އެލެކްސް އޭނާ ލައިގެންހުރި ޖެކެޓް ތެރެއަށް އަތް ކޮއްޕާލުމަށްފަހު ނެގީ ރިމޯޓެކެވެ. އެ ރިމޯޓް ފެނުމާއިއެކު ރިވްލާންގެ ދެލޯބޮޑުވެ މުޅިމީހާ ދާހިއްލަން ފެށިއެވެ. އެލެކްސް ކުރަން އުޅޭކަންތައް ރިވްލާންއަށް ވަރަށް ރަނގަޅަށް އިނގެވެ. އެލެކްސް ބުންޏެވެ. ” އެންމެ ފަހުފަހަރު މިއަހަނީ.. ކޮބާ ޕެންޑްރައިވް ؟ ” ************************* ރިވްލާން އަށް ބަލަން ހުރެވުނެވެ. ކަންތަށް ކުރަންވީ ކިހިނެއްބާއޭ ހިތައްއެރިއެވެ. ޕެންޑްރައިވް އެލެކްސް އަށް ދީފިނަމަ، ދެވަނަ ފަހަރަށް ޕެންޑްރައިވްގައިވާ ފައިލްތައް ނުލިބިދާނެއެވެ. ޕެންޑްރައިވް ނުދީފިނަމަ ކަރަންޓް […]
ޑިއުޓީ ނިންމާލުމަށްފަހު އިއާންގެ ކެބިންއަށް ރިޕޯޓްތައް ހިފައިގެން އަވަސް ހިނގުމެއްގައި ހިނގާފައިދިޔަ މިންހާ މީހެއްގެ ގައިގައި ޖެހި އަތުގައި ހުރި ރިޕޯޓްތައް ވެރުނެވެ. ސިހިފައި މިންހާއަށް ކުރިމަތީގައި ހުރި މީހާގެ މޫނަށް ބަލައިލެވުނެވެ. އެވަގުތު ކުރިމަތިން ފެނުނު ސޫރައަކުން ހީވީ ލާން އުޅުނު ނޭވާވެސް ތާށިވީހެންނެވެ. އަލޫފްއަށްވެސް ވީއެވަރެވެ. ބުނަން ބޭނުންވާ ކިތަންމެ ވާހަކައެއް ހުރި ނަމަވެސް އެހާ ގާތުން އެހިތްގައިމު މޫނު ފެނުމުން އަލޫފްގެ ދުލުގައިވީ ތަޅެެއް އެޅުވިފައެވެ. މިންހާ އަވަސް އަވަހަށް އިސްދަށަށްޖަހާލާ ތިރިވެ […]
” ހޫމް… އޯކޭ… އަހަރެން މިއުޅެނީ ހަމަ ނާއިލްއާ ގާތްވާހިތުން… ހެޕީ… ” އަޝްރާ ދެއަތުގައި ފުށް ހޭކުމަށްފަހު އަވަސް ހަރަކާތަކާއެކު ނާއިލްގެ މޫނުގައި ފިރުމާލަމުން ހުރިހާ ދަތްތައް ފެންނަ ވަރަށް ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ. ހީވެސްނުކޮށް ހުއްޓާ އަޝްރާގެ ފަރާތުން އެފަދަ އަމަލެއް ފެނުމުން ނާއިލް ހުރީ ދެން ގެންނަންވީ ހަރަކާތެއްވެސް ނޭނގިފައެވެ. ނާއިލްއަށް ވީގޮތް ފެނި އަޝްރާގެ ހިނިގަނޑު ފަޅާއިގެން ދިޔައެވެ. ”އަޝްރާ… ” ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރެ ހިތްހަމަނުޖެހުން އެކުލެވިފައިވި ރާގެއްގައި […]
ޓެރެސްއަށް ނިކުމެވުނު އިރު ކުރިމަތިން ފެނުނީ ދުވަހަކުވެސް އަހަރެން ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. ދެލޯ އަހަރެންނަށް ކެހި ދެނީ ކަމަށް ހިކޮށް ދެތިން ފަހަރު ލޯ އުނގުޅާލެވުނެވެ. ނަމަވެސް މަންޒަރު ބަދަލެއް ނުވިއެވެ. އަހަރެންގެ ހިތުގައި އޮތް ބިރުވެރިކަން ހަގީގަތަކަށް ވީއެވެ. ގަބު އަރާފައި ހުރި އަހަރެންނަށް ހަމަ ބިމަށް ފޭބުނީ ތާތު އަހަރެންގެ ކޮނޑުގައި ހިފާ ތަޅުވައިގަތުމުންނެވެ. ރެއިލިންގ މަތީގައި ޝެރީ މަންމަ ހުރީ ޝަޒީ މަންމަގެ ކަރުގައި ހިފައިގެންނެވެ. ހިފައިގެން ހުރިލެއް ބާރުކަން ފުފިފައި ހުރި އެ އަތުގެ ނާރުތަކުންނާއި ފިއްތާ ބާރުކޮށްފަ ހުރި ދަތްތަކުން ހާމަވެއެވެ. ޝަޒީ މަންމަ ނޭވާ ނުލެވިގެން ތެޅި ފޮޅެމުން ދިޔައިރު މަންޒަރު ބަލަން އަހަރެންނަށް ހުރެވުނީ ރޮވިފައެވެ. ކިތަންމެހާވެސްއަދިވެސް އަހަރެންނަށް ލޯ ކުރިމަތިން ފެންނަމުން ދިޔަ ހިތި އަދި އަނިޔާވެރި މަންޒަރުތައް ގަބޫލުކުރަން ދައްޗެވެ. ” ޝީރީން… ހަމަ މިހާރު ދޫކުރޭ ޝަޒިއްޔާގެ ކަރުން… އެހެންނޫނީ… ” ބައްޕަ އެތަނުގައި ހުރިކަންވެސް އަހަރެންނަށް އިނގުނީ ބައްޕަ އަޅޭއްލަވައި ގަތުމުންނެވެ. ޝެރީ މަންމައާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލައިގެން ހުރެ ބުނެލީ އިންޒާރުގެ ރާގުގައެވެ. ބައްޕަގެ އަޑަށް ޝެރީ މަންމަ ބައްޕައާ ދިމާލަށް އެނބުރި ނުލަފާ ވައްތަރަކަށް ހޭން ފެށިއެވެ. އެ ހުނުމުގައި ނުރައްކާތެރިކަންވެސް އިންތިހާ ދަރަޖައަށް އެކުލެވިފައި ވެއެވެ. އެކަން އަހަރެންނަށް އިހްސާސްކުރެވުނެވެ. ” އެހެން ނޫނީ ކީއްކުރާނީ… ޖުމްލަ ފުރިހަމަ ކުރޭ… ” ޝަޒީ މަންމަގެ ކަރަށް ބާރު ކުރި ކުރީނުން ޝެރީ މަންމަގެ އަތުގެ ތޫނު ނިޔަފަތިތައް ކަރަށް ހަރާލިއެވެ. ހޯސްލާފައި ލޭގެ ކޯރެއް މުޅިތަނަށް ފައިބައިގަތެވެ. އަހަރެންނަށް އަނގަމަތީ އަތް އަޅާލެވުނީ މަންމަގެ ރަހުމްކުޑަކަން ފުރަތަމަ ފަހަރަށް ފެނުމުން ގަބޫލުކުރަން ދަތިވެފައި ހުރެއެވެ. ” މަންމާ!!! ” ދެން ކުރިމަތިން ފެނުނީ ބަލާލި ކޮންމެ އިންސާނެއްގެ ހިތަށްވެސް އޭގެ އަސަރު ކުރާހާ ހިތްދަތި އެހެނަސް އަނިޔާވެރި މަންޒަރެކެވެ. ޝަޒީ މަންމަގެ ކަނދުރާ ހަށިގަނޑުން ވަކިކޮށްލާފައި ޓެރެސްއަށް ވައްޓާލީ އަހަރެންގެ އުފަން މަންމަ ޝެރީންއެވެ. އެމަންޒަރު ފެންނަ ކޮންމެ މީހަކަށްވެސްް އެއީ އިންސާނެއްގެ އަމަލެއް ނޫން ކަން ޔަގީން ވާހާ ރަހުމްކުޑަ ކޮށެވެ. އެ މަންޒަރު އަހަރެން މި އަނިޔާވެރި ދުނިޔެއަށް ދޫކޮށްލާ ފަހު ނޭވާ އާ ޖެހެންދެންވެސް ތާޒާ ކަމާއެކު ހަނދާން ހުންނާނެއެވެ. ހިތާއި ދިމާލުން އަރައިގެން ދިޔަ ތޫނު ތަދުން އެ ދިމާލުގައި އަތް އަޅާލެވުނެވެ. ހީވީ ހިތް ދެފަޅިއަށް ފަޅި ފަޅިވެގެން ދިޔަ ހެންނެވެ. ހިތަށް މިޔަ ތޫނު ހަންޖަރެއް ހަރާލި ނަމަވެސް މިއަށް ވުރެ ތަދު ކުޑަވީސްކަން ޔަގީނެވެ. ބާރު އަޑެއް އިވުމާއެކު އަހަރެންނަށް އެދިމާލަށް ބަލާލެވުނު އިރު ބައްޕަ މެއާވީ ފަޅީގައި އަތް އަޅައިގެން ހުރެ ކަކޫ މައްޗަށް ތިރިވަނީއެވެ. ކަޅި ހުއްޓިފައިވަނީ ޝަޒީ މަންމަގެ ވަކިވެފައިވާ ކަނދުރާއަށާއި ފުރާނަ ނެތް މަސްގަނޑަށެވެ. އެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ކޯރެއް ބަންޑުންވާ ބީދައިންނެވެ. އަހަރެންނަށާއި ތާތުއަށް ބައްޕައާ ދިމާލަށް ދުއްވައިގަނެވުނީ އެކު އެކީގައެވެ. ދެމީހުން ބައްޕަގެ ކައިރިއަށް ތިރިވެ ބައްޕަ ނެގީމެވެ. ބައްޕަ ރަނގަޅަށް ކޮޅަށް ނުނެގެނީސް އަހަރެމެންގެ އަތް ފޮޅުވާލާފައި ޝެރީ މަންމައާ ދިމާލަށް ދިޔައީ ދުންޖަހާފައެވެ. […]
ފޮޓޯގައި އެ ވަނީ މިލާގެ ސިފަ އެވެ. ހަމުގެ އެ ކުލަވެރެވެ. ފަޅު ރީނދޫވެރިކަމެކެވެ. އުމުރުގައި ޅަފުރާވެރިކަމެވެ. ބާރަ އަހަރެވެ. ހިނިތުމުން އެ ޒަމާނެއް ކަށަވަރުކޮށްދެއެވެ. ލޮލުގެ ކަޅިރަވުން ދެއްކުވިފައިވި އެ މައުސޫމު މިޒާޖެވެ. ފަރުދަލެއް ނެތެވެ. ކަށިތަކުގެ ބާރުން ބައްޓަމެއް އުފުލެވިފައެވެ. އިނގިލތައް އެ ސިފަ އެއްގައި ތަތްކުރެވޭން ފެށުނެވެ. ދެން ހަރަކާތްތެރިކަމެކެވެ. ތުރުތުރު ލުމެކެވެ. ހިއްސުތައް އައްސި ކުރެވިއްޖެ އެވެ. އެއީ ގަނޑުފެންގަނޑެކެވެ. ހައިސިއްޔަތެއް ނުނެރެވުނެވެ. ތަޅުންގަނޑަށް ވައްޓާލެވި ބޭރުފަށް ޗިސް ކުރެވުނެވެ. އެއަށްފަހު […]
ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ހިނދު ދެމީހުންގެ ހިތުގެ ތެޅުމަށްވެސް ބަދަލެއް ގެނުވިއެވެ. އިޚްތިޔާރުން ބޭރުގައި އިއާންއަށް ބަލަހައްޓާއިގެން މިންހާއަށް ހުރެވުނެވެ. މޫދު އެރިފައި ހުރުމުގެ ސަބަބުން ލައިގެން ހުރި ރަތް ކުލައިގެ އަތް ދިގު ޖާރޒީ ވަނީ އެފިރިހެންވަންތަ ހަށިގަނޑުގައި ތަތްލާފައެވެ. ޝަބްނަމް ތިކިތަކެއް ފަދައިން ބަބުޅަމުން ދިޔަ ފެން ތިކިތައް އިއާންގެ މޫނުގައި ހަރުލާފައިވާ ހުރިއިރު ބަލައިލަން ނުހަނު ހިތްގައިމެވެ. އެކަކު އަނެކަކަށް ގެެއްލިފައި ތިބި ދެމީހުނަށް ބަލަހައްޓާއިގެން ހުރި ނާއިލްގެ ތުންފަތުގައިވީ ލާނެއް […]
އިރުގެ އަލިކަން ދުނިޔެއާ ވަކިވުމުގެ ނިޝާންތައް ހުރީ އުދަރެހުން ފެންނާށެވެ. އޮރެންޖުކުލައިގެ ވިލާތަކުގެ ހިޔަނިން ކަނޑުގެ ސަތަހަ ހީވަނީ ވިރުވާ އަޅާފައި އޮތް ރަންގަނޑެއްހެންނެވެ. ކަނޑުގެ ރޯޅިތައް ކުރިއަށްވުރެ ފިނިވެފައި ބާރުހެން ހީވެއެވެ. ބާނިތައް ގިނަވެފައި ބިއްސާލާ ރާޅުތަކުގައި ހުދު ފޮނު ހިފާފައި ހުއްޓެވެ. ހިމުން ދޮންވެލިގަނޑަށް އެ ރާޅުތަކުގެ ހަމަލާތައް ލިބެމުން ދިޔައެވެ. ތުނޑިމައްޗަށް ނިކުމެ އުޅުނު ގިނަ މީހުން އޮއްސެމުން ދިޔަ އިރާ އެކު ރަށުތެރެއަށް އަރައި ނިވާވެއްޖެއެވެ. ތުނޑީގެ އެންމެ ހިތްގައިމު ހިސާބުގައި […]
މަންމަ އުދުއްސައިގަތުމާއެކު ފަހަތުން އަހަރެމެން ވެސް އުދުއްސައިގަތީމެވެ. ފުރަތަމަ ފަހަރެއް ކަމަކު އަހަރެންނަށް އުދުހުމަކީ މާ އުނދަގޫ ކަމަކަށް ނުވިއެވެ. ތާތު އާ އެއްވަރަށް އުދުހެމުން ދިޔައިރު ދެން ވާނެ ގޮތެއް ނޭނގޭތީ ހިތް ތެޅެމުން ދިޔަ ބާރު މިނުން ދެންމެ ދެންމެ މޭ ފަޅާފައި ނިކުމެދާނެ ހެން ހީވާ ފަހަރުވެސް މަދެއް ނޫނެވެ. އަހަރެންގެ ރަށުގެ މަލަމަތި އަހަރެންގެ ލޮލުގެ ކޮޅަށް ދައްކާލުމާއެކު ހިތަށް ލިބިގެން ދިޔަ ހިތްހަމަޖެހުން ދުލުން ބަޔާންކޮށް ދޭން ދައްޗެވެ. އެ ބިމުގައި ފައިތިލަ ޖެހުމާއެކު ފުރަތަމަވެސް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އެތައް ދުވަހަކު ނޭވާ ނުލާ ހުރެފައި ނޭވާއެއް ލީ މީހަކު ފަދައިންނެވެ. ރަށަށް ފޭބުމަށްފަހު އަހަރެމެން އިންސާނެއްގެ ސިފަ ޖެހި ހިނގަފައި ގެއާ ދިމާލަށް މިސްރާބު ޖެހީ މީހަކަށް ޝައްކުވުމުގެ ފުރުސަތު ނުދިނުމަށެވެ. ދިހަވަރަކަށް މިނެޓުގެ ކުރު ރާސްތާއަށް ފަހު އަހަރެންގެ ގެއާ ހިސާބަށް ފޯރައިފިއެވެ. އެންމެން ގެއަށް ވަންނަން ހިނގައިގަތް އިރު އަހަރެންނަށް ހުރެވުނީ ގެއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައެވެ. މަންމަ ފަސް އެނބުރި ބަލާލިއެވެ. އަހަރެން ނާންނަ ކަން އެނގުމުންނެވެ. ހައިރާންވެފައި ހުރެ މަންމަ ދަރިފުޅާއޭ ކިޔާ ގޮވާލުމުން ކުރިއަށް ހިނގައިގަތީމެވެ. ގޭޓުން ވަދެގެން ގާ ޖަހާފައި އޮތް މަގުން ހިނގާފައި ގޮސް ގެއަށް ވަދެވެން ހުރި ދޮރާ ހިސާބުން މަންމަ މަޑު ޖެހިލުމާއެކު އަހަރެންވެސް ހުއްޓުނީމެވެ. މަންމަ ފަހަތަށް ޖެހިލާފައި އަހަރެންނަށް އަތުން އިޝާރާތް ކޮށްލީ އެތެރެއަށް ވަނުމަށެވެ. އަހަރެން މަންމަގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ހިނގައިގަތީމެވެ. ގޭގެ ބެލް އަޅާލުމާއެކު މާގިނަ އިރެއް ނުވެ ދޮރުގެ ތަޅު އެނބުރާލި އަޑު އިވުނެވެ. އަހަރެންގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ހަފްތާއެއް ހާ ދުވަސް ފަހުން މަންމަމެން ފެންނާތީއެވެ. އަދި އަހަރެން ފެނުމުން މަންމަމެން ކަންތައް ކުރާނެ ގޮތެއް ނޭނގޭތީވެސް ހިތުގައި ހާސްކަމާއި ނުތަނަވަސްކަން ވަކި ހިއްޕާލާފައި ވެއެވެ. ދޮރު ހުޅުވުނު އިރު ކުރިމަތީ ހުރީ ގޭތެރޭ މަސައްކަތް ކުރަން ގެންގުޅޭ ކުއްޖެކެވެ. އަހަރެން ފެނުމުން އެކުއްޖާ ހީވީ ބިރެއް ފެނިގެން ތެޅިގަތް ހެންނެވެ. އަޑަށް ބާރު ލާފައި މޭމް އޭ ކިޔާ މަންމައަށް ގޮވަން ފެށިއެވެ. ” އޭޝްލީ… ކިހިނެއްވީ ” މަންމަގެ އަޑު އިވުނީ އޭޝްލީގެ ފުރަގަހުންނެވެ. އޭޝްލީ ދޮރު ކުރިމަތިން ދުރަށް ޖެހިލި ވަގުތު އަހަރެންނާ މަންމަގެ ހަތަރު ކަޅި ހަމަވިއެވެ. އަހަރެން ފެނުމާޢެކު މަންމަ އަނގަ މަތީ އަތް އަޅާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އަދި ވައި އަޑުން ޖަޒްލީ އޭ ބުނެލި އަޑު އިވުނެވެ. ” ސުބްހާނަﷲ! މީ ކޮންފަދަ ދުވަހެއް…. އަނެއްކާ އަހަރެންނަށް މިއުޅެވެނީ ހުވަފެނެއްގަ ބާ! ” މަންމަގެ މޫނުމަތިން ފެނުނީ ގަބޫލުކުރަން ދަތި ޝުއޫރުތަކެކެވެ. އަހަރެން މަޑުމަޑުން ކުރިއަށް ޖެހިލަމުން މަންމަގެ އަތުގައި ހިފާ ވިކާލީމެވެ. ގަބޫލު ނުކުރެވުނަސް މީ ހަގީގަތްކަން އަނގައި ދިނުމަށެވެ. ” މަންމާ… މީ ހުވަފެނެއް ނޫނޭ… މީ ހަމަ މަންމަަގެ ޖަޒްލީ އޭ… ބަލާބަލަ އަޅުގަނޑު މިއައީ އޭ… ދެން މަންމަ ދޫކޮށްލާފައެއް ނުދާނަމޭ… ” އަހަރެންގެ ހިތަށް ކުރި ފުން އަސަރަކުން ރޮވެން ފެށުނެވެ. މަންމަގެ ގައިގައި ބައްދާލެވުނީ އަދިވެސް މަންމަ ހުރީ ގަބޫލު ނުކުރެވިފައިހެން ހީވުމުންނެވެ. ” ދަރިފުޅާ! ” މަންމަގެ ރުއިމުގެ އަޑު މުޅި މާހައުލަށް ހިތްދަތިކަން ގެނުވިއެވެ. ” ޝަޒީ! ޝަޒީ ” މަންމަގެ ރުއިމުގެ އަޑާއެކު ބައްޕަގެ ފިޔަވަޅުތަކުގެ އަޑު އިވުމުން އަހަރެން އިސް އުފުލާ ބަލާލީމެވެ. ނަމަވެސް ބައްފަގެ ނަޒަރު ހުއްޓިފައިވީ ގޭ ދޮރުން ބޭރަށެވެ. އަހަރެންގެ ނަޒަރުވެސް އެދިމާލަށް ދަތުރުކޮށްލިއެވެ. ބައްޕައަށް ފެނުނީ އަހަރެންގެ އަސްލު މަންމައެވެ. ބައްޕަ މަޑުމަޑުން ޝިރީން އޭ ކިޔާލި އެވެ. މަންމަ އާ ބައްފަ އެކަކު އަނެކަކާ ދިމާލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ތިބި ތަން ފެނުމުން ބޭއިޚްތިޔާރުގައި ނަމަވެސް އަހަރެންނަށް ހިނިތުންވެވުނެވެ. ” ޖާޒިމް… ބަލާބަލަ މިހިރީ އަހަރެމެންގެ ޖަޒްލީ… ” ޝަޒީ މަންމަ އަހަރެންނާ ދުރުވެލަމުން ބައްޕައަށް އަހަރެން ދައްކާލިއެވެ. ބައްޕަ ލަސް ލަހުން އަހަރެންނާ ދިމާލަށް އެނބުރިލިއެވެ. ދެން ފެނުނީ ދުވެލާފައި އައިސް އަހަރެންގެ ގައިގައި ބައްދާލައިގެން ހުއްޓައެވެ. ބައްޕަ ބައްދާލިލެއް ބާރުކަމުން އަހަރެންނަށް ހަމައަށް ނޭވާވެސް ނުލެވެއެވެ. އެގޮތުގައި ބައްދާލައިގެން އިރުކޮޅަކު ހުރުމަށްފަހު ބައްޕަ މަޑުމަޑުން އަހަރެން ދުރުކޮށްލުމަށްފަހު އަހަރެންގެ ނިތުގައި ބޮސް ދިނެވެ. ” ދަރިފުޅާ! ކޮންތާކު އުޅެފަ ތިއައީ… ދަރިފުޅާ ނުލާ މިވީ ހަފަތާއެއް ހާ ދުވަހު ބައްޕައާ މަންމަ އުޅުނު ހާލެއް އިނގޭތަ! މަންމައަށް އަރުތެރެއިން ފެންފޮދެއް ނުދިރޭ… ހަމައަކަށް ނުނިދޭ… ހޭ ހުންނަނީ މަދު ވަގުތަކު… ހޭ ހުއްޓަކަސް ދުލުކުރީގައި އޮންނަނީ އަބަދުވެސް ދަރިފުޅުގެ ނަން… ބައްޕަމެން ސިފައިންނަށްވެސް އެންގިން ދަރިފުޅު ނުފެނިގެން…. މިހާ ދުވަހު ހޯދި އިރުވެސް ނުފެނުމުން އެމީހުން އުއްމީދު ކަނޑާލި ފެންނާނެ ކަމުގެ… ދަރިފުޅު ގެއްލުނު ފަހުން އަރީޝާ ބޭނުމެއް ނުވޭ ސްކޫލަށް ދާކަށް… މާ ބޮޑަށް ދަރިފުޅު މަތިން ހަނދާން ވާތީ ވެ… މިގެއަކަށްވެސް ނާދޭ… ދަރިފުޅު ދެން ނުދާތި ބައްޕަމެން ދޫކޮށްފަ… ދެވަނަ […]
މާދަމާ ރެއަށް ހުރިހާ ކަމެެއް ރޭވުމަށްފަހު މިންހާ އާއި ނާއިލް ގެއަށް ދާން ނުކުތީ ދިހަ ގަޑި ބައިވާން ގާތްވުމުންނެވެ. ނާއިލް އާއި މިންހާ ކޮޓަރިން ނިކުން މަންޒަރު ބަލަން ހުރި އިއާންގެ ތުންފަތުގައިވީ މައުނަވީ ހިނިތުންވުމެކެވެ. އޭނަގެ މޫނު މަތިން ހިތްހަމަޖެހުމުގެ އަސަރުތައް ފެންނަމުން ދިޔައެެވެ. ސޯޓުގެ ދެޖީބަށް އަތް ޖަހައިލައިގެން ހުރިއިރު އޭނަގެ ލޮލުގެ ނަޒަރު ހުއްޓިފައިވީ ސީދާ މިިންހާއަށެވެ. ” ދޮންބެ… ކިހިނެއްވީ… ވަރަށް އުފާވެފަ ހުރިހެން ހީވަނީ…” އިއާންގެ މޫނު މަތިން […]