Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredބިރުވެރިއެހެނިހެން

އެ ސިއްރު… 9 ( ފަހުބައި )

Emm Level 3100 Comments10 Stories100 Login
April 7, 2019 One Min Read
37 Comments

ޓެރެސްއަށް ނިކުމެވުނު އިރު ކުރިމަތިން ފެނުނީ ދުވަހަކުވެސް އަހަރެން ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. ދެލޯ އަހަރެންނަށް ކެހި ދެނީ ކަމަށް ހިކޮށް ދެތިން ފަހަރު ލޯ އުނގުޅާލެވުނެވެ. ނަމަވެސް މަންޒަރު ބަދަލެއް ނުވިއެވެ. އަހަރެންގެ ހިތުގައި އޮތް   ބިރުވެރިކަން ހަގީގަތަކަށް ވީއެވެ. ގަބު އަރާފައި ހުރި އަހަރެންނަށް ހަމަ ބިމަށް ފޭބުނީ ތާތު އަހަރެންގެ ކޮނޑުގައި ހިފާ     ތަޅުވައިގަތުމުންނެވެ. ރެއިލިންގ މަތީގައި ޝެރީ މަންމަ ހުރީ ޝަޒީ މަންމަގެ ކަރުގައި ހިފައިގެންނެވެ. ހިފައިގެން ހުރިލެއް ބާރުކަން ފުފިފައި ހުރި އެ އަތުގެ ނާރުތަކުންނާއި ފިއްތާ ބާރުކޮށްފަ ހުރި ދަތްތަކުން ހާމަވެއެވެ. ޝަޒީ މަންމަ ނޭވާ ނުލެވިގެން ތެޅި ފޮޅެމުން ދިޔައިރު މަންޒަރު ބަލަން އަހަރެންނަށް ހުރެވުނީ ރޮވިފައެވެ. ކިތަންމެހާވެސްއަދިވެސް އަހަރެންނަށް ލޯ ކުރިމަތިން ފެންނަމުން ދިޔަ ހިތި އަދި އަނިޔާވެރި މަންޒަރުތައް ގަބޫލުކުރަން ދައްޗެވެ.

” ޝީރީން… ހަމަ މިހާރު ދޫކުރޭ ޝަޒިއްޔާގެ ކަރުން… އެހެންނޫނީ… ” ބައްޕަ އެތަނުގައި ހުރިކަންވެސް އަހަރެންނަށް އިނގުނީ ބައްޕަ އަޅޭއްލަވައި ގަތުމުންނެވެ. ޝެރީ މަންމައާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލައިގެން ހުރެ ބުނެލީ އިންޒާރުގެ ރާގުގައެވެ. ބައްޕަގެ އަޑަށް ޝެރީ މަންމަ ބައްޕައާ ދިމާލަށް އެނބުރި ނުލަފާ ވައްތަރަކަށް ހޭން ފެށިއެވެ. އެ ހުނުމުގައި ނުރައްކާތެރިކަންވެސް އިންތިހާ ދަރަޖައަށް އެކުލެވިފައި ވެއެވެ. އެކަން އަހަރެންނަށް އިހްސާސްކުރެވުނެވެ. ” އެހެން ނޫނީ ކީއްކުރާނީ… ޖުމްލަ ފުރިހަމަ ކުރޭ… ” ޝަޒީ މަންމަގެ ކަރަށް ބާރު ކުރި ކުރީނުން ޝެރީ މަންމަގެ އަތުގެ ތޫނު ނިޔަފަތިތައް ކަރަށް ހަރާލިއެވެ. ހޯސްލާފައި ލޭގެ ކޯރެއް މުޅިތަނަށް ފައިބައިގަތެވެ. އަހަރެންނަށް އަނގަމަތީ އަތް އަޅާލެވުނީ މަންމަގެ ރަހުމްކުޑަކަން ފުރަތަމަ ފަހަރަށް ފެނުމުން ގަބޫލުކުރަން ދަތިވެފައި ހުރެއެވެ. ” މަންމާ!!! ” ދެން ކުރިމަތިން ފެނުނީ ބަލާލި ކޮންމެ އިންސާނެއްގެ ހިތަށްވެސް އޭގެ އަސަރު ކުރާހާ ހިތްދަތި އެހެނަސް އަނިޔާވެރި މަންޒަރެކެވެ. ޝަޒީ މަންމަގެ ކަނދުރާ ހަށިގަނޑުން ވަކިކޮށްލާފައި ޓެރެސްއަށް ވައްޓާލީ އަހަރެންގެ އުފަން މަންމަ ޝެރީންއެވެ. އެމަންޒަރު ފެންނަ ކޮންމެ މީހަކަށްވެސްް އެއީ އިންސާނެއްގެ އަމަލެއް ނޫން ކަން ޔަގީން ވާހާ ރަހުމްކުޑަ ކޮށެވެ. އެ މަންޒަރު އަހަރެން މި އަނިޔާވެރި ދުނިޔެއަށް ދޫކޮށްލާ ފަހު ނޭވާ އާ ޖެހެންދެންވެސް ތާޒާ ކަމާއެކު ހަނދާން ހުންނާނެއެވެ. ހިތާއި ދިމާލުން އަރައިގެން ދިޔަ ތޫނު ތަދުން އެ ދިމާލުގައި އަތް އަޅާލެވުނެވެ. ހީވީ ހިތް ދެފަޅިއަށް ފަޅި ފަޅިވެގެން ދިޔަ ހެންނެވެ. ހިތަށް މިޔަ ތޫނު ހަންޖަރެއް ހަރާލި ނަމަވެސް މިއަށް ވުރެ ތަދު ކުޑަވީސްކަން ޔަގީނެވެ.

ބާރު އަޑެއް އިވުމާއެކު އަހަރެންނަށް އެދިމާލަށް ބަލާލެވުނު އިރު ބައްޕަ މެއާވީ ފަޅީގައި އަތް އަޅައިގެން ހުރެ ކަކޫ މައްޗަށް ތިރިވަނީއެވެ. ކަޅި ހުއްޓިފައިވަނީ ޝަޒީ މަންމަގެ ވަކިވެފައިވާ ކަނދުރާއަށާއި ފުރާނަ ނެތް މަސްގަނޑަށެވެ. އެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ކޯރެއް ބަންޑުންވާ ބީދައިންނެވެ. އަހަރެންނަށާއި ތާތުއަށް ބައްޕައާ ދިމާލަށް ދުއްވައިގަނެވުނީ އެކު އެކީގައެވެ. ދެމީހުން ބައްޕަގެ ކައިރިއަށް ތިރިވެ ބައްޕަ ނެގީމެވެ. ބައްޕަ ރަނގަޅަށް ކޮޅަށް ނުނެގެނީސް އަހަރެމެންގެ އަތް ފޮޅުވާލާފައި ޝެރީ މަންމައާ ދިމާލަށް ދިޔައީ ދުންޖަހާފައެވެ. ” ކަލޭ ހާދަ ނުބައި ވެގެންނޭ ތިއުޅެނީ… މިކުޅި ކުޅެންވެގެން ދޯ ޝަޒިއްޔާއަށް މާ ހެޔޮ އެދޭ މީހަކަށްވެގެން އުޅުނީ… މިކަން އަހަރެންނަށް ކުރިން އެނގުނު ނަމަ… ހުވާ މިބުނީ މިގޭގެ އޮޅިގަނޑު ގިރާކުރަންވެސް ލާހިކެއް ނޫން… ” މުޅި ތަނަށް ފެތުރިފައި އޮތް ލޭގެ ކޯރުގެ މެދުގައި އޮތް ޝަޒީ މަންމަގެ ފުރާނަނެތް މަސްގަނޑު ކައިރީ ކުޑަ ކަކޫ ޖަހައިގެން އިށީނދެއިން އިންސާނެއްގެ ސިފައިގައި އިން ޝެރީ މަންމަގެ އަތުުގައި ހިފާ ނަގަމުން ބައްޕަ ބުނެލީ ރުޅިއައިސް ރަތްވެފައެވެ. ޝެރީ މަންމަގެ މޫނުމަތިން ފެނުނީ ކުރެވުނު ކަންތަކަށް ހަގީގަތުގައިވެސް ދެރަވެ ލަދުގަނެފައިވާ ފަދަ ކުލަވަރެކެވެ. އަނެއްހެން ބުނާނަމަ ގިލްޓް ފީލްވެފަ ހުރި ކަހަލަ އަސަރުތަކެކެވެ. ބައްޕަގެ އަތުގެ ހޫނު ހަމަލާއެއް ޝެރީ މަންމަގެ ކަންފަތް މައްޗަށް އަރައިގެން ދިޔަ އަޑުން މާހައުލުގައިވީ ހިމޭންކަން މުގުރާލިއެވެ. ކޯ މަތީގައި ހިފަހައްޓައިގެން ހުރެ ޝެރީ މަންމަ ބައްޕައާ ދިމާލަށް ބަލަހައްޓައިގެން ހުރީ ގަބޫލުކުރަން ދަތިވެފައި ހުރި ކަހަލަ ގޮތަކަށެވެ. އަހަރެންވެސް ހުރީ ޝޮކުވެފައެވެ. ދުވަހަކުވެސް ބައްޕަ މީހެއްގެ ގައިގައި ޖަހަން ކީއްކުރަން އެފަދަ ނިޔަތެއްގައި ބަލާލި ދުވަހެއް ހަޔާތުގެ ހުރިހާ ސޮފްހާތަކެއް އަލުން ބަލުން ރިވައިޒް ކުރިޔަކަސް ހަނދާނަކަށް ނާދެއެވެ.

” ޖާޒިމް… ނާހާނަންތަ އަހަރެން އެހެން ކަންތައް ކުރަން ޖެހުނީ ކީއްވެތޯއެއް!!! ” ކުއްލިއަކަށް ޝެރީ މަންމަގެ އަސްލު ސިފައަށް ބަދަލުވެ ލޯ ރަތްކުލައިން ދިއްލުނެވެ. ” ކޮންމެ ކަމެއް ވެގެން ކުރިޔަސް ތި ކުރީ ރަނގަޅު ކަމަކަށް ނުވާނެ… އެހެން ނޫނަސް އަހަރެން ނޫޅެން ތިކަހަލަ ހިތްހަރު މީހުންނާ ވާހަކަ ދައްކާކަށް… އަޑު އިވިއްޖެ! ހަމަ މިހާރު މިގެއިން ނިކުމޭ! ” ބައްޕަ ރުޅިއައިސްފައި ހަޅޭއްލަވައިގަތްލެއް ބާރުކަމުން އުޑުވެސް ބޯމައްޗަށް ވެއްޓިދާނެހެން ހީވިއެވެ. ” އަޑުއަހަން ބޭނުން ނުވިޔަސް މި ވާހަކަ ބުނެފަ ދާނީ… ޖާޒިމް… ޖާޒިމްއަކަށް ނޭނގޭތަ ޖާޒިމްއާއި ޝަޒިއްޔާ އަހަރެންގެ ކުރިމަތީ ތިއުޅޭ ގޮތުން އަހަރެންގެ ހިތަށް އަސަރުކުރާނެ ކަމެއް… އަހަރެންނަކީ އިންސާނަކަށް ނުވިޔަސް އަހަރެންގެވެސް ހިތެއް އޮވެއޭ… އެހިތަށް ތަދުވެޔޭ… އަސަރު ކުރެޔޭ… އަހަރެންނަށް އެކަން ކުރަން މަޖުބޫރުކުރުވީ ހަމަ ޖާޒިމް… ” މަޑުމައިތިރިކަމާއެކު ފެށި ޖުމަލަތަކުގެ ނިމުން އައީ ހަސަދަވެރިކަމާއި ރުޅިވެރިކަން އެކުވެގެންނެވެ. ޝެރީ މަންމަ ނުބުނި ނަމަވެސް އަހަރެންނަށް މީ މިހެންވެގެން ވީ ކަމެއްކަން އިނގެއެވެ. މިކަން މިގޮތަށް ވެދާނެ ތީ އަހަރެން ހުރީ ވަރަށް ހުށިޔާރުވެގެންނެވެ. ނަމަވެސް ކަންތައްތައް ވެގެން ދިޔައީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. ތަގުދީރުގެ ނިޔާއާ މެދު އަހަރެންނަށް ހިތާ ހިތާ ޝަކުވާކޮށްލެވުނެވެ. މިކޮޅަށް އައިސް މިވޭތުވެގެން ދިޔަ ހަފްތާ ތެރޭގައި ޝަޒީ މަންމައާއި ބައްޕަ ސަމާސާކޮށް ހަދާ ވަގުތު ދުރުގައި ހަސަދައިގެ ލޮލެއް ދިއްކޮށްގެން ޝެރީ މަންމަ ހުންނަތަން އަހަރެން ދެކުނީ އެންމެ ފަހަރަކު ދެފަހަރަކު ނޫނެވެ. އެތައް ބައިވަރު ފަހަރުތަކެއްގެ މަތިން އަހަރެންނަށް މި މަންޒަރު ވަނީ ފެނިފައެވެ. ޝަޒީ މަންމައާއި ބައްޕަ އެކުގައި ފެނުނަސް ޝެރީ މަންމަ ހުންނަނީ ދެކަންފަތުން ދުން އަރައަރައެވެ. ” މި ބުނީނު ތި ދައްކާ ބޭކާރު ވާހަކަތައް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫނޭ… ނިކުމޭ މިތަނުން…. ” ބައްޕަ ދައްކަމުން ދިޔަ ވާހަކަ މަންމައަށް އަޑު ނީވޭ ފަދައެވެ. ހުރިތަނުން ގުޑިވެސް ނުލިއެވެ. ” މިބުނީނު ނިކުންނާށޭ… ބީރުތަ! ” މަންމަގެ އަތުގައި ހިފާ ޓެރެސްގެ ރެއިލިންގ އާ ދިމާލަށް ހޫރާލަމުން ބައްޕަ ބުނެލިއެވެ.

އެންމެ ސިކުންތަކުވެސް މަޑުނުކޮށް މަންމަ އުދުހިގޮސް ލޮލުގެ ކޮޅަށް އޮބާލައިފިއެވެ. އަހަރެންގެ ބަޑި ފަޅައިގެން ދިޔައީ އެ ހިސާބުންނެވެ. އަޑުން އަޑު ނަގާފައި ރޯން ފެށުނީ ހަށިގަނޑުގެ ތެރޭގައި އުފެދިފައިވާ ތޫފާނަށް ކުޑަ ނަމަވެސް ލުޔެއް ލިބޭތޯއެވެ. ހަގީގަތުގައި މިއޮއް ހާއިރު އަހަރެން ހުރީ ކަންތައްތައް ވަމުން ދިޔަލެއް އަވަސްކަމުން ވާއެއް ނުވާއެއް ނޭނގިފައެވެ. އެހެން ނޫންނަމަ އަހަރެންނަށް މިހާ ގިނަ އިރު މިކަރުނަތައް ހިފަހައްޓާ ނުލެވުނީހެވެ. އަހަރެންނަކީ ވަރަށް ހިތްބަލި މީހެއްކަން އަހަރެން ގަބޫލުކުރަމެވެ.

އަހަރެންގެ ލޯ ކުރިމަތީ ޝަޒީ މަންމަ އަހަރެން ކުޑައިރުއްސުރެ ލޯބިދީގެން ގެންގުޅުނު އިރުން ފެށިގެން އަނިޔާވެރި ގޮތަކަށް އަހަރެންގެ ލޯ ކުރިމަތީގައި ފަހު ނޭވާ ދޫކޮށްލި ވަގުތާ ޖެހެންދެން އެކުގައި ހޭދަކުރި އުފާވެރި އަދި ހިތާމަވެރި ވަގުތުތަކުގެ ފްލޭޝް ބެކް ތަކުރާރުވަމުން ދިޔައެވެ. ކަރު ފަޅައިގެން ދާހާ ބާރަށް ހަޅޭއްލަވައިގަނެވުނީ ހިތަށް ކެތްނުވުމުންނެވެ. އަހަރެންގެ ކޮނޑުމަތީ ތާތު އަތް ބާއްވާލިކަން އިނގުނެވެ. ނަމަވެސް އިސްއުފުލާލާ ބަލާލާނެހާ ހިތްވަރުވެސް އަހަރެންގެ ނެތެވެ. އެހާވެސް އަހަރެން ބަލަކަށި ވެއްޖެއެވެ.

ބައްޕަގެ ވޭނީ ރުއިމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު ނެތް ހިތްވަރުލާފައި ތެދުވީ މީ އަހަރެން ހިތްވަރުކުރަން ޖެހޭ ވަގުތުކަން ހިތަށް ވިސްނުމުންނެވެ. އަހަރެން ތެދުވުމުން ތާތު އަހަރެންނަށް ހިތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ” ޝަޒީ! ޝަޒީ! ހެޔް ނުވާނެ އަހަރެން ދޫކޮށްލާފަ ނުދޭ! އަހަރެން ކިހިނެއް ޝަޒީއާ ނުލާ ދިރިއުޅޭނީ… ޝަޒީ އާދޭސް މިކުރަނީ…. ތިހެން ނަހަދާ… އަހަރެން ދުނިޔެއަށް ގިނަކޮށް ނުލާ… ” މަންމަގެ ފުރާނަ ނެތް މަސްގަނޑުގައި އޮޅުލަމުން ބައްޕަ ކުރަމުން ދިޔަ އާދޭސް އަޑު އިވި އަހަރެންގެ ދެލޯ ފެންކަޅިވިއެވެ. ބާރު ބާރަށް ގޮސް ބައްޕަގެ ގައިގައި އޮޅުލައިގަންނަމުން ރޯން ފެށުނެވެ. ރޯން ތިއްބާ އަހަރެންގެ ހިތްވަރެއްގެ ގޮތުގައި މިފަހަރު ތެދުވީ ތާތުއެވެ. ” ބޭބޭ… ތިހެން ތިބެގެން ކަމަކު ނުދާނެ… މީހަކަށް ފެނިއްޖިއްޔާ އިނގޭނެ މީ އިންސާނަކު ކޮށްފަ ހުރި ކަމެއް ނޫންކަން… އެހެންވީމަ އެބަ ޖެހޭ އެކަން ފޮރުވަން… މީހަކަށް އެކަން އިނގޭ އިރަށް އާއިލާގެ އަނދިރި ފަރާތް އެންމެންނަށް ހާމަވާނެ… ބޭބެމެންގެ އާއިލާ ބަދުނާމުވާނެ… އެހެންވާކަށް އަހަރެން ދުވަހަކުވެސް ބޭނުމެއް ނޫން… ” ތާތު ބައްޕަގެ އެއްފަރާތުގައި ކުޑަ ކަކޫ ޖަހައިގެން އިށީނދެ ވިސްނައިދޭ ރާގަކަށް ބުންޏެވެ. ” އާނނ… އެކަމަކު އެކަން ފޮރުވަން ކުރާނީ ކީތް… ޝަޒިއްޔާގެ މަންމަމެންނަށް އަހަރެން ދައްކާނީ ކޮންމޫނެއް… ” ބައްޕަގެ މޫނުމަތިން ނާއުއްމީދީ ކުލަވަރެއް ފެނިގެން ދިޔައެވެ. ” ބޭބެ ހާސްނުވޭ… އަހަރެންނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް އަހަރެން ކޮށްދޭނަން… އަހަރެންނަށް ވަކިވެފައި އެވާ ކަނދުރާ އާ ހަށިގަނޑު ގުޅުވިދާނެ… އަދި އިންސާނުންގެ ލޯމައްޗަށް… މި ބުނީ ޑޮކްޓަރުންނަށްވެސް އެއީ ގުދުރަތީ މަރެއް ގޮތަށް ޓެސްޓުން ރިޒަލްޓް ދައްކާ ގޮތަށް ހެދިދާނެ… ” ތާތު ބައްޕަގެ މޫނަށް ބަލަހައްޓައިގެން ހުރީ ހުއްދައަކަށް އެދޭ ފަދައިންނެވެ. ބައްޕަ ބޯ ޖަހާލުމާއެކު ތާތު ޝަޒީ މަންމަގެ ދިރުމެއްނެތް ހަށިގަނޑާ ދިމާލަށް ތިރިވެލިއެވެ. އަދި ވަށައިގެން ހެދިފައިވާ ލޭ ކޯރުގެ މެދުގައި އޮތް ހަށިގަނޑާއި ތަންކޮޅެއް ދުރުގައި އޮތް ބޯބުރި ނަގާ އަތުތެރޭގައި ބާއްވާލިއެވެ. އެއް އަތުން އެއެއްޗިހި ހިފަހައްޓާލަމުން އަނެއް އަތުން ތަޅުންގަނޑުމަތިން ދެމިފައި އޮތް ލޭ ކޯރުން ލޭ އަތުގައި ހޭކުމަށްފަހު ކަނދުރާގައި ހާކާލާ ހަށިގަނޑު ގުޅުވާލިއެވެ. އަހަރެންނަށް އެމަންޒަރު ބަލަން ނުކެރުމުން މޫނުމަތީ އަތް އަޅާލަމުން އަނެއް ފަރާތަށް އެނބުރުނީމެވެ. ތާތު މި ނިމުނީއޭ ބުނި އަޑަށް މަޑުމަޑުން އެނބުރިލާ ބަލާލީމެވެ. އަހަރެންނަށް ލިބުނީ ހައިރާންކަމެވެ. އެތަނުގައި ދެމިފައި އޮތް ލޭގެ ކޯރުގެ ވަސްވެސް މިހާރު ނެތެވެ. އަރައިގެން ދިޔައީ ހަވައަށް ކަމެއް ފައިބައިގެން ދިޔައީ ބިމު އަޑިއަށް ކަމެއް ނޭނގެއެވެ. މަންމަގެ ހަށިގަނޑަށްވެސް މާ ބޮޑުކަމެއް ވެފައި އޮތް ހެންނެއް ހިއެއް ނުވެއެވެ. ” ތާތު… ނުދާނަންތަ؟؟؟ ” އައި ނައި ތަނެއް ނޭނގި ކުއްލިއަކަށް ކުރިމަތިން ފާޅުވީ ޝެރީ މަންމައެވެ. ތާތު އަހަރެންގެ މޫނަށް އަދި ބައްޕަގެ މޫނަށް ބަލާލަމުން ކުރިއަށް ޖެހިލީ ދާށެވެ. އަހަރެން ކިތަންމެހާވެސް ނުދާށޭ ބުނާ ހިތްވިއެވެ. ނަމަވެސް މީހެއްގެ އަމިއްލަ ހައްގަކަށް އަރައިގަންނަން ބޭނުންނުވީތީ ހަނު ހުރީއެވެ. ތާތު ގޮސް ޝެރީ މަންމައާ އަރާ ހަމަވުމުން ދާން އެނބުރިފައިވެސް އަނެއްކާ ފަސް އެނބުރި ބަލާލިއެވެ. ” ދަރިފުޅާ ޖަޒްލީ… މަންމައާއެކު ނުދާނަންތަ؟؟؟ ” ” ޗީޗީ… ލަދުކުޑަކަމުން ދަރިިފުޅާއޭ ބުނެފިއެއްނު… އަހަރެންމީ ކަލޭގެ ދަރިއެއްނޫން… އަދި ތީ އަހަރެންގެ މަންމައެއް ވެސް ނޫން… އަހަރެންގެ މަންމަ އެ އޮތީ ކަލޭގެ ތި އަނިޔާވެރި ދެ އަތުން މަރާލާފަ… އަހަރެންގެ މަންމަ މަރާލި މީހަކަށް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން… އެ ވަރިހަމަ ކޮންމެ މީހަކަސް… ” އަހަރެންނަށް އެ ހިތްވަރު ލިބުނީ ކޮންތާކުން، ކިހިނެއް ކަމެއް ނޭނގެއެވެ. އިނގޭހާވެސް އެއްޗަކީ ހިތުގައި އޮތް އެތި ދުލުން ބޭރުކޮށްލެވުމުން ހިތަށް ކޮންމެސް ވަރެއްގެ ލުޔެއް ލިބިއްޖެ ކަމެވެ. ” ޖޭޒް… ” ތާތު އަހަރެންނަށް ގޮވާލީ ގަބޫލުކުރަން ދަތިވެފައި ހުރި ގޮތަކަށެވެ. ޝެރީ މަންމަ ކަރުނަވީ ލޮލަކުން ބަލަހައްޓައިގެން ހުރި މަންޒަރު ބެލުމަށް ހިތަށް ނުކުޅެދުމުން އިސްޖަހާލީމެވެ. ” ކޮބާ! ހީވެއްޖެ… ހަމަ މިހާރު މިގެއިން ނިކުމޭ… ކަލެއަށް މިއޮށް ހުރިހާ ދުވަހުވެސް މިގޭގަ ހުރުމުގެ ހުއްދަ ދިނީ ހަމައެކަނި ޖަޒްލީ އަށްޓަކައި… އެކަމަކު މިހާރު ކަލެއަށް އެ ހައްޤުވެސް ގެއްލިއްޖެ… ހަހަހަ… ” މަލާމާތުގެ ހިނިގަނޑެއް ޖަހާލަމުން ބައްޕަ ބުނެލިއެވެ. ” ދަރިފުޅާ ތާތު! ދަރިފުޅު ބޭނުމިއްޔާ އަދިވެސް ދަރިފުޅަށް މިގޭގަ ހުރެވިދާނެ… ” ބައްޕަ ތާތު ކައިރީ ނުސީދާ ގޮތެއްގައި ނަމަވެސް އެބުނަނީ މަޑުކުރާށޭ ކަން އަހަރެންނަށް އިނގެއެވެ. ތާތު އެއްފަހަރު ބައްޕައަށް އަނެއް ފަހަރު ޝެރީ މަންމައަށް ބަލާލިއެވެ. ” އަމްމް… ނޫން އަޅުގަނޑު ދާނީ… އެހެންނޫނީ ޝީރީންދައްތަ ވަރަށް އެކަނިވާނެ… ” ތާތު އިސްޖަހާލައިގެން ހުރެ ދިނީ އަހަރެން އަޑުއަހަން ބޭނުންވި ފަދަ ޖަވާބެއް ނޫނެވެ. ” ދަރިފުޅާ ޖަޒްލީ! ” ” އޭނަ ބުނެފިއެންނު ދަރިފުޅާއޭ ކިޔާފަ ނުގޮވާށޭ… ބޮލުގެ ދެފަރާތުގައި އޭނަ ދެ ކަންފަތް އޭ ކީތްކުރާ އެއްޗެއްތަ! ” ޝެރީ މަންމަގެ ޖުމްލަ މެދުކަނޑާލަމުން ބައްޕަ ހަޅޭއްލަވައި ގަތެވެ. ދަރިފުޅާ! ފަހު ފަހަރަށް މަންމަ މި ދައްކާ ވާހަކަ އަޑުއަހާ! ހެޔޮނުވާނެ… މީ ފަހު ފަހަރު ކަމަށްވެސް ވެދާނެ މަންމަ ދަރިފުޅާ ދިމާވާ… ” މަންމަގެ އަޑުގައި ހުރި އަސަރަކުން އަހަރެންގެ ހިތް ރޮއްވާލައިފިއެވެ. އަހަރެން ބޯ ޖަހާލީ މަންމައަށް ހުއްދަ ދެމުންނެވެ. ” ދަރިފުޅާ! މަންމަ ދިއުމުގެ ކުރިން ދަރިފުޅަށް ނަސޭހަތެއް ދޭން ބޭނުން… ދަރިފުޅާ! ދުވަހަކުވެސް އެއްވެސް މީހަކާ ދޭތެރޭ ހަސަދަވެރި ނުވާތި… ހަސަދައަކީ މީހާ ހަލާކުކޮށްލާ އެއްޗެއް… އެ ވަބާގައި ޖެހުމަށްފަހު އެކަމުން ސަލާމަތެއް ނުވެވޭނެ މީހަކަށް ދެރައެއް ނުދީއެއް…. މަންމަގެ ހަޔާތުން ދަރިފުޅު އިބްރަތް ހޯދައިގެން ކުރިއަށްދޭ… ބަސް އަހައިގެން ކިޔަވާތި… ރަނގަޅަށް ކާތި… ދަރިފުޅާއެކު މަންމަ ނުވިޔަސް އަބަދުވެސް ދަރިފުޅުގެ އެންމެ ކައިރީގައި މަންމަ ހުންނާނަން… ދަރިފުޅަށް ވާނުވާ ބަލާނަން… މަންމަ އަބަދުވެސް ދަރިފުޅު ދެކެ ވަރަށް ލޯބިވޭ… ވަރަށް ހަނދާން ވާނެ… ” ފެންކަޅިވެފައި ހުރެ ވާހަކަ ދައްކާ ނިމުމުން މަންމަ އަހަރެންގެ ގައިގައި ފަހު ފަހަރަށް ބައްދާލިއެވެ. އަދި އެނބުރި ތާތުއާ އެކު މައްޗަށް އަރައިގެން ގޮސް ތަރިތަކުގެ ތެރެއަށް ގެއްލިއްޖެއެވެ.

އަހަރެންނަށް އަނެއްކާވެސް ރޮވުނީއެވެ. ފާރުގައި ލެނގިލައިގެން ހުރެ ތިރިވެލެވުނީ ދެފައިން ވާގި ދޫވާހެން ހީވުމުންނެވެ. ކަކުލުގައި ދެއަތް ވަށާލުމަށްފަހު މޫނު ފޮރުވާލީމެވެ. އެއްފަހަރާ އަހަރެންގެ އަތުން ހުރިހާ އެއްޗެއް ބީވަމުން ދިޔައިރު އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ. ފުރަތަމަ ޝަޒީ މަންމައެވެ. ދެން ޝެރީ މަންމައާ ތާތުއެވެ. މިފަދަ ޝަޒާއެއް ލިބޭވަރުގެ ކުށެއް އަހަރެން ނުކުރަމެވެ. ނަމަވެސް މީ ތަގުދީރުގައި އަހަރެންނަށް މިންވަރުކުރައްވާފައިވީ ގޮތެވެ. ކިތަންމެ ބޭނުން ނުވިޔަސް އަހަރެން ޖެހޭނީ މިކަމާ ރުހޭށެވެ.

އަހަރެންނަށް ސިހިފައި އިސްއުފުލާލެވުނީ މީހަކު އަހަރެންގެ ކޮނޑުގައި އަތް ބާއްވާލި އިހްސާސްކުރެވުމުންނެވެ. އަނެއްކާވެސް އަހަރެންނަށް ލިބުނީ ސިހުމެކެވެ. ކުރިމަތީ ހުރީ ތާތުއެވެ. އަހަރެން ހައިރާންވެފައި ބަލަން ފެށުމުން ތާތު އަހަރެންގެ ކައިރީ އިށީނދެ އަހަރެންގެ އަތް އެ އަތުގެ ތެރެއަށްލިއެވެ. ” ތޫ… ” އަހަރެންނަށް ލިބިފައިވާ ހައިރާންކަން އަދިވެސް ނުފިލައެވެ. ” ޔެސް ޖޭޒް… މީ ހަމަ ޖޭޒްގެ ތޫ އޭ… ” ތާތު އަހަރެންގެ އަތަށް ފިތާލަމުން ބުނެލިއެވެ.  ” އެކަމަކު ކިހިނެއް… ” އަހަރެންނަކަށް ގަބޫލެއް ނުކުރެވުނެވެ. ވަށައިގެން ބަލާލެވުނީ ތާތު އައިއްޔާ ޝެރީ މަންމަވެސް ހުންނާނެ އޭ ހިތަށް އަރާފައެވެ. ނަމަވެސް ޝެރީ މަންމައެއް ނުފެނުނެވެ. ” މަޑުކޮށްބަލަ… އެ ވާހަކަ ކިޔައިދޭން ދޯ މިއުޅެނީ… އަހަރެމެންނަށް އެކޮޅަށް ނުދެވެނީސް ދިމާވީ ޝާލީން އާ… އޭނަ އެއްކަލަ އިރު ދިޔައީ ކޮންމެސް ކަމެއް ޖެހިގެންނޯ… ދެން މިއަދު އޭނަ މިކޮޅަށް އަންނަނިކޮށް އަހަރުމުންނާ ދިމާވީ… އޭނައަށް ވީ ގޮތް ކިޔައިދިނީމަ… ޝީރީންދައްތައަށް ވިސްނައިދީފަ އަހަރެން ކައިރީ ބުނީ އަހަރެން އެކޮޅުގަ ހުރިއްޔާ އޭ ރަނގަޅު ވާނީ… އެހެން ނޫނީ ޖޭޒް ވަރަށް އެކަނިވާނެ ޔޯ… ޝީރީންދައްތަވެސް ބުނީ އޭ ތެދެކޯ… ތާތު ދާށޯ ޖަޒްލީ ކައިރިއަށް… ދެން ބުނީ ޖަޒްލީ އަދި ކޮންމެސް ދުވަހަކުން މިއަދު ތިކީ އެއްޗިއްސަށް މާފަށް އެދެން ބޭނުން ވާނެޔޯ… ޖޭޒް ކައިރީ ބުނާށޯ މަންމަގެ ހިތުގައި ޖަޒްލީއަށް އެއްވެސް ރުޅިވެރިކަމެއް ނެތޭ… ހިތުގެ އަޑިން މާފްކޮށްފީމޭ… ” ތާތު އެ ވާހަކަ ކިޔައިދީ ނިމުމުން އަހަރެން ތާތުގެ ގައިގައި ބައްދާލީމެވެ. ” އަސްލުވެސް އަހަރެންނަކަށް ނޭނގެ ކޯއްޗެއް ހިތަށް އަރައިގެން ކިޔުނު އެއްޗެއް ކަމެއް އެއީ… ” އަހަރެން ބުނެލީ ދެރަވެފައި އިނދެއެވެ.

” ދަރިފުޅާ މަންމަ ހިނަވަން ގެންދަން މިއުޅެނީ… ” އަހަރެން އެ ކަންތައް މަތިން ހަނދާން ނެތިފައި ހުއްޓާ ބައްޕަ އެވާހަކަ ބުނުމުން އަނެއްކާވެސް ގިސްލެވެން ފެށުނެވެ. ” ތާތު… ” ބައްޕައަށް  ވެސްް ވީ އަހަރެންނަށް ތާތު ފެނުމުން ވީ ވަރެވެ. ތާތު ބައްޕައަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ނަމަވެސް އަދިވެސް ބައްޕަގެ ހިތް ޝެރީ މަންމަ އަށް ހެޔޮވާ ގޮތެއް ނުވެއެވެ. ހިތުގައި އޮތް އެއްޗެއް ވިއްޔާ ގޮވައިގަތެވެ. ” ދަރިފުޅުމެން ދެން އެތެރެއަށް ވަދޭ… އެއޮއް ބާރަ ޖަހާ ބޮޑުވީ…. މިގަޑީ މިތާ ތިބުން އެހާ ރައްކާތެރިއެއް ނޫން… ” ބައްޕަގެ އަޑުގައި ކުރަކި ކަމެއް ހުއްޓެވެ. އަހަރެންނާ ތާތު އެކުގައި އެތެރެއަށް ވަންނަން ހިނގައިގަތީމެވެ. ” އަމް.. ތޫ އަހަރެން ބޭނުންވަނީ އެކަނިވެލަން… ސޯ ކެން ޔޫ ޕްލީޒް… ” ” ޖޭޒް… އައި ކެން އަންޑަސްޓޭންޑް… ޓޭކް ޔުއަރ ޓައިމް… ބާއި… ގުޑް ނައިޓް… ” އަހަރެންވެސް ތާތުއަށް ރައްދުގައި ގުޑް ނައިޓްއޭ ބުނެ ކޮޓަރި އާ ދިމާލަށް ހިނގައިގަތީމެވެ. ” އެކަމަކު ޕްރޮމިސް މީ… ގޯސްކަމެއް ނުކުރާނަން ކަމަށް… ” ކުއްލިއަކަށް ތާތު އަހަރެންގެ ކުރިމައްޗަށް ފުއްމައިގަތުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ” ޔެސް… އައި ޕްރޮމިސް… ” އަހަރެން ތާތުއަށް ހިނިތުންވެލީމެވެ. އަދި ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހީމެވެ. ދޮރު ޖަހާލާފައި ދޮރުގައި ބުރަކަށި ޖައްސާލީމެވެ. އަނެއްކާވެސް އަހަރެންގެ ލޯ ކުރިމަތީގައި މިއަދު ހިނގި ކަންތައްތައް ތަކުރާރުވިއެވެ. ގިސްލަ ގިސްލާފައި ރޯން ފެށުނީ ހިތަށް ކުރި ފުން އަސަރަކުންނެވެ. އެ ގޮތުގައި ރޯން ހުއްޓާ ކުއްލިއަކަށް އަހަރެންނަށް ޝަޒީ މަންމަގެ ހުނުމުގެ އަޑު ކުރިމަތިން އިވުނެވެ. ސިހިފައި ލޯ ހުޅުވާލެވުނެވެ. ޝަޒީ މަންމަ އެކަންޏެއް ނޫނެވެ. އަހަރެންގެ އަމިއްލަ ނަފްސުވެސް އަހަރެންނަށް ލޯ ކުރިމަތިން ފެނުނެވެ. ޝަޒީ މަންމަ އަހަރެންގެ ގައިގައި ގިލިގިލި ކޮއްޓާލާފައި ދުއްވައިގަތުމުން އަހަރެންވެސް ފަހަތުން ދުއްވައިގަތް ތަން ފެނުނެވެ. ބޭއިޚްތިޔާރުގައި އެ ދިމާލަށް ހިނގައިގަނެވުނެވެ. ނަމަވެސް އެ ހިސާބަށް ދެވުމުގެ ކުރިން އެ މަންޒަރު ފަނޑުވެއްޖެއެވެ. ހުރި ތަނަށް ވެއްޓިގަންނަމުން ރޯން ފެށުނީ އެކަހަލަ ކިތަންމެ މަންޒަރެއް އަހަރެންގެ ހިތު ތެރޭ ޕްލޭ ވަމުން ދާތީއެވެ. ބަލާލާ ކޮންމެ ދިމާލަކުން ޝަޒީ މަންމައާ އަހަރެން އެކުގައި ހޭދަވެފައިވާ އުފާވެރި މަންޒަރުތައް ފެންނަމުން ދިޔައެވެ. ހިތަށް ނުކުޅަދާނަވުމުން ދެ ކަންފަތުގައި އަތް އަޅައިގެން ހުރެ ހަޅޭއްލަވައިގަނެވުނެވެ. ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބޭތޯ އެވެ. ޑްރެސިންގ ޓޭބަލް މަތީގައި ބައިންދާފައި އިން ޝަޒީ މަންމަގެ ފޮޓޯ ފްރޭމްއެއް ނަގައިގެން ގޮސް އެނދުގައި އިށީނީމެވެ. އެ ފޮޓޯގައި އަތް ހާކަމުން ރޮމުން ދިޔައިރު އަހަރެންގެ ހިތު ތެރޭގައި އެތައް ބައިވަރު ޚިޔާލެއް އެނބުރެމުން ދިޔައެވެ. އަހަރެންނަށް ވެދިޔަ ހުރިހާ ކަމަކަށް އަހަރެންގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. އަހަރެން މި ދުނިޔެއަށް ނައި ނަމަ ޝަޒީ މަންމަ މިހަރުވެސް ހެޔޮ ހާލުގައި ދުނިޔޭގައި ހުރީޙޭ ހިތަށް އެރިއެވެ. މިފަދަ އެތައް އެއްޗެއް ހިތަށް އަރަމުން ދިއުމުގެ ސަބަބުން އަހަރެންގެ މުޅި ނަފްސު އެކީ ބަލިކަށިވިއެވެ. އަމިއްލައަށް މަރުވާން ހިތަށް އެރީ އެންމެ ފަހަރަކުއެވެ. އެކަމުގެ އަމަލީ މަސައްކަތް ވަގުތުން ފެށިއްޖެއެވެ. އެހާވެސް އަހަރެން ހުރީ ބަލިކަށިވެފައެވެ. ބްލެންކެޓް ހިފައިގެން ޑްރެސިންގ ޓޭބަލްގެ ގޮނޑިއާ ދިމާލަށް ދިޔަ އަހަރެން ހުއްޓުން އެރީ ދޮރުގައި މީހަކު ޓަކި ޖެހި އަޑަށެވެ. ހޭވެރިކަން ވީ މީހަކު ފަދައިން އަވަސް އަވަހަށް އަތުގައި އޮތް ބްލެންކެޓް އެއްލާލެވުނެވެ. އަދި ހެއްދެވި ފަރާތަށް ޝުކުރުކޮށްލެވުނީ ކުފުރުގެ މަރަކުން މަރުވުމުގެ ކުރިން އެކަމުން ސަލާމަތް ވީތީއެވެ.

ދޮރު ހުޅުވާލި އިރު ކުރިމަތީ އިސްޖަހާލައިގެން ހުރީ ބައްޕައެވެ. ” ދަރިފުޅާ! ” ބައްޕަ އަހަރެންނާ ހަތަރުކަޅި ހަމަކުރަމުން ވާހަކަ ދެއްކިއެވެ. ” މަންމަ ވަޅުލާފަ މިއައީ… ” ބައްޕަ އަނެއް ފަރާތަސް އެނބުރުނީ އަހަރެންނަށް ކަރުނަތައް ފޮރުވަންކަން އަހަރެންނަށް އިނގެއެވެ. އަހަރެންނަށްވެސް ރޮވުނީ މަންމަ އަބަދުގެ އަބަދަށް އަހަރެން ދޫކޮށްލާފައި ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރިކަން ގަބޫލުކުރަން މަޖުބޫރުވުމުންނެވެ. ” ދަރިފުޅާ! ބައްޕަ ދަރިފުޅާ ކުޑަ ވާހަކައެއް ދައްކާލަން ބޭނުން… ސިޓިންގ ރޫމަށް ނިކުމެލެވިދާނެ ތަ؟ ” ބައްޕަ އަހާލިއެވެ. ” ލައްބަ… ” އަހަރެން ބައްޕަގެ ފަހަތުން ސިޓިންގ ރޫމަށް ނިކުމެ ސޯފާގައި އިށީނދެލީމެވެ. ” ދަރިފުޅާ! ބައްޕައަށް އިނގޭ ދަރިފުޅު މަންމަ މަތިން ވަރަށް ހަނދާންވާނެކަން… އެހެންވެ ބައްޕަ ގަސްތުކުރަނީ ދިރިއުޅުން މެލޭޝިޔާއަށް ބަދަލުކުރަން…. ބައްޕަ އެކޮޅުން ގެއެއްވެސް ގަނެފިން… އެކަމަކު ދަރިފުޅު ބޭނުމިއްޔާ… ” އަހަރެން އެކަމާ އެއްބަސްވީ އެއީ އަހަރެންނަށް އަދި ބައްޕައަށްވެސް އެންމެ ރަނގަޅު ގޮތްކަމުގައި ވިސްނޭތީއެވެ. ” ތާތުއާ އަރީވެސް ގެންދެވިދާނެ… އޭރުން ދަރިފުޅު އެކަންޏެއް ނުވާނެ… ބައްޕަ އަރީގެ ބައްޕައާ ވާހަކަ ދެއްކިން އެމީހުންވެސް އޯކޭ… އެހެންވީމާ މިއަދު ހަވީރަށް ބައްޕަ ޓިކެޓް ނަގާނަން… ތައްޔާރުވޭ… ” ކަރުނައިގެ ތެރެއިން އަހަރެންނަށް ހިނިތުންވެލެވުނީ ބައްޕަ އަހަރެންނާއި މެދު ވިސްނާވަރު އެނގުމުންނެވެ. ބައްޕަ ތާތު ގެނެސް ތާތުއަށް އެވާހަކަތައް ކިޔައިދިނެވެ. ފޮށި ތައްޔާރުކުރަން ދިޔައީ އަހަރެންނާއި ތާތު އެކީގައެވެ. އޭރު އިރު އަރައިފިއެވެ.

ރޭގައި ނުނިދުމުގެ ސަބަބުން އަހަރެންގެ ބޮލުގައި ރިއްސާތީ އަހަރެން ފޮށި ތައްޔާރުކޮށްފައި އައިސް ޖައްސާލި ތަނުން ނިދިއްޖެއެވެ.

އަހަރެންނަށް ސިއްސައިގެން ގޮސްފައި ތެދުވެވުނީ ފިނި ފެނުގެ އިހްސާސްކުރެވިގެންނެވެ. ބަލާލިއިރު ތާތުއާ އަރީޝާ އެނދު ކައިރީ ތިއްބެވެ. އަރީޝާ ސައިޑް ކަބަޑު މަތީ ފެން ޖަގު ބަހައްޓާފައި އައިސް އަހަރެންގެ މަގަތުގައި އިށީނެވެ. ” ޖަޒްގެ ޑޭޑް ބުނީ ތިނަކަށް ފްލައިޓް ހަމަޖެހިއްޖެޔޯ…  މިހާރު ދޭއް ޖެހީ.. އަވަހަށްދޭ ރެޑީ ވާން… ” އަރީޝާ އަހަރެންގެ އިސްތަށިގަނޑުގައި ފިރުމާލަމުން ބުނެލިއެވެ. މާ ގިނަ އިރު ރުއިމުގެ ސަބަބުން އަހަރެންގެ ލޮލުގައި ރިއްސަމުން ދިޔައެވެ.

އަހަރެން ފެންވަރައިގެން ނިކުތް އިރަކު އެމީހުންނެއް ކޮޓަރިއަކު ނެތެވެ. ކޮޓަރި ތަޅުލުމަށްފަހު ރީތިވެލައިގެން ނިކުމެ ފަހު ފަހަރަށް މަންމަގެ ފޮޓޯގަނޑަށް ބަލާލީމެވެ.  ” ވަރަށް ލޯބިވޭ.. ” އެ ފޮޓޯގަނޑު ތުންފަތުގައި ޖައްސާލަމުން އަހަރެން ބުނެލީމެވެ. އަދި ފޮށީ ތެރެއަށްލާ ފޮރުވީމެވެ. އަހަރެން ރީތިވެގެން ނުކުތް އިރު އެންމެން ތިބީ ރެޑީވެގެންނެވެ. އަރީޝާގެ މަންމައާ ބައްޕަވެސް ތިއްބެވެ. އަހަރެން އެންމެން ހިނިތުންވެލަމުން ގޮސް ހުއްޓެލީ ތާތު އާ އަރީޝާގެ ކައިރީގައެވެ.

އެންމެން އެކުގައި އެއަރޕޯޓަށް ދާން ނައްޓާލީ ބައްޕަގެ ކާރުގައެވެ. ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ވަދެ ޗެކިން ވުމަށްފަހު އަހަރެމެން މަޑުކޮށްގެން ތިބީ ފްލައިޓަށެވެ. މާގިނަ އިރަކު އިންތިޒާރުކުރާކަށް ނުޖެހުނެވެ. ފްލައިޓަށް އަރާ ސީޓްބެލްޓް އެޅުވުމަށްފަހު ކުޑަ ދޮރުން ބޭރަށް ނަޒަރު ހުއްޓާލީމެވެ.

ފްލައިޓް ރަންވޭ މަތިން ނައްތާލުމާއެކު ފަހު ފަހަރަށް އަހަރެން އަހަރެންގެ އުފަން ބިމަށް ބަލާލީމެވެ. އެ ބިމަކީ އަހަރެންގެ އެތައް އުފަލަކާއި އެތައް ހިތާމައެއް ހިއްސާކޮށްފައިވާ ބިމެވެ. ރާއްޖެ ލޮލު ކޮޅަށް ގޮސް އޮބާލަންދެން އަހަރެންނަށް ބަލަހައްޓައިގެން އިނދެވުނެވެ. އަހަރެން ރާއްޖެ ދޫކޮށްލާފައި މިދަނީ އަހަރެންގެ އެންމެ ބޮޑު ސިއްރު ހިތު ތެރޭގައި ފަސްއަޅާ ފޮރުވަމުންނެވެ. ދުވަހަކު މައްޗަށް ނާރާހާ ފުނުގައެވެ. ފުން ނޭވާއެއް ދޫކޮށްލީ ސިކުނޑިންވެސް އެޚިޔާލުތައް ފޮހެލަން މަސައްކަތްކުރަމުންނެވެ. އެސިއްރަށް ނިމުމެއް ގެނައުމަށެވެ.

= ނިމުނީ =

މި ވާހަކައަށް ކިޔުންތެރިންގެ ފަރާތުން ލިބުނު ސަޕޯރޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ???

Share Article

Follow Me Written By

Emm

Level 3100 Comments10 Stories100 Login

I am a 13 year old girl who loves to write stories as a hobby... ? Mii aim is to make readers happy and pleasant... ❤️❤️❤️ Feel free to comment ya views... ??? Pls help me to improve myself... ? Luv ya all ?? Proud author of " Nuurish " " E sirru " " manzil hiy edhey " " shakuva hithah kurevey romun "

Other Articles

Previous

ކަލަޔާ ނުލާ 11

Next

އަލަތު ލޯބި

Next
April 8, 2019

އަލަތު ލޯބި

Previews
April 7, 2019

ކަލަޔާ ނުލާ 11

37 Comments!

  1. SCARLET❤ says:
    April 7, 2019 at 10:48 pm

    Alhe nimuny thr… Dhn kn irakun nxt stry write kurany… I’m waiting for your nxt stry… Luvv ur stries.. mi stry vec vvvvvvvvvvvvvvvvvvvvvvvvvvvv reethi..

    1. Eiimerr says:
      April 8, 2019 at 1:02 pm

      yes dear n thank u for your support… i’ve seen a comment of yours in every single episode… i really appreciate that…. 🙂 thanks a lot

  2. SCARLET❤ says:
    April 7, 2019 at 10:50 pm

    Btw I’m first.. jiji ah vure kuriin kiunyma vvv happy vejje..

    1. jiji says:
      April 8, 2019 at 9:44 am

      Dhn hurebala..hehe..heii kiyaafa comment eh kohlaanan..mi Eiimerr bungney jiji kairi 4 varakah prt innaane ey vec..Elm nimuny ey mi dhw?????

    2. Eiimerr says:
      April 8, 2019 at 1:03 pm

      oh haha… is it a competition to find first on every story… hey i was just kidding… anyways congratss on being first

  3. ib@ says:
    April 7, 2019 at 11:05 pm

    Maashaa allah vvvv reethi.house a great write.i luv u stry❤❤❤❤❤❤❤????

    1. Eiimerr says:
      April 8, 2019 at 1:05 pm

      thank u lots… ib@

  4. Kitty says:
    April 7, 2019 at 11:38 pm

    Masha allah vvvvv reethi mi part ves.. In fact the whole story is awesome.. Can’t explain… Its very emotional.. Really loved it darla

    1. Eiimerr says:
      April 8, 2019 at 1:10 pm

      thanks sis… i couldn’t express how happy i am… bcox of the support of u guys i’ve been able to end up the story… thank u…. ISA u’ll get a new story of mine on the next holiday… maybe that first week of ramadan… 🙂

    2. Kitty says:
      April 10, 2019 at 1:12 pm

      Will be waiting for the next story of my loving sissy ??????

  5. jiji says:
    April 8, 2019 at 12:58 pm

    It’s really emotional..I have no words to describe how nice the story..Proudly I can say v happy vejje yey mihaa reethi story eh jiji ah dedicate kuryma..??????????????????????..story kiyamun dhiya iru hama kiriyaa nurovi iny..u r so talented..masha allah..nimun vec v v reethi..It’s just fantastic..woww.. Amazing..???????❄❄ly u nd will miss u loadss

    1. Eiimerr says:
      April 8, 2019 at 1:13 pm

      oh thanks a lot… owwwwn so sweet of u… i just want to hug u at this very moment… proud to have friends like u… it’s so much for me…. love u 2 n misses lot…. but we’ll never be apart ISA… 🙂

  6. Eiimerr says:
    April 8, 2019 at 1:15 pm

    n jiji dear… i decided to give u a surprise so i told u like that… so how was the surprise!!!

    1. jiji says:
      April 8, 2019 at 3:10 pm

      Hama v baraabaru????..sweet of u…?????

  7. Cute Lips says:
    April 8, 2019 at 8:20 pm

    rysh ah hama rovuny mi…kiyaalaafa… v reethi masha allah.. adhi kiriyaa mi free velevuny miadhu ehnve lahun msg mi kureveny…. hama fab… waiting for your nxt story my dear… v salhi hama.. heevee kurimathy ga v kameh hen

    1. Eiimerr says:
      April 9, 2019 at 6:31 am

      It ok dear… n thankss a lot… for your support sis…:)

  8. Miu says:
    April 8, 2019 at 10:06 pm

    I,m sorry but alhugaduge rashugai ekahala name kiya firihen kuje ulhey thee ahaalee ha ha:)

  9. No more 12 says:
    April 8, 2019 at 11:34 pm

    Vrh reethi I love ur stories!!! ???

    1. Eiimerr says:
      April 9, 2019 at 6:33 am

      Thankx love… i really appreciate it…

  10. dheem says:
    April 12, 2019 at 3:19 pm

    the best story i ve ever read

  11. Eiimerr says:
    April 12, 2019 at 11:05 pm

    oh thanks! that means a lot for me… 🙂 luv ya

  12. K says:
    April 15, 2019 at 7:05 am

    Lovely

  13. K says:
    April 16, 2019 at 6:58 am

    Story

    1. Eiimerr says:
      April 20, 2019 at 8:16 pm

      thanks k

  14. Mahexpro says:
    April 27, 2019 at 7:16 pm

    Varah hama outstanding kuda kuhjaka balaafa, keep the good work up, thank you for the lovely story ?

    1. Eiimerr says:
      May 16, 2019 at 11:01 pm

      thanks for the support… 🙂

  15. Lara says:
    May 11, 2019 at 11:49 pm

    Wowww
    When next part dear

    1. SAiq says:
      May 14, 2019 at 5:50 am

      Next week dear

    2. Eiimerr says:
      May 16, 2019 at 11:08 pm

      thanks Lara… dhoonya story nimuny ey…

  16. SAiq says:
    May 14, 2019 at 5:47 am

    Vara nice story

    1. Eiimerr says:
      May 16, 2019 at 11:09 pm

      thanks, SAiq… 🙂

  17. Xoona says:
    May 15, 2019 at 10:27 pm

    Vrh nice story

    1. Eiimerr says:
      May 16, 2019 at 11:10 pm

      thanks dear… that means a lot for me

  18. Unkown says:
    May 17, 2019 at 8:45 pm

    Wow.second best dhivehi story I read and I don’t even read dhivehi stories usually

  19. Unknown says:
    May 17, 2019 at 8:52 pm

    Second best dhivehi story I read and I don’t usually read dhivehi stories with this much interest

  20. Vikovikko says:
    July 2, 2019 at 12:33 pm

    Eiimer you are same age to me and I am a really big fan of scary story writers…. I could just say is wow awesome story????

  21. Shafa says:
    September 8, 2019 at 10:04 pm

    Wow ????
    V reethi ????
    Masha Allah ????

Comments are closed.



All Right Reserved!