Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ ހަނދާނުގާ..އިންތިޒާރުގާ…

alananana Level 1
June 10, 2018 3 Mins Read
35 Comments

އުމުރުން ފަންސަވިސް އަހަރުގެ އައިރީންއަކީ އޭނާގެ ބައްޕަ އަމީންގެ ވިޔަފާރި ކުންފުނީގެ ދަށުން ހިނގާ ކްލިނިކްގައި މަސަތްކަތް ކުރަމުން އަންނަ ހީވާގި ކުޑަކުދިން ޙާއްސަ ޑޮކްޓަރެކެވެ. ކުޑަކުދިންނާ ގުޅޭ މަޖާ އަދި އެހާމެ ހިތްހެޔޮ ޑޮކްޓަރެކެވެ. އޭނާއަކީ އަމީންއާއި އޭނާގެ އަންހެނުން ނާއިފާއަށް ލިބިފައިވާ ހަމައެކަނި އަންހެން އަދި އެންމެ ހަގު ދަރިފުޅެވެ.

އެހެންކަމުން މުޅިއާއިލާ އެންމެންގެ ހިތްތަކުންވެސް އޭނާއަށް ލިބިފައިވަނީ ޙާއްސަ މަގާމެކެވެ. އައިރީންގެ ދޮށްޓައް ލިބިފައިވަނީ ދެ ފިރިހެން ކުދިންނެވެ. ދޮށީ ފިރިހެން ދަރިފުޅުގެ ފަރާތުން އަމީންއަށާއި ނާއިފާއަށް މާމައާއި ކާފަ ކިޔާ އެއްމާބަނޑު ދެކުދިން ލިބިފައިވެއެވެ. ދެވަނަ ދަރިފުޅުވެސް މީހަކާ އިނުމުގެ ހިޔާލު ގެންގުޅެއެވެ.

ހުސްކޮށް ހުރީ ހަގު ދަރިފުޅު އައިރީންއެވެ. ފިރިހެން ކުއްޖަކާ ރައްޓެހި ނުވާތާނގައި އެފަދަ ނަޒަރަކުން ފިރިހެންކުއްޖަކަށް ބަލައެއްވެސް ނުލައެވެ. މަސަތްކަތުގެ ދާއިރާގައި ކުރިއެރުންތައް ހޯދައި އަމިއްލަ ފައިމައްޗައް ތެދުވުމަށްޓަކައި އޭނާ ކުރަމުން އަންނަނީ އެއަށްވުރެ ބުރަ މަސަތްކަތެކެވެ. ހިތްވަރުގަދަ އަދި އެހާމެ ކެރުންތެރި އަންހެނެއްގެ ލާމަސީލް މިސާލު ދައްކައިދެމުންނެވެ. އަންހެނަކަށް ނުކުރެވޭނެ ކަމެއް ނޯންނާނެކަން ސާބިތުކޮށްދެމުންނެވެ.

އުމުރުން ނަވާވީސް އަހަރުގެ އާނިޝްއާ ހަތާވީސް އަހަރުގެ އަރޫންއަކީ އަމީންގެ ވިޔަފާރީގެ ވަަރަށް ބޮޑު ހިއްސާއެއް އަދާކުރާ ބަޔެކެވެ. އަރޫންއާއި އޭނާގެ ބޭބެވެސް ކިޔެވީ އެމީހުންގެ ކޮއްކޮ އައިރީންއާ ޙިލާފަށް ވިޔަފާރީގެ ދާއިރާއިންނެވެ. ރާއްޖެއިންނާއި ރާއްޖޭންބޭރުން ޕީ.އެޗެ.ޑީއާ ހަމައަށް ތައުލީމް ޙާސިލްކޮށްފައިވާ އެ ތިން ކުދިންނަކީވެސް އަމީންއާއި ނާއިފާ ފަޙްރުވެރިވާފަދަ ތިން ކުދިންނެވެ.

***************************************

މޯލްޑިވްސް ޕޮލިސް ސްޓޭޝަންގައި މަސަތްކަތް ކުރަމުން އަންނަ ޑިޓެކްޓިވް ލައްޔިންއަކީ ދެ އަހަރު ފުރިފައިވާ އަންހެން ދަރިއެއްގެ ބައްޕައެވެ. ލައްޔިންގެ އުމުރުން ސައްބީސް އަހަރުގައި ލިބުނު މި ދަރިފުޅަކީ އޭނާގެ ލޮލުގެ ނޫރެއެވެ. ހިތުގެ ފިނިކަމެވެ. އޭނާގެ ދަރިފުޅު އަޔާނީ ވިހެއުމަށްފަހު އެ ކުއްޖާގެ މަންމަ އަދި ލައްޔިންގެ އަންހެނުން އީނާލް ވަނީ މި ދުނިޔެ ދޫކޮށްފައެވެ. ކުއްލި މަރެއްގައެވެ. އަޔާނީއަށް އަހަރެއްވެސް ނުފުރެނީހެވެ.

މައެއްގެ ލޯތްބާ ނުލާ ދަރިފުޅު އަޔާނީ ބަލާ ބޮޑުކުރަމުން އަންނަނީ މަންމެ ނެތްކަމުގެ ފަޅުކަން އިޙްސާސް ނުވާހާ ލޯބިންނެވެ. ލައްޔިންގެ މައިންބަފައިންނާ އެ އާއިލާގެ އެހީތެރިކަމާއެކުގައެވެ. ލައްޔިންގެ އާއިލާއަކީ އެހާ މުއްސަނދި ބައެއް ނޫނެވެ. ނަމަވެސް އެގޭ ކޮންމެ ދަރިއަކަށްވެސް ލިބޭ އެތިކޮޅުން އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅެލެވޭ ވަރުވެއެވެ.

ލައްޔިންއަކީ އޭނާގެ މަންމައާއި ބައްޕަގެ އެންމެ ދޮށީ ދަރިފުޅެވެ. ލައްޔިންގެ ހަގަށް ތިބޭ ދެ ކުދިން ކަމަށްވާ ލިމްނާއާއި ލަމާންވެސް އަޔާނީ ދެކެ އެހާމެ ލޯބިވެއެވެ. ލައްޔިން ޑިއުޓީގައި އުޅޭ ވަގުތު ތަކުގައި އެކާވީސް އަހަރު ފުރިފައިވާ ކޮއްކޮ ލަމާންގެ އަންހެނުން އައިރާވެސް އަޔާނީގެ ހުރިހާ ކަމެއް ކޮށް ބަލައިދީ ހަދަނީ އަމިއްލަ ދަރިއެއް ފަދައިންނެވެ.

ފުރަތަމަ އަންހެނުންގެ މަރަށްފަހު ދެވަަނަ ކައިވެޏެއް ކުރާކަށް ލައްޔިންއެއް ނުވިސްނައެވެ. އެހެންކަމުގައިވިއަސް ބޮޑުވަމުން އަންނަ އަޔާނީއަށް މައެއްގެ ލޯބި ބޭނުންވާނެކަމަށާއި އިތުރު ކައިވެޏެއް ކުރަން ރައްޓެހިންނާ އާއިލާވެސް ދަނީ ބުނަމުންނެވެ. އެހެންނަމަވެސް ލައްޔިންއަށް ކަމުދާ ކުއްޖަކު ނުފެނެއެވެ.

އަޔާނީގެ މަންމަ އިނާލް ދެކެ ވެެވުނީ ހަޤީޤީ ލޯބިކަމަށް އޭނާ ގަބޫލުކުރެއެވެ. އޭނާގެ ނަޒަރުގައި ހަޔާތުގައި ވެވުނު އެންމެ ފަހު އަދި ފުރަތަމަ ލޯތްބަކީވެސް އެއީއެވެ. ނަމަވެސް ތަގުދީރުގައި ވާ އެއްޗެއް އެނގޭނީ ކޮން އިންސާނަކަށް ހެއްޔެވެ ؟

******************************************

މިއުޒިކީ ދުނިޔޭގައި ކެރިއާރއެއް އުމުރުން ސަތާރަ އަހަރުން ފެށިގެން ބިނާކުރަމުން އަންނަ ނާއިކްގެ މޫނަކީ އެއްވެސް ދިވެއްސަކަށްއާ އާ މޫނަކަށް ނުވާނެއެވެ. ލަވަކިޔުމާއި މިއުޒިކީ ދާއިރާގައި އެއީ މަޝްހޫރު އަޑެއްކެވެ. އޭނާގެ ބޯއި ގުރޫޕާއެކު ކިޔާ ގުރޫޕު ލަވަތަކުން ފެށިގެން އޭނާ ކިޔާ އަމިއްލަ ސޯލޯ ލަވަތަކަކީވެސް ދިވެހިންގެ ދޫމަތީގައި ފަރިތަ ލަވަތަކެވެ.

ހުރިހާ އެންމެންނާވެސް ހިނިތުންވުމަކާ އެކު ބައްދަލުކުރާ ނާއިކްއަކީ މަޖާ އަދި އެހާމެ ސަކަ މިޒާޖެއްގެ ވެރިއެކެވެ. އެންމެންނަށް އޭނާ ފެންނަނީ ކިތަންމެ ހާވެސް ކާމިޔާބު އުފާވެރި މީހެއްގެ ގޮތުގައި ވިއަސް އެކަނި ހޭދަކުރާ ވަގުތު ތަކަކީ މާޒީގެ ހިތި ހަނދާންތައް އޭނާ ވަށާލާ ވަގުތެވެ.

އެކަނި ވެރި އަދި އެހާމެ ހިތި ހިތްދަތި އެހަންދާންތައް ނައްތާލުމަށްޓަކައި މިއުޒިކީ ދާއިރާއަށް އޭނާ ވަނީއެވެ. އެއް ކަމެއްގައި މަސްއޫލުވެ ބުރަކޮށް އުޅެން ފެށީމައި އެ ކަމަކަށް ސަމާލުކަން ދެވި ބޭކާރު ހިޔާލުތައް ދުރުކޮށްލެވޭނޭ މީހުން ބުނާ އަޑު އޭނާވެސް އަހައެވެ. ފިރިހެންވަންތަ އަޑަކާއި ސިފަތަކެއްގެ ވެރި ނާއިކް އަކީ އެތަށް އަންހެން ކުދިންގެ ހިތްތަށް ކަތިލާ ޒުވާނެކެވެ.

އެހެންނަމަވެސް ލަވަ ކިޔުމުގެ ދާއިރާގައި އޭނާ މަޝްހޫރުވެ މިވީ ނުވަ އަހަރު ތެރޭގައިވެސް އަންހެން ކުއްޖަކާ ނާއިކްއާ ގުޅުން އޮންނަ ވާހަކައަކީ އެއްވެސް މީހަކަށް އަޑު އިވިފައިވާ ވާހަކައެއް ނޫނެވެ. އެއީ އޭނާއާ އަންހެން ކުއްޖަކާ ހަގީގަތުގައިވެސް ގުޅުން ނޯންނާތީއެވެ. އެކަމުގެ ސިއްރު އެނގޭނީ ނާއިކްއާއެކު ސުކޫލުގައި ކިޔެވި އެންމެ ގާތް އެކުވެރިންނަށެވެ. ސުކޫލު ދައުރުގައި ނާއިކްއަކި ކިޔެވުމަށް މޮޅު ކުއްޖެއް ކަމުގައިވިޔަސް ރައްޓެހިންނާއެކު ގުރޫޕު ހަދައިގެން ނުބައި ކަންތައްތައް ކުރުމަކީ އޭނާގެ އާދައެކެވެ.

ގްރޭޑް ނުވައެއްގައި އޭނާ މުޅި އުމުރުގައިވެސް ލޯބި ވެވުނު ހަމައެކަނި އަންހެން ކުއްޖާވެގެން ދިޔައީ އޭނާގެ ދިރިއުޅުން ބަދަލުކޮށްލި މައިގަނޑު ސަބަބަށެވެ. އެގާރަ އަހަރު ކުރީގެ އެ ހަނދާން ތަކަކީ އަދިވެސް އޭނާއަށް އުނދަގޫ ކުރާ ހަނދާންތަކެކެވެ . އޭނާގެ މާޒީ އެހާ ހިތި ވެގެން ދިޔައީ ޝުކުރުވެރިވާން ނޭނގުމުންނެވެ. މާ ދަހި މީހަކަށްވެވުމުންނެވެ.

ނާއިކްގެ އުމުރުން ސައްބީސް އަހަރުވީއިރުވެސް މީހަކާ އިންނަ ޙިޔާލެއް އޭނާ ނުކުރާތީ މައިންބަފައިނާ އާއިލާވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނާއިކް އަކީ އޭނާގެ މަންމައަށާ ބައްޕައަށް ލިބިފައިވާ ހަމައެކަނި ދަރިފުޅަށް ވާތީވެސްމެއެވެ. ނާއިކްގެ އާއިލާއަކީ މުއްސަނދި ބޮޑު އާއިލާއެކެވެ. އެހެންކަމުން އެރޭންޖް މެރިއޭޖް އަކީ އެ އާއިލާގައި އާންމުކަމެކެވެ.

ނާއިކްވެސް މީހަކާ ނުއިނދެ ގިނަ ދުވަސްވާތީ އެކަން ކުރުމަށްޓަކައި އާއިލާގައި މަޝްވަރާކުރެވުނެވެ. ނަމަވެސް ނާއިކްއަކީ ގިނަ ބަޔަކު ދަންނަ މީހަކަށްވަތީ އެފަދަ ކަމެއް ކޮށްފިނަމަ އެކި ގޮތް ގޮތަށް އަޑު ފެތުރިދާނެތި އެ ޙިޔާލު ދުކޮށްލަން ޖެހުނެވެ.

******************************************

ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރު އައިރީންގެ އެންމެ ގާތް އެކުވެރިޔާ ޔަޝަލްއަކީ އެކި ގޭގެއަށް ގޮސް އެ ގޭގައި އުޅޭ ބޮޑެތި މީހުން ވަޒީފައަށް ދިޔުމުން އެ މީހުންގެ ދަރިން ބަލައިދީގެން މުސާރަ ހޯދައި ކުއްޖެކެވެ. ބޭބީސިޓާރ އެކެވެ. ކިޔަވަން ކިތަންމެ ބޭނުންވިޔަސް އޭނާއަށް އެ ފުރުސަތު ނުލިބުނީ އާއިލާގައި ފުދުންތެރިކަން ނެތުމުންނެވެ.

ގްރޭޑް ދިހައަކާ ހަމައަށް ކިޔަވާ ނިންމާލުމަށްފަހު އިތުރަށް ކިޔެވުމަށްޓަކައި އޭނާ އެތަކެއް ހުވަފެންތަކެއް ދެކުނެވެ. ނަމަވެސް އެ ހުވަފެންތައް ހަޤީޤަތަކަށް ނުވިއެވެ. ރަނގަޅު ނަތީޖާއަކާއެކު ގްރޭޑް ދިހައެއް ނިންމާލިތާ ދެދުވަސް ފަހުން އޭނާގެ ބައްޕަ ހާރޓް އެޓޭކެއްގައި މި ދުނިޔެ ދޫކުރީއެވެ.

އޭނާގެ މަންމައަށާ ބައްޕައަށް ލިބިފައިވާ ހަތަރު ކުދިންގެ ތެރެއިން އޭނާއަކީ ތިންވަނަ ކުއްޖާއެވެ. އޭނާގެ ބޮޑަށް ތިބެނީ ދެފިރިހެނުންނެވެ. އަދި ހަގަށް އަންހެން ކޮއްކޮއެކެވެ. އޭނާގެ އެންމެ ދޮށީ ބޭބެއަކީ މަސްތުވާތަކެތީގެ އަވައިގައި ޖެހިފައި ހުރި މީހެކެވެ. ދެވަަނަ ބޭބެއަށްވެސް ތައުލީމް ހާސިލް ކުރަން ލިބުނު ދިހަ އަހަރުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާކަށް ނޭނގުނެވެ. އެހެންކަމުން އޭނާ މަސަތްކަތް ކުރަނި ޝޮޮޕްކީފަރެއްގެ ގޮތުގައެވެ.

އުމުރުން ސައްބީސް އަހަރު ވެފައިވުމުން މީހަކާ އިނދެ ދިރިއުޅުމެއް ފެށުމަށް އޭނާގެ މަންމަ ނަސޭހަތް ދެއެެވެ. ދިރިއުޅުމެއް ނުފަށާ އޭނާ ހުރުމުގެ ސިއްރު އެނގޭނީ ހަމައެކަނި އޭނާގެ ބޭބެމެންނަށެވެ.

ނަމަވެސް ނާއކް ފިޔަވައި އިތުރު މީހެއް ދެކެ ދުވަހަކުވެސް ލޯބިވެވިދާނެކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. އެއީ މީގެ އެގާރަ އަހަރު ކުރިން އޭނާއަށް ވެވުނު ފުރަތަަމަ ލޯތްބެވެ. ކެހިވެރި ލޯތްބެވެ. ނާއިކް އޭނާއާ މެދު ކިތަންމެ ގޯސް ކޮށް ކަންތައް ކުރިކަމުގައިވިޔަސް އެނޫން ނަމެއް ޔަޝަލްގެ ހިތަކު ނުލިޔެވޭނެއެވެ. ނާއިކްެ ނަން ޔަޝަލްގެ ހިތުގައި ލިޔެވިފައިވަނީ ޕާމަނެންޓް މާކަރަކުންނެވެ.

ތިޔަ ހަނދާނުގާ..އިންތިޒާރުގާ…

އިންތިޒާރުކޮށްލައްވާ!!!!!

 

 

Share Article

Follow Me Written By

alananana

Level 1

I write about dreams I see ?? some of the dreams are weird and inncomplete so I edit it a bit with my own skills to complete it and erase the weirdness to deliver it as a story ❤????. 13th June 2003 ?wish me if your heart wishes. I'm a 14 year old girl ? love to write stories since I was 9 years old. ?And read stories since I was born?? ❤I'm not perfect but I'm real

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން 16

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (41) (ޕާރޓް 1)

Next
June 10, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (41) (ޕާރޓް 1)

Previews
June 10, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 16

35 Comments!

  1. Amee says:
    June 10, 2018 at 6:37 pm

    Varah reehi….yeyy me first

    1. alana says:
      June 10, 2018 at 7:56 pm

      Yayy!!☺ conragra amree ❤ Thank you ??vrh happy vehjje like veema ?

    2. alana says:
      June 10, 2018 at 8:12 pm

      Oops sorry it amee dhw ?I exidently wrote amree?

  2. alana says:
    June 10, 2018 at 6:48 pm

    Salaam hurihaa readers ☺
    Mee alana mi site ah liyaa furathama story ge trailer ❤ Hope you all like it.? And first story ah veema rangalhu kohlanjehey baivaru mistakes hunnane so I want you all to point them out for me please . It will mean alot❤????
    Mivahaka vrh avahah fenigendhaane insha allah ❤☺☺ im still writing that is why date eh bunaakah neyge ☺ but I won’t keep you all waitin for too long ??
    Thank you ???

  3. Roxy says:
    June 10, 2018 at 6:58 pm

    Wow xayn malik ?? naaik is mine nge hehe ?? trailer hma vvvvvvvv reeghi waitin eagerly bst of luk my buddy ??????

    1. alana says:
      June 10, 2018 at 8:02 pm

      Oh yeah..? its the zayn babe ?yesure naaik is all yours ? ekamu zayn is mine ingey?hehe.. Anyways thanks mihaa colourful loabi comment eh kohleema❤????

  4. lotus says:
    June 10, 2018 at 7:32 pm

    Best of luck dear???

    1. alana says:
      June 10, 2018 at 8:09 pm

      Thank you friend ❤ ?

  5. unique says:
    June 10, 2018 at 7:34 pm

    vv reethi vaahakaeh hen heevany……. adhi use koffa thibi nan thah ves ehaa reethi hama luv it

    1. alananana says:
      June 13, 2018 at 3:48 pm

      thanq so vry much..i also love those names hehe..hi five dear
      lots of love..
      ( sry cant use emojies cuz technical prob)

  6. Sai says:
    June 10, 2018 at 7:49 pm

    Varah reethi

    1. alana says:
      June 10, 2018 at 8:08 pm

      Thank you sai ….❤?

  7. Curious says:
    June 10, 2018 at 7:59 pm

    Naaik ei xayn kan nge bt dhn ehn nan namuga ethiby kon baeh can you please tel

    1. alana says:
      June 10, 2018 at 8:06 pm

      Yashal = kylie jenner
      Ayreen = kendall jenner
      Layyin= fransisco lachowski
      Naaik= zayn malik
      Hehe thanks for the comment ?❤❤❤❤who and who do you ship as couples??

  8. Roxy says:
    June 10, 2018 at 8:28 pm

    Roxy kairee vx ehn ahrli nma buddy ??? roxy beynumy roxy r xayn r couple akh vrnn ????? sis v intrestin vrnehn heeve vrhaka vrhaka ekkh nmndhn up khdhehchey ??

    1. alananana says:
      June 10, 2018 at 8:43 pm

      Sure hama buddy.. mifaharu naaik ves zayn ves midhukohli hama roxy ah ? ekamuves xayn share kohlaane dhw? hahaha ? who dosent want xayn aa couple akah vaan ?plus yup nimendhen up kohdheynan insha allah ☺?

  9. Maya says:
    June 10, 2018 at 10:46 pm

    Vv reethi alana.. Trailer is superb ?????????story nimendhen genesdhehchey dear.. ????❤️❤️❤️?vv reethivaanehen hyvany……. Waiting Waiting. ?????????

    1. alananana says:
      June 11, 2018 at 6:15 am

      Thank you dear? yes.insha allah nimendhen genes dheynan ❤ maya get thi comment vrh colourful veema really I like it ?❤???? thanks again

  10. unique says:
    June 10, 2018 at 11:17 pm

    unique liyunymey vv loabi commenteh but neih….. anyways vvvvv loabi n interesting story eh miee just luv it

    1. alananana says:
      June 11, 2018 at 6:24 am

      This comment is also very loabi dear ❤ no worries..I luv it cuz it’s from u ?? thank you so much ? happy u like it.? ?

  11. Manje says:
    June 11, 2018 at 12:46 am

    Layyin is a girl name . Magey baby ah kiyany layyin . ehenve varah odd . can u please change the name ..

    1. alananana says:
      June 11, 2018 at 6:54 am

      OK will try change kohleveytho…❤ thanks ?assu layyin kiyaa boyz ahves girlz ah ves☺cuz I have a brother named layyin

    2. agree with manje says:
      June 11, 2018 at 7:02 am

      can u pls change the name layyin if its not hard for u cuz its a little odd for me too cuz the name sounds more like a girl name.
      anyways..i luv this trailer and im curiosly waitin for the first part dear..gud luck

  12. alananana says:
    June 11, 2018 at 7:13 am

    oks..so i will change layyin’s name to laavin starting from the first part. hope you like it .
    thank u

  13. unique says:
    June 11, 2018 at 4:12 pm

    omg thanks alana… aslu maa dhigu alana ge name so i made it short hahah. n wc dear curiously waiting for this story

    1. alananana says:
      June 11, 2018 at 5:39 pm

      wc.. assu its alana ey..but weird kohlaafa thankolheh moya kohlanvegen alananana kiyaalanee hahaa..ok konme gothakah kiyas……..thankq

  14. Jb says:
    June 11, 2018 at 9:38 pm

    Salhi

    1. alananana says:
      June 13, 2018 at 3:51 pm

      thanku jb
      lots of love from me to u dear…
      sry no emojies

  15. unique says:
    June 11, 2018 at 11:20 pm

    hahah. cool alana vvv majaa

    1. alananana says:
      June 13, 2018 at 3:52 pm

      hahahaha….dhw

  16. Blue ? says:
    June 12, 2018 at 5:51 am

    Wow! The trailer is wonderful ?❤ good luck with the story dear ??

  17. No one says:
    June 12, 2018 at 9:38 am

    The trailer is awesome dear..♥️♥️♥️… I’m just curiously waiting for the first part…

    1. alananana says:
      June 13, 2018 at 3:54 pm

      thanks dear..ur stories are really osam tooo.. ummah..
      lots of love n wont keep u waiting for too long

  18. Havananana says:
    June 12, 2018 at 6:18 pm

    Gud luck alananana . V thafaathu stry eh hen heevanee. Casts vx v salhi inge. Kylie,kendall,zayn n fransisco. ?. Haha

    1. alananana says:
      June 13, 2018 at 3:45 pm

      thanks havananana. yup i will try my best to make it unique. and guess wht we are twins dhww…in name i mean hehe
      ( sorry cant use emojies some technical prob ) but still lots of love ingey

Comments are closed.



All Right Reserved!