Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުރުވާހަކައެހެނިހެން

ލޯގަނޑު

Allura Level 110 Stories
April 7, 2019 2 Mins Read
15 Comments

‍‍‍‍‍‍‍ފޮޓޯގައި އެ ވަނީ މިލާގެ ސިފަ އެވެ. ހަމުގެ އެ ކުލަވެރެވެ. ފަޅު ރީނދޫވެރިކަމެކެވެ. އުމުރުގައި ޅަފުރާވެރިކަމެވެ. ބާރަ އަހަރެވެ. ހިނިތުމުން އެ ޒަމާނެއް ކަށަވަރުކޮށްދެއެވެ. ލޮލުގެ ކަޅިރަވުން ދެއްކުވިފައިވި އެ މައުސޫމު މިޒާޖެވެ. ފަރުދަލެއް ނެތެވެ. ކަށިތަކުގެ ބާރުން ބައްޓަމެއް އުފުލެވިފައެވެ. އިނގިލތައް އެ ސިފަ އެއްގައި ތަތްކުރެވޭން ފެށުނެވެ. ދެން ހަރަކާތްތެރިކަމެކެވެ. ތުރުތުރު ލުމެކެވެ. ހިއްސުތައް އައްސި ކުރެވިއްޖެ އެވެ. އެއީ ގަނޑުފެންގަނޑެކެވެ. ހައިސިއްޔަތެއް ނުނެރެވުނެވެ. ތަޅުންގަނޑަށް ވައްޓާލެވި ބޭރުފަށް ޗިސް ކުރެވުނެވެ. އެއަށްފަހު ހީލެވުނެވެ. އެއްފަދަ ދެ ވަނަ ރޫޙަކަށެވެ.

ކުރިމަތީ ހުއްޓި އެ ވީ ލޯގަނޑެވެ. ފުސްވެފައި ކިލަނބެވެ. މަލަމަތި ސާފުކުރުމަށް ހިތް ގޮވަަައިގަތެވެ. މަންޒަރެއް ނުފެނިވީތީ އެވެ. ކަނުވީ ލޮލެއް ނޫނެވެ. ސިފަކުރެވުމެވެ. ސިކުނޑީގެ ނުކުޅެދުން ހަމަ އެހާ ބަރުވީހެވެ. ފާއިތުވެ މި ދިޔައީ އަދި އެންމެ ވިހި އަހަރެވެ. މިއީ ހަމަ އެ މިލާ ހެއްޔެވެ. ނުވާނެ އެވެ. ކޮންމެވެސް ގޯހެއް އެބަ އުޅެއެވެ. ލޯގަނޑު މަކަރުހަދަނީ އެވެ. ހިއްސުތައް ތަޣައްޔަރު ކުރުވުމުގަ އެވެ. ހަށިގަނޑު ބަލި ކުޅައުމަށެވެ. އެއަަށް ދިރުމެއް ގެނުވައިފި އެވެ. ގުޑުގުޑު އަޅައިގަތެވެ.

 

މިއީ ހަޤީޤަތެވެ. އެއީ ނަސްލުން ބޭރުވެފައިވި އެއްޗެކެވެ. މިލާ އެއް ނޫނެވެ. އެބައިމީހުންނަށް އެ އުޅެވެނީ ކުށުގެ ވެއްޓެއްގައެވެ. ހަޔާތުގެ ފާރުތަކުން އީޖާދު ނުވެވިގެންނެވެ. ބޯފުސްވެފައި ވަނީ އެތެރެފުށިތަކެވެ. ފައުޅުވަމުން ދިޔަ ފެވުންތަކެއް ނޫނެވެ. އެކަމަކު އެ ލޯގަނޑެވެ. ކުރެހުންތައް ހަޑިކޮށްފި އެވެ. އަޅާކިޔުމުގައި މިންތަކެއް ނުހޯދުނެވެ. ލޮލުން އަނެއްކާ ވެސް އެ ފޭދި ކުރެވީ އެވެ. މިއީ ކޮންފަދަ ގަނާވެރިކަމެއް ހެއްޔެވެ. މިލާގެ ހޭނެތް ކުރުވިއްޖެ އެވެ.

………….

މިހާރު އެ ހުރެ ހިނިތުންވަނީ ކާކު ހެއްޔެވެ. އެއްކަލަ ރޫޙު ހެއްޔެވެ. އަނބުރާ އެ ޙާޟިރުކުރުވީ ކޮން އެއްޗެއްބާވައެވެ. ޔަޤީނެވެ. އެ ލޯގަނޑެވެ. އެކަމަކު އެ ތަޅާލެވިއްޖެ ނޫން ހެއްޔެވެ. އާންއެކެވެ. ހަށީގައިވި އެ ދިރިތީންނެވެ. ޖިސްމު އެކަހެރިކޮށް ބަވަނަކުރުމުގެ ފާއްގަތިކަން ހޯދައި އެ ގަތީ މާއްދިއްޔަތުންނެވެ. ވަރަށްވެސް ޗާލާކުތާ އެވެ. ހީކުރަނީ ފިލޭނެކަމަށް ހެއްޔެވެ. ސަންދޯކަކާ ނުލާ ފަސްލުމަށް ހެއްޔެވެ. ކީކޭތޯ އެވެ. ވިންދު އަދިވެސް ޖަހައެވެ. ފުރާނަ ހައްޔަރު ކުރެވިއްޖެ އެވެ. ކުރަންވީ އަދު ކީއްހެއްޔެވެ. މިލާ އަށް ފެންފޮދެއްގެ ބޭނުން ޖެހިއްޖެ އެވެ.

…………..

ޗިސްކުރެވުނެ އެ ގަނޑުފެންގަނޑެވެ. ސިފަ ކެނޑި އޮލަަކުރުވައިފި އެވެ. ދޫކޭތުމަށް ތައްޔާރު ކުރެވިފައިވި ސަލާމަތުގެ ބުއިމެވެ. އަލީގެ ލޫޅާފަތި ކަމަކުން ދިއްލުންތަކެއް އަލި ކުރެވިފަ އެވެ. ނަމަވެސް ލޮލެއް ނުހުޅުވުނެވެ. ވަޤުތު ހިތުގެ ބާރު ފެއި ކުރުވައިފި އެވެ. އަދި ނަފުސުގެ ޤައިދުން ފުރާނައިގެ ހިމާޔަތްތެރިކަން ޔަޤީންކޮށްދެވިއްޖެ އެވެ. އެ ރޫޙެއް ފިލައިފި އެވެ. އަދި މައުޖޫދުގަައި, ބާރުފޯރުވުމަށް ހަމައެކަނި ވަސީލަތުގައިވީ ލޯގަނޑުގެ ޙާޟިރެވެ. ފޫހިކަމެއްނެތެވެ.

(ނިމުނީ)

Share Article

Follow Me Written By

Allura

Level 110 Stories

Other Articles

Previous

އިންތުޒާގައި ހުންނާނަމޭ ލޯބިން…..

Next

ކަލަޔާ ނުލާ 11

Next
April 7, 2019

ކަލަޔާ ނުލާ 11

Previews
April 7, 2019

އިންތުޒާގައި ހުންނާނަމޭ ލޯބިން…..

15 Comments!

  1. ?Shifna? says:
    April 8, 2019 at 9:53 am

    Yey me 1st. Vrh reethi mi vaahaka…????

    1. Allura says:
      April 8, 2019 at 7:09 pm

      Thanks. ?

  2. Milaa says:
    April 8, 2019 at 12:49 pm

    Vaanuvaa eh neyge

    1. Allura says:
      April 8, 2019 at 7:12 pm

      Thanks still for reading ?

    2. dheem says:
      May 27, 2019 at 8:00 pm

      yes hama theden thibuneee

    3. dheema Hassan says:
      June 11, 2019 at 8:08 pm

      vaanuvaa neygey hama

  3. baby says:
    April 8, 2019 at 7:51 pm

    Maa bodah sifa koffa… ehnve vrh foohi kiyan.. vaanuva ingey githah sifa koffa huri nama reethi vaane

    1. Allura says:
      April 9, 2019 at 3:15 pm

      Thanks. Aplrreciate the comment. ☺

  4. No more 12 says:
    April 8, 2019 at 11:30 pm

    ??????Vrh reethi??????

    1. Allura says:
      April 9, 2019 at 3:16 pm

      Thanx.

  5. އިއްބެ says:
    April 9, 2019 at 6:56 pm

    Mihaaru umurun 45 aharu vejje. 22 aharun feshigen miulhenee kiyavaidhinimige dhaairaaga. Dhuvahaku nudhekey, adunaahaa dhivehi basthakeh miliyumun fenijje. Dheyhaeh nuvi. Basfothun e basthakeh nufenunu. Varah dheravejje.?

  6. Cute_girl says:
    April 18, 2019 at 6:17 pm

    Varah reethi vaahaka eh❤

  7. Boy dum dum says:
    April 19, 2019 at 8:29 pm

    Varah deep meaning..and very nice
    But of course being the dumbo i m …
    Encheh get eh nuvi..
    But still ver niceeee…

  8. Yamshee says:
    August 7, 2019 at 7:10 pm

    V Reethi

  9. shifau says:
    August 15, 2019 at 2:08 pm

    ain.. vaahakaaga vee goi ehves varakah geteh nuvi.

Comments are closed.



All Right Reserved!