“އެއްވެސް ކުއްޖަކު އަދި މާޔޫސްވާނެ ކަމެއްނެތް. ބާކީ ތިން މެޗު އެބައިން. މިއަދު ހެދުނު ގޯސްތަަކަކީ ކޮބައިކަން ބެލުމަށްފަހު ދެން އޮތް މެޗަށް މަސައްކަތް ކުރަންވީ. މިއަދުގެ މެޗު މަތިން ހަނދާންނައްތާލަންވީ. ކުރިއަށް އޮތް މެޗަށް ވިސްނަންވީ. ދެން އެންމެ ރަނގަޅު ހުރިހާ ކުދިން އެ ކުއްޖެއްގެ ރޫމްއަަށް ދިޔަސް. އެކަމު އާރާޝް އެހަށް މަޑުކޮށްލާ” މިއަދު ކުޅެވިގެންދިޔަ މެޗާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ފަހު އެ ކުޅުންތެރިން ތިބެން ހަމަޖެހިފައިވި ރޫމްއަށް ދިއުމުގެ ހުއްދަ އާރާޝް ފިޔަވާ އެހެން ކުޅުންތެރިންނަށް ކޯޗު ދިނެވެ. އާރާޝްއަކީ ގައުމީ ޓީމުގައި މި ވަގުތު ހުރި އެންމެ ޒުވާން ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއެވެ. އުމުރަކީ އެންމެ އަށާރަ އަހަރެވެ. ނަމަވެސް ބަލާބެލުމަށް ހީވަނީ ވިއްސަކަށް އަހަރު ހެންނެވެ. އާރާޝަށް ލިބިފައިވަނީ އަންހެންކުދިން އެންމެ ގަޔާވާ ސިފަތަކެކެވެ. އިސްކޮޅުން ދިގުވެފައި ބައިމަތި ފުޅަލެވެ. ހަމުގެ ކުލަ އައްޔެވެ. ތުނިކޮށް ފަޅަންފަށައިފާވާ ތުނބުޅީގެ ސަބަބުން ނުހަނު ފިރިހެންވަންތައެވެ. އަދި ރީތިކޮށް ކޮށާލެވިފައިވާ ފަން އިސްތަށިގަނޑުގެ ސަބަބުން އާރާޝްގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ހަމައެކަނި އާރާޝް ކުޅޭތަން ބަލަން ދަނޑަށް ވަންނަ އަންހެން ކުދިން މަދެއްނޫނެވެ.
“އާރާޝް” އިސްޖަހައިގެން ހުރި އާރާޝް ސިހުނީ ކޯޗު އޭނާއަށް ގޮވާލުމުންނެވެ. މަޑުމަޑުން އިސްއުފުލާލުމަށްފަހު ހަމައެކަނި ހިނިތުންވުމަކުން އާރާޝް ފުއްދާލިއެވެ. “އާރާޝްއަށް ވެސް އަދި އެހެން ކުޅުންތެރިންނަށް ވެސް އެނގޭނެ އަހަރެން ތިކުދިންނާމެދު ދެކެނީ އަހަރެންގެ އަމިއްލަ ދަރިން ފަދައިންކަން. އެހެންވިމަ ތިއިން ކުއްޖަކަށް ކަމެއް ވެއްޖެޔާމުން އަހަންނަށް އެނގޭނެކަން. އަހަންނަށް އެނގޭ އާރާޝްއަށް ކޮންމެވެސް ބޮޑުކަމެއް ދިމާ ވެއްޖެކަން އެހެންވެ އާރާޝް ތިހެން ނެގި މަޑުވެފަ ތިހުންނަނީ. އެ ކޮޅުގަ ކުރިއަށް ދިޔަ ޕްރެކްޓިސް ތަކުގަ އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިޔަކީ އާރާޝް. އެކަމު މި ކޮޅަށް އައި ފަހުން ޕްރެކްޓިސްގަވެސް އެހާ ރަނގަޅަކަށް ނުކުޅެވުނު. މެޗުގަވެސް އެހާ އެއްނޫން އަބަދު ހީވަނީ ކަމަކާ މާޔޫސްވެފަ ހުންނަހެން.އާރާޝް ބޭނުމިއްޔާ ތި ދިމާ ވެގެން އުޅޭ ކަންތައް ކޯޗްއާ ހިއްސާ ކުރަންވީ ގައިމުވެސް ކޯޗު މިހުރީ އާރާޝްއަށް އެހީވާން ތައްޔާރަށް. އެކަމު އާރާޝް ބޭނުންނޫނިއްޔާ އޯކޭ ނުކިޔާދިނަސް.” ވަރަށް ހިތްހެޔޮކަމާއެކު ކޯޗު އާރާޝްއާ ވާހަކަ ދެއްކިއެވެ. ވެގެން އުޅޭގޮތް ކިޔާދޭން ބޭނުންވިއަސް ކިޔާދެނެހާ ހިތްވަރެއް އާރާޝް ގަޔަކުނެތެވެ. އެއަށްވުރެ އޭނާއަށް ލިބިފައިވި ހިތާމަ މާބޮޑެވެ. “އަޅުގަނޑު ދެންހުރި މެޗުތަކުގަ އަދި ޕްރެކްޓިސްތަކުގަ ރަނގަޅަށް ކުޅެވޭތޯ ބަލާނަން.” ހަމަޖެހެވޭތޯ މަސައްކަތް ކުރަމުން އާރާޝް ހަމައެކަނި ބުނެލީއެހެންނެވެ. ކޯޗު ދެން ދިޔަސް އެންމެ ރަނގަޅޭ ބުނުމުން އޭނާ ހުންނަން ހަމަޖެހިފަ ހުރި ރޫމްއަށް ދިޔައެވެ. އޭރުވެސް އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ.
****************
ދަންވަރު ބާރަ ޖެހިއިރުވެސް މާނީގެ ލޮލަކަށް ނިންޖެއްނައެވެ. އެނދުގައި ދެ ކޮޅަށް ފޮރޮޅި ފޮރޮޅި އޭނާ ވަރު ބަލިވެއްޖެއެވެ. ނަމަވެސް ހަމަ ނިދޭގޮތެއް ނުވިއެވެ. އޭނާއަށް ނުނިދިގެން އެއުޅެނީ ކީއްވެކަން އޭނާއަށް އެނގެއެވެ. ރޭގަނޑު ހަތަރު ދަމު މާނީ ހޭލާ އޮތަސް ހިތްއެދޭކަންތައް މިރެއަކު ނުވާނެކަން މާނިއަށް އެނގެއެވެ. އެހެންކަމުން އޭނާ ބެލީ އަވަހަށް ނިދޭތޯއެވެ.
******************
އިޝްމާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައީ އެއްވެސް އިޚްތިޔާރަކާނުލައެވެ. މީގެ ދެތިން ދުވަސް ކުރިން އިނގުނު ހަގީގަތުގެ ސަބަބުން އޭނާއަށްވަނީ ނުހަނު ފުން އަސަރުތަކެއް ކޮށްފައެވެ. ވިސްނަން ބޭނުންނުވިއަސް އޭނާއަށް ހަމަ ވިސްނެނީއެވެ. ފޯނަށް މެސެޖެއް އައުމުން އިޝްމާ އެ މެސެޖު ކިޔާލިއެވެ. މެސެޖު ކިޔާލުމަށްފަހު ކަރުނައިގެ ތެރެއިންވެސް އޭނާއަށް ހިނިތުންވެވުނެވެ. އަދި އެ މެސެޖަށް ރިޕްލައި ކޮށްލިއެވެ.
******************
މެޗުން ބަލިވުމާއެކު ވެފައި ހުރި ދެރައާއި ވަރުބައްޔެއްގެ ބޮޑު ކަމުން ރޫމްއަށް އައި ގޮތަށް އަހުސަމްއަށް ނިދުނީއެވެ. ހޭލެވުނީ މާއިޒް ގޮވުމުންނެވެ. ކަންނެއް ގޮތަކަށް ދެލޯ ހުޅުވާލީ އަދިވެސް ރަނގަޅަށް ވަރު ބަލި ނުފިލާތީއެވެ. މާއިޒްއަށް ބަލާލުމުން އޭނާވެސް ނިދައިފަ އެ ތެދުވި ދާދި ދެންމެއަކުކަން އެނގުނެވެ. އަހުސަމް ތެދުވުމުން މާއިޒް އަނެއްކާވެސް އޮށޯވެ ނިދީއެވެ. މާއިޒް އެގޮތަަށް ކަންތައް ކުރުމުން އަހުސަމް ގާތަށް ރުޅިއައެވެ. ރުޅިއައަސްފައި މާއިޒްއަށް ގޮވަން އުޅެނިކޮށް އޭނާގެ ފޯނު ރިންގްވާންފެށިއެވެ. އެ ކޮޅުން ގުޅާ މީހާގެ ނަން ފެނުމާއެކު އޭނާ ކުރަން އުޅުނު ކަނަތައްވެސް ހަނދާންނެތުނެވެ. ފުޅާ ހިނިތުންވުމަކާއެކު ފޯނު ހިފައިގެން ބެލްކަންޏަށް ނުކުތީ އެފަރާތާ ވާހަކަ ދައްކާލުމުގެ ބޭނުމުގައެވެ.
**********************
އެނދުގައި ބާއްވާފައި އޮތް ފޯނަށް އިރުއިރު ކޮޅާ ނަވްޔާ ބަލާލައެވެ. ހީވާގޮތުން އޭނާ އެ ބަލަނީ ހާއްސް ފަރާތެއްގެ މެސެޖެއް ނޫނީ ކޯލެއް ލިބޭތޯއެވެ. އެންމެފަހުން ކެތް ނުވެގެން ނަވްޔާ އެނދުން ތެދުވިއެވެ. އެނދުގައި ރަނގަޅަށް ލެނގިލުމަށްފަހު ވައިބާއިން ކޮންމެވެސް ނަންބަރަކަށް ގުޅާލިއެވެ.
****************
ކަންފަތަށް ޖަހައިފައި އިން ހެޑްސެޓް ނައްޓާލުމަށްފަހު އިސްރާ މޯޅިއަކަށް ދެމިލިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމުން އޭނާ ހުރީ ވަރަށް އުފަލުންކަން އެނގެއެވެ. ގަޑި ފެނުމާއެކު އިސްރާގެ ދެ ލޯ ބޮޑުވިއެވެ. ފޯނު އެލާމަށް ލުމަށްފަހު އަވަހަށް އޮށޯތީ މާދަން އިސްކޫލަށް ދާންވާއިރަށް ނުހޭލެވިދާނެތީއެވެ. ނިދަން ލޯ މަރާގެން އޮތް އިރުވެސް އެ މޫނު މަތީގައިވި ހިނިތުންވުން ހުއްޓެވެ.
******************
“މި ސޮރުގެ ކަމަކީ މީ ދޯ! މި ކޮޅަށް އައި ފަހުންވެސް ފޯނު އަތުންދޫވާ ކަމަކަށް ނުވޭ.” ފޯނުހިފައިގެން ސޯފައިގައި އޮށޯވެލާގެން އޮތް އަކްމަލްފެނުމުން އާރާޝް ބުނެލިއެވެ. އާރާޝް ބެލީ ވީހާވެސް ހަމަޖެހިގެން ވާހަކަ ދެއްކޭތޯއެވެ. އޭނަ ބޭނުންވަނީ ވެދިޔަ ހުރިހާ ކަމެއް ހަނދާން ނައްތާލުމަށްފަހު މި މުބާރާތުގައި ރަނގަޅަށް ކުޅެ ރާއްޖެއަށް ރީތިނަން ހޯދާދޭށެވެ. އާރާޝް އެހެން ބުނުމުން އަކްމަލް އަވަހަށް ފޯނޫ ބޭއްވިއެވެ. އާރާޝް އެ ބުނީ ދޮގު ވާހަކައެއްވެސް ނޫނެވެ. މެޗުގަޔާ ޕްރެކްޓިސް ވަގުތު ފިޔަވާ އަކްމަލް އަބަދުވެސް ހުންނަނީ ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކާށެވެ. އާރާޝްގެ އިތުރުން އެހެން ދެ ކުޅުންތެރިންވެސް އެހެން ކިޔާ އޭނައާ ދިމާ ކޮށްފިއެވެ. “މަގޭ ވާހަކަ އެހަށް ބާއްވާފަ އާރާޝް ބުނެބަ. ކޯޗް ކީއްވެ އާރާޝް މަޑުކުރުވީ؟” އަކްމަލްއާ އާރާޝްއަކީ ފުދޭވަރަކަށް ގާތް ދެ ކުޅުންތެރިންކަލުން އެއްވެސް ޖެހިލުމެއްނެތި އަކްމަލް އަހާލިއެވެ. “އެއީ މިއަދު މާ ކަޑަކޮށް މަ ކުޅުނީމަ އެހެންވެ.” ބޯ ކަހާލަމުން އާރާޝް ބުންޏެވެ. އެއަށްފަހު ސޯފާއިން ތެދުވެގެން ގޮސް އެނދަށް އަރާ އޮށޯތެވެ.
ނުނިމޭ
222
15 Comments
Comments are closed.
Kiyara
June 11, 2018 at 4:58 amSlm hurihaa kudhin miothy alhugandu ge aa vaahakaeh. Mi vaahaka aky ehen vaahaka thakaa varah thafaathu koh genes dheveytho alhugandu mi balany. Ummedhu kurany hurihaa kiyun therinnnah vx mi vqahaka kamudhaane kamah. Konme hafathaa aku ves mi vaahaka ge dhe episode genesdheveydho alhugqndu masakkai kuraanan ISA
Aesh
June 11, 2018 at 5:10 amAlly kiyaa dear is back dhw… ☺️☺️☺️ Thafaathukan Aesh ah faahagavehje cover pic in ves.. Vrh baivaru characters dhw.. Hehe.. ?☺️?❤️? adhi kiyaa ves nulan.. Kiyaalaafa comment eh kollaanan, in sha Allah.. ?☺️?❤️❤️❤️
Aesh
June 11, 2018 at 6:02 amMaa sha Allah.. ?☺️? Vrh reethi.. Furathama part kiyaalaa irah hurihaa kameh olhun nufilafaane dhw? Ekam it’s ok.. Kuriyah huri bai thah kiyaalyma get vaan fashaifaane.. In sha Allah.. Vrh vrh furihama mi part ves.. ?☺️??❤️❤️ Aaraash aky tha main character? ???❤️❤️❤️????
Kiyara
June 11, 2018 at 6:27 amThanks aesh. Mi story kiyamun dhaavarakah vaanuvaa ingemundhaane ISA. Aarash and maany aky main characters ???
Akuu
June 11, 2018 at 5:52 amHaadha salhi ey mi stryyy… When is the nxt part…. dude? I can’t wait fr the nxt part…. Unmeedhu kuran vrh avahah nxt part up vaane kamah…. Vrh salhi stry ehh
Kiyara
June 11, 2018 at 6:28 amThanks akku varah ufaavehjje aku ah mi story reethi vyma ISA liyevunuhaa avahaka next part genesdheynan ISA
Ashley
June 11, 2018 at 5:55 amMi kihineiy vaa stry eh.. vee nuvee eh neyngun.. ?unmeedhu kuranee kuri ah huri bai thah rangalhu vaane kamah ?
Kiyara
June 11, 2018 at 6:32 amMi story ge kuriah huri baithah kiyalyma vaagoii ingeyne ISA
unique
June 11, 2018 at 1:09 pmwow kiaaraa started a new story nice gud luck n the story is also awesome
Kiyara
June 11, 2018 at 1:35 pmThanks unique
Nunnu
June 11, 2018 at 3:06 pmWow
Vvv vvv reethi mi story
Feshun hama habeas
Mi vaahaka nimendhen genes dhen hey
Good luck and keep it up
When next part
Kiyara
June 11, 2018 at 4:16 pmThanks Nunnu ISA mi vaahaka nimen dhekah genesdheynan
Sai
June 12, 2018 at 12:48 amI liked it salhi hama
shaff...
June 12, 2018 at 1:47 pmvr vr vr reethi ingey
Naa
June 13, 2018 at 10:33 pm3 vana bai kn iraku iny