Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 22

hygge Level 510 Stories100 Comments100 Login500 Comments
June 9, 2018 15 Mins Read
80 Comments

ފަނަރަ ވަރަކަށް މިނެޓަށްފަހު ޔައީޝް އާއި ޒިވާ ފިޔަވާ އެންމެން ފުރާ މީހުންގެ ދޮރޯށިން ވަދެގެން ދިޔައެވެ. ޔައީޝް އާއި ޒިވާވެސް އެމީހުންނަށް ހަނާ އަޅާލުމަށްފަހު މާލެ ދާންވެގެން ނިކުންނަން ދިޔައެވެ. ނަމަވެސް އެނބުރިލީ ވަގުތު ޔައީޝްގެ ގައިގައި މީހަކު އަޅައިގަތެވެ.

ޔައީޝް ސިހިފައި ފަހަތް ބަލައިލީ އަތަށްވެސް ކުޑަކޮށް ތަދުވުމުންނެވެ. “ސޮރީ..” އެއިރު އެމީހަކު އޭނާއަށް ބަލައިލައިފައި މާފަށް އެދުނެވެ. ނަމަވެސް ދެމީހުންނަށްވެސް ދެމިހުންނަށް ބަލަހައްޓައިގެން ތިބެވުނީއެވެ. ޒިވާ އޭނާއާއެކު ޔައީޝް ނާންނަހެން ހީވެގެން ފަހަތް ބަލައިލިއެވެ. އެއިރު ޔައީޝް ފަހަތުގައި މަޑުކޮށްލައިގެން ހުއްޓެވެ. އޭނާވެސް މަޑު ފިޔަވަޅުތަކެއްގައި އެދިމާލަށް މިސްރާބު ޖެހިއެވެ.

ޔައީޝްއަށް އަދިވެސް އެމީހަކާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. “ޔަ.. ޔައީޝް؟” އެ ޒުވާނާ ޔައީޝް އާއި މުޚާތަބުކޮށް ބުނެލިއެވެ. “ލަމާން؟” ޔައީޝް ބަދަލުގައި ހައިރާން ކަމާއެކީ ބުނެލިއެވެ. ފުރަތަމަ އޭނާއަށް އެއީ ކާކުކަން ދެނެގަންނަންވެސް އުނދަގޫވިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ މުޅި މީހާ އެވަނީ ބަދަލުވެފައިވިއްޔާއެވެ. ލަމާންގެ ތުނބުޅި ފުދޭވަރަކަށް ދިގުކޮށްފައިވެއެވެ. އިސްތަށިގަނޑު ކުރުކޮށް ހުރިއިރު ލައިފައިވަނީ މަޑު ފިޔާތޮށިކުލައިގެ އަދްދިގު ގަމިހަކާއި ކާކީ ކުލައިގެ ފަޓުލޫނެކެވެ. އޭނާގެ ކަނާތް ފަރާތުގައި ދެ އަންހެނުން ތިއްބެވެ. އެކަކު ހުރީ ބޮޑު ބުރުގާ އަޅައިފައެވެ. އަނެކަކު ހުރީ މޫނުބުރުގާ އަޅައިފައެވެ.

“ހޫމް.. ލަމާން މީ.. ނޭނގުނު ދޯ..” ލަމާން ހިތްހެޔޮ ހިނިތުންވުމެއް ރައްދުކޮށްލަމުން ޔައީޝްއަށް ބުނެލިއެވެ. އޭނާ އަދިވެސް ހުރީ ހައިރާން ކަމެއްގެ ތެރޭގައެވެ. ލަމާންއަށް އެހާ ބޮޑު ބަދަލެއް އައި ސަބަބެއް އޭނާ ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ދިޔަ އިރުވެސް ނޭނގުނެވެ. “ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ވެފަ އެބައޮތް.. އެކަމަކު މިތާކު ނޫން..” ލަމާން ވާހަކަ ދައްކަ ދައްކާ ހުއްޓާ އެތަނަށް ޒިވާ އައެވެ. “ޔައީޝް.. ކިހިނެއް ވީ؟” ޒިވާ ހިތްހެޔޮ ކަމާއެކު ސުވާލު ކޮށްލިއެވެ. “މިހާރު މެރީ ކުރީތަ؟” ނިޤާބް އަކުން މޫނުފޮރުވާލެވިފައިވާ ޒިވާއާއި ދިމާލަށް ސުވާލުގެ ނަޒަރަކުން ބަލައިލަމުން ލަމާން ސުވާލު ކޮށްލިއެވެ. އެހިނދު ޔައީޝް ހިނިތުން ވެލަމުން ބޯ ޖަހާލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ.

“މަރުޙަބާ.. މިއީ އަހަރެންގެ ވައިފް.. ދެން މިވަގުތު ގޮސްލަނީ އިނގޭ.. ފަހުން ގުޅާލާނަން.. މިކިޔަނީ ނަމްބަރ.. ފޯނުގަ ސޭވް ކޮށްލައްޗޭ..” ލަމާން ނިކަން އަވަސް އަރުވާލައިފައި އޭނާގެ ނަންބަރ ކިޔާލުމަށްފަހު ގާތުގައި ތިބި ދެ އަންހެން ކުދިން ގޮވައިގެން ދިޔައެވެ. ބޮޑު ބުރުގާ އަޅާއިފަ ހުރި ކުއްޖާއާއި ގުޅޭގޮތުން ލަމާން އެއްވެސް އެއްޗެކޭ ނުބުންޏެވެ. އަނެއްކާ އެއީ ކާކުބާވައެވެ؟ ޔައީޝްއަށް އެ އަންހެން ކުއްޖާ ކޮންމެވެސް ތާކުން ފެނުނު ހަނދާނެއް ވިއެވެ. ނަމަވެސް ކާކުކަމެއް ހަނދާން ކޮށްކޮށްވެސް ހަނދާނަކަށް ނައެވެ.

“ރައްޓިއްސެއްތަ؟” ޒިވާ ޔައިޝް ގާތު މަޑުމަޑުން ސުވާލު ކޮށްލިއެވެ. އެހިނދު ޔައީޝް ބޯ ޖަހާލިއެވެ. “ސްކޫލްގަ އުޅުނު އިރު ދެން ފާޑަކަށް ރައްޓެހި ދޯ..” ލުއި ހިނިތުންވުމަކާއެކު ނޫންގޮތަށް ޔައީޝް ބުނެލިއެވެ. ދެމީހުން ތިބިތަނުން ފިޔަވަޅު ގުޑުވާލީ ފެރީއަށް އެރުމަށް ދާށެވެ.

****

“ހެލޯ މައި.. ފްރީތަ ހަވީރު؟” އަޔާނީ މައިހާ އަށް ގުޅާލައިގެން އޭނާ އުޅޭ އެޕާޓްމެންޓްގެ ބެލްކަނީގައި ހުއްޓެވެ. އެއީވެސް ފުދޭވަރަކަށް ބޮޑު ބެލްކަންޏެކެވެ. ޔައީޝްމެންގެ ބެލްކަންޏާ ޚިލާފަށް އެ ބެލްކަނީގައި އެއްވެސް ކަހަލަ ގަހެއް ނެތެވެ. ނަމަވެސް ވައްތަރެއްގެ ޖޯއްޔެއް އެލުވާފައި ހުއްޓެވެ. ކުޑަ ބުރުގަލަކާއެކު އާދައިގެ ދޫ ކަޅުހެދުމެއްގައި އަޔާނީ ހުރި އިރު އެމޫނުމަތީގައި ވަނީ ލުއި ހިނިތުން ވުމެކެވެ.

“އޯހް.. އޯކޭ އެހެން ވިއްޔާ.. އެހެން ދުވަހަކުން ދާނީ ދޯ ދެމީހުން.. މިއަދު އެހެން ވިއްޔާ ދެން ޔާނީ އެކަނި ދާނީ.. އަދި އައިޝާ އާއި ވާހަކަވެސް ދައްކާނުލެވޭ އެދެމީހުން މެރީ ކުރި ފަހުން.. ހެހެ” މައިހާ އޮފީސް ކަމަކު ބިޒީ ކަމަށް ބުނުމުން އަޔާނީ ބުނެލިއެވެ. މިއަދަކީ ހޮނިހިރު ދުވަސް ކަމުން އަޔާނީ މިއަދު ސްކޫލަށް ނުދެއެވެ. އޭނާއަކީ ސެކަންޑަރީ ކުދިންނައް ކެމިސްޓްރީ ކިޔަވައިދޭ މުދައްރިސެކެވެ.

“ކާކާ ވާހަކަދައްކަނީ މާވަރަކަށް..” އަޔާނީ މައިހާގެ ކޯލް ނިންމާލުމަށްފަހު ފޯން ކަންފަތާ ދުރުކޮށްލިތަނާ އަދްޔަން ފަހަތުން އައިސް އޭނާގެ ގައިގައި ބައްދާލިއެވެ. އެހިނދު އަޔާނީގެ ކޯތާފަތަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. ކައިވެންޏަށްފަހު ދުވަސްތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އަދިވެސް އަދްޔަންގެ އެކަހަލަ ލޯބިވެތި ޢަމަލްތަކުން އަޔާނިގެ ކޯތާފަތަށް ޖަންބުކުލަ ވެރިވަނީ ހަމަ ކޮންމެ ފަހަރަކުއެވެ. “މައި އާ.. ހިނގާބަ މިއަދު ހަވީރު ޔައީޝްމެން ގެއަށް.. ފޫހިވާތި އައިޝާ ކައިރިއަށް ގޮސްލަން.. އިއްޔެ މެރީ ކުރިޔަސް ޖެއްސުން ކޮށްލަން ދާން ވާނެ..” އަޔާނީ ހިނިގަނޑެއް ޖަހާލަމުން އަދްޔަން އަށް ބުނެލިއެވެ. އަދްޔަންވެސް އެކަމާ އެއްބަސް ވުމުން އަދްޔަންގެ ފަހަތުން އަޔާނީ ގޭތެރެއަށް ވަނެވެ.

****

ޔައީޝްގެ ފަހަތުން ޒިވާ ގޭތެރެއަށް ވަދެގެން ދިޔައެވެ. މަންމަމެން ފުރުމުން އެ ބޮޑު އެޕާޓްމެންޓްގައި ވަނީ ފަޅުކަމެވެ. “ޒިވް..” ޔައީޝް ގޭގެ ދޮރު ތަޅުލުމަށްފަހު އެތެރެއަށް ވަދެގެން ދިޔަ ޒިވާއަށް ގޮވާލިއެވެ. ޔައީޝްގެ އަޑު އިވި ޒިވާވެސް ހުރި ފިޔަވަޅު މަތީ މަޑުކޮށްލިއެވެ. އެއަށްފަހު ފަހަތަށް އެނބުރލިއެވެ. ނަމަވެސް އޭނާ އެ ފުރުސަތުގެ ބޭނުންހިފީ ހިތުގައި އޮތް ސުވާލު ޔައިޝް އާއި ކޮށްލުމަށެވެ. “ޔައީޝް.. ވާހަކައެއް އަހާލަންތަ؟” ހަމައެކަނި އެ އަޑުންވެސް އެ ބުނުމުގައި ހުރި ނުތަނަވަސްކަން ޔައީޝްއަކަށް ނުފޮރުވުނެވެ. ޔައީޝް އޭނައާއި ގާތުގައި ހުއްޓިލަމުން މަޑުމަޑުން ހޫމް ލައްވާލިއެވެ.

“ކީއްވެ އަހަރެންނަށް ޒިވާ އޭ ކިޔަނީ؟” ޔައީޝްގެ ހިތުގައި ރިއްސާލިއެވެ. މިދުނިޔެމަތިންވެސް އޭނާ އެންމެ ލޯބިވީ އަންހެން ކުއްޖާ އޭނާއާއެކު ހޭދަކުރެވުނު ހުރިހާ ވަގުތެއް މަތިންވެސް އެވަނީ ހަނދާން ނެތިފައެވެ. ޚުދު އޭނާގެ އަމިއްލަ ނަފްސު މަތިންވެސް އެ އަންހެންކުއްޖާ އެވަނީ ހަނދާން ނެތިފައެވެ. ޔައީޝް އަށް ޖަވާބެއް ނުދީ މަޑުމަޑުން ހުރެވުނީއެވެ.

“ޔައީޝް އެއްވެސް މަޖުބޫރުކަމެއް އޮވެގެންތަ މިކައިވެނި ކުރީ؟ ޔައީޝް ލޯބިވާ މީހަކު ހުއްޓާ އަހަންނާ ކައިވެނިކޮށްގެން އުޅެން ޔައީޝް އަށް ކިހާ އުނދަގުލެއް ވާނެ.. ދެން ކީއްވެ؟” ޒިވާ އޭނާއާއި ސުވާލުކޮށްލީ އާދޭހުގެ ރާގަކަށެވެ. އޭނާގެ ހިތުގައި ޔައީޝްއަށް ޚާއްސަ މަޤާމެއް ދެވިފައިވާކަން އޭނާ ޔައީޝްއާއި ސިއްރުކުރެއެވެ. ނަމަވެސް އޭނާއަށް ނޭނގޭ ކަމަކީ ކުރިއްސުރެ އޭނާ ލޯބިވާ ފަރާތަކީ ޔައީޝްކަން އޭނާގެ ހަނދާނުގައި ނެތް ނަމަވެސް ޔައީޝްގެ ހަނދާނުގައި ހުރި ކަމެވެ.

“ސުވާލުތަކުގެ ތަރުތީބުން ޖަވާބުދޭނަން އިނގޭ.. އަހަރެން ބުނިން ދޯ ކުރިންވެސް ތިއީ އަހަންނަށް ޒިވާއޭ އެހެން މިހުންނަށް އައިޝާއަށް ވިޔަސް.. އެކަންތައް ވަރަށް ރަނގަޅަށް އެނގި ސާފުވެގެން ދާނެ އަދި އެއްދުވަހަކުން.. އިން ޝާ ﷲ… ދެން ދެވަނަ ސުވާލުދޯ.. ހެހެ.. އެއްވެސް މަޖުބޫރުކަމެއް ނެތް މިކައިވެނީގަ.. ޒިވް އަށް ނޭނގޭނެ ޒިވް ދެކެ އަހަރެން ލޯބިވާވަރެއް.. އަހަރެންގެ ދިގު އިންތިޒާރުގެ ނިމުމެއްގެ ގޮތުން އެންމެ ފަހުން އެ ރާނީ އަހަންނަށް ލިބިއްޖެ.. ހުރިހާ ޝުކުރެއް ﷲއަށް..” ދެޖީބަށް އަތް ޖަހާލައިގެން ހުރެ ލުއި ހިނިތުންވުމަކާއެކު ވާހަކަ ދައްކަމުން އައި ޔައީޝް އެންމެ ފަހުން ޒިވާގެ ކުރިމަތީ ނުހަނު ގާތުގައި ހުއްޓިލިއެވެ.

އެއަށްފަހު އޭނާގެ ދެއަށް ގެންގޮސް އެ މޫނުގައި ވަށާލިއެވެ. އަދި މަޑުމަޑުން އޭނާގެ ތުންފަތް ގެންގޮސް ބުރުގާގެ މަތިން ޒިވާގެ ނިތުގައި ބޮސްދިނެވެ. ޔައީޝްއަށް ނުފެނުނު ނަމަވެސް ޒިވާގެ ދޮން ކޯތާފަތަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. ޒިވާ ޔައީޝްގެ އެ ޢަމަލުން ލަދުގަތް ވަރުން އިސްޖަހާލިއެވެ. އެހިނދު ޔައީޝްގެ ތުންފަތުގައިވެސް ލުއި ހިނިތުންވުމެއް ދުވެލިއެވެ.

އިރުކޮޅެއް ވާންދެން ހުރުމަށްފަހު ޒިވާ އެމީހުންގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެވަގުތު ޔައީޝްވެސް ގޮސް ސޯފާގައި ބުރަކަށި ޖައްސާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ޔައީޝް ފުން ވިސްނުމެއްގެ ތެރެއަށް ގެނބިގެން ދިޔައެވެ. ޒިވާގެ ވިސްނުން އަނބުރާ ގެންނަން އޭނާ ހަދާނީ ކިހިނެއް ބާވައެވެ؟ ޒިވާގެ އެ ޙާލަތް އޭނާގެ މަންމަމެން ގާތު ނުބުނެ މިކުރެވެނީ ރަނގަޅު ކަމެއް ބާވައެވެ؟ އާމިރުމެން ޒިވާ މިއޮށް ހުރިހާދުވަހު ގެންގުޅުނީ ކިއްވެބާވައެވެ؟ އެމީހުންނާއި ޒިވާ ބައްދަލުވީ ކިހިނެއް ބާވައެވެ؟ މިއަދު ހެނދުނު ލަމާން އާއި އޭނާ ބައްދަލުވި އިރު ލަމާން އަށް އައިސް ހުރި ބަދަލުގެ ފަހަތުގައި ވަނީ ކޮން ކަމެއް ބާވައެވެ؟ ލަމާން ގާތުގައި ހުރި ދެވަނަ އަންހެން ކުއްޖަކީ ކާކުބާވައެވެ؟ ވިސްނުމުގެ ތެރެއަށް ފީނެމުން ދިޔަ ވަރަކަށް ޔައީޝްގެ ސުވާލުގެ ބޮޅުތަކަށް އިތުރު ބޮޅުތަށް ގިނަވަމުން ދިޔައެވެ.

އޭނާ އެކަނި މާއެކަނި މުހުރިހާކަމެއް ހޯދާނީވެސް ކިހިނެއް ބާވައެވެ؟ އެހިނދު ޔައީޝްއަށް ހިތާހިތުން ﷲއަށް ދުޢާ ކޮށްލެވުނީ އޭނާއަށް މިކަމުގައި ސާބިތުކަން ދެއްވުން އެދިއެވެ. އަދި ކާމިޔާބު ދެއްވުން އެދިވެސް މެއެވެ.

****

ބޮޑު ގެއެކެވެ. ވަށައިގެން ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ތަނަވަސްކަމެވެ. ފާރުތަކުގެ ބަދަލުގައި ގޭ ވަށައިގެން ޖަހައިފައިވަނީ ބިއްލޫރިއެވެ. އެތެރޭގައި މުށިކުލައިގެ އަރާމު ސޯފާތަކެއް ބަހައްޓާލައިފައިވީއިރު ކަޅުކުލައިގެ ބޮޑު ފާރުގައި ދިގު ޓީވީއެއް ހަރުކޮށްފައި ވެއެވެ. ސޯފާތަކުގެ މެދުގައި ކަޅުކުލައިގެ ބިއްލޫރި ޖެހި ބޮޑު ވަށް މޭޒެއް ބަހައްޓާފައިވެއެވެ. ގޭގެ ވައަތް ފަރާތުގައި ސިޑިއެއް ހުރިއިރު ސިޑިން އަރައިގެން ދެން އެރެނީ ކޮޓަރިތަށް ހުރި ބަޔަށެވެ. އެބައިގައިވެސް ފަސްވަރަކަށް ކޮޓަރި ވާނެކަން ގައިމެވެ. ކާބަޔާއި އެކުވެގެން އިން ބަދިގެ އިނީ ތިރީގައި ސިޑިއާއި ތަންކޮޅެއް ދުރުގައެވެ. މުޅި ގޭގައި ޖަހައިފައިވަނީ މަޑު އަޅި މުށިކުލައެއްގެ މުއްޓެކެވެ. ގޭތެރެ ބޭއްވުމަށްފަހު ދެން އޮތީ ގޭގެ ގޯތިތެރެއެވެ.

މުޅި ގޯތިތެރޭގައި ކާޕެޓް ވިނަ ހައްދާފައިވިއިރު ދޭތެރެ ދޭތެރެއިން ހިޔާދޭފަދަ ބޮޑު ގަހެއް އިންދާފައި އިނދެއެވެ. ގޭގެ ފުރަގަހުގައި އެކި ވައްތަރުގެ މާމެލާމެލީގެ ބޮޑު ބަގީޗާއެއް ވެއެވެ. ގެއަށް ވަދެވެން އިން ބޮޑު ގޭޓުން ފެށިގެން ގޭގެ ބޮޑު ދޮރާއި ހަމައަށް ގާ ޖަހާފައި ފުޅާ ވޯކްވޭއެއް ހަދައިފައި އޮތެވެ. ގޭގެ ކަނާތް ފަރާތުގައި ބޮޑު ގަރާޖެއް އޮތެވެ. ނަމަވެސް އެޔޮށް ބޮޑު ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ.

އިރުކޮޅެއް ފަހުން ފެނިގެންދިޔައީ އަޅިކުލައިގެ ކާރެއް ގޭތެރެއަށް ވަދެގެން ދިޔަ ތަނެވެ. ކާރު މަޑުކޮށްލުމުން އޭގެ ތެރެއިން އަންހެން ކުއްޖަކު ފޭބިއެވެ. އެވަގުތު އެތެރޭގައި އެކާރު ދުއްވަން އިން މީހަކު އެކާރު ގެންގޮސް ގަރާޖަށް ލިއެވެ.

އަންހެން ކުއްޖާއަށް ބަލައިލައިފި ނަމަ އެއީ ފެޝަނަށް ލޯބިކުރާ ކުއްޖެއްކަން ވަރަށް ރަނގަޅަށް އެނގިގެން ދާނެއެވެ. މަތިން ލައިފައިހުރީ މަޑު ފިޔާތޮށިކުލައަކާއި ފެހިކުލައެއްގެ ފްލޯރަލް އޮފްޝޯލްޑާ ޓޮޕެކެވެ. ނިވާކަންކުޑަ އެ ޓޮޕްކޮޅުގައި އޭނާ ހުރިއިރު ތިރިން ލައިފައިހުރި ސްކިނީ އެ ހިމަ ފަޔަށް ހިފިފައިވީގޮތުން އެ ފައިގެ ވަނާތަށް ހާމަވެއެވެ. ހުދުކުލައިގެ އެ ސްކިނީގައި ތަންކޮޅުކޮޅުން ވީދައިފައި ހުއްޓެވެ. އެ ދޮން ކޮނޑާއި ކަނދުރާ ހާމައަށް އޮތް އިރުކޮނޑާއި ހަމައަށް އަރާ ކަޅުކަންގަދަ ފަން އިސްތަށިގަނޑު އެއް ފަރާތަކުން ކަފިކޮށްލާފައިވެއެވެ. ދޮން މޫނުމަތީގައި ފައުންޑޭޝަން ހާކައިފައިވާލެއް ގިނަކަމުން އިތުރަށް ދޮންކަމަށް ދައްކައެވެ.

އޭނާގެ ތުންފަތް ގަދަ ރަތްކުލައިން ފަވާލައިފައިވާއިރު ކަޅުކަންގަދަ ބުމަ މޭކަޕްގެ ސަބަބުން އެއްވަރުކޮށްފައިވެއެވެ. ލޮލުގައި ރަތްކުލައާއި ކަޅުކުލައިގެ ގަދަ އައިޝެޑޯ މޭކަޕް ކޮށްފައި ވާއިރު ދިގު އެސްފިޔަތަކުގައި މަސްކާރާ އަޅާފައިވާގޮތުން އިތުރަށް ކަޅުކަން ގަދައެވެ. އަގުބޮޑު ބްރޭންޑެއްގެ ބޭގެއް އަޅުވާލައިގެން އޭނާ އެތާ ހުރިގޮތުން ހީވަނި މީހެއްގެ އިންތިޒާރުގައި ހުރި ހެންނެވެ. އެވަގުތު އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވީ ކާރު ބާއްވައިފައި އޭގެން ފައިބައިގެން އޭނާ އާއި ދިމާލަށް ހިނގާފައިފައި އައި ޒުވާނާ ފެނިފައެވެ.

އޭނާ ލައިގެން ހުރި ކަނޑު ނޫކުލައިގެ ޓީޝާޓް ގަޔަށް ހިފިފައި ވިއިރު އެ ބާރުގަދަ އަތް ހާމަޔަށް ފެންނަން އޮތެވެ. ކަނާއަތުގެ މުލައްދަނޑީގައި އެތެރެފަރާތުގައި ބޮޑުކޮށް ޓެޓޫއެއް ޖަހައިފައިވެއެވެ. ލައިގެން ހުރި މަޑު ނޫކުލައެއްގެ ސޯޓުބުރި ހުރީ ކަކުލުން އިނގިއްޔެއްހާތަން މައްޗަށެވެ. އިސްތަށިގަނޑު ޒަމާނީ ގޮތަކަށް ސްޓައިލް ކޮށްލެވިފައި ވާއިރު ތަންކޮޅު ކޮޅުން ބޮލުގައި ކުލަވެސް ޖައްސާލައިފައިވެއެވެ. އަތުގައި އޭނާގެ އަގުބޮޑު އަވިއައިނު އޮތް އިރު އެ ޒުވާނާގެ އިންތިޒާރުގައި މަޑުކޮށްގެން ހުރި އަންހެން ކުއްޖާ ފެނި މޫނުމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިކޮށްލިއެވެ.

“ކިހިނެއްވީ އެތެރެއަށް ނުވަދެ މަޑުކޮށްގެން ތިހުރީ؟” އަންހެން ކުއްޖާއަށް ބަލައިލަމުން އޭނާގެ ހިމަ އުނަގަނޑުގައި ހިފާ އެ ޒުވާނާ އޭނާއާއި ގާތަށް ދަމާލިއެވެ. އެހިނދު އެދެމެދުގައި ވީ ދުރުކަން އިހުނަށްވުރެ އެތަށް ތަނެއް ގާތްވެގެން ދިޔައެވެ. “ނާއިޝް އަންނަންދެނެއްނު..” ތުއި ގޮތަކަށް އެ އަންހެން ކުއްޖާ ބުނެލީ އިސްޖަހާލަމުންނެވެ. އެވަގުތު ނާއިޝްގެ ފިރިހެން ވަންތަ އަޑުން އޭނާގެ ލުއި ހުނުމުގެ އަޑު ފަޒާގެ ތެރޭގައި ގުގުމައިގެން ދިޔައެވެ.

“މިއައީނު.. ހިނގާ އެތެރެއަށް ދަމާ.. ހަމަ އެހާ ލޯބިވޭތަ ރައި އަހަރެން ދެކެ؟” ރައިފާ އޭނާގެ ގަޔާލައި ފިއްތާލަމުން ނާއިޝް އޭނާގެ ގާތުގައި ހުރި ރައިފާއާއި ސުވާލުކޮށްލިއެވެ. އެހިނދު ފާޑަކަށް ހިނިއަންނަމުން ރައިފާ ބޯ ޖަހާލީ އެކަމާ އެއްބަސްވުމުގެ ގޮތުންނެވެ.

****

އެއްޗެހި ބަދަލުކޮށްގެން އައިސް އާދައިގެ ކަޅުހެދުމަކާއި ގޭގައި އަޅާކަހަލަ ކަޅުކުލައިގެ ކުޑަ ބުރުގަލެއް އަޅައިގެން ހުރެ ޒިވާ ބަދިގެ ތެރޭގައި އަތްމަތި އަވަސްކޮށްލައިގެން ޙަރަކާތްތެރިވަމުން ދިޔައީ މިއަދު ޔައީޝް ޑިއުޓީއަށް ދާންޖެހޭ ވާހަކަ ބުނުމުންނެވެ. އޭނާ ބަދިގެއަށް ވަތް އިރުވެސް ޔައީޝް ސޯފާގައި ދެއަތް ޖޯޑުކޮށްލައިގެން އިނެވެ. ނަމަވެސް ޚިޔާލަކަށް ގެއްލިފައި އިނުމުން ޒިވާ އޭނާ ކުރިމަތިން ހުރަސްކުރި ކަމެއްވެސް ޔައީޝްއަކަށް ނޭނގުނެވެ. ޒިވާގެ މޫނުމަތީގައި ހިނިތުންވުމެއް ކުޅެލައިފައިވެއެވެ. ޔައީޝްއާއި ދިމާލަށް ބަލައިލަމުން ލަދުވެތި ހިނިތުން ވުމެއް އޭނާގެ ތުންފަތުގައި ދުވެލިއެވެ.

ހުރިހާކަމެއް ނިންމާލުމަށްފަހު ހަށިގަނޑު ތެދުކޮށްލިއިރު ޒިވާގެ ދޮން މޫނުމަތިން ދާތިކިތަށް ވިދައެވެ. އެއިރު މޭޒުމަތީގައި ދެތިން ބާވަތެއްގެ ކާތަކެތި ތައްޔާރު ކުރެވިފައި ހުއްޓެވެ. އެއަށްފަހު އޭނާ އަވަސްވެގަތީ ޔައީޝްގެ އެއްޗެހި އިސްތިރިކުރުމަށެވެ. އެއަށްފަހު ޔައީޝްއަށް ކާން ގޮވާލާނީއޭ ހިތާ ޒިވާ އަވަސްއަވަހަށް ބަދިގެއިން ނިކުތުމަށްފަހު ކޮޓަރިއަށް މިސްރާބު ޖެހީ ސޯފާއާއި ދިމާލަށް ބަލައިލަން ހަނދާންވެސް ނެތިފައި ހުރެއެވެ.

ކޮޓަރިތެރެއަށް ވަދެވުނުތަނުން އޭސީގެ ފިނިން އެ މަދު ސިކުންތުކޮޅުތެރޭގަވެސް ޒިވާގެ ދާތިކިތަށް ހިއްކާލި ފަދައެވެ. އަލަމާރި ކައިރީ ހުއްޓިލުމަށްފަހު ދޮރުފަތް ހުޅުވާލިއެވެ. އެއަށްފަހު އަލަމާރިތެރެއަށް ނަޒަރެއް ހިނގާލިއެވެ. އެހިނދު ޔައީޝްގެ ސިފައިންގެ ޔުނީފޯމު ފެނި އޭނާއަށް ހިނިތުން ވެލެވުނެވެ. ޔައީޝްގެ އެ ޔުނީފޯމު އޭނާ ދުއް އެއީ އަދި ފުރަތަމަ ފަހަރެވެ. މިއަދު އައި ގޮތަށްވެސް ޒިވާއަދި އޭނާގެ އެއްޗެހި އަލަމާރިއަށް އަޅާލަންވެސް ފުރުސަތެއް ނުލިބެއެވެ. އެހެން ކަމުން ޔައީޝްގެ އެއްވެސް އެއްޗެއްވެސް އޭނާއަށް ނުފެނެއެވެ.

ހިނިތުން ވުމެއްގައި ހުރެ އޭނާ ޔައީޝްގެ އެއްޗެހި އިސްތިރިކޮށްލުމަށްފަހު އަލާމާރީގައި އެ އެއްޗެހި އަޅުވާލައިފައި ހިންދެމިލި ޒިވާގެ ތުންފަތް މަތީގައި ވީ ހިނިތުންވުމުން އެކަނިވެސް އޭނާއަށް ލިބިފައިވާ ހިތްހަމަޖެހުން ހާމަކޮށްދެއެވެ. ޒިވާ ކޮޓަރިން ނިކުމެ މަޑުމަޑުން ދޮރު ޖަހާލުމަށްފަހު ސޯފާ ކައިރިއަށް ގޮސް ހުއްޓެލި އިރު ޔައީޝްއަށް އޮތި ނިދިފައެވެ. އޭނާ އޮށް ގޮތުންވެސް ނިދާލައިފައި އޮތީ ކިހާ އަރާމުކޮށްކަން ޒިވާއަށް އެނގުނެވެ. ކުޑަކޮށް ޔައީޝްއާއި ދިމާލަށް ގުދުވެލަމުން ބޭ އިޚްތިޔާރުގައި އޭނާގެ އަތް ގެންގޮސް ޔައީޝްގެ މޫނުމަތީގައި ފިރުމާލެވުނެވެ. އެއަށްފަހު ހަށިގަނޑު ތެދުކޮށްލި ވަގުތު އޭނާގެ ސިކުނޑިއަށް މޮޅު ޚިޔާލެއް އައެވެ.

ލާނެއް ފާޑަކަށް ހިނިތުން ވެލުމަށްފަހު ހިންޏަކަށްވެސް ނޭނގޭނެހާ ސިއްރުން ފިޔަވަޅު އަޅަމުން ގޮސް އެކި ސާމާނުތައް ބަހައްޓާފައި ހުރި ކުޑަ ކޮޓަރިއެއް ކަހަލަ ތަނަކަށް ޒިވާ ވަނެވެ. އެއަށްފަހު ފެންޖަހާ ފުޅިއެއް ހިފައިގެން އައިސް ޔައީޝްގެ ކުރިމަތީގައި ހުއްޓިލިއެވެ. ބަލާކަށްނުހުރެ ޒިވާ އެފުޅިން ޔައީޝްގެ މޫނުމައްޗަށް ފެން ޖަހާލި ވަގުތު މޫނަށް ވައްތަރެއް ޖައްސާލަމުން ޔައީޝް ފުންމައިގެން ތެދުވިއެވެ. އެމަންޒަރު ފެނި ޒިވާގެ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ގުދަށް އޮވެ އޭނާ ހެމުން ދިޔައެވެ. ޔައީޝްވެސް ޒިވާއާއި ދިމާލަށް ބަލައިލަމުން ހިނިތުން ވެލިއެވެ. ނަމަވެސް އޭނާވެސް ވަކި ދޫދޭކަށް ބޭނުމެއް ނުވިއެވެ.

ހެވުން މަތަކުރެވޭތޯ މަސައްކަތް ކުރަމުން ދިޔަ ޒިވާ ހަށިގަނޑު ތެދުކޮށްލި ވަގުތު މަޑުމަޑުން އޭނާއާއި ދިމާލަށް އަންނަށްފެށި ޔައީޝްފެނި ދެލޯ ބޮޑުކޮށްލުމަށްފަހު ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. އެވަގުތު ޔައީޝްވެސް އޭނާގެ ފަހަތުން ދުއްވައިގަތެވެ. ނަމަވެސް ކޮޓަރީއާއި ހަމައަށް ދެވެން ވާއިރަށް ޔައީޝްގެ އަތުވެދާނެ ކަމުގެ ބިރަށްޓަކައި ޒިވާ އަނެއްކާ މިސްރާބު ބަދަލުކޮށްލިއެވެ. މުޅި ސިޓިންރޫމުގައި ދެމީހުންގެ ހުނުމުގެ އަޑު ގުގުމާލައިފައިވެއެވެ. ޒިވާ އަނެއްކާވެސް ދުވަމުން ގޮސް މިސްރާބު ޖެހީ ކޮޓަރިއާއި ދިމާލަށެވެ.

އޭނާ ކޮޓަރިއަށް ވަތް ތަނުން ޔައީޝްވެސް ހުށިޔާރު ކަމާއެކު އެތެރެއަށް ދެމިގަތެވެ. އެވަގުތު ކާޕެޓްގައި ފައި އެޅިފައި ޒިވާ އެނދުމައްޗަށް ވެއްޓެން ދިޔައެވެ. ނަމަވެސް ނުހަނު ގާތުގައި ޔައީޝް ހުރުމުން އޭނާއަށް ފުރަތަމަ ހިފާލެވުނީ ޔައީޝްގެ ގަމީހުގައެވެ. އެކަހަލަ ކަމަކަށް ނުވިސްނާ ހުރި ޔައީޝްގެ ގަމީހުގައި ޒިވާ ހިފާލި ވަގުތު ޒިވާއާއި އެއްކޮށް އޭނާ އެނދުމައްޗަށް ވެއްޓުނެވެ.

އެ މަދު ސިކުންތުކޮޅުގެ ތެރޭގައި ދެމީހުންގެ ހުނުން އެއްކޮށް ކެނޑިގެން ދިޔައެވެ. ނަމަވެސް އޮވެވުނީ ދެމީހުންގެ އަމިއްލަ ޚިޔާލީ ދުނޔެއަކަށް ގެއްލިފައެވެ. ޔައީޝްއަށް އޮވެވުނީ ޒިވާގެ ގައިމަތީގައެވެ. ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކެއްގެ މޫނުމައްޗަށް އެޅެމުން ދިޔައެވެ. ނަމަވެސް އެކަން އެ ދެމީހުންނަށްވެސް ނޭނގޭ ފަދައެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ޒިވާ އާއި ޔައީޝްއަށްވެސް ދެމީހުންގެ ލޮޔެތެރެއަށް ގެނބިގެން ދެވުނެވެ.

ޒިވާއަށް ޔައީޝްގެގެ އެ އަސަރުގަދަ ދެލޮލަށް ބަލަން އޮވެވުނީ ކަޅިވެސް ޖަހާނުލައެވެ. އެ ދެލޮލުން އޭނާއަށް އެތަކެއް ވާހަކަތަކެއް ކިޔައިދެމުން ދިޔަ ފަދައެވެ. ޔައީޝްއަށް ޒިވާގެ އެ ރީތި ދެލޮލަށް ބަލަން އޮވެވުނީ ކިހާ އިރެއް ވާންދެން ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އެ ދެލޯ ކިތަންމެހާވެސް ރީއްޗަކަށް އޭނާދެކެ ޒިވާ ވާ ތެދުވެރި ލޯބި ކިޔައިދެމުން ދިޔައެވެ.

“ޒިއްޕުޑިންވެސް އައީ ޕުޑިންކޮޅެއް ފެނޭތޯ އިސްދަށަށް ޖަހައިގެން ވިއްޔަ..” ޒިވާގެ ސިކުނޑީގެ ކޮންމެވެސް ދިމާލެއްގައި އެތަކެއް ދުވަހެއް ވާންދެން ފޮރުވިފައިވި ހަނދާނެއް ކުއްލިޔަކަށް އޭނާގެ ސިކުނޑިއަށް ވެރިވިއެވެ. ފަނޑުގޮތަކަށް ފުރާވަރުގެ ފިރިހެން ކުއްޖަކު ހަމަ އެ އުމުރުގެ އަންހެން ކުއްޖެއްގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ދެމީހުން އެކަކު އަނެކަކަށް ގެއްލިފައި ވަނިކޮށް އޭނާ އަށް ފެނުނެވެ. ދެމީހުންވެސް ތިބީ އެއްކޮށްވެސް ހުދުކުލައިގެ ޔުނީފޯމެއްގައެވެ. އަނެއްކާވެސް ހަމަ އެކަހަލަ މަންޒަރެއް އޭނާއަށް ފެނުނެވެ.

ޒުވާން ފުރައިގެ ދިގު ފިރިހެން ކުއްޖެކެވެ. ލައިގެން ހުރީ ކަލުކުލައިގެ ފަޓުލޫނަކާއި މަޑުނޫކުލައިގެ ގަމީހެކެވެ. ކޮންމެވެސް އަންހެން ކުއްޖެއްގެ އުނަގަނޑުގައި އޭނާގެ އަތް ވަށާލައިގެން އޮތީ އެކުއްޖާ ވެއްޓުމުގެ ކުރިން އޭނާ ހިފެހެއްޓުމުގެ ގޮތުންނެވެ. އަންހެން ކުއްޖާ ލައިފައިވަނީ ކަޅުކުލައިގެ ހަރުވާޅަކާއި ހަމަ އެކުލައިގެ ސްކާޓެއްގެ އިތުރުން ފިރިހެން ކުއްޖާ ލައިފައި ހުރިކަހަލަ ގަމީހެކެވެ. އޭގެ އިތުރުން އޭނާ ކަޅުކުލައިގެ ބުރުގަލެއް އަޅާފައިވެއެވެ.

ޒިވާއަށް އެވަގުތު ދެލޯ މަރާ ފިއްތާލެވުނެވެ. ނޭވާ ހާސްވާގޮތް ވާން ފެށިއެވެ. ޒިވާގެ ދެލޮލަށް ގެއްލިފައި އޮތް ޔައީޝްއަށް ހޭވެރިކަން ވީ ގޮތްތަކެއް ވަމުން ދޔަ ޒިވާ ފެނިފައެވެ. އޭނާ އަށް އޮވެވުނު ގޮތްވެސް ހަނދާނަށް އައީ އެވަގުތުއެވެ. އަވަހަށް ތެދުވެލުމަށްފަހު އޭނާ ޒިވާގެ ކޮނޑުގައި ހިފާ ތެދުކޮށްލިއެވެ. ޒިވާ އަދިވެސް ހުރީއެގޮތަށެވެ. އެއް އަތުން ބޮލުގައި ބާރަށް ހިފަހައްޓާލައިފައިވެއެވެ. އެވަނީ ހަމަ ކުރީފަހަރުވެސް ވީގޮތަށްކަން ހަނދާންވެފައި ޔައީޝް ބާރުބާރަށް ޒިވާގެ ފޮށިތަކާއި ދިމާލަށް ކޮޓަރިން ނިކުމެ ދުއްވައިގަތެވެ. އެތަނުގައި ބަހައްޓާލައިފައި އިން ޔައީޝްގެ ބެކްޕެކް ހުޅުވާލުމަށްފަހު އޭނާ އެ ދަބަހުގެ އެކި ވަތްގަނޑުތައް ބަލަމުން ގޮސް އަތުގައި އެއްޗެއް ޖެހުމުން ބަލައިލުމަށްފަހު އަވަހަށް ތެދުވެ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ.

ސައިޑް ޓޭބަލް މަތީގައި އިން ބޮޑު ބިއްލޫރި ޖަގުން އެތާ އިންތައްޓަށް ފެން އަޅާލުމަށްފަހު އޭނާ އަވަހަށް އައިސް ޒިވާގެ ކުރިމަތީގައި ކުޑަކަކޫ ޖަހާލިއެވެ. “ޒިވް.. އަން.. އަވަހަށް ބޭސް ކާލާ..” އޭނާ ޒިވާގެ އަނގަޔަށް ބޭސްގުޅަ ލައްވައިދިނުމަށްފަހު ނިކަން ފަރުވާތެރިވެ އިނދެ ފެންބޯ ތަށި ޒިވާގެ ތުނބުގައި ޖައްސައިދިނީ އޭނާއަށް ފެންދިނުމުގެ ގޮތުންނެވެ.

ތިރީގައި ފެންތަށި ބޭނދުމަށްފަހު ޔައީޝް އޭނާގެ ދެއަތުން ޒިވާގެ މޫނުގައި ކުޑަކޮށް ހިފަހައްޓާލިއެވެ. “ޒިވް.. އެވަރަށް ނުވިސްނައްޗޭ ކަންކަމާ.. އިނގޭ..” ލޯބިން ނުހަނު އޯގަތެރިކަމާއެކު އެހެން ބުނެލުމަށްފަހު ޔައީޝް ޒިވާގެ ނިތްމަތީގައި ބޮސްދިނެވެ. އިރުކޮޅެއް ފަހުން ޒިވާ ހަމައަކަށް އެޅިގެން ދިޔައެވެ.

“ޔައީޝް.. ކާން ދާންވީނު..” ޒިވާ އޭނާގެ ކުރިމަތީގައި ހުރި ޔައީޝްއަށް ބަލައިލަމުން ހިނިތުންވެލައިފައި އިނދެ ބުނެލިއެވެ. ޔައީޝް ބޯ ޖަހާލުމާއެކު އޭނާ ކޮޓަރިން ނިކުންނަން ދިޔައެވެ. އެއާއެކު ޔައީޝްވެސް އޭނާގެ ފަހަތުން ކޮޓަރިން ނިކުތެވެ. ކާ މޭޒުކައިރިއަށް އައިސް ހުއްޓުނު ޔައީޝްގެ ނޭފަތާހަމައަށް މީރު ކާއެއްޗެހީގެ ވަސް ފޯރިއެވެ. އެހިނދު އޭނާއަށް ދެލޯމަރާލައިފައި ނޭފަތް އެތެރެއަށް ދަމާލެވުނީ ބޭއިޚްތިޔާރުގައެވެ. އެމަންޒަރު ފެނި ޒިވާއަށް ހިނިއާދެވުނެވެ.

ޔައީޝް ގޮނޑީގައި އިށީނދެލި ވަގުތު ޒިވާ އައިސް އޭނާގާތުގައި ބަންޑުން ޖަހާފައި އޮތް ތަށި ރަނގަޅުކޮށލަދިނެވެ. އެއަށްފަހު ފިނިފެންފުޅިއެއް ހިފައިގެން އައިސް ޔައީޝްގެ ގާތުގައި އިން ބިއްލޫރި ތައްޓަށް ފެން އަޅައިދިނެވެ. ޒިވާގެ އެ އޯގާތެރި ޢަމަލުތަކުން ޔައީޝްގެ ހިތް ޒިވާއަށްޓަކައި އިތުރަށް ލެނބެމުން ދިޔައެވެ.

“ޒިވް ނުކަންތަ؟” ޔައީޝް މަޑުމައިތިރިކަމާއެކު އަހާލިއެވެ. އެވަގުތު ޒިވާ ހިނިތުންވުމަކާއެކު ދެފަރާތަށް ބޯ ހޫރުވާލަމުން ޔައީޝްގެ ކުރިމައްޗަށްވާ ގޮތަށް އިން ގޮނޑީގައި އިށީނދެލިއެވެ. ފުރަތަމަ އަނގަޔަށް ލީ ކާއެތިކޮޅާއެކު ޔައީޝްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޔައިޝްއަށް ވީ ގޮތުން އޭނާގެ ކުރިމަތީގައި އިން ޒިވާ ޔައީޝްއާއި ދިމާލަށް ފާޑަކަށް ބަލައިލިއެވެ. ޒިވާގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލިއެވެ. އޭނާ ޔައިޝްއަށް އަމިއްލަ އަތުން ކައްކައިފަ ކާންދިން ފުރަތަމަ ދުވަހުވެސް ޔައީޝްއަށް އެ އެއްޗެހި ނުބައި ވީ ބާވައެވެ؟ ޒިވާ އޭނާގެ އަނގަޔަށް ލައއިލައި އިން އެތިކޮޅުވެސް ތަށިކައިރީ އިހަށް ބާއްވާލި ޔައީޝްގެ ފަރާތުން ޖަވާބެއް ބޭނުންވެފަ އިންލެއް ބޮޑުކަމުންނެވެ.

“ޔައިޝް.. ކިހިނެއް ވީ؟ ނުބައީތަ؟” ކުޑަކޮށް މާޔޫސްވެފައި ސީދާ ޔައީޝްގެ މޫނަށް ބަލަހައްޓައިގެން އިނދެ ޒިވާ އަހާލިއެވެ. އެހިނދު ޔައީޝް ޒިވާގެ މޫނަށް ބަލައިލިއެވެ. “މިއީ ހަމަ ޒިވް ހަދާފަތަ؟ ވާވް.. ހާދަމީރޭ.. ބުނާނެ އެއްޗެއްވެސް ނޭނގެ..” މިއޮށް ހުރިހާއިރު ހިފަހައްޓާލައިގެން އިން ނޭވާ ޒިވާއަށް ދޫކޮށްލެވުނީ އެވަގުތުއެވެ. އުފާވީވަރުން ހިނިތުންވެލައިފަ އޭނާ ބޯ ޖަހާލިއެވެ. ޔައީޝްގެ ތައުރީފުގެ ބަސްތައް އޮހެމުން ދިޔަ ވަރަކަށް ޒިވާގެ ކޯތާފަތަށް އަރަމުން ދިޔަ ޖަންބުކުލަވެސް ގަދަވަމުން ދިޔައެވެ. ޔައީޝްއަށް ހިނިތުން ވެލެވުނީ އެމަންޒަރު ފެނުމުންނެވެ.

ޔައީޝް ކައިގެން ތައްޔާރުވާން ދިޔުމުން ޒިވާވެސް ތަށިތައް ނެގުމަށްފަހު އެ އެއްޗެހި ދޮވެލައިފައި ކާމޭޒުމަތީގައި އޮތް އޭނާގެ ފޯނު ހިފައިގެން ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ޔައީޝް ފާހާނައިގައި އުޅޭތީ ޒިވާ ފޯނު ހިފައިގެން ގޮސް ސޯފާގައި އިށީނދެލިއެވެ. އެއަށްފަހު އޭނާ ފޯނުން ފޭސްބުކަށް ވަދެލިއެވެ. ފޯނަށް ގެއްލިފައި އިން ޒިވާ ސިހުނީ ފާޚާނާއިގެ ދޮރު ހުޅުވާލި އަޑަށެވެ. އޭނާއަށް އެދިމާލަށް ބަލައިލެވުނު ވަގުތު ޔައީޝް ފާޚާނާއިން ނިކުތް ތަން އޭނާއަށް ފެނުނެވެ. މިފަހަރުވެސް އޭނާއަށް ވީ ހަމަ ކުރީފަހަރުވެސް ވިގޮތެވެ. ހިތުގެ ތެޅުން އަވަސްވެ ދެއަތްވެސް ފިނިވާން ފެށިއެވެ. ތިރީ ތުންފަތުގައި ދަތް އަލާލީ އެ އިޙުސާސްތައް ކޮންޓްރޯލް ކުރެވޭތޯ ބަލާށެވެ.

ޒިވާގެ ޢަމަލުތައް ފެނި ހިނިއައިސްފައި ފާޚާނާ ދޮރުމަތީގައި ޔައީޝް އިރުކޮޅެއް ވާންދެން ހުއްޓެވެ. އެވަގުތު ނުލަފާ ހިންޏެއް އޭނާގެ ގާތަށް އައެވެ. “އަމައްޔާއި.. އަޅޭ ޒިވް.. ދެން ނުވާނެއްނު ތިހެން އިންނާކަށް.. ޕިސް ޕިސް.. އަޅެ އަހަރެން ފެންވަރަން ހުރިކަން ހަނދާން ނެތުނީތަ؟ ބުނެލާފަ ވަތް ނަމަ ދޯ ކޮޓަރިއަށް.. ނޫނީ ޓަކި ޖަހާލި ނަމައެއްނު.. ލަދުން ހަލާކުވޭ އެބަ..” ޒިވާއަށް އިސްއުފުލާލެވުނީ ޔައީޝްގެ އަޑު ކަންފަތުގައި ޖެހިގެންނެވެ. އަންހެން ފާޑަކަށް ވާހަކަ ދައްކަމުން އޭނާ ފާޚާނާއަށް އަނބުރާ ވަނުމަށްފަހު ބޯދިއްކޮށްގެން ޒިވާއާއި ދިމަލަށް ބަލަން ހުއްޓެވެ. ޔައީޝް ވާހަކަ ދެއްކިގޮތުންނާއި އޭނާ ކަންތައް ކުރި ގޮތުން މަޖާވެގެން ޒިވާ ހޭން ފެށިއެވެ. އޭނާ އަށް ހަޤީގަތުގައިވެސް މަޖާވެއްޖެއެވެ. ހިނިގަނޑު ފަޅައިގެން ގޮސް އިންތަނުންވެސް އޭނާއަށް ތެދުވެވުނެވެ ޒިވާ ހޭން ފެށިތަން ފެނި ޔައީޝް ފާޚާނާއިން ނިކުމެ ޝައުޤުވެރިކަމާއެކު ހިނިތުންވެލައިގެން ބަލަންހުއްޓެވެ.

އެވަގުތު ޒިވާ ހެމުން ހެމުން އެންމެ ފަހުން ގޮސް އޭނާގެ ތުވާލި ނަގަން ދިޔައެވެ. “ޔައީޝްވެސް ދޯ..” ހުނުން ހުއްޓާލަން މަސައްކަތް ކުރި ޒިވާ އަނެއްކާވެސް ޔައީޝްގެ މޫނު ފެނުން ތަނާ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “އެހެންނެއްނޫންތަ ވާނީ.. މިހެން ހުއްޓާ ފެންނައިރަށް ޒިވް ބްލަޝް ވާވަރުން ހީވަނީ އެހެން ފަދަ ކަމެއް ހެން ވިއްޔަ.. ޒިވާ ޔައީޝް އާއި ދިމާލަށް އެނބުރިލަމުން އެހެން ބުނެލިއެވެ. އެއަށްފަހު ޒިވާއާއި ގާތަށް އަންނަން ހިނގައި ގަތެވެ. އެވަގުތު ޒިވާ ހިނިގަނޑެއް ޖަހާލުމަށްފަހު ޔައީޝްގެ މޭގައި އަޅާ ކޮށްޕާލުމަށްފަހު ދުވެފައި ގޮސް ފާޚާނާއަށް ވަނެވެ. އެ ޢަމަލުންވެސް އެދެމެދުގައިވި ދުރުކަން މިހާރު ވަރަށް ބޮޑުތަން ކުޑަވެފައިވާކަން އަންގައިދިނެވެ.

ޔުނީފޯމު ލުމަށްފަހު އިސްތަށިގަނޑު ރީތިކުރަން ހުރި ޔައީޝްގެ ޙަރަކާތްތަކަށް ހުއްޓުމެއް އައީ ދޮރެއް ހުޅުވުނު އަޑަށެވެ. ފަހަތް ބަލައިލި ވަގުތު އޭނާއަށް ހުރިތާ ގަނޑުވީ ފާޚާނާއިން ނިކުތް ޒިވާ ފެނިފައެވެ. އިސްތަށިގަނޑު ހާވާލައިފައި އޮތް އިރު އެ އިސްތަށިގަނޑުގައި ކޮންމެވެސް ވަރަކަށް ތެތް ކަމެއް ވެއެވެ. އެއިރުވެސް އެ ކަޅުކަންގަދަ އިސްތަށިގަނޑު އޮތީ އެއް ފަރާތަކަށް ކަފި ކޮށްލުމަށްފަހު ކަނާތް ފަރާތުން ކުރިމައްޗަށް ގެނެސްފައެވެ. އެހެން ވުމުގެ ސަބަބުން އެ ދޮން ކަނދުރާ އޮތީ ހާމައަށެވެ. މަޑު ފިޔާތޮށި ކުލައިގެ ކަށިމައްޗާ ހަމައަށް އަރާ ގޭގަ ލާ ހެދުމާއި ކަލުކުލައިގެ ޓައިޓަކާއި އެކީ އޭނާ ހުރިއިރު ކިތަންމެ ސާދާ ނަމަވެސް ނުހަނު ރީއްޗެވެ. ޑްރެސިންގެ ޓޭބަލްގައި ލައްވެލަމުން ދެއަތް ހަށަން ބަނދެލައިގެން ޔައީޝްއަށް ހުރެވުނީ ހިނިއައިސް ޒިވާއާއި ދިމާލަށް ބަލާށެވެ.

އެއް އަތުން ތުވާލި ހިފައިގެން އަނެއްއަތުން ދާވެފަ އޮތް ހެދުން ހިފައިގެން އައި ޒިވާ އެ ހެދުން ދާވަށިގަނޑަށް ލުމަށްފަހު އެނބުރި ހިނގައިގަތެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައީ ހެވިފައި އޭނާއާއި ދިމާލަށް ބަލަން ހުރި ޔައީޝް ފެނިފައެވެ. އޭނާ ކިހިނެއް ވިތޯ އަހާލުމުގެ ގޮތުން ޔައީޝްއަށް ބުމަ އަރުވާލިއެވެ. އެވަގުތު ޔައީޝް ލޯގަނޑު ކުރިމަތިން ދުރައް ޖެހިލީ ޒިވާއަށް އޭނާގެ އަމިއްލަ ސޫރަ ފެންނާނެ ހެންނެވެ.

ޒިވާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާއަށް ހަނދާން ނެތިގެން އެ ނިކުމެވުނީ ބުރުގާ ނާޅައެވެ. އެވަގުތު ޒިވާއަށް ލަދުން ގޮސް އިސްޖަހާލެވުނެވެ. ތިރީ ތުންފަތުގައި ދަތް އަޅާލައިގެން ހުރި އިރު އޭނާގެ ކޯތާފަތް އެހެން ފަހަރުތަކަށްވުރެވެސް ޖަންބުކުލަ ގަދައެވެ.

ޔައީޝް މަޑު ފިޔަވަޅު ތަކެއްގައި ގޮސް ޒިވާގެ ކުރިމަތީގައި ހުއްޓިލިއެވެ. އެއަށްފަހު އިސްޖެހިފައިވާ ޒިވާގެ ދަތްދޮޅީގައި އަތް ޖައްސާލުމަށްފަހު އޭނާއާއި ދިމާލަށް ވާ ގޮތަށް ޒިވާގެ އިސް އުފުލާލިއެވެ. ޔައީޝްގެ ދެލޮލަށް ޒިވާއަށް ބަލައިލެވުނު ހިނދު އޭނާގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައީ އެ ދެލޮލުގައި ވީ އަސަރަކުންނެވެ. އެއީ ކުރިން ދުވަހަކުވެސް އޭނާއަށް އެހެން މީހެއްގެ ލޮލުން ފެނިފައި ނުވާފަދަ އަސަރެކެވެ. ޔައީޝްގެ ލޮލުން ފެންނަމުން ދިޔައި އޭނާއަށްތަކައި ދުވަހަކުވެސް ނިމުމެއްނެތް ލޯތްބެވެ.

“ޒިވް ނުޖެހޭ އަހަރެން ކުރިމަތީ ތިހާ ލަދުގަންނާކަށް.. މިބުނީ ބުރުގާ ނަގަން.. އެކަމް އިނގޭ މިހެން ބުންޏަސް އެހެން ވާނެކަން.. އަލަށް މިގޮތަށް ހިލޭ ފިރިހެނެއް ކުރިމަތީ ތިހެން ހުންނަންވީމަ ލަދުގަންނާނެކަން އިނގޭ.. އެހެންވެ ރޭގަވެސް ޒިވް ގާތު ނުބުނީ… އެކަމް އެންމެފަހުން ތިހުރީ އޮޅިގެން ނަމަވެސް ޔައި ކުރިމައްޗަށް އެގޮތަށް އެރިފައެއްނު.. ހެހެ..” ޔައީޝް އޭނާގެ ފިރިހެންވަންތަ އަޑުން ވާހަކަ ދައްކަމުން ދޔައެވެ. އެހިނދު އަނެއްކާވެސް ޒިވާ އޭނާގެ ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ. އޭނާ އެހުރީ ދެންމެ އެވި ކަންތަކުގެ ސަބަބުން ލަދުންގޮސް ޔައީޝްއާއި ވާހަކަ ދައްކަންވެސް ނުކެރިފައެވެ.

“ޒިވް ބިރު ގަންނާނެ ކަމެއް ނެތް.. ޒިވްއަށް ޔައި އަށް ފުރިހަމަ އިތުބާރު ކުރާނެ ކަމަށް އުންމީދު ކުރަން.. ޔައި ވެސް ޒިވް އަށް އިތުބާރު ކުރަން… ވަރަށް ވަރަށް ބޮޑަށް..” ޔައީޝް އަނެއްކާވެސް އިތުރުކޮށްލިއެވެ. “އައި ލަވް ޔޫ..” ޔައީޝް އެންމެ ފަހަކަށް ބުނެލި ވާހަކައިން އޭނާގެ އަޑުގައި އެކުލެވިފައިވީ އަސަރަކުން ޒިވާގެ ލޯލިތަށް ކޮޅަށް ޖެހިގެން ދިޔައެވެ. އޭނާ ޒިވާދެކެ ހަމަ އެހާ ލޯބިވަނީހެއްޔެވެ؟ ކުރިން ދިމާވެސް ނުވެ ހުރި މީހަކާ އަލަށް ދިމާވެގެން އުޅޭ އިރުވެސް ޔައީޝް އޭނާދެކެ ހަމަ އެހާ ލޯބިވޭހެއްޔެވެ؟ ޒިވާއަށް ހުރެވުނީއެވެ. އޭނާގެ އަނގަޔަކުން އިތުރަށް އެންމެ ލަފްޒެއްވެސް ނުނިކުތެވެ. ލަދުން ނުނިކުތީކަމެއް ނޫނީ އޭނާގެ ހިތުގައި އޮތް ވާހަކަ ބުނަން ބޭނުން ނުވީ ކަމެއް ނޭނގެއެވެ.

ޒިވާގެ ރަތްވަމުން ދިޔަ ކޯތާފަތަށް ޔައީޝް ބޮސް ދިނީ އިތުރަށް އެ ކޮލަށް ޖަންބު ކުލަ އަރުވާލާ ލަދުގަންނަވާލުމުގެ ބޭނުމުގައެވެ. ކަން ވީވެސް އެހެންނެވެ. “ޒިވް ބްލަޝް ވީމަ ވަރަށް ލޯބި..” ޔައިޝް އެހެން ބުނެލުމަށްފަހު ޒިވާ ގާތު ބަލައިގެން އުޅުމަށްބުނެ އޭނާގެ ގަޑި އަތުގައި އަލާލަމުން ތަޅުދަނޑި ހިފައިގެން ނިކުމެގެން ދިޔައެވެ. ޔައީޝް ދިޔަ ތަން ބަލަން ޒިވާއަށް ހުރެވުނީއެވެ. އޭގެ ދެވަނަ ސިކުންތުގައި ލަދުވެތި ހިނިތުން ވުމަކާއެކު އޭނާ އިސްދަށަށް ޖަހާލިއެވެ.

ނަމާދުކޮށް ނިންމާލުމަށްފަހު ޤުރުއާން ކިޔަވާލައިގެން ޒިވާ މުސްޙަފް ކަބަޑުގައި ބާއްވަން ހުއްޓާ ކުއްލި ސިހުމެއް ގެނުވީ އޭނާގެ ފޯނު މާބާރަކަށް ހަޅޭތް ލަވަން ފެށުމުންނެވެ. ދެބުމަ ކައިރިކޮށްލަމުން އަވަސް ފިޔަވަޅުތަކެއްގައި އެނދުކައިރިއަށް ގޮސް ފޯނު އަތަށް ލުމަށްފަހު ސްކްރީނަށް އަރާފައި އިން ނަން ބަލައިލުމަށްފަހު ހިނިތުންވެލި ގޮތުން އެ ގުޅަނީ އޭނާ ވަރަށް ގާތް ފަރާތެއްކަން އެނގުނެވެ.

“އައްސަލާމު ޢަލައިކުމް މަންމާ..” އިސްލާމީ ރިވެތި ސަލާމުން ޒިވާ ފޯނު ނެގުމަށްފަހު ސުމައްޔާއާއި ސަލާމް ގޮވާލިއެވެ. ސުމައްޔާވެސް އޭގެ ޖާވާބު ދިނުމުން ދެމީހުންގެ ވާހަކަ ފޯރިޔާއެކު ކުރިއަށް ދިޔައެވެ. އޭނާއަށް އެއީ އޭނާގެ އަސްލު މަންމަ ނޫންކަންވެސް ރޭކާ ނުލާ ޙާލުއެވެ. ހިނިތުންވެ ހުރެ އެތަށް ވާހަކަ ތަކެއް ދެއްކުމަށްފަހު ޒިވާ ފޯނު ކަނޑާލީ ގާތްގަނޑަކަށް ބައިގަޑިއިރު ފަހުންނެވެ.

ޔައީޝް ޑިއުޓީއަށް ދިޔުމުން އެ ގޭގައިވެސް އުޅެން ޖެހުނީ އޭނާއަށް އެކަންޏެވެ. ޒިވާ ފޫހިވެގެގޮސް ހަލާކުވާ ވަރުވިއެވެ. ޔައީޝްގެ ފޮތް ހަރުގަނޑާއި ދިމާލަށް އޭނާ ދިޔައިވެސް ކަމުދާ ފޮތެއް އޮތްތޯ ބަލައިލުމަށެވެ. އެކި ކަބަޑުތައް ބަލަމުން ދިޔަ ޒިވާއަށް ކަމުދާ ފާޑެއްގެ ފޮތެއް ފެނުނެވެ.

މަޑު ރީންދުލަކާ އޮރެންޖް ކުލަޔަކުން ބޭރުގަނޑު ފަރުމާ ކޮށްފައި ވީއިރު ޝަހާދަތް އިނދިލި މެދާ ހަމައަށް އަންނަ ހާ ބޮލެވެ. އެއީ ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ޙަޔާތްޕުޅާ ގުޅޭގޮތުން ލިޔެވިފައި އޮތް ފޮތެއްކަމުން ހިނިތުންވެލައިފައި ޝައުޤުވެރިކަމާއެކު އޭނާ އެފޮތަށް ބަލައިލިއެވެ. އެއަށްފަހު ސިޓިންރޫމަށް އޭނާ އެފޮތް ހިފައިގެން ނިކުންނަން ދިޔައެވެ. ޒިވާ އެފޮތް ނެގިއިރުވެސް އފޮތާއި ޖެހިގެން އޮތް މަޑު މުށިކުލައިގެ ބަނޑޭރިގަނޑެއް ލައިފައިވި އިހުގެ ފަރުމާއަކށް އޮތް ފޮތެއް އޭނާގެ ލޮލުގައި އަޅައެއް ނުގަތެވެ.

****

ބަންދު ދުވަހެއް ނަމަވެސް އިތުރު ވަގުތުގައި މައިހާ އޮފީހުގައި މަސައްކަތް ކުރަމުން ދިޔައީ ވަރަށްވެސް ބުރަކޮށެވެ. އޭނާގެ މަގާމަކީވެސް އެ އޮފީހުގައި ފުދޭވަރެއްގެ މަތީ މަޤާމެއް ކަމުން ޒިންމާތަށްވެސް ބޮޑެވެ. އެކި ފައިލުތައް ބަލަމުން ކުރިމަތީގައި އިން ކޮންޕިއުޓަރާއި ކުޅެމުން ދިޔަ މައިހާގެ ސިކުނޑީގައި އެނޫން އެހެން ޚިޔާލެއް ވާހެނެއް ވެސް ހިއެއް ނުވެއެވެ. މަސައްކަތަށް ގޮސް ގެއްލިފައި އިން މައިހާގެ ސަމާލުކަން ދަމައިގަތީ އޭނާގެ ކެބިންގައި މީހަކަ ޓަކި ޖަހާލި އަޑަށެވެ.

“ސަރ ބުނުއްވީ ދެން އެންމެ ރަނގަޅޯ މިއަދު ގެއަސް ގޮސްލިއަސް..” މައިހާގެ ކެބިންއަށް ވަދެގެން އައި ރާޔާ އޭނާ ގާތު ބުނެލިއެވެ. ރާޔާއަކީ އޭނާގެ ދަށުން މަސައްކަތް ކުރި ކުއްޖެއް ނަމަވެސް އެދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އެއަށްވުރެ ބޮޑެވެ. މައިހާ ދެން އޭނާ ގެއަށް ދާނީ އެމަސައްކަތް ނިންމާލުމަށްފަހު ކަމަށް ބުނުމުން ރާޔާވެސް ހިނިތުން ވެލުމަށްފަހު އެތަނުން ނިކުމެގެން ދިޔައެވެ.

ބުރަކޮށް މަސައްކަތް ކުރުމަށްފަހު މައިހާއަށް ގެއަށް އާދެވުނު އިރު ތިނެއް ޖަހާ ބޮޑުވެއްޖެއެވެ. އެއިރު އޭނާ ބަނޑުހައިވެގެން ގޮސް ހާންތި ވަނިއެވެ. އަނެއްކޮޅުން ވަރުބަލިކަމުން އޮށޯވެލަންވެސް ބޭނުމެވެ. ދެފައި ކާއްތަމުން ގެއަށް ވަދެގެން ގޮސް އޭނާގެ ކޮތަރިއަށްވަދެ މައިހާ ދަބަސް ބާއްވާލުމަށްފހު އައިސް ޑްރެސިންގް ޓޭބްލް ކުރިމަތީ ހުއްޓިލިއެވެ. އެއަށަށްފަހު އޭނާ އަޅައިގެން ހުރި ގަދަ ފެހިކުލައިގެ ޝޯލް އިން ޕިންތައް ނައްޓަމުން ގޮސް ބުރުގާ ބޭލިއެވެ. ވެފައި ހުރި ވަރުބަލި ބޮޑު ނަމަވެސް އޭނަ ފުރަތަމަ ކަމަކަށް ބެލީ އަޞުރު ނަމާދު ކޮށްލާށެވެ.

ވުޟޫކޮށްގެން އައިސް ނަމާދުކޮށްލުމަށްފަހު މައިހާ ބޭރަށް ނިކުމެލީ ބަނޑަށް ކާއެއްޗެއް ލުމުގެ ބޭނުމުގައެވެ. ގޭގައިއަޅާ ކުޑަ ބުރުގަލެއް އަޅައިގެން ނިކުތް އިރު އޭނަގެ މަންމަ ވެސް ސިޓިންގްރޫމުގައި ހަރަކާތްތެރިވަމުން ދިޔައެވެ. “އަނހަ.. މައި އައީތަ؟ ދޭ އަވަހަށް ކާން.. ދޮންބެމެން އެންމެންވެސް ކައިފި މިހާރު.. މަންމަމެންވެސް ކައިފިން..” ހިނިތުން ވެލަމުން އަމާނަތު އޭނާގެ ލޯބިވާ ދަރިފުޅަށް ބުނެލިއެވެ. އެއަށްފަހު ސޯފާގައި ބާއްވާލައިފައި އޮތް ކޮންމެވެސް ފޮތެއް ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ.

މައިހާ ކާބަޔަށް ވަދެ ތައްޓެއް ހިފައިގެން ކާއެއްޗެހި އެތަށްޓަށް އެޅުމަށްފަހު ގޮނޑީގައި އިށީނދެލިއެވެ. އެއަށްފަހު އޭނާ ކާންފެށިއިރުވެސް އެމޫނުމަތީގައި ވަރުބަލިކަން ވިއެވެ. “މައި.. ޖޫސްވެސް ހުންނާނެ.. އެއްވެސް އެއްޗެއް ބޯންވެސް ނުނަގަނީތަ؟” ފެންތައްޓެއްހާ ހިސާބުވެސް މައިހާ ކައިރީގައި ނެތުމުން މައިހާގެ ދޮންބެގެ އަންހެނުން ޝަމްހާ އޭނާއާއި ސުވާލުކޮށްލިއެވެ. އެއިރު އޭނާގެ އުރުގައި އޭނާއާއި މައިހާގެ ދޮންބެ މައިޝަންގެ ހަތް މަހަށްދާ ދަރިފުޅު މިޝާލް އިނެވެ. ފޮޔާތޮށި ކުލައިގެ ނިކަން ރީތި ހެދުމެއް ލައްވާލުމަށްފަހު އެ ލޯބިލޯބި ފުއްގަނޑެއްފަދަ ކުއްޖާ ރީތިކޮށްލައިފައިވެއެވެ. ޝަމްހާވެސް ކަޅުހެދުމެއް ލައިފައި ގަދަ ފިޔާތޮށިކުލައެއްގެ ޝޯލެއެއް އަޅައިފައިވުމުން އެމީހުން އެއުޅެނީ ތާކަށް ދާންކަން ހާމަވެއެވެ. “މަޑުކޮށްލާ ދައްތަ އަޅައިދޭނަން..” މައިހާގެ ޖަވާބަކަށްވެސް ބެލުމެއްނެތި ޝަމްހާ އޭނާގެ ދަރިފުޅު އުރުގައި ބައިންދައިގެން މައިހާއަށް ޖޫހާއި ފެން އަޅައިދިނެވެ. މައިހާވެސް ޝަމްހާއަށް ބަލައިލީ ޝުކުރުވެރިވާ ޙާލުއެވެ.

އެވަގުތު ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވުނެވެ. މައިހާ އާއި ޝަމްހާއަށްވެސް ދޮރާއި ދިމާލަށް ބަލައިލެވުނީ އެއްފަހަރާއެވެ. ޝަމްހާ ސުވާލުގެ ނަޒަރަކުން ބަލަމުން ގޮސް ދޮރު ކުރިމަތީ ހުއްޓިލިއެވެ. އެއަށްފަހު މަޑުމަޑުން ދޮރު ހުޅުވާލޮއެވެ. އަދި ބޭރަށް ބަލައިލުމަށްފަހު މައިހާ އާއި ދިމާލަށް ބަލައިލިއެވެ. މައިހާވެސް އިނީ ވާނުވާ ނޭނގިފައެވެ. “ޝަމްހާ ބޭރުގައި ހުރި މީހާކާއި ދެތިން އެއްޗެއް ބުނެލުމަށްފަހު އައީ އެކިކަހަލަ މަލުގެ ވަރަށް ރީތި މާބޮނޑިއެއް ހިފައިގެންނެވެ. މައިހާއަށް އިނދެވުނީ ސުވާލުގެ ނަޒަރަކުން އެއާއި ދިމާލަށް ބަލާށެވެ.

“ކާކު ގެނައި އެއްޗެއް؟” މައިހާ ޝަމްހާއާއި ސުވާލުކޮށްލިއެވެ. “ނޭނގެ.. ފިރިހެނެއް ހުރީ.. ތޮތްޕެއްވެސް ބޮލުގަ އަޅާފަ ހުރި.. ނުބައި ގެޔަކަށް ކަންނޭނގެއޭ ބުނީމަވެސް ބުނީ ނޫނެކޯ.. ދެން ކާކަށް ގެނައި އެއްޗެއްހޭ އެހީމަ ބުނީ މައި އަށޯ.. އަން ބަލާބަ އަޅް ތީގެން އެއްޗެއް އިނގޭތޯ..” މައިހާ އާއި ގާތުގައި މާބޮނޑި ބާއްވާލުމަށްފަހު ޝަމްހާ މިޝާލް ގޮވައިގެން އެމީހުންގެ ކޮޓަރިއަށް ދިޔައެވެ.

މައިހާވެސް ކައި ނިންމާލުމަށްފަހު އަވަސް އަވަހަށް އެ މާބޮނޑި ހިފައިގެން އޭނާގެ ކޮޓަރިއަށް ދިޔައީ ހިތް ނުތަނަވަސްވެފައިވާ ޙާލައެވެ. އެއީ ކާކު އޭނާއަށް ފޮނުވާނެ އެއްޗެއް ބާވައެވެ؟ ތެޅި ތެޅި އޮތް ހިތަކާއެކު ކޮތަރިއަށް ވަދެ މައިހާ އޭނަގެ ކޮޓަރި ތަޅުލެވުނީވެސް އިޚްތިޔާރުން ބޭރުގައެވެ. ސޯފާގައި އިށީންދެލަމުން ނިކަން ފަރުވާތެރިވެ އިނދެ މާބޮޑިއަށް ބަލައިލިއެވެ. އެވަގުތު އޭގެ ތެރޭގައި އޮތް އަތްތިލައެއްވަރުގެ ކުޑަ ކާޑު ފެނުނެވެ. ދެބުމަ ގާތްކޮށްލަމުން މައިހާ އޭތި ނެގުމަށްފަހު މާބޮނޑި އުނގުގައި ބައްވާލިއެވެ. އަދި ކާޑު ހުޅުވާލުމަށްފަހު އޭގައި ވާއެއްޗެއް ކިޔާލިއެވެ.

އެ ކާޑުގައި ވަނީ ލޯބީގެ އިބާރަތް ކޮޅެކެވެ. އޭނާދެކެ ލޯބިވާން އެއީ އަނެއްކާ ކާކުބާވައެވެ؟ މައިހާގެ ސުވާލުތަކަށް އަނެއްކާވެސް ބޮޅެއް އިތުރުވިއެވެ. ކުޑަކޮށް ވިސްނާލުމަށްފަހު އޭނާގެ ކަބަޑުގެ ވަތްގަނޑަށް ކާޑު ލުމަށްފަހު ކޮޓަރީގައި ބަހައްޓާފައި ހުރި ވާސްއަށް އެމާތައް ޖަހާލިއެވެ. ދެން މާތަކާއި ގާތްވެލުމަށްފަހު ނޯށް ދަމާލީ ދުވި ލުއި މީރުވަހަކުންނެވެ.

****

އަޞުރު ނަމާދުކޮށްލުމަށްފަހު ލައިގެން ހުރި ކަޅުކުލައިގެ އަބާޔާއާއި އެކީ ޒިވާ ބޭރަށް ނިކުތީ ހަމަ ކުރިންވެސް ގެންގުޅުނު ފޮތް ހިފައިގެންނެވެ. އޭނާ އެފޮތްތެރޭގައިވާ ވާހަކަތަކަށް ފީނަމުން ދަނިކޮށް ސިހުންލިބުނީ ގޭގެ ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ. އަދިއެއް ގައިމު ޔައީޝްގެ ޑިއުޓީ ނުނިމޭނެއެވެ. އަނެއްކޮޅުން އޭނާއަތުގައި ގޭގެ ތަޅުދަނޑިވެސް އޮންނާނެއެވެ. ދެ ޚިޔާލެއްގައި ހުރެފައި އަވަހަށް ދޮރު ހުޅުވަން ހިނގައިގަތް ތަނުން އޭނާ ހުރި ޙާލަތު ހަނދާން ވިއެވެ. ދުވެލައިފައި ކޮޓަރިއަށް ގޮސް އިސްޓާކީނަށް އަރާލުމަށްފަހު މޫނުފޮތިކޮޅު އަޅަމުން ކޮޓަރިން ނިކުތެވެ. ކޮޓަރިން ނިކުމެފަ ދޮރާއި ދިމާއަށް ހިނގައިގަތް ތަނުން އޭނާއަށް ފޮނުކޯލެއް އައެވެ. އެއަށް އަވަސް ނަޒަރެއް ދިނުމަށަފަހު މާބޮޑު އަޅާލުމެއް ނުދީ ޒިވާ ބެލީ ފުރަތަމަ ދޮރު ހުޅުވޭތޯއެވެ.

އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ޒިވާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ތިބި އަޔާނީ އާއި އަދްޔަން ފެނި ޒިވާއަށް ހިނިތުން ވެލެވުނެވެ. އަދި އިސްލާމި ރިވެތި ސަލާމުން ސަލާމް ކުރުމަށްފަހު އަޔާނީމެން ގެއަށް ވަނުމަށް ޒިވާ ބުނެލިއެވެ. ދެމީހުންވެސް އައިސް ސޯފާގައި އިށީނދެލުމުން ޒިވާވެސް އެހެން ސޯފާއެއްގައި އިށިނދެލިއެވެ.

“ކިހިނެއްތަ ކަނަތއްތައް..” އަޔާނީ ލާނެއް ފާޑަކަށް ހިނިތުންވެލަމުން ޒިވާއާއި ސުވާލު ކޮށްލިއެވެ. ޒިވާވެސް ޖަވާބު ދިނުމުން ދެމީހުން އެތަކެއް ވަހަކަ ދައްކަން ތިއްބެވެ. “ކޮބާތަ ޔައީޝް؟” އަދްޔަން ގޭތެރެ ހޯދާލުމަށްފަހު ޒިވާއާއި ސުވާލު ކޮށްލިއެވެ. “ޑިއުޓީގަ ވީ.. އަންނާނެ ކަންނޭނގެ އިރުކޮޅަކުން.. ހީވަނީ..” ޒިވާ ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ގަޑިއަށް ބަލައިލަމުން ބުނެލިއެވެ. އެހިނދު އަދްޔަންވެސް ހިނިތުން ވެލުމަށްފަހު އަޔާނީ ގާތު އެބައަންނަމޭ ކިޔައިފަ އެގެއިން ނިކުމެގެން ދިޔައެވެ.

“ސައިބޮއެގެން ދޯ ދާނީ؟” ޒިވާ އަޔާނީ އާއި ސުވާލު ކޮށްލިއެވެ. އެވަގުތު އަޔާނީ ވެސް ހޫމް ލައްވާލީ އެކުވެރިޔާގެ އެ އެދުމުގައި ކޮޅުފައިން ނުޖަހަންވެގެންނެވެ. “މަޑުކޮށްލާ އިނގޭ.. އަން.. މިއޮތީ ޓީވީ ރިމޯޓް.. އެބަ އަންނަން އެއްޗެއް ތައްޔާރު ކޮށްލައިގެން..” ބިއްލޫރި ވަށް މޭޒުމަތީ އޮތް ރިމޯޓް ނެގުމަށްފަހު އަޔާނީ އަތަށް ދީފާއި ޒިވާ ބަދިގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ފިޔާކޮޅެއް ކޮށާލައި އަދިވެސް ދެތިން އެއްޗެއް ކޮށާލުމަށްފހު ޒިވާ މަސްދަޅެއް ނަގައި އަވަހަށް މަސްގަނޑެއް މޮޑެލީ ސޭންޑްވިޗް ތައްޔާރު ކުރުމަށެވެ. ޕާނެއް ނެގުމަށްފަހު ނިކަން އަވަހަށް އޭނާ އެ ހަދާ ނިންމާލަން އުޅުނެވެ. ކުޑަކޮށް ހޫނުވާތީވެ ޒިވާ އެއިރު ހުރީ މޫނު ނަގައިގެންނެވެ.

“އައިޝާ.. ކޯންޗެއްތަ މާ ބުރަކޮށްލައިގެން ދެން އެވަރަކުން ތި ހަދަނީ؟ އޯކޭވާނެ އެކައްޗެއް ނެހެދިޔަސް.. ހަމައެކަނި ސައިތައްޓަކުން ފުދޭނޭ..” އެއިރުވެސް ޒިވާ ހުރީ އަޔާނީ އަށް ފުރަގަސް ދީގެން ކަމުން އޭނާއަކަށް ޒިވާގެ މޫނެއް ނުފެނެއެވެ. ޒިވާ ހީލިއަޑު ކަންފަތާ ހަމައަށް ފޯރުމުން އަޔާނީއަށް ޒިވާމަތިން އަނެއްކާވެސް ހަނދާންވިއެވެ.

“ޔާނީ ދައްކާ ވާހަކަ.. އާދެވުނު ފުރަތަމަ ދުވަހުވެސް ތިއުޅެނީ މިގެއިން ނުކައި ދާން.. އެހެނެއް ލާހިކެއް ނޫން ދާކަށް.. ބަނޑު ފުރޭވަރަށް ކާންދީފަ ފޮނުވާލާނީ.. ހެހެހެ..” ޒިވާ އަނެއްކާވެސް ހިނިތުންވަމުން ބުނެލިއެވެ. މިފަހަރު ޒިވާ އައިސް އަލަމާރިން އެއްޗެއް ނެގުމަށްޓަކައި ފަހަތަށް އެނބުރިލިއެވެ. އެވަގުތު އަޔާނީއަށް ޒިވާގެ މޫނުފެނި ދެލޯ ބޮޑުކޮށްލެވުނެވެ. އަނގަ ތަންމިނަށް ހުޅުވުނު އިރު އޭނާއަށް އަނގަމަތީ އަތްވެސް އަޅާލެވުނެވެ. ގުޑިލަންވެސް ނޭނގިފައި އަޔާނީއަށް ހުރިތާ ހުރެވުނީއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ނުހައްގުލޯބި

Next

އެ ވަޢުދު (5)

Next
June 9, 2018

އެ ވަޢުދު (5)

Previews
June 8, 2018

ނުހައްގުލޯބި

80 Comments!

  1. thoo says:
    June 9, 2018 at 6:06 pm

    yah me first dhw varah reethi mi part vx

    1. noor says:
      June 10, 2018 at 10:00 pm

      yess dear.. 🙂 congrats dear.. 🙂 jazakillah khairan thoo.. 🙂

  2. eekko says:
    June 9, 2018 at 6:23 pm

    me frst dhww stry vvv nyc

    1. keykoi says:
      June 10, 2018 at 2:52 pm

      I don’t think that you are first
      try next time
      thoo is first
      hehe

    2. noor says:
      June 10, 2018 at 10:01 pm

      alhey dear mifaharu second ey mi libuny.. ekam keykoi dear bunelihen dhn faharakun try kollaany dhw.. 🙂 jazakillah khairan dear.. 🙂

  3. riya says:
    June 9, 2018 at 6:42 pm

    masha allah varah reethi

    1. noor says:
      June 10, 2018 at 10:02 pm

      jazakillah khairan dear.. 🙂

  4. eekko says:
    June 9, 2018 at 6:43 pm

    second

    1. noor says:
      June 10, 2018 at 10:02 pm

      yess dear second.. 🙂

  5. Nau says:
    June 9, 2018 at 6:57 pm

    masha allah…..varah reethi mi part vx……noor dear maadhama nxt part up kohdheveythw balachchey…..

    1. noor says:
      June 10, 2018 at 10:03 pm

      jazakillah khairan dear.. 🙂 yess dear in sha sllah miadhu up kohdheveytho noor mi try kurany.. 🙂

  6. Shiman says:
    June 9, 2018 at 7:01 pm

    Masha Allah vvv reethi mi part ..

    1. noor says:
      June 10, 2018 at 10:04 pm

      jazakillah khairan dear.. 🙂

  7. Shaira says:
    June 9, 2018 at 7:16 pm

    Masha allah…. mi part vess varah reethi..???… noor avah dhen in part up kohdheh chey….??

    1. noor says:
      June 10, 2018 at 10:05 pm

      jazakillah khairan dear.. 🙂 on the way ga 23rd part.. hehe.. 🙂

  8. Mal says:
    June 9, 2018 at 7:47 pm

    Owh ….. Dhen vaanii kihinehbaa dhw??.. Varah interesting…. Varah reethi??.. Masha Allah??? n dhigukoh up kohdhiniima thanks a lo??..

    1. noor says:
      June 10, 2018 at 10:06 pm

      hingaaba dhw dhn vaagotheh balailan.. 🙂 jazakillah khairan dear.. 🙂 aww.. marhabaa dear.. 🙂

  9. lotus says:
    June 9, 2018 at 7:56 pm

    Wow.. just speechles???

    1. noor says:
      June 10, 2018 at 10:12 pm

      jazakillah khairan dear.. 🙂

  10. unique says:
    June 9, 2018 at 7:57 pm

    after all up vejje dhw… thank u so sooo much noor

    1. noor says:
      June 10, 2018 at 10:13 pm

      hehe.. yess dear.. 🙂 marhabaa dear.. 🙂

  11. Shann says:
    June 9, 2018 at 8:05 pm

    Wow haadha kiyaahiyvaa hisaabakunney thi ninmaaly… Dhen vaani kihinehbaaey hithah arani… Alhe yaanii kihinehbaa dhw dhen hadhaanyy.. Kykey baa dhen bunaanyy.. Alun ziv libunyma v ufaavaane dhw yaanyy n mai… Next part khonirakunbaa noor dhoonyaa… Mihaaru kiyaahithun hurevenyky nun…

    1. noor says:
      June 10, 2018 at 10:14 pm

      hehe.. jazakillah khairan dear.. 🙂 balamaa dhw.. 🙂 mirey ves up veytho noor mibalany.. 🙂 alhey dear.. keiyy kollaany dhw ihah.. 🙂

  12. Fathimath says:
    June 9, 2018 at 8:08 pm

    Maasha Allah mi part ves varah reethi … Thankolheh avahah aneh part up koh dhechey… Curiously waiting.

    1. noor says:
      June 10, 2018 at 10:16 pm

      jazakillah khairan dear.. 🙂 vvvv bodah sorry dear nxt episode las vaathyve ingey.. 🙁 ekam 23 vana bai mihaaru hama on the way ga.. hehe.. in sha allah mirey up vaane kamah noor mi balany.. 🙂

  13. Humpi says:
    June 9, 2018 at 8:23 pm

    Wow..????maashaa allah..varah reethi

    1. noor says:
      June 10, 2018 at 10:17 pm

      jazakillah khairan dear.. 🙂

  14. kweeny says:
    June 9, 2018 at 8:24 pm

    omg? dhen vaany kihineh baa???? can’t wait for the next episode?? btw mi part vx varah reethi ???

    1. noor says:
      June 10, 2018 at 10:19 pm

      hehe.. balamaa dhw dhn vaagotheh.. 🙂 alhey dear vrh bodah sorry ingey las vaathy.. ekam mirey ves up veytho noor mi balany.. 🙂 jazakillah khairan dear.. 🙂

  15. unique says:
    June 9, 2018 at 8:27 pm

    vvv loabi mihaar vaahaka gossa ois hisaab just luv it Maasha Allah noor………. noor varah ves molhu vaahaka liyan may allah bless u

    1. noor says:
      June 10, 2018 at 10:20 pm

      jazakillah khairan dear.. 🙂 maaiyy allah thibaa ah heyo rahmaiyy lavvaashi.. adhi thibaa ge faafa fussavaashi.. 🙂

  16. maul says:
    June 9, 2018 at 9:10 pm

    goooooooooood nie avahah up kohladhehhey

    1. noor says:
      June 10, 2018 at 10:22 pm

      🙂 in sha allah mirey up veytho noor mi balany.. 🙂 jazakillah khairan dear.. 🙂

  17. Alisha says:
    June 9, 2018 at 9:26 pm

    Masha Allah varah reethi mi part and varah majaa??
    Phone Haleylavaavarun varah majaa ?????
    Waiting for next part??

    1. noor says:
      June 10, 2018 at 10:23 pm

      jazakillah khairan dear.. 🙂 hehe.. 🙂

  18. Ketree says:
    June 9, 2018 at 9:31 pm

    Noor dear ah mauloomaathattakai dhannavaalaanan: vaahakaige episodeh nimmaalaafa dhen oi episodehge kuru khulaasaa eh liyeliyyaa varah reethi vaane!

    =shukuriyya=

    1. me says:
      June 10, 2018 at 5:19 am

      eyrah kiyaa hitheh nuvaane

    2. noor says:
      June 10, 2018 at 10:24 pm

      dear ge khiyaalah hama marhanbaa ingey.. 🙂 ekam noor ah ves buneveynee hama “me” dear buneli vaahaka.. 🙂 dhera nuvahchey dear.. 🙂 noor mihaaru migendhaa gothah mi gendhanee shauquverikan hifahattan vegen.. 🙂 in sha allah.. jazakillah khairan dear.. 🙂

  19. ?penguin says:
    June 9, 2018 at 10:00 pm

    Wow..ma sha allah..story is awesome noor..❤??

    1. noor says:
      June 10, 2018 at 10:25 pm

      jazakillah khairan dear.. 🙂

  20. Ira says:
    June 9, 2018 at 10:07 pm

    Vvvvvvvvv reethi…
    Wait for next……,.
    Keep it up no or sis.. .
    ?????????

    1. noor says:
      June 10, 2018 at 10:26 pm

      jazakillah khairan dear.. 🙂

  21. Shiuu says:
    June 9, 2018 at 10:29 pm

    Maasha allah …v v v v reethi ????when next part??????????????????? aslu ves Noor ur such a marvellous story writer…??????to be honest this is the best story I hAve ever read???maasha allah???

    1. noor says:
      June 10, 2018 at 10:28 pm

      jazakillah khairan dear.. 🙂 in sha allah mirey kamah mi balany.. 🙂 aww.. vvvvv bodah shukuriyyaa dear anehkaa ves.. 🙂 vvvv ufaavehje dear thihen bunelyma.. 🙂

  22. Nunnu says:
    June 9, 2018 at 10:56 pm

    Miadhu Maa burakih ulheytjee
    Maalahun mi kiyaneeves
    Ekifaharun eki thankolhu kiyamun achi kiriyaa mi kiyaneeves yunee
    Vv reethi mi part ves
    Dhen kon irakun next part up kollaadheynee

    1. noor says:
      June 10, 2018 at 10:30 pm

      alhey dear it’s ok ingey.. 🙂 noor ah ves story up nukurevuny ehn veyehnu dhw.. dear mennah ves ehn vedhaanehnu dhw? ehn v ma noor qabool ingey ekan.. 🙂 jazakillah khairan dear.. 🙂 mirey in sha allah.. 🙂

  23. Panda?❤ says:
    June 9, 2018 at 11:30 pm

    Maasha Allah.? V reethi ingey noor.? Alheyy next part when?..?? V curious wehjje mihaar.?Anyway story hama v habeys??

    1. noor says:
      June 10, 2018 at 10:35 pm

      jazakillah khairan dear.. 🙂 in sha allah mirey kamah balamaa.. 🙂 hehe.. 🙂

  24. Eenoo says:
    June 10, 2018 at 4:11 am

    Maasha Allah.. Noor varah reethi story… Maadhan hendhunu ves surprise eh dheyn vee nun hehe… And hoping varah avahah kiyaalan libeyne kamah.. 🙂 🙂

    1. noor says:
      June 10, 2018 at 10:36 pm

      jazakillah khairan dear.. 🙂 hehe.. 🙂 noor ves vrh ummeedhy kuran eba mirey e part dear mennaa hamayah geneveytho.. 🙂

  25. friends says:
    June 10, 2018 at 10:26 am

    Vvvvvvv reethi mi part ves
    Kon irakun next part

    1. noor says:
      June 10, 2018 at 10:37 pm

      jazakillah khairan dear.. 🙂 in sha allah mirey kamah noor mi ummeedhu kurany.. 🙂

  26. maya says:
    June 10, 2018 at 11:22 am

    vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi..yaish and ziv they r so cute..>3>3>3v salhi ….hadha inthixaareh kurevijjey mi story ah….raifa n naaish is back dhw..bt emyhun haadha rich ey how??????and lamaan marry kury kaakaa baaa??????vvvvvvvvvvvvvvvvvvvvvvvvvvvv habeys …hope vv avahah aneh part kiyaalan libeyne kamah.!!!!!!!!

    1. maya says:
      June 10, 2018 at 11:25 am

      dhen vaanyy kihineih baaa??????????? yaany ah fenuny ziva ge face and ziva maru nuvaakan ingunyma vv happy vaane dhw and maiha ves

    2. noor says:
      June 10, 2018 at 10:39 pm

      alhey dear.. 🙂 jazakillah khairan dear.. 🙂 hehe.. vrh bodah sorry ingey ehaa lahun up kohdhevunyma.. 🙁 hingaaba dhw balamaa.. in sha allah 23rd episode in thi suvaalah javaabu libeyne.. 🙂 kuriyah huri part thah kiyaalyma dear ge suvaalu thakah javaabu libigen dhaane, in sha allah.. 🙂 hehe.. noor ves vrh ummeedhu kuran nxt part mirey kiyaalan libeyne kamah.. 🙂

  27. GREEN ?? says:
    June 10, 2018 at 2:18 pm

    Wowww thAnkx noor you r yhe best writer in whole esfiya ???????????????????????♥♥???????❤❤???????????????avahah next part up kohdheebaa zeev hAdha cute ey yai aa dhemeehun ulhey goih yaany mmn v ufaa vaane??????????????❤❤????♌?➡?➡??♥?????❤

    1. noor says:
      June 10, 2018 at 10:41 pm

      alhey dear haadha colorful comment ekey.. maa sha allah.. 🙂 marhabaa dear.. awww.. vrh vrh vrh vrh ufaavehje dear thihen bunelyma.. 🙂 noor hama mibalany thikan veytho.. 🙂 hehe.. in sha allah.. 🙂

  28. Na says:
    June 10, 2018 at 4:01 pm

    When next part

    1. noor says:
      June 10, 2018 at 10:42 pm

      in sha allah mirey.. 🙂

  29. Zaaraa?? says:
    June 10, 2018 at 4:02 pm

    When next part ….v v v reethi …just….Zaaàramazing. ..?????????avahah up kohdhechey ???⚘?????⚘???ur the best ???????????????

    1. noor says:
      June 10, 2018 at 10:44 pm

      aww, haadha colorful comment ekey.. maa sha allah.. 🙂 hehe.. jazakillah khairan dear.. 🙂 in sha allah, mirey up kohdheveytho noor mi try kurany ingey.. 🙂 aww.. vrh vrh vrh ufaavehje thihen bunelyma.. vrh ufaavey dear mn thihaa supportive v maves.. 🙂

  30. GREEN ?? says:
    June 10, 2018 at 5:06 pm

    Kobaa miadhuge part writer .??❤??????????????????????????????????????♥♥♥♥?????????????????????waiting. ……….

    1. noor says:
      June 10, 2018 at 10:45 pm

      alhey dear, vvvvv bodah sorry ingey las v ma.. 🙁 btw vrh colorful comment eh dhw mee.. maa sha allah.. 🙂

  31. Mee says:
    June 10, 2018 at 5:36 pm

    Noor sisss… Vaahaka hama vvv salhi….?❤?❤?❤? N plxx avahah up kohdhiba…. Vvv wait kurannn…. I just luv yur storyy❤❤❤???

    1. noor says:
      June 10, 2018 at 10:46 pm

      yess dear.. 🙂 jazakillah khairan dear.. 🙂 in sha allah mirey up vaane kamah noor mibalany ingey.. 🙂 alhey dear, jazakillah khairan for that.. 🙂 jazakillah khairan dear.. 🙂

  32. alana says:
    June 10, 2018 at 5:42 pm

    Noor dear ? this is the first time i comment on your story ❤???? it’s seriously owsm maasha allah ☺? curiously waiting for the next part sis ?
    Salaam ❤?❤?❤

    1. noor says:
      June 10, 2018 at 10:47 pm

      wslm.. yess dear.. 🙂 oh.. jazakillah khairan dear.. 🙂 in sha allah mirey up vaane kamah mi balany 23rd episode.. 🙂

  33. Eenoo says:
    June 10, 2018 at 7:52 pm

    Hey Noor dear kon irakun next part up vany????

    1. noor says:
      June 10, 2018 at 10:48 pm

      yess dear in sha allah mirey kamah balamaa dhw.. 🙂

  34. Maya? says:
    June 10, 2018 at 9:25 pm

    Nooor kon irakun next part up vany ???? Plxxxxx than kolheh avahah up kohdheebai. Waiting waiting waiting waiting….
    Vvvvvvvvvvvvvvv habbu mi vaahaka
    Keep it up noor dear ??????????????❤????

    1. noor says:
      June 10, 2018 at 10:49 pm

      in sha allah mirey kamah noor ummedhu mi kurany.. 🙂 vvvv bodah sorry ingey las vaathy.. 🙁 jazakillah khairan dear.. hehe.. 🙂

  35. Sa says:
    June 10, 2018 at 11:05 pm

    Masha allah v reethi mi baives??

  36. ram says:
    June 10, 2018 at 11:15 pm

    waiting waiting .. alhe hama keh madhuvefa meenee next episode ah.. v avahah up kohlaba writer. v reehche vaahaka.. iruirukolha eba beley up vitho..

  37. Maya says:
    June 10, 2018 at 11:20 pm

    Noor dear Koba 23 vana part??????? Waiting Waiting…. ?????

  38. Kokee says:
    June 10, 2018 at 11:49 pm

    noor……. koba next part…….Waiting…..

  39. Noor Ge big fan!,! says:
    June 11, 2018 at 2:35 am

    Kobaa noor dear??
    Haadha lasvee?
    Maai allah noor ah dera gotheh nulavvaashi!!!
    “Aameen!!””

  40. me says:
    June 11, 2018 at 5:21 am

    alhey kobaatha next part haadha lahey noor dear??nei tha hama up vaane gotheh ….. mihaaru haadha inthizaareh kurevijje yey

  41. ifa says:
    June 11, 2018 at 8:25 am

    noor dear vaahaka liyun huttaaly tha ??

  42. Afooo says:
    June 11, 2018 at 9:26 am

    Alhey haadha lahey up vaaleh.waiting ga reysuren???

    1. me says:
      June 11, 2018 at 10:13 am

      true

Comments are closed.

Next Episodeހުޅުކޮޅު 23←


All Right Reserved!