އާދޭސް ކުރާ ހިތްވޭ ރޮމުން (41) (ޕާރޓް 1)
“މަންމާ ދެން ބުނެބަލަ ވީ ގޮތެއް” ދާނިޝް ދެންވެސް ކަންބޮޑުވުމަކާ އެކު އަހާލިއެވެ.
“ދަރިފުޅަށްވެސް އެނގެއެއްނު ހުރިހާކަމެއް” ހިޝްމާ ބުނެލިއެވެ.
“މަންމާ މީހަކު އެއްޗެކޭ ކީތަ؟” ދާނިޝް ހިސާބެއްގެ ކަންބޮޑުވުމަކާ އެކީ އަހާލިއެވެ.
“ނޫން” ހިޝްމާ ނޫނެކޭ ބުނަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. އެއާއެކު ދާނިޝް ހިޝްމާގެ އަތް އޭނާގެ އަތުގެ ތެރެއަށް ލަމުން އެއަތަށް ބާރަށް ފިތާލިއެވެ. ބުނާކަހަލައެވެ. މަންމާއެވެ. އެކަމާ ނުވިސްނާށެވެ. “ދަރިފުޅަށްވެސް އެނގެއެއްނު މަންމަ އަކީ ތި ދެކުދިންގެ ވެސް އަސްލު މަންމަ ނޫންކަން… މަންމަގެ މާޒީގެ ހަގީގަތް ދަރިފުޅަށް ވެސް އެނގެއެއްނު… މަންމަގެ ހިތި މާޒީ ދާން އަށް ވެސް އެނގެއެއްނު… ހުރިހާ ކަމެއްވެސް ވީ މަންމަ އާ ހެދި… ދެން ކީއްވެ ދާންވެސް މަންމައަށް މާފު ކުރީ… މަންމަ އަށް މިލިބެނި އެކަމުގެ ޝަޒާ ކަންނޭގެ… ރުބީނާ އެހާ ރީތި ދިރިއުޅުމެއްގައި އުޅެނިކޮށް އޭނާގެ ދިރިއުޅުން ހަލާކުކޮށްލެވުނީތީ އެކަމުގެ ދެރަ މިހާރު އަހަރެންނަށް މިލިބެނީ… އަހަރެންހާ ރަހުމް ކުޑަ މީހަކު ދުނިޔޭގައިހުންނާނެތަ؟. ވަންނާނެ ތަނެއް ނެތް ދުވަހު އަހަރެންނަނަށް އެހީތެރިވި ހަމައެކަނި މީހަކީ ރުބީނާ… އެކަމަކު އަހަރެންގެ އަތުން އޭނާގެ ދިރިއުޅުން ނަރަކައަކަށް ހަދާލީ… އަހަރެން ހާދަ ގޯހޭ… ދާން… މަންމަ އަކީ ވަރަށް ގޯސް މީހެއް.. އައިލީ ގެ ނަފްރަތުވެސް މަންމައަށް ހައްގު…” ހިޝްމާ ވާހަކަ ދެއްކިއެވެ. މިވީ ވިއްސަކަށް އަހަރު ތެރޭގައި އޭނާ އައިލީގެ ރުހުން ހޯދަން ހާދަ ވަރަކަށް މަސައްކަތް ކޮށްފިއެވެ. އެކަން އޭނާގެ ދެލޮލުން ހާމަވާން ހުއްޓެވެ.
މާޒީގެ ހިޔާލް ތަކުން އޭނާ އަށް އެތަކެއް އިބްރަތްތަކެއް ލިބިގެން ހިނގައްޖެއެވެ. ރުބީނާގެ މާފް ކިތަންމެ ބޭނުވްވިޔަސް މިހާރު އޭނާ އަށް އެކަން ވާން ނެތީ ރުބީނާ ދުނިޔެ ދޫކޮށްފައި ވާތީއެވެ.
ރުބީނާ އަށް ނުލިބުނު އުފަލެއް އޭނާ އަށް ވެސް ނުލިބުނީތާއެވެ. މީހެއްގެ ދިރިއުޅުމުގެ ތެރެއަށް ވިހަލާ އަނެކަކަށް ވެސް އުފާވެރިކަމެއް ނުލިބޭނޭކަމަށް ހިޝްމާވެސް ގަބޫލް ކޮށްފިއެވެ.
“މަންމާ… އިޓްސް އޯކޭ އޭ… މާފް ކުރުމުގެ ރީތި އާދަ އަހަރެމެން ޖެހޭނެ ދަސްކުރަން… މަންމަ އެކަމާ ދެރަވާކަން އަހަރެންނަށް އެނގޭ… މަންމަ އެކަމާ ހިތާމަ ކުރާވަރުވެސް އެނގޭ… އެހެންވީމަ އެކަމާ މަންމަ ކީއްވެ ތަ ތި ދެރަވަނީ… އާނ… އައިލީ މަންމަ ދެކެ ރުޅި އަންނާތީ ދޯ… އެކަމަކު އެނގޭތަ… މަޑުމަޑުން އައިލީ މިހާރު ދަނީ މަންމަ އަށް މާފުކުރަމުން… މަންމަ އަށް ފާހަގަ ނުވިޔަސް އަޅުގަނޑަށް ފާހަގަވޭ… އައިލީ އަށް އެހެންވެސް ވެދާނޭ މަންމާ… އެންމެ ކުޑަ އިރުއްސުރެ ބައްޕަގެ ލޯތްބެއް އައިލީ އަކަށް ނުލިބޭ… ލިބުނީ ހުސް އަނިޔާ… ބައްޕަ ގަބޫލް ކުރާ ގޮތުގަ އައިލީ އަކީ ނުކުޅެދޭ ވާހަކަ ނުދެއްކޭ ކުއްޖެއް. އެފަދަ ކުއްޖަކަށް ބައްޕަ ގެ އޮފީހުން ކީކުރަން އެ ހަޔާތުންވެސް ޖާގައެތްނެތް… މަންމާ… މަންމަ ގެ ހަގީގަތް އަހަރެންނަށް އެނގުމަށްފަހު އަހަރެންވެސް ރުޅިއައި… ވަރަށް ރުޅިއައި… ވާހަކަ ނުދައްކާ ދެ އަހަރު އަހަރެންވެސް ހުރިން… ހަނދާން ވޭތަ؟ އެކަމަކު މިހާރު މަންމަ ތީ އަހަރެން އެއްމެ ލޯބިވާ އެކަކު… އަހަރެންގެ އަމިއްލަ ލޭ… އަހަރެންގެ އުފަން ބައްޕަ އަށް ވުރެވެސް އަހަރެން މަންމަ ދެކެ ބޮޑަށް ލޯބިވޭ…” ދާނިޝް އެއް ނޭވާއިން އެތަކެއް ވާހަކަތަކެއް ހިޝްމާ އަށް ކިޔައިދިނެވެ. އެ ވާހަކަ ތަކުން ހިޝްމާ އަށް ލިބެމުން ދިޔަ ހިތާމަވެރިކަން އިތުރުވަމުން ދިޔައެވެ. މާޒީގެ ހިޔާލް ތަކުން އޭނާ އަށް މިންޖު ވެވޭ ގޮތެއް ނުވެއެވެ.
“ދާން އަށް އެނގޭތަ؟ ރުބީނާ އަކީ ވަރަށް ރަނގަޅު މީހެއް… ވަރަށް ވަރަށް ވަރަށް ހިތް ހެޔޮ މީހެއް… ދުނިޔޭގަ ނެތަސް ރުބީނާގެ ހުރިހާ ހަނދާނެއް މަންމަ އެބަހުރި… މަންމަ ގޭން ނެރުނު ރޭ ރުބީނާ މަންމަ ގެންދިޔައީ ފެންވަރު ރަގަޅު ހޮޓެލް އަކަށް… އޭރު މިގެވެސް ހަދަމުން ދިޔައީތީ މަންމަ އެ އެގޮތަށް ކަންތަށް ކުރީ… އެކަމަކު މި މަންމަ ބޭނުންވީ މުދާ… އެހެންވެ މިގެއަށް ގެނައުމުން ޒާހިދު އާ ގުޅުން ބޭއްވުނީ… އެނގޭ އެރޭ އަހަރެމެންގެ ދެމީހުންގެ ގުޅުން އެނގުމުން ރުބީނާ އަށް ކުރާނެ އަސަރުވެސް… އެކަމަކު އޭރުވެސް މި މަންމަ އަށް ނުވިސްނުނީ… ވާނަމަ މި މަންމަ އަށް މާފު ކޮށްދީ” ހިޝްމާ ބުނެލިއެވެ.
“އިޓްސް އޯކޭ މަންމާ” ދާނިޝް މަޑުމަޑޫން ބުނެލިއެވެ.
އޭނާ ހެޔޮހިތުން މަންމަ އަށް މާފު ކުރީއެވެ. މާޒީގައި ހިނގާފައި އޮތް އެއްވެސް ކަމެއް ބަދަލެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް ކުރިމަގުއުޖާލާކުރެވިދާނެއެވެ.
ރާސިލް ލޯގަނޑު ކުރިމަތީހުރެ ރީތިވެ ނިންމާލާފައި އައިލީޝް ގާތަށް ޖެހިލިއެވެ. އޭނާ އަދިވެސް ޒާހިދު ގެ ވާހަކަ އައިލީޝް ގާތަކު ނުބުނެއެވެ. އެހެންނަމަވެސް މިހާރު ކަންތަށް ގޮސް އޮތް ހިސާބުވެސް އެބަ އައިލީޝް އަށް ކިޔައިދޭން ޖެހެއެވެ.
ދާނިޝް އާއި ރާސިލް އާއި ދެމީހުން މަޝްވަރާކޮށްފައި ނިންމީ ވެސް އެގޮތަށެވެ. ރާސިލް އައިލީޝް އަށް އެވާހަކަތަށް ކިޔައިދޭށެވެ. އޭނާ މަޑުމަޑުން ގޮސް އެނދުގައި އައިލީޝް ގެ އެއްފަރާތުގައި އިށީނެވެ. އެއްފައި އެނދުން ބޭރަށް ލައިގެން އޭނާ އިން އިރު ރާސިލް ގެ ނަޒަރު ހުއްޓިފައި ހުރީ އައިލީޝް އަށެވެ. އޭނާ އިނީ ރާސިލް ވާހަކަ ދައްކާނޭ އިރަކަށް އިންތިޒާރުކޮށްލަ ކޮށްލައެވެ. ރޭގެ ފަހުން ރާސިލް އާއި އޭނާއާއި ދެމެދު މާ ބޮޑު ވާހަކަ އެއްނުދެކެވުނަސް ރާސިލް ގެ ކޮންމެ އަމަލަކުން އޭނާ އަށް އަޅާލާވަރު އެނގިގެން ދިޔައެވެ. އެކަމުން އައިލީޝް އަށް ނޭނގޭ ހިންހަމަ ޖެހުމެއް ލިބިގެން ދިޔައެވެ.
ރާސިލް އެ ވާހަކަތަށް ކިޔައިދޭން އުޅެފައިވެސް މަޑުކޮށްލީ އެ ހާލަތުގައި އައިލީޝް އަށް އެވާހަކަތަށް ކިޔައިނުދޭށެވެ. މިހާލަތުގައި އެވާހަކަތަށް ކިޔައިދޭކަށް އައިލީޝް ގެ ހާލަތު ތަނެއް ނުދެއެވެ. ރާސިލް އަށް ވިސްނެއެވެ. އައިލީޝް އަށް ކުޑަވެސް ތަކުލީފެއް ލިބޭކަށް އޭނާ ބޭނުމެއް ނުވެއެވެ.
“އައިލީ… އަހަރެން އެބަޖެހޭ ބޭރަށް ދާން އިނގޭ… ޒީ ގާތު ބުނާނަން އައިލީ ގާތަށް އަންނަން… އަންޖު ކޮބާތަ؟ ނިދާފަ” ރާސިލް ސުވާލުކުރަމުން ދިޔަވަރަކުން އައިލީޝް ދިޔައީ ބޮލުން ޖަވާބުދެމުންނެވެ. ރާސިލް ފަހުފަހަރަށް ދަނީއޭ ބުނެލުމަށްފަހު އެނދުމަތިން އައިލީޝް ގާތަށް ޖެހިލާ އެ ނިތުގައި ބޮސްދިނެވެ. އަދި އޭނާ ލޯބިވާވާހަކަ ބުނެލިއެވެ.
އައިލީޝް ލޯ މަރާލަމުން ބޯ ޖަހާލިއެވެ. ލުއި ހިނިތުންވުމެއް އެ ތުންފަތުގައި ވިއެވެ.
ރާސިލް ދަމުން އަދިވެސް އެއްފަހަރު ޒީ ފޮނުވަނީއޭ ބުނެލިއެވެ. އައިލީޝް ބޯ ޖަހާލިއެވެ. އޭނާ އިތުރު އެއްޗެއް ނުބުނެ ރާސިލް ނުކުންނަންދެން އެދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
ރާސިލް ތިރިއަށް ދިޔުމާއެކު ދާނިޝް ވެސް ހިޝްމާގާތު އިނދެފައި ބޭރަށް ދާން ތެދުވިއެވެ. އެމީހުން ކުރާ ކަންތަށް ހިޝްމާ އަށް ވެސް މިހާރު ކޮންމެވެސް ވަރަކަށް އިނގިފައިވުމާއެކު އިތުރު ސުވާލެއް ނުކުރިއެވެ. އޭނާ ވެސް ރާސިލް އާއި ދާނިޝް އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ރާސިލް އާއި ދާނިޝް އާއި ދެމީހުންނަށް ޝިފާމެންގެއާ ހިސާބަށް ދެވުނު އިރު އިޒިކް އާއި މުސްކާން ގެ އިތުރުން ޝިފާވެސް އެ ދެމީހުންގެ އިންތިޒާރުގައި ތިއްބެވެ.
ތިންމީހުން ވެގެން މުސްކާން އާއި ޝިފާ އަށް އެމީހުންގެ ޕްލޭން ގެ ވާހަކަ ތައް ކިޔައިދިނެވެ. މާދަމާގެ ކޯޓް މަރުހަލާގައި އެމީހުންނަށް ކާމިޔަބު ލިބޭނެ ގޮތާ ބެހޭ ގޮތުން އެމީހުން ވާހަކަ ދެއްކިއެވެ. މަޝްވަރާތަކަށް ފަހު ރާސިލް ގޮސް ކޮޓަރިއަށް ވަތް އިރު ކޮޓަރިތެރެއަށް ވެރިވެފައިވަނީ އާދަޔާ ހިލާފް ހަމަހިމޭން ކަމެކެވެ. ކޮޓަރީގެ ބޮކި ނިއްވާލާފައި ވާއިރު އޭސީގެ ފިނިން ކޮޓަރި ތެރެ ވަނީ ފިނިކޮށްލާފައެވެ.
ރާސިލް މަޑުމަޑުން ލައިޓް ޖައްސާލިއެވެ. އޭނާގެ ލޮލުގައި ނިދިފައި އޮތް އައިލީޝް އަޅައިގަތުމާއެކު އަނެއްކާ ލައީތް ނިއްވާލުމަށްފަހު އެ ދިމާލަށް ހިނގައިގަތެވެ. ގޮސް ނިދާ ބޮކި ދިއްލާލާފައި އަލި އެންމެ މަޑޫކޮށްލަމުން އޭނާ ފާހާނާ އާ ދިމާލަށް މިސްރާބުޖެހިއެވެ. ރީތިވެލައިގެން އައިސް ނިދަން އޮށޯތުމުގެ ކުރިން އަންޖުމް ގެ ބައި ބަލާލާފައި ރާސިލް ހިނިތުންވެލިއެވެ. އެ ތުއްތު ދަރިފުޅުގެ ނިތަށް ބޮސްދީފައި ގޮސް އޭނާ ވެސް އޮށޯވެލިއެވެ. އެ ހިނދު އޮށޯތް ދިމާ ބުރަކައްޓާ ދިމާލުން ހަރު އެއްޗެއް ޖެހުނުހެން އޭނާ އަށް ހީވިއެވެ. ލައިޓް ޖައްސާލަމުން އޭނާ އެއަށް ރަނގަޅަށް ބަލާލިއެވެ. އެއާއެކު ކުޑަ ހައިރާންކަމެއް އޭނާ އަށް ވެރިވެގެން ދިޔައެވެ. އަދިވެސް އިތުރު އެއްޗެއް އޮތްހެން ހީވުމާއެކު ރާސިލް އެ ވެސް ނަގާ ބަލާލިއެވެ. ޓްރާންސް ޕޭރެންޓް ފައިލް އެއްތެރޭގައި އޮތް ގަނޑުގައި އިން ލިޔުން ކޮޅު ފެނިފައި އޭނާގެ ފައި ދަށުން ބިންގަނޑު ދެމިގަތް ހެން ހީވިއެވެ. ވަރީގެ ފޯމެއް އޭނާ ނިދާ އެނދުގެ އެއްފަރާތުގައި އޮންނަން ވީ ސަބަބަކީ ކޮބާތޯ އަމިއްލަ ނަފްސާ ސުވާލުކޮށްކޮށް ރާސިލް އަށް ހުރެވުނީއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.








Assalaam alaikum. sorry for this short part. mirey ves kud kameh dhimaa v ingey guys. roadhamas v ma bixi kamun mihen mi vani. short v ma hakuvaa annaane kan ves ingey. ekamakuves mirey dhimaavi goi mi. ekam i promise In Sha Allah. tuesday ge part dhigu kohladheynan. jazakumullah Khairan. 🙂
seriously
miee roadha mas n girls vma baivaru duty thah ves hunnaane dhw plus if working viyyaa maa bura vaane ekmves hi mi vaahaka upkohdheythy vvv bodah shukuriyyaa n hi mi we always appreciate ur work n will so no prbm
its ok himi
ingey roadha mas veema buravaanekan
kithanme burayakas up kolladhineethee buneveynee thanks eh
hehe
anyways
vaahaka hama habeys
vvvvvvvvvvvv reethi
masha allah
mi vaahakaige inthizaarga indha thi up kollee
me first dho
umm second
comment kuri iru nufeney uniqe ge comment eh
hehe
its ok no prblm ehnves vedhaane heheh
thanks hi mi ehaa burkoh ulhemun upkohdhineethy i just luv it…….. thanq so sooooo much….. im first dhw
It’s ok HiMi.. Thihaa bixi loh ulhemun ves up kohdhey thy.. ????????????alhe raasil and aili dhurunukuracheyyy…. ???????
hi mi noooo ?? aili and rasil divorce viya nudhechey please. eyrun anju ah kihineh vaani? her completely family will b ruined. waiting for the nxt part varah reethi
Abadhuvs kuda kameh dhimaavefa dhw. Hehee
eysh akah neygeyne dho himi ah dhimaavee konkahala kameh kameh. e vedhaane varah hurt vaa kamakah ves . so ehchekey bunaa iru e buneveny kikeytho ekakahves ehen bunegen hurt veytho balaa laafa bunun buhdhiveri. bas bunu muge kurin bahakee thimaage alheh . basbunumah fahu thimaa aky bahuge alheh. ehen bunevey ehchakun fahun thimaa roe hithaama kuran ves jehidhaane. ekamu iraadhukurehviyyaa ekahala kameh nuvaane.☺☺i am not angry with u☺☺
thanks HiMi <3 mi part ves varah reethi. keep up the good work 🙂
Vvvvv nice … kyp going waiting 4 nxt prt himi… and it’s ok v understand
Mi part ves v reethi. V kiyaa hithun mi hunnanee mi story
V reeti mi part ves it’s ok I can understand girl akah v ma busy vanevaru tikuraa hivarah saabasden ??????
Mi vahaka yah hadha inthizaru kurevihjeay v reethi ❤???
Wonderful ❤️❤️❤️??????????????????????… Mi part vx v v v reethi Hi Mi ❤️❤️❤️??????… Finally ailee mom dheke rulhi anna reason ingihje ???… Dhn kihineh baa vaanee??? Hi Mi please ailee n raasil dhurunukurahchey… Please please… Kaaku divorce paper ethanuga e beyvee…. Thihaa bxy koh ulhemunvx vaahaka up kohdheythy v v v ufaavey ???❤️❤️❤️… Hi Mi thikuraa hihvarah hama saabasss ?????… I really appreciate your hard work ❤️❤️❤️?????????????????????… Keep going ???… Hi Mi is the best hama ???❤️❤️❤️… Curiously waiting for the next part ???❤️❤️❤️… Lots of love and take care of yourself Hi Mi ❤️❤️❤️???????????????…
NOOOOOOOO… PULEEEEEES… ailee n rasil dhurunukuraathi
Hi Mi dhoonyaa ailee n raasil divorce nukurahchey… Mihaaru family furihama v dhw… Dhen e dhekudhin dhurunukurahchey plx… Mihaaru vaahaka miothy v rythi hisaabakah gohssa… I think ailee ah vaahaka dhehkeynehen… Anehbai v kiyaahithun mihury
Wooooooow❤❤❤❤mipartves vvvv reethi Masha Allah????himi dhooni k vaane kuras ingey kameh dhimaa veema kan mihaa kuruvaan its k dear????himi dhooni plx plx plx raasil ah thihen nahadhaa rasil kihaa loabivaathy 4 aharu kehkohlee plx thihen nahadhaa????rasil moyaves vedhaane????himi dhooni haadha mis veyey konme dhuvahakuves vvvv balan story up vithw waiting next part??????????
Wowwww…?.?????? .mi part ves hama varah salhi ingey…..i understand…???.roadha mas vyma ,obviously enmen ves busy vaane…plus work…hi mi thihaa busy koh ulhemunves vaahaka up kohdheythi varah ufaavey….??? we r waitting for the story…..I really appriciate your hard work ..?????????…keep it up…???????love you a lot hi mi….take care..❤️❤️❤️❤️?????
Vaahaka kiyan thibeveyha …
eysh akah neygeyne dho himi ah dhimaavee konkahala kameh kameh. e vedhaane varah hurt vaa kamakah ves . so ehchekey bunaa iru e buneveny kikeytho ekakahves ehen bunegen hurt veytho balaa laafa bunun buhdhiveri. bas bunu muge kurin bahakee thimaage alheh . basbunumah fahu thimaa aky bahuge alheh. ehen bunevey ehchakun fahun thimaa roe hithaama kuran ves jehidhaane. ekamu iraadhukurehviyyaa ekahala kameh nuvaane.☺☺i am not angry with u☺☺
u
Hi Mi ,inthizarukoh varubali vejje.haada dhuvahekey next part ah wait kuraathaa.ee himi offiece busy kamun tha anekka.but still v are waiting always n forever,,,,,luv from unknown…………………………………..
Alhe himi e dhemeehun dhuru nukurahchey plss??waiting next ep ah??
Mi part ves v reethi❤❤waiting for next part
himi ehaa burakoh ulhemun ves up kohladhineema vv ufaa veje.. vv reethi mi part ves
Kobatha vaahaka
Kon irakn thr up kohlany