ރާސިލް އައިލީޝް ގާތު އިނދެފައި ޑޮކްޓަރު އިޝާން ބުނެގެން ބައްދަލު ކުރަން ވެގެން ދިޔައެވެ. ވާހަކަ ތއް ދައްކާފައި ރާސިލް އައިސް ރޫމަށް ވަތް އިރު އޭނާއަށް ފެނުނު މަންޒަރުން ހިނދުކޮޅަކަށް ހުއްޓުންއަރާ ގޮތްވިއެވެ. އެހެންނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އެ ދިމާލަށް ނުހަނު ބާރު ފިޔަވަޅި ތަކުގައި މިސްރާބުޖެހިއެވެ. އޭނާ އަށް ފެނުނީ ދެލޯ ބޮޑު ކޮށްގެން އޮތް އައިލީޝްއެވެ. ރާސިލް ގެ ހިތް އަވަސް ވެފައި ވުމާއެކު އޭނާ އަށް ނުހަނު ބޮޑު އުފާވެރިކަމެއް […]
ކުރީގެ ޕާޓުގެ ތެރެއިން… “އޭ. ޓީ. ޑީ. ޕީ. 7؟ އެއީ ކޯއްޗެއް؟” ލެޕްޓޮޕަށް ނަޒަރު ހުއްޓައިގެން އިން އަރޫން ދެލޯ ހަނިކޮށްލަމުން އަހަރެން ގާތު އަހާލިއެވެ. ** ** “ޒަފަރުގެ ދަރި، އުޒޭލް ކިޑްނެޕްކުރުން.” އޭނާ އެހެންބުނެ އެއްމިޔަކުން ހިނިތުންވެލިއެވެ. ** ** އަދިވެސް ޖެހި ބުދެއްހެން ހުއްޓުން އަރާފައި އަހަންނަށް އުޒޭލްއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ގިޓާގެ ނަރުތަކުން އިވެމުން އެދާ އަޑު އަހަރެންގެ ސިކުނޑި ތޮރުފަމުންދާ ކަހަލައެވެ. މަޑުމަޑުން އަހަރެންގެ ހަނދާނަށް ކޮންމެވެސް އެއްޗެއް އަންނަން […]
ހަމަހިމޭންކަން ވެރިވެފައިވާ ކޮޓަރިތެރެ ސިއްސުވާލީ ރަޔާންގެ ފޯން ރިންގުވާން ފެށުމުންނެވެ. ރަޔާން ސިއްސައިގެންގޮސް ޖީބުން ފޯނުނަގައި ފޯނަށް ބަލައިލިއެވެ. އޭނާ އިތުރަށް ހާސްވެ ބިރުގަތެވެ. ރަޔާންގެ ފޯނަށް މީހަކު އެބަ ގުޅައެވެ. ނަމަވެސް ގުޅާ މީހާގެ ނަމެއްވެސް އަދި ނަންބަރެއްވެސް ފެނާކަށް ނެތެވެ. ރަޔަންހުރީ ބިރުންގޮސް ގަނޑުވެފައެވެ. ހިންދިރުވާލުމަށްފަހު ކަންފަތުގައި ފޯނު ޖައްސާލުމާއިއެކު ފޯނު ކެނޑިއްޖެއެވެ. ކުއްލިއަކަށް ލެޕްޓޮފުން ކޮއްމެސް އަޑެއް އިވިގެން ބަލައިލިއިރު ލެޕްޓޮޕް ސްކްރީންގައި ބޮޑުއަކުރުން “ހެލޯ ރަޔާން” ޖަހާފައި އިން ލިޔުމެއް ނިވިދިއްލެމުން […]
“ބަލާނަން އަދިވެސް.. މިއަދު ކްލާހުގަވެސް ވަރަށް ވަރަށް ޖެއްސުން ކުރިން.. އެކަމަކުވެސް އަނގަވެސް ހުޅުވާނުލި.. މަ ހިތަށް އަރާ ކިހިނެއް ބާވައޭ އޭނާ އެ ކެތް ކުރަނީ… އެކަަމަކު އޭނާ ކައިރީގަ އިންނަ ސޮރު އިންނަނީ ހަމަ ކިރިޔާ ވަރެއްގަ.. އޭނާގެ ރުޅި ނިކަން ފަސޭހައިން ފަޅާލެވިދާނެ.. އެހެން ވެއްޖެނަމަ ކާމިޔާބު ކުރަން ވަރަށް ފަސޭހަ ވާނެ..” އަހަ! އަހަންނަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އޭނާ އެ ކީ ‘އޭނަ’ އަކީ ހަމަ އަހަންނެވެ. ދެން އެ […]
ހަފްތާގެ ފުރުތަމަ ދުވަހެވެ. އާދިއްތަ ދުވަހެވެ. ރާއްޖެ ގަޑިން މެންދުރު ބާރަޖެހީއެވެ. އޮފީސް ތަކުގެ ބްރޭކް ގަޑިއާ ސުކޫލް ތަކުގެ ހެނދުނު ސެޝަން ނިމި މެންދުރު ސެޝަން ފައްޓާ ގަޑިކަމުން މާލެގެ މަގުމަތި ވަނީ ތޮއްޖެހިފައެވެ. ޙާއްސަކޮށް ސުކޫލުތައް ކައިރީއާއި އޮފީސްތައް ކައިރީ ބާރުބޮޑެވެ. ކާރުތަކާއި ސައިކަލުތައް އަދި މީގެ އިތުރުންވެސް މަގުމަތީގައި ދުއްވާ ތަފާތު އުޅަނދުތަކުގެ ބަރުގޮނުގެ އަޑު ނޫން އިތުރު އަޑެއް ނީވެއެވެ. އޭ.ޑީ.ކޭ ހޮސްޕިޓަލުގައި މަސަތްކަތް ކުރާ ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރު އާއިޝަތު […]
“ދޮންބޭ….އެހެރީ…ފަހަރި….ވާވް ސަޅި އިނގޭ……..”މާޔާމެންގޭ ކުރި މައްޗަށް އައިސް ވިޝާލް ކާރު މަޑުކޮއްލަން އުޅުނު ވަގުތު ވިޝާލް ގެ ނަޒަރު ވެސް ހުއްޓުނީ އެ އަންހެން ކުއްޖާ އާއި ދިމާއަށެވެ.މެރޫން ކުލައިގެ ހެދުމެއްގައި ހުރި އަންހެން ކުއްޖާ ފެނުމުން ވިޝާލް ގެ ހިތް ހީވީ ފުމެ އަރަން އުޅުނު ހެންނެވެ.މެރޫން ކުލައިގެ ހެދުމަކާއި އައިސް ބްލޫކުލައިގެ ލެގިންސް އެތް ގައި މާޔާ ފެންނަލަތް ކުރިޔަށް ވުރެ ރީތި ހެން ވެސް ހީވިއެވެ. “އާދޭ އަރަން އަވަހަށް…”ވިޝާލް އަމިއްލަ ނަފްސު […]
އޭނާއަށް އެހާ ހިސާބަށް ދެވެން ވީއިރު އެ އަންހެން ކުއްޖާ އެތަނަށް ވެއްޓިއްޖެއެވެ. އެއާއެކު ޔައީޝްވެސް އެހުރިތަނަށް ހުއްޓުން އެރިއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައިވެސް އެކުއްޖާ ކައިރިއަށް ދުއްވައިގަތެވެ. ޔައީޝް ދުވެފައި ދިޔަގޮތަށް ގޮސް އެކުއްޖާ ގާތު ހުއްޓުނެވެ. އެއިރު އެކުއްޖާގެ ބޯ ފެޅި މުޅި އެސަރަހައްދުގައި ވަނީ ލޭގެ ކޯރު ހެދިފައެވެ. އެކުއްޖާގެ މޫނުވަނީ އަނެއްފަރާތަށް ކަމުން ބިރުންހުރެ ނަމަވެސް ޔައީޝް ގުދުވެލުމަށްފަހު އެމޫނުމައްޗަށް ރަނގަޅަށް ނަޒަރެއް ހިންގާލިއެވެ. ޔައީޝްއަށް ފިޔަވަޅެއް ފަހަތަށް އަޅާލެވުނީ […]
ޝިޔާ އަކީ އޭ.ޑީ.ކޭ ހޮސްޕިޓަލްގައި މަސަތްކަތް ކުރަމުން އަންނަ މޮޅު ޑޮކްޓަރެވެ. އުމުރުން ތޭވީސް އަހަރުގެ މި ޒުވާނާއަކީ ގިނަ ބަޔަކު ދަންނަ އަދި ގިނަ ބަޔެއްގެ ހިތުން ޖާގަ ހޯދާފައިވާ ޒުވާނެކެވެ. އޭނާގެ ހިތް ހެޔޮ އަދި އެހާމެ އޯގާތެރި މިޒާޖަކީ އެންމެންގެ ހިތުންވެސް އޭނާ ޖާގަ ހޯދާ މައިގަނޑު ސަބަބެވެ. ކޮންމެ ދުވަހަކީވެސް ޝިޔާއަށް އުފާވެރި ދުވަހެކެވެ. ހިތްނުތަނަވަސްވެ ހާސްވާފަދަ ކަމެއް ދިމައެއް ނުވެއެވެ. އޭނާގެ އުޅުން ހުންނަ ގޮތުންނެވެ. ނަމަވެސް ވަގުތާއެކު ހާލަތު […]
ދުނިޔޭގައި ފޮރުވިފައިވާ އެތައް ސިއްރުތަކެއްވެއެވެ. ނޭންގޭ އެތައް ކަމެއް ވެއެވެ. ހީނުކުރާ އެތައް ހާދިސާއެއް ހިނގައެވެ. އެގޮތުން ބައެއް ކަންކަމަކީ ފާޅުވުމަށްވުރެ، ވަންހަނާވުން ރަނގަޅު ކަންކަމެވެ. ކޮންމެދުވަހަކު އަހަރެމެން ބޭނުންކުރަމުން މިދާ އިންޓަނެޓަކީވެސް ހަމަ މިފަދަ އެއްޗެކެވެ. އަހަރެމެންނަށް ފެނިގެންމިދަނީ އަދި ބޭނުން މިކުރެވެނީ އިންޓަނެޓްގެ ވަރަށް ކުޑަ މިންވަރެކެވެ. އެއީ އެންމެ 4 ޕަސެންޓެވެ. ބާކީ 96 ޕަސެންޓަކީ ވަންހަނާވެ ސިއްރު ކުރެވިފައިވާ ބައެކެވެ. *************** އެހެން ދުވަސްތަކެކޭ އެއްފަދައިން ކްލާސް ނިންމާލުމަށްފަހު ދަބަސް ކޮނޑުގައި […]