Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 21

hygge Level 510 Stories100 Comments100 Login500 Comments
June 7, 2018 13 Mins Read
105 Comments

“އައިޝާއަށް ނުވަންޏާ އޯކޭ.. ޔައި ނަގާދީފާނަން..” ފުރަތަމަ ޔައީޝް ބުނި ބުނުމުން އައިޝާ ހިތްހަމަ ޖެހުނު ނަމަވެސް ދެވަނަ ސިކުންތުގައި އަނެއްކާވެސް ނުތަނަވަސްވާން ފެށިއެވެ. ޔައީޝް ހިނިތުން ވެލަމުން އޭނާގެ އަތް އައިޝާގެ މޫނުފޮތިކޮޅާ ދިމާލަށް ގެންދަންފެށިއެވެ. އަދި މަޑުމަޑުން އެ ފޮތިކޮޅު ހިއްލަން ފެށީ ދެން ވާނެ ގޮތަކާމެދު އެއްވެސް ވަރަކަށް ނުވިސްނާ ޙާލުއެވެ. އޭނާއަށް ކޮންމެވެސް ވަރަކަށް އެފޮތިކޮޅު ހިއްލުނު އިރު އައިޝާގެ ދަތްދޮޅި ފެނިގެން ދިޔައެވެ. ދޮން ދޮން މޫނެކެވެ. ހަމަޖެހިލައިގެން ހުރި ޔައީޝްވެސް އެވަގުތު ހިތް އަވަސްވާން ފެށިއެވެ. ދެއަތް ފިނިވާންފެށިއެވެ. އޭނާއަށް މިވަނި ކީއްކަން ޚުދު ޔައީޝްއަކަށްވެސް ނޭނގެއެވެ. އައިޝާގެ މޫނުފޮތިކޮޅު އެއްކޮށް ނެގުނު ހިނދު ޔައީޝްއަށް ބަލަހައްޓާއިގެން ހުރެވުނީއެވެ. އޭނާގެ ނޭވާ ކަރުގައި ތާށިވީހެންވެސް ހީވިއެވެ.

އޭނާއަށް މިފެންނަނީ ހުވަފެނެއް ބާވައެވެ. ޔައީޝް އަދިވެސް އެއްފަހަރު އޭނާއާއި ނުހަނު ގާތުގައި ހުރި އަންހެން ކުއްޖާއާއި ދިމާލަށް ބަލައިލިއެވެ. ހަމަ އެވަށް މޫނެވެ. އެ ތުންފަތެވެ. އެ ރީތި ދެލޮލެވެ. ޔައީޝްއަށް އަދިވެސް ލިބުނު ސިހުމުގައި ބަލަހައްޓައިގެން ހުރެވުނީއެވެ. އޭނާ އެއްޗެކޭ ނުބުނުމުން އައިޝާ ކުޑަކޮށް އިސްއުފުލާލިއެވެ. އެއިރު ޔައީޝް ހުރީ ސީދާ އެދެލޮލަށް ބަލަހައްޓައިގެންނެވެ. އައިޝާ އެހެން ހުރުމަށްފަހުވެސް ޔައީޝް އެއްޗެކޭ ނުބުނުމުން ޔައީޝްގެ ކޮލުގައި ޖަހާލިއެވެ. އެވަގުތު ޔައިޝްއަށް ހޭވެރިކަން ވިއެވެ. ނޫނެކެވެ. މިއީ ހަމަ ޙަޤީޤަތެވެ. އޭނާއަށް އެ ފެންނަނީ ހުވަފެނެއް ނޫނެވެ.

ޔައީޝްއަށް އެއް ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާގެ ލޮލުން ކަރުނަތައް ފުރި ބަންޑުންވާން ފެށިއެވެ. އައިޝާހުރީ ޔައިޝްއަށް މި ވަނީ ކީއްކަން ނޭނގި ކަންބޮޑުވެފައެވެ. ޔައީޝް އެހެން ހުރުމަށްފަހު އައިސް އައިޝާގެ ގައިގައި ބައްދާލިއެވެ. އެއަށްފަހު އޭނާ އައިޝަގެ ކޮނޑުގައި ބޯ އަޅާލައިގެން އޮށްވާ ރޮވެން ފެށުނެވެ. “ޒި.. ޒިވް…” ކުރެހިފައިވާ އަޑަކުން ޔައީޝްއަށް ބުނެވުނެވެ. އާނއެކެވެ. އެއީ ހަމަ ޒިވާއެވެ. ހަ އަހަރު ދުވަހަށްފަހުވެސް އެއީ ހަމަ އެޒިވާއެވެ. ބުމަ ކައިރީ ކުޑަކުޑަ ލަކުނެއް އިން ކަން އެކަންޏެވެ.

“ޒިވް.. ޒިވް އަށް އިނގޭތަ ޔައި ޒިވްއަށް ކުރި އިންތިޒާރު؟ ހަ އަހަރު.. ޒިވް ވިސްނާލަބަ.. ހަ އަހަރުދުވަސް ޔައި އިންތިޒާރުކުރިން ޒިވްއަށް.. ބަލާބަލަ ﷲގެ ކުޅަދުންވަންތަކަން.. އިއްތިފާގުން މިއޮތީ ނޭނގިނަމަވެސް ޒިވް އާ ބައްދަލުވެފަ.. އަލްޙަމްދުލިއްލާހް! އެދުވަހު ޒިވްއާއި މެރީކުރަން އެއްބަސްވެވުނު ކަން އެއީ ހަމަ ނަސީބެއް..” ޔައީޝް އޮތް ގޮތަށް އޮވެ އެއްފައްޗަކަށް އަމުނާލިއެވެ.

ޒިވާ ހުރީ ވާނުވާ ނޭނގިފައެވެ. ޔައީޝް އިރުކޮޅެއް ވާންދެން އެހެން އޮތުމަށްފަހު ތެދުވިއެވެ. އަދި އޭނާގެ ދެއަތުން ޒިވާގެ ވަށް މޫނުގައި ހިފަހައްޓާލިއެވެ. ޔައީޝްގެ ދެލޯ ފެނިފައި ޒިވާގެ ހިތަށްވެސް ތަދުވިއެވެ. އެ ރީތި ދެލޯ ވަނީ ކަރުނުން ފުރި ބާރުވެފައެވެ. އަދި ރަތްވެފައެވެ. “ޒިވް… ކީއްވެ މިއޮށް ހުރިހާދުވަހު؟ ކީއްވެ… އެކަމަކު ކިހިނެއް؟ ޒިވް އަށް އިނގޭތަ؟ އަބަދުވެސް އަހަރެންގެ ހިތް ބުނޭ ޒިވާ މަރެއް ނުވެޔޭ.. ޒިވާ އެބައުޅެޔޭ.. ޔައި އަށް އަބަދުވެސް އިޙުސާސް ކުރެވޭ ޔައި އާ ވަރަށް ގާތުގަ ޒިވް އުޅޭކަހަލަ އިޙުސާސެއް.. ތި ލޯބިލޯބި ހިނިތުންވުން މަތިން ދުވަހަކުވެސް މި ހިތް ހަނދާން ނުނެތޭ.. އެންމެ ހިނދުކޮޅަކަށްވެސް.. ކޮންމެ ސިކުންތަކީ މި ދުނިޔެ ޔައި އަށް ޒިވް މަތިން ހަނދާން ކޮށްދޭ ސިކުންތެއް.. ޒިވްގެ މަންމަމެންވެސް ޒިވް އަށް ހާދަ އިންތިޒާރެއް ކުރިއޭ.. އިނގޭތަ އެކަން.. ޒިވްގެ ބެސްޓް  ފްރެންޑްސް.. އެ އެންމެން.. ޔައި ކުރި އިންތިޒާރުވެސް ޒިވް އަށް ތަސައްވުރު ނުކުރެވޭނެ.. ހަނދާނެއް ނުވޭތަ އެހުރިހާ ދުވަސްވީއިރު ޔައި މަތިންނެއް؟ ޒިވް މަންމަމެން މަތިން އެއްފަހަރުވެސް ހަނދާން ނުކުރަންތަ؟” ޔައީޝް އެއްފަހަރާ އެތަކެއްޗެއް ކިޔަން ފެށިއެވެ.

ޒިވާ އަދިވެސް ހުރީ ވާނުވާ ނޭނގިފައެވެ. ހަދާނެ ގޮތެއް ނޭނގިފައެވެ. ހަމައެކަނި ހައިރާން ކަމާއެކު އޭނާ ބަލަހައްޓައިގެން ހުރީއެވެ. “ޔައީޝް..” އޭނާ މަޑުމަޑުން ޔައީޝްގެ ނަން ކިޔާލިއެވެ. އެއަށްފަހު އޭނާގެ މޫނުގައި ހިފަހައްޓާލައިގެން ހުރި ޔައީޝްގެ އަތުގައި އޭނާގެ ކަނާއަތުން ހިފަހައްޓާލިއެވެ. އެވަގުތު ޒިވާގެ ދެލޯ މަޑުމަޑުން މެރެމުން ދިޔައެވެ. އަދި ގައިން ވަރުހުސްވެގެން ގޮސް ޔައީޝްގެ އަތުތެރެއަށް ދެމުނެވެ. “ޒިވް..” ޔައީޝްއަށް ތަންކޮޅެއް ބާރަށް ޒިވާއަށް ގޮވާލެވުނެވެ. އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ޒިވާގެ ކޮލުގައި ދެފަހަރަކު ޖަހާލިއެވެ. ނަމަވެސް ޒިވާގެ ޚަބަރެއް ނުވިއެވެ. “ނޫން ނޫން.. ޒިވް.. މިފަހަރު ނޫން.. ވާހާ ދުވަހު ކެތްކުރެވިއްޖެ.. އެކަމަކު ދެނެއް ނޫން.. ޒިވް ޕްލީޒް.. ތެދުވެބަލަ.. ޒިވް..” ޔައިޝްގެ ކެތްތެރިކަން ކޮޅުން ލިއެވެ. އޭނާ ޒިވާއަށް ގޮވަމުން ދިޔައެވެ. އެވަގުތު އޭނާގެ ރުއިން ގަދަވިއެވެ. ފިރިހެނެއް ކަމަކު އޭނާވެސް އިޙުސާސްތައް ފޮރުވައިގެން ވާހާދުވަހު ކެތްކޮށްފިތާއެވެ.

އިރުކޮޅެއް ވާނދެން ޒިވާ އޭނާގެ އުނގުތެރޭގައި ބޭއްވުމަށްފަހު ކަމެއް ހަނދާން ވާ ފަދައަކުން ޔައިޝް އިން ތަނުން ތެދުވެލިއެވެ. އަދި އަތްދަނޑި މައްޗަށް ޒިވާ ލައިގެން ގެންގޮސް އެނދުގައި ބާއްވާލިއެވެ. އަދި ދުވެފައި ކޮޓަރިން ނިކުމެގެން ގޮސް ސުމައްޔާމެން ކޮޓަރީގައި އޭނާ ޓަކި ޖަހާލިއެވެ. އޭނާ ހިތުން ޓަކި ޖެހުނަސް ޙަޤީގަތުގައި އޭނާއަށް އެ ދޮރުގައި ތަޅައިގަނެވުނީއެވެ.

ކޮޓަރިގައި ނިކަން ހަމަޖެހިލައިފައި ފޮތެއް ކިޔާލަން ސުމައްޔާ އިނެވެ. އެއިރު އާމިރު އުޅެނީ ކޮންމެވެސް އެއްޗެއްގެ މައުލޫމާތު ހޯދަންވެގެން ފޯނާ ކުޅޭށެވެ. ދެ ކަމެއްގައި މަސްއޫލުވެގެން ތިބި ދެމީހުންނަށްވެސް ސިހުން ގެނުވީ ކޮޓަރީގައި ނިކަން ބާރަށް މީހަކު ތަޅައިގަތުމުންނެވެ. ސުމައްޔާ ބިރުން ހުރެ އާމިރުއަށް ބަލައިލިއެވެ. އާމިރުއަށްވެސް ސިހުން ލިބިފައި ވެއެވެ. ސުމައްޔާ ބިރުން އިނުމުން އާމިރު އޭނާއަށް ބަލައިލުމަށްފަހު ދެލޯ މަރާލީ ހަމަޖެހިލާށޭ ބުނާ ފަދައަކުންނެވެ. އަދި އޭނާ ކޮޓަރީގެ ދޮރު ހުޅުވަން ދިޔައެވެ. އެއިރު ސުމައްޔާ އޭނާގެ ފަހަތުން އާދެއެވެ.

އާމިރު ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ ޔައީޝްއެވެ. އޭނާ ހުރި ޙާލަތު ފެނިފައި ދެމީހުންގެ ސިކުނޑީގައިވެސް ޖެހުނީ ބޮޑު ސުވާލު މާކެކެވެ. އެ ދެލޯ ވަނީ ރަތްވެގެން ގޮސް އަވަދިވެފައެވެ. އެއާއެކު ކޮންމެވެސް ވަރަކަށް ދުޅަކަމެއްވެސް ވެއެވެ. އާމިރުއަށް އަނގަ ނުހުޅުވިގެން އުޅެނިކޮށް ޔައީޝް ވާހަކަ ދައްކަން ފެށިއެވެ. “ޒި.. ޒިވް.. އައިޝާ..” ޔައީޝްއަކަށް އޭނާ ބުނަން ބޭނުންވި އެއްޗެއް ނުބުނެވުނެވެ. އޭނާގެ ލޮލުން އަނެއްކާވެސް ކަރުނަތައް ހޯސްލައިފައި ފައިބައިގަތެވެ. އާމިރުގެ ތޫނުފިލި ސިކުނޑިއަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ދެނެގަނެވުނެވެ. ޔައީޝް ޒިވާއަށް ޚާއްސަކުރެވިފައިވާ ކޮޓަރިއާއި ދިމާލަށް އިޝާރާތް ކޮށްލުމަށްފަހު އިތުރު އެއްޗެއްވެސް ނުބުނެ އެކޮޓަރިއަށް އަނެއްކާ ދިގު ފިޔަވަޅު ތަކެއްގައި ވަދެގެން ދިޔައެވެ. ފަހަތުން އާމިރުއާއި ސުމައްޔާވެސް އަވަސް އަވަހަށް ވަނެވެ. އެއިރު ޒިވާ އޮތި އެނދުގައެވެ.

އާމިރު އަވަސްއަވަހަށް އޭނާ ގާތަށް ގޮސް ބަލަން ފެށީ ޑޮކްޓަރެއް ފަދައިންނެވެ. އެއަށްފަހު އަނބުރާ އޭނާގެ ކޮޓަރިއަށް ދިޔައެވެ. އެދިޔަ ގޮތަށް ގޮސް އައީ ބޭސް ކާޑެއް ހިފައިގެންނެވެ. “އޭނާ ހޭއަރާނި އަދި އިރުކޮޅަކުން.. ހޭ އެރީމަ މި ބޭސް ދޭތި.. އިނގޭ..” އެހެން ކިޔައިފަ ސުމައްޔާއާއި އެކު އާމިރު އެކޮޓަރިން ނިކުންނަން ދިޔައެވެ. ދެމީހުންގެ މޫނުމަތީގައި މާޔޫސްކަން ވީ ނަމަވެސް ހީވަނީ އެމީހުންނަށް ފެނިދެނިވެ ބާވެފައި ވާ ކަމެއް ހެންނެވެ. ޔައީޝް ހުރީ ބޮޑު ސުވާލު މާކެއްގެ ތެރޭގައެވެ. ވީ ގޮތެއްވެސް ބުނެ ނުލައި އާމިރު އެދިޔައީ އޭނާއަތަށް ބޭސްކާޑެއް ދީފައެވެ.

“އަދި އެއް ވާހަކަ.. ޔައިޝް އޭނާގެ ޕާސްޓް އާ ގުޅޭގޮތުން ސުވާލު ކުރީދޯ؟ އެއީ އެވީ ގޮތަކީ… އެއްފަހަރާ އެހާ ބައިވަރު ސުވާލުތަކެއް ކުރުމުން އޭނާއަށް އެހެން ވާނެ.. ސޯ.. މީގެފަހުން އެކަން ތަކުރާރު ނުކުރައްޗޭ..” އާމިރު ޔައީޝްގެ ބުރަކަށީގައި ކުޑަކޮށް ޖަހާލުމަށްފަހު ހިނިތުން ވެލައިފައި ސުމައްޔާއާއިއެކު އެކޮޓަރިން ނިކުމެގެން ދިޔައެވެ. ޔައީޝް އެއްފަހަރު ބޭސްކާޑަށް އަދި އަނެއްފަހަރު އާމިރުމެން ދިޔަ ދިމާލަށް ބަލައިލިއެވެ. ކޮންމެ ގޮތެއް ވިޔަސް ޒިވާއަށް ކޮންމެވެސް ގޮތެއް އެބަ ވެއެވެ. ނަމަވެސް އާމިރުމެން އެވާހަކަ އޭނާއާއި ޙިއްސާ ނުކުރީ ކީއްވެބާވައެވެ؟ އެހެން ނޫނަސް ޒިވާގެ އެއްވެސް ކަމެއް އޭނާއަށް ސިއްރުކުރުމުގެ ޙައްޤެއް އެމީހުންނަކަށް ލިބިގެނެއް ނުވެއެވެ. ވީއިރު ކީއްވެބާވައެވެ؟ ޔައީޝް ކޮންމެ ގޮތެއް ވިޔަސް މިވަގުތު އިހަށް ދެން އަލާނުލުމަށް ހިތަށް ވިސްނައިދިނުމަށްފަހު ގޮސް ކޮޓރީގެ ދޮރު ލައްޕާލައިފައި އަނބުރާ ޒިވާ ގާތަށް އައެވެ.

“އާމިރު.. މަށަށް ހީވަނީ ޔައީޝްއަށް ޒިވާ ކުރިންސުރެވެސް އިނގޭހެން… އޭނާ ދެންމެވެސް ފުރަތަމަ ބުނީ ޒިވާއޭ އެއްނު..” އާމިރުގެ ފަހަތުން ކޮޓަރިއަށް ވަދެގެން ދިޔަ ސުމައްޔާ ބުނެލިއެވެ. “ވެދާނެ އެހެން ކަމަށްވެސް.. އެކަމަކު މިވަގުތު އަދި އެވާހަކަތައް ބުނާކަށް މަށަކަށް ނުފެނޭ.. އެންމެ ރަނގަޅު ވަގުތު ޖެހުނީމަ ބުނާނިީނނ” އާމިރުވެސް ސުމައްޔާއަށް ހިތްހެޔޮ ހިނިތުންވުމެއް ރައްދުކޮށްލަމުން ބުނެލިއެވެ.

ޔައިޝް އައި ގޮތަށް އައިސް ޑްރެސިން ޓޭބަލް ކައިރީ އިން ގޮނޑި އެނދާ ގާތް ކޮށްލުމަށްފަހު އެތާ އިށީނެވެ. އެއަށްފަހު ވަރަށް ފުންކޮށް ޒިވާގެ މޫނަށް ބަލައިލއެވެ. ޒިވާއަށް އެހެން އެ ވީ ކީއްވެބާވައެވެ؟ މިއޮށް ހުރިހާދުވަހު ޒިވާ މިގޭގަ އުޅުނީ ކިއްވެބާވައެވެ؟ ނޫރީން ފެނުމުންވެސް ނޫރީންގާތަށް ޒިވާ ނުދިޔައީ ކީއްވެބާވައެވެ؟ ހުސް ޖަވާބުލިބުމެއް ނެތް ސުވާލުތަކެކެވެ. ޔައީޝް އޭނާގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އަނެއްކާ ޒިވާ ހަނދާން ނެތުނީ ބާވައެވެ؟ އެހެން ވެއްޖިއްޔާ ހާދަ ދެރައެވެ. ދެންމެ އެވީގޮތް އޭނާއަށް ރަނގަޅަށް ފެނިއްޖެއެވެ. އެހެން ކަމުން އިހަށް މި ޙަޤީގަތް ނުރީންމެން ގާތު އޭނާއަށް ނުބުނެވޭނެއެވެ. ނޫންނަމަ ޒިވާގެ ޙާލަތު އިތުރަށް ގޯސްވެދާނެއެވެ.

ޔައީޝް އޭނާގެ އަތު ތެރެއަށް ޒިވާގެ އަތް މަހާލިއެވެ. އެއަށްފަހު ޒިވާގެ މޫނަށް ބަލަހައްޓައިގެން ގާތުގައި އިނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. އޭނާއަށް އެ ރީތި ސޫރަ ނުފެނި ހަ އަހަރުދުވަސް ފާއިތުވެ ގޮއްސިއެވެ. މިރޭ އަނބުރާ އެ ސޫރަ އޭނާގެ އަތުތެރެއަށް އައުމުން ހިތްފުރައި ޒިވާގެ މޫނުމައްޗަށް އޭނާ ބެލިއެވެ. އަދިވެސް ހަމަ އެ މައުސޫމު ކަމެވެ. އެހާ ލޯތްބެވެ. އެންމެފަހުން އެ ރީތި ރާނީ އެވީ އޭނާގެ އަނބިމީހާއަށެވެ. ދިގު އިންތިޒާރުގެ ނިމުން ފޮނިވާނޭ ބުނާ ބަހުގެ ތެދުކަން މިއަދު ހާމަވެއްޖެއެވެ. ޔައީޝްއަށް ހިނިތުން ވެލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާގެ މަންމަމެންނަށް މިކަން އިނގިއްޖަނަމަ ހާދަ އުފާވާނެވެ. ނޫރީންއަށް އިނގިއްޖެނަމަ އެންމެ ހިނދުކޮޅަކަށްވެސް ޒިވާއާއި ދުރުގަ ނުހުންނާނެއެވެ. ނައިޝަމް އަށް އިނގިއްޖެނަމަ ސަލާމަތް ނުވާނެއެވެ. އަޔާނީ އާއި މައިހާއަށް ޒިވާ މިދުނިޔެ ދޫނުކުރާކަން އެނގިއްޖެނަމަ އުފަލުން އުޅޭނޭ ނޫޅޭނެ ގޮތެއްވެސް ނޭނގޭނެއެވެ.

ނަމަވެސް ޔައީޝްގެ ތުންފަތުގައި ވީ ހިނިތުންވުން ފިލައިގެން ދިޔައީ އޭނާ ޒިވާއާއި ވާހަކަ ދައްކަން ފެށި ވަގުތު ޒިވާ ހޭނެތުނު ގޮތް ހަނދާން ވުމުންނެވެ. ކޮންމެޔަކަސް އޭނާ ޒިވާ ގެންގުޅެން ޖެހޭނީ ވަރަށް ސިއްރުންނެވެ. މާދަމާ ގެއަށް ގޮއްސަ ނޫރީންމެން ޒިވާގެ މޫނުބަލަން އުޅެފިއްޔާ އޭނާ ކޮންމެވެސް ބަހަނާއެއް ދައްކަން ޖެހޭނެއެވެ. ދެނެއް އޭނާ ޒިވާއަށް ގެއްލުމެއް ވިޔަކަ ނުދޭނެއެވެ. “ސޮރީ ނޫރިން ދައްތާ.. ސޮރީ މަންމާ..” ޔައީޝް އިސް ޖަހާލަމުން ވައި އަޑުން ބުނެލިއެވެ.

ޔައީޝް އެގޮތުގައި އިންދާ ޒިވާ އެސްފިޔަ ތަޅުވާލުމަށްފަހު މަޑުމަޑުން ލޯ ހުޅުވާލިއެވެ. އެއިރު ޔައީޝް އިނީ ޒިވާގެ އަތާއި ގުޅިފައިވާ އޭނާގެ އަތަށް ބަލަހައްޓައިގެންނެވެ. ޒިވާ ހިނިތުންވެލަމުން ޔައީޝްއަށް ބަލައިލިއެވެ. އޭނާއަށް މިލިބުނީ ހާދަހާ ރަނގަޅު ފިރިއެކޭ އޭނާގެ ހިތަށް އެރިއެވެ. އޭނާއަށް އެންމެ ފުރަތަމަ ނަޒަރުންވެސް ޔައީޝް ކަމުދިޔައެވެ. ނަމަވެސް ޔައީޝްގެ ހިތުގައި ވަނީ ކީކޭ ކަމެއް އޭނާއަކަށް ނޭނގއެވެ. ދެން މިރޭ ޔައީޝް އޭނާއާއި ދިމާލަށް ޒިވާއޭ ކީ ކީއްވެކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.

ޒިވާ މަޑުމަޑުން އޭނާގެ އަނެއް އަތް ގެންގޮސް ޔައީޝްގެ އަތް މަތީގައި ބާއްވާލިއެވެ. އޭނާގެ އަތް މަތީގައި ބޭއްވުނު މަޑުމަޑު އަތަށް ޔައީޝް ބަލައިލައިފައި އަވަސް އަވަހަށް އިސް އުފުލާލީ ޒިވާ ހޭއެރީކަން ޔަގީންވުމުންނެވެ. އެއިރު ޒިވާ އޮތީ އޭނާއަށް ބަލަހައްޓާއިގެންނެވެ. ޔައީޝް ހިނިތުން ވެލަމުން ޒިވާ ގައިގައި ބައްދާލިއެވެ. ޒިވާގެ ދޮން ދޮން ކޮލަށް ޖަންބު ކުލަ އެރިއެވެ. “ދެން އެހެން ނަހަދައްޗޭ.. ވަރަށް އެކަނިވާނެ ޔައި އޭރަށް..” ޔައީޝް ޒިވާ ގާތު ބުނެލިއެވެ. ޖަޒްބާތުގައި ޖެހިގެން އޭނާއަށް ބުނެވުނު އެތި ރޭކާލީ މާފަހުންނެވެ. އެއީކީ ޒިވާ އަމިއްލައަށް ކުރާ ކަމެއް ނޫނެވެ. އެއީ ﷲ މެދުވެރި ކުރެއްވި ގޮތެވެ. އެހިނދު އޭނާ ހިތާހިތުން ދުޢާ ކޮށްލީ އޭނާގެ ހިތަށް ސާބިތުކަން ދެއްވުން އެދިއެވެ. “އޯކޭތަ ޒިވް ކިޔަސް؟ ނޫނީ ޒިވާ ކިޔަސް؟ ގަބޫލު ވާން އިނގޭ ޖޭހޭނީ.. ޔައި އަށް މީގެ ފަހުން ތީ ޒިވާ.. އައިޝާއެއް ނޫން..” ޔައީޝް ޒިވާއާއި ދުރުވެލަމުން ބުނެލިއެވެ. ޒިވާ ފުރަތަމަ ބަލަހައްޓައިގެން އިނދެފައި ލަދުވެތި ހިނިތުން ވުމަކާއެކު ބޯ ޖަހާލިއެވެ.

“އޯކޭ.. ދެން އެއްވެސް އެއްޗެކޭ ބުނެގެން ނުވާނެ.. ބަސް އަހައިގެން މި ބޭސްގުޅަ ކާލާ ޒިއްޕުޑިން..” ޔައީޝް އެންމެ ފަހަށް ބުނެލި އެއްޗަކުން ޒިވާ ދެބުމަ ގާތް ކޮށްލަމުން ޔައީޝްއަށް ބަލައިލިއެވެ. އަދި ޔައީޝް ބުމަ އަރުވާލީ ކީއްވީހޭ ބުނާފަދައަކުންނެވެ. “ޒިއްޕުޑިން.. އެއީ ނިކްނޭމް އެއް..” ޔައީޝް ޒިވާއަށް ބުނެލިއެވެ. ހަޤީޤަތިގައިވެސް އޭނާގެ ޒިވާ އެހުރީ ހަނދާން ނެތިފަ ބާވައެވެ؟ ޔައީޝްގެ ހިތަށް ތަދުވެލިއެވެ. މޭގައި ހިތާދިމާލުގައި ކުޑަކޮށް އޭނާގެ އަތް ޖައްސާލިއެވެ. އެހެން ނަމަވެސް ހިނިތުންވެލީ އެތަށް ދުވަހަކަށްފަހުވެސް އެ ހިތުގެ ރާނިއާއި ދިމާވުމުން ﷲއަށް ޙަމްދުކުރާ ޙާލުއެވެ. އޭނާގެ ހިތުގައި ޢަޒުމެއް ކަނޑައަޅާލިއެވެ. އެއީ ދިގު މުއްދަތަކަށްފަހު ނަމަވެސް މަޑުމަޑުން ގޮސް ޒިވާގެ ހަނދާންތައް އަނބުރާ ގެނައުމަށް މަސައްކަތް ކުރުމެވެ.

ޒިވާ އިނީ އެރޭވެސް ޔައީޝްގެ ގާތްކަން ފެނި ނުހަނު އުފަލުންނެވެ. މާދަމާ ހެނދުނު ހެނދުނާ އޭނާގެ އެޕާޓްމެންޓަން ދާންޖެހޭނެ ކަމަށް ޔައީޝް ޒިވާގާތު ބުނުމަށްފަހު އެނދުގެ އެއްފަރާތުގައި އޮށޯވެލިއެވެ. ޒިވާ ނިދަންވެސް އޮތީ އެއިރު އޭނާ އަޅައިގެން ހުރި ކުޑަ ބުރުގަލާ އެކީއެވެ. އެއީ އޭނާ ލަދުންކަން އެނގި ޔައީޝްވެސް އިތުރަކަށް އޭނާއަކާއި އަޅައެއް ނުލިއެވެ. އަދި ޒިވާއަށް ދުވަސްކޮޅެއް ބޭނުންވާނެކަމަށް އޭނާގެ ހިތުގެ ކަނަކުން ގޮވާލިއެވެ.

އާދުވަހަކަށް އިރުއަރައިގެން އައީ ޔައީޝްއާއި ޒިވާގެ ހިތްވެސް އުފަލުން ފުރާލަދެމުންނެވެ. ފަތިސް ނަމާދުކޮށްގެން އައިސް ޔައީޝް މިއަދު ދުވާކަށް ނުދެއެވެ. އެއީ އޭނާ ދުވަން ދާ އެއްޗެހި ވެސް ގޭގައި ނެތުމާ އެކީއެވެ. އޭނާ އެނދުގެ ފަޑީގައި ލައްވެލައިގެން އިނީ ފޯނުން ހެނދުނުގެ ޒިކުރުތައް ކިޔާށެވެ.

“ޔައީޝްގެ އެއްޗެހި އިސްތިރިކޮށްފަ އެހުރީ..” ލަދުވެތިކަމާއެކު މަޑުމަޑުން ޒިވާ ޔައީޝްއަށް ބުނެލިއެވެ. ޒިވާ މާ ލަދުން ހުރުމުން ޔައީޝްގެ ގާތަށް ހިނިއައެވެ. “ހާދަ ލަދުވެސް ގަންނަ ކުއްޖަކާއޭ ދޯ މަށަށް މި ކައިވެނި ކުރެވުނީ.. ތިހާ ލަދުގަންނާކަށް ނުވާނެ.. މިއީ ޒިވާގެ ހަޒްބެންޑޭ.. މިއީ ޒިވާގެ ނިއު ބެސްޓް ފްރެންޑް.. ޤަބޫލު ކުރާނަންދޯ އެކަން؟” ޔައީޝް ޒިވާގެ ކުރިމައްޗަށް ހުއްޓިލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ. އެވަގުތު ޒިވާ ޔައިޝްއަށް ބަލައިލިއެވެ. އަދި ޔައިޝް ބޯ ޖަހާލުމުން ތިރީ ތުންފަތުގައި ދަތް އަޅާލައިފައި ޔައީޝްގެ އަތުގައި ހިފާލީ ސަލާމް ކޮށްލުމުގެ ބޭނުމުގައެވެ. ނަމަވެސް ޔައީޝް މާ ހުށިޔާރެވެ. އޭނާ ގެނައި ކުއްލި ޙަރަކާތާއެކު ޒިވާ ހުރީ އޭނާގެ ބާރުގަދަ އަތުތެރޭގައި ހައްޔަރު ކޮށްލައިފައެވެ. އެވަގުތު ދެމީހުންނަށްވެސް ދެހިތުގައި ދެމީހުންނަށްޓަކައި ޖަހަމުން ދިޔަ ވިންދުގެ އަޑު އިވުނު ފަދައެވެ. ޒިވާއަށް އިސްއުފުލާލައި ޔައީޝްއަށް ބަލައިލެވުނެވެ.

އެ ވަގުތުކޮޅު ވީ ދެމީހުންގެވެސް ހަތަރުކަޅި ބައްދަލުވީ ވަގުތަކަށެވެ. ދެމީހުންނަށް ދެމީހުންގެ ލޮލުތެރެއަށް ގެނބެމުން ދިޔައި ނޭނގުމެއްގެ ތެރޭގައެވެ. އެމީހުންގެ އަމިއްލަ ދުނިޔެއަށް ގެއްލިފައި ތިބި ޔައީޝް އަދި ޒިވާއަށްވެސް ސިހުން ގެނުވީ ޔައީޝްގެ ފޯނު އެލާމް ވީ އަޑަށެވެ. ޒިވާ ސިއްސައިގެން ދިޔަ ގޮތުން ޔައީޝްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެއަށްފަހު އޭނާގެ އަތުތެރެއިން ޒިވާ މިނިވަން ކޮށްލުމަށްފަހު އެނދުގައި އޮތް ފޯނު ނަގާ އެލާމް އޮފްކޮށްލިއެވެ. “ފޯނުވެސް ދޯ.. އެޔޮށް ރޮމޭންޓިކް ސީން ޚަރާބު ކޮށްލީވިއްޔަ..” ޔައީޝް އޭނާގެ ފޮނަށް ކުދި ކިޔަމުން ޒިވާއަށް ބަލައިލިއެވެ. އޭނާގެ ދޮން ކޯތާފަތަށް އެރި ޖަންބުކުލަ މިފަހަރަކު ނުފޮރުވުނެވެ. ޔައީޝްއަށް ވަރަށް ރީތިކޮށް އެމަންޒަރު ފެނުނެވެ. އެހެންކަމުން އިތުރަށް އެތާ މަޑުކުރުމެއް ނެތި ޒިވާ އެ ކޮޓަރިން ނިކުމެގެން ދިޔައީ ބަދިގެއަށެވެ. ޔައީޝްވެސް ޒިވާ ދިޔަ ދިމާލަށް ހެވިފައި ބަލަން ހުރެ ދެފަރާތަކަށް ބޯ ހޫރުވާލިއެވެ.

ޒިވާ ބަދިގޭގައި ޙަރަކާތްތެރިވަމުން ދިޔައީ ނިކަން އަތްމަތި އަވަސްކޮށްލައިގެންނެވެ. އޭނާ ކޮފީތައްޓެއް ހަދަމުން ދިޔައީ ޔައީޝް އަށެވެ. ކައިވެނީގެ ފުރަތަމަ ދުވަހުވެސް އޭނާ ބޭނުންވަނީ ޔައީޝްގެ ފަރާތުން ޝަކުވާއެއް ނާންނަ ގޮތަށް ކަންތައް ކުރާށެވެ. ކައިވެނި ކުރެވުމާ ދެމެދު ދެމީހުންގެ ދޭތެރޭގައި ދެކެވިފައިވާ ވާހަކަތަކުން ހެނދުނު ގަޑީގައި ކޮފީއަކީ ޔައީޝްއަށް ކިހާ މުހިއްމު އެއްޗެއްކަން ޒިވާއަށް ވަނީ އެނގިފައެވެ. އެހެން ކަމުން އެމީހުންގެ ގެއަށް ދިޔުމުގެ ކުރިން ޔައީޝް ފެންވަރައިގެން ނިކުންނަންވާއިރަށް އޭނާ އެބަލަނީ އެކަންތައް ވޭތޯއެވެ. ކޮފީތައްޔާރުކުރަމުން ދިޔަ ޒިވާގެ ތުންފަތުގައި ކުޅެލައިފައިވަނީ ލަދުވެތި ހިނިތުންވުމެކެވެ. އޭނާ މަޑުމައިތިރިކަމާއެކު ނިކަން ބަލައިގެން އެ ކޮފީތަށި ހިފައިގެންގޮސް ކޮޓަރިއަށް ވަނެވެ.

އެއިރު ކޮތަރީގައި ޔައީޝްގެ ހިލަމެއްވެސް ނުވެއެވެ. ފާޚާނާއިން ފެން ވެރޭ އަޑު އިވުމުން ޔައީޝް ފެންވަރަނީކަން ޒިވާއަށް ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. ސައިޑް ޓޭބަލް މަތީގައި ކޮފީތަށި ބެހެއްޓުމަށްފަހު ޒިވާގެ މިސްރާބަކަށް ވީ އޭނާގެ ފުޅާ އަލަމާރިއެވެ. އެ އަލަމާރީގައި އަޅުވާލައިފައި އިން ޔައީޝްގެ ލޭކުލައިގެ ގަމީހަށް ބަލައިލުމަށްފަހު އޭނާ ހިނިތުންވެލިއެވެ. އަދި މަޑުމަޑުން އޭގައި އަތް ޖައްސާލިއެވެ. އެއިރުވެސް އޭނާއަށް ހުރެވުނީ ހިނިތުން ވެލައިފައެވެ. ފާޚާނާއިގެ ދޮރު ހުޅުވުނު އަޑަށް ޒިވާއަށް ހުރި ތަނުން ދުރައް ޖެހިލެވުނީ ވައްކަން ކުރަން އުޅެނިކޮށް މީހަކަށް ފަޅާ އަރާތީ އުޅޭ ފަދައަކުންނެވެ.

ޒިވާ މާ އަވަހަކަށް ދުރައް ޖެހިލިގޮތުން ޔައީޝް އެއްބުމަ އަރުވާލިއެވެ. އެވަގުތު ވީ ޒިވާއަށްވެސް ޔައިޝްއާއި ދިމާލަށް ބަލައިލެވުނު ވަގުތަށެވެ. ޔައީޝް ތުވާލި އަނދެފައި ވާއިރު އެ ވަރުގަދަ ކަސްރަތީ ހަށިގަނޑުގައި ފެން ތިކިތަށް ވިދާ ބަބުޅަމުން ދިޔައެވެ. ޒިވާ ދެލޯ ބޮޑުކޮށްލުމަށްފަހު އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. ޔައީޝްގެ ގާތަށް ނުލަފާ ހިންޏެއް އައެވެ. “ސުބުޙާނައްﷲ.. ކުއްޖަކު އެބަ މޯޅިވޭ..” ޔައީޝް ވާހަކަ ދައްކަމުން އައިސް ޒިވާގެ ކުރިމައްޗަށް އެރިއެވެ. އެވަގުތު އަނެއްކާ ދެލޯބޮޑުކޮށްލުމަށްފަހު އަނެއްކާ އަނެއްފަރާތަށް އެނބުރިލިއެވެ. އެހިނދު ޔައީޝް ހިނގަނޑެއް ޖަހާލިގޮތުން ހީވި ނިކަން މޮޅު ކަމެއް ވިސްނުނުހެންނެވެ.

ޒިވާ ހުރީ ޔައިޝް މިއުޅޭ ވައްތަރަކުން އުނދަގޫ ވެފައެވެ. އޭނާ ދެއަތް އުރާލައިގެން ހުރީ އެހެންވެއެވެ. “ޔައީޝް ތި އަވަހަށް އެއްޗެހި ލާން އުޅޭ..” ޒިވާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. އެއީ އޭނާ ޔައިޝްއާއި އެގޮތަށް ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. އޭނާ ގަތް ލަދުގެ މައްޗަށް ހިތްހަމަ ނުޖެހުން ވެރިކޮށްލިއެވެ.  ޒިވާ އެހެން ހުއްޓެއް ކަމަކު ލޯގަނޑުން އޭނާގެ ސޫރަ ފެނެއެވެ. ޔައީޝް ފޫހިކަމެއްނެތި އެ މޫނައް ބަލަން ހުއްޓެވެ. އެއީ ހަމަ މީގެ ހައަހަރު ކުރީގެވެސް ޒިވާއެވެ. ހަމަ އެމޫނެވެ. ރުޅި އައީމަވެސް ހަމަ އެހާ ލޯތްބެވެ. ތަފާތީ އެންމެ ކަމެކެވެ. ކަނާތް ފަރާތު ބުމަ ކައިރީގައިވާ ލަކުނެވެ.

ޔައީޝް ޒިވާގެ ގާތަށް ޖެހިލާ އޭނާގެ ކޮލަށް ބޮސް ދިނެވެ. އޭނާއަށް ނޭނގި ހުއްޓާ ޔައީޝް ކޮށްލި ކަމަކުން ޒިވާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާ އަވަހަށް ޔައީޝް ގާތު ދާންވެއްޖެ ކަމަށް ބުނެ ފާޚާނާއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ޒިވާ ދެން ދިޔަ ގޮތަށް ގޮސް އޭނާގެ ހެދުން ހިފައިގެން ވަނި ފާޚާނާއަށެވެ. ޔައީޝްގެ ތުންފަތުގައި ކާމިޔާބިގެ ހިނިތުންވުމެއް ދުވެލައިފައިވެއެވެ.

ފާޚާނާއިން ނިކުންނަމުން ޒިވާ ބޭރަށް ބޯދިއްކޮށްލައިފައި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ހީވަނި ސިއްރުން ތާކަށް ވަންނަން އުޅޭހެންނެވެ. ކޮޓަރިން އެކަކުގެ ހިލަމެއްވެސް ނުވުމުން އޭނާ ނިކަން ހަމަޖެހިލައިގެން ގޮސް ތުވާލިއަޅުވަން ޚާއްސަ ހަރުގައި އޭނާގެ ތުވާލި އަޅުވާލިއެވެ. އެއިރުވެސް އޭނާގެ ބޮލުގައި ކުޑަ ބުރުގާ އޮތެވެ. “ކާކު ނުފެނިގެން މާވަރަކަށް ތި ހޯދަނި؟” ޒިވާ ސިއްސައިގެން ގޮސް ފަހަތް ބަލާލެވުނީ ނުހަނު ގާތުން ޔައީޝްގެ ބަރު ފިރިހެންވަންތަ އަޑު އިވުމުންނެވެ. “ޔަ.. ޔައީޝް.. އެކަމް ދެންމެ..” ޒިވާ ބުނަން އުޅުނު އެތި ޔައީޝް މެދު ކަނޑާލިއެވެ. “ބަލަ މިއީ ހަންޑިއެއް ނޫނޭ ތިހާ ބިރުން ތިއުޅެނީ.. މިތާ އަލަމާރިގެ ކޮޅުގަ ޔައި ހުރީ.. އެކަމް ބިރުން ހުރި ވަރުން ޒިވްއަށް ނުފެނުނު.. ޕިސް ޕިސް.. ތިހާ ބިރުން އުޅެންޏާ ހަންޑިއެއް އައިސް ކާލަފާނެ..” ޔައީޝް ސަމާސާ ކޮށްލިއެވެ. އެހިނދު ޒިވާ އޭނާއަސް ލޯއަލާލިއެވެ. އަދި ޔައިޝްގެ މޭމަތީގައި އަޅާ މަޑުމަޑުން ކޮށްޕާލީ އިހަށް ބޭރަށް ދާށޭ ބުނެފައެވެ. ޒިވާގެ ލަދުރަކިކަން އެނގޭތިވެ ޔައީޝްވެސް ބަސް އަހައިގެން ނިކުމެ ބޭރުގައި ސޯފާގައި މަޑުކޮށްލީ އޭނާގެ ދަބަސް ހިފައިގެންނެވެ.

ފަނަރަ ވަރަކަށް މިނެޓަށް ފަހު ޒިވާ އޭނާގެ ފޮށްޓާ ދަބަސްތައް ހިފައިގެން ކޮޓަރިން ނިކުތެވެ. އެއިރު ފެންނަން ހުރީ އޭނާގެ ހަމައެކަނި ދެލޮލެވެ. ޒިވާ އޭނާގެ ފޮށިތައް ސިޓިންގް ރޫމަށް ނެރުމަށްފަހު ގޮސް އާމިރުމެންގެ ކޮޓަރި ދޮރުގައި ޓަކި ދިނެވެ. އެހިނދު ނިކަން އަވަހަށް އެކޮޓަރީގެ ދޮރު ސުމައްޔާ ހުޅުވާލިއެވެ. “މަންމާ.. ބައްޕާ.. އަޅުގަނޑުމެން ދަނީ އިނގޭ..” ޒިވާ އެމީހުން ކައިރީ އަދަބުވެރިކަމާއެކު ބުނެލިއެވެ. ޔައީޝް އިނީ އަދިވެސް އެއީ ހަމަ ޙަޤީތަގައިވެސް އެމީހުންގެ ދަރިއެއްތޯ ހިތަށް އަރައިފައެވެ. ނަމަވެސް އެހިނދު އޭނާގެ ސިކުނޑީގައި ކޮށްޓާލި ޚިޔާލަކުން އެކަން ޤަބޫލުކުރަން ދެކޮޅު ހެދުނެވެ. އާމިރުއަށް އޭނާ ޒިވާގެ މާޒީއާއި ގުޅޭގޮތުން ސުވާލުކުރިކަން އެނގުނެވެ. އެކަމަކު ކީއްވެބާވައެވެ؟ ކޮންމެޔަކަސް މިއީ ހަމަ އޭނާގެ ޒިވާއެވެ. ޔައީޝްގެ ހިތަށް އެވަގުތު މޮޅު ޚިޔާލެއް އައެވެ. އޭނާ ހިނިތުންވެލީ އެހެންވެގެންނެވެ.

ސުމައްޔާ ގައިގައި ބައްދާލުމަށްފަހު ޒިވާ އަނބުރާ ސިޓިން ރޫމަށް ނިކުތެވެ. އެއިރު އެމީހުންވެސް އައިސް އެތާ ހުއްޓެނީއެވެ. ޔައިޝް އޭނާގެ ދަބަސް ކޮނޑުގައި އަޅުވާލިއެވެ. އެއަށްފަހު ޒިވާގެ ފޮށި އެއްއަތުން ހިފައިގެން އަނެއް އަތުން ދެން ހުރި ދަބަހުގައި ހިފަހައްތާލިއެވެ. ޒިވާވެސް އޭނާގެ ކޮނޑުގައި ބާކީ އިން ދަބަސް އަޅުވާލިއިރު އަނެއް ކޮނޑުގައި އޭނާގެ އަތްދަބަސް އަޅުވާލައިފައިވެއެވެ. ލިފްޓު ހުރިކަން އެއީ ނަސީބެކޭ ޒިވާގެ ހިތަށް އެރިއެވެ.

“ހާދަ ބަރޭ.. މިއަށް ގާ އަޅާފަތަ؟” ޔައީޝް ސަމާސާ ރާގަކަށް ލިފްޓުގައި ހުރެ ޒިވާއާއި ސުވާލުކޮށްލިއެވެ. ރޭން ފެށިގެން އޭނާ އެ މަސައްކަތް ކުރަނީ އެދެމެދުގައި އޮތް ދުރުކަން ކުޑަކުރުމަށެވެ. އަނބުރާ އޭނާގެ ޒިވާ ގެނައުމަށެވެ. ޒިވާގެ ފަރާތުންވެސް ކުޑަކޮށް މިހާރު އޭނއަށް އެއްބާރުލުން ލިބެން ފަށައިފިއެވެ. ޒިވާ ދެލޯ ހަނިކޮށްލިގޮތުން ޔައީޝް ގާތަށް ހިނިއައެވެ. ލިފްޓްގެ ދޮރު ހުޅުވުމުން ދެމީހުން ނިކުމެގެން ގޮސް ކާރުކައިރީ މަޑުކޮށްލިއެވެ. ޔައީޝް ކާރަށް ފޮށްޓާއި ދަބަސްތައް އެޅުމަށްފަހު ޒިވާ އަރަންވީ ފަރާތުގެ ދޮރު ހުޅުވާލަދިނެވެ. އެއަށްފަހު އޭނާ ގޮސް ކާރަށް އެރިއެވެ. ޔައީޝްގެ އެ ޙަރަކާތުންވެސް ޒިވާގެ ހިތުގައި ޔައީޝްއަށް އޮތް މަޤާމު މަތިވެގެން ދިޔައެވެ.

އިރުކޮޅެއް ވާންދެން ދުއްވުމަށްފަހު ދެމީހުން އެއްޗެހި ހިފައިގެން އެތެރެއަށް ވަދެގެން ގޮސް ލިފްޓަށް އެރިއެވެ. ކުރިން އެއްފަހަރެއްގައި މިގެއަށް އައިސްފައި ވީނަމަވެސް މިއަދު އޭނާއަށް ކުރެވެނީ މުޅިން އެހެން ކަހަލަ އިޙުސާސެކެވެ. ޔައީޝްގެ ފަހަތުން އޭނާވެސް ނިކުމެގެން ދިޔައެވެ. ޔައީޝް މަޑުކޮށްލުމުން އޭނާވެސް ޔައީޝްގެ ވާތް ފަރާތުގައި މަޑުކޮށްލިއެވެ. އެހިނދު ޔައީޝް އެގޭގެ ދޮރުގައި ޓަކި ދިނެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ގޭގެ ދޮރު ހުޅުވާލީ ނަވާރް އެވެ. ޒިވާމެން ތިބިތަން ފެނި އޭނާ ފުޅާ ހިނިތުންވުމެއް ވެރިކޮށްލިއެވެ. ހަމަ އެވަގުތު ޒިވާ ކިއުޓީ ޕައި އޭ ކިޔާ އޭނާއަށް މުޚާތަބު ކުރުމުން އެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. ދެމީހުން އެތެރެއަށް ވަދެގެން ދިޔައިރު އެންމެން ގޭތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. ތިންވަރަކަށް ފޮށި އެއިރު ސިޓީންގް ރޫމަށް ނެރެފައިވެއެވެ.

މިއަދު މިއީ އެންމެން ފުރާ ދުވަސްކަމުން މިހާރު އެހުރީ ފޮށިތައް ތައްޔާރުކޮށްފައެވެ. ނައިޝަމް އެމީހުންގެ ދަރިފުޅު ނަވާފް އުރާލައިގެން ބެލްކަނީގައި ހުރިއިރު ޔަންހާއާއި ހައިފާ އަދި ނޫރީން ބަދިގޭގައި ޙަރަކާތްތެރިވަމުން ދިޔައެވެ. ޒައިފް އާއި ޔާސީންވެސް ލެޕްޓޮޕް އިން ކޮންމެވެސް މުހިއްމު މަސައްކަތެއް ކުރަން ތިއްބެވެ. އެމީހުންގެ ޙާލަކީ އެއީއެވެ. ހުސް ވަގުތުކޮޅެއް އެމީހުންނަކަށް ދުވަހަކުވެސް ނުލިބޭނެއެވެ. އަބަދުވެސް ބިޒްނަސްގެ ކޮންމެވެސް ކަމެއްގައި ތިބޭނީ ބިޒީވެފައެވެ.

އެއިން އެކަކަށްވެސް އެއީ ޒިވާކަމެއް ނޭނގެއެވެ. ޔައީޝް ހުރީ އެމީހުންގާތު އެވާހަކަ އަދި ނުބުނަން ނިންމައިގެންނެވެ. ރޭގައިވެސް ކަންތައް ވިގޮތް އޭނާގެ ހަނދާނުން އަދި ކައްސައެއް ނުލައެވެ. ކޮންމެޔަކަސް އޭނާ އަދިވެސް ކެތްކުރާނެއެވެ. ﷲ ވޮޑިގެންވަނީ ކެތްތެރީންނާ އެކީކަން ﷲގެ އިރާދަފުޅުން އޭނާގެ ހަނދާނުން ކައްސައެއް ނުލައެވެ.

ބަޔަކު ވަތްކަން އެނގިގެން ގޭތެރޭގައި ޙަރަކާތްތެރިވަމުންދިޔަ އެންމެން ދޮރާއިދިމާލަށް ބަލައިލިއެވެ. އެއިރު ޔައީޝްމެން ތިބިތަން ފެނި އެންމެންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ އުޖާލާކަމެވެ. “އަނހަ.. ދަރިފުޅުމެން އައީތަ؟” ހައިފާ ނުހަނު ލޯބިން ޔައީޝް އަދި ޒިވާއަށް ސުވާލުކޮށްލިއެވެ. އެހިނދު ދެމީހުންވެސް ބޯ ޖަހާލުމަކުން ފުއްދާލީއެވެ. އެމީހުންނާއި ޒިވާ މިހާރު ނުހަނު ގުޅެއެވެ. އެއީ ކައިވެނީގެ ކުރިން އެމީހުންގެ އެކި އެކި މަސައްކަތްތައް ކުރުމުގެ ތެރޭގައެވެ. އެއީވެސް ނަސީބެކޭ ޔައީޝްގެ ހިތަށް އެރިއެވެ.

ޒިވާ އޭނާ އަޅުވައިގެން ހުރި ދަބަހާ އެއްކޮށް ކާބަޔަށް ވަދެގެން ދިޔައެވެ. އެއަށްފަހު އެތަނުން ގޮނޑިއެއް ދަމާލައިފައި އެގޮނޑީގައި ދަބަސް ބައިންދާލިއެވެ. “މަންމަމެން ކޯންޗެއް ކައްކާލަނީ؟” ޒިވާ އެކުވެރި ރާގަކަށް އަހާލިއެވެ. އެހިނދު ނޫރީން ހެނދުނު ނާސްތާއަށް އެމީހުން ތައްޔާރު ކުރަމުންދިޔަ ބާވަތްތައް ކިޔާލިއެވެ. ޒިވާ އަތްގާތް ކޮށްލަދޭން އުޅުމުންވެސް އެމީހުން ބުނީ މިއަދަކު ނޫން ކަމަށެވެ. އެއްގޮތަކަށް އޭނާ އެތަނާ ކައިރިވިޔަކަ ނުދިނެވެ.

ޔަންހާ އޭނާގެ އަތުގައި ހިފައިގެން ދިޔަ ގޮތަށް ގޮސް ޔައީޝް ގާތު ބެހެއްޓިއެވެ. އަދި ސައިބޯންވީމަ ނޫނީ އެތަނަށް ނައުމަށް ބުންޏެވެ. ޒިވާ ދެއަތް އުރާލަމުން ޔައީޝްއާއި ދިމާލަށް ބަލައިލިއެވެ. ޔަންހާވެސް ހެމުން ހެމުން އަނބުރާ ދިޔައެވެ.

ނައިޝަމް ނަވާފް ސިޓިންގް ރޫމަށް ދޫކޮށްލުމަށްފަހު ކޮންމެވެސް ކަމަކު ކޮޓަރިއަށް ދިޔައެވެ. “ކުލޭ..” ނަވާފް ދުވަމުން ކަހަލަ ގޮތަކަށް ޔައީޝް ގާތަށް އައެވެ. “ހެހެހެ.. އެކަކު ކުވޭ.. އަނެކަކު ކުލޭ.. ޔައީޝް އާއި ދިމާލަށް ރަނގަޅަކަށް ނުކިޔާ ދޯ އެކަކުވެސް.. އެހެން ވާނީ މާ އުނދަގޫ ނަންނަން އެކުދިން ލައްވާ ކިޔުއްވަންޏާ..” ޒިވާގެ ފަރާތުން އެތަކެއް ދުވަހެއް ވަންދެން ނުފެނި ހުރި ސިފައެއް މިއަދު ފެނުމުން ޔައީޝްގެ ހިތަށް ހަމަޖެހުން ލިބުނެވެ. “ހާދަ ލޯބި ލޯބި ކުއްޖެކޭ… ނަވާފް.. ކޮން ނަމެއްތަ ނިކްނޭމް އަކަށް ކިޔަނީ؟” ޒިވާ ނަވާފް އާއި އެއްހަމައަކަށް ތިރިވެލަމުން ސުވާލުކޮށްލިއެވެ. ނަވާފްވެސް އުފަލުން ހުރެ ހިނިތުން ވެލުމަށްފަހު ޖަވާބު ދިނެވެ. “ނިކްނޭމް ނީނދެ ކޮއްކޮއަކަށް.. މަންމަމެން ކިޔަނީ ކޮއްކޮ..” ނަވާފް ޖަވާބު ދިންލެއް ލޯބިކަމުން ޒިވާގެ ހިތް ލޯބިން ފުރިގެން އައެވެ. އޭނާ ނަވާފްގެ ކޮލުގައި ހިފާލުމަށްފަހު އެކޮލުގައި ބޮސްދިނެވެ. ބަދަލުގައި ނަވާފްވެސް އެގޮތަށް ކަންތައް ކުރިއެވެ.

“އައިޝާ ދައްތާ..” ކުޑަ ކަކޫ ޖަހައިގެން އިން ޒިވާ އަށް ސިހުން ގެނުވީ ނަވާރްގެ އަޑަށެވެ. އެމީހުންނަކަށް އެއީ ޒިވާކަމެއް އެއްވެސް ވަރަކަށް ނޭނގެއެވެ. ޒިވާވެސް ނަވާރްއަށް ބަލައިލީ ނަވާރް ސުވާލެއް ކުރަން ބޭނުންވި ފަދައަކުން ގޮވާލީމައެވެ. “އޯކޭތަ ނަވޫ ތިއްތު ކިޔަސް؟ އައިޝާ ދައްތަ ނަވޫ އަށް ކިއުޓީ ޕައި ކިޔާތީ ނަވޫގެ ތިއްތު މަތިން ވަރަށް މިސްވޭ.. އެހެންވެ.. ހެޔޮތަ އެހެން ކިޔަސް؟” ނަވާރް ކުޑަކޮށް ހިނިތުން ވެލަމުން ޒިވާ ގާތު އެހިއެވެ.

ނަވާރްގެ ދުލުން ތިއްތުއޭ ބުނި އަޑަށް ޒިވާއަށް ނިކަން ކުޑަކުޑަ އަޑަކުން ތިއްތޫއޭ ކިޔާ އެތަށް ފަހަރަކު ގޮވާކަހަލަ އިޙުސާސެއް ކުރެވިގެން ދިޔައެވެ. އެވަގުތު އޭނާގެ ބޮލުގައި ހިފަހައްޓާލީ ބޮލުގައި ރިއްސައިގަތުމުންނެވެ. ގާތުގައި ހުރި ޔައީޝްއަށް އެމަންޒަރު ފެނި އޭނާ ޒިވާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ނަސީބު ކަން ދިމާކުރިގޮތުން އިރުކޮޅަކުން އޭނާ ހަމަޔަކަށް އެޅިއްޖެއެވެ.

“އޯކޭ..” ގާތުގައި ޒިވާއަށް ވީގޮތުން ކަން ބޮޑުވެފައި ހުރި ނަވާރްއަށް އޭނާ ޖަވާބެއް ދިނެވެ. އެހިނދު ނަވާރް އުފަލުން އޭޏާ ގައިގައި ބައްދާލިއެވެ. ޒިވާވެސް ނަވާރްގެ ބޮލުގައި ފިރުމާލިއެވެ. “ކޮއްކޮވެސް އެހެން ވީމަ ދެން ކިޔާނީ ތިއްތު..” ނަވާފް ދެއަތް ފުރަގަހަށް ލަމުން ނިކަން ހެވިލައިފައި ބުނެލިއެވެ. ޒިވާވެސް އޭނާގެ ކޮލުގައި ހިފާލުމަށްފަހު ހީލިއެވެ.

“ނުވައެއް ޖެހުމުގެ ކުރިން އެއާޕޯޓަށް ދާންޖެހޭނެ ދޯ މަންމަމެން..” ކެއުމުގެ ތެރެއިން ޔައީޝް ސުވާލުކޮށްލިއެވެ. އެހިނދު އެމީހުން އެކަމާއި އެއްބަސްވިއެވެ. “ދާންވީ ދެން އެންމެން ރެޑީ ވާން.. އަދި ކަނޑުދަތުރެއް ކޮށްފަ ދާން ޖެހޭނީ..” ހައިފާ ބުނެލިއެވެ. އެވަގުތު އެންމެން ބޯޖަހާލިގޮތުން އެކަމާ އެއްބަސްވިކަން އެނގިގެން ދިޔައެވެ.

ކެއުމަށް އިންސާފުކުރުމަށްފަހު އެންމެން އެކި ކޮޓަރިތަކަށް ވަދެގެން ދިޔައީ ފުރަން ތައްޔާރު ވުމަށެވެ. އެހެން ކަމުން ޔައީޝް އާއި ޒިވާ ބޭރު ސޯފާގައި މަޑުކޮށްލިއެވެ. ޒިވާ މުޅި ގޭތެރެއަށް ފުން ނަޒަރެއް ހިންގާލުމަށްފަހު ބެލްކަންޏަށް ނިކުމެލިއެވެ. ހެނދުނުގެ އެ ވަގުތުގައި މާތަށް ފަރިވެ ފޮޅެމުން ދިޔައެވެ. ހަމައެކަނި އެމަންޒަރުންވެސް އޭނާގެ ހިތަށް ހިތްހަމަޖެހުން ލިއްބައިދިނެވެ. އޭނާއަށް ސުބްޙާނައްﷲ އޭ ބުނެވުނީ ﷲގެ ކުޅަދުންވަންތަކަން ފެނިފައެވެ. ތަފާތު ކުލަތަކުގެ އެކި ބާވަތްތަކުގެ މާތަކުން އެ ބެލަކަނި ވަނި ފަޅުފިލުވާލަ ދީފައެވެ. ޒިވާ އެތަނުން ގަސްތަކާ ކައިރިވެލުމަށްފަހު ދެކަކޫ ޖަހާލިއެވެ. އަދި މާތަށް ކައިރިން ބަލަމުން ދިޔައެވެ. އޭނާއަކީ މަލަށް ނުހަނު ލޯބިކުރާ ކުއްޖެކެވެ. އެކަހަލަ ކުދި ކުދި ކަންކަމާހުރެ ޒިވާއަށް ހުރިހާގޮތަކުންވެސް އެގޭ ކަމުދިޔައެވެ.

ސޯފާގައި އިން ނަމަވެސް ޔައީޝް އިނީ ޒިވާގެ ޙަރަކާތްތަކަށް ބަލާށެވެ. އެވަގުތު ސިކުނޑިއަށް ވެރިވެގަތް ޚިޔާލަކުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެއަށްފަހު ދިގު ފިޔަވަޅުތަކެއްގައި ގޮސް ބެލަކަންޏަށް ނިކުތެވެ.

ދެކަކޫޖަހައިގެން އިން ޒިވާ ދިޔައި ސިއްސައިގެންނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. ޔައިޝް އޭނާގެ އަތުގައި ހިފައި ކުއްލިޔަކަށް އެތެރެއަށް ދަމާލީއެވެ. “އައުޗް..” ޒިވާގެ އަތަށް ތަދުވުމުން އޭނާގެ އަނގައިން މަޑު އާހެއް ބޭރުވެގެން ދިޔައެވެ. ޔައީޝްއަށްވެސް ދެންމެ ކަންތައް ކުރެވުނު ގޮތް ރޭކާލީ އަދި ކިރިޔާއެވެ. “ސޮރީ.. ތަދުވިތަ ވަރަށް؟ ވަރަށް ބޮޑަށް ސޮރީ އިނގޭ.. އެކަމް ޒިވް އެކަނި ބެލްކަންޏަށް ނުނިކުންނައްޗޭ މީގެފަހުން.. ޕްލީޒް..” ޔައީޝް އާދޭހުގެ ރާގަކަށް ޒިވާގެ މޫނުގައި ހިފަހައްޓާލަމުން ބުނެލިއެވެ. ކުރިން ކަންތައްވީގޮތަށް މިފަހަރު އަނެއްކާ ވާކަށް އޭނާ ނޭދެއެވެ.

ދެމީހުންނަށް ސިއްސައިގެން ގޮސް ދުރުވެލެވުނީ ކޮޓަރިއެއްގެ ދޮރު ހުޅުވުނު އަޑަށެވެ. ނަސީބަކުން ދޮރު ހުޅުވައިފަ ކޮތަރިން ނިކުތް ހައިފާއަށާއި ޔާސީންއަށް އެމަންޒަރެއް ނުފެނުނެވެ. ދެމީހުންނަށްވެސް ހިތާހިތުން ﷲއަށް ޙަމްދުކޮށްލެވުނެވެ. “ކޮބާ ނުނިކުމޭތަ ނޫރީން މަންމަމެން؟ ދޮންތަމެންވެސް ނުނިކުމެއެއްނު..” ހައިފާ ސޯފާގައި އިށީންނަމުން ބުނެލިއެވެ. އިރުކޮޅަކުން ދޮރު ހުޅުވާފަ ނަވާފް ދުވަމުން އަންނަތަން ފެނުނެވެ. “ކޮއްކޮ ރެޑީ.. ދޮންތި ރެޑީވަނީ.. މަންމިވެސް ޑެޑީވެސް ނުނިމޭ..” ނަވާފް އެއްފައްޗަކަށް އަމުނާލިއެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ނައިޝަމް އާއި ޔަންހާ އަދި ނަވާރްވެސް ކޮޓަރިން އަންނަތަން ފެނުނެވެ.

“އަނގަ ގަދަ ކުއްޖެކޭ ދޯ މީ..” ޔައީޝް ނަވާފް އުރާލަމުން ބުނެލިއެވެ. އެހިނދު އޭނާ ހޭން ފެށިއެވެ. އެންމެން ނިކުމެ ހަމަވުމުން ގެއިން ނިކުމެ ކާރުގައި ދުއްވާލިއެވެ. ފެރީއަށް އަރައިގެން ފަސްވަރަކަށް މިނެޓުގެ ދަތުރަކަށް ފަހު ހުޅުލެއަށް އާދެވުނެވެ. ފެރީއަށް އެރީއްސުރެ ނަވާރް އާއި ނަވާފްގެ ވާހަކަ ހުސްނުވެއެވެ. ދެމީހުން ތިއްތު ކިޔާތީ ނޫރީންމެންވެސް ތިބީ ވާނުވާ ނޭނގިފައެވެ. “ނަވޫ މިއަދު އޭނާއާއި ދިމާލަށް ތިއްތު ކިޔަސް ހެޔޮ ހެއްޔޯ ކިޔައިފަ އެހިސާބުން އެހެން އެ ކިޔަނީ ދެމީހުން… ނަވާރް އެހެން ބުނި ތަނާ ނަވާފް ވެސް ކިޔައިފި ތިމަންނާވެސް އެހެންނޯ ދެން ކިޔާނީ..” ނަވާފް އުރާލައިގެން ނަވާރް ގޮވައިގެން އެހެން މީހުންނާއި ތަންކޮޅެއް ދުރުގައި ޒިވާ އުޅެނިކޮށް ލުއި ހިނިތުން ވުމަކާއެކު ޔައީޝް އެހެން މީހުންނަށް ކިޔައިދިނެވެ. އެންމެންވެސް އުފާވެރި ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

ފަނަރަ ވަރަކަށް މިނެޓަށްފަހު ޔައީޝް އާއި ޒިވާ ފިޔަވާ އެންމެން ފުރާ މީހުންގެ ދޮރޯށިން ވަދެގެން ދިޔައެވެ. ޔައީޝް އާއި ޒިވާވެސް އެމީހުންނަށް ހަނާ އަޅާލުމަށްފަހު މާލެ ދާންވެގެން ނިކުންނަން ދިޔައެވެ. ނަމަވެސް އެނބުރިލީ ވަގުތު ޔައީޝގެް ގައިގައި މީހަކު އަޅައިގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ާަައިންތިޒާރުގައި ވަމޭ

Next

ވަކިވެ ދިޔައަސް

Next
June 7, 2018

ވަކިވެ ދިޔައަސް

Previews
June 7, 2018

ާަައިންތިޒާރުގައި ވަމޭ

105 Comments!

  1. ?penguin says:
    June 7, 2018 at 1:05 pm

    Yayyy me first dhww

    1. noor says:
      June 7, 2018 at 5:39 pm

      yess dear first.. congratulations dear.. 🙂

  2. Aki says:
    June 7, 2018 at 1:06 pm

    haadha rangalhey writer

    1. noor says:
      June 7, 2018 at 5:40 pm

      aww.. vrh ufaavehje dear thihen bunelyma.. 🙂

  3. noor says:
    June 7, 2018 at 1:07 pm

    assalaamu a’laikum my dear readers.. 🙂 hurihaakudhin kihineh? 🙂 noor bunymehnu thankolheh kurin surprises ebahuttey adhi readers ah.. dhw? 🙂 noor handhaan vaa gothun aee episode 17 or 18 ga kanneynge, noor kuri comment ehga evaahaka bunelaafa innaany.. 🙂 miothy e bodu bodu surprise.. kihineh vany hurihaa kudhinnah mi surprise? 🙂 ummeedhu kuran mi part ves hurihaa kudhinnah kamudhaane kamah.. 🙂 and vvvvvvv bodah hurihaa kudhin gaathun maafah edhen ingey thikudhinge comment thakah noor ah reply nukureveythy.. mivaguthu hama heyvattaalaafa noor mi reply kurany thikudhinge comment thakah.. hehe.. 🙂 LY all.. 🙂

  4. Areen says:
    June 7, 2018 at 1:10 pm

    Wow….v salhi?

    1. noor says:
      June 7, 2018 at 5:41 pm

      jazakallah khair Areen dear.. 🙂

  5. lee says:
    June 7, 2018 at 1:19 pm

    plxx aneh part ves miadhu up kodheeba.. story varah habbu

    1. noor says:
      June 7, 2018 at 5:42 pm

      alhey dear, vrh vrh vrh bodah sorry ingey.. ekam miadhaku nxt episode noor ah nugeneveyne.. 🙁 jazakillah khairan lee.. 🙂

  6. Amee says:
    June 7, 2018 at 1:29 pm

    And me secound…….
    Story is very nice….
    I love this story……thanks noor for giving such a nice story…?????

    1. noor says:
      June 7, 2018 at 5:43 pm

      dear mifaharu top 5 ga himenihje.. congrats dear.. 🙂 ehn faharakun 1st or 2nd ah lavvaalaatho try kollaany dhw.. 🙂 jazakillah khairan dear.. 🙂 aww, marhabaa dear.. 🙂

  7. unique says:
    June 7, 2018 at 1:32 pm

    seriouely majaa majaa… kiyaalaafa comment eh kollanan

    1. noor says:
      June 7, 2018 at 5:44 pm

      hehe.. 🙂

  8. eekko says:
    June 7, 2018 at 1:35 pm

    ziv is back…vvv hppy 🙂 the stry is owsm

    1. noor says:
      June 7, 2018 at 5:45 pm

      hehe.. 🙂 asluvestha? dear mn happy vehjiyyaa e v.. 🙂 jazakillah khairan dear.. 🙂

  9. lotus says:
    June 7, 2018 at 1:45 pm

    Yahoo.. i kinda want to throw a party to celebrate this.. zeev is bek… soooo hapy.. writr ah hama saabas.. kiyun theringe hi’ thalhuvan v molhu???

    1. noor says:
      June 7, 2018 at 5:48 pm

      hehe.. 🙂 hehehehe.. asluvestha? thihen viyyaa e v ingey.. dear mn ufaaviyyaa noor ves happy.. 🙂 hehehe..

  10. Someone says:
    June 7, 2018 at 1:49 pm

    Masha Allah.?❤Vvv furihama mi bai ves. Kon irakun next part?? Eagerly waiting.. ??.

    1. noor says:
      June 9, 2018 at 5:17 pm

      jazakillah khairan dear.. 🙂 in sha allah miadhu kamah noor mi balany.. 🙂

  11. Anonymous says:
    June 7, 2018 at 1:50 pm

    Woooow.. speechless.. varah reethi. Waiting for next part. Next part maadhan tha noor dear?

    1. noor says:
      June 9, 2018 at 5:18 pm

      jazakillah khairan dear.. 🙂 miadhu in sha allah.. 🙂 vvvvv bodah sorry ingey las v ma.. 🙁

  12. Blue ? says:
    June 7, 2018 at 1:54 pm

    This is my first comment in this story. But regularly I read every single part inge. The story is so good. Hama speechless. Vvv ufaavey mihaa reethi dheeny vaahaka eh kiyaalan libeythee. Proud of you noor dear. Waiting for the next part. ??

    1. noor says:
      June 9, 2018 at 5:19 pm

      oh.. asluvestha? vrh vrh vrh ufaavehje noor.. 🙂 aww.. 🙂 vrh vrh vrh happy vey aslu dear mn thihaa supportive v ma.. 🙂

  13. maya says:
    June 7, 2018 at 1:59 pm

    yey..ziv is back….bt noor 19 vana episode ga maya kuri comment publish eh nuveyyy??why????btw as i thought hama egothah evy..ziv ehery bolah libunu gehlumuga memory loss vefa,,…vv salhi ey neih hama story aa beheygothun bunaane ehcheh ves..rangalhah vijjihyya yaish gaiga thi alhaigathy raifa dhww..vvvvvv habeys noor u r the best,….much loves>3>3>3>3>3

    1. noor says:
      June 9, 2018 at 5:41 pm

      hehe.. dear mn ge huvafen hageegathah v dhw aee.. 🙂 ehn tha? alhey dear, noor ah hama ehgothakah ves neynge comment publish vumaa dheytherey ehcheh bunaakah.. 🙂 hehe.. jazakillah khairan dear.. 🙂 hingaaba dhw balailan aee kaakutho.. 🙂 alhey.. vvvvv ufaavehje dear thihen bunelyma.. dear mn thihaa supportive v ma noor ves vrh vrh vrh vrh vrh ufaavey.. 🙂 <3<3<3<3<3

  14. ira says:
    June 7, 2018 at 2:04 pm

    vvvv nice……. ziv is back…..yes..noor sis…… wait for next…

    1. noor says:
      June 9, 2018 at 5:43 pm

      jazakillah khairan dear.. 🙂 hehe.. 🙂 keep waiting dear.. 🙂 in sha allah miadhu up vaane kamah mibalany.. 🙂

  15. unique says:
    June 7, 2018 at 2:04 pm

    asluves vvvv loabi loabi story noor….. Maasha Allah ur using ur talent so nicely…. this story melts our heart in each part sooo sooo nice of u noor ………..may Allah bless u

    1. unique says:
      June 7, 2018 at 2:06 pm

      thank u so soo much…… n the surprise was so sooo awesome seriously

    2. unique says:
      June 7, 2018 at 5:49 pm

      ziv maru vi kamah hadhaafa sad kollaafa fahun happy koh dhinythy thanks a loooot

    3. noor says:
      June 10, 2018 at 9:15 pm

      jazakillah khairan dear.. 🙂 hehe 🙂

    4. noor says:
      June 10, 2018 at 9:17 pm

      and, marhabaa dear.. 🙂 vrh vrh vrh vrh bodah shukuriyyaa dear thihaa supportive v ma.. ingey.. 🙂 konme faharakuves thihaa loabi loabi comments thah kollaathyve vrh vrh vrh ufaavey noor alsugaves.. 🙂

  16. Mal says:
    June 7, 2018 at 2:12 pm

    Yes yes varah reethi masha Allah❤❤❤❤❤❤… Ziv is back dhw… V going mihaaru balaahiyvanii.. Avahah up kuranchey next part..???.. Waiting??❤

    1. noor says:
      June 10, 2018 at 9:18 pm

      hehe.. jazakillah khairan dear.. 🙂 yess dear.. 🙂 hehe.. up vefa iny mihaaru.. 🙂

  17. Nunnu says:
    June 7, 2018 at 2:36 pm

    Masha Allah vv reethi
    Vv Sali noor ge supreme ves
    Dhen Konirakun tjnext part up kolladheynee
    Maadhan dho
    Vv kiyaahiy vey eba
    Thanks noor mi part Thankolheh Avahah up kolldhineemaa

    1. noor says:
      June 10, 2018 at 9:19 pm

      al’hamdhulillah and jazakillah khairan dear.. 🙂 hehe.. up vefa iny mihaaru.. 🙂 marhabaa dear.. 🙂

  18. kokee says:
    June 7, 2018 at 2:37 pm

    noor……i want to meet you….what should i do….plss plss tell me..anyways story hama super…. Maasha Allah…….this is my first comment….hama noor aa bahdhalu kuran hadhaane goi olhun filuvan… cuz you have said you are in male and i am also living in male…. ly noor dear

    1. noor says:
      June 10, 2018 at 9:23 pm

      yess dear.. 🙂 alhey.. hehe.. i think we could talk like this, right? kihineh v dear noor ae ehaa meet kollaa hiyy v? hama ahaaly ingey.. hehe.. 🙂 jazakillah khairan dear.. oh.. ehn tha? alhey dear.. noor miee ehaa beyrah dhaa meeheh noon.. hehe.. plus noor ekani thanthanah nudhan.. 🙂 <3<3<3<3<3

  19. Mate says:
    June 7, 2018 at 2:40 pm

    Salhi surprise eh….. n vaahaka ves varah reethi…….keep it up dear……

    1. noor says:
      June 10, 2018 at 9:24 pm

      hehe.. jazakillah khairan dear.. 🙂

  20. Mishy says:
    June 7, 2018 at 3:39 pm

    Alheyy.. noor.. ?????????????this prt is awesomee ?????????????vrh vrh obi..???????????.. superb….??????????????????????.. masha allah… god bless yu for the hrd wrk…. maiyy allah thibaa ah faafafussavaa dhevvr thibaa ge masakkathuga barakaiyy lavvaashi…????????????? … alhamdhulillah… xiv is backk… ?????????btw her memory is lst…????????????e kyvve thr amir mn ekn sirru kurny??????????????.. whn nxt? Vrh vrh curious vejje…ly… ❤❤❤❤❤❤❤❤❤❤❤❤????????????⚘⚘⚘⚘⚘⚘??????

    1. noor says:
      June 10, 2018 at 9:27 pm

      ma sha allah.. haadha colorful comment ekey.. yess dear.. 🙂 hehe.. jazakillah khairan dear.. 🙂 maaiyy allah thibaa ah heyo rahmaiyy lavvaa thibaage faafa fussavaashi.. 🙂 al’hamdhulillah! yes, ziv is back.. 🙂 hingaaba dhw balailan sababu.. 🙂 up vefa iny dear.. 🙂 <3<3<3<3<3

  21. Malaak says:
    June 7, 2018 at 4:54 pm

    Varah salhi noor??

    1. noor says:
      June 10, 2018 at 9:28 pm

      jazakillah khairan dear.. 🙂

  22. Fathimath says:
    June 7, 2018 at 5:11 pm

    Mi part varah reethi Maasha Allah…Curiously waiting for the next part…

    1. noor says:
      June 10, 2018 at 9:28 pm

      jazakillah khairan dear.. 🙂

  23. Sana says:
    June 7, 2018 at 5:25 pm

    Masha Allah varah reethi mi part????
    Varah surprise and varah happy ziv marunuvaathy ?
    Waiting for the next part❤❤

    1. noor says:
      June 10, 2018 at 9:48 pm

      jazakillah khairan dear.. 🙂 hehe.. 🙂

  24. noor says:
    June 7, 2018 at 5:38 pm

    assalaamu a’laikum dear readers.. 🙂 noor kurin ves buneemehnu story hadivaafadha kameh nukureveytho noor iraadhakurevviyyaa masahkaiyy kuraanamey.. dhw? 🙂 ehnve vrh bodah sorry ingey thikudhin dhera kollevunyma.. ziva maruvefa kamah hadhaigen.. hehe.. 🙂 dhn baeh kudhin noor dheke vrh hiyyhama nujehifa dhw thiby noor ehn hedhyma? hehe.. vrh vrh vrh bodah sorry dear readers.. 🙂 and, hurihaa kudhinves noor aa medhu evves hiyyburakameh nubeyvvun edhen ingey kudhin.. 🙂 maaiyy allah alhamen emmenge faafa fussavaashi.. aameen.. 🙂

    1. unique says:
      June 7, 2018 at 5:43 pm

      wa’alaikumussalaam …………. aameen….yup dhw………… heheh…. thats okey dear no need of sorry…n we arent angry with u hih bura ves nukuran hahah……. its okey

  25. Zihuu says:
    June 8, 2018 at 12:37 pm

    Wowww????❤
    Noor u are the best??????…..May Allah bless you?

    1. noor says:
      June 10, 2018 at 9:30 pm

      jazakillah khairan dear.. 🙂 aww.. maaiyy allah thibaa ah heyo rahmaiyy lavvaa thibaa ge faafa fussavaashi.. 🙂

  26. lotus says:
    June 8, 2018 at 1:38 pm

    Koba the nxt prt.. today up vaane dhw.. mihaaru vx up vitho belunu adhadheh vx neyge.. hehe???

  27. lotus says:
    June 8, 2018 at 1:38 pm

    Koba the nxt prt.. today up vaane dhw.. mihaaru vx up vitho belunu adhadheh vx neyge.. hehe???

    1. kokee says:
      June 8, 2018 at 1:48 pm

      dhw….me vx vrh balaifin up vi tho……hehe

    2. noor says:
      June 10, 2018 at 9:32 pm

      up vefa iny mihaaru dear.. 🙂 hehehe.. 🙂

  28. G& says:
    June 8, 2018 at 2:02 pm

    Koba next part

    1. noor says:
      June 10, 2018 at 9:32 pm

      up vefa iny.. 🙂

  29. nunnu says:
    June 8, 2018 at 2:27 pm

    kobaa tha next part noor
    haadha kiyaahiy veyey eba
    kon irakun tha upload vaanee
    miadhu up kohdheynan dho

    1. noor says:
      June 10, 2018 at 9:47 pm

      alhey dear.. 🙁 vvvvvvvvv bodah sorry ingey edhuhu up nukohdhevunyma.. 🙁

  30. noor says:
    June 8, 2018 at 2:47 pm

    assalaamu a’laikum dear readers.. 🙂 furathamaves vrh bodah sorry ingey.. 🙁 miadhu noor kudakoh bxy koh miulheny.. as you all know this is Ramadan right? hama vaguthu kolheh nulibigen adhi miulheny miadhu.. 🙁 ehnve thikudhinge comment thakah reply ves nukurevuny.. vvvv bodah maafah edhen ingey.. ekam ves noor vaguthu kolheh hoadhaalaafa balaanan miadhu up kohdheveytho.. hurihaa kudhinves noor aa dheytherey hiyy goas nukurun edhen.. 🙂

    1. kokee says:
      June 8, 2018 at 3:23 pm

      plss….miadhu next part up koh dhehchey noor dear plss plss

    2. Shaan says:
      June 8, 2018 at 8:40 pm

      Story up kohbaa veehaavess avah inthizaaru kolundhany eyyy…. i can understand…. take your time..????

    3. Shaan says:
      June 8, 2018 at 8:42 pm

      Kolhundhanee***

    4. noor says:
      June 10, 2018 at 9:34 pm

      vrh vrh vrh bodah sorry ingey lahun up kohdhevunyma 22nd episode.. 🙁 noor ah hama edhuvahu up nukohdhevuny..

  31. Rzyk says:
    June 8, 2018 at 2:51 pm

    K??☺??
    Take y time dear …..
    We will wait

    1. noor says:
      June 10, 2018 at 9:36 pm

      jazakillah khairan dear.. 🙂 vrh vrh vrh ufaavey dear mnnh e situation understand v ma.. 🙂

  32. Panda?❤ says:
    June 8, 2018 at 4:03 pm

    Heyyy Noorr. Panda mi story ge hurihaa part eh kiyan ingey. ekam comment kuran handhaaneyh nuhurey. mee mi story ge enme reethi bai. ziv is back OMG. panda v ruin ziv maruweema. dhen anenhen v reethi story eh. v dheenveri n i like it. Keep going dear. You are the Best ❤?

    1. noor says:
      June 10, 2018 at 9:39 pm

      yess dear.. 🙂 ehn tha dear? vrh ufaavehje ingey.. 🙂 hehe.. it’s ok dear.. 🙂 asluvestha dear? vvvvv ufaavehje dear thihen bunelyma.. 🙂 yess dear.. hehe.. alhey dear.. 🙁 jazakillah khairan dear.. 🙂 al’hamdhulillaah! aww.. vrh vrh vrh ufaavehje thihen bunelyma.. 🙂

  33. harun says:
    June 8, 2018 at 4:27 pm

    vaahaka eh vejje e a hama nujehey kameh innan jehey dw. i mean xivaa maru v emmenge kurimathee.janaaxaa ga ves emmen baiverivi. and she is back. nonsense.

    1. Anonymous says:
      June 8, 2018 at 7:36 pm

      I second you
      Valhulumuge kurin moonu ves dhakkaanethaa. But now she’s back like a hindi drama series. Noor please explain us this.

    2. Shairee says:
      June 9, 2018 at 1:15 am

      Kurin part thah rangalhah kiyaalaba. Doctor ves nubuney dhw ziv ekey. I mean name eh nubuney dhw. And noor ebain bunefa moonu vaki nuvaa varah zaham vefa oi vaahaka.. and meehakah moonu fenun vaahaka eh nei… dhn mihaaru ziv ge memory loss vefa dhw e huree.. still doubts ulhenyaa kureege parts kiyaalaa ingey.?

    3. noor says:
      June 10, 2018 at 9:42 pm

      dear kuryge part thah visnaalaigen kiyahchey ingey.. 🙂 thedheh! Shairee dear buneli gothah.. 🙂 and anonymous dear vrh bodah sorry ingey kurin kiyaanudhevunyma.. noor vrh beynun vi reply eh liyan bt edhuvahu bxy ve noor ah nuvy.. 22nd episode up ves nukurevuny.. ehn v ma vvvvvvvvvv bodah sorry hurihaa kudhin ves.. Shairee dear ge comment kiyaalahhey olhun araa hurihaa kudhin ves.. 🙂

    4. noor says:
      June 10, 2018 at 9:43 pm

      mibai kiyaalythy jazakillah khairan dear.. 🙂

  34. unique says:
    June 8, 2018 at 5:00 pm

    yup of course we’ll wait…… n i knw girls vma haveer gadyga ulhen jeheyny badhigeyga vv burakoh… so no prblm noor dear

    1. noor says:
      June 10, 2018 at 9:44 pm

      🙂 jazakillah khairan dear.. 🙂 hehe.. aan dhw dear.. 🙂 vrh ufaavehje dear ah situation understand v ma.. 🙂

  35. yashm says:
    June 8, 2018 at 5:00 pm

    yaish and zeevaage bai varah romantic kohlachey..

    1. noor says:
      June 10, 2018 at 9:45 pm

      hehe.. 🙂

  36. Anonymous says:
    June 8, 2018 at 9:03 pm

    Haadha lahey up vaaleh ?

    1. noor says:
      June 10, 2018 at 9:46 pm

      yess dear.. 🙁 vvvvvvvvv bodah sorry ingey.. 🙁

  37. Aki says:
    June 8, 2018 at 11:20 pm

    koba tha vaahaka

    1. noor says:
      June 10, 2018 at 9:48 pm

      vvvvv bodah sorry dear edhuvahu up nukohdhevunyma.. ingey.. 🙁

  38. Liu says:
    June 9, 2018 at 5:25 am

    noor……where are you……kon irakun story up vaani??☹

    1. noor says:
      June 10, 2018 at 9:49 pm

      alhey dear.. vvvvv bodah sorry ingey edhuvahu up nukohdhevunyma.. 🙁

  39. me says:
    June 9, 2018 at 8:44 am

    noor dear kon irakun vaahaka up vaany ???

    1. noor says:
      June 10, 2018 at 9:50 pm

      alhey dear.. vvvvv bodah sorry ingey edhuvahu up nukohdhevunyma.. 🙁

  40. lotus says:
    June 9, 2018 at 9:53 am

    Noor dear a bodu kame dhimaaveetha anekka story las vanee….. hope evrythings ok with u dear??? curiously waitin fr the nxt prt

    1. noor says:
      June 10, 2018 at 9:50 pm

      dear noor ah hama v varu.. hehe.. 🙂

  41. Blue ? says:
    June 9, 2018 at 11:03 am

    Noor where is the next part? Abadhu beleny up vefa inthoa… please upload it asap ?

    1. noor says:
      June 10, 2018 at 9:52 pm

      up vefa iny mihaaru, ingey.. 🙂 hehe.. noor ves submit kohfa balailan dheythere dheytherein up veytho.. hehe.. 🙂

  42. Jack?kamd says:
    June 9, 2018 at 1:20 pm

    Aan blue ebunee thedheh!

    1. noor says:
      June 10, 2018 at 9:52 pm

      hehe.. vvvvv bodah sorry ingey lahun up kohdhevunyma.. 🙂

  43. Nunnu says:
    June 9, 2018 at 1:54 pm

    Alhey
    Koba tha next part
    Noor aa dheyy here alhugandumenge hih bare nukuranee
    Miadhu up vaanetha
    Waiting

    1. noor says:
      June 10, 2018 at 9:53 pm

      up vefa iny dear.. 🙂 al’hamdhulillah! 🙂

  44. Flwr says:
    June 9, 2018 at 2:07 pm

    When next part

    1. noor says:
      June 10, 2018 at 9:54 pm

      alhey dear.. vrh bodah sorry ingey e part las v ma.. 🙁 ekam mihaaru up vefa iny.. 🙂

  45. Shiuu says:
    June 9, 2018 at 3:25 pm

    Plx plx plx plx plx plx plx plx plx plx plx plx plx plx plx plx……shiuu mihunnaneee next part kiyaa hithun kei madhuvefa ??Noor dear plx avaskohladheeba??next part up veytho belunu vareh ves neyngey ???

    1. noor says:
      June 10, 2018 at 9:55 pm

      hehe.. alhey dear.. noor ah hama v varu aee edhuvahu.. hehe.. 🙂

  46. Na says:
    June 9, 2018 at 3:40 pm

    Alhey

    1. noor says:
      June 10, 2018 at 9:56 pm

      dear noor ah understand nuvi.. ekam las vegen kamugai vaanama vrh vrh vrh bodah sorry ingey dear.. 🙁 ekam mihaaru up vefa innaany ebai..:-)

  47. ?GREEN says:
    June 9, 2018 at 3:59 pm

    Salaam noor.????? Thisis my first comment ???feshigen mihaa hisaabah enmme parteh ehveh dhookoh nukaa kyn❤❤❤?????????????????♥♥♥♥♥This was just amazing. And miadhuge part avahah up kohladheeba
    I know insaaneh vehjiyya busy vaanekan????????

    1. naya says:
      June 9, 2018 at 4:12 pm

      true

    2. noor says:
      June 10, 2018 at 9:57 pm

      wslm dear.. 🙂 ehn tha dear? asluvestha? vrh vrh vrh vrh vrh ufaavehje ingey dear.. 🙂 hehe.. up vefa iny.. 🙂

  48. Mee says:
    June 9, 2018 at 11:57 pm

    Vvv salhi… Its my first comment vaahaka akah dheyy…. Aslu vv vaahaka kiyan bt comment eh nukuran bt mivaaahaka salhi kamun comment eh kohlaa hiy v????????❤

    1. noor says:
      June 10, 2018 at 9:58 pm

      asluvestha? hehe.. it’s ok dear.. 🙂 alhey.. jazakillah khairan dear.. 🙂

Comments are closed.

Next Episodeހުޅުކޮޅު 22←


All Right Reserved!