Skip to content
އެސްފިޔަ

ފިނި ބުރު

އުޑު މަތި ސާފު ރީތި ދުވަހެކެވެ. ހަލަބޮލި މާލޭގެ މަގުމަތިން “ޕީއް…ޕީއްް..” އަޑު ކެނޑިގެން ނުދެއެވެ.

އާދައިގެ މަތިން މިއަދުވެސްް އަހަރެން ތައްޔާރު ވެލީ ހަވީރު ފިންޏަށް ބުރެއް ޖަހާލުމަށް ދާށެވެ. ފެންވަރައި ރީތިވެލީމެވެ. އަހަރެން ހުރީ، ނޫކުލައިގެ އަތްދިހު ގަމީހަކާއި ފިއްތި ޖިންސް (ސްކިނީ) އެއް ލައިގެންނެވެ. އަތުގައި އަޅާފައި އޮތް ސްމާޓް ވޮޓްޗް ފޯނާ ކަނެެކްޓްކޮށްލީމެވެ. ބެލްޓް ރަނގަޅަށް ބާރު ކުރުމަށްފަހު ހިނގައި ގަތީމެވެ. އަދި ހަރުގަނޑުގައި އިން ފެހި ކުލައިގެ ބޫޓަށް އަރާލީ ވަރަށް ހިތްހަމަޖެހިގެންނެވެ.

ޖީބުގައި ގޭގެ ތަޅުދަނޑި އޮތްތޯ ޔަޤީން ކުރުމަށްފަހު، ނިކުމެ ދޮރުތަޅުލައި މިސްރާބު ޖެހީ އާރޓިފިޝަލް ބީޗާ ދިމާލަށެވެ. ހިނގަމުން ދަނިކޮށް އިވުނު އަޑަކާއި އެކު ސިއްސައިގެން ގޮސް ބަލާލެވުނީ އަޑު އައި ދިމާލަށްށެވެ. ސުބުހާނަ ﷲ އެވެ. އެއޮތީ ދެ ސައިކު މުޑިއަރާފައެވެ. ހިތަށް އެރިއެވެ. ހުންނާނީ ރަނގަޅަށް ރޯދަ ކުރުވެފައެވެ. ތަންކޮޅެއް މަޑުން ބަލަލައި ލައިގެން އުޅޭނަމަ ތިކަހަލަ ހާދިސާތަށް މަދުވާނެއެވެ. ދުއްވަން ވަނީވެސް ރޮދީގަ ވިއްޔާއެ. މުޑިނޭރީއާ ދެރަތާއެވެ.

އަނެއްކާވެސް ހިނގަމުން ދިޔައީމެވެ. ލޮނުޒިޔާރަތް މަގު ނިމޭ ހިސާބުން މީހަކު ކިނބިއްސެއް އަޅާލި އަޑު އިވުނެވެ. އަދި އެވަޤުތު އެމީހާ ބުނެލިއެވެ. “ޝުކުރިއްޔާ ރައީސް ޔާމީން” މަ ގާތަށް ފުރަތަމަ އައީ ރުޅިއެވެ. ހެއްދެވި ފަރާތަށް ހަމްދު ނުކޮށް އެހެން މިހަކަށް ޝުކުރު އަދާކުރީއެވެ. ކުޑަކޮށް ހިނިވެސްއައެވެ. ދެރަވެސް ވިއެވެ.

ހިނގުން ކުރިއަށް ގެންދިޔައީމެވެ. ނިއު ޕޯޓް ބްރިޑްޖް ވިއުއާއި އަރާހަމަވުމުން، ކުޑަ އިރުކޮޅަކު ބްރިޖް ބަލާލަން މަޑުކޮށް ލީމެވެ. ދެން ދިޔައީ ސީދާ އާރޓިފިޝަލް ބީޗަށެވެ. އެތަނުން ފެނުނު މަންޒަރުން ހިތަށް އެރިއެވެ މި އަންހެންވެރިން ފަހަތު ޖީބަށް ފޯނު މި ޖަހަނީ “ކޮން ރަލެއް ބޮއެގެން” ބާއެވެ؟ އެހެން ތިއްބާ ފަހަތުން އައިސް މީހަކު ފޯނު ޖަހައިގަތީމަ ދެން ފަށާނީ ރޯންށެވެ.

މި ހިޔާލުގަަައި އިންދާ، އުރީދޫއިން މެސެޖެއް އައިއްސިއެވެ. މެސެޖް ކިޔާފައި ވަރަށް ހިނިއައެވެ. “އުރިދޫއިން މިއަދު ކެއްކީ ހަވާދުލީބިސް” އަޖައިބެކެވެ. މިފަހަރު ހަވާދުލީބިސް ވެސް ކެއްކީއެވެ. ހިތަށް އެރިއެވެ. ކުކުޅު ބިހުގައި ހަވާދުލާފައި ފެނު ކެއްކީ ތޯއްޗެކެވެ. ވަރަށް ހިނި އައެވެ.

މިހެން ހިޔާލުގައި ހުއްޓާ އިރު އޮއްސުނެވެ. އަވަހަށް އެންމެ ކައިރީގައި ހުރި މިސްކިތަށް ގޮސް މިސްކިތުން ރޯދަ ވީއްލާ، ނަމާދުކޮށްލައިގެން އަހަރެން ދިޔައ ނިއު ޕޯޓް ބްރިޑްޖް ވިއު ކައިރި “ޗެޓްޓަައިމް” އަށް ކޮފީއެއް ބޯށެވެ. ކޮފީ ނިންމާލާފައި ގެޔަށް ދާން މިސްރާބު ޖެހީމެވެ.

ބުރުޒު މަގާ އަރާ ހަމަވެއްޖެއެވެ. އަހަރެންގެ ކަންފަތުގައި ހީވަނީ ހޮނު ގުގުރި ޖަހާހެނެވެ. މަގުގައި ޓްރެފިކްގައި ޖެހިފައި އެތަށް ވެހިކަލްއެއް އޮތެެއް ކަމަކު މިދެން ބޮޑުވަރެވެ. ކިތަންމެ ވަރަށް ބަރުގޮނު އެޅިޔަސް ކުރިމަތީ އޮންނަ އެއްޗެއް އުދުއްސައި ގަންނާނީކީ ނޫނިއްޔާއެވެ.

އަރާފަ ހުރި ރުޅީގައި ބާރު ސްޕީޑްގައި ގަލޮޅު މަދަރުސާ ކުރިމަތިން ގޮސް ލޮނު ޒިޔާރަތް މަގަށް އަރާ، ފިހާރަ އަކުން ރާސްޓަސްއެއް ކުރީ ޑާޓާ ޕެކޭޖެެއް ނަގާށެވެ. ގޭގައި ވައިފައި ކެނޑިފަައި ހުރީމައެވެ. ކިތަންމެ ކުޑަވަޤުތު ކޮޅަކަށްވެސް ނެޓް ނެތިއްޔާ މަގޭ ލައިފް ބަރުބާދުވީއެވެ.

ގެއަށް ގޮސް މިއަދު ހިނގާދިޔަ ކަންކަން “ފިނި ބުރު”ގެ ނަމުގައި ވާހަކައެއް ސިފައިގައި ލިޔެ އެސްފިޔަ.ކޮމްއަށް ޕަބްލިޝްކޮށްލީމެވެ. ދެން އަވަހަށް ކޮމެންޓް ކުރާށެވެ. ނެގެޓިވް ކޮމެންޓް ކުރާ މީހުންދެކެ ވަރަށް ލޯބިވެއެވެ. (ނިމުނީ)

Comments (29)

  1. FAISAL

    He he he he gadha bro hama habeys ? ? ? ? ?

    1. Zidhan Mohamed
      FAISAL

      Thanks brother.

  2. abhy

    hehehe zidhan vareh hama neh.. varah reethi.. kurin dhuvahu olhifa in than kolhu rangalhu kollafa dhw? salhi ingey.. varah avahah mikahala ehen maja vaahaka eh genedheythi.. mi thibee inthizaaruga… ?????

    1. Zidhan Mohamed
      abhy

      Thanks sister.

    2. Aabhy
      abhy

      no brother. im sister zidhan?

    3. Zidhan Mohamed
      abhy

      Edited. Hehe ?

  3. Minion

    ahaha mi waahaka salhi ige..? waiting for your waahaka series ah? good luck?

    1. Zidhan Mohamed
      Minion

      Umm.. Kon minion eh miulhenee? Inbx kollaba! ?

  4. Eenash

    Ahnan dhen huhnaanan loabin thiya inthizaarugaii ?❤️

    1. Zidhan Mohamed
      Eenash

      Eba dhan ingey ?

  5. Shiuu

    “Kukulhu bihugaa havaadhulaafaa fenukekkee thochchekey ” alhe fahe furathama fenukakàfa eh nu havaadhu laany. …havaadhulaafaa eh feneh nukakkàane…???

    1. Zidhan Mohamed
      Shiuu

      Eii majalakah ?? rangalhah getveba konsense akunthw ais iny. ?

  6. Shaira

    Nice story nd very funny

    1. Zidhan Mohamed
      Shaira

      Thanks ??

  7. Saula

    Vvvv majaa story eh…… I enjoyed it a lot…… Just waiting for ur story series ahhh…..

    1. Zidhan Mohamed
      Saula

      Owkay ?

  8. Moya

    Anhenun phone ekani tha vagah naganee? Mi thn koacheh tha kiyan

    1. Zidhan Mohamed
      Moya

      Thanks for feedback

  9. Zaara

    Meeekonkahala vaahaka eh….???miahvuren rangalhuvàane amilla life ge autobiography eh liyunas ???

    1. Zidhan Mohamed
      Zaara

      Is it a biography! Even a biography can be a story. Story means something happened. Even it may be an interview or maybe a song.

  10. Roxy

    Salhi ??

    1. Zidhan Mohamed
      Roxy

      Shukuru..ly ?

  11. nunnu

    hehe
    kureege mistake rangalhu kollaafa up kohdhinee dho thi
    vv reethi
    and hama vv majaa

    1. Zidhan Mohamed
      nunnu

      Hehe… aan..

  12. Bluue

    Mi dhen koacheh??

  13. minion

    ehehe mi minion zidhan akah neygeyne yo??

    1. Zidhan Mohamed
      minion

      Zidhan ah kiyaane minion baeh friends

  14. pinker

    negative comments kuraa kudhin dheke v loabi veyo ekam negative comments eh hajam eh nuvey….emenge samaalu kamah bunan….meenaa miee meehunge vaahaka thah vagulu kohgen liyaa meeheh….

  15. Xxxxx

    Wow. Nice

Comments are closed.