ސައިމަންއާއި ކުޑަކޮށް ވާހަކަ ދައްކާލަން ހުރެފައި އަލުން ނައިރާއާ ދިމާލަށް އޭނާ ބަލާލިއެވެ. ” ޕޮއް ” ހަމަ އެވަގުތު ނައިރާގެ ކޮނޑުގައި ފަހަތުން އައިސް ޖަަހާލާ ސިއްސުވާލި އަންހެންކުއްޖާ ފެނި ނާއިންގެ ލޮލުން އަލިފާން ކަނި ބުރައިގަތެވެ. ނާއިންގެ ހަނދާނަށް އަންނަން ފެށިއެވެ. ކުރީގައި ނައިރާ އެނާއަށް ފެނިފަ އޮތީ ޝިޔާއަށް ފާރަލާން އުޅުމެގެ ތެރޭގައިކަމެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ތަފާތު ނަޒަރަކުން ބަލާލެވުނު އަންހެން ކުއްޖަކީ ޝިޔާއާ ގުޅުން ހުރި ކުއްޖެއްކަން އެނގުމުން އޭނާގެ […]
ރަސްފަންނުގެ ހުދު ދޮންވެލިގަނޑު މަތީ ކަށިފައިވާނެއްގައި ހިނގާފައި ދިޔަ ޝިޔާގެ މިސްރާބަކަށްވީ ގަހެއްގެ ހިޔަލުގައި ބަހައްޓާފައި ހުރި ޖޯލިފައްޗެވެ. އެހެންނަމަވެސް އޭނާގެ ފިޔަވަޅުތައް މަޑު ޖައްސާލަން ޖެހުނީ ވެލިގަނޑުގައި ވެލީގެ ސަބަބުން ކުޑަކޮށް ފަސްއެޅިފައިވާ ފަށެއް އޭނާގެ ކަށި ފައިވާނުގައި އަޅައިގަތުމުންނެވެ. ވެލިތަށް ފޮޅާލުމަށްފަހު ޝިޔާ އެ ރިހި ފަށުގެ ފުލުގައި ޖަހާފައިވާ ނަން ކިޔާލިއެވެ. ” ނާއިން ” މަޑުމަޑުން އެ ނަން ކިޔާލަމުން ، ޝިޔާ އެ ފަށުފުލުގައި އަތް ކާއްތާލިއެވެ. ޝިޔާ އެ ފަށުފޫ ދަބަސްތެރެއަށްލީ ކޮންމެވެސް […]
ހަފްތާގެ ފުރުތަމަ ދުވަހެވެ. އާދިއްތަ ދުވަހެވެ. ރާއްޖެ ގަޑިން މެންދުރު ބާރަޖެހީއެވެ. އޮފީސް ތަކުގެ ބްރޭކް ގަޑިއާ ސުކޫލް ތަކުގެ ހެނދުނު ސެޝަން ނިމި މެންދުރު ސެޝަން ފައްޓާ ގަޑިކަމުން މާލެގެ މަގުމަތި ވަނީ ތޮއްޖެހިފައެވެ. ޙާއްސަކޮށް ސުކޫލުތައް ކައިރީއާއި އޮފީސްތައް ކައިރީ ބާރުބޮޑެވެ. ކާރުތަކާއި ސައިކަލުތައް އަދި މީގެ އިތުރުންވެސް މަގުމަތީގައި ދުއްވާ ތަފާތު އުޅަނދުތަކުގެ ބަރުގޮނުގެ އަޑު ނޫން އިތުރު އަޑެއް ނީވެއެވެ. އޭ.ޑީ.ކޭ ހޮސްޕިޓަލުގައި މަސަތްކަތް ކުރާ ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރު އާއިޝަތު […]
ޝިޔާ އަކީ އޭ.ޑީ.ކޭ ހޮސްޕިޓަލްގައި މަސަތްކަތް ކުރަމުން އަންނަ މޮޅު ޑޮކްޓަރެވެ. އުމުރުން ތޭވީސް އަހަރުގެ މި ޒުވާނާއަކީ ގިނަ ބަޔަކު ދަންނަ އަދި ގިނަ ބަޔެއްގެ ހިތުން ޖާގަ ހޯދާފައިވާ ޒުވާނެކެވެ. އޭނާގެ ހިތް ހެޔޮ އަދި އެހާމެ އޯގާތެރި މިޒާޖަކީ އެންމެންގެ ހިތުންވެސް އޭނާ ޖާގަ ހޯދާ މައިގަނޑު ސަބަބެވެ. ކޮންމެ ދުވަހަކީވެސް ޝިޔާއަށް އުފާވެރި ދުވަހެކެވެ. ހިތްނުތަނަވަސްވެ ހާސްވާފަދަ ކަމެއް ދިމައެއް ނުވެއެވެ. އޭނާގެ އުޅުން ހުންނަ ގޮތުންނެވެ. ނަމަވެސް ވަގުތާއެކު ހާލަތު […]
އަހަންނަކީ އުމުރުން އެކާވީސް އަހަރުގެ ޒުވާނަކީމެވެ. އުފަލާ މަޖަލުގައި ޒުވާންކަމުގެ ދުވަސްތައް އެހެން ޒުވާނުންނެކޭ އެއްފަދައިން ގުނަމުން ގެންދިޔައީމެވެ. ހިޔާލެއް ފިކުރެއް ނެތިއެވެ. ހިތާމަވެރިކަމަކީ ކޮންއެއްޗެއްކަން އަހަރެން ނުދެނެހުރީމެވެ. އެއީ އަހަންނަށް އިހްސާސްވެފައި ނުވާ އެއްޗެކެވެ. މުއްސަނދި މަންމައަކާއި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅަށް ވުމުން އަހަރެން ބޭނުންވާ ކަމެއް ޖެހޭނީ ހިތަށް އަރުވާލާށެވެ. ޝަކުވާއެއްނެތި އުޒުރަކާ ނުލައި މަންމައާއި ބައްޕަ ކޮށްދޭނޭއެވެ. އަހަރެން ވަޒީފާއަކަށް ނުދަމެވެ. އަހަންނަށް ޙަރަދު ކުރަނީ އަދިވެސް ހަމަ މަންމައާއި ބައްޕައެވެ. ކުޑައިރުވެސް ކުރިފަދައިންނެވެ. އަހަންނަކީ މުސްލިމަކީމެވެ. އެހެންނަމަވެސް އެންމެ ފަހުން ނަމާދަށްއެރީ ކޮން ދުވަހެއްގައިކަންވެސް […]