ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ހިނދު ދެމީހުންގެ ހިތުގެ ތެޅުމަށްވެސް ބަދަލެއް ގެނުވިއެވެ. އިޚްތިޔާރުން ބޭރުގައި އިއާންއަށް ބަލަހައްޓާއިގެން މިންހާއަށް ހުރެވުނެވެ. މޫދު އެރިފައި ހުރުމުގެ ސަބަބުން ލައިގެން ހުރި ރަތް ކުލައިގެ އަތް ދިގު ޖާރޒީ ވަނީ އެފިރިހެންވަންތަ ހަށިގަނޑުގައި ތަތްލާފައެވެ. ޝަބްނަމް ތިކިތަކެއް ފަދައިން ބަބުޅަމުން ދިޔަ ފެން ތިކިތައް އިއާންގެ މޫނުގައި ހަރުލާފައިވާ ހުރިއިރު ބަލައިލަން ނުހަނު ހިތްގައިމެވެ. އެކަކު އަނެކަކަށް ގެެއްލިފައި ތިބި ދެމީހުނަށް ބަލަހައްޓާއިގެން ހުރި ނާއިލްގެ ތުންފަތުގައިވީ ލާނެއް ހިނިތުންވުމެކެވެ. އޭރު އޭނަގެ އަތުގައި ސާފުކުރެވިފައިވި ތިން ބޯވަ އޮތެވެ. އެކަކު އަނެކަކަށް ގެއްލިފައިތިބި ދެމީހުން ސިހިފައި ދުރުވެލުމަށްފަހު ފަހަތަށް ބަލައިލީ މާއިންގެ ރުއިމުގެ އަޑަށެވެ. އޭރު މާއިން އޮތީ އޭނާ ގެންގުޅުނު ކުޑަ ފެންފުޅިއާއެކު ވޯކްވޭ މަތީ ވެއްޓިފައެވެ. ” މާއްކޯ… ތަދުވީތަ… އަވަހަށް ތެދުވޭ… ހުއްޓާލާ… އެއީ ކަމެެއް ނޫނޭ އިނގޭ…” މިންހާ އަވަސް އަވަހަށް ގޮސް މާއިން ނަގައި އޭނަގެ އަތާއި ފައިގެ އެއްވެސް ތަނެެއް ހަލާކުވެފައި ވޭތޯ ބަލަމުން ވާހަކަ ދެއްކިއެވެ. އެވަގުތު ކަކޫ ކޮންމެވެސް ވަރަކަށް މަށާއިގެން ގޮސްފައިވި ތަން ފެނުނެވެ. އިއާން އާއި ނާއިލްވެސް އަވަހަށް އައިސް މިންހާ އާއި މާއިން ގާތު މަޑުކޮށްލިއެވެ. އޭރު މަންހާ އާއި ނާޝްވެސް އައިސް އެތަނުގައި ހުއްޓެނީއެވެ. ” ކަކޫ ކުޑަކޮށް މަށާއިގެން ގޮސްފަ މިހިރީ… ދޮންތީ ބުނަމެެއްނު މާއްކޮ ގާތު ނުދުވައްޗޭ… އަވަހަށް ހުއްޓާލާ… ” މާއިން އާއި އެއްވަރަށް ތިރިވެ އިނދެ މިންހާ މާއިންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. އޭރުވެސް މާއިންގެ މަޑު ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ. ” މީ ވަރަށް ސްޓްރޯންގް ކުއްޖެކޭ ދޯ… އަވަހަށް ހުއްޓާލާ މާއްކޯ… ރީތިކޮށް ބަސްއަހައިގެން ދޭ އަވަހަށް ހެއްލާ ޖޯލީގައި އިންނަން… އިނގޭ… އޭރުން އިރުކޮޅަކުން ތަދު ފިލާާނެ… ” އިއާންވެސް މާއިން އާއި އެއްވަރަށް އިށީންދެ ކަރުނަތައް ފޮހެލައިދެމުން ވާހަކަ ދެއްކިއެވެ. އެއާއެކު މާއިން ބޯ ޖަހާލިއެވެ. މާއިން މަންހާާ އާއި ނާޝްއާއެކު ހެއްލާ ޖޯލި އެލުވާފައިވި އަނބު ގަސްދޮށަށް ދާން ހިނގައިގަތެވެ. ތިން ކުދިން އެކި ވާހަކަ ދައްކަމުން ދިޔައިރު ދެންމެ ކަމެއް ހިނގިހެންވެސް ހީނުވެއެވެ.

އިއާން އާއި މިންހާ ތެދުވެލާ އެކަކު އަނެކަކަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ” މިންނު… ދޭބަލަ ތިން ކޮތަޅު ގެނެސް ދެން… މިބޯވަތައް ފްރިޖަށް ލާންވާނެއެއްނު… ” ނާއިލް އެހެން ބުނުމާއެކު މިންހާ ކޮތަޅު ބަލާ ގޭތެރެއަށް ވަނެވެ. ” ހާދަ ވަރަކަށޭ މިއަދު ދެމީހުން ދެމީހުން ތިބަލަނީ… ދެމީހުންގެ ލޮލާ ލޯ ސީދާވެއްޖިއްޔާާ އެހެން ދިމާލަކަށް ނަޒަރު ހުއްޓާލާކަށްވެސް ނޭނގެ… އެހާ އަވަހަށް މިންނުއަށް ކޮން ޖާދޫއެއް ތިޖައްސަނީ… ބުނެލާނަމަ ދޯ އަހަރެން ކައިރިވެސް،.. އޭރުންތާ މަށަށްވެސް ކުއްޖަކު ކާމިޔާބު ކުރެވޭނީ… ” މިންހާ ދިޔުމާއެކު އޮޅަބޮށިން އިއާންގެ ގައިގައި ކޮއްޓާލާ އެއްލޯ މަރާލަމުން ނާއިލް ދިމާކޮށްލިއެވެ. އިއާން އެއްޗެކޭ ބުނަން އުޅެފައިވެސް ހުއްޓުނީ ކޮތަޅު ހިފައިގެން އަންނަ މިންހާ ފެނިފައެވެ. މިންހާ އައިސް ކޮތަޅުތައް ދިނުމާއެކު ދެމީހުންވެގެން ބޯވަތައް ކޮތަޅަށް ލިއެވެ. އެއަށްފަހު އަނެއްކާވެސް އެއެއްޗެހި ފްރިޖަށް ލުމަށް މިންހާއަށް ހަވާލުކުރިއެވެ. އިއާން ގެއަށް ދިޔުމުން ނާއިލްވެސް ވަނީ ފެންވަރަށެވެ. ހުކުރު ދުވަހަށް ވުމާއެކު ދެޒުވާނުންވެސް ބޭނުންވީ އަވަހަށް ހުކުރަށް ދިޔުމަށެވެ. ބޯވަތައް ފްރިޖަށް ލުމަށްފަހު މިންހާ އޭނާ އަސްލު ބޭރަށް ނިކުން ބޭނުމަށް އަނެއްކާވެސް ނުކުތެވެ. ގޭގެ އަނެއްފަރާތުގަައި ހައްދާފައި ހުރި ހިކަނދި ފަތް ގަހުން ހަވަރަކަށް ފަތް އުފުރައިގެން ގޮސް ބަދިގެއަށް ވަދެ ބަތްގަނޑެއް ތައްޔާރުކުރުމަށް އަވަސްވެގަތެވެ. އޭރު މައިޝާ އާއި ނަޝްފާ ރޮށި ފިހެ ނިންމާލުމަށްފަހު ދެވައްތަރެއްގެ ފަނި ގިރުމައިގެން އުޅެއެވެ.

ގެއަށް ދިޔަ މަގުމަތީގައިވެސް އިއާންގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. މިންހާގެ ކޮންމެ ހަރަކާތެއް ވަނީ އޭނަގެ ހިތުގެ އެންމެން ފުން މިނުގައި ރައްކާކުރެވިފައެވެ. އެއިން ކޮންމެ ހަރަކާތަކުންވެސް އޭނަގެ ހިތަށް އުފާވެރިކަމެެއް ލިބިގެންދެއެވެ. މިންހާގެ ލޯބި ހޯދުމަށް ލިބިގެންދާ އިތުރު ހިތްވަރަކަށް އެއިން ކޮންމެ ހަރަކާތެއްވެސް ވެގެންދެއެވެ. އިއާން ގެއަށް ގޮސް ފެންވަރާ ތާޒާ ވެލައިގެން ހުކުރަށް ދާން ތައްޔާރުވިއެވެ. މަޑު ފެހި ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ސްކިނީގައި އިއާން ފެންނަލެއް ނުހަނު ހިތްގައިމެވެ. އާދައިގެ މަތިން ގަމީހުގެ އަތް އުޅަބޮއްޓާއި ހަމައަށް އޮޅާލާފައިވާއިރު އިސްތަށިކޮޅު ވަނީ ރީތިކޮށް ސްޕައިކް ކޮށްލާފައެވެ. ގަޔަށް ސެންޓު ޖަހާލުމަށްފަހު ހުކުރަށް ދާން އަވަސްވެގަތެވެ. މިސްކިތައް ދިޔަ މަގުމަތީ ވަކި ހިސާބަކުން އިއާންއަށް ނާއިލްއާވެސް ދިމާވިއެވެ. ދެޒުވާނުން އެކުގައި ގޮސް މިސްކިތައް ވަންއިރު ގިނައިން ތިބީ މުސްކުޅި ފުރައިގެ މީހުންނާއި ދޮށީ އުމުރުގެ މީހުންނެވެ. އިއާންމެން ކަހަލަ ޒުވާން ކުދިން ފެންނަނީ ވަރަށް ވެސް މަދުންނެވެ. އެއީ މިހާރުގެ މުޖުތަމައުގެ ހާލަތެވެ. ޒުވާން ގިނަ ކުދިންނަށް ހުކުރަށް ދެވެނީ ޚުތުބާވެސް ކިޔާ ނިމޭފަހުންނެވެ. މިއީ އަހަރެމެން ހިތާމަކުރަންޖެހޭ ކަމެކެވެ. މިފަދަ ކަންކަން ރަނގަޅުކޮށް އަހަރެމެންގެ ދިރިއުޅުމުގައި އެފަދަ ކަންކަން ދަމަހައްޓަންޖެހެއެވެ. އެހެނަސް މިކަން ވިސްނެނީ އަހަރެމެންގެ ތެރެއިން މަދު ބަޔަކަށެވެ. ދެޒުވާނުން ގޮސް ޚަތިމެއް ނަގައި ކަހަފް ސޫރަތް ކިޔެވުމަށް އިށީނެވެ. އެއީ އެދެޒުވާނުންގެ އާދައެވެ. ކޮންމެ ހުކުރު ދުވަހެއްގައި ކަހަފް ސޫރަށް ކިޔެވުމަށް ޚާއްސަ ސަމާލުކަމެެއްދެއެވެ.

ކައްކާ ނިންމާލުމަށްފަހު އެންމެންވެގެން ސުފުރާ މަތި ރީތިކޮށް ކާތަކެތި ގެނެސް ތަރުތީބުކަމާއެެކު އަތުރާލިއެވެ. އެއަށްފަހު އެންމެންވެސް އަވަސްވެގަތީ ފިރިހެންވެރިން ހުކުރުން އަންނަންވާއިރަށް ފެންވަރާ ނަމާދުކުރުމަށެވެ. ފެންވަރާ ނަމާދުކޮށް ހަދައިގެން މިންހާމެން ގޮސް ނާސިހާމެން ގޭގައި މަޑުކޮށްލިއެވެ. ހުކުރުން ފައިބައިގެން ފިރިހެންވެރިން އައުމާއެކު ލަސްނުކޮށް އެންމެންވެސް މިސްރާބުޖެހީ ކާކޮޓަރިއަށެވެ. ކާކޮޓަރިއަށް ގޮސް ސުފުރާ މަތި ފެނުމާއެކު އެންމެނަށްވެސް ބަނޑުހައިހޫނުކަން އިތުރަށް އިހުސާސްވި ކަހަލައެވެ. ސުފުރާމަތިން ފެންނަން ހުރި ކާތަކެތި ފެނި ކޮންމެ މީހަކުވެސް ނުހަނު ކާހިތްވެފައެވެ. އެތަކެތިން ދުވާ މީރު ވަހުން މުޅި ކާކޮޓަރި ވަނީ އެއްވަސްކުރުވާފައެވެ. ފްރައިޑް ރައިސް އާއި އާދައިގެ ބަތުގެ އިތުރުން ހިކިކޮށް ހަދާފައި ހުރި ކުކުޅާއި ޕާޕަރު ހުއްޓެވެ. ރޮށްޓާއި މަސްރިހައިގެ އިތުރުން ތެލުލި ރިހާކުރާއި ތެލުލި ފަތްވެސް ހުއްޓެވެ. ހުތް އަނބު ފަންޏާއި އޮރެންޖު ފަނީގެ އިތުރުން ކަސްޓަޑާއި ބޮނޑިބަތްވެސް ހިމެނެއެވެ. އެންމެންވެސް އުފާވެރި މާހައުލެެއްގައި ތިބެ ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. ދުވަސް ދުވަހުން އާއިލާތައް އެކުވެގެން މިފަދަ ކެއުންތައް ތައްޔާރުކޮށްލަން ވާނެއެވެ. މިފަދަ ކަންކަމަކީ އެއްބަޔަކު އަނެއްބަޔަކާއި ދެމެދު އޮންނަ ގުޅުންތައް ހީނަރުވިޔަ ނުދީ އެގުޅުންތައް ދަމަހައްޓާއިދޭނެފަދަ ކަންކަމެވެ. އެންމެން އެކުވެލާ މަޖާކޮށް އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ކަމެކެވެ. ކެއުމަށް އިންސާފުކުރަމުން ދިޔައިރު އެންމެންވެސް ދިޔައީ ކެއުމަށް ތައުރީފުކުރަމުންނެވެ. އެކިއެކި ވާހަކަތައް ދެކެވެމުން ދިޔައިރު ބަލައިލި ކޮންމެ މީހަކަށްވެސް އެއީ ގުޅުން ވަރުގަދަ ދެއާއިލާކަން ހާމަވާނެކަމީ ޝައްކެެއްވެސް އޮތް ކަމެއްނޫނެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. މިއަދުވެސް ބަނދަރު ސަރަހައްދުގައި ހުރި ބުރުތަކުން ބުރެއްގައި އަޝްރާ އާއި މިންހާ ތިއްބެވެ. އޮލަ ވާހަކައެއްގައި ދެއެކުވެރިން ތިބިއިރު އެދެއެކުވެރިންގެ ވާހަކަ ހުއްޓުނީ ކައިރިއަށް އައިސް މަޑުކޮށްލި ސައިކަލެއް މަޑުކޮށްލުމުންނެވެ. ” ޒިޔަލް… ” ސުވާލުގެ ނަޒަރަކުން ބަލައިލި މިންހާއަށް ސައިކަލު މަތީ އިން ޒިޔަލް ފެނި ބުނެލެވުނެވެ. އޮރެންޖު ކުލަ އާއި ހުދު ކުލަ ހިމެނޭ ޓީޝާޓަކާއި ހުދު ކުލައިގެ ސްކިނީއެއްގައި އިންއިރު ދެލޯ ފޮރުވާލެވިފައިވަނީ އަވި އައިނަކުންނެވެ. އަންހެން ކުދިންގެ ހިތުން ޖާގަ ހޯދާނެފަދަ ސިފަތަކެއް ޒިޔަލްއަށްވެސް ލިބިފައިވެއެވެ. ” އާނ… ޒިޔަލް… މައްސަލައެއްތަ މިތަނުގަ މަޑުކޮށްލުން… ” އަވިއައިނު އޭނަގެ ދެލޮލާއި ދުރުކޮށްލަމުން ޒިޔަލް ވާހަކަ ދެއްކިއެވެ. ” ނޫނޭ… ހެހެހެ… މައްސަލައެއް ނޫން… މީހަމަ އެންމެންގެ ތަނެއްނު… ކޮންމެ މީހަކަށްވެސް މިތަނަށް އާދެވޭނެއެއްނު… ” މިންހާ ނުހަނު އެކުވެރިކަމާއެކު ވާހަކަ ދެއްކިއެވެ. ” މާ މުހިއްމު ވާހަކައެއްގަ ތިބިހެން ހީވީމަ މިއަހާލީ… ހެހެހެ…” ޒިޔަލްވެސް މަޑު ހުނުމަކާއެކު ބުނެލިއެވެ. ”ހެހެހެ… ނޫނޭ… އެއީ ހަމަ ނޯމަލް ޓޯކްސް… ” މިންހާވެސް އެހުނުމުގައި ބައިވެރިވަމުން ބުނެލިއެވެ. ” މީ އަޝްރާ… މައި ބެސްޓްފްރެންޑު… އެންޑް އަޝޫ… މީ ޒިޔަލް… އަހަންނާއެކު މަސައްކަތްކުރާ ޑޮކްޓަރެއް… އެންޑް އަ ފްރެންޑް އޭޒް ވެލް… ” ޒިޔަލް ކާކުހޭ އަހާފަދަ ނަޒަރަކުން އަޝްރާއަށް ބަލައިލުމާއެކު މިންހާ ދެމީހުނަށްވެސް އެކަކު އަނެކަކު ތަޢާރަފްކޮށްދިނެވެ. ޒިޔަލްގެ އެހުންނަ ސަމާސާ ގޮތްގަނޑުގެ ސަބަބުން އަޝްރާ އާއި ދާދި އަވަހަށް އެކުވެރިވިއެވެ. ޒިޔަލް ބުނެލާ މަޖާ ވާހަކަތަކުން ދެއެކުވެރިންނަށް އިރުއިރުކޮޅުން ހެވެއެވެ.

އެކަކު އަނެކަކާ ސަމާސާ ކުރަމުން ދިޔައިރު ތިން މީހުންގެ މޫނު މަތިންވެސް ފެންނަނީ އުފާވެެރިކަމެވެ. ކުއްލިއަކަށް މިންހާގެ މޫނުމަތީގައިވި އުފާވެރިކަން ފޭދިގެން ދިޔައީ ސައިކަލުގައި އައިސް މަޑުކޮށްލި އަލޫފް އާއި ޝަމްހާ ފެނިފައެވެ. ސައިކަލުން ފައިބާ ދެޒުވާނުން އަތު ގުޅުވާލައިގެން ހިނގާފައި އައިސް މާދުރު ނޫން ހިސާބެއްގައި ހުރި ބުރެއްގައި އިށީނެވެ. އެމަންޒަރު ބަލަން ކަޅި ޖަހާ ނުލާ މިންހާއަށް އިނދެވުނެވެ. އެވަގުތު އަލޫފްއަށްވެސް މިންހާ ފެނިގެން ދިޔައެވެ. މިންހާ ފެނުމާއެކު އަލޫފްގެ ހަރަކާތްތަކަށްވެސް މަޑުޖެހުމެއްއައެވެ. މިންހާއަށް ގެނުވި ކުއްލި ބަދަލުގެ ފަހަތުގައިވި ސަބަބު އަޝްރާއަށް އިނގުނު ނަމަވެސް ޒިޔަލް އިނީ ވާނުވާ ނޭނގިފައެވެ. ދާދި ދެންމެއަކުވެސް އުފާވެރި މޫނަކާއެކު އޭނަ އާއި ވާހަކަ ދެއްކި މިންހާގެ މޫނު މަތީ މިހާރު ވަނީ ބަޔާންކުރަންދަތި އަސަރުތަކެކެވެ. ޒިޔަލް މިންހާއަށް ބަލަހައްޓާއިގެން އިނދެފައި މިންހާގެ ނަޒަރު ހުއްޓިފައިވި ދިމާލަށް ބަލައިލިއެވެ. އެއާއެކު އޭނައަށް ފެނިގެން ދިޔައީ ނުހަނު ގާތުގައި އިށީންދެގެން ތިބި ދެޒުވާނުންނެވެ. އެދެމީހުންގެ އަތް ވަނީ ގުޅުވާލެވިފައެވެ. އެދެމީހުނަށް ބަލަހައްޓާއިގެން ހުރި ޒިޔަލްގެ ދެބުމަ ގޮށްޖެހުނީ އެތަނުގައި އިން ފިރިހެން މީހަކީ ކުރިން ދުވަހު ހޮސްޕިޓަލުން އޭނައަށް ފެނުނު ޒުވާނާކަން އިނގުމުންނެވެ. ” މިންނު… ޑޯންޓް ލުކް އޯވަރ ދެއާ… މިންނު އެދިމާލަށް ބެލުމުގެ އެއްވެސް ބޭނުމެއްނެތް… ” މިންހާގެ އަތުގައި ކޮށްޓާލަމުން އަޝްރާ ވާހަކަ ދެއްކިއެވެ. ” ޔެއާ… ވައި ޝުޑް އައި ލުކް އެޓް ހިމް… ” މިންހާ އެހެން ބުނެ ކުރިން ހުރިހެން އުފާވެރިކަން އޭނަގެ މޫނު މައްޗަށް ވެރިކުރުވިއެވެ. މިންހާގެ ހަރަކާތްތަކުންމާއި މިންހާ އާއި އަޝްރާގެ ވާހަކަތަކުގެ އިތުރުންނާއި މިދެދުވަހު އޭނައަށް މިފެންނަ މަންޒަރަތަކުން ޒިޔަލްގެ ހިތުގައި ވަރަށް ގިނަ ސުވާލުތައް އުފެދިފައިވެއެވެ. ” އެއީ… އެއީ މިންހާގެ… އެކްސް ބޯއީ ފްރެންޑްތަ… ” އަހަން ނާހަން އިނދެފައިވެސް ޒިޔަލް އެހެން ބުނެލީ އޭނައަށް ހީވެފައި އޮތް ގޮތް ޔަގީންކުރުމަށެވެ. އެވަގުތު މިންހާ މަޑުމަޑުން ބޯ ޖަހާލިއެވެ. ”އެކަމަކު… ކީއްވެ… އައި މީން… މިންހާ ކަހަލަ ރަނގަޅު ކުއްޖަކު… ކީއްވެ ބްރޭކް އަޕް… ” މިންހާފަދަ ރީތި އަޚުލާޤު ރަނގަޅު ކުއްޖަކާއެކު ނޫޅެވޭނެ އެއްވެސް ސަބަބެެއް ޒިޔަލްއަކަށް ނުވިސްނުނެވެ. މިންހާފަދަ ކުއްޖެއް ހަޔާތުގެ ބައިވެރިއަކަށް ބޭނުންނުވާނީ ކާކު ހެއްޔެވެ؟ އޭނައަށް އެހެން އަހާލެވުނީ ލިބުނު ހައިރާންކަމުގައެވެ. ” އަހަރެން ކަމުނުދާތީއެއްނު އެހެން އަންހެން ކުދިން އޭނަ ބޭނުންވަނީ… ” މިންހާ މިހެން ބުނެ ކުރު ގޮތަކަށް އެދެމެދުގައި ކަންތައްތައް ހިނގި ގޮތް ޒިޔަލްއަށް ކިޔައިދިނެވެ. އޭނައަށް ޒިޔަލްއަކީ ރަނގަޅު މީހެއްކަން މިހާރު އިނގެއެވެ. އެެހެންކަމުން އެކަން ޒިޔަލް އާއި ހިއްސާކުރިއިރު މިންހާގެ ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ. މިންހާ ކުރު ގޮތަކަށް ކިޔައިދިނުމުން ޒިޔަލްގެ ފަރާތުންވެސް ހިތްވަރުދިނުމުގެ އެތައް ބަސްތަކެެއް ލިބިގެން ދިޔައެވެ. އެވާހަކަ އިތުރަށް ނުދެެއްކުމަށްޓަކައި ޒިޔަލް އެހެން ވާހަކައެއް ފަށާ ސަމާސާކުރަމުން ގެންދިޔައެވެ. ދޭތެރެދޭތެރެއިން އަލޫފްގެ ނަޒަރު އޭނައަށް ހުއްޓޭކަން އިނގިހުރެވެސް މިންހާ އަޅާވެސްނުލާ ޒިޔަލް އާއި އަޝްރާ އާއި ވާހަކަ ދައްކަން އިނެވެ.

އިރުއޮއްސި އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ހަނދަށް ފުރުސަތު ދެމުން ވަކިވެލައިފިއެވެ. އެތައް ހާސް ތަރިތަކަކާއެކު ހަނދު އޭގެ މަގާމުގައި ވާޖިބު އަދާކުރަމުން ދިޔައެވެ. ޖެހެމުންދަނީ ހިތްތަކަށް ފިނިކަން ގެނެސްދޭފަދަ ވައިރޯޅިތަކެކެވެ. އެހެނަސް މިއިން އެއްވެސް ކަމަކުން ޝަމްހާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ” ޝަމޫ… ކިހިނެއްވީތަ އަނެއްކާ… މާ މޫޑު ގޯސްވެފަ ތިހުރީ… ” ރެއިލިންގައި އަތް އަޅުވާލައިގެން ހުރި ޝަމްހާގެ ފަހަތުގައި މަޑުކޮށްލަމުން އީލާފް ބުނެލިއެވެ. ” މޫޑު ގޯސްވާނެއެއްނު އަލޫފްއަށް އަހަރެން ކައިރި އިންނައިރުވެސް ފެންނަނީ އެ މިންހާ ވިއްޔަ… އަދިވެސް އަލޫފްގެ ހިތުގަ ވަނީ މިންހާ… އަހަރެމެން ކުރި ހުރިހާ ކަމަކަށް ފަހުވެސް… އަލޫފްގެ ހިތުގަ މިންހާއަށް ނަފްރަތު އުފައްދަން އެވަރަށް މަސައްކަތްކުރީމަވެސް އަދިވެސް އަލޫފްގެ ހިތުގަ މިންހާއަށްޓަކައި ވަނީ ލޯބި… ” އައިސްފައި ހުރި ރުޅީގައި އެހުރި ގޮތަށް ހުރެ ޝަމްހާ ވާހަކަ ދެއްކިއެވެ. ” އޯ ހޯ ކާމް ޑައުން ޝަމޫ… ކޮންމެ ގޮތެއްވިޔަސް ދޮންބެ ރައްޓެހިވެގެން ތިއުޅެނީ ޝަމޫ އެއްނު… ދެން ދޮންބެ ކިތަންމެ ވަރަކަށް ބުންޏަސް… އާދޭސްކުރިޔަސް… މިންހާ ދޮންބެގެ ދިރިއުޅުމަށް އައިސްފާނެއެކޭ އަހަރެންގެ ހިތެެއް ނުބުނޭ… ސޯ ޖަސްޓް ކާމް ޑައުން… ޗިލް… ” ޝަމްހާގެ ކައިރި ހުއްޓި އޭނަގެ ކޮނޑުގައި އަތް ބާއްވާލަމުން އީލާފް ވާހަކަ ދެއްކިއެވެ. އީލާފްގެ ވާހަކަތަކުން ޝަމްހާގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޭރު އެދެމީހުންގެ ވާހަކަތައް އަޑުއިވޭ ހިސާބުގައި އަލޫފް ހުރި ކަމެއް އެއިން އެއްވެސް މީހަކަށް ނޭނގެއެވެ. އެވާހަކަތައް އަޑުއިވުނު އަލޫފްގެ ދެއަތް ވަނީ މުއްކެވިފައެވެ. ޝަމްހާ އާއި އޭނަގެ ކޮއްކޮގެ ވާހަކަތަކުގައ ޖެހި އެވާހަކަތައް ގަބޫލުކުރެވުނު މޮޔަ ހިތަށް އެރިއެވެ. އެދެމީހުންގެ ވާހަކަތައް އަޑުއަހާ އެކަން ގަބޫލުކުރެވުމުން އަލޫފްއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އަމިއްލަ ނަފްސުދެކެ އިންތިހާއަށް ރުޅިއައެވެ. އެހެނަސް ދެން ކުރެވޭނޭ ކަމެއް ނެތެވެ. ވެނިމިފައިވި ކަމެއް އަލުން ބަދަލުކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ހިތްހަމަނުޖެހި ރުޅިގަދަވެފައިހުރެ އަލޫފް އީލާފްގެ ކޮޓަރިން ނިކުމެގެން ދިޔައެވެ. އަލޫފް ދިޔައިރުވެސް އެދެމީހުނަކަށް ނޭނގެއެވެ.

މިންހާ އިޝާ ނަމާދުކޮށްލައިގެން އަށެއް ޖަހަން ގާތްވުމުން އިއާންމެންގެ ގެއަށް ދިޔުމަށް ހިނގައިގަތެވެ. މިންހާ ގޮސް މާގިނަ އިރެއްނުވަނީސް އިއާން އާއި ނާއިލްވެސް އައެވެ. ” ދޮންބެއާ ނާއިލް އާ ދާންވީނު ބޯވަ ހިފައިގެން އަންނަން… އޭރަށް އަހަރުމެން ދެމީހުން ރޮށި ފިހާނީ… ” އަޝްރާ ވާހަކަ ދެއްކިއެވެ. ”ނޫނޭ… އާންއާ މިންނުއާ ދޭ ބޯވަ ހިފައިގެން އަންނަން… އަހަރެން ހުންނާނީ… އަޝްރާ ރޮށި ފިހާނީ މިންނު އަންނައިރަށް… ” ލޮލުން އަޝްރާއަށް އިޝާރާތްކުރަމުން ނާއިލް ވާހަކަ ދެއްކިއެވެ. ނާއިލް އެބުނަނީ އިއާން އާއި މިންހާއަށް ވަގުތު ދޭންކަން އިނގުމުން އަޝްރާވެސް އަވަސް އަވަހަށް އެގޮތާއި ގަބޫލުވިއެވެ. އެދެމީހުނަށް އިތުރު އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ އަޝްރާ ނާއިލްގެ އަތުގައި ހިފައިގެން ގޮސް ބަދިގެއަށް ވަނެވެ. އިއާން އާއި މިންހާ އެކަކު އަނެކަަކަށް އަވަސް ނަޒަރެއް ދިނެވެ. ދެމީހުންވެސް ތިބީ ވާނުވާ ނޭނގިފައެވެ. ” ލެޓްސް ގޯ… ” އިއާން މިންހާއަށް ބަލައިލަމުން އެހެން ބުނެލުމާއެކު މިންހާ މަޑުމަޑުން ބޯ ޖަހާލިއެވެ. ދެމީހުންވެސް އާދައިގެ ހިނގުމެެއްގައި ގެއިން ނިކުމެ ނާއިލްމެންގެ ގެއަށް މިސްރާބުޖެހިއެެވެ. އެވަގުތު އިއާންމެންގެ ގޭ ކައިރިން ހިނގާފައިދިޔަ އަލޫފްގެ ލޮލުގައި އެދެމީހުން އަޅާއިގަތެވެ. އެކަކު އަނެކަކާ ވާހަކަ ދައްކަމުން ހިނގާފައިދިޔަ މިންހާ އާއި އިއާން ފެނި އަލޫފްގެ ދެއަތް މުއްކެވިގެން ދިޔައެވެ. މިންހާ އޭނަ ނޫން އެހެން ފަރާތަކާއެކު ފެނުމުން ހިތްހަމަނުޖެހެއެވެ. އިވުނު ވާހަކަތަކެއްގެ ސަބަބުން ކުރިންވެސް ހިތްހަމަނުޖެހިފައި ހުއްޓާ އަނެއްކާވެސް އެފަދަ މަންޒަރެއް ފެނުމުން އަލޫފް އިތުރަށް ރުޅިގަދަވާ ގޮތް ވިއެވެ. ރުޅިގަނޑު އެތެރެއަށް ހިންދާލަމުން އަވަސް ހިނގުމެއްގައި ހިނގާފައިދިޔަ އަލޫފްގެ މިސްރާބަކަށްވީ ބަނދަރު ސަރަހައްދެވެ.

” އައްދޭ… މިރޭ އަހަރެންދެކެ ހާދަ ލޯބިވެގެން ތިއުޅެނީ… އަތުގަ ހިފައިގެންވިއްޔަ ބަދިގެއަށްވެސް ތިގެނައީ… ” ނާއިލް ލާނެެއް ހިނިތުންވުމެއް ވެރިކުރުވަމުން ބުނެލިއެވެ. ” އަހަރެން ނޫޅެން ނާއިލްދެކެ ލޯބިވެގެނެއް… އަދި ނުވެސް ވާނަން… އިނގިއްޖެތަ… ދޮންބެއަށާ މިންނުއަށް ސުވާލުކުރާނެ ފުރުސަތެއް ނުދޭންވެގެން އަހަރެން އަވަހަށް ނާއިލްގެ އަތުގަ ހިފައިގެން އައީ… ” ނާއިލްގެ މޫނަށް ބަލައިލުމަށްފަހު ދެލޯ އަޅާލަމުން އަޝްރާ އެހެން ބުނެ ފުށް އަޅާފައި ހުންނަ ޓައްޕު ކައިރިއަށް ޖެހިލާ އޭގެ މަތި ނަގައި ފުށް ރެކެން ފެށިއެވެ. ” ހާދަ ހީނުވެއޭ އެކަމަކު… އަވަހަށް އަންނަންނަމަ ހަމަ ބުނެލަންވީއެއްނު އަވަހަށް އަންނާށޭ… އައިމް ޝުއަރ އަޝްރާ އަހަރެންދެކެ އެހާ ރުޅިއަންނާތީ މިހާރު އަހަންނަށް ހިތް ކިޔަން ފެށީކަން… ހަހަހަ… ” މަލާމާތުގެ ހިނިގަނޑެއް ޖަހާލަމުން ނާއިލް އަޝްރާގެ ގާތު ހުއްޓިލަމުން ބުނެލިއެވެ. ” ހޫމް… އޯކޭ… އަހަރެން ހަމަ ނާއިލްއާ ގާތްވާހިތުން މިއުޅެނީ… ހެޕީ… ” އަޝްރާ ދެއަތުގައި ފުށް ހޭކުމަށްފަހު އަވަސް ހަރަކާތަކާއެކު ނާއިލްގެ މޫނުގައި ދެއަތުން ފިރުމާލަމުން ދަތްތައް ފެންނަ ވަރަށް ހިނިތުންވުލައިގެން ހުރެ ވާހަކަ ދެެއްކިއެވެ. ހީވެސް ނުކޮށް ހުއްޓާ އަޝްރާގެ ފަރާތުން އެފަދަ އަމަލެެއް ފެނުމުން ނާއިލް ހުރީ ދެން ގެންނަންވީ ހަރަކާތެއްވެސް ނޭނގިފައެވެ.

 

90

71 Comments

  1. ifoo

    April 7, 2019 at 8:18 pm

    Salaam dear readers… Here is the next part… Hope all will like this part too… Feel free to comment your views… Thankyou sooooooooo much all for the support n love… Love you all ❤️❤️❤️?????????… You guys are my strength ???… Next part In Sha Allah Wednesday night ga ???… Keep waiting dear readers ???… Waiting for comments ???…

  2. werw4y

    April 7, 2019 at 8:25 pm

    me first think so varah habeys story

    • ifoo

      April 7, 2019 at 8:36 pm

      Congratulations on being first ❤️❤️❤️???… Thankyou soooooo much ❤️❤️❤️?????????…

  3. Queen

    April 7, 2019 at 8:28 pm

    Warah nice story eh.. i love thiss ❤️?

    • ifoo

      April 7, 2019 at 8:37 pm

      Queen ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Much loves ❤️❤️❤️?????????…

  4. maai

    April 7, 2019 at 8:41 pm

    Maai gr conment keeve tha nuffennany

    • ifoo

      April 8, 2019 at 9:16 am

      Maai ❤️❤️❤️… Keep waiting… Comment publish vaan vaguthu nagaane ???…

  5. Shaa

    April 7, 2019 at 8:44 pm

    Haatha lahune next part. ???but waiting love you Varah reethi masha Allah. ???????????❤️❤️??????

    • ifoo

      April 8, 2019 at 9:19 am

      Shaa ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v bxy koh ulheythy within 2 days story gennany… I’m trying my best veehaavx avahakah up kureveythr ???… V v v ufaavehje ???… Keep waiting ???… Much loves ???❤️❤️❤️??????…

  6. Ainth

    April 7, 2019 at 8:47 pm

    Haadha rahgalhey ifoo❤❤❤ mihaa avahah up kohlyma…..
    Adhi nueh kiyan kiyaalaafa comment eh kohlaanan???

    • ifoo

      April 8, 2019 at 9:21 am

      Awwwwnn ❤️❤️❤️???.. Ur so sweet dear ???… Thankyou sooooooooo much n waiting for your comment ❤️❤️❤️?????????…

  7. shara

    April 7, 2019 at 8:55 pm

    ??V reethi mi prt vx,, ??? nxt prt kn? irakun,,?????????

    • ifoo

      April 8, 2019 at 9:23 am

      Shara ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Next part In Sha Allah Wednesday night ga ???… Keep waiting… Much loves ❤️❤️❤️?????????…

  8. Naju

    April 7, 2019 at 9:01 pm

    Wonderful ???… Buneveyny mi partvx hama obiness to the maxxxx ey ??????… Ifoo ur such a nice n good writer ???❤❤❤… Thy hama enme best n naju enme loabivaa writer ingey ??????… Storyvx dhuvaheh dhuvahakah dhany furihama vefa rythi vamun shakehvx neii hama eyee ifoo ge molhu kamun ??????… v v v ufaave thi kahala kujjaku as a frnd eh gothahvx libunyma I’m soooooo happy ??????…. ly ????????????????????

    • ifoo

      April 8, 2019 at 9:33 am

      Awwwwnn ❤️❤️❤️???… Naju❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje Naju ge colourful Comment kiyaalaafa ???… It means a lot for me ???… Ur soooooo supportive ???… Much more loves ❤️❤️❤️?????????…

  9. Thuthy

    April 7, 2019 at 9:26 pm

    Kurey bunee

    • ifoo

      April 8, 2019 at 9:37 am

      ???

  10. jiji

    April 7, 2019 at 9:36 pm

    Hama bas huhtifa mi iny??..v v interesting..ehaame cute vefa Rom…alhe ifoo please make aan n minnu together faster ????❤❤??????..ifoo hama konme part eh vec curious kohfa nimmaalaa gothun kuriah ohna part kiyaa hithun moya vaavaru vey????????????????????❄❄??????..I have no more words to discribe..hehe…proudly I can say mi story aky 100 dheveyne varu story ekey…. ????.. U r so talented..Masha allah..Although u r so kind..I am really happy fr u????????????LY nd will miss ya loadss
    ⚘⚘????

    • ifoo

      April 8, 2019 at 3:46 pm

      Ifoo vx jiji ge comment fenifa hama bas huhtihfa mi iny ???… Ehaa vx ufaavehje ???… Thankyou sooooooooo much jiji for the support n love ❤️❤️❤️?????????… It means a lot for me ???… Ur really very supportive dear ???❤️❤️❤️… I’m so glad that I got a reader like you ???… V v v ufaavehje ???… Let’s see what happens ???… Keep waiting dear ???… Much much more loves from me ???❤️❤️❤️??????…

  11. Avlyn

    April 7, 2019 at 9:40 pm

    Wow…. Vvvvvvvv salhi as always…. ❤️❤️??❤️❤️… Anehkaa aan n minnu gulheynebaa????….. Curiously waiting for the next part…… ❤️❤️❤️❤️❤️❤️????LY

    • ifoo

      April 8, 2019 at 3:50 pm

      Awwwwnn ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Ur so sweet dear ???❤️❤️❤️… Let’s see what happens ???… Much much more loves ❤️❤️❤️?????????…

  12. Scarlet

    April 7, 2019 at 9:47 pm

    Yeyyyy aaan and minnu gulhen ulheny dho??? So happy now ???? shamha and aloof break up kohlabh ragalhah let them suffer
    And ashu and naail vx avahah gulhuwaaaa they are also cute together.
    Story hama v best ❤️❤️❤️??????????
    Love you

    • ifoo

      April 8, 2019 at 3:52 pm

      Scarlet ❤️❤️❤️… Let’s see what happens ???… Hehe… Thankyou soooooo much dear ??????❤️❤️❤️???… V v v ufaavehje ???… Much more loves ?????????❤️❤️❤️…

  13. Muslim

    April 7, 2019 at 10:01 pm

    Owww…. V v v v salhi…. Ma Sha Allah…. Can’t wait for the next part…. And ifoo varah happy vejje ehaa avahah up kohdhineemaa…. Thanks a lot❤️❤️❤️

    • ifoo

      April 8, 2019 at 3:53 pm

      Awwwwnn ???❤️❤️❤️… Thankyou sooooooooo much ?????????❤️❤️❤️… Avahah liyevunyma avahah up kohly ???… Most welcome dear n much loves ❤️❤️❤️?????????…

  14. Eyna ge girl ?

    April 7, 2019 at 10:38 pm

    Alhuga fav story writer if ??mi story ge hurihaa part eh vx gavaaidhun kiyan bt hurihaa part akah comment nukureveny Hama bxy kamun…hehe ????????❤️❤️❤️❤️❤️❤️♥️♥️♥️♥️♥️?? like always mi part vc Hama best, fabulous, good, awesome,great, perfect,super, amazing,OMG WOOOOOOW… MASHA ALLAH..???..I HAVE NO WORDS FOR YOU ?? hehe..
    Hope next part vc mihaa awesome vaane kamah..hope you doing well..I am the bigggggggestttt fan of you ..??????????????????

    • ifoo

      April 8, 2019 at 4:01 pm

      Awwwwnn ❤️❤️❤️???…. Such a beautiful, sweet comment ❤️❤️❤️???… Thankyou sooooooooo much dear ❤️❤️❤️?????????… V v v ufaavehje dear ge comment kiyaalaafa ???… Hama bunaane ehchehvx neyngifa mi iny ufalun goss ???… Story ehaa kamudhiyaima n favourite writer ah v ma v v v ufaavehje ???… It means a lot for me ??????… U are a true supporter ❤️❤️❤️?????????… Knme part akah comment nukuriyas regular koh mi story kiyaathy v v v ufaavehje ???… Thankyou sooooooooo much once again ❤️❤️❤️?????????… Much much more loves from me ❤️❤️❤️?????????…

  15. yaaanaa

    April 7, 2019 at 11:11 pm

    wowwww.. ??????v v v v reethi.. ❤❤??????????????mashah allah??????????????❤❤ varah furihamA??????????❤❤??????bunaane ehcheh vss hama neyge??????❤❤??????????next part avahah up kohdhehche??????????????⚘⚘nd thankolheh thigukoh lahche next part⚘⚘??????????????mi part vss heevani thankolheh kuruhenn.. vedhaane maa kiyaa hithun ineema heevi gothehhenn vss???avahah up kohdhehche..waiting..??????????❤❤??????????????????????⚘⚘LOVE U..⚘⚘??????????????????????????❤❤????????

    • ifoo

      April 8, 2019 at 4:15 pm

      Awwwwnn ❤️❤️❤️???… Such a beautiful, colourful Comment ❤️❤️❤️??… Yaaanaa ❤️❤️❤️… Ifoo kykeytha bunaanyvx ???… I’m just speechless ???… Bunaane ehcheh vx neynge ???… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… I just love your comments ???… Ur one of the best reader ey buneveynee ???… Much much more loves from me ❤️❤️❤️?????????…

  16. Ainth

    April 7, 2019 at 11:27 pm

    Mashaa allah❤❤❤❤ vv loabi ??????????????????????????? alhe mi prt ah vure next prt maa reethi vaane hen heevany?????❤❤❤❤ mihaaru hure veny eh nun ifooo…..
    U are the best❤❤❤?????????? hama thihen ifoo srty gendhey and thi hen gengohsa aan aa minnu aa naail and ashraa gulhuva.. hehehe❤?????❤❤❤❤

    • ifoo

      April 8, 2019 at 4:17 pm

      Ainth ❤️❤️❤️… Thankyou sooooooooo much for the support n love ❤️❤️❤️?????????… Ainth ge comment vx v v loabi ???❤️❤️❤️… Let’s see what happens… Keep waiting dear… Much much more loves from me ❤️❤️❤️?????????…

  17. Anii

    April 7, 2019 at 11:36 pm

    Mi vareh nei… ❤❤❤❤ Varah habeys…❤❤❤❤

    • ifoo

      April 8, 2019 at 4:21 pm

      Anii ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… It means a lot for me ???… Much more loves ❤️❤️❤️?????????…

  18. Noor

    April 8, 2019 at 12:17 am

    Dhen aloof ah mihaaru minnu vareh noannaane ekamaku ves eynayah minnu nudheythi aan and minnu enme gulhenee dhen eulhey Ashoo n naail ahves gotheh hadhan vejje mihaaru Asluves varah reethi vaahaka eh mee. Keep it up dear waiting for the next part

    • ifoo

      April 8, 2019 at 4:23 pm

      Noor ❤️❤️❤️… Yahh ur… Hhehe… Let’s see what happens ???… Thankyou soooooo much ❤️❤️❤️?????????… It means a lot for me ???… Much more loves ❤️❤️❤️?????????…

  19. Daisy girl

    April 8, 2019 at 6:36 am

    Habeys

    • ifoo

      April 8, 2019 at 4:23 pm

      Thankyou sooooooooo much Daisy girl ❤️❤️❤️?????????…

  20. Anonymous

    April 8, 2019 at 6:37 am

    V V. ❤️❤️❤️❤️❤️lwbi!!! ??????????????????????????osm

    • ifoo

      April 8, 2019 at 4:25 pm

      Awwwwnn ❤️❤️❤️???… Haadha loabi colourful comment ekey ❤️❤️❤️???… Thankyou sooooooooo much Anonymous ❤️❤️❤️?????????… My more loves ❤️❤️❤️?????????…

  21. Naum

    April 8, 2019 at 7:51 am

    Varah loabi..????.. OBINESS TO THE MAX❤❤❤

    • ifoo

      April 8, 2019 at 4:26 pm

      Awwwwnn ❤️❤️❤️???… Haadha loabi colourful comment ekey ❤️❤️❤️???… Thankyou sooooooooo much Naum ❤️❤️❤️?????????… V v v ufaavehje comment kohleema ???… Much more loves ❤️❤️❤️?????????…

  22. inaa

    April 8, 2019 at 8:18 am

    maa kuru ekam v reethi

    • ifoo

      April 8, 2019 at 4:29 pm

      It’s about 1800 words ???… Maa bxy koh ulhen jeheythy ehaa dhigukoh nugenesdheveny ???… Sorry ???…

  23. maai

    April 8, 2019 at 8:40 am

    Maasha allah…..maasha allah…masha allah… ❤❤❤❤❤❤❤❤your are the best writer in the universouse??????????……i have no words to tell you..??????????…this part is amaxinh amaxing.??????????.. i have no words to tell u..???????…sifa kurunthah vrs hama superb….?????????? ibaaraikurun ves obiness to the max..????????..heevany hama bollywood ge filmeh ge manzaru sifa vaa hen???????⚘⚘⚘⚘⚘⚘⚘⚘⚘?????..????????..haadha loabi ey mi part ves..?????????????????????ekam kudakoh kuruhen hervany..its ok…..ingey ifoo vvvvvv buxy vaane kan.????????..job ga ulhrmun ehaa loabi vaahka eh genesdheythy vvvvvv bodah thanks???????????……. your are best esfiya superstar.??????????????…. esfiya in award eh dhenyya ifoo ah libeyne ❤❤❤❤❤…i hope u will write more more luvly stry.❤❤❤❤❤❤..love u ifoo..❤❤❤.we all are with u….❤❤❤❤❤❤❤????????????⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
    Your big fan maai

    • ifoo

      April 8, 2019 at 4:33 pm

      Wowwww ???… Haadha loabi colourful comment ekey ???❤️❤️❤️… I loved it ???❤️❤️❤️… Maai ❤️❤️❤️… I’m just speechless ???… Thankyou sooooooooo much dear for the support n love ❤️❤️❤️?????????… Sooo sweet of you ❤️❤️❤️??????… Story ehaa kamudhiyaima n ifoo ge work appreciate kuryma v v v bodah ufaavehje ❤️❤️❤️?????????… It means a lot for me ???… Much much more loves from me ❤️❤️❤️?????????…

  24. vishaa

    April 8, 2019 at 9:35 am

    haadha kurey …2 day kofa up kuraa iruves ehaa kuru …ekam vara reethi..

    • ifoo

      April 8, 2019 at 4:36 pm

      Vishaa ❤️❤️❤️… I’m in a very busy schedule… Job ga ulhemun plus family ashaa friends ah time dhemun mihaa varu vany ???… I need some times for my personal life too ???… Hope you will understand ???… Thankyou soooooo much ??????❤️❤️❤️???…

  25. Anju Anju

    April 8, 2019 at 12:45 pm

    Aneh bai up kurany koniraku v reethi

    • ifoo

      April 8, 2019 at 4:37 pm

      Anju Anju ❤️❤️❤️… Next part In Sha Allah Wednesday night ga ???… Keep waiting dear ???… Thankyou soooooo much ??????❤️❤️❤️???…

  26. Sasha

    April 8, 2019 at 8:31 pm

    I want next part avahah up vaaan?? This story is so loabi❤

    • ifoo

      April 8, 2019 at 9:50 pm

      Sasha ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Next part In Sha Allah Wednesday night ga ???… Keep waiting dear ???…

  27. @Ikleel

    April 8, 2019 at 9:46 pm

    Its here again dhw ..❤❤????…Speechless dear…❤❤????…This story is wonderful…❤❤????…I just love this story…❤❤????..Mi part vex vrh vrh reethi…❤❤????…Mi part ga vex sifa kurumaai bas ethurun vrh vrh salhi…❤❤???? …I think minnu and aan gulheyne vrh avahah dhw..❤❤????…Can’t wait to see them together..❤❤????…Minnu and aan gulhunyma story adhi vakin bodah reethi vaane…❤❤????…Make it happens soon dear…❤❤????…And ash and nail vex gulhen ulhey hen vrh heevey…❤❤????…Aan diserves minnu ingey…Minnu aan noon ehn meehakaa nugulhuvaathi…❤❤????…Your doing a great job dear…❤❤????..Keep it up..❤❤????…Waiting for next part…❤❤????…Hope next part will be more intresting and little bit longer ..❤❤????.. Mi part vex kureh noon for me…❤❤????…Much loves frm me dear…❤❤????…Sorry for the late comment dear ifoo…❤❤????
    THE BEST STORY
    THE BEST WRITTER
    ❤❤❤❤????

    • ifoo

      April 8, 2019 at 9:54 pm

      Thankyou sooooooooo much for the support ?????????❤️❤️❤️… Means a lot for me ???… Much loves ❤️❤️❤️?????????…

  28. Livy

    April 8, 2019 at 11:03 pm

    Hi ifoo dear.. Long time akah fahu dho comment eh mi kollevuny.. Ekam story hama baraabarah kiyan ingey ???? and VARAH VARAH VARAAAAAAAAAH REEETHI ey buneveynee.. Love love love it !!! ♥♥♥♥ But thankolheh kuru hen heevey mi parts.. ☺ but you mentioned dho mi dhuvas kolhu thankolheh busy ey.. So totally understandable ingeyyy.. ????? Ehaa busy koh ulhemun ves parts genesdheythee really appreciate your efforts ?????? And aan and minnu ge moments varah salhi now.. and aloof ah huriha ehcheh angaalan ulhey.. Hehe ? eyrah bodah jealous vaane aan and minnu together fenunyma.. ??? dhen varah loaaaabi hama ashoo and naail ge fights ves.. ???? and your messages ?????? overall koh hama best ey bunaany.. Lots of love dear ??????????♥♥??????????????

  29. Twinkle?

    April 8, 2019 at 11:57 pm

    Alhey mioh stry ehge rythi kan???????????❤❤❤❤ masha allah… sifa kurunthakaa ibaaraaih thah genesfa huri gothaa dhn mulhi vaahaka vs hama vvvvv habeys???????????????? ????alhe aan r minnu r gulhuvaafa, naail r ashu r gulhuvaafa, aloof r shamha r avahah brk up khlaa… shamha n eelaf, LET THEM SUFFERRRRRRR!!!!!!!!?????????

  30. ifoo

    April 10, 2019 at 3:35 pm

    Dear readers… Today have something really important… So won’t be able to upload a new part tonight… In Sha Allah next part tomorrow night upload kohdheynan ???… Hope you would understand ???… I’m really sorry dear readers ???…

  31. Naum

    April 10, 2019 at 5:10 pm

    Its okay ifoo..will wait for it???

  32. Not a hater

    April 10, 2019 at 6:43 pm

    Ugh???? ifoo ifooo ifoooo.. Varah varah aamukamakah vehje mihaaru thi las kuraa las kurun.. already eha lahun up kuramy emme 2 days ga??
    Mihen ve fooohi vany miha dhigu inthizaareh kuran jeheythy ??
    TBH mihaaru story ga alsu eha bodu main twist eh naadhey.. its like more on description and beykaaru nai dhiguhen hyvany aslu storyge hunnan jehey ehchah vure… its like aan and minnu hospital, ashu and nail office ga ey more goes beykaaru koh nothing new or interesting comes .. scenes ves same lolah gehleny.. ??
    Just keep the story real.. lolah gehleny and all those sounds dramatic ? in real life its rare, no such things happens..
    #notahater

  33. Muslim

    April 10, 2019 at 8:14 pm

    Alhe v v bodah inthizaaru kohgen huttaaa thi faskohlee???❤????… ekam next part dhigu kohlladhehchey ingey… then thats fine…. we understand and we will wait for it..❤???????

  34. Someone

    April 10, 2019 at 10:04 pm

    Ifoo ifooo ifooo..???kihineh thi hadhany mihaaru..???aamukamakah hadhaafi mihaaru thikan ves..?????dhuvahaku bunaa dhuvahakah up vaavareh nuvey..????i know bxy ves vaane kan kanthahves dhimaavaane kan..but up kuran bunaa knme dhuvahaku hama kulliakah thi dhimaavaa “IMPORTANT” kameh dhimaavany..???ifoo ah ves ingeyne ifoo ge supporters vvv ginakan mihaaru…but ifoo thigothah kanthah kuramun dhanyaa supporters dhaany dhuvaheh dhuvahakah madhuvamun..????and yes about the story mihaaru ehves twist eh naadhey…???ifoo supporters thah gellen beynun nuvanyya or madhuvan beynun nuvayyaa mi kanthah rangalhu kuran jeheyne..or otherwise readers will be bored..???

  35. Ainth

    April 11, 2019 at 12:54 am

    It’s ok ifoo we can understand ??????????????????? ekam maadhen reyn vaane up kohlan mihaaru vx stry kiyaa hithun hureveny eh nun❤❤❤❤❤❤

  36. BTS ?

    April 11, 2019 at 5:21 am

    I love to read your stories..?? Mi vaahaka vs varah reethi..??? And mee Alhugandu get 1st comment?????.. But huri Haa parteh vs Kiyan.. ?.. Best of luck ifooo????????????

  37. No offence

    April 11, 2019 at 6:02 am

    Ifoo mihaaru kihineh thi hadhany???dhuvahaku bunaa duuvahakah up vaavareh nuvey…mihaaru aamukamakah vejje thi laakurun thah….i know bxy ves vaane kan or knmes kameh dhimaavaane kan..but abadhuves thi dhimaavaa “IMPORTANT” kanthah dhimaavany story up kuran bunefa onna dhuvahah…mee kihineh vaa kameh???ifoo ah ves olhifaeh noannaane ifoo ge mihaaru vvv supporter thibikan…but i think ifoo thigothah kanthah repeat kuranyyaa e supporters thah vvvvb avahah ifoo ah gelligen dhaane…emme furathama fahtaairu regularly up kohdheyne..ekam gina dhuvas vaa varakah las vamun bxy vamun important kameh onnaane…and aslu hageegathah bunanyyaa ifoo ge story ga ehves twist eh naanna kamah faahagakohlevey…kuryge 5 varakah parts ah balaairu ehves kameh nuvey..hospital in geyah…office in geyahh..dhn hama hus beykaaru baithah…ifoo ifooge supporters gellen beynun nuvanyya thankolheh harudhanaa vaan jeheyne…
    #NO OFFENCE

  38. Shaim

    April 11, 2019 at 7:07 am

    Ifooo ifoo dhahkaalabala alhugandu ifoo balaalan plxxxxxxxxx

  39. jiji

    April 11, 2019 at 9:47 am

    It’s k darla.I can understan..nd negetive comments kuraa Kudhinnah bunelan othy thi gothah writers nubai nukuraashey …ifoo sis akah vec neygeyne dhw up kuraa dhuvahu important kameh ohnaane kameh..Ifoo!!!we r with u…Don’t be sad for negetive commenters….Waitingssss ???

  40. Anii

    April 11, 2019 at 12:56 pm

    Its ok darling we understand .. Ekam mirey up kohdhehchey..m n for the negative commenters…. Plx stop giving negative comment in this situation… U should support her…. And one thing… Thi in meehaku story liyan fashaa fiyya ingeyny ekamuga hunna burakan… Kihaa vagutheh kan nagaany… N amudhun office ga masahkai kuraa muvahxafakah… So plx appreciate on her work….
    Ifooo mirey up kohdhehchey dhigu koh…

  41. asra

    April 11, 2019 at 1:25 pm

    Kobaa next partt

  42. @Ikleel

    April 11, 2019 at 4:28 pm

    Totally i agree with jiji and anii…E massakaiy nukuraa meehakah neygeyne e ee kihaa bura massakatheh kameh…Offiheh ga ulhemun life ge ehen kankamah time dhemun e haa bura massakatheh kuraa iru delays annaane…You guys must understand and support her…And vaahaka nuliyaa kudhinnah neygeyne e vaahaka eh binaa vaane gotheh kurin…Vaahaka liyan feshyma angeyny eyge e hunna bai thakaa e kuriah gendhaane gotheh…Ehen v ma negative comment kuraa kudhin nah bunelan othy e kuraa masakaiy balai nuganevengnaa comment nukoh thibeyshey…Negative comment koh kuraa massakathu ge kuri maraa nulaashey… Komme ireh ga vex emergency kameh dhimaa vedhaane meehakah…Kameh dhimaa vaany hama bunefa eh noon…So please understand it and accept her great work…Mi ee evex meehakaa dhimaalah ehchehi kiyany eh noon,story delay vumuga my own views eh haama kohlee…Hope you guys understand it
    Dont worry ifoo we are with you…Keep it up dear…

  43. ??love??

    April 11, 2019 at 5:07 pm

    ??? alhey kobaitha next part??? haadha inthizaareh eba kureveyey..
    avahah up kuraane kamah unmeedhu kuran????

  44. Alya

    April 11, 2019 at 6:02 pm

    Ifoo is a great writer . No matter what , how well she writes, or regularly updates the story there will always be people who will be criticising and showimg negative side.. so just be positive girl and take the comments positvely❤❤
    And about the delays, as readers, some are showing that dont like the delays and its happens now often.. its true there is nothing to be taken negetively in that..
    Think ifoo “if you was a reader and if the story you reads doesn’t get regularly updated and the reason the writer says is not convincing for ifooo, you will suerly get a bad feel .. maybe not a greater extemd but still kuda gothehviyas vaane”.. so its okay ifoo take those positively and try to update regularly ❤
    And ifoo’s suporters dont show hate or bitterness for other readers for telling their concerns and views about the storyy.. everyone isnt much understanding as you guys❤

    ❤ ifoo❤ i personally feels the story is going tooo slowly . As some other readers mentioned we need a twist or atleast something more interesting.. story is interestimg but need more spice dear❤❤
    Hope everyone understands this and dont mind ifoo if you dont like even
    Loves❤❤

  45. ifoo

    April 12, 2019 at 1:11 pm

    Dear readers… Please read the comment I have posted on 44th part ???… Thankyou sooooooooo much all for the comments ❤️❤️❤️?????????… Love you all ???❤️❤️❤️??????…

Comments are closed.