އެ ސިއްރު… 8
މަންމަ އުދުއްސައިގަތުމާއެކު ފަހަތުން އަހަރެމެން ވެސް އުދުއްސައިގަތީމެވެ. ފުރަތަމަ ފަހަރެއް ކަމަކު އަހަރެންނަށް އުދުހުމަކީ މާ އުނދަގޫ ކަމަކަށް ނުވިއެވެ. ތާތު އާ އެއްވަރަށް އުދުހެމުން ދިޔައިރު ދެން ވާނެ ގޮތެއް ނޭނގޭތީ ހިތް ތެޅެމުން ދިޔަ ބާރު މިނުން ދެންމެ ދެންމެ މޭ ފަޅާފައި ނިކުމެދާނެ ހެން ހީވާ ފަހަރުވެސް މަދެއް ނޫނެވެ.
އަހަރެންގެ ރަށުގެ މަލަމަތި އަހަރެންގެ ލޮލުގެ ކޮޅަށް ދައްކާލުމާއެކު ހިތަށް ލިބިގެން ދިޔަ ހިތްހަމަޖެހުން ދުލުން ބަޔާންކޮށް ދޭން ދައްޗެވެ. އެ ބިމުގައި ފައިތިލަ ޖެހުމާއެކު ފުރަތަމަވެސް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އެތައް ދުވަހަކު ނޭވާ ނުލާ ހުރެފައި ނޭވާއެއް ލީ މީހަކު ފަދައިންނެވެ. ރަށަށް ފޭބުމަށްފަހު އަހަރެމެން އިންސާނެއްގެ ސިފަ ޖެހި ހިނގަފައި ގެއާ ދިމާލަށް މިސްރާބު ޖެހީ މީހަކަށް ޝައްކުވުމުގެ ފުރުސަތު ނުދިނުމަށެވެ. ދިހަވަރަކަށް މިނެޓުގެ ކުރު ރާސްތާއަށް ފަހު އަހަރެންގެ ގެއާ ހިސާބަށް ފޯރައިފިއެވެ.
އެންމެން ގެއަށް ވަންނަން ހިނގައިގަތް އިރު އަހަރެންނަށް ހުރެވުނީ ގެއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައެވެ. މަންމަ ފަސް އެނބުރި ބަލާލިއެވެ. އަހަރެން ނާންނަ ކަން އެނގުމުންނެވެ. ހައިރާންވެފައި ހުރެ މަންމަ ދަރިފުޅާއޭ ކިޔާ ގޮވާލުމުން ކުރިއަށް ހިނގައިގަތީމެވެ.
ގޭޓުން ވަދެގެން ގާ ޖަހާފައި އޮތް މަގުން ހިނގާފައި ގޮސް ގެއަށް ވަދެވެން ހުރި ދޮރާ ހިސާބުން މަންމަ މަޑު ޖެހިލުމާއެކު އަހަރެންވެސް ހުއްޓުނީމެވެ. މަންމަ ފަހަތަށް ޖެހިލާފައި އަހަރެންނަށް އަތުން އިޝާރާތް ކޮށްލީ އެތެރެއަށް ވަނުމަށެވެ. އަހަރެން މަންމަގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ހިނގައިގަތީމެވެ.
ގޭގެ ބެލް އަޅާލުމާއެކު މާގިނަ އިރެއް ނުވެ ދޮރުގެ ތަޅު އެނބުރާލި އަޑު އިވުނެވެ. އަހަރެންގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ހަފްތާއެއް ހާ ދުވަސް ފަހުން މަންމަމެން ފެންނާތީއެވެ. އަދި އަހަރެން ފެނުމުން މަންމަމެން ކަންތައް ކުރާނެ ގޮތެއް ނޭނގޭތީވެސް ހިތުގައި ހާސްކަމާއި ނުތަނަވަސްކަން ވަކި ހިއްޕާލާފައި ވެއެވެ.
ދޮރު ހުޅުވުނު އިރު ކުރިމަތީ ހުރީ ގޭތެރޭ މަސައްކަތް ކުރަން ގެންގުޅޭ ކުއްޖެކެވެ. އަހަރެން ފެނުމުން އެކުއްޖާ ހީވީ ބިރެއް ފެނިގެން ތެޅިގަތް ހެންނެވެ. އަޑަށް ބާރު ލާފައި މޭމް އޭ ކިޔާ މަންމައަށް ގޮވަން ފެށިއެވެ. ” އޭޝްލީ… ކިހިނެއްވީ ” މަންމަގެ އަޑު އިވުނީ އޭޝްލީގެ ފުރަގަހުންނެވެ. އޭޝްލީ ދޮރު ކުރިމަތިން ދުރަށް ޖެހިލި ވަގުތު އަހަރެންނާ މަންމަގެ ހަތަރު ކަޅި ހަމަވިއެވެ. އަހަރެން ފެނުމާޢެކު މަންމަ އަނގަ މަތީ އަތް އަޅާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އަދި ވައި އަޑުން ޖަޒްލީ އޭ ބުނެލި އަޑު އިވުނެވެ. ” ސުބްހާނަﷲ! މީ ކޮންފަދަ ދުވަހެއް…. އަނެއްކާ އަހަރެންނަށް މިއުޅެވެނީ ހުވަފެނެއްގަ ބާ! ” މަންމަގެ މޫނުމަތިން ފެނުނީ ގަބޫލުކުރަން ދަތި ޝުއޫރުތަކެކެވެ.
އަހަރެން މަޑުމަޑުން ކުރިއަށް ޖެހިލަމުން މަންމަގެ އަތުގައި ހިފާ ވިކާލީމެވެ. ގަބޫލު ނުކުރެވުނަސް މީ ހަގީގަތްކަން އަނގައި ދިނުމަށެވެ. ” މަންމާ… މީ ހުވަފެނެއް ނޫނޭ… މީ ހަމަ މަންމަަގެ ޖަޒްލީ އޭ… ބަލާބަލަ އަޅުގަނޑު މިއައީ އޭ… ދެން މަންމަ ދޫކޮށްލާފައެއް ނުދާނަމޭ… ” އަހަރެންގެ ހިތަށް ކުރި ފުން އަސަރަކުން ރޮވެން ފެށުނެވެ. މަންމަގެ ގައިގައި ބައްދާލެވުނީ އަދިވެސް މަންމަ ހުރީ ގަބޫލު ނުކުރެވިފައިހެން ހީވުމުންނެވެ. ” ދަރިފުޅާ! ” މަންމަގެ ރުއިމުގެ އަޑު މުޅި މާހައުލަށް ހިތްދަތިކަން ގެނުވިއެވެ. ” ޝަޒީ! ޝަޒީ ” މަންމަގެ ރުއިމުގެ އަޑާއެކު ބައްޕަގެ ފިޔަވަޅުތަކުގެ އަޑު އިވުމުން އަހަރެން އިސް އުފުލާ ބަލާލީމެވެ. ނަމަވެސް ބައްފަގެ ނަޒަރު ހުއްޓިފައިވީ ގޭ ދޮރުން ބޭރަށެވެ. އަހަރެންގެ ނަޒަރުވެސް އެދިމާލަށް ދަތުރުކޮށްލިއެވެ. ބައްޕައަށް ފެނުނީ އަހަރެންގެ އަސްލު މަންމައެވެ. ބައްޕަ މަޑުމަޑުން ޝިރީން އޭ ކިޔާލި އެވެ. މަންމަ އާ ބައްފަ އެކަކު އަނެކަކާ ދިމާލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ތިބި ތަން ފެނުމުން ބޭއިޚްތިޔާރުގައި ނަމަވެސް އަހަރެންނަށް ހިނިތުންވެވުނެވެ.
” ޖާޒިމް… ބަލާބަލަ މިހިރީ އަހަރެމެންގެ ޖަޒްލީ… ” ޝަޒީ މަންމަ އަހަރެންނާ ދުރުވެލަމުން ބައްޕައަށް އަހަރެން ދައްކާލިއެވެ. ބައްޕަ ލަސް ލަހުން އަހަރެންނާ ދިމާލަށް އެނބުރިލިއެވެ. ދެން ފެނުނީ ދުވެލާފައި އައިސް އަހަރެންގެ ގައިގައި ބައްދާލައިގެން ހުއްޓައެވެ. ބައްޕަ ބައްދާލިލެއް ބާރުކަމުން އަހަރެންނަށް ހަމައަށް ނޭވާވެސް ނުލެވެއެވެ. އެގޮތުގައި ބައްދާލައިގެން އިރުކޮޅަކު ހުރުމަށްފަހު ބައްޕަ މަޑުމަޑުން އަހަރެން ދުރުކޮށްލުމަށްފަހު އަހަރެންގެ ނިތުގައި ބޮސް ދިނެވެ. ” ދަރިފުޅާ! ކޮންތާކު އުޅެފަ ތިއައީ… ދަރިފުޅާ ނުލާ މިވީ ހަފަތާއެއް ހާ ދުވަހު ބައްޕައާ މަންމަ އުޅުނު ހާލެއް އިނގޭތަ! މަންމައަށް އަރުތެރެއިން ފެންފޮދެއް ނުދިރޭ… ހަމައަކަށް ނުނިދޭ… ހޭ ހުންނަނީ މަދު ވަގުތަކު… ހޭ ހުއްޓަކަސް ދުލުކުރީގައި އޮންނަނީ އަބަދުވެސް ދަރިފުޅުގެ ނަން… ބައްޕަމެން ސިފައިންނަށްވެސް އެންގިން ދަރިފުޅު ނުފެނިގެން…. މިހާ ދުވަހު ހޯދި އިރުވެސް ނުފެނުމުން އެމީހުން އުއްމީދު ކަނޑާލި ފެންނާނެ ކަމުގެ… ދަރިފުޅު ގެއްލުނު ފަހުން އަރީޝާ ބޭނުމެއް ނުވޭ ސްކޫލަށް ދާކަށް… މާ ބޮޑަށް ދަރިފުޅު މަތިން ހަނދާން ވާތީ ވެ… މިގެއަކަށްވެސް ނާދޭ… ދަރިފުޅު ދެން ނުދާތި ބައްޕަމެން ދޫކޮށްފަ… ދެވަނަ ފަހަރަށް މިދުވަސް ދެކެން ވިއްޔާ އެންމެން މޮޔަވެދާނެ… ” ކަރުނަވީ ދެލޮލުން އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު ބައްޕަ އަނެއްކާވެސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އޭރު އަހަރެންނަށްވެސް ރޮވެނީއެވެ. އަހަރެންނަށް ބަލާލެވުނީ ޝަޒީ މަންމަގެ މޫނަށެވެ. މަންމަގެ ހަށިގަނޑަށް ބަލާލާފަވެސް މަންމަ ރަނގަޅަށް ނުކާކަން އިނގެއެވެ. ހިކިފައިވާ ދެތުންފަތް ދޭހަކޮށްދެނީ ރަނގަޅަށް ފެން ނުބޯކަމެވެ. ލޯ ކައިރި ކަޅުވެފައިވާ އިރު ހީވަނީ މޫނުމަތިން ފެން ދަމާލާފައި ހުރި ހެންނެވެ. މަންމަގެ މޫނުމަތި ހަނަފަސް ސަހަރާއަކާ އެއްވެސް ތަފާތެއް ނެތެވެ. އެ މޫނުގައިވާ ދިރުން ގެއްލިފައިވުމުން ނެވެ.
” ޝީރީން… ” ޝަޒީ މަންމައަށް ޝެރީ މަންމަ ފެނުނީ އަދި ކިރިޔާއެވެ. ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓާ ޝެރީ މަންމަ ގޮސް ޝަޒީ މަންމަގެ ގައިގައި ބައްދާލިއެވެ. ” ޝަޒިއްޔާ އަހަރެންގެ ޖަޒްލީ އަމިއްލަ ދަރިއެއް ފަދައިން، ތީ އެ ދަރިފުޅުގެ އަސްލު މަންމަ ނޫންކަން އިހްސާސް ނުވާހާ ލޯބިދީގެން ގެންގުޅުނީ…. އެކަމުގެ އަގު އަދާކުރާނެ ގޮތެއް އަހަރެންނަކަށް ނޭނގެ… އަސްލު ހަގީގަތުގައި ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ކިތަންމެ ކަމެއް ކޮށްދިނަސް ފުރިހަމައަށް އެކަމުގެ އަގު އަދާކޮށް ނުދެވޭނެކަން އިނގޭ… އެ ހުރިހާ ކަމަކަށް އަހަރެން މުޅި އުމުރު ޝަޒިއްޔާއަށް ޝުކުރު އަދާ ކުރިޔަސް… ” ” އަހަރެން ޖަޒްލީ ބަލާ ބޮޑުކުރީ އަގަކަށް ނޫން… އަހަރެން ދެކޭ ގޮތުގައި އެއީ އަހަރެންގެވެސް ދަރިއެއް… ” ޝެރީ މަންމަ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލަމުން ޝަޒީ މަންމަ ބުނެލީ ހިތްހަމަ ނުޖެހިފައެވެ. ޝަޒީ މަންމަ ބުނެލި ގޮތުންވެސް އަހަރެން ދެކެ ލޯބިވާވަރު އިނގިގެން ދިޔައެވެ.
” މިއޮއް ހުރިހާ ދުވަހު ދަރިފުޅު އުޅުނީ ޝެރިން ކައިރީގަ ތަ؟؟؟ ” ޝައްކުގެ ނަޒަރަކުން ޝެރީ މަންމައަށް ބަލާލަމުން ބައްޕަ ސުވާލު ކުރީ އަހަރެންނާއެވެ. ” އާނނ… އަހަރެން ޖަޒްލީ ގެންދިޔައީ… އަހަރެން ވައުދުވެފައިވާ ފަދައިން ސާދަ އަހަރު ވަންދެން އެއްވެސް އުނދަގުލެއް ނުކުރަން… އަހަރެން ބުނިން ސާދަ އަހަރު ވާދުވަހު އަންނާނަމޭ… ” ނަމަވެސް އަހަރެންނަށް ވުރެ ކުރިން ޖަވާބު ދިނީ ޝެރީ މަންމައެވެ. ” އަހަރެންނަށް ހީވިއޭ… ޝެރިން… އަހަރެންނަށް ވަރަށް ބޮޑު ކަމެއް ކޮށްދީބަލަ… އަހަރެންނަށްޓަކާ މިކަން ކޮށްދީބަލަ… އާދޭސްކުރަން… ” ބައްޕަ އާދޭހުގެ ރާގަކަށް ޝެރީ މަންމަ ގާތު އެދެމުން ދިޔައެވެ. ނަމަވެސް ކޮންކަމަކަށް ކަމެއް އަހަރެންނަކަށް އަދި އެހެން މީހަކަށްވެސް ނޭނގެއެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔަ ހައިރާންކަން އެކަމުގެ ހެއްކަކަށް ފުދެއެވެ. ” ކޮންކަމެއް… ” ޝެރީ މަންމަ އަހާލިއެވެ. ” ބުނެބަލަ… ކޮށްދޭނަންތަ؟؟؟ ” ” ބުނީމަ ދޯ އިނގޭނީ… ” ” އަހަރެންގެ ޖަޒްލީ މިގޭގަ ބަހައްޓަދީ… ޝީރީން ޖަޒްލީއާއެކު ހުންނަން ބޭނުމިއްޔާ ޝީރީންއަށްވެސް މިގޭގަ ހުރެވޭނެ… އަދި އެތިބަ މީހުންނަށްވެސް… އެކަމަކު އާދޭސްކުރަން… އަހަރެންނާ އަހަރެންގެ ޖަޒްލީ ދުރުނުކުރޭ! ” ބައްޕަގެ އެދުން އަޑު އިވިފަ އަހަރެންނަށް އިންތިޒާރު ކުރެވުނީ ޝެރީ މަންމަގެ ޖަވާބަކަށެވެ. އެދުލުން އާނ އެކޭ ބުނާ އަޑު އަހަން ކެތްމަދުވިއެވެ. ތާތުމެންނަށްވެސް ހުރެވޭނޭ ބުނުމުން ހިތަށް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. ” ޖަޒްލީ ބޭނުމިއްޔާ! ” މަންމަގެ ޖަވާބު އިވުމުން އަހަރެން އަވަސް އަވަހަށް އާނ އާނ އޭ ކިޔާލީމެވެ. ” އެހެންވީމާ ޝީރީންވެސް އަދި މި އެންމެންވެސް ދެން އުޅޭނީ މިގޭގަ… ” ބައްޕަ ތާތު އާ ޝެރީ މަންމަ އަދި ޝާލީންއަށް ކޮންމެ މީހަކަށް ވަކިން ކޮޓަރިއެއް ދިނެވެ. އެރޭ މާލަސް ވެފަ ހުރުމުން އެންމެން ކައިގެން ދިޔައީ ކޮޓަރިއަށެވެ. އަހަރެންވެސް ކޮޓަރިއަށް ވަދެ ނިދަން ތައްޔާރުވެލައިގެން އައިސް އެނދުގައި ޖައްސާލީ މާދަމާ އަރީޝާއަށް ގުޅާނީއޭ ހިތާއެވެ. މިހާރު އޮންނާނީ ނިދާފައިކަން ޔަގީން ވާތީއެވެ. މަޑު ގޮދަޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލުމާއެކު އެސްފިޔަތަކަށް ބަރުވެ ލޮލަށް ނިދި ސަވާރުވީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ.
****************************************
” ހަހަހަ… އަރީއަށް އެދުވަހު އެއޮއް ވީ ގޮތެއް ދޯ! ” ތާތު ދިމާކުރާ ރާގަކަށް ބުނެލިއެވެ. ” ދެން ހަމަ! ތިނޫން އެއްޗެއް ކިޔާބަލަ… ” ކައިރީގައި އޮތް ކުޝަން ނަގާ ތާތުއާ ދިމާލަށް އެއްލަމުން އަރީޝާ ބުނެލިއެވެ. ތާތު އެ ހަމަލާއިން ހުޝިޔާރުކަމާއެކު ރެކިގަތެވެ. އެ ހިސާބުން ދުވަހުގެ ކުޅިވަރު ފެށުނީއެވެ. ދެމީހުން ދެމީހުންނަށް ކުޝަން އުކަމުން ދިޔަ މަންޒަރު ބަލަން ހެވިލާފައި އަހަރެން ހުރީމެވެ. ” އޯހް ޝިޓް… ގަޑިން ކިހާ ވަރެއް… ” އަރީޝާގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައެވެ. ” ދެމީހުން ކުޅޭނެހާ ކުޅިވަރެއް ކުޅެ ނިންމާފަ އެބަ އަހައެއްނު ގަދިން ކިހާ އިރެއް ހޭ… ” އަހަރެން ހަށަން ބަނދެލައިގެން ހުރެ ބުނެލީ ރުޅިއައިސްފައި ކަމަށް ހެދެމުންނެވެ. ” އޭ ދެން އަސްލަށޭ! ޓިއުޝަން ގަޑި ޖެހިދާނެ… ” އަރީޝާގެ ދެފައި އެއްތާކު ނުޖެހެއެވެ. ދެފައި ތަޅަ ތަޅާފައި ކުސްތަޅަމުން ދިޔައެވެ. ” ގަޑިން ބޯޅަ ޖަހާ ސައްޕު… ” ތާތު ބުނެލީ ހިނގަނޑެއް ޖަހާލަމުންނެވެ. ” ވެރީ ފަނީ… އެއްވެސް މަޖަލެއް ނޫން… ” މޫނު ހަދާލަމުން އަރީޝާ ތުން އަނބުރާލިއެވެ. ” ގަޑިން އެއޮއް އަށްގަޑި ބައި ވީ… ” އަހަރެން އަތުގައި އޮތްގަޑިއަށް ބަލާލާފައި ބުނެލީމެވެ. ” އަޅެ އަސްލަށް ވެސް ތަ؟ ދެން ނޫން… ނޮޓް އަގެއިން… އިޓްސް އޯލް ބިކޮޒް އޮފް ޔޫ… ” ތާތު އާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އަރީޝާ ބުންޏެވެ. ” ވަޓް! މީ… ހެލް ނޯ… އަރީ ދޯ ފެށީ… ” އުނަގަނޑުގައި ދެއަތް ވިއްދާލައިގެން ހުރެ ތާތު ބުނެލީ ދެލޯ ހަނިކޮށްލަމުންނެވެ. ވަޓް އެވަރ އޭ ކިޔާ އަރީޝާ ނިކުމެގެން ދިޔައީ ތާތުއަށް ލޯ އަޅަމުންނެވެ.
” ހަހަ… ޝީޒް ސޯ ފަނީ… އައި ލަވް ދެޓް އެޓިޓިއުޑް އޮފް ހާ… ” އަރީޝާ ނިކުމެގެން ދިއުމުން ތާތު އެނދުމައްޗަށް ވެއްޓިގަތީ ހެމުން ހެމުންނެވެ. އަހަރެންވެސް ރައްދުގައި ހިނިގަނޑެއް ޖަހާލީމެވެ.
އަހަރެންނާ ތާތު ވާހަކަދައްކަން ތިބެފައި ސިހިފައި ތެދުވެވުނީ ފިރެހެނެއްގެ ހަޅޭކުގެ އަޑަށެވެ. އެއީ ހަމަ ޔަގީނުންވެސް ބައްޕަގެ ހަޅޭކުގެ އަޑެވެ. އަހަރެންނަށް ޔަގީނެވެ. މިގެއަކު އިތުރު ފިރިހެނަކު ނޫޅޭނެއެވެ. އަހަރެންނާ ތާތު އެކަކު އަނެކަކުގެ މޫނަށް ބަލާލާފައި ދެފައިގައި ހުރި ބާރެއްލާފައި ދުއްވައިގަނެވުނީ އަޑު އައި ދިމާލަށެވެ. އަޑު އައީ ސިޑި އާ ދިމާލުން ކަމުން އަހަރެމެން ސިޑިން އަރައިގެން ދިޔައީ ޓެރެސްއާ ދިމާލަށެވެ. އެއީ އެ ބައިގައި އިތުރު ތަނެއް ނުހުންނާނެތީއެވެ. ޓެރެސްއަށް ނިކުމެވުނު އިރު ކުރިމަތިން ފެނުނީ ދުވަހަކުވެސް އަހަރެން ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. ދެލޯ އަހަރެންނަށް ކެހި ދެނީ ކަމަށް ހީކޮށް ދެތިން ފަހަރު ލޯ އުނގުޅާލެވުނެވެ. ނަމަވެސް މަންޒަރު ބަދަލެއް ނުވިއެވެ. އަހަރެންގެ ހިތުގައި އޮތް ބިރުވެރިކަން ހަގީގަތަކަށް ވީއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
37 Comments!
Comments are closed.




Me first dhw sis..kiyaafa comment eh kohlaanan❤❤??????????????????
oh yes… u r first… 🙂
Wow nice… vvvvvvv reethi mi prt..
thanx… scarlet dear…:)
Alheyy haadha reehchey mi part vx…ehaame majaa…curiously waiting for the next..Ly loadss?????????????????..miss u kujjaa gandaa..
haha… thanx jiji love… next part ISA on tomorrow… love u lots n misses more…
Vvvv salhi
thanx ishu… 🙂
OMG!!!.. Haadha reehchey dhw.. Masha allah.. Vvvvvvvvvvvvvvvv reethi mi part vec… Alhey pls shireen mom evil akah nahadhahhche plus jez ge dad numaraathi ingey… Can’t wait for the next part… Avahah up kohla dhehchey ingey dear.. Much love ???????????
Yeah! Let’s c… ?Anyways thanx sis… Next part ISA on tomorrow… Love u loadss❤️❤️❤️
Woww this part vrh vrh reethi
thanks miu… why r u not talking… don’t be shy… we r friends…. 🙂
Dear
yep!
Heii girls.. Anyone there..?? ?
I AM
ME ISHU
I am here!!??
Sorry guys I’m busy with school works dears
Ohh..it’s OK Miu??
if so it’s ok dear… i thought u were shy… hehe:)
heyy… i was having difficulties sending msg….. kithanmme faharaku try kohffin.. mi msg vs dhaane kameh neige…. btw v salhi ingey story…. ekm haadha avahah thiulheny jeyz ge dad ah gothah hadhann.. plz make it as a nightmare
oh it’s k… thankx dear… haha… let’s c… anything might happen
Oh hi every one:)
hi
Where were u
Guys:(
Yaa..hws u Miu????
i’m here… sorry i was writing the story
Ohh sorry dear and hi jiji
Umm I have a question why your name jiji?
jiji name is a secret…. u can just call her jiji.. it will be fine….she don’t want to tell who she is for public…. NO HARD FEELINGS ingey… hama bunely…
Cute lips is totally correct. .I don’t wanna tell my name in public..so u can call me jiji..ok??..no hard feelings ??
i’ve submitted the next part… 🙂
Thanks a lot dear…waitingssss ??
Wow vvvv nice… ? ? mashah Allah.. ? ?
Masha Allah vv nice story eh ? mi story ge Gina baitha nikunaane kamah heekuran ? ? ❤️
Vrh nice story
SAHI