohdhevey sababu bunedhee…I know noor ah kameh dhimaa vehjje kan…..eba oih suvaaleh… why noor is not replying for the comments…..are u really very busy….mi two suvaaluge javaabu libeyne kamah unmeedhu Ikram ……..I AM WAITING FOR YOUR STORY……

    2. Kokee says:
      June 12, 2018 at 11:59 pm

      aslu*

    3. noor says:
      June 13, 2018 at 2:59 pm

      vrh vrh vrh ufaavehje dear thihaa iburaiyytheri comment eh kohlyma.. 🙂 and yes noor in sha allah hiyy varu kuraanan.. aslu ingeytha? noor vrh happy vey baeh faharah kudhin negative comments kuriyas ves.. 🙂 noor ah libey furusatheh aee e kudhinnah visnadheyn.. noor ah libey hiyy hama jehumeh aee ehn meehunnah visnadhinumaky.. 🙂 plus noor ah libey hiyy vareh aee.. 🙂 so, don’t worry my dear readers, in sha allah noor ekahala kan kamaa dhera nuvaanan ingey.. noor ah ingey mikahala kameh kuraairu both negative and positive comments ves annaane kan.. 🙂 ehn v ma aee evves massala eh noon ingey.. aameen.. 🙂 (this reply is for unique dear) dear vrh vrh bodah sorry ingey evaruves noor ah nukollevunyma.. 🙁 Q.1- ans: noor ah time nuvy.. vrh vrh vrh beynun vi thikudhinge comments thakah reply kuran.. ekam thaqdheer niyaa kuri goiyy aee.. badhal nukureveynu dhw.. hehe.. Q.2-ans: noor ah misuvaalu jabaabu hama neynge.. iyye kudakoh bxy.. noor iyye thaakah dhaan jehunyma aslu.. ekam ves it’s ok.. al’hamdhulillah! mihaaru mi reply kuranynu noor.. hehe.. (this reply is for Kokee dear)

  42. Kokee says:
    June 13, 2018 at 12:01 am

    Kuran* automatically correct vefa ???

    1. Maya? says:
      June 13, 2018 at 1:40 am

      Yeah i agreee kokee and unique. Noor dear ah kommvs bodukameh veethaaa. But ok aharemenah vs ekki kan kamaa kurimathi vey. So writer ah vs aharemen vaane respect kurannn………insha allah next part varah avahah up noor dear up kuraane kanneenge. ????

    2. noor says:
      June 13, 2018 at 3:01 pm

      vrh vrh vrh vrh vrh ufaavehje dear mn noor ah trust kuraa kan ingunyma.. 🙂 jazakumullah khairan mu dear readers.. 🙂

  43. Blue ? says:
    June 13, 2018 at 12:07 am

    Actually the last comment as Blue? is not from me either…. commenting as other people is not at all good. So stop it ??

    1. noor says:
      June 13, 2018 at 3:03 pm

      hurihaa kudhin ves ekahala kan kan ithurah repeat nukurahchey ingey.. faharuga vedhaane baeh kudhinnah neyngigen ehn kurevuny kamah ves.. ekam ingey nama ithurah ekahala kan kan readers thakuraaru nukurahchey.. 🙂 ehn vaanama noor vrh dhera vaane.. 🙁 noor beynumeh noon noor ge readers ekahala kanthah kuraakah.. 🙂 ingey?

  44. Aisha? says:
    June 13, 2018 at 6:55 am

    Sorry vvvvv bodah egothah noor ge namuga comment kurevuneema??Now i got how how much sad she will be??I am realy sad. Hope noor will fogive me??And the readers also…………..Love you noor… please read my comment…Ingey hurihaa comment eh kiyaane kan..I love this part and previous parts also??When next part??

    1. unique says:
      June 13, 2018 at 10:41 am

      alhamdhulillaahi that u understood ur mistake n eah iuthiraaf vefa maafah edhunyma…. we arent angry just vv sad….. we will forgive but its better noor maafukohdhineema….

    2. noor says:
      June 13, 2018 at 3:10 pm

      it’s ok dear.. 🙂 alhey no no no no.. noor nuveyey dheraeh.. hehe.. 🙂 mihurynu smile koffa, dhw? al’hamdhulillah! noor vrh ufaavehje dear ah visnunyma.. 🙂 alhey dear, thihn ahaa eh ves ehcheh noon ingey.. maaiyy allah miah vure bodeth kuh thakah insaanaa ah ma’aaf dhevvaa.. v iru noor ah ebaoiyy tha dear mennah maafa nukoh ehchehi kiyaa rulhi ais adulaa hedhumuge haggu? no, noannaane.. 🙂 noor ge hiyy abadhuves dear mennahttakaa saafu.. <3<3<3 aslugaves.. vrh ufaavehje hama dear ah visnunythy.. maaiyy allah alhamenge faafa fussavaa alhemennah hidhaayaiyy ithuru kohdhevvaashi.. aameen.. 🙂 dhn vrh ufaavehje noor ge readers dear ah visnadheyn mashakkaiyy kuryma.. adhi mihaathanah dear mn ge masahkathakun noor emme ufaavi dhuvas mee.. dear mn Aisha dear ah visnadhinythy vrh vrh vrh vrh bodah shukuriyyaa.. jazakumullah khairan.. aslu miadhu thi hurihaa kudhinnah shukuru haggy ves.. ehennu? vrh ufaavehje.. bunaane ehcheh ves neyngifa mihury.. hehe.. 🙂 maaf kurumuge reethi aadha aharemen therey dhamahattan vaane.. aee islam dheen ves baaru alhaa kamehnu dhw? LY all.. <3 🙂

    3. noor says:
      June 13, 2018 at 3:11 pm

      hehe.. yess, noor kiyaifymey dear ge comments.. dhn ekamaa alhaa nulaa ingey.. 🙂 asluvestha? vrh ufaavehje dear ah story kamudhiyaeema.. 🙂

  45. GREEN ?? says:
    June 13, 2018 at 8:43 am

    Its ok but never repeat that again ??

  46. Kokee says:
    June 13, 2018 at 8:50 am

    It’s ok ? and pls never repeat that again Alisha

    1. noor says:
      June 13, 2018 at 3:17 pm

      maa sha allah.. vrh ufaavehje dear mn Aisha dear ah maaf kuryma.. 🙂 mi comment miee hamaeakni Kokee ah kuri comment eh noon ingey.. 🙂 Green dear aa dhnves Aisha dear ah maaf kohdhin hurihaa kudhinnah.. 🙂

  47. Eenoo says:
    June 13, 2018 at 9:50 am

    Noor dear when next part?? Still waiting..

    1. noor says:
      June 13, 2018 at 3:18 pm

      up vefa iny mihaaru.. 🙂 vrh bodah sorry ingey dear ehaa gina iruvaandhen inthizaaruga behettunyma.. 🙁

  48. noor says:
    June 13, 2018 at 12:14 pm

    assalaamu a’laikum my dear readers.. 🙂 al’hamdhulillah mi comment eba kollevey miadhu noor ah.. hehe.. furathamaves vvvvvvvvvvvvvvvvvvv bodah sorry noor ah 24th part up nukurevunyma.. plus noor ah thikudhinge comments thakah reply nukurevunyma.. 🙁 vvvvvvvv bodah maafah edhen hurihaa kudhinge faraathun ves.. iyye hama v goiyy.. emme fahuge thayyaary thah veen 24th episode up kollan.. ekam ves hama nuvi.. 🙁 noor beynumeh noon dhn ithurah maa baivaru bahanaa thakeh dhakkaakah.. hehe.. aslu vrh dhera vey mihen vaathyve.. beynun konme dhuvahaku episode eh up kohdheyn.. noor beynumeh noon readers maa ginairu inthizaaruga baithibbaa kah.. readers ge ithubaaru aee noor ah emme muhimmu ekathi.. e gellijjeyyaa anburaa hoadhan ves faseyha nuvedhaane.. 🙁 ekam ves kuriyah oiyy thaa noor masahkaiyy kuraanan mi kanthah thah rangalhu kollan.. 🙂 and kuriyah oiyy part in mi part ge comment section ge emme fahu baiga emme bodah dhekevifa oiyy eh vaahaka aa gulhey gothah annaane scene eh.. e bai vrh visnaalaigen kiyaalahchey hurihaa kudhinves.. 🙂 dhn noor miadhu comments thakah reply kureveytho balaanan, in sha allah.. 🙂 adhives eh faharu vrh bodah sorry dear readers.. :-(… LY all.. 🙂

  49. unique says:
    June 13, 2018 at 1:07 pm

    thanks noor

    1. noor says:
      June 13, 2018 at 3:12 pm

      marhabaa dear.. 🙂

  50. Maya says:
    June 13, 2018 at 2:01 pm

    It’s ok my dear noor. We can understand it ….Best of luck ..Keep it up……??????

    1. noor says:
      June 13, 2018 at 3:14 pm

      🙂 vrh vrh vrh ufaavehje Maya dear.. 🙂 jazakillah khairan for the support, dear.. 🙂

Comments are closed.

Next Episodeހުޅުކޮޅު 24←


All Right Reserved!