Skip to content
އެސްފިޔަ

ނާއިން ތިންވަނަބައި

ސައިމަންއާއި ކުޑަކޮށް ވާހަކަ ދައްކާލަން ހުރެފައި އަލުން ނައިރާއާ ދިމާލަށް އޭނާ ބަލާލިއެވެ. ” ޕޮއް ” ހަމަ އެވަގުތު ނައިރާގެ ކޮނޑުގައި ފަހަތުން އައިސް ޖަަހާލާ ސިއްސުވާލި އަންހެންކުއްޖާ ފެނި ނާއިންގެ ލޮލުން އަލިފާން ކަނި ބުރައިގަތެވެ.

ނާއިންގެ ހަނދާނަށް އަންނަން ފެށިއެވެ. ކުރީގައި ނައިރާ އެނާއަށް ފެނިފަ އޮތީ ޝިޔާއަށް ފާރަލާން އުޅުމެގެ ތެރޭގައިކަމެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ތަފާތު ނަޒަރަކުން ބަލާލެވުނު އަންހެން ކުއްޖަކީ ޝިޔާއާ ގުޅުން ހުރި ކުއްޖެއްކަން އެނގުމުން އޭނާގެ ހިތަށް ކުޑަ މާޔޫސް ކަމެއް ވެރިވިއެވެ.

” ނައި…… އޭތް ނައިރާ..ކޮންއެއްޗެއް ފެނިގެންތަ އެ ދިމާލަށް މާވަރަކަށް ތިބަލަަނީ ” ނާއިން އާ ދިމާލަށް ނައިރާ ގެއްލިފައި އިނުމުން ޝިޔާ އޭނާގެ ލޯ މަތީގައި އަތް ހޫރާލިއެވެ. އަދި ނައިރާ ބަލަހައްޓައިގެން އިން ދިމާލަށް ބަލާލިއެވެ. ” އޯ އެމް ޖީ އިޒް ހީ އަ ހިއުމަން..” ޝިޔާއަށް ނާއިން ފެނުމުން އެއީ އިންސާނެއް ތޯ ސުވާލުކޮށްލެވުނެވެ. ދުވަހަކުވެސް އޭނާ ނުދެކޭފަދަ ” ހޭންޑްސަމް ޕްރިންސް ޗާމިން ” އެކެވެ. ” މަގޭ ބައްޕަގެ ޒުވާން އިރުގެ ތަސްވީރެއްހެން ހީވަނީ…” ޝިޔާ އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެލިއެވެ. އެއީ ހިވަގޮތެއްކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެމުން އެ ޙިޔާލު އެއްފަރާތް ކޮށްލިއެވެ.

ޝިޔާ އޭނާގެ އިސްތަށިގަނޑު ރީތިކޮށްލަމުން ތުންފަތް ތެއްކޮށްލިއެވެ. ނާއިން ބަލަނީ އޭނާއަށް ކަމަށް ހީކޮށް ތިއްތި ދެއްކުމުގެ ގޮތުންނެވެ. އަދި މޫނަށް ފޮނި ވައްތަރެއް ޖައްސާލަމުން އެސްފިޔަތަށް އަވަސްއަވަހަށް ތަޅުވާލިއެވެ. ނަމަވެސް ނާއިންގެ ނަަޒަރު ސީދާވެފައިވަނީ ޝިޔާއާ ޖެހިގެން އިން ނައިރާއަށެވެ. ޝިޔާއާ ޙިލާފަށް ނާއިންގެ އެބެލުމުގެ ސަބަބުން ލަދުގަތްވަރުން ނައިރާ އިސްދަށަށް ޖަހާލިއެވެ.

ޝިޔާ އޭނާއަށް ތިއްތި ދެކެން ކޮށްލި ކަންތައް ފެނި ނާއިން ގާތަށް އައީ އަމަށަކަ ހިންޏެއް ނޫނެވެ. ވަގުތާ ހާަލަތުގެ ގޮތުން ހިނިގަނޑު ކޮންޓްރޯލް ކޮށްލީއެެވެ. ” ޝިޔާ ހީކުރީ މަ މި ބަލަނީ އޭނާއަށް ކަމަށްތަ..ޗީ ބަލާނެ އެއްޗެއް ނެތަސް މަށެއް ނުބަލާނަން ކަލެއަކަށް.. ” ނާއިން ހިތާހިތުން ކިޔާލިއެވެ. ” ނައިރާ ” އެ އަންހެން ކުއްޖާއަށް ކިޔަނީ ނައިރާކަން އެނގުމުން އެނަން މަޑުމަޑުން ކިޔާލިއެވެ. އޭނާގެ ތުންފަތް މަތީގައި ލުއި ހިނުތުންވުމެއް ވިއެވެ.

އިސްދަށަށް ޖަހާލަމުން އިސްތަށިގަނޑު ތެެެރެއަށް އަތް މަހާލީ އޭނާގެ ހުރިހާ ހަރަކާތްތަކެއް ބަލަން ހެވިފައި ސައިމަން ހުރިކަން ނޭނގިއެވެ. ނާއިން އުޅެމުންދާ ގޮތް ސައިމަންއަށް މަޖާ ވުމުން އޭނާ ވަނީ އިޒާން އާ މައިޝަންއަށްވެސް އެމަންޒަރު ދެއްކުަމަށްޓަކައި އެ ދެމީހުންވެސް ލޯންޗުން ބާލާފައެވެ.

ނާއިން އެނބުރި ސައިމަން އާ ދިމާލަށް ބަލާލިއެވެ. ނަމަވެސް އޭނާ ހައިރާންވީ ސައިމަން ކައިރީގައި ތިބި އިޒާންއާ މައިޝަން ފެނުމުންނެވެ. އެ ތިން މީހުން ދިމާކޮށްލުމުގެ ގޮތުން ދެތިން އެއްޗެއް ބުނެލިއެވެ. އެއްޗިއްސަ ދޭނެ ރައްދެއް ނާއިން އަތަކު ނެތެވެ. އޭނާއަށް ކުރެވުުނުހާވެސް ކަމަކީ ބޯ ކަހާލުމެވެ.

” ނާއިނޫ….ކަލޭގެ ޑްރާމާ މޮޅުކަމުން ފެން ފުޅި ގަންނަން ދާ ހިތްވެސް ކެނޑިއްޖެ…. އަދި އެއްފަހަރު އެ ގޮތަށް ހީލާފަ އިސްތަށިގަނޑަށް ނިކަން އަތް މަހާލަބަލަ…އެ މަންޖެގެ ހިތް އެކަންޏެއް ނޫނޭ އަހަރުމެންގެވެސް ހިތްތަށްވެސް ކަތިލެވިއްޖެ..” ދާދި ދެންމެއަކު ނާއިން ކުރި ކަންތަކަށް އަލިއަޅުވާލާ ސައިމަން ބުންޏެވެ. މޭ މަތީގައި ކައްޗަކަށް ވާ ގޮތަށް އަތް ހުރަސްކޮށްލަމުން ފިލްމީ ގޮތަކަށެވެ. ސައިމަން ފެންފުޅި ބަލައިދާން ކަންނެތްވީއެވެ. އެހެންނަމަވެސް މަތިއަޅުވާލީ ނާއިންގެއެވެ.

އަތިރިމަތީގައި މީހުން މަދުވުމުން މުޅި މާހައުލުގައި ވަނީ މަރުފަދަ ހިމޭންކަމެވެ. ގުދުރަތީ އަޑުތައް އިރުއިރުކޮޅުން އެ ހިމޭންކަން ފޫއަޅުވާލައެވެ. އެހެންކަމުން ސައިމަން މެން ދައްކަމުން ދިޔަ ވާހަކަ ނައިރާމެން ތިބި ހިސާބަށް ވަރަށް ރިއްޗަށް އިވެއެވެ. ސައިމަން ބުނެލި ވާހަކައިގައި ނައިރާއަށް ިޝާރާތް ކުރުމުން ބިންފަޅާފައި އަޑިއަށް ދެވޭނެނަމައޭ ނައިރާ ހިތަށްއެރިއެވެ. ” ނާއިން ” ނައިރާ ހިތާހިތުން ކިޔާލިއެވެ. މީހާއަާ އެއްވަރަށް ނަންވެސް އެހާމެ ރީއްޗެވެ. އެކަމަށްޓަކައި އޭނާ ނާއިންއަށް ތަޢުރީފު ކޮށްލިއެވެ.

ނާއިންމެންނާއެކު ލޯންޗު އޭގެ މަންޒިލަށް ނައްޓާލިއެވެ. ލޯންޗައް އެ މީހުން އެރުމުން ޝިޔާ އެ މީހުންނަށް ދިން ސަމާލުކަން ކުޑަކޮށްލާފައި ސެލްޕީ ނަގަންފެށިއެވެ. ނަމަވެސް ލޯންޗު ލޮލަށް ނުފެންނަ ހިސާބަށް ދަންދެން ނައިރާ އިނީ ބަލަހައްޓައިގެންނެވެ.

” އެތާ ވެލިގަނޑުމަތީގަ އޭނދީނު ބުޅި އިސްތަށިގަނޑެއް ލާފަ އަންެހެނެއް..މަ ދެންމެ ބެލި އަންހެންކުއްްޖާއާ ޖެހިގެން…އެއީއޭ އެއްކަލަ ޝިޔާ ” ލޯންޗަށް އެރުމުން ސައިމަންއާއެކު އެކަހެރިވެލަމުން ނާއިން ބުނެލިއެވެ.

” ކައެގެ ހާފް ސިސްދޯ….ހާދަ ރީއްޗޭ އޭނާ…އޭނާއަށް ދެރައެއް ނުދެއްޗޭ ކަލޭ ކުރަން ތިއުޅޭ ކަމެއް ކަލޭގެ ބަައްޕައަށް ކުރޭ..ނާނުގެ ބައްޕަ ސިނާންއެއްނު މިހުރިހާ ކަމެއްގެ އަސްލަކީ ޝިޔާގެ އެއްވެސް ކުށެއް ނެތެއްނު..” ސައިމަން މަޖަލަކަށް ބުންޏެވެ. އަސްލުވެސް ސައިމަންއަށް ޝިޔާ ވަރަށް ރީތިވިއެވެ. އެހެންމަވެސް ކުރާނީ ކީއްހެއްޔެވެ. އޭނާއަކީ މީހެއްގެ ފިރިއެކެވެ. ތިން އަހަރު ފުރިފައިވާ ފިރިހެން ދަރިއެއްގެ ބައްޕައެކެވެ.

ހުރިހާ ކަމެއްގެ އަސްލަކީ ސިނާންއޭ އެންމެން ބުނި ކަމުގައިވިއަސް ނާއިން ގަބޫލު ކުރަނީ އެހެނެެއް ނޫނެވެ. އޭނާގެ ނަޒަރުގައި ސިނާން އޭނާގެ މަންމައަށް އެހާ ބޮޑު ދެރައައެއް ދިނުމުގެ އަސްލަކީ ޝިޔާއާއި އޭނާގެ މަންމަ ނަޒްމާއެވެ. ސިނާންއާ ނަޒްމާ ކައިވެނިކޮށް ޝިޔާ ނުލިބުނުނަމަ ސިނާނަށް ނާއިންގެ މަންމަ ރީނާ ކައިރިއަށް އާދެވުނީހެެވެ. އެ ދެމީހުން ގުޅިގެން އުފާވެރި ހަޔާތެއް އުޅެވުނީހެވެ. ނަމަވެސް އިންސާނަކާ ޖިންނިއަކާ އެކުގައި އުޅެގެން އުފާވެރިހަޔާތެއް ބިނާކުރާނީ ކިހިނަކުން ހެއްޔެވެ.

ހުދު ކުލައިގެ ކިންގް ސައިޒް އެނދުގެ މެދުގައި ދެފައި ވަށް ކޮށްގެން އިން ނާއިން އަތުގައި ފޮޓޯ ގަނޑެއް އޮތެވެ. ” ސިނާން…ޖަސްޓް ބީ ޕޭޝަންޓް..އައިމް ކަމިންގް ފޯ ޔޫ..ކެތްތިރިކަމާއެކު އިންތިޒާރު ކުރައްޗޭ….. އޭރުން ނަތީޖާ ވަރަށް ފޮނި..އުހުނ…ހިތި ވާނެ ” އޭނާ ދިޔައީ އެ ފޮޓޯގަނޑާ ވާހަކަ ދައްކަމުންނެވެ. ސިނާންގެ ފޮޓޯގަނޑަށް ބަލާލަމުން ބުނެލި ފަހު ޖުމްލައާއެކު ނުލަފާ ހިނގަނޑެއްވެސް ޖަހާލިއެވެ. ” ޝިޔާ އެއުޅެނީ ހިތަދޫގަ އެހެންވީމަ މިއަށްވުރެ ރަނގަޅު ފުރުސަތެއް މަށަކަށް ނުލިބޭނެ ” ނާއިން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އިތުރު ފަރާތެއް ހުރިކަމެއް އޭނާ ނުދެނެ ހުއްޓެވެ.

” އެހެންވީމަ ތި ވިސްނަނީ ޝިޔާއެކޭ ތިކިޔާ މަންޖެ މާލެ އައުމުގެ ކުރިން އެގެއަށް ދާންތަ…” ނާއިންއޭނާގެ ނަފްސާ ދައްކަމުން ދިޔަ ހުރިހާ ވާހަކައެއް އަޑުއަހަން ހުރެފައި ސައިމަން ބުނެލިއެވެ. ނާއިން ފަހަތަށް އެނބުރި ކޮޓަރީ ދޮރުކައިރީ ހުއްޓިލައިގެން ހުރި ސައިމަންއަށް ބަލާލަމުން ބޯ ޖަހާލިއެވެ. ނާއިންގެ ހުރިހާ ސިއްރުތަށް އެނގޭ ހަމައެކަނި ފަރާތަކީއެއީއެވެ.

ހެންވޭރު ރޯސްގޯލްޑް ގޭގެ މަގު އަލިވެފައިވަނީ މަގުމަތީގައި ބަހައްޓާފައި ހުރި އެންމެ ހޮޅިބުރިއެއްގެ އަލިންނެވެ. ތިން ބުރިއަށް ނަގާފައިވާ އެގޭގެ މައިދޮރު ކުރިމައްޗައް ދެ މަޙްލޫގުން ފާޅުވިއެވެ. ހެދުން އަޅައިފައި ތިބި ގޮތުންނާ ސިފައިގެ ގޮތުން އިންސާނުންނާ ތަފާތެއް ނެތެވެ. ތަފާތަކި އިންސާނުންނަށް ލިބިފައިނުވާ ބާރުތަކެއް އެމީހުންނަށް ލިބިފައިވުމެވެ. ނާއިން ކުރިއަށް ޖެހެލާ ތަޅުލާފައި ހުރި ދޮރު ހުޅުވާލީ އޭނާގެ އަމިއްލަ ދެއަތުން ތަޅުގައި ހިފައި ތަޅު ނައްޓާލުމަށްފަހުގައެވެ. ގޭތެރެއަށް ވަދެވުމުން ސައިމަންއާއި ނާއިން ސިޑިން އަރައިގެން ގޮސް ފުރަތަމަ ފޮލޯގެ ދޮރުގައި ބެލްއަޅާލިއެވެ.

” ކާކުތަ މިހާ ދަަންގަޑިއެއްގަ އެއައީ….” ނިދާފައި އޮތް ނަޒްމާއަށް ބެލްއަޅާ އަޑު އިވުމުން ހޭލެވުނެވެ. އޭނާއަކީ ނިދިމަޑު މީހެކެވެ. ނަޒްމާ އޭނާގެ ފިރިމީހާ ސިނާނަށް ގޮވާލިއެވެ. ” ޝަޔާން ކަންނޭނގޭ..މަ މިދަނީ ބަލާލަން..” ސިނާނަށް ހީކުރެވުނީ އެއި އެދެމީހުންގެ ހަގު ދަރިފުޅު ޝަޔާން ކަމަށެވެ.

ކޮޓަރިން ނިކުމެގެން ދޮރުހުޅުވަން ސިނާން ދިޔައިރުވެސް ބެލް އަޅާ އަޑު އިވިއިވި ހުއްޓެވެ. ނަޒްމާވެސް ސިނާން ފަހަތުން ދިޔައެވެ. ކުރީގައި ހުރީ ސިނާން ނަމަވެސް ދޮރު ހުޅުވީ ނަޒްމާއެވެ. ފެންފޮދެއް ބޯލުމަށްޓަކައި ސިނާން ބަދިގެއަށް ވަނީ ދޮރުހުޅުވަން ނަޒްމާ ދިޔުމުންނެވެ. ” ތީ..ކޮންބަޔެއް..” ދޮރުމަތީގައި ތިބީ ދުވަހަކުވެސް ނުފެންނަ ފަދަ ރީތި އަދި އެހާމެ ފިރިހެންވަންތަ ދެފިރިހެނުންނެވެ. ނަޒްމާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ނޫކުލައިގެ ކަޅިރަވައެއްގެ ވެރިޔާއެވެ. އޭނާ ހީވަނި ހަމަ ސިނާންގެ ޒުވާން އިރުގެ ތަސްވީރެއްހެންނެވެ. ލޮލު ފިޔަ ނުޖަހާ ބަލަހައްޓައިގެން ހުރެވުނީއެވެ.

” ސިނާން އެބަ އުޅުއްވާތޯ..” ނާއިން ބުނެލިއެވެ. އަދަބުވެރިކަމާއެކު އޭނާ އެންމެ ނަފްރަތު ކުރާ އިންސާނުންގެ ތެރެއިން އިންސާނަކާ ވާހަކަ ދެއްކުން ވީ އުނދަގޫ ކަމަކަށެވެ.” ސިނާން…ސިނާނޫ ” ނަޒްމާ ދެތިންފަހަރަކު ސިނާނަށް ގޮވާލިއެވެ. ނާއިން އޭނާގެ އެކުވެރިޔާއާއެކު ގޭތެރެއަށް ވަދެގަތީ ހުއްދައަކާ ނުލައެވެ.

ނަޒްމާ ގޮވާލި އަޑުއިވިގެން ބަދިގެ ތެރެއިން ނިކުމެގެން ސިނާންއައީ ފެންފުޅި ތުނބުގައި ޖަހައިގެންނެވެ. އެހެންމަވެސް އޭނާއަށް ކުރިމަތިން ފެނުނު މަންޒަރުގެ ސަބަބުން އަނގައިގައި ހުރި ފެންތަށް އަނގައިން ބޭރަށް ބުރައިގެން ދިޔައެވެ.

 

( ނުނިމޭ )

 

Comments (31)

  1. unique

    oh me first

    1. Naushr
      unique

      Congratulations unique ? hope u liked it dear❤

  2. Naushr

    Hello friends! !
    after a short break here is the third part of the story “NAAIN “☺ and I’m really sorry that this part is shorter than other parts ?it’s just cuz Im really busy. Hope u understand ?
    Do comment what you think about this part ?? what do you all think is gonna happen next?
    Thank you for the support ? ?
    Salaam ✋ ❤

  3. Roxy

    Roxy ah heevany dhn shiyaa vx naain fahathun dhuvrny hn ?? bt ehn nahadrthi naain r nairaa must b together dw nauu ?? vvvv lwbi mi prt vx buddy ??

    1. Naushr
      Roxy

      Let’s see roxy…? u might be correct dear ?? and thank you sooo much buddy ❤❤??

  4. No one

    Vr rythi mi part vx nauu dear..♥️♥️.. waiting for next part

  5. unique

    vv reethi mi partvx…… its okey short vias vv reethi so we appreciate it….

    1. Naushr
      unique

      Thank you too badly ???I am so happy to have such understanding readers ❤

    2. unique
      unique

      keekey???? didnt understand…….. n thank u…. n i liked it a lot

  6. Naushr

    ( I also do ship naira and naain )??

  7. eekko

    Vvvvvv reethi☺☺????

    1. Naushr
      eekko

      Thank you very much eekko…?I’m happy to hear that that from you dear❤

  8. Ree?

    Hey stry varah reethi igey but its little bit short dho its ok next time miah vure dhigu kohleema ok vaane good luck dear egearly waiting for the upcoming part ????❤????????

    1. Naushr
      Ree?

      Thanks a lot ? thats so sweet of you my dear❤ will come up with a longer part next time ☺ won’t keep u all waiting for too long insha allah ? ?

  9. Shaira

    Mi part vess varah salhi

    1. Naushr
      Shaira

      Yay!! Thanks dear ?glad to hear that ❤????

  10. Naushr

    Oh sorry unique dear. .I actually meant that I am really thankful that you appreciated it (my work) and happy u understand I’m busy☺❤?

    1. unique
      Naushr

      hihi….. its ok

  11. Anonymous

    Masha allah vvv perfect.
    Busy vedhaane hama dear.e ok ey.next part avahah up kohla dhehcheh igey.keep it up.
    Waiting 4 next part.
    -salaam-???

    1. Stry kiyaa man
      Anonymous

      Haha.nan nujahaa dhw comm kure vuny.

  12. Mishy

    Wowww…????????????mi prt vrh vrh obi… ??????????????jxt luv it… ????????????.. its okih ngh… mi prt kuru vias nxt prt dhigukhlym….?????????..plus ngh rwdha mas v ma bx vrne kn…. ?????????????.. jxt tke ur time… whn nxt? Curiously waitinn… ly.. ❤❤❤❤❤❤❤❤❤❤??????⚘⚘⚘⚘⚘⚘????????????

  13. Samm

    Nice stryy?????❤❤Nauu keep it up dear??????????..waiiting 4r nxt prt???????????❤❤❤❤

  14. Nau

    this is my first time commenting on ur stry……its beautiful….curiously waitin for the nxt prt…………….gud luck NAUSHR……..

  15. Sharu

    Nice story.. Waiting for the next part?

  16. Anonymous

    when next part? lysm naushr dear

    1. Manha
      Anonymous

      i am manha…nann nujahaa comment kure vuny

  17. sabaa

    Kobaa next part??
    08/06/2018-2706/2018????
    Mi haa gina dhuvas vee iru ves up eh nuvey????

  18. Mariyam

    Wow I love this story. Were is the next part.

  19. Jaz

    Varah reethi waiting for next part keh madhuvefa… nau kon iraku part 4 nereynii

  20. Jairu

    Wow… this is a great story.. any body reading this 2019..
    Then vex avahah up kohla dhee… cant wait any more… begging you… plz????????????????????????????????????????????????

  21. Mammi

    When is next part….

Comments are closed.